Skip to content
އެސްފިޔަ

ޝެރިން

“ހަހަހަ… ދޮންބޭ ސްލޯ ޑައުން…!! އެއްޗެއްގަ ޖެހިދާނެޔޭ!” ޝެރިން ވަރަށް ބާރަށް ހީގަތެވެ. ކާރު ދުއްވަމުން ދިޔަ ކައިލަށް މިކަމުން ލިބެމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފަލެކެވެ. ބޮޑު ތަކުރުފާނު މަގުން މާލެ ވަށާ ބުރު ޖަހަމުން ދިޔުމަކީ ކައިލްގެ އާދައެކެވެ. އޭނާގެ އެންމެ ބާރަ އަހަރުގެ ކޮއްކޮ ޝެރިން އާއި ގަރލް ފްރެންޑް ނީމް އާއެކު އިރު އޮއްސޭގަޑިގައި ބުރުޖަހަން ދިޔުމަކީ އޭނާ މަންމަމެންނާއި ވަގަށް ކުރާ ކަމެކެވެ.

“ކައިލް ދެން މަޑުކޮށްލާ… މިހާރު އެއޮށްގެން ނުވައެއް ޖަހަނީ… ޝެރީއްކޮގެ މޮމް މެން އަންނާނެ ދޯ މިހާރު… ހެހެ… ބޮން އަޅާލާނެ ދޯ…” ނީމް ބުންޏެވެ.

“ހޫމމމ… ލަސްވެއްޖެ ދޯ. ޝިޓް. މިރޭ މޮމް މެން ތަންކޮޅެއް އަވަހަށް އަންނާނެ. ހިނގާ އަނބުރާލަމާ ދޯ.” ކައިލް އޭނާގެ ކަނދުރާއާ ހަމައަށް އަރާ ކަޅުކަން ގަދަ ރާޅުބާނީ އިސްތަށިގަނޑުގައި އަތްފުނާ އަޅާލީ ގެއަށް ދާން ޖެހޭތީ އެވެ. ޝެރީއްކޮ ގެއަށް ލާފަ މިރޭ އިލަވަންގަ މީޓް ކުރާނީ.”

ނީމް ކާރުގެ ފަހަތު ޝީޓުގައި ހަމަޖެހިލި އެވެ. އެއްފައިމައްޗަށް އަނެއްފައި ލުމަށްފަހު، ބޮލަށް ގެނައި ކުއްލި ހަރަކާތަކާއި އެކު، އޭނާގެ ގަދަ މުށިކުލައިގެ ފަށުއި އިސްތަށިގަނޑު އެއްފަރާތް ކޮއްލިއެވެ. އަދި ބޮލުގައި އަތް ހާކާލުމަށް ފަހު ޝެރިން އިން ސީޓާއި އޭނާގެ ސީޓާއި ދެމެދުގައި އޮތް އަތްދަބަހުގެ ތެރެއިން ފިޔާތޮށި ކުލައިގެ ކުޑަކުޑަ މޫނު ބަލާ ލޯގަނޑެއް ނެގި އެވެ. ޓިޝޫ އަކުން އެ ދޮން ދޮން މޫނު ސާފުކޮށްލުމަށް ފަހު، އެ މަޑު ރަތް ކުލައިގެ ފުލް ލިޕްސް ގައި ލިޕްގްލޮސް ކޮޅެއް ހާކައިލާ ދެތުންފަތް ކާތާލި އެވެ. ކާރުގެ ޑްރައިވަރ މިރަރ އިން މިމަންޒަރު ބަލަން އިން ކައިލަށް ހިނިތުން ވެވުނެވެ. އޭނާއަށް އެވަނީ ދުނިޔޭގައިވާ އެންމެ ރީތި އަންހެން ކުއްޖާ ލިބިފައޭ ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ.

އާއިޝަތު ނީމަކީ ރީތި ދޮން ކުއްޖެކެވެ. އިސްކޮޅު މެދު މިނެއްގައި ހުރިގޮތް ދައްކައިދެނީ އޭނާގެ ލޫޅާފަތި ހަށިގަނޑެވެ. މުށި ކުލައިގެ ފަން ދިގު އިސްތަށިގަނޑެކެވެ. ކަޅުކަން ގަދަ ބޯ އެސްފިޔަ ތަކުގެ ހިމާޔަތުގައި ވި ތޫނު ލޮލަށް ނޫކުލައިގެ ލެންސް ލައްވާފައިވުމުން އެ ބޮޑު ދެލޮލުގެ ފުރިހަމަކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައި ވެއެވެ.

ޝެރިން އަކީ ވަރަށް އާދަޔާޚިލާފު ކުއްޖެކެވެ. ސަބަބަކީ އޭނާގެ ލޮލުގައިވާ އާދަޔާޚިލާފް ކުލައެވެ. ދަނބު ކުލައަކަށްދާ އެލޮލުގައި ވަނީ ޖާދޫއެކޭ ހީވާ ފަހަރުވެސް އާދެއެވެ. ހަން އޮމާންވެފައި އާދައާއި ޚިލާފަށް ހުދެވެ. އެ ކުޑަކުޑަ ދެ ލޮލުގެ ވަށައިގެން ވަނީ ކަޅުކުލައިގެ ވަރުގަދަ އެސްފިޔަތަކެވެ. ކަޅާއި މުށީގެ ފަންފަން އިސްތަށިގަނޑު އެ ދޮން މޫނު ވަށާލާފައިވާ އިރު، ޝެރިންގެ މަޢުސޫމްކަން އެތައް ގުނައެއް އިތުރުވާކަން ފާހަގަ ވެއެވެ.

ހެންވޭރު ގަރޑަން ވޭލީ އަށް ކައިލްގެ މެރޫން ކުލައިގެ ކާރު މަޑުކޮއްލުމާއިއެކު، އެންމެ ފުރަތަމަވެސް ކައިލްގެ ނަޒަރު ހުއްޓުނީ ގަރާޖާއި ދިމާއަށެވެ. މަންމަމެންގެ ކަޅު ކުލައިގެ ކާރު ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ގޭޓުން އެތެރެއަށް ވަދެވުމުން ޝެރިނާއި ނީމް ފޭބި އެވެ. ކައިލް ވެސް ގަރާޖުގައި ކާރު ޕާކު ކުރުމަށްފަހު ތިންމީހުން ތިން ވަގުންހެން އެތެރެއަށް ވަދެގެން ދިޔައެވެ. އެއީ ބޮޑު ގެއެކެވެ. ޝެރިން އާއި ކައިލްގެ ބައްޕަ ސުޖާޢު އަކީ މާލޭގެ އެންމެ މުއްސަނދި ޤަދަރުވެރީންގެ ތެރޭގައި ހިމެނޭ އެކަކެވެ. އިލެކްޓްރޯނިކްސް ސާމާނު އެތެރެ ކުރާ ކުންފުންޏެއްގެ އިތުރުން ޝެރީ ކްލޮތިންގ ކިޔާ ފޮތި ވިއްކާ ބޮޑު ކުންފުންޏަކާއި، އަދި ހައެއްކަ ރިސޯޓު ހިންގަމުން އަންނަ ޒިންމާދާރު ވެރިއެކެވެ. ޢުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންގެންދާތީ އާއިއެކު، އިސްކޮޅުން ދިގު އެހަށިގަނޑު ކަސްރަތީކޮށް ހުންނަނީ ޖިމަށް ދާތީއެވެ. އިސްތަށިގަނޑުގެ ގިނަބައިގައި ރަސްކަން ކުރަމުން ދަނީ ކަޅު އިސްތަށި ނަމަވެސް ހިސާބަކަށް ނުރަ ޖަހާފައިވެސް ހުރެ އެވެ. ތުނބުޅި އާއި މަތިމަސް ނުބާލާ ހުރުމުން ނިކަން ޝާހީ ގޮތެއް ހުރެއެވެ. ދޮން ހަންގަޑަކާއި ތަނަވަސް ނިތްކުރިއެކެވެ. މޫނުމަތީގެ ހަން އޮމާން ވުމުން ޢުމުރަށްވުރެން ހަގު ކަމަށް ދައްކަ އެވެ.

މަންމަ ދިނާޔާ އަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ގޭގައި ދެތިން ނޯކަރުން ގެންގުޅޭ އިރުވެސް ދިނާޔާ މަސައްކަތް ކުރެ އެވެ. އޭނާގެ ރައްޓެހިން މިކަމަށް ހަޖޫ ޖެހިކަމުގައި ވިޔަސް އޭނާ އަކަށް ފަރުވާލެއް ނެތެވެ. އެ އާއިލާ އަކީ ހަމުގެ ކުލަ އަލި އާއިލާ އެކެވެ. ދިނާޔާގެ ހަށިގަނޑު ތަންކޮޅެއް ފަލަ ނަމަވެސް ރީއްޗެވެ. ރީތި ކަމަކީ ސުޖާޢުގެ އާއިލާގެ ޚާއްޞަ އެއް ސިފައެވެ. ސަބަބަކީ ދިނާޔާ އަކީ ޖަރުމަން މީހެއްކަމެވެ. ސުޖާޢު އާ ކައިވެރި ކުރުމުގެ ކުރީން އޭނާގެ ނަމަކީ މެލަރީ އެވެ. އޭރުގައި ހިމަތޮޅި ކޮށް ހުރި މެލަރީ ސުޖާޢުއަށް ފެނުނީ އޭނާ ޖަރމަނީގައި މާސްޓާސް އިން ބިޒްނަސް ހަދަނިކޮށެވެ. ކުލާހުގައި ގާތްގާތުގައި ތިބެން ޖެހުމުން ދެމީހުންގެ ވެސް ރަޙުމަތްތެރިކަން ބަދަހިވަމުން އައީ ވަރަށް ހަލުވި މިނެއްގަ އެވެ. ދެން ބަދަލުވީ ބެސްޓް ފްރެންޑްސް އިންނަށެވެ. ދެމީހުންގެ އެކުވެރިކަން ފެނި ކުލާހުގެ އެހެން ރަޙްމަތްތެރީން އެމީހުންނަށް ދިމާކޮށް ހަދައެވެ. ރޯމިޔޯ އެންޑު ޖޫލިއަޓްގެ ލަޤަބުވެސް ދެއެވެ. ރައްޓެހިންގެ މިކަންތައްތަކުގެ ސަބަބުން މެލަރީ ލަދުގަނެ އެވެ. ނަމަވެސް ސުޖާޢުއަށް މިކަން ވަނީ މަޖާ ކަމަކަށެވެ. އެހެންކަމުން ރައްޓެހިންގެ ކުރިމަތީގައި މެލަރީއަށް ރޮމޭންޓިކް ބަސްބުނެ ހަދަ އެވެ. މެލަރީ ލަދުން ހުންނައިރު އޭނާގެ ދޮންދޮން ކޯތާފަތަށް ޖަންބުކުލަ އަރާފައި ހުންނާތީ ސުޖާޢުއަށް ވަރަށް ރީތިވެ އެވެ. ލަދުގަންނަވަނީ ވެސް އެހެންވެ އެވެ.

އެއްފަހަރަކު ރައްޓެހިން ތަކަކާއިއެކު އޯވަރ ނައިޓެއްގައި “ޓްރުތު އޯރ ޑެއަރ” ކިޔާ ގޭމެއް ކުޅުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. aner

    Nice

  2. shix

    Nice story

  3. yookko

    Nice… ekamaku thi vaahaka ekkoh liye aharumen kiyan libeyneba

    1. Faxoo
      yookko

      yookko inshaAllah Faxoo balaanan ekkoh genesdheveytho ingey ?. mi ee varah aadhaya khilaaf vaahaka akah vaane kiyuntherinnah. kettheri kamaa eku inthixaaru kuraane kamah ummeedhu kuran ?

  4. jeesha

    Faxu feshun varah reethi ingey…thanx faxu ge aa vaahaka eh kiyan libunyma..keep up the good work you are doing nd gudluck

    1. Faxoo
      jeesha

      aww.. thankx Jeesh. ?✌?

  5. mary

    Nice

  6. Crazi

    Mi vahaka nimuneetha neyge v gothe..aslu get eh nuvey feshun crh reethi

    1. Faxoo
      Crazi

      crazi, mivaahakaaga mi ulheny varah aadhaya khilaaf kujjeh. ekujjaa ah dhimaavaa kan thakuge vaahaka aslu mivaahakaiga himeneyny. dhen dhiggu vaahaka akah vyma ehen characters thakuge vaahakaves hunnaane genes dhyfa.? anyways, varah ufaavejje comment kuryma ?

  7. maash

    Nice when next part

    1. Faxoo
      maash

      thnkuu maash. ? faxoo ah vaahaka up kureveyny Fridays thakuga. ei Fridays ga free vaany ehenve. adhi kiyavaathy aa eku, homeworks ves hunnaane ehnu dhw. ? Faxoo balaanan inthizaaruga nubahattaa avahah up koddheveythw ingey ?

  8. Shaan

    nc

  9. lol

    good

  10. FoniLunbo

    mivee gotheh neyngunu

    1. Faxoo
      FoniLunbo

      FoniLunbo, adhi ingeyne vaa goi. ? vaahaka kuri ah dhaa varakah kan kan engemun dhaane ☺️ inthixaaru kollavva ?

  11. Shaf

    Vrah reethi when is the next part ☺️

  12. Girl

    V salhi…keep it up..?????

  13. shadha

    Nice

  14. Shawna

    nice ??????? i

  15. Aikaa

    Beginning v reeti..i hope mi story starting kiyaalan libunu gotah ending ves kiyaalan libeynekamah….thnks 4 thi storyyy faxoooo

    1. Faxoo
      Aikaa

      insha Allah i wil try 🙂

Comments are closed.