Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (16 ވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 17, 2015 9 Mins Read
37 Comments

“ކީކޭ….؟؟؟؟؟؟؟” އީމަންގެ އަޑަށް ސިހިފައި ރާކިން ދިމްޔާގެ އަތުން ދޫކޮށްލަމުން ފަސްއެނބުރުންއިރު އެމީހުންނާއި މާދުރުނޫން ހިސާބެއްގައި ހުއްޓިލައިގެން ދިމްޔާގެ މޫނަށް ބަލަހައްޓައިގެން އީމަން ހުއްޓެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރުތަކުން ދެންމެ ދެކެވިގެން ދިޔަ ވާހަކަ އަޑުއިވުނުކަން ހާމަވެއެވެ. ދިމްޔާވެސް އީމަނާއި ދިމާއަށް ބަލާލިއިރު އޭނާގެ ބޮޑު ދެލޯވަނީ ފެންކަޅިވެފައެވެ. އީމަން ދިމްޔާގެ މޫނަށް ބަލަން ހުރެފައި ދެން ބަލާލީ ރާކިނަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވުމުން ރާކިން އީމަނަށް ފަސްދިނެވެ. އޭނާއާއި ކުރިމަތިލާނެ ހިތްވަރު ރާކިންގެ ގައިގައި ނެތުމުންނެވެ.

ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން އައިސް އީމަން ހުއްޓެލީ ދިމްޔާގެ ކުރިމަތީގައެވެ. ދިމްޔާ ހުރީ ކަންތައް ވެގެންދާނެ ގޮތެއް ނޭނގޭތީ ޖެހިލުންވެފައެވެ.
“ރެކް އެދެއްކީ ތެދު ވާހަކައެއްތަ….؟؟؟؟” ދިމްޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ އީމަން ވާހަކަ ދެއްކީ މަޑުންނެވެ. ދިމްޔާ މަޑުމަޑުން ބޯހޫރާލީ ނޫނެކޭ ބުނުމުގެގޮތުންނެވެ.
“ތެދަށް ވާހަކަ ދައްކާ…. އަހަރެން މިވަގުތު ބޭނުންވަނީ ޙަޤީގަތް އޮޅުން ފިލުވަން….” ތަންކޮޅެއް ހަރުކަށިގޮތަކަށް މިހެން ބުނެލިއިރު އީމަންގެ އަޑުވެސް ކުރިއަށްވުރެ ބާރުވިއެވެ. ދިމްޔާ ސިހިފައި ފަހަތަށް ފިޔަވަޅެއް އެޅުންއިރު އޭނާގެ ބޮޑު ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ފައިބައިގަތެވެ.
“އަހަންނަކަށް ނޭނގެ ރެކް އެކިޔަނީ ކީކޭ ކަމެއް…. އަހަރެން އޭނައަކާއި ރައްޓެއްސެއް ނުވަން….” ރުއިމުގެ ތެރޭންވެސް ދިމްޔާ މަސައްކަތް ކުރީ އޭނާގެ ކުށެއް ނެތްކަން އީމަނަށް ހާމަކޮށްދޭށެވެ.
“އަދިވެސް ތެދަކަށް ނުބުނާނަންތަ..؟؟؟ އަހަންނަށް ހުރިހާ ޙަޤީގަތެއް އެނގުނީމަވެސް ތެދު ހާމައެއް ނުކުރާނަންދޯ…. އަހަންނަށް ޔަޤީން އެއްވެސް ޙަޤީގަތެއް ނެތި ހަމަ ހުރެފައި އެކަހަލަ ބޮޑު އިލްޒާމެއް ރެކް މާޔާގެ ބޮލަކު ނާޅުވާނެކަން…. ކޮންމެވެސް ކަމެއްވީމަ އޭނަ އެހެން ބުނާނީ….” އެމީހުނަށް ފުރަގަސްދީގެން ހުރި ރާކިނަށް ބަލާލަމުން އީމަން މިހެން ބުނެލިއިރު ކުރިއަށްވުރެ އަޑުމަޑުވިއެވެ.
“އިމޫ… ހަމަތެދެއް މިބުނީ… އަހަންނާއި ރެކްއާއި ދެމެދު އެކަހަލަ ގުޅުމެއް ނެތް… އަހަންނަކަށް ނޭނގެ ރެކް އެގޮތަށް އެވާހަކަ ދައްކަނީ ކީއްވެކަމެއް…. ހެޔޮނުވާނެ…. އަހަރެން ދައްކާ ވާހަކަ ޤަބޫލުކޮށްބަލަ އިމޫ….” ދެއަތް މުށްކަވާލައިގެން ހުރި އީމަންގެ އަތުގައިހިފައި ތަޅުވާލަމުން ދިމްޔާ ދެންވެސް ބެލީ އޭނާގެ ދިފާޢުގައި ވާހަކަދެއްކޭތޯއެވެ. އިތުރަށް އެތާގައި މަޑުނުކުރަންވެގެން ރާކިން އެތަނުން ހިނގައިގަތެވެ.

“ރެކް….” ރާކިންގެ ފިޔަވަޅަށް ހުއްޓުން އެރީ އީމަން އޭނާއަށް ގޮވާލުމުންނެވެ. ނަމަވެސް އޭނާ ފަސް އެނބުރި ބަލައެއް ނުލައެވެ. އެހުރިގޮތަށް ހުރީއެވެ. އީމަން އޭނާގެ ކުރިމަތީ ހުރި ދިމްޔާގެ އަތުގައި ހިފައިގެން ގޮސް ރާކިންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ރާކިން އެއްފަހަރު އީމަނަށް އަދި އަނެއްފަހަރު ދިމްޔާއަށް ބަލާލިއެވެ. އީމަންގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފާޅުވާން ހުރިއިރު ދިމްޔާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ދޮންމޫނަށް ރަތްކުލަވެރިވެފައިވާއިރު ދެލޯވެސް ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ރާކިނަށް ހިންދިރުވާލެވުނީ ދިމްޔާ ރޯތަން ފެނުމުން ހިތަށް އުނދަގޫވާންފެށުމުންނެވެ. ދިމްޔާ އޭނާއަށް ބޭވަފާތެރިވި ކަމުގައިވިޔަސް ދިމްޔާ ރޯމަންޒަރު ބެލުމަކީ ރާކިންގެ ހިތަށް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ.

“ރެކް އަހަރެން ޙަޤީގަތް އެނގެން ބޭނުން… ދެންމެ ދެއްކީ ތެދުވާހަކަތަކެއްތަ…؟؟؟” ރާކިންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އީމަން މިހެން އެހުމުން ރާކިނަށް ބަލާލެވުނީ ދިމޔާއަށެވެ. އޭރު ދިމްޔާވެސް ހުރީ ރާކިނަށް ބަލަހައްޓައިގެންނެވެ. ރާކިން ދޭނެ ޖަވާބެއް ނޭނގޭތީ ދިމްޔާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔައިރުވެސް ރާކިން ޖަވާބެއް ނުދިނެވެ.
“ރެކް…. އަހަރެން މިވާހަކަ ދައްކަނީ ރެކްއާއޭ…. އަހަންނަށް ޖަވާބުދީބަލަ…..” ރާކިން އެހެން ހުންނަން ފެށުމުން އަނެއްކާވެސް އީމަން އަހާލިއެވެ.

“އާނ… އަހަރެން ދެއްކީ ތެދުވާހަކަތަކެއް…. އަހަންނަށް ބޭވަފާތެރިވި ކެހިވެރިޔާ މިހިރީ އަހަރެންގެ ކުރިމަތީގައި…..” އެހުރިގޮތަށް ދިމްޔާގެ މޫނަށް ބަލަހައްޓައިގެންހުރެ ރާކިން މިހެން ބުނުމާއިއެކު ދިމްޔާގެ އަތުގައި ހިފަހައްޓާލައިގެން ހުރި އީމަން ދިމްޔާގެ އަތުން ދޫކޮށްލިއެވެ. ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ރާކިނަށް ބަލަހައްޓައިގެން ހުރި ދިމްޔާ އޭނާގެ އަތަށް ބަލާލުމަށްފަހު އީމަނާއި ދިމާއަށް ބަލާލިއެވެ. އޭރު އީމަން ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ.

“ނޫން… އިމޫ… އެއީ ހުސް ދޮގު… ރެކް ދޮގުހަދަނީ….” ހުއްޓުންއަރާފައި ހުރި އީމަންގެ އަތުގައި ހިފާތަޅުވާލަމުން ރޮއެރޮއެފައި ދިމްޔާ ވާހަކަ ދެއްކަންފެށިއެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު އީމަން ދިމްޔާގެ އަތް ފޮޅުވާލަމުން އޭނާއަށް ފުރަގަސްދިނެވެ. ކަރުނައިގެ ތެރެއިން ދިމްޔާ އީމަނަށް ބަލާލީ ހިތްދަތިވެފައި ހުރެއެވެ.
“ރެކް… އިމޫ ގާތުގައި ބުނެބަލަ ރެކް ހެދީ ދޮގޭ… އެއީ ޙަޤީގަތެއް ނޫނޭ… ރެކްއާއި އަހަންނާ ގުޅުމެއް ނެތޭ ބުނެބަލަ އިމޫ ގާތު…. ޕްލީޒް ރެކް… އިމޫ ގާތުބުނެބަލަ އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރާށޭ….” ރޮމުން ރޮމުން ދެން ދިމްޔާ ދިޔައީ ރާކިންގެ ގާތަށެވެ. ހިތާމައިން ފުރިގެންވީ ދިމްޔާގެ މޫނު ފެނުމުން ރާކިންގެ ދެލޯ ފެންކަޅިވާން ފެށުމުން އޭނާ ދިމްޔާއަށް ފުރަގަސްދިނެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ދިމްޔާއަށް ގިސްލެވެން ފެށުނެވެ. ނަމަވެސް އީމަންވެސް އަދި ރާކިންވެސް ފަސްއެނބުރި ބަލައެއް ނުލިއެވެ. އެވަރުންވެސް ދިމްޔާ ހިތްވަރު އެލުވައެއް ނުލައެވެ. މަޑުމަޑުން ގޮސް އީމަންގެ ފުރަގަހުން އޭނާގެ ގައިގައި ބައްދާލައިގެން ހުރެ ގިސްލާފައި ރޮމުން އޭނާ ރާކިންއާއި ރައްޓެއްސެއް ނުވަމޭ ބުނަމުން ދިޔައެވެ. އީމަންގެ ގަމީސް ތެމިފޯވަމުން ދިޔައީ ދިމްޔާގެ ހޫނުކަރުނަތަކުންނެވެ. ރޮއެރޮއެ ވަރުބަލިވެގެންގޮސް ދިމްޔާ މަޑުމަޑުން ތިރިވާންފެށިއެވެ. އީމަންގެ ދެފައިގައި ބޯޖައްސާލައިގެން ރޯން އިން ދިމްޔާއަށް ރާކިން ބަލާލިއެވެ. އެއަށްފަހު ދެން އޭނާ ބަލާލީ އީމަނާއި ދިމާއަށެވެ. އޭރު އީމަން ހުރީ ދެލޯ މަރާލައިގެންނެވެ. އޭނާގެ ދެއަތްވެސް ވަނީ މުށްކެވިފައެވެ. ރާކިން ފަސްއެނބުރި ދިމްޔާއާއި ދިމާއަށް ހިނގައިގަންނަން އުޅުން ވަގުތު ހުއްޓުނީ އީމަން ވާހަކަ ދައްކަން ފެށުމުންނެވެ.

“ތީ ބޭވަފާތެރިއެއް… ކެހިވެރިއެއް… ކޮންޙައްޤެއް އޮވެގެން އަހަރެމެން ދެމީހުންގެ ދިރިއުޅުމަށް ތިހާބޮޑު އިންގިލާބެއް ގެނައީތި…. މާޔާއަށް ބޭވަފާތެރިވެވުނީ ހަމައެކަނި ރެކްއަކަށް ނޫން… އަހަންނަށްވެސް ބޭވަފާތެރިވީ… އަހަރެން އިތުރަށް މާޔާގެ މޫނުވެސް ދެކޭކަށް ބޭނުމެއް ނޫން…. މިތަނުން ދޭ….. އަހަންނަށް ފެންނަ ހިސާބަށްވެސް ދެން ނާންނާތި…” ދެލޯ މަރާލައިގެން ހުރެ އީމަން މިހެން ބުނުމުން ރޮމުން ދިޔަ ދިމްޔާގެ އަޑު ކެނޑުނެވެ. ރަތްވެ ދުޅަވެފައިވާ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުން ދިމްޔާއަށް ކޮޅަށް ތެދުވެވުނީ އީމަންގެ ދުލުން ދެންމެ ބޭރުވެގެން އެދިޔަ ޖުމްލަތައް ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. ދުވަހަކުވެސް އީމަން ދިމްޔާއާއި ދިމާއަށް އެކަހަލަ އެއްޗެއް ބުނެފާނެ ކަމަކަށް ދިމްޔާ ހިތަށްވެސް ނާރައެވެ. ނަމަވެސް މިއަދު އީމަންގެ ކުރިމަތީގައި އޭނާއެވީ ބޭވަފާތެރިއަކަށެވެ. އެއްވެސް ކުށެއް ނުކުރާއިރުވެސް ކުށްވެރިވި މިވީ އޭނާއެވެ. ކިހާބޮޑު ބޭއިންސާފެއް ހެއްޔެވެ؟ މިއަދު އީމަންގެ ކުރިމަތީގައި އެދެމެދުގައި އުފެދިފައިވާ ލޯބީގެ އެއްވެސް އަގެއް ނެތްކަން ދިމްޔާއަށް ޔަޤީންވިއެވެ. އީމަން ދިމްޔާއަށް ކުޑަކޮށްވެސް އިތުބާރުކުރާނަމަ ދިމްޔާގެ ވާހަކަތައް އަޑުއެހީއެވެ. ނަމަވެސް ރާކިން ހަމަ އެހެން ބުނެލާއިރަށް އީމަން އޭނާގެ ވާހަކަ ޤަބޫލުކޮށް ދިމްޔާ ކުށްވެރިކުރީއެވެ. އެކަމުން ދިމްޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުމުން އެތާގައި އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް އަނގަމަތީގައި އަތް އަޅައިގެން ހުރެ ރޮމުން ރޮމުން ދުވެފައި ދިޔައެވެ.

ދިމްޔާ އެތަނުން ދިޔަކަން ޔަޤީންވުމުން ކަނޑާ ވައްޓާލި ރުކެއްހެން އީމަން ދެކަކޫމައްޗަށް ތިރިވެ މޫނުގައި އަތްއަޅައިގެން އިނދެ ރޯންފެށިއެވެ. ދިމްޔާ އެގޮތަށް ކަންތައް ކުރުމުން އޭނާގެ ހިތަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ދުވަހަކުވެސް އޭނާއާއި ދިމްޔާ ވަކިވާންޖެހޭނެކަމަކަށް އޭނާ ވިސްނާފައެއް ނެތެވެ. އެހެނަސް މިއަދު މިވަނީ އެކަމާ ކުރިމަތިލާންޖެހިފައެވެ. އެހިތްދަތިކަން ބަރުދާސްތުކުރަން ޖެހިފައެވެ.

ދިމްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ރާކިން ސިހިފައި އީމަނަށް ބަލާލަމުން ލަސްހިނގުމެއްގައި ގޮސް އީމަންގެ ކޮނޑުގައި އަތްބާއްވާލިއިރު އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު ކޮޅަށް ތެދުވެ އީމަން ދެލޯ ފުހެލިއެވެ. އީމަން ދެތިން ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. ދިމްޔާގެ ސަބަބުން ރާކިންގެ ކުރިމައްޗަށް އަރަންވެސް މިހާރު އީމަން ލަދުގަނެއެވެ.

“ރެކް… އަހަންނަށް މާފުކުރޭ… އަހަރެން ބޭނުން ނުވިކަމުގައިވިޔަސް ކޮންމެފަހަރަކުވެސް އަހަންނާ އެންމެ ގާތް މީހުންގެ ފަރާތުން ރެކްގެ ހިތަށް އަނިޔާ ލިބެނީ…. ފުރަތަމަ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނާޔާގެ ފަރާތުން… ދެން އަހަރެންގެ ލޯބިވެރިޔާ…..” މިހިސާބަށް ބުނެވުނުތަނާ ރާކިން އީމަން ހުއްޓުވިއެވެ.
“އިމޫ… ތިހެން ނުބުނޭ…. އަސްލު މާފަށް އެދެން ޖެހޭނީ އިމޫއެއް ނޫން… އަހަރެން…. އަހަންނަށް ދިމްޔާއާއި ރައްޓެހިވެވުނީ އިމޫ އޭނައާއި ރައްޓެހިވެގެން އުޅެނިކޮށް…. އެކަމަކު އެކަން އަހަންނަށް ކުރިން އެނގުންނަމަ އަހަރެން އޭނާއާއި ރައްޓެއްސެއް ނުވީސް….” ރާކިންގެ އަޑުބެދޭގޮތްވުމުން ވާހަކަ މެދުކަނޑާލަމުން އެތަނުން ދާން ހިނގައިގަތެވެ. ރާކިން ހިނގައިގަތްކަން އެނގުމުން އީމަން ފަސްއެބުރުނެވެ. އަދި ރާކިން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން ރާކިންގެ ފަހަތުން ގެއަށް ވަނުމަށް ހިނގައިގަތެވެ.

ގެއަށް ދިޔަ ގޮތަށް މަންމަ ގޮވަގޮވާ ހުއްޓާވެސް މަޑުނުކޮށް ދިމްޔާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުމައްޗަށް ބަންޑުން ވެއްޓިގަނެގެން އޮވެ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. ދިމްޔާގެ ފަހަތުންހެންކަހަލަ ގޮތަކަށް އެކޮޓަރިއަށް ވަން މަރީނާއަށް ހައިރާންކަން ލިބުނީ ވޭނުން ފުރިގެންވީ ގޮތަކަށް އޭނާގެ ދަރިފުޅު ރޯމަންޒަރު ފެނުމުންނެވެ. ދިމްޔާގެ ވޭނީ އަޑު ކަންފަތުގައި ޖެހުމުން މަރީނާގެ ދެލޮލުން ކަރުނަ ނިރާލީ އޭނާގެ މައިލަނގޮޑިއަށް އެއަޑު އަހަން ކެތް ނުވުމުންނެވެ.
“ދަރިފުޅާ މާޔާ… ކީއްވެތަ ތިރޮނީ…. މަންމަ ގާތުގައި ބުނެބަލަ ވެގެން ތިއުޅޭ ގޮތެއް” އެނދުގެ މަގަތުގައި އިށީނދެލަމުން ނުހަނު ލޯތްބާއިއެކު ދިމްޔާގެ ބޮލުގައި ފިރުމާލަމުން މަރީނާ ވާހަކަ ދެއްކިއެވެ. ދިމްޔާ ބޯހިއްލާލުމަށްފަހު މަރީނާގެ ގައިގައި ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ. މަރީނާ ސުވާލުކޮށްކޮށްވެސް ރޮވޭ ވަރުން އޭނާއަކަށް ޖަވާބުދެވޭ ވަރެއްނުވިއެވެ. އެހެންކަމުން ދިމްޔާ ހަމައަކަށް އެޅެންދެން މަރީނާވެސް އިތުރަށް ސުވާލުނުކޮށް ދިމްޔާގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިނެވެ.

ރާނިޔާއާއި ރީހާން ތިބީ ކާމޭޒުދޮށުގައި ރާކިންމެންގެ އިންތިޒާރުގައެވެ. މިހާރު ދެމީހުނަށްވެސް ދެތިންފަހަރު ގޮވިއްޖެއެވެ. ނަމަވެސް އެކެއްގެވެސް ޚަބަރެއް ނުވިއެވެ. އެންމެފަހުން ރާނިޔާ ގޮނޑިން ތެދުވެގެން ހިނގައިގަތެވެ. ފުރަތަމަ އޭނާވަނީ ރާކިންގެ ކޮޓަރިއަށެވެ. ހޮޅިބުރި ނުދިއްލާ ހުރުމުން ކޮޓަރިތެރޭގައިވަނީ އަނދިރިކަމެވެ. ރާނިޔާ ކޮޓަރީގެ ހޮޅިބުރި ދިއްލާލުމާއި އެކީ މުޅިތަން އެކީ އަލިވެގެން ދިޔައެވެ.

“މަންމާ… ޕްލީޒް… ހޮޅިބުރި ނިވާލަދީބަލަ.. ލޮލަށް އުނދަގުވޭ….” އެވަގުތު ކުއްލިއަކަށް މުޅިކޮޓަރިތެރެ އަލިވެގެން ދިޔުމުން ސޯފާގައި ހަށިގަނޑު ދަމާލައިގެން އޮތް ރާކިން ލޯމަތީ އަތްއަޅާލަމުން ބުނެލިއެވެ.
“ކޮން ޕްލީޒެކޭ ކިޔާކަށް…. ރެކްއަށް މަންމަ ގޮވާއަޑު ނީވޭތީތަ އަނގައިން ނުބުނެ ތިއޮންނަނީ….” އުނަގަނޑުގައި އަތް ވިއްދާލަމުން ރާނިޔާ މިހެން ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. ރާކިން ވަކިއެއްޗެއް ނުބުނެ ދެލޯ މަރާލައިގެން އޮތީއެވެ.
“ދަރިފުޅާ… އަބަދު ތިހެން އުޅޭކަށް ނުވާނެ… މީ ދުނިޔެއޭ… އަބަދު ހިތްއެދޭ ގޮތަކަށް ކަންތައްތަކެއް ނުވާނެ… އަހަރެމެން ޖެހޭނީ ކުރިމަތިވާ ކޮންމެ ކަމަކަށް ކެތްކުރަން… މާތް ﷲ އެކި އަޅުން އިމްތިހާން ކުރައްވާނީ އެކިގޮތަށް…. މަންމައަށްވެސް އެނގޭ ދަރިފުޅާއިމެދު ކަންތައް ވީގޮތުން ދަރިފުޅު ދެރަވާނެކަން… އެކަމަކު އެކަންތައް ދެން ހަނދާން ނައްތާލާފައި ކުރިއަށް ދެވޭތޯ މަސައްކަތް ކޮށްބަލަ… ބޭވަފާތެރިއަކަށްޓަކައި ކަރުނަ އަޅާ ރުއިމަށްވުރެ އޭނާގެ މަތިން ހަނދާން ނައްތާލުން މާބުއްދިވެރިވާނެ….” ރާކިންގެ ގާތުގައި ސޯފާގައި އިށީންނަމުން ރާނިޔާ ދެން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއިއެކު ނަސޭޙަތްތެރިވަމުންނެވެ. ރާކިން ރާނިޔާއަށް ބަލާލަމުން ފަނޑު ހިނިތުންވުމަކާއިއެކު ބޯޖަހާލީ ރާނިޔާ ދެއްކި ވާހަކަތައް ޤަބޫލުކުރަމޭ ބުނުމުގެ ގޮތުންނެވެ.

“ދެން ހިނގާ ކާންދާން….” ރާކިންގެ އަތުގައި ހިފާލަމުން ރާނިޔާ މިހެން ބުނުމުން ކާހިތް ނުވިކަމުގައިވިޔަސް ރާކިނަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން ރާނިޔާގެ ފަހަތުން ހިނގައިގަތެވެ.
“މިރޭ އިމޫއަށް ގޮވާގޮވާ އިމޫގެ ޚަބަރެއްވެސް ނުވި…. މަންމަ އަންނާނަން އޭނާ ކޮބައިތޯ ބަލާލާފައި…. މިހެން ބުނެފައި ރާނިޔާދެން މިސްރާބު ޖެހީ އީމަންގެ ކޮޓަރިއާއި ދިމާއަށެވެ.

ރާނިޔާ އީމަންގެ ކޮޓަރިއަށް ވަން އިރު އެކޮޓަރީގައިވަނީ ނިދާބޮކީގެ ފަނޑުއަލިކަމެވެ. ބިތްދޮށަށް އެނބުރިލައިގެން އޮތް އީމަންއަށް ދެފަހަރަކު ގޮވާލުމުންވެސް ޚަބަރެއް ނުވުމުން ނިދާފައި އޮތްކަމަށް ހީކޮށް ރާނިޔާ ނުކުމެގެން ދިޔައީއެވެ. ދޮރު ލެއްޕުނު އަޑަށް އީމަން ދެލޯ ހުޅުވާލިއެވެ. އަދި އުއްޑުން އޮށޯވެލަމުން ނިއްކުރިމަތީ އަތްބާއްވާލިއެވެ. އޭނާ މިވަގުތު އެކަނިވެލަން ބޭނުންވުމުން ރާނިޔާ އައި ގަޑީގައި ނިދާފައި އޮތްކަމަށް ހަދާލީއެވެ. މިވަގުތު އެއްވެސް މީހަކާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ސައިބޮއެގެން އީމަން ބަގީޗާ ތެރެއަށް ނުކުމެލިއެވެ. އިސްޖަހާލައިގެން ދެޖީބަށް އަތްޖަހާލައިގެން ހުރެ ކުރިއަށް ގޮސް އިސްއުފުލާލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސިމެންތި ގޮނޑިއެއްގައި އިށީނދެލައިގެން އިން ރާކިންއެވެ. ރާކިންއިނީ ފިޔާތޮށި ކުލައިގެ ފިނިފެންމަލެއް އަތަށް ލައިގެން އޭގެ ފިޔަތައް އުފުރާލަ އުފުރާލައެވެ. އެވަގުތު މީހެއްގެ ހިލަންވެގެން ރާކިންވެސް އިސްއުފުލާލި ވަގުތު ދުރުގައި ހުއްޓިލައިގެން ހުރި އީމަން ފެނުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވިވަގުތު އީމަން އިސްޖަހާލަމުން އަނބުރާ އައިކޮޅަށް ހިނގައިގަތީ ފުރަތަމަ ފަހަރަށް ރާކިނާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރުމުންނެވެ. އީމަނަށްވީގޮތް ރާކިނަށް ނަގައިގަނެވުނެވެ. އެހެންކަމުން އެތަނުން ތެދުވަމުން އީމަނަށް ގޮވާލިއެވެ. ރާކިންގެ އަޑަށް އީމަން ހުއްޓުން ނަމަވެސް ފަސްއެނބުރި ބަލައެއް ނުލައެވެ.

“މިއަދު އަހަރެން ފެނުނީމަ މިތާ މަޑުކޮށްނުލާ ދަނީތަ…؟؟؟” އީމަންގެ ކުރިމަތީ މަޑުކޮށްލަމުން ހިނިތުންވެހުރެ ރާކިން އަހާލީ އީމަންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
“ނޫނޭ… އެހެނެއް ނޫން… ކުއްލިއަކަށް ކަމެއް ހަނދާންވީމަ މިދަނީ….” ކުޑަކޮށް ހީލަމުން އީމަން ބުނެލިއެވެ. އީމަން އެހެން ބުނިއިރުވެސް ރާކިނާއި ދިމާއަށް ނުބަލަން މަސައްކަތ ކުރާކަން ރާކިނަށް ފާހަގަވިއެވެ.

“އަހަންނަކަށް އެނގޭ އަހަރެން މިތާ ހުރީމަކަން އިމޫ ދާން ތިއުޅެނީ…”
“އިމޫ… މީހަކު ކުރިކަމެއްގެ ސަބަބުން އަހަރެމެން ދޭތެރޭގައި އޮތް ގުޅުމަށް ބަދަލެއް އައިސްގެން ނުވާނެ… މިހެން ބުނާއިރުވެސް އިނގޭ ކަންތައް ވެގެން ދިޔަ ގޮތުން އިމޫއަށް އަހަންނާ ކުރިމަތިލާން އުނދަގޫވާނެކަންވެސް… އެހުރިހާކަމެއްވެސް ހަނދާން ނައްތާލާ އިމޫ…. އަހަރެންގެ ހިތުގައި އިމޫއާއި ދޭތެރޭ އެއްވެސް ބުރަކަމެއް ނެތް… އެކަމަކު އަހަންނަށް އަހަރެންގެ ބޭބެ ގެއްލިއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ…..” ވާހަކަ ދައްކަމުން ގޮސް ރާކިން އެންމެ ފަހު ޖުމްލަ ބުނެލީ ކުޑަކޮށް ތުންދަމާލަމުން މޫނަށް ވައްތަރެއް ޖައްސާލައިގެން ހުރެއެވެ. ރާކިންގެ މިޢަމަލުން އީމަނަށް ނުހީއެއް ނުހުރެވުނެވެ.

“ރެކް… އަސްލު ޙަޤީގަތަށް ބުނަންޏާ އަހަރެން ވަރަށް ދެރަވި މިގޮތަށް ކަންތައް ވީމަ…. ދުވަހަކުވެސް އަހަރެން ހިތަކަށް ނާރަ އަހަރެމެން ދެމީހުންގެ ދޭތެރެއަށް އަންހެން ކުއްޖަކު އައިސްދާނެއެކޭ….” އީމަންގެ ތުންފަތަށް ވެރިވި ހިނިތުންވުން ސިކުންތުކޮޅެއްގެ ތެރޭގައި ފިލައިގޮސް މޫނުމައްޗަށް ސީރިޔަސްކަން ވެރިވެގަތެވެ.
“ދެން އެވާހަކަ ނުދައްކަމާ ދޯ….” އީމަންގެ ވާހަކަ މެދުކަނޑާލަމުން ރާކިން މިހެން ބުނުމުން އީމަން އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. އިތުރަށް އެވާހަކަ ދައްކައިގެން ދެން ވާނެ ފައިދާއެއްވެސް ނެތީމައެވެ.

“އަހަރެން އެބަ ވިސްނަން ދެންއަންނަ ހަފްތާ ބަންދުގައި އިމޫގެ ރަށަށް ޖައްސާލަން… ކުޑަކޮށް ހިތްހަމަ ޖައްސާލާ ހަދާލަން… އިމޫ ދާނަންތަ…؟؟؟” އީމަނާއިއެކު ގެއަށް ވަންނަން ހިނގައިގަންނަމުން ރާކިން މިހެން ބުނުމުން އީމަންވެސް ރާކިނާއިއެކު ދިއުމަށް އެއްބަސްވިއެވެ.

ހެނދުނު ހޭލައިގެންވެސް ސައިބޯން ނުނިކުމެ ދިމްޔާ އޮތީ އޭނާގެ ކޮޓަރީގައެވެ. އެވަގުތު ދޮރު ހުޅުވާލުމަށްފަހު ދިމްޔާގެ މަންމަ އެތެރެއަށް ވަދެގެން އައެވެ.
“ދަރިފުޅާ ހިނގާ ސައިބޯން… ރޭގައި ނުވެސް ކަމެއްނު…. މިހާރު އޮންނާނީ ބަނޑުހައިވެފައި….” އެނދުގައި އިށީނދެލައިގެން އިނދެ ދިމްޔާގެ ބޮލުގައި ފިރުމާލަމުން މަރީނާ ބުނެލީ ނުހަނު ލޯތްބާއި އެކީގައެވެ. އޭނާގެ ލޯބިވާ ދަރިފުޅު ރޭގައި ރުއީ ކީއްވެތޯ ބަލާލަންވެސް އޭނާހުރީ ނުހަނު ބޭނުންވެފައެވެ. މަރީނާގެ ބަހަށް ބަސްއަހާކުޑަކުއްޖެއް ފަދައިން ދިމްޔާ ތެދުވީ ބަނޑުހައިހޫނުކަން އިހުސާސްވާންފެށުމުންނެވެ.

އެނދުން ތެދުވެގެން ގޮސް ދިމްޔާ ހުއްޓެލީ ލޯގަނޑު ކުރިމަތީގައެވެ. އެއަށްފަހު ވިހުރުވާލެވިފައިވާ އޭނާގެ އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލަމުން އޭނާގެ ސޫރައަށް ބަލާލިއެވެ. ދިމްޔާއަށް ލޯގަނޑުން އޭނާގެ އަމިއްލަ މޫނު ފެނުމުން ދެރަވިއެވެ. އަބަދުހެން އޭނާގެ ކުޑަ ތުންފަތަށް ވެރިވެފައިވާ ހިނިތުން ފިލައިގެން ގޮސްފައިވާއިރު ރުއިމުގެ ސަބަބުން އޭނާގެ ބޮޑު ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. މޫނުމަތީގައިވެސް އެއްވެސް އުޖާލާ ކަމެއް ނެތެވެ.

“ދަރިފުޅާ ރޭގައި ކިހިނެއްވީތަ…؟؟؟” ސައިބޮން އިން ދިމްޔާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން މަރީނާ މިހެން އަހާލުމުން ދިމްޔާ މަރީނާއަށް ބަލާލިއެވެ. ދިމްޔާގެ މިޒާޖުގެ ގޮތުން އޭނާއަކީ އެއް އިރެއްގައިވެސް އެއްވެސް މީހަކާ އޭނާގެ ހިތާމަތައް ހިއްސާކުރަން ބޭނުންވާ މީހެއް ނޫނެވެ. ޚާއްސަކޮށް އޭނާގެ މައިންބަފައިންނާއިއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޭނާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމުން ދިމްޔާއަށް ހިތާމައެއް މެދުވެރިވެއްޖާ އެދެމީހުން ކަންބޮޑުވާނެވަރު ދިމްޔާއަށް އެނގޭތީއެވެ.

“އަހަރެންގެ ވަރަށް ގާތްމީހަކު އަހަރެންދެކެ ރުޅިއައީ… އެކަމަކު މަންމަ އަހަރެންގެ ގާތުގައި ނާހައްޗޭ އެއީ ކާކުތޯ…؟؟؟” އޭނާ ރޭގައި ރުއިވަރުން މަރީނާ އޭނާ ދައްކާ ވާހަކަ ޤަބޫލުނުކުރާނެކަން އެނގޭތީ ދިމްޔާ ވާހަކަ ދެއްކީ ތެދަށެވެ. އެހެން ބުނެލިއިރު އޭނާގެ އަޑަށް ބަދަލު އައިސްފައިވާކަން މަރީނާއަށް ފާހަގަކުރެވުނެވެ.
“އެކަމަކު….” މަރީނާގެ ވާހަކަ މެދުކަނޑާލީ ދިމްޔާ އޭނާގެ އަތްތިލާގައި ހިފާލަމުން ދެފަރާތަށް ބޯހޫރާލުމުންނެވެ. އޭރު ދިމްޔާގެ ބޮޑު ދެލޯ ހުރީ ފެންކަޅިވެފައެވެ.
“އެންމެ ރަނގަޅު… މަންމަ ނާހާނަން… އެކަމަކު ދެން އެގޮތަށް ނުރޮއްޗޭ… ދަރިފުޅު ބޮޑުވި ފަހުން މަންމަ ނުދެކެން ދަރިފުޅު ރޯތަނެއް… އެކަމަކު ރޭގައި…. …. ދަރިފުޅު ރޯތަން ފެނުނީމައި ނޭނގެ މަންމައަށް ވީގޮތެއްވެސް….” ދިމްޔާގެ ދެލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތިކި ފޮހެލަދެމުން ވާހަކަ ދެއްކިއިރު މަރީނާގެ ދެލޯވެސް ހުރީ ފެންކަޅިވެފައެވެ. ދިމްޔާ ބޯޖަހާލަމުން އެތަނުން ދާން ހިނގައިގަތެވެ.

އީމަނާއި ރާކިން އައި.ޖީ.އެމް ހޮސްޕިޓަލަށް ދިޔައީ އެތާގައި އެޑްމިޓްކޮށްފައި އޮތް އެމީހުންގެ އެކުވެރިއަކަށް ގޮވާލުމަށެވެ. ރާކިން ސައިކަލް ޕާކު ކުރަން ދިއުމުން އީމަން ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. ނަމަވެސް އޭނާގެ ފިޔަވަޅަށް ހުއްޓުން އެރީ ކުރިމަތިން ފެންނަން ހުރި ދިމްޔާ ފެނުމުންނެވެ. އޭރު ރާކިންވެސް އައިސް އީމަނާއި އަރާ ހަމަވެއްޖެއެވެ. އޭނާ އެއްފަހަރު ދިމްޔާއަށް އަދި އަނެއް ފަހަރު އީމަނަށް ބަލާލިއެވެ.

ދިމްޔާއަށް އީމަންމެން ފެނުމުން އޭނާގެ ފިޔަވަޅުތައްވެސް މަޑުޖެހޭގޮތްވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ފިޔަވަޅަށް ބާރުލާފައި އޭނާ އައިސް މަޑުކޮށްލީ އީމަންގެ ކުރިމަތީގައެވެ. ނަމަވެސް އީމަން ދިމްޔާއަށް ބަލާވެސް ނުލާ އެއްއަތް ޖީބަށް ޖަހައިލައިގެން ހުރެ ހިނގައިގަތެވެ. އީމަންގެ އެއަޅާލުންކުޑަ ހަރަކާތުން ދިމްޔާގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވިއެވެ. ފަސްއެނބުރި އީމަން ދިޔަ ދިމާއަށް ބަލަން ހުރެފައި އޭނާ ދެން ބަލާލީ ރާކިންއަށެވެ. އޭރު ރާކިން އަތަކަށް ގުޑިވެސްނުލާ އޭނާ ހުރި ފިޔަވަޅުމަތީ ހުއްޓިލައިގެން ހުއްޓެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވުމުން ދިމްޔާ ދުރުބަލާލިއެވެ.

“ބަލީތަ…؟؟؟؟” ރާކިނަށް މިހެން އަހާލެވުނީ ބޭއިޚުތިޔާރުގައެވެ. ދިމްޔާ ރާކިނަށް ޖަވާބެއް ނުދީ އެއްވެސް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“އަހަރެން ބުނީމަވެސް މަޑުނުކޮށް ތިއައީ ދޯ… އަވަހަށް ހިނގާ ދާން…. މިހާރުވެސް ތިހުރީ ވަރަށް ލަސްވެފައި ދޯ….” ދުވަމުންކަހަލަ ގޮތަކަށް ތެޅިފޮޅެމުން އައި ހިކިތޮޅި އަނެހެން ކުއްޖެއް ރާކިންގެ މޫނަށް ބަލާލުމަށްފަހު ހީލަމުން ދިމްޔާގެ އަތުގައި ހިފައިގެން ހިނގައިގަތުމުން ދިމްޔާވެސް އެކުއްޖާއާއިއެކީ ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ދިމްޔާ ފަހަތް ބަލާލިއެވެ. އޭރުވެސް ރާކިން ހުރީ ދިމްޔާއަށް ބަލަހައްޓައިގެންނެވެ. ދިމްޔާމެން ގޮސް އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރަކަށް އެރުމުން ރާކިން ކުރިއަށް ހިނގައިގަތެވެ.

ރާކިން އެތެރެއަށް ވަދެގެން އައިއިރު އީމަންހުރީ ކައުންޓަރުގެ އެއްކައިރީގައި މަޑުކޮށްލައިގެން ރާކިންގެ އިންތިޒާރުގައެވެ.
“އޭނަ ދިޔައީތަ….” ރާކިން އައިސް އަރާ ހަމަވުމުން އޭނާއާއިއެކު ހިނގައިގަންނަމުން އީމަން މިހެން އަހާލުމުން ރާކިން ބޮލުގެ އިޝާރަތުން އާނއެކޭ ބުނެލިއެވެ.
“ރެކް ވަރަށް ލޯބިވޭދޯ އޭނަދެކެ….” ވަކި ހިސާބަކަށް ގޮސްފައި އީމަން މިހެން އަހާލުމުން ރާކިން ހުއްޓިލަމުން އީމަނަށް ބަލާލިއެވެ. އޭރު އީމަންވެސް ހުރީ ރާކިނަށް ބަލަހައްޓައިގެންނެވެ. ރާކިން ދެންވެސް އަނގަޔަކުން ނުބުނެއެވެ. ބޮލުގެ އިޝާރާތުން އާނ އެކޭ ބުނެލިއެވެ. ރާކިންގެ ޖަވާބާއިއެކު އީމަންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެންވެސް ވަރަށް ލޯބިވޭ އޭނަދެކެ….” ކުރިއަށް ހިނގައިގަންނަމުން އީމަން ބުނެލިއެވެ. އީމަން ހިނގައިގަތުމުންވެސް ރާކިނަށް ހުރި ފިޔަވަޅު މަތީ ހުރެވުނީ އީމަންގެ ހިތުގެ ހާލު އަންދާޒާކޮށްލަމުންނެވެ. އޭނާގެ ހިތުގެ ހާލުވެސް ހަމައެފަދައެވެ. ނުވެސް ދެނެހުއްޓާ އަންހެން ކުއްޖަކު އައިސް ދެމީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލީއެވެ. ނަމަވެސް ދެން ކުރާނީވެސް ވަކީ ކީއްހެއްޔެވެ. އެކަންތައް އެވަނީ ނިމިގެން ގޮސްފައެވެ. މާޒީގެ ކަޅު ޞަފްހާތަކެއްގެ ގޮތުގައެވެ.
“ރެކް… ތިތާ ހުންނަނީތަ…؟؟؟” އީމަން މިހެން ގޮވާލުމުން ރާކިން ބޯހޫރާލަމުން އީމަންގެ ފަހަތުން ހިނގައިގަތެވެ.

އީމަންމެންގެ ރަށަށް ދިއުމަށްޓަކައި ރާކިނާއި އީމަން ތިބީ ލޯންޗުގައެވެ. ފޮނުޖަހަމުންދިޔަ ކަނޑުގެ ލޮނުގަނޑަށް ބަލަހައްޓައިގެން އިން ރާކިން ކުރިމަތީ އިން އަންހެން ކުއްޖާ މާވަރަކަށް އޭނާއަށް ބަލާހެން ހީވުމުން އެކުއްޖާއާއި ދިމާއަށް ބަލާލިއެވެ. އެވަގުތު އެކުއްޖާ އަވަސްއަވަހަށް ދުރުބަލާލިއެވެ. ކޮންމެވެސް ތަނަކުން އެކުއްޖާ ފެނުން ހަނދާނެއް ވީނަމަވެސް ރާކިން މާބޮޑަކަށް އަޅައެއް ނުލައެވެ. އެއްގަޑިއިރުގެ ދަތުރަކަށްފަހު ރާކިންމެނަށް އެރަށަށް ދެވުނެވެ. ލޯންޗު ގާތްކޮށްލުމާއިއެކު އެންމެ ފުރަތަމައަށްވެސް ފޭބީ ރާކިންމެންނެވެ. އޭރު އެމީހުންބަލާއައިސް އަމަން ހުއްޓެވެ. ތިން މީހުން އެކީގައި ގެއަށްދިއުމަށްޓަކައި ހިނގައިގަތެވެ.

“އަމަން…..” ތިންމީހުން އެއްފަހަރާ ފަހަތް ބަލާލީ އަމަންގެ ނަމުން އަންހެން ކުއްޖަކު ގޮވާލުމުންނެވެ. އޭރު ލޯންޗުގައި އިނދެގެން ރާކިނަށް ބެލި އަންހެން ކުއްޖާ އެދިމާއަށް އަންނަނީއެވެ.
“ތާނީ…. އަންގާވެސް ނުލާ…. މިފަހަރު ކޮންދަތުރެއް….؟؟؟؟” އެއަންހެންކުއްޖާ އެމީހުނާއި އަރާހަމަވުމުން އެކުއްޖާއަށް މުޚާތަބުކޮށް އަމަން އަހާލިއެވެ. ތާނީއަކީ ނަރުހެކެވެ. މީގެ ކުރިން ދެތިންފަހަރަކު އެރަށަށް ވޯކްޝޮޕަށް އައިސް އުޅުމުގެ ތެރެއިން ތާނީއާއި އަމަންގެ މެދުގައިވަނީ ވަރަށް ގާތް އެކުވެރިކަމެއް ބަދަހިވެފައެވެ.
“އަނެއްކާވެސް ވޯކްޝޮޕަކަށް މިއައީ…. ކުރިން އެހެން ކުއްޖަކު އަންނަ ގޮތަށް އޮތީ… އެކަމަކު އެކުއްޖާއަށް އާދެވެން ނެތީމަ އަހަރެން މިއައީ…. ކުއްލި ގޮތަކަށް އަންނަން ޖެހުނީމަ އަންގާނުލެވުނީ….” މިހެން ބުނެލުމަށް ފަހު ތާނީ ރާކިންމެނަށް ބަލާލިއެވެ.

“ކޮންމެވެސް ތަނަކުން ދެކުން ހަނދާނެއްވޭ… އެކަމަކު ހަނދާނަކަށް ނައި ކޮންތާކުންކަމެއް….” ރާކިންގެ މޫނަށް ބަލާލަމުން އެކުއްޖާ މިހެން ބުނެލުމުން ރާކިން ދެކޮނޑު ހިއްލާލަމުން ނޭނގެއޭ ބުނެލިއެވެ. ރާކިން މިހެން ބުނުމުން ހީވިގޮތަކަށް ވެދާނެއޭ ބުނެ ތާނީ ހީލިއެވެ.
“އަމަން…. މަންމަ ކިހިނެއްތަ މިހާރު….؟؟ އަހަރެން ގެއަށް ދާނީ އަމަންގެ މަންމަގެ ގާތަށް ގޮސްލާފައި….” ތާނީ މިހެން ބުނުމުން އަމަން އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ. ހަތަރު މީހުން އެކީގައި ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.

ގެއަށް އައުމަށްފަހު މަންމަގާތުގައި އިރުކޮޅަކު ވާހަކަ ދައްކާލަން އިނުމަށްފަހު އީމަން ނުކުތީ ގޭގެ އަނެއް ފަރާތަށެވެ. ޖޯލީގައި އޮށޯވެލުމަށްފަހު އީމަން ދެލޯމަރާލަމުން ފުން ނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ކުންނާރުގަސް ތެޅެލި އަޑަށް ސިހިފައި އީމަނަށް އެދިމާއަށް ބަލާލެވުނެވެ. އޭރު އޭނާއަށް ފުރަގަސްދީގެން ރަތްކުލައިގެ ދޯބައްޓާ ހެދުމެއްލައިގެންހުރި އަންހެންކުއްޖަކު ދަނޑިއަކުން ކުންނާރު ބިންނަން މަސައްކަތް ކުރަނީއެވެ.

“ކާކު ތީ….؟؟؟” އެކުއްޖާގެ ފުރަގަހުގައި ހުއްޓިލައިގެންހުރެ އީމަން މިހެން އަހާލުމުން އެކުއްޖާ ސހިފައި ފަހަތް ބަލާލިއިރު އަތުގައި އޮތް ދަނޑިވެސް އެއްލާލާފިއެވެ. އީމަނަށް ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އީމަން އޭނާގެ ކުރިމަތީގައި ހުރި ދިމްޔާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ.
“މިރަށުގައި ކީއްކުރަނީ….؟؟؟ އެންމެ ފަހުން އަހަރެމެންގެ ފަސްކޮޅު ބަލަމުން މިރަށަށްވެސް އައީދޯ…..” ހިތްހަމަ ނުޖެހިފައި ހުރެ އީމަން ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. ވާނުވާ ނޭނގި ހުރެ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ދިމްޔާ އީމަނަށް ބަލާލީ ކުރިން ނުވެސް ދަންނަ ޒުވާނަކު އައިސް އޭނާއާއި ދިމާއަށް އެއްޗެހި ގޮވައިގަތުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިޖުރަ (ސައްބީސްވަނަ ބައި)

Next

ދެއަފި

Next
September 18, 2015

ދެއަފި

Previews
September 17, 2015

ހިޖުރަ (ސައްބީސްވަނަ ބައި)

37 Comments!

  1. eemiyaa says:
    September 17, 2015 at 8:19 pm

    sorry readers.. eem mi dhethin dhuvahu v bxy koh ulhunyma nuliyevi las v..
    mi part ga liyumuge kuh hurumaky ekasheegen vaa kameh.. evves kujjakah kusheh fenijja angaaladhinun edhen..

    1. Ifaa says:
      September 17, 2015 at 10:08 pm

      V reethi story..next part wen?

  2. sham says:
    September 17, 2015 at 8:34 pm

    Alhey dhekujje that e ulheny

  3. dim says:
    September 17, 2015 at 8:57 pm

    konirakun next part

  4. shaz says:
    September 17, 2015 at 8:58 pm

    V Rreethi mi part vx.
    waiting for the next part…
    kihineh tha mi vany mihaar? anekkaa kon thaani eh tha mi aeee

  5. mal says:
    September 17, 2015 at 9:18 pm

    Wow v rythi mi part vx..so rek ge dhim e ee jinni eh noon dhw..twins eh hen hyvany.
    AnywAy stry v v salhi.knirakun next part..

  6. Kiyuntheriyaa says:
    September 17, 2015 at 9:23 pm

    Vvvvvvvvv reethi… keep it up eem… by the way when is next part???

  7. emiliya says:
    September 17, 2015 at 9:45 pm

    nice

  8. xee says:
    September 17, 2015 at 9:51 pm

    So confusin alhe.. awahah beynun mi wany kihinehtho balan.. alhe awahah up kollahchey nxt part..
    Best stry eva hama 🙂

  9. ammu says:
    September 17, 2015 at 9:52 pm

    Thaany ey dhinya aa ehkoh hospital in dhimaavi kuhja dho

  10. ken? says:
    September 17, 2015 at 10:12 pm

    yess…….finally inthixaaruge nimun aee…hehe…i think they both r twins..☺ waiting for sat…☺❤????

  11. Crazi says:
    September 17, 2015 at 10:15 pm

    Hama jinni ehtha aey..noony twinc ejtha..jinni eh vegjeyaa hadi vaane …but this part v shalhi…ahvaha update kohla dhee

  12. hany says:
    September 17, 2015 at 10:42 pm

    Jinni ehtha eae…. red hedhun lany abadhu ….. twince dhw….

  13. eemiyaa says:
    September 17, 2015 at 11:25 pm

    Thanks All.. 🙂 🙂 🙂
    Next part saturday ga In Sha Allah… 🙂 🙂
    dhim a e jinni eh kan nuny nun kan engigen dhaane next part ga… inthizaaru kohlaa… 🙂

  14. Raff says:
    September 17, 2015 at 11:54 pm

    v nice mi part vx….kon dhuvahakun nxt part up kohlla dheyney….

  15. wershe says:
    September 18, 2015 at 12:20 am

    Wow warah salhi ingey rek menn dhiguinthizaareh kuri ass wershe akah nuvaane next part awahah up koh dhehchey ?

  16. aria says:
    September 18, 2015 at 7:04 am

    Wow…vvvvv salhi mi part…rek ge dhim fenuny dhw..waiting for the next part…

  17. Naju says:
    September 18, 2015 at 8:05 am

    Emme kiyan beynun vi thanun e nimunyy.. Awwwwn. Story is awesome. Eem. I luv ur stories.. <3

  18. sharu says:
    September 18, 2015 at 8:41 am

    Vv sakhi mi part ves .waitin4next part.i think there are twins…

  19. Hi says:
    September 18, 2015 at 9:01 am

    Confuse ga mihunnany.. Ekamu twinsun ah vitas dhekudhinnah dhimyaa kiyaatha?

    1. lau says:
      September 18, 2015 at 10:01 am

      kiyaafaane aminath dhimya aa fathimath dhimya

  20. Yaasha says:
    September 18, 2015 at 9:16 am

    wow ..v v v v reethi mi part ves.

  21. Anonymous says:
    September 18, 2015 at 12:14 pm

    faharehga vedhaane emmaabadu 3 kudhin kamah.. ???

  22. saarah says:
    September 18, 2015 at 3:34 pm

    very nice story.. 🙂

  23. Neee says:
    September 18, 2015 at 3:35 pm

    Alhey i couldnt read this part…hus golhi golhi fennany…font ge massala eh hen heevany…kihineh tha mi bai kiyaany…

  24. shiha says:
    September 18, 2015 at 5:22 pm

    Pis thythi kada… dhimya jinni akah nuhadhahchey!!! Plz v salhi mi part…w8n 4 d nxt

    1. naff says:
      September 18, 2015 at 6:46 pm

      twins akah hadhaa eem eiru salhivaane but kada ee eh nameh kiyaathy dhemeehun ge name change kohli nama

  25. naff says:
    September 18, 2015 at 6:45 pm

    ey… eem varah obi mi part ves nd up soon

  26. Faxoo says:
    September 18, 2015 at 8:28 pm

    varah reethi… dhe Dhimya eh dhw miulheny… kihinehba vaany…… ??

  27. shx says:
    September 18, 2015 at 8:58 pm

    vvvv salhi mi part vxx…plx dhen annan oiy bai thankolheh dhigukoh genesdheveythw balahche..

  28. eemiyaa says:
    September 18, 2015 at 11:04 pm

    Thanks allll:) 🙂 🙂
    yes shx.. next part v dhigu koh genesdheynan In Sha Allah… 🙂 🙂 🙂

  29. Shau says:
    September 19, 2015 at 1:04 am

    Alhe Eem haadha hiyy thalhuvaalaafa ey mi part thi nihmaaly dho.. Plx nxt part avahah up kohdhehchey… <3

  30. Neem says:
    September 19, 2015 at 1:35 am

    V nice

  31. Fathun says:
    September 19, 2015 at 1:39 am

    varah reethi mi story eem

  32. Fathun says:
    September 19, 2015 at 1:41 am

    Keep it up

  33. Anonymous says:
    September 19, 2015 at 1:44 pm

    Eem ge aslu name aky kobaa

  34. eemiyaa says:
    September 19, 2015 at 3:38 pm

    thanks all 🙂

Comments are closed.

Next Episodeދިމްޔާ (17 ވަނަ ބައި)←


All Right Reserved!