Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ބާރަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 17, 2015 7 Mins Read
18 Comments

އެހިސާބަށް ވާހަކަ ދިޔައިރު ވަހީދާ އެނދުމަތި ކުރެވިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ފަޔާޒް އެކޮޓަރިން ނުކުތީ ދެލޯ ނިއްކުރި މައްޗަށް ލައިގެން ހުރެއެވެ. މީހާ ވަނީ ހާސްވެފައެވެ. ނިއްކުރިމަތިން ފެންނަމުން ދިޔަ ދާ ތިކި ތަކުން ފަޔާޒް ހާސް ވެފައިވާ މިންވަރު ރަގަޅަށް ސިފަވަމުން ދިޔައެވެ. އަނގައިން އެއްވެސް ބަހެއް ނުބުނެ އޭނާއަށް އެހެން ހުރެވުނީއެވެ. ކަރު އެލުވާލައިގެން ހުރި ފަޔާޒްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
ފަޔާޒަށް ވެފައި ހުރިގޮތް ފެނި ކަމެއް ގޯސް ވެއްޖެކަން ނާއިފަށް ކަށަވަރު ވެއްޖެއެވެ. ފަޔާޒު ނުކުތް ކޮޓަރީގެ ދޮރު ނުލެއްޕެނީސް ނާއިފް ތެދުވެ އެދޮރުގައި ހިފާ އެތެރެއަށް ދެމިގަތެވެ. ފަހަތުން ފުއާދުވެސް އަވަސް ފިޔަވަޅުތަކެއްގައި އެ ކޮޓަރިއަށް ވަނެވެ.

ޤަބޫލުކުރަން ދަތި

ފަޔާޒްގެ ހިތުގައި ނަގަމުންދާ ބޮޑެތި ރާޅުތަކުން އަމާންކަން ހޯދުމުގެ ޢަޒުމުގައި ލޮލުން ފައިބަމުންދާ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ދިޔައެވެ. ފަޔާޒުގެ ސިކުނޑީގައި އެނބުރެމުންދާ ހައިޖާނެއް ފަދަ ޚިޔާލުތަކުގެ ނަގޫރޯޅިން އޭނާގެ ސިކުނޑި ސުމަކަށް ދާން ކައިރި ވަނީއެވެ. މިހެން ވިސްނަން ފަޔާޒް އިނީ ހުޅުމާލެ ފެރީގިމަތަ ކައިރީހުރި ޕާރކުގައިވާ ގޮނޑިއެއްގައި އިށީންދެލައިގެންނެވެ. މީހާ ބޯހާސްވެ ނިތްކުރިން ދާހިއްލާ އަދި ލައިގެން ހުރި ގަމީސް ވެސް ދަލުން ފޯވަމުން ދިޔައެވެ. އެހެން އިނދެ އިރުއިރުކޮޅާ ޗުސްޗުސް ކަނޑާ ދެ އަތަށް ބޯހުރައެވެ. ޤަބޫލުކުރަން ދަތިވެފައި ވާ ކަންތައްތަކާއި ވިސްނާ ފިކުރު ކުރަނީކަން ބަލަންހުރި ކޮންމެ މީހަކަށްވެސް ދޭހަވާނެއެވެ. ފަޔާޒުގެ އެ ވިސްނުންތަކުން އެއްކިބާވެވުނީ ނާއިފް އައިސް ކޮނޑުގައި ހިފާލުމުންނެވެ.
“އެއޮއް ލޯންޗު ގާތްކުރަނީ…… ހިނގާ ފާލަން ކައިރިޔަށް ދާން…” ނާއިފް މިހެން ބުނުމުން ފަޔާޒް ތެދުވެ ނާއިފާއި އެކު ލޯންޗަށް އެރުމަށްޓަކައި ފާލަން ދޮށަށް ހިނގައިގަތެވެ.
ލޯންޗަށް އަރާ ދެމީހުން ހަމަޖެހިލީ ލޯންޗުގެ ފަހަތު ސީޓުގައެވެ. މެންދުރު ފަސް ކަމުން މިގަޑީގައި ދަތުރުކުރަން ގިނަ ޢަދަދެއްގެ މީހުން ނެތުމުން ހުޅުމާލެއިން މާލެއަށް ދާން ހަމަޖައްސާފައި އޮތީ 18 މީހުންގެ ޖާގައިގެ އެމް.ޓީ.ސީ.ސީގެ ކުޑަ ލޯންޗެވެ. ހުޅުމާލެ ފަޅުތެރެއިން ނިކުމެ އޭގެ މިސްރާބު މާލެއަށް ޖަހާލީ ވަރަށްވެސް ހަލުވި ސްޕީޑެއްގައެވެ. ނަގަމުން ދިޔަ ރާޅުތަކުން ރެކި ފުންމަމުން ފުންމަމުން، ލޯންޗު ލޮނުގަނޑުން ކެނޑެމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. މާގިނަ އިރުތަކެއް ނުވެއެވެ. 8 މިނެޓްގެ ކުރު ދަތުރަކަށް ފަހު ލޯންޗު އައިސް މާލޭ ފަޅަށް ވަދެއްޖެއެވެ.

ލޯންޗުން ފައިބައިގެން ފަޔާޒާއި ނާއިފް ފައިމަގުގައި މިސްރާބު ޖެހީ ފުލުހުންގެ މައި އޮފީހާއި ދިމާލަށެވެ. އެއީ ބޮޑުތަކުރުފާނުމަގުގައި ހުންނަތަނަކަށް ވެފައި ހުޅުމާލެ ފެރީ ގިމަތައާއި ދުރު ތަނަކަށް ނުވާތީ ދެމީހުން އެކީގައި ހިނގާފައި ދިއުމަށް ނިންމީއެވެ.

ކަން ދިމާކުރީ ވަރަށް ނަސީބުވެރި ގޮތަކަށެވެ. ފުލުހުންގެ މައި އޮފީހާއި އަރާ ހަމަވިއިރު، ދުވާރުމަތީ ކާރެއްގެ އިންތިޒާރުގައި މަޑުކޮށްގެން އިން ރިފްދާ ފެނުނެވެ. ފަޔާޒު އަވަހަށް ރިފްދާއަށް އަތުން ހަނާއަޅައި ގޮވާލިއެވެ.

އެވަގުތު އެ އޮފީސް ކުރިމައްޗަށް އައިސް މަޑުކޮށްލީ ޕްރައިވެޓް ކާރެކެވެ. ރިފްދާ އެކާރުގެ ކުރީ ސީޓަށް އަރަމުން ފަޔާޒުމެންނަށް އެ ކާރަށް އެރުމަށް އަންގާލިއެވެ. ނާއިފާއި ފަޔާޒު ކާރުގެ ފަހަތު ސީޓަށް އެރުމުން ރިފްދާ ޑްރައިވަރަށް ދާންވީ މަންޒިލް އިނގިރޭސި ބަހުން ބުނެދިނެވެ.

ފަހަތު ސީޓުގައި ތިބި ފަޔާޒުމެންނާއި ދިމާލަށް ރިފްދާ އެނބުރިލުމަށް ފަހު، އޭނާގެ އަތް ދަބަހުން ޓެބްލެޓް ނަގާ ސްކްރީން ހުޅުވާލުމަށް ފަހު ދިއްކޮށްލިއެވެ. ފަޔާޒް ޓެބްލެޓުގައި ހިފާ ފުން ނަޒަރަކުން ރިފްދާއަށް ބަލާލިއެވެ.

“މީ އަހަރެންގެ ޕްރައިވެޓް ކާރެއް… މީ މަގޭ ޑްރައިވަރ… އޭނަ އެއީ އިންޑޮނޭޝިޔާ މީހެއް…. ދިވެހި ބަހެއް ނޭނގޭނެ… ތި ޓެބްލެޓްގައިވާ ފޮޓޯތަކަށް ބަލާލަބަލަ…..” ރިފްދާ ފަޔާޒަށް ޖަވާބު ދިނީ ފަޔާޒުގެ މޫނުމަތިން ފެނުނު ކުލަވަރުން އެކާރުގައި އިންވެސްޓިގޭޝަންގެ ވާހަކަ ދެއްކޭނެކަމުގެ މިނިވަންކަން އޮތްކަން ހާމަކޮށްދިނުމަށެވެ.

ފަޔާޒާއި ނާއިފް ޓެބްލެޓްގައިވާ ފޮޓޯތައް ބަލަމުން ދިޔައެވެ. އެއިން ފެންނަނީ ކުށްވެރިން ގެނެސް ހައްޔަރު ކުރުމަށް ފަހު ނެގިފައިވާ ފޮޓޯ ތަކެވެ. ކޮންމެ ކުށްވެރިއެއްގެ ހަތަރު ފޮޓޯ ނެގިފައި ވެއެވެ. ހަތަރު ވަނައަށް ހުރި ކުށްވެރިޔާގެ ފޮޓޯ ފެނުމުން ލިބުނީ ކުއްލި ހައިރާންކަމެކެވެ. ފަޔާޒަށް ބަލާލެވުނީ ކައިރީގައި އިށީނދެގެން ހުރި ނާއިފްގެ މޫނަށެވެ. އެވަގުތު ނާއިފް ހުރީ ފިކުރު ހުސްވެ ބުއްދިއަށް އޮޅުންއަރާފައެވެ. އެ ފެންނަ މަންޒަރުން އާޝޯޚްވެ ތުނބަށް އަތްދީގެންނެވެ.

ފޮޓޯއިން ފެންނަން ހުރީ އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ފަނެވެ. އޮތީ ކޮނޑާއި ހަމައަށް ކުރުކޮށް ކޮށާލާފައެވެ. އިސްތަށިގަނޑުގައި އޮތީ ރަންކުލަ ޖައްސާފައެވެ. އޭނާގެ ހުދުދޮން މޫނުމަތީގައި އެއްވެސް އުޖާލާ ކަމެއް ފެންނާކަށް ނެތެވެ. ލޮލުގެ ރަވައިގައި ވަނީ ބޯކޮށް އަނދުން އަޅާފައެވެ. ލޮލުގެ ބޮނޑިމަތީގައި ވަނީ ފްލޮރިޒަންޓް ނޫކުލައިގެ އައި ޝެޑޯ ޖައްސާފައެވެ. ނޭފަތުގެ ކަނާތްފަރާތް ތޮރުފައި ވަނީ ބޮޅެއް އަޅުވާފައެވެ. ބޮޑު ތުންފަތުގައިވަނީ ގަދަ މެރޫން ކުލަ ޖައްސާފައެވެ. ލޯވަނީ ރަތްވެފައެވެ. ހިކި ވުމުގެ ސަބަބުން ކޯވަނީ ވަޅުވަދެފައެވެ.

ފަޔާޒު އެ އަންހެން ކުއްޖާގެ 4 ފޮޓޯ އެކި އެކި ފަހަރުމަތިން ދެފަރާތަށް ބޯ އަރިކޮށްކޮށްފައި ބަލާލިއެވެ. އޭނާއަށް އެ ފެންނަނީ ހިތް އެބުނާ ޒުވާނާތޯ ޔަޤީން ކުރަން ބޭނުންވިއެވެ.
“މީކާކު؟…” ފަޔާޒް ޓެބްލެޓް އަނބުރާލުމަށްފަހު ފޮޓޯގައިވާ ޒުވާނާއަށް އިޝާރާތް ކުރަމުން ރިފްދާއާއި ސުވާލުކޮށްލިއެވެ.
ރިފްދާއަށް ޖަވާބު ނުދެވެނީސް ކާރު އައިސް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅުވެހި ކައިރިއަށެވެ. ކާރުން ފައިބަމުން ރިފްދާ އެ ޓެބްލެޓް އޭނާގެ އަތް ދަބަހަށް ލިއެވެ. ރިފްދާގެ ފަހަތުން ފަޔާޒާއި ނާއިފް އެ އިމާރާތާއި އިންވެގެންވާ ގޯޅިގަނޑުގެ ތެރެއަށް ވަދެ އަތޮޅުވެއްސަށް ވަންނަ މައިދޮރާށިން އެތެރެއަށް ވަނެވެ
.

ކުރިމަތިން ފެންނަން ހުރީ ތިން ކޮޓަރިއެވެ. ކޮޓަރީގެ ބޭރުގައި ބަރިއަކަށް ގޮނޑިތައް ޖަހާފައި ހުއްޓެވެ. އެވަގުތު ތިން ކުށްވެރިއަކު އެތަނުގައި ހުރި ގޮނޑިތަކުގައި އިށީނދެގެން ތިއްބެވެ. އެމީހުން ތިބީ ކުރި މައްޗަށް އަތްގެނެސް ބިޑި އަޅުވާފައެވެ. އެއިން ކޮންމެ ކުށްވެރިއަކުވެސް އިނީ އިސް އޮބާލައިގެންނެވެ. ފަޔާޒްމެން އެތެރެއަށް ވަދެގެން ދިޔައިރު އެއިން ކޮންމެ ޒުވާނެއް މަޑުމަޑުން އިސް އުފުލާލާ އެމީހުންނާއި ދިމާލަށް ބާލާލިއެވެ.
ކުރިމަތިން ފެންނަން ހުރި ތިން ދޮރާށިން، މެދަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ރިފްދާ އެތެރެއަށް ވަންނަމުން ފަޔާޒުމެންނަށް ވެސް އައުމަށް އިޝާރާތް ކޮށްލިއެވެ. ފަޔާޒު އެކޮޓަރިއަށް ވަދެ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއީ ހުޅުމާލޭގެ ފުލުހުންގެ އޮފީހުގައި ކުށްވެރިޔާއާއި ސުވާލުކުރުމަށް ހަމަޖައްސާފައި ހުންނަ ކޮޓަރިއާއި ދާދި އެއްގޮތަށް ފަރުމާ ކުރެވިފައިވާ ކޮޓަރިއެކެވެ. މެދުގައި ބެހެއްޓިފައި ހުރި މޭޒު ދޮށުގައި ވާ ގޮނޑީގައި ރިފްދާ އިށީނެވެ. ކުރިމަތީ ހުރި ދެ ގޮނޑީގައި ފަޔާޒާއި ނާއިފް އިށީނުމުން، ރިފްދާ ދަބަހުން ޓެބްލެޓް ނަގައި މޭޒު މަތީ ބާއްވާލިއެވެ.

“މީ ރޭގަ ދަންވަރު 1 ގަޑި ބައި ވީފަހުން އޮޕަރޭޝަން ފުލުހުންނާއި، ތަހުޤީގު ޓީމުން ހެންވޭރުގައި ހުރި ގެސްޓް ހައުސަކުން ހައްޔަރު ކުރެވިފައިވާ 5 ޒުވާނުން….. މިއަދު ހެނދުނު މި މީހުންނާއި އެކު އަހަރެން ކޯޓަށް ދިޔައިން…. ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރިއަށް ގެންދިޔުމަށްޓަކައި ބަންދުގެ މުއްދަތު ފަނަރަ ދުވަހަށް ޖަހައިދިން…. ރޭގައި ނެގުނު ކުޑަކަމުދާ ތަކެތި ތަހުލީލު ކުރުމުން މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ޓީ.އެޗް.ސީއަށް ޕޮސިޓިވް ވެފައިވާ ކަމަށް މި ފަސް މީހުންގެ ރިޕޯޓްތަކުން ދައްކާ…..” ރިފްދާ ހައްޔަރު ކުރެވިފައިވާ ކުށްވެރިންގެ މަޢުލޫމާތު ހާމަކުރިއެވެ.
ފަޔާޒަށް ހުރީ އަދިވެސް ވަމުން މިދާ ކަންތައްގަނޑު ދޭހަނުވެފައެވެ.

“އަހަންނަށް އިނގޭ ފަޔާޒް ތިހުރީ ވާނުވާ ނޭނގިފައި ކަން…. އަހަރެން މި އޮޕަރޭޝަން ހިންގީ ފަޔާޒުމެންގެ ކޭސްގައި ދެވިފައި މަޢުލޫމާތުން ފަޔާޒަށް އެހީތެރި ވުމުގެގޮތުން…..” ރިފްދާ ވަހާކަ އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ.

“ނޭނގުނު ތި ބުނި އެއްޗެއް…. އަހަރެމެންގެ ކޭސްއާއި މި ކަމާއި ހުރިގުޅުމަކީ ކޮބާ؟…” ނާއިފަށް ވެސް އިނީ ވާނުވާ ނޭނގިފައެވެ.

“ހަނދާންވޭތަ އަހަރެންނާއި ހަވާލުކުރި ޝިޔާނާ ކޭސްގެ މަޢުލޫމާތުތައް….. މުއާޒްގެ މަރުގެ ތަޙްޤީޤުން ފެނުނު އިނގިލީގެ ނިޝާން ތަކާއި މެޗުވާ މީހެއް ރޭގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެބަ ހިމެނޭ…… އަދި މި އޮޕަރޭޝަން އަހަރެން ފެށީ ‘އެމް.އެންޑް.އެމް ޓްރޭޑާރސް’ ކުންފުނީގެ ޕޯޓްފޯލިއޯގެ އެހީގައި…..” ރިފްދާ ގޮނޑިން ތެދުވެ ފަޔާޒުމެންގެ ކުރިމަތީގައި އެ ޕޯޓްފޯލިއޯގެ ކޮޕީއެއް ބާއްވާލިއެވެ.

“ވަޓް….. އާ ޔޫ ކިޑިންގް މީ……” ނާއިފަށް މިހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ރިފްދާގެ ފަރާތުން އިވެމުންދިޔަ ކޮންމެ ވާހަކަ އަކުން ނާއިފް ހުރީ ބޮލަށް އުނދަގޫވާން ފަށާފައެވެ.

“ހެއި…. ކުރިނުމަރާ މަޑުކޮށްބަލަ…. ސަމާސާކުރާނީ ފަހުން…” ފަޔާޒްގެ އަޑުގައިވަނީ ސީރިއަސްކަމެވެ.

“މި ކުންފުންޏަކީ މަތީނާއި މުއާޒްގެ ޕާރޓްނާޝިޕް ވިޔަފާރިއެއް….. ކުންފުނީގެ ސްޓްރަކްޗާރ އިން ދައްކާގޮތުގައި މި އޮފީހުގައި މަސައްކަތްކުރާ އިތުރު މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ޝިޔާނާއާއި ސާނިޔާއާއި އަދި ޝާހިދު….. ސޯ އައި މޭޑް އަ ޕްލޭން…..” ރިފްދާ އޭނާ ކަންތައް ކުރި ގޮތް ފަޔާޒާއި ނާއިފަށް ކިޔައިދިނެވެ.

“ތިކަން އަހަރެމެންނަށްވެސް އިނގެޔޭ…. ކޮބާތަ ތި ފިންގާރ ޕްރިންޓް މެޗުވާ މީހަކީ؟…” ނާއިފް ހުރީ ކެތްމަދުވެފައެވެ. އެއީ ކާކުތޯ އޮޅުންފިލުވާށެވެ.

“މަޑުކޮށްބަލަ…. އަދި އެހިސާބަށް ދެވެންދެން… އަދިވެސް އެއްފަހަރު މި ކުށްވެރިންގެ ފޮޓޯތަކަށް ބަލައިލާ..” ރިފްދާ އޭނާގެ ޓެބްލެޓް ފަޔާޒަށް ހަވާލުކުރިއެވެ. ފަޔާޒު ފަހަރަކު ފޮޓޯއެއް ބަލަމުން އައިސް ހަތަރުވަނަ ކުށްވެރިޔާގެ ފޮޓޯއަށް އައުމުން އަހާލިއެވެ.

“މީ ޝިޔާނާ…. ޝިޔާނާގެ ކޮއްކޮ… ސާނިޔާ ދޯ….” ޔަޤީންކަމެއް ނެތި އަހާ ފަދައަކުން ދެބުމަ ގޮށް ޖަހައިގެން ހުރެ ފަޔާޒަށް އަހާލެވުނެވެ.

ހިތުގައިވާ ޝައްކު ޔަޤީންވީ ރިފްދާ ބޯ ޖަހާލުމުންނެވެ. ފަޔާޒާއި ނާއިފަށްވެސް އެއީ ސާނިޔާކަމަށް ޤަބޫލު ނުކުރެވުނީ އޭނާގެ ހަށިގަނޑަށާއި ސިފައަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުންނެވެ. އަދިވެސް އެމީހުން ހުރީ އެ ފޮޓޯއަށް ބަލަހައްޓައިގެންނެވެ.

ނާއިފަށް މިކަމުން ވަރަށް އަސަރުކުރިއެވެ. އޭނާގެ ދެއަތުން އިސްތަށިގަނޑުގައި ހިފަހައްޓާލެވުނީ ސަހަރޯއޭ ހީވުމުންނެވެ. ނާއިފް ހީކުރީ ސާނިޔާއަކީ ކަށި ނުހެރޭ ދޮން ލުނބޮއެއް ކަމަށެވެ. ނަމަވެސް ކަންމިވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ.

އަދިވެސް ފަޔާޒާއި ނާއިފް ހުރީ ސާނިޔާގެ ބަދަލުވެފައިވާ ސޫރައަށް ކަޅި ހުއްޓިފައެވެ. ރިފްދާ އައިސް އެމީހުންނާއި ގާތުގައި ކޮޅަށް ހުއްޓުނެވެ. އަދި ޓެބްލެޓްގެ ސްކްރީނުގައި އަތް ކާއްތާލާ ދެން ހުރި ކުށްވެރިޔާގެ ފޮޓޯ ހުޅުވާލަ ދިނެވެ.

“މަތީން….” ފަޔާޒަށް ބާރަށް ގޮވާލެވުނެވެ. ސިހުމަކަށް ފަހު ސިހުމެއް ލިބެމުން ދިޔައިރު ފަޔާޒުގެ ދެމިޔަކަނުން ސޮނިފައިބަން އުޅުނުހެންވެސް ހީވިކަހަލައެވެ. އަނގަމަތީ އަތް އަޅައިގެން ހުރެވުނީ ވަމުން މިދަނީ ހިތައްވެސް ނުގެނޭފަދަ ކަންތައްގަނޑެއް ކަން ހާމަވާން ފެށުމުންނެވެ.

“އާން… ތީ މަތީނު…. ޝިޔާނާގެ އެކްސް ހަޒްބަންޑް…… އަދި އެންމެ ފުރަތަމަ ހުރި ކުށްވެރިޔާ އިނގޭތަ؟…… އަދި އެއްފަހަރު އޭނައަށް ބަލާލަބަލަ….” ރިފްދާއަށް ފަޔާޒުމެންނަށް އެންމެ ފުރަތަމަ ދައްކާލި ޒުވާނާ އިނގޭނެކަން ކަށަވަރުވާތީ އެ ފޮޓޯއަށް ބެލުމަށް އަންގާލިއެވެ.
އެ ފޮޓޯ ހުޅުވާލިއެވެ. ދެބުމަ ދޭތެރެއަށް ރޫއަރުވާ ފޯކަސްކޮށްގެން ބެލިބެލުމުންވެސް، އެ ޒުވާނާ ވަކި ކުރާކަށް ފަޔާޒަކަށް ނޭނގުނެވެ. އެހެންކަމުން ނާއިފް އެ ފޮޓޯއަށް ވަރަށް ރަނގަޅަށް ބާލާލިއެވެ.
“އަޅޭ….. ކޮންމެސް ތާކުން ފެނުނު ވައްތަރު ޖަހާ…… ކޮންތާކުންބާ؟…..” ނާއިފަށް އޭނަ އެއީ ކާކުކަން ނޭނގިގެން ހުރެ ދެލޯމަރާ އެ ސޫރަ ފެނުނުތަން ހަނދާން ކުރަން މަސައްކަތް ކުރިއެވެ. އަތުގެ އިނގިލިތައް މުއްކަވާލުމަށްފަހު މޭޒުމަތީގައި މަޑުމަޑުން ޖަހާލަ ޖަހާލަހުރި އިރު އޭނާއަށް އެސޫރަ ލޯމައްޗަށް ސިފަވަމުން އައެވެ.
“އާން… އެއީ ޝާޑް، ޝާހިދު…. ނޭނގޭނެއްނު ބޯކޮށާލާފަ ހުރީމަ….” ނާއިފް ކުއްލިއަކަށް ޝާޑްގެ ސޫރަ ސިފަވުމުން އަޑަށް ބާރުލާފައި ބުންޏެވެ.
“ހޫންން… ތި ބުނީ ރަނގަޅަށް……..” ރިފްދާ ޖަވާބު ދިނެވެ.
“މަށަށް އިނގޭ މިހާރު ތިހުރީ މިކަންތައް އަހަރެން ހޯދި ގޮތް އޮޅުން ފިލުވަން ބޭނުން ވެފައި ކަން…. އެކަންވެސް ކިޔައިދޭނަން…….. އެކަމު ދެން މިހާރު ހިނގާ ސަޔަކަށް ދާން…. މަމިހުރީ ހެނދުނު ކޮފީއެއް ބުއި ގޮތަށް…..”
ފަޔާޒް ރިފްދާއާއި ހަތަރު ކަޅި ހަމަކޮށްލުމަށްފަހު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. “ފަޔާގެ މަންޒިލާ ވަރަށް ކައިރިވެއްޖެ…. މިއަދު ސައި ދޭނީ އަހަރެން…. ދެން ބުނެބަލަ… ކޮންތާކަށް ދާނީ؟….” ރިފްދާ މިހެން ބުނެ އެކޮޓަރިން ނުކުތުމަށް ހިގައިގަތެވެ.
*** *** *** *** *** ***

ކުށްވެރިން ބަންދު ކުރެވިފައިވާ ކޮޓަރީގެ ތެރެއިން ތިންވަނައަށް ހުރި ކޮޓަރީގައި ޖަލެއްގޮތަށް ކުޑަ ގޮޅިއެއް ހުއްޓެވެ. އެ ގޮޅީގައި ދެ އަންހެން ކުދިން ތިއްބެވެ. ދެމީހުންވެސް ތިބީ ބިންމަތީގައި ދެފައި ވަށްކޮށްލައިގެން އިށީދެލައިގެންނެވެ.
އިރުކޮޅަކުން ސާނިޔާ ތެދުވެގެން ގޮސް ތޭރިތަކުގައި ހިފާ ދެއަތަށް ބޯހޫރާލިއެވެ. ކަންވީ ގޮތުން އޭނާ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް ސާނިޔާގެ ކޯތާފަތުން ލާފައި ފައިބަމުން ދިޔައެވެ. ސާނިޔާ ނޭފަތް ދަމާލިއަޑަށް އެ ގޮޅީގައި ހުރި އަނެއް އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.
“ހެއި ގާލް…. ހާސް ނުވޭ…. މަ ބުނެފާނަން ސަލާމަތް ވެވޭނެ ނައިސް ގޮތެއް…..”
ސާނިޔާ އެ ކުއްޖާއާއި ކުރިމަތިލިއެވެ. އަދި ކިހިނެއްތޯ އަހާލާ ފަދަ ގޮތަކަށް ބުމަ ގޮށް ޖަހާލާފައި ނިތަށް ރޫ އަރުވާލާފަ ބޯހޫރާލިއެވެ.
“ނީޝް މިގޮތަށް މި ބަންދުކުރެވުނު 3 ވަނަ ފަހަރު މީ….. ތަޙުޤީޤު މަރުހަލާގައި ސުވާލުކުރީމާ މަސްތުވާތަކެތި ބޭނުން ކުރިކަމަށް އެއްބަސްވޭ…. އޭރުން ބަންދުގައި ބަހައްޓާފައި ކޯޓުން ހުކުން ކުރީމަ ގެއަށް ދޫކޮށްލާނެ…. ބަޓް ރިހެބްއަށް ދާން ޖެހިދާނެ…..” އެ އަންހެން ކުއްޖާގެ ކިބައިން ހާސްވުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތީ މި ކަމަކީ އޭނާ ކޮށް ފަރިތަ ކަމަކަށް ވީމަކަން ސާނިޔާއަށް ކަށަވަރުވެއްޖެއެވެ.
“ދެން އިތުރު ކަމެއް ނާންނާނެތަ؟…. އަހަރެން ވަރަށް ބިރުގަނޭ…. އަހަރެން ދުވަހަކުވެސް ޕޮލިހަކަށް ނުގެންދޭ…. އައިމް ސްކެއަރޑް” ސާނިޔާ އަދިވެސް ހުރީ ވަރަށް ބިރުންނެވެ.
“ނޭނގެ ބުނާކަށް…. ފަހަރެއްގައި ސެކްސް ކަމުގައި 5 އަހަރުގެ ހުކުމެއް އައިސްދާނެ މެކްސިމަމް….” ނީޝްގެ މިޖުމްލައިން ސާނިޔާއަށް ސިހުމެއް ލިބުނު ކަހަލައެވެ. އެކަން ނީޝްއަށް ފާހަގަވުމުން އޭނާ ސާނިޔާ ހިތްހަމަޖައްސައިދޭން ބޭބުންވިއެވެ.
“އިޓްވިލްބީ ފައިން…. އަހަރެންގެ ބައްޕަ އަހަރެމެން ސަލާމަތް ކޮށްދޭނެ…. ހީޒް ގުޑް ވިތް ދީސް ސްޓަފްސް…” ހިނިތުންވެހުރެ ނީޝް ވާހަކަ ދެއްކިއެވެ.
ސާނިޔާއަށް ނީޝްއަކީ ކާކުކަމެއް ނޭންގެއެވެ. “ތީ ކާކު؟….. މަށަކީ ސާނިޔާ….” ސާނިޔާ ތަޢާރަފްވެލީ ނީޝްއަކީ ކާކުކަން އިނގޭތޯ ބަލާލާށެވެ.
“އެރޭ ދިޔަ ޑީ.ޖޭ ޕާޓީ އެއީ އަހަރެންގެ ބާތުޑޭ ސާރޕްރައިޒް….. އެތަނުން ދޯ މީޓްވީ….” ނީޝް ތަޅުންގަނޑުމަތިން ތެދުވެ އަތް ފޮޅާލިއެވެ.
“އަސްލު އައި ރިއަލީ ލައިކް ޔޫ…. ސާނީ ވަރަށް ރީތި…. އެހެންވެ ޝާޑް ކައިރީ ބުނިން ސެޓް ކޮށްދޭށޭ… މަގޭ އަތުގަ ޕީސް ކޮޅުތަކެއް އެބަހުއްޓޭ….. ދެން ބަކީ އެ ގެސްޓް ހައުސް ޕްލޭން އެއީ ޝާޑްމެންގެ ޕްލޭނެއް….” ނީޝް ސާނިޔާއާއި ދިމާކުރިގޮތް ކިޔައިދިނެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި އައިސް ސާނިޔާ ކުރިމައްޗަށް ހުއްޓުނެވެ.
“ޔާ… އެކަމު އައި ލައިކް ބޯއިސް….” ސާނިޔާ ފާޑަކަށް ހުރެ ޖާވާބުދިނެވެ. އެރޭ ހިނގާ ދިޔަ ގިނަ ކަންތައް ސާނިޔާ ހަނދާނެއް ނެތެވެ.
“އޯ…. އެކަމު އެރޭ ހިޔެއް ނުވޭ…. ވީ ހޭޑް އަ ގްރޭޓް ޓައިމް ގާލް….” ނީޝްގެ އަތުން ސާނިޔާގެ ނިއްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ނަގާލިއެވެ. “ނީޝްގެ ޑޭޑް ލޯޔަރ ފޮނުވީމަ ސާނިޔާއަށް ހެލްޕްވެދޭނަން….. އައި ލައިކް ޔޫ….” ނީޝް ސާނިޔާއަށް އެހީވެދޭން ބޭނުންވާކަން ހާމަކުރިއެވެ.
މިހިސާބަށް ވާހަކަ ދިޔައިރު ނީޝް ހުރީ ސާނިޔާއަށް އޭނާގެ ހޫނު ނޭވާ އިހުސާސް ވާހާ ކައިރީގައެވެ. ސާނިޔާ ހިން ދިރުވާލިއެވެ. އަވަސް ވިސްނުމަކުން އޭނާގެ އަތުން ނީޝްގެއަތުގައި ހިފާލިއެވެ. އޭނާއަށް އެހީތެރިވާނެ އިތުރު މީހެއް ނުހުންނާނެ ކަން ކަށަވަރު ވީމައެވެ. މަތީނުވެސް އެވަނީ އެމީހުންނާއި އެކީ ހައްޔަރުވެފައެވެ.
ނީޝް އުފަލުން ސާނިޔާއާއި ގާތްވެލާފައި ކޮލުގައި ބޮސްދިނެވެ. އެ ފިރުމުން ތަކުން ސާނިޔާއަށް އުނދަގޫވީ ނަމަވެސް ދުރަށް ނުޖެހި ކެތްކޮށްލައިގެން ހުރީއެވެ. ނީޝް ސާނިޔާގެ ބޮލުގައި ފިރުމާލުމަށް ފަހު ދެން ހަދާނެ ގޮތަކާއި ދޭތެރޭ ވިސްނާލުމަށް ފަހަތަށް ޖެހި ތަޅުންގަނޑު މަތީގައި އިށީނދެލިއެވެ.
މިހެން ވިސްނުމުގެ ތެރެއަށް ގެއްލިފައި ހިނދުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް ނީޝް ވާހަކަ ދައްކަން ފެއްޓިއެވެ. “އަސްލު ބުނީމެއްނު ބޮއީސްއާއި އޭ ލައިކްވަނީ…. ދެން ކީއްވެ މިކަމަށް ޝާޑް ބުނުމުން އެއްބަސް ވީ….. އެ ޕާޓީއަށް އައީ ކިހިނެއް؟”
ސާނިޔާގެ ހިތުގައި ފޮރުވިފައިވާ ސިއްރުތައް ހާމަކުރަން ބޭނުމެވެ. ނަމަވެސް ސާނިޔާގެ ހިތުގައިވާ ހުރިހާ ސިއްރުތައް ހާމަ ކުރަން އޭނާ ފަސް ޖެހުނެވެ. ނީޝްއަށް ޖަވާބެއް ދޭން އޭނާ މަޖުބޫރެވެ. މިވަގުތު އޭނާއަށް މިތާ އެހީވާން ހުރީވެސް ކާކު ހެއްޔެވެ؟ ހިތު ތެރޭގައި ފެން މަތިވަމުން އައި މި ހުރިހާ ސުވާލެއް އެއްފަރާތް ކޮށްލާފައި ސާނިޔާ ޖަވާބު ދިނުމަށް އަނގަ ހުޅުވާލިއެވެ.
“އަޑު އެހިންތަ ހުޅުމާލެއިން މީގެ ދެ މަސް ކުރިން މީހަކު މަރާލި އަންހެނެއްގެ ވާހަކަ….. އެއީ އަހަރެންގެ ދޮންތަ…. އެ ހާދިޘާއަށް ފަހު އަހަރެން ވަރަށް އެކަނިވެރިވި…. އަހަރެންނަށް އުޅެން ވަރަށް އުނދަގޫވި….. އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭ އެކުވެރިޔަކީވެސް އަހަރެންގެ ދައްތަ….. ނަމަވެސް އޮފީހުގައި މަސައްކަތް ކުރަން އަލަށް އައި ދެކުދިން ވީ ވަރަށް ނައިސް ބަޔަކަށް…. އެއީ ރަމްޝާ އާއި ޒަހާ…. އެމީހުންނާއެކީ ވަގުތުތައް ހޭދަކުރަމުން އައިސް އަހަރެންގެ ހެދުން އެޅުމާ ސްޓައިލަށް މި ހުރިހާ ބަދަލެއް މި އައީ…. ޝާޑް ވަރަށް ކްލޯސް ވާނެ ޒަހާއާ… ސޯ މި ޕާޓީއަށް އައުން މީ ޝާޑްގެ ޕްލޭނެއް… އެންމެންވެސް އައީ އެމީހެއްގެ ބޯއީ ފްރެންޑާއެކީ….. ދެން ޕާޓީގައި ޑްރިންކްކޮށް ޑާންސްކޮށް ހެދިން…. ފަހުން ހަމަ ވީ ނުވީއެއްވެސް ނޭނގޭ…. ދެން ހުންނަނީ ތަންތަން ކޮޅު ހަނދާނުގަ…. އަސްލު އެރޭ ކިހިނެއްތަ ވީ؟…..”
ސާނިޔާ ގެ ވާހަކަ ނިންމާލުމުން ނީޝް ސާނިޔާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ވާހަކަ ދައްކަން ފެއްޓިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 9

Next

ހިތުން ނުފިލި މަސްދަތުރު

Next
September 17, 2015

ހިތުން ނުފިލި މަސްދަތުރު

Previews
September 17, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 9

18 Comments!

  1. Sheeby says:
    September 17, 2015 at 5:35 pm

    Yey!!!me first…Wow!!!stry v nice…whn nxt part up kurany???

  2. ken? says:
    September 17, 2015 at 5:57 pm

    v furihama..??..waiting for next part…..☺

  3. RêěTø says:
    September 17, 2015 at 6:05 pm

    Ssalhi ehh ? ?

  4. Shax Lyn says:
    September 17, 2015 at 6:34 pm

    Thanks…. 🙂 @Sheeby @ken @Reeto…. thank u for reading!… 🙂

  5. mee says:
    September 17, 2015 at 6:35 pm

    Reethi

  6. Adam says:
    September 17, 2015 at 6:53 pm

    Salhi ey salhi ey.

  7. bubbly dubbly says:
    September 17, 2015 at 6:57 pm

    Wow….. Heeves nukoh huri kahala kuriyeh thi falhuvaalee vaahakaige therein… Nimen dhen vaahaka evvaregga hifahattaalaathi…. Am curious to know what happened next 🙂

  8. Anonymous says:
    September 17, 2015 at 7:42 pm

    v shauguveri. v gina kuhthah ragalhu kurikan faahaga kohlan. ekamaku adhives ebain eh kuh thakuraaru vefa. ey ragalhu mi bahuga inna hus noonu nei.. radheef beli iru hus noon inna kamah vany…???

  9. Roxy :* says:
    September 17, 2015 at 9:03 pm

    Shaz ge vaahaka varah salhi….. foohivaa emme episode ehves neiy…. kiyaa hithun keh madhuvaa twist thakun furifaivaa story eh…. ur doing a great job…. mikahala ithrur vaahaka thakeh kiyaalan libeyne kanah ummeedhu kuran…???☺☺☺

  10. gurey says:
    September 17, 2015 at 10:50 pm

    Hahahaha eveee kihineh. Saniya ah libey landu dho. And neesh Ge character kudhin varah feney mi zamaanuga. Nice work. Next episode is about neesh dho

  11. Anonymous says:
    September 18, 2015 at 12:23 am

    Vvvv shali

  12. mary says:
    September 18, 2015 at 12:24 am

    Vvvv shali

  13. Kuloo says:
    September 18, 2015 at 12:52 am

    I just want to meet the writer personally. ur amazing.
    Its like watching a movie. never felt this way. it seems like ur making me dive inside this story. I never ever read Dhivehi stories and this is my first one. ijust couldn’t help my self commenting. u r doing well. when is the next episode. waiting waiting. hope that part will be this much interesting

  14. Ishaa says:
    September 18, 2015 at 3:06 am

    Wow this story is awesome, I really like it. ?

  15. dhatha says:
    September 18, 2015 at 10:47 am

    sahaz mi bai vrae reethi dhen kon irakun anae bai avaes kuraechaey dhatha abae huree may in thizaaruga

  16. Fira says:
    September 18, 2015 at 9:12 pm

    Alhe dhen next part konirakutha annany?

  17. Shau says:
    September 19, 2015 at 12:36 am

    Vrh interesting mi part.. Next.part kiyaa hithun miharu hureveny ehvx nun.. Alhe nxt part avahah up kohdhehchey shaz… Love this story.. 🙂

  18. Shau says:
    September 19, 2015 at 12:39 am

    BTW waheedha ah kihinehtha v mi part ga???

Comments are closed.

Next Episodeނަޖާ (ތޭރަ ވަނަ ބައި)←


All Right Reserved!