Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7

Esfiya Level 310 Stories100 Login
September 14, 2015 3 Mins Read
10 Comments

“އެކަނި މާއެކަނި ކޮންތަނަކުން؟ އަހަރެން މިއައީ ޔާނު.. އޯ ސޮރީ.. ޔާނާ ހޯދަން ގެއަށް ގޮސްފަ. ޔާނާ މަންމަ ބުނި ބޭރަށޭ ދިޔައީ. އެހެންވެ ހަމަ ނުކުމެ ހިނގައިގަތްތަނުން މި ދިމާވީ.” އާއިޒު ސުވާލު ކޮށްލިއެވެ. ނަމަވެސް ޔާނާ އެއްވެސް ޖަވާބެއް ނުދީ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ އާއިޒުއާ ވާހަކަދައްކަން ބޭނުން ނުވަނީއެވެ.
“ޔާނާ. ކީއްވެ ތިހެން ތިހަދަނީ. އަހަރުމެން މިއީ ކުރިއަށް އޮތްތަނުގަ އެއްކޮށް އުޅެންތިބި ދެމީހުނެއްނު. ދެން ކީއްވެ މާ ބީރައްޓެހި ވެގެން ތިއުޅެނީ. އަހަރެން އަބަދުވެސް ޔާނާގާތުގަ އަހަރެން ލޯބިވާ މިންވަރު ބުނެދެމުން ދާއިރު ކީއްވެ ޔާނާ އެންމެ ފަހަރަކުވެސް އެވާހަކަ ނުބުނަނީ. ތި ދުލުން ބުނެބަލަ އަހަރެންދެކެ ލޯބިވަމޭ. ޔާނާ!” އާއިޒު ދީވާނާ ވެފައިވާ މީހެއްހެން ވާހަކަދައްކަމުން ދިޔަނަމަވެސް ޔާނާ އެއްޗެކޭ ނުބުނުމުން އެންމެ ފަހުން ޔާނާއަށް ގޮވާލިއެވެ.
ޔާނާ އިސް އުފުލާ ބަލާލުމަށްފަހު އެއްވެސް އެއްޗެކޭނުބުނެ ގެއާ ދިމާއަށް ދާން ހިނގައިގަތެވެ. އާއިޒު ތެޅިގަނެފައި ޔާނާގެ ދެއަތުގައި ހިފައި ކައިރިއަށް ދަމައިގަތެވެ. ޔާނާ ރުޅިގަދަވެފައި ދެއަތްފޮޅުވާލާފައި ބާރަށް ފަހަތަށް ޖެހިގަތުމުން ގޮސް ހުއްޓެވުނީ އެވަގުތު އެގޯޅިގަނޑުތެރެއަށް ވަދެގެންއައި ކާރެއްގެ ކުރިމައްޗަށެވެ. އާއިޒު އަވަސްއަވަހަށް ޔާނާގެ އަތުގައި ހިފައި އޭނާއާ ދިމާއަށް ގެނައީ ވަރަށް ބާރުލާފައެވެ. ކާރުން ސަލާމަތްވުމަށް ވިސްނައިގެން ހުރުމުން ޔާނާ ވަރަށް ފަސޭހައިން ގޮސް އާއިޒުގެ މޭގައި ލައްވިއެވެ. ވަގުތުން އާއިޒު ދެއަތުން ޔާނާގެ ހަށިގަނޑު ވަށައިލިއެވެ. އެއިރު ކާރުވެސް ޔާނާމެން ހުރަސްކޮށްފައި ހިނގައްޖެއެވެ.
މަޑުދުވެލީގައި ދުއްވަމުން ގެންދިޔަ ކާރަށް ބަލައިލުމުންވެސް އޭގެ ވެރިމީހާގެ ތަނަވަސްކަން ހާމަވެގެން ދެއެވެ. ގޯޅިންނުކުމެ އަނެއްފަރާތުމަގަށް ނުކުމެވުމާއެކީ ކާރުގެ ސްޕީޑް ކުއްލިއަކަށް ބާރުވެ މަގުއޮތްގޮތަށް ދުއްވަން ފެށިއެވެ. ވިއްސަކަށް މިނެޓްދުއްވުމަށްފަހު ކާރު ގޮސްވަނީ ބޮޑު ގަނޑުވަރެއްހެން ހުރި ގެއެއްގެ ދޮރާށިންނެވެ. އެތެރެއަށްވަދެ ކާރު މަޑުޖެހުމާއެކީ ފަހަތު ދޮރު ހުޅުވުނެވެ. މަޑުމަޑުން ކާރުންފައިބައިގެން މީހަކު ގެއާދިމާއަށް މަޑު ހިނގަމުން ގޮސް ގޭ ދޮރުހުޅުވާލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އެބޮޑު ސިޓިންރޫމް ހުރަސްކޮށް ސިޑިން މައްޗަށް އަރައިގެން ދިޔައިރު ގޭގައިގެންގުޅޭ ނޯކަރުންތައް ހައިރާންކަމާއެކީ ބަލަންތިބީ އެމީހެއްގެ މަސައްކަތް ހުއްޓިފައެވެ. ހުދު ޔުނިފޯރމުގައި ތިބިއިރު ކޮންމެމީހެއްގެވެސް މޫނުމަތިން ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ. އެމީހުންގެ ސާހިބުމީހާ ކަމުގައި ވިޔަސް ލޯބިވަނީ އެއްބަނޑު އެއްބަފާ ބޭބެއެއް ދެކެ ވާފަދައިންނެވެ. ކުޑައިރުކޮޅެއްކުރިން އެގެއިން ނިކުމެގެން ދިޔައިރު އެމޫނުމަތީގައިވި އުފާވެރިކަމާއި އެދެލޮލުން ފެނިގެން ދިޔަ އުންމީދީ ކުލަވަރުގެ އެއްވެސް އަސަރެއް އެނބުރި އައިއިރު ނެތުމުން، އެމީހުންގެ ސާހިބު މީހާއަށް ކޮށްފައިވާ އަސަރު ޚުދު އެމީހުންނަށްވެސް އިހްސާސްކުރެވޭފަދައެވެ.
ހަލުވިފިޔަވަޅުތަކެއްގައި ހިނގަމުންގޮސް ކޮޓަރިއެއްގެ ދޮރާއިއަރާހަމަވުމާއެކީ އެކޮޓަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށްވަނެވެ.
ކޮޓަރީގެ މެދާ ހިސާބެއްގައި ހުއްޓުނެވެ. ލައިގެން ހުރި އޮފްއަރައަރާ ހުރި ބޫޓުން މީހާގެ ސާފުތާހިރުކަމުގެ އިތުރުން ޝާހީކަން ދައްކުވައިދެމުން ދިޔައިރު ޒަމާނީ ޖިންސަކާއި ކަޅު އަތްދިގު ގަމީހެއްލައިގެން އަތުކުރި އުޅަބޮށްޓައި ހަމައަށް އޮޅާލެވިފައި ހުރިއިރު އެހަށިގަނޑު ފިރިހެންވަންތަވެފައި ކިތަންމެ ހާވެސް ރީއްޗެވެ. އެމުށިކުލައިގެ ދެލޯ އެކިކޮޅުކޮޅަށް ނަޒަރު ހިންގަމުން ދިޔައިރު މާޔޫސީކަން އެކުލެވިގެން ވެއެވެ. ހިތް ކުދިކުދިވެފައިވާ މީހެއްފަދައެވެ. އެހެން މީހެއް ނޫނެވެ. އީމަން އެވެ.
ދެންމެ ކާރުން ދިޔައިރު ފެނުނު މަންޒަރު ހަނދާނަށް އައިސް ބޮލުގައި ދެއަތުން ބާރުބާރަށް އީމަންއަށް ހިފަހަށްޓާލެވުނެވެ. އަދި ވަށައިގެންވާ ފާރުތަކުގައި ޑިސްޕްލޭ ކުރެވިފައިވާ ޔާނާގެ ތަސްވީރުތަކަށް ބަލަމުންދިޔައީ ދީވާނާ ވެފައިވާ މީހެއްފަދައިންނެވެ.
”ކީއްވެ ޔާނު؟ އަހަރެންނަށް ކުޑަނަމަވެސް އިންތިޒާރެއް ނުކުރަންތަ؟ އަހަރެން ދެކެ ހަމަ ކުޑަކޮށްނަމަވެސް ލޯތްބެއް ނުވަންތަ؟ ތިހިތުގައި އަހަރެންނަށް އެއްވެސް އިހުސާސެއް ނެތްތަ؟” އީމަން ތަސްވީރުތަކާއި ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން ކަރުނަ ނީރާލިއެވެ. އީމަންގެ ހިތް ކުދިކުދި ވަމުން ދިޔައިރު ސިކުނޑީގައި އެނބުރެމުން ދިޔައީ އޭނާ ޔާނާއާއެކު ހޭދަކުރި އުފާވެރި ވަގުތުތަކެވެ. ޔާނާއަށް ނޭނގުނު ނަމަވެސް އޭނާގެ ހިތް މިއަދާ ޖެހެންދެންވެސް ކެތްތެރިކަމެއްނެތި ޔާނާއަށް ދިޔައީ އިންތިޒާރުކުރަމުންނެވެ.
ކޮންމެ ރެއެއް ކޮންމެ ދުވަހެއް އަދި ކޮންމެ ސިކުންތެއް ޔާނާގެ ހަނދާނުގައި ހޭދަކުރި ގޮތް އެނގެނީ ހަމައެކަނި އީމަންއަށެވެ. ކޮންމެވެސް ދުވަހަކުން ޔާނާ އޭނާއަށް ލިބޭނެ ކަމުގައި ބުނެ މޮޔަވެފައިވާ އެހިތަށް ވިސްނައިދީ ހަމައަކަށް އެޅުވުމަށް އީމަން ހާދަ މަސައްކަތެއް ކުރިއެވެ.
ނަމަވެސް މިރޭ އީމަންއަށް އެފެނުނީ ދުވަހަކުވެސް އޭނާ އުންމީދުކުރި މަންޒަރެއް ނޫނެވެ. ޔާނާ އެހެން މީހެއްގެ އަތުތެރޭގައި ވާތަން ދެކުމަށް އޭނާގެ ހަށިގަނޑުގެ އެންމެ ނާރެއްވެސް އެއްބަހެއް ނޫނެވެ.
“ޔާނު! އަދިވެސް އަހަރެންނަށް ގަބޫލެއް ނުކުރެވޭ. ހަމަ ތިޔަ ހިތުގައި ނެތީތަ އެއްވެސް އިހުސާސެއް. ހާދަ އަވަހަކަށް ޔާނު މޫވް އޮން ކޮށްލީ. އަހަރެން އަދިވެސް މިހުރީ ހަމަ ހުރިތަނުގަ. އަދިވެސް އެވަރަށް ލޯބިވޭ. ކިތަންމެ ވަރަކަށް ޔާނު އަހަރެންދެކެ ލޯބި ނުވެޔޭ، އަހަރެން މިހިތަށް ބުނެދޭން އުޅުނަސް އެއްބަހެއް ނުވެވޭ. އަހަރެންނަށް ތިޔަ ދެލޮލުން އަހަރެންނަށްޓަކާ ލޯބި ފެނުނު. ދެން ކީއްވެ ބަދަލުވީ؟ އަހަރެންދެކެ ލޯބިނުވަމޭތަ ތީގެ މާނައަކީ؟ އެހެން މީހެއް ދެކެ ލޯބިވެވިގެން އެމީހާގެ އަތުތެރޭގަ..” އީމަން އަށް ބުނެވުނީ މިހާ ހިސާބަށެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަހަށްޓާލެވުނީ މީގެ ކުޑައިރުކޮޅެއްކުރިން ފެނުނު މަންޒަރު ސިފަވުމުންނެވެ. ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގާލިއެވެ. ހަތަރުފަރާތު ފާރުގައި ހަރުކޮށްފައިވަނީ ޔާނާގެ ސްކޫލްދައުރުގެ ފޮޓޯތަކެވެ. މުޅި ކޮޓަރި ތެރޭގައިވެސް ވަނީ ޔާނާގެ ތަސްވީރުތައް ފްރޭމްކޮށް ބެހެއްޓިފައެވެ. އީމަން އެ ތަސްވީރުތަކަށް ނުބަލަންވެގެން ދެލޯ މަރާލިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޔާނާގެ ސޫރަ ކުރެހިފައިވަނީ ހަމައެކަނި އެކޮޓަރީގެ ފާރުތަކުގައި ހުރި ތަސްވީރު ތަކުގައި ނޫންކަމަށްވާތީއެވެ. އީމަންގެ ހިތުގެ ކޮންމެ ވިންދެއްގައިވެސް މެއެވެ. ހިތުގައި ޖަހާ ކޮންމެ ވިންދެއްވެސް ޔާނާގެ ނަން ކިޔަމުން ދާކަހަލައެވެ.
ފަހަތުގައި މީހެއް ހުރިހެން ހީވެގެން އީމަން އެނބުރި ބަލައިލިއެވެ. މަޑުމަޑުން ހިނގަމުން އެތެރެއަށް ވަދެގެން އައީ އެގޭގައި އީމަންގެ ކަންތައްތައް ބަލަހައްޓައިދޭ އަންހެންމީހާ މަރީނާއެވެ. ދެބައި އުމުރުގެ އަންހެނެކެވެ. ނަމަވެސް އެހާ ދުވަސްވީ ވައްތަރެއް ނުޖަހައެވެ. ލައި އުޅެނީ ކަޅުހެދުން ކަމަށްވުމުން ބޮޑު ބުުގާއަޅައިގެން ހުރުމުން ފެންނަނީ އެމޫނު އެކަންޏެވެ. މޫނުމަތި ސާދާވެފައި މާތްގޮތެއް ހުރިއެވެ.
މަޑު ފިޔަވަޅުގައި އައިސް އީމަން ކައިރީގައި ހުއްޓުނު އިރު މަރީނާގެ މޫނުމަތިންވެސް ހިތާމައިގެ އަސަރު ފެންނަން ހުރިއެވެ. އޭނާއަށް އީމަން މީގެ ކުރިން މިވަރަށް ހިތާމަވެރިކޮށް ހުއްޓައި އަދި ދުވަހަކުވެސް ނުފެނެއެވެ. ހިތުގައި އުފެދެމުން ދިޔައީ ސުވާލުފުންޏެކެވެ. ‘އީމަންއަކީ އެއްވެސް މީހަކަށް ދެރައެއް ދީފައި އަދި ދެރައެއް ވުމަށް ދުވަހަކުވެސް އެދިގެން ހުރި މީހެއް ނޫން. މިފަދަ މާތް އިންސާނެއްގެ ހިތް ރޮއްވާލަން ކެރުނީ ކާކަށް؟ އަދި ސަބަބަކީ ކޮބައިބާ؟’ މަރީނާ ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގާލިއެވެ. މުޅިންހެން ތަސްވީރުތަކެވެ. ހުރިހާ ތަސްވީރެއްގައިވެސް ވަނީ އެއްކުއްޖެކެވެ.
“އީމަން! ތިޔަ ހިތާމަކުރަނީ ކޮން ސަބަބަކާ ހުރެހެން ދައްތައަށް އެބަހީވޭ؟ ދައްތަ އަށް ތިކަމުގައި އެހީއެއް ވެދެވެން އޮތްނަމަ މިވަގުތު ކޮށްދީފިން. ކެތްކުރޭ! އެކަމަކު އީމަންގެ ތި ހާލު ބަލާކަށް ދައްތައަކަށް ކުޅަދާނައެއް ނޫން. ކޮންމެ އިންސާނަކަށްވެސް މި ދުނިޔެމަތީގައި އިމްތިހާނު ތަކަކާ ކުރިމަތިލާންޖެެހޭ. ޖެހޭނީ ކެތްތެރިވެ އެކަމާ ކުރިމަތިލާން. ﷲ ލޯބިވެ ވޮޑިގެންވަނީ ވެސް ކެތްތެރިންދެކެ. ހިތްވަރު ކުރޭ. އެއްވެސް އަޅަކަށް އެކަލާނގެ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.”

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ހިޖުރަ (ފަންސަވީސްވަނަ ބައި)

Next

އިންތިޒާރު (ތިންވަނަ ބައި)

Next
September 15, 2015

އިންތިޒާރު (ތިންވަނަ ބައި)

Previews
September 14, 2015

ހިޖުރަ (ފަންސަވީސްވަނަ ބައި)

10 Comments!

  1. sharu says:
    September 14, 2015 at 10:31 pm

    Me fast dhw ekemaku haadha kurey konme dhuvahaku ves up kohdheythi

  2. ReNesmee says:
    September 14, 2015 at 10:31 pm

    Me first 🙂
    But haadha kurey .. Next part dhigu koh dheynan dho .

  3. sim says:
    September 14, 2015 at 10:47 pm

    V Nice mi part ves.

  4. smile buddy says:
    September 14, 2015 at 11:35 pm

    Nice one

  5. kuddy says:
    September 15, 2015 at 3:04 am

    Varah reethi…. Haadha kurey…. Thankolheh dhigukoh gensdhehchey plxxxx…

  6. naff says:
    September 15, 2015 at 10:30 am

    Finally inthizaar kuri part athuvehje but thankolheh kury adhi dhigu kohlun edhen vaahaka…

  7. Linly says:
    September 15, 2015 at 2:06 pm

    Sunga mivaahaka inehnu igey kuhjjak link fonuvadhyba pls….

  8. baby gurl says:
    September 15, 2015 at 11:11 pm

    Thankolheh dhigukoh up kohdhyber !! Waahaka wara reethi .. Ehnwe kiyaa hithun wait kureweythy mihn mi bunyh nge ?

  9. Shiny says:
    September 16, 2015 at 8:06 pm

    nice ekam maa kuru

  10. shafy says:
    September 18, 2015 at 10:11 am

    V salhi maa kuree kiyaa hethun hutta nimey

Comments are closed.


All Right Reserved!