Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު (ތިންވަނަ ބައި)

saarah Level 210 Stories100 Comments
September 15, 2015 4 Mins Read
28 Comments

ކުރިމަތީގައި ހުރި ޒުވާނާވެސް މާޔާ ފެނިގެން ހުރި ގޮތަށް ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. އެ ހުރި ގޮތަށް ހުއްޓާ މާޔާގެ ދެލޯ އަނެއްކާވެސް ފުރިގެންއައީ ކަރުނައިންނެވެ. “ކިޔާން” ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތް ދޭތެރެއިން މާޔާ މަޑުމަޑުން ކިޔާލިއެވެ.

ދުވެފައި ގޮސް ކިޔާންގެ ގައިގަ ބައްދާލަން މާޔާ ބޭނުންވިއެވެ. އެހެންނަމަވެސް ވަގުތު އެކަމަށް ތަން ނުދިނީއެވެ. ފަހަތުގައި މަޑުކޮށްގެން ތިބި ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ކިޔާންއަށް އެއްފަހަރު، އަނެއްފަހަރު ފަހަތުގައި ތިބި ދުއްވާ އެއްޗެއްސަށް ބާލާލާފައި މާޔާ ބާރަކަށް ގޮސް ކާރަށް އެރިއެވެ. “މާޔާ…. މާޔާ..” ކިޔާން ބާރަކަށް މާޔާއަށް ގޮވަމުން ގޮސް މާޔާގެ ކާރަށް އެރިއެވެ. އަޅާވެސްނުލާ މާޔާ ކާރުދުއްވާލީ ޓިޝޫއަކުން މޫނުގައި ހުރި ފެންފޮހެމުންނެވެ.

“ދުއްވަން ނޭގޭވަރު ކީއްކުރަންތަ ކާރު ދުއްވަނީ؟ ކިރިޔާއެއްނު މަރުނުވީ.. މަގޭ ފޯނުވެސް ހަލާކުވެއްޖެ ވިއްޔާ.. ” ކިޔާންވެސް ޓިޝޫއަކުން މޫނުފޮލަމުން މާޔާއަށް ނަޒަރު ހުއްޓާލިއެވެ.

“ހިނގަން ނޭގެންޏާ ކީއްކުރަންތަ ހިނގަނީ.؟” އޭރުވެސް މާޔާގެ ނަޒަރު ހުރީ މަގުމައްޗަށެވެ. ހީވާ ގޮތުން ކިޔާންއަށް ބަލާލަން ބޭނުންނުވަނީއެވެ. ކިޔާން އިތުރަށް އެއްޗެކޭ ނުބުނެ މާޔާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭނައަށް މި ފެންނަނީ ހަގީގަތެއްތޯ އަދިވެސް ޔަގީންނުވަނީއެވެ. ހިތުގައި އެތައް ސުވާލެއް އުފެދިފައި ވިޔަސް މިވަގުތު މާޔާއާ އެއްވެސް ސުވާލެއް ކުރާކަށް ކިޔާން ބޭނުމެއް ނޫނެވެ. މާޔާގެ މޫނަށް ބަލަން އިދެ ކިޔާން ހިނިތުންވެލީ މާނަވީ ގޮތަކަށެވެ. އެތައް އަހަރުތަކެއް ފަހުން އެންމެ ގާތް އެކުވެރިޔާ ފެނުމުން އުފާވެރިކަން ބަޔާން ކުރަން ވެސް ނޭގެއެވެ.

އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އިން ކިޔާން ސިއްސައިގެން ދިޔައީ ކުއްލިއަކަށް މާޔާ ކާރު މަޑުކޮށްލުމުންނެވެ. ކިޔާން މާޔާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ބޭރު ބަލާލިއިއިރު ކާރު މަޑުކޮށްފައި އޮތީ ތިންރުއް ޕާރކްގެ ހިތްގައިމު ސަރަހައްދުގައެވެ. ކިޔާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން މާޔާ ދޮރު ހުޅުވާލައިފައި ބޭރަށް ނުކުމެއްޖެއެވެ. ފަހަތުން ކިޔާންވެސް ކާރުން ފޭބިއެވެ. އޭރު މާޔާ ގޮސް ހުރީ ތޮށިގަނޑު ކައިރީ މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ކިޔާން ގޮސް މާޔާގެ ފަހަތުގައި ހުއްޓި ހުރެ މަޑުމަޑުން މާޔާގެ ކޮނޑުގައި އަތް ބާއްވަން އުޅެފަވެސް އަތް ތިރިކޮށްލީ ތިރީ ތުންފަތުގައި ދަތް އަޅާލަމުންނެވެ.

“މާޔާ.. އައި އޭމް ސޮރީ.. އަހަންނަށް އެގޭ މިވަގުތު އަހަރެން ބުނާ އެއްވެސް ވާހާކައެއް މާޔާއަށް ގަބޫލުނުކުރެވޭނެކަން.. އެއީ ހުދު އަހަންނަށްވެސް މިހާރު އެ ވާހަކަތައް ގަބޫލު ނުކުރެވޭތީ.. އެހެންކަމުން އަހަރެން ނެތިން އެއްވެސް އެކްސްޕްލެނޭޝަނެއް ދޭކަށް. މިވަގުތު އަހަރެންނަށް ހަމައެކަނި ބުނެވޭނީ އަހަންނަށް މާފުކުރާށޭ.. ސޮރީ އަހަންނަށް މާޔާއަށް ކުރެވުނު ވައުދު ނުފުއްދެވުނީތީ… ”

ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ކިޔާން ވާހަކަދެއްކިއެވެ. ދުރު ބަލަހައްޓައިގެން ހުރި އިރު އެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.

” ސޭ ސަމްތިންގް.. ޕްލީސް ” އިރުކޮޅެއް ވެގެން ދިޔައިރުވެސް މާޔާ އެއްވެސް އެއްޗެއް ނުބުނުމުން ކިޔާން މާޔާގެ ކޮނޑުގައި ހިފާ ކިޔާންއާ ވީ ފަރާތަށް އަނބުރާލިއެވެ. މާޔާގެ ކަރުނުން ފުރިފައި ހުރި ދެލޯ ފެނުނު ހިނދު ކިޔާން އިސްޖަހާލީ ކުއްވެރިއަކު ފަދައިންނެވެ. ކުއްލިއަކަށް ކިޔާން ވިސްނާވެސް ނުލާ ހުއްޓާ މާޔާ ދެފައި ކޮރާލަމުން ކިޔާންގެ ކަރުގައި ދެއަތް އަޅުވާލައި ބައްދާލިއެވެ. ކިޔާންވެސް މަޑުމަޑުން އެ ދެއަތް މާޔާގެ އުނަގަނޑުގައި ވަށާލިއެވެ.

” އައި އޭމް ގްލެޑް ޔޫ އާ ހިއަރ..” ކުރެހިފައިވާ އަޑަކުން މާޔާ މަޑުމަޑުން ކިޔާލިއެވެ. މާޔާގެ ހޫނު ކަރުނައިން ކިޔާންގެ ކޮނޑު ތެމެމުން ދިޔައެވެ. ކިޔާން ހިނިތުންވެލަމުން މާޔާ ގަޔާލާ ދުރުކޮށްލާ އޯގާތެރިކަމާއެކު މާޔާގެ ކަރުނަތައް ފޮހެލެދިނެވެ. ދެއަތުން މާޔާގެ މޫނުގައި ހިފަހައްޓައިގެން ހުރެ ކިޔާން ކުޑަކޮށް ދެއަތަކަށް ބޯ ހޫރާލީ ނުރޯށޭ ބުނަމުންނެވެ. މާޔާ ކުޑަކޮށް ހިނިތުންވެލާފައި ބޯ ޖަހާލީ ކުޑަ ކުއްޖަކު ފަދައިންނެވެ.

“ހިނގާބަ ސައި ބޯން. އަހަރެން މިއުޅެނީ އަދި ސައިވެސް ނުބޮއެ..” ކިޔާން ކުޑަކޮށް ދުރަށް ޖެހިލާފައި ބަނޑުގައި އަތް ޖައްސާލިއެވެ. މާޔާ ހެނދުނު ސައި ބޮއެގެން ހުއްޓަސް، އެތައް އަހަރުތަކައް ފަހު އެކުވެރިޔާއާ ދިމާވުމުން، ހިނގާށޭ ކިޔާފަ ގޮސް ކާރަށް އެރިއެވެ. ދެ މީހުން ކާރަށްއަރާ ހަމަޖެހިލުމުން މާޔާ ކާރުދުއްވާލައިފައި ގޮސް މަޑުކޮށްލީ އަމީނީމަގު ޝެލްބީންސް ކައިރިއަށެވެ. ކާރު ޕާރކް ކޮށްލާފައި ދެމީހުން އެކީ ގޮސް މައްޗަށް އެރިއެވެ. ކިޔާން ކޮންޓިނެންޓަލް ބްރެކްފާސްޓް އެއް ނެގިއިރު މާޔާ ނެގީ ހަމަ އެކަނި ކޮފީއެކެވެ. ކާ އެއްޗެހި އައުމުގެ ކުރިން މާޔާ އޮފީހަށް ގުޅާފަ މިއަދު އާދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި ބުނެލިއެވެ.

“މިހާރު ކޮން ގެ އެއްގަތަ ތި އުޅެނީ؟ އަހަރެން ކުރިން ދުވަހު ދިޔައިން ކުރިން އުޅުނު ގެއަށް. އެހެން ބަޔަކު އުޅެނީ.. ފާއިޒުބެ ދަންނަންހޭ އެހީމަ ބުނީ ނޭގެޔޭ..” ކިޔާން ޕާންފޮތީގައި ބަޓަރު ހާކަމުން ސުވާލުކޮށްލިއެވެ. ” ކުރިން ބައްޕައަށް ލިބުނު ގޯތީގައި މިއުޅެނީ މިހާރު.. ކުރިން ގެ ނަހަދާ ހުންނާތީ އެ ގޭގައި އުޅުނީ.. ދެން މިހާރު ގެ ހެދީމަ ބަދަލުވީ.”  މާޔާ މަގުން ދުއްވާފައި ދާ ދުއްވާ އެއްޗެއްސައް ބަލަންއިނެވެ. ހުރިހާ ހިތާމަޔެއް ހަނދާންނެތިފައި މާޔާ ކިޔާންއާ އެކި ވާހަކަ ދައްކަމުން ދިޔައީ ހެވިފައި އިނދެއެވެ.

” ޒުހޭރުބެ އަންހެނުން ވެސް އުޅެނީ ތި ގޭގެތަ؟ ޒުހޭރުބެ ނެތީމަ ވަރަށް ދެރަވޭދޯ އެންމެންވެސް.. ޒުހޭރުބެ ނުލާހިކު ރަނގަޅު މީހެއް ވިއްޔާ.. ވަރަށް ދެރަވި ޒުހޭރުބެ މަރުވި ހަބަރު ލިބުނީމަ. އަހަރެންނަށް އެގުނީވެސް ދެ ހަފްތާއެއްހާ ފަހުން.. ކިޔާން ދެރަވެފައި ކުއްލިއަކަށް ދައްކަން ފެއްޓި ވާހަކައަކުން މާޔާ ބޯން އިން ކޮފީވެސް ކަރުތެރޭގައި ތާށިވިހެން ހީވިފަދައެވެ. ހުއްޓުން އަރާފައި ކިޔާން އަށް ބަލަން އިދެވުނީ ދެ ލޯ ބޮޑު ކޮށްލައިގެންނެވެ. އަތުގައި ހުރި ކޮފީތަށިވެސް ދޫވެގެން ވެއްޓުނީ ނޭގިއިންދައެވެ. ޖޯޑު ވެއްޓުނު އަޑަށް މާޔާ ސިހިފައި ބަލާލިއެވެ. ކިޔާންވެސް ސިހިފައި މާޔާއަށް ބަލާލަމުން ކިހިނެއްވީހޭ އަހާލީ ހާސްކަމާއެކުގައެވެ. އޭރު އެތާ ތިބި އެންމެންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައި ހުއްޓެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ ތެދުވެގެން ދުވެލާފައި ދިޔައީ ކިޔާން މާޔާއަށް ގޮވާލަ ގޮވާލަ އިންދާއެވެ.

ކިޔާން ބިލްދައްކާލާފައި އަވަހަށް ގޮސް ބޭރަށް ނުކުމެލިއިރު މާޔާގެ ކާރުވެސް ފެންނަ ހިސާބުގައި ނެތެވެ. ހާސްވެފައި ހުރެ ކިޔާން އިނގިލިތައް ނިތްކުރީގައި ހިންގާލިއެވެ. ކިޔާންއަށް ހީވީ ޒުހޭރުބެގެ ވާހަކަ ދެއްކުމުން މާޔާ މާ ބޮޑަށް ޒުހޭރުބެ މަތިން ހަނދާންވީކަމުގައެވެ. މަގުމައްޗަށް ބަލަން ހުރެލާފައި ކިޔާން ހިނގައިގަތް ވަގުތު ހަނދާންވީ މާޔާ އަތުން ފޯން ނަންބަރ ވެސް ގޭގެ އެޑްރެސްވެސް ނުހޯދޭ ކަމެވެ. ދެ އަތަކަށް ބޯ ހޫރާލަމުން ކިޔާން ހިނގައިގަތީ ދެ ޖީބަށް އަތް ޖަހާލަމުންނެވެ.

ގެއަށް ވަދެފައި ކިޔާން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސޯފާ ގޮނޑީގައި ކިޔާން އިށީދެލީ ދެއަތް ޖޯޑުކޮށްލައިގެން ވިސްނުމަކަށް ގެއްލިފައެވެ. ” ކިޔާން. ކޮން އިރަކު އައީ؟ ކިހިނެއްވަނީ އިންޓަވިއު؟ ” ކޮރިޑޯއިން ހިނގާލާފައި ދިޔަ ޒީނަތުއަށް ކިޔާންގެ ކޮޓަރި ދޮރު ހުޅުވާލައިފައި ހުރިތަން ފެނިގެން ކޮޓަރިއަށް ވަދެ ސުވާލުކޮށްލިއެވެ. ” ނުދަން އިންޓަވިއުއަކަށް ” ކިޔާންގެ ޖަވާބުން ޒީނަތު ވަގުތުން ކީއްވެހޭ އަހާލީ ތަންކޮޅެއް ބާރަށެވެ.

” މިއަދު މާޔާއާ ބައްދަލުވި ” ކިޔާން ދެއަތް ނައްޓުވާލަމުން މަންމަގެ މޫނަށް ބަލާލިއެވެ. ” ކީކޭ؟ ދަރިފުޅު ތި އިނީ ހަމައިގަތަ؟ ކިހިނެއް ދަރިފުޅު މާޔާއާ ބައްދަލުކުރާނީ.؟ މާޔާ…”

” މާޔާ އެބަހުރި ދުނިޔޭގައި . އަހަރެންވެސް ވަރަށް ހައިރާންވި މާޔާ ފެނުނީމާ. އެކަމަކު އެއީ ހަމަ މާޔާ. އަހަރެން މާޔާއާ ވާހަކަވެސް ދެއްކިން. ” ޒީނަތުގެ ޖުމުލަ ނުނިމެނީސް ކިޔާން ވާހަކަ ދެއްކީ މަންމައަށް ގަބޫލުކޮށްދޭފަދައިންނެވެ.

” އެކަމަކު ދަރިފުޅާ.. އެ ދުވަހު އޭނަ ބުންޏެއްނު މާޔާ އެކްސިޑެންޓެއްގައި މަރުވެއްޖެއޭ. ކީއްވެ އޭނަ އެހާ ބޮޑު ދޮގެއް ހެދީ؟ ” ޒީނަތު އިނީ ހައިރާންވެފައެވެ. އެ ކަހަލަ ބޮޑު ދޮގެއް މީހަކު ހަދަންވީ ކީއްވެ ހެއްޔެވެ. އޭގެ ސަބަބުން ކިޔާން ކިހާ ހިތާމައެއް އުފުލައިފި ހެއްޔެވެ. ” އާނ މަންމާ. އަހަރެންވެސް އެނގެން ބޭނުން އޭނަ އެހާ ބޮޑު ދޮގެއް ހެދި ސަބަބު. ” ކިޔާން ދެލޯމަރާލަމުން އޮށޯވެލީ ގޮނޑީގައެވެ. ހިތުގައި އުފެދިފައި ހުރި ސުވާލުތަކުން ބޮލުގައި ފާޑެއްގެ ރިހުމެއް އުފެދިފައި ހުރި ފަދައެވެ. ޒީނަތު ކިޔާންއަށް ބަލަން ހުރެފަ ނުކުމެގެން ދިޔައީ ކާން އަންނާށޭ ބުނަމުންނެވެ.

****

ކާރުގައި އިން އިރު މާޔާގެ ސިކުނޑީގައި އެބުރެމުން ދިޔައީ ދެންމެ ކިޔާން ދެއްކި ވާހަކަތަކެވެ. އޮފީހަށް ދިޔުމުގެ ބަދަލުގައި މާޔާ ގޮސް ކާރު މަޑުކޮށްލީ ގެއަށެވެ. ކާރުން ފޭބުމުގެ ކުރިން މާޔާ އޮފީހަށް ގުޅާލާފައި މިއަދު ނުދެވޭނެޔޭ ބުނެލިއެވެ. އޮފީހުގައި މާ ބޮޑު މަސައްކަތެއް ނެތުމުން މާޔާއަށް ވަރަށް ފަސޭހައިން ހުއްދަ ލިބިއްޖެއެވެ. ފުންނޭވައެއް ދުކޮށްލަމުން މާޔާ ކާރުން ފައިބައިގެން ގޮސް ގޭ ތެރެއަށް ވަނެވެ.

“މާޔާ.. ކިހިނެއްވީ ދަރިފުޅާ؟ އޮފީހަށް ނުދަނީތަ؟” ސިޑިން ފައިބައިގެން އައި މަލީހާއަށް މާޔާ ފެނިގެން އައިސް ހާސްވެފައި ސުވާލުކޮށްލިއެވެ.

” ކޮބާ ޒުހޭރުބެ؟ ”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…8

Next
September 16, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…8

Previews
September 14, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7

28 Comments!

  1. aathu says:
    September 15, 2015 at 3:20 pm

    Yey me first..nuvx kiya mi coment kury..hihi..

  2. aathu says:
    September 15, 2015 at 3:29 pm

    Owsum.. bt dhn up kuraa bai thankolheh dhigu koh dhehche.. i think its short..

    1. saarah says:
      September 15, 2015 at 11:56 pm

      Thank you aathu 🙂
      next part dhigukohdheynan
      Insha allah 🙂

  3. lai says:
    September 15, 2015 at 3:34 pm

    v v salhi .. ur the best writer saarah .. daily koh upload koh dhey thyy ..vaahaka ehkoh liye ninmaafa dhw upload thikurany … ??? hmm curiously
    waiting to knw what will happen next … ingey tha furathama i thought maayaa aa kiyaan ge kameh kamh mi story gaa miulhenyy .. but ehn kameh vegn dhw maayaa ah mi ulheny…i love this part .. kon irakun next part??? .. waiting …. gud luck n keep up the gud work saaraa

    1. saarah says:
      September 15, 2015 at 11:58 pm

      Ahahh thankQ lai.
      Nooney ehkoh liygeneh noon miulheny. Mi dhuvaskolhu free koh hunnaathy ehn e vany. 🙂 maadhan next part 🙂

  4. Anonymous says:
    September 15, 2015 at 3:37 pm

    Kiyaan ah.. mee kusheh.. kiyaanah.. mihen kiyaany..

    1. enemmmmee says:
      September 15, 2015 at 5:31 pm

      Mioh kameh dhw…. its irritating cox u cmnt on each n every story… e ves kusheh dhahkan…. get lost

    2. saarah says:
      September 16, 2015 at 12:09 am

      Heheh enemee its okay. 🙂

    3. Anonymous says:
      September 15, 2015 at 6:47 pm

      Bala kiyuntherim vaahaka kiyany binaa kuranivI faadu kiyaashey. Ma mi bunedheny ragalhu kuranvy kanthah..
      Kaley dheybala Farah!
      #Hajam

    4. saarah says:
      September 16, 2015 at 12:09 am

      I will keep that in mind next time 🙂

  5. hana says:
    September 15, 2015 at 3:48 pm

    V salhi mi part..aneh part v kiyaa hiy vejje…waiting for the next part…

    1. saarah says:
      September 16, 2015 at 12:00 am

      Thank you hana 🙂

  6. unknonw says:
    September 15, 2015 at 4:03 pm

    v nice. hope kuriyah oibai ves interesting vaanekamah. suspense … gud 😉

    1. saarah says:
      September 16, 2015 at 12:01 am

      ThanK you. 🙂
      I hope you would like next part too 🙂

  7. sim says:
    September 15, 2015 at 4:21 pm

    V salhi… Dhen baeh dhigu kohlaathi.

    1. saarah says:
      September 16, 2015 at 12:02 am

      Thank you 🙂
      Dhn baeh dhigu kuraanan insha allah 🙂

  8. Shau says:
    September 15, 2015 at 5:18 pm

    Ebunaahen mi part haadha kurey!! 😉 Ekm vx mi part hama vrh salhi ingey saarah.. Next part dhigu koh genesdhehchey inge.. 🙂

    1. saarah says:
      September 16, 2015 at 12:03 am

      Thank you shau 🙂

  9. emiliya says:
    September 15, 2015 at 5:44 pm

    varah reethi no one died neither maayaa or zuhair………………… intresting waiting for the nxt part

    1. saarah says:
      September 16, 2015 at 12:12 am

      Thank you emiliya 🙂

  10. Crazi says:
    September 15, 2015 at 8:57 pm

    Hama vrh shalhi..baeh myhun hama j vanee stry reethi vmah..

    1. saarah says:
      September 16, 2015 at 12:04 am

      Heheh thankQ crazi 🙂

  11. baby gurl says:
    September 15, 2015 at 11:30 pm

    Umm .. Going wel .. Thanks awahah up kohdheythy ? .. Waiting fr next part !! Thankolheh dhigukoh up kohdhehche ? .. Faadu wes kiyan waane .. Kuh wes dhahkan wane .. Hama eaa ekyh hiywaru dheyn baheh buneliyas rangalhuwaane .. Fas ingili eh wareh nuwane .. Kan kan rangalhu kuran waguthu wes beynun wane .. Nd i think she is improving .. Why always finding a fault ?! Yu could say yu can improve .. Do wel next time .. Something like that too .. Why so rude

    1. saarah says:
      September 16, 2015 at 12:07 am

      Thank you baby gurl. 🙂 thats so sweet of you 🙂
      Knme cmnt aky ves kuri erumeh kamaigen balaigannaanan. Eiy encouraging or discouraging viyas. 🙂

  12. Zee says:
    September 16, 2015 at 11:52 am

    Varah interesting story eh.. 🙂 Wonder what will happen? And I am really that you keep updating story daily 🙂 Good Luck Darling 🙂 🙂

  13. Thoo says:
    September 16, 2015 at 2:37 pm

    Vv nice waiting 4 the nxt part

  14. Naakko says:
    September 16, 2015 at 7:54 pm

    Vvvv nice mi story . Veehaa ves avahah vaahaka thah up kohdhinu mun kiyun therin foohi nuve hurihaa vaahathakeu ves kieyne thy ve mi hiyaalu husha alhaa lin

  15. jeyys says:
    October 13, 2015 at 1:01 am

    Mi part vx hama varah 6 beyys… we are appreciate ur hard work saraah..

Comments are closed.

Next Episodeއިންތިޒާރު (ހަތަރުވަނަ ބައި)←


All Right Reserved!