Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( ދިހަވަނަ ބައި )

saarah Level 210 Stories100 Comments
September 27, 2015 9 Mins Read
18 Comments

އޭރު ނިހާން ކާރުން ފައިބައިގެން ކިޔާނަށް ބަލާލަމުން މާޔާއަށް ބަލާލީ ބުމަގޮށްޖަހާލަމުންނެވެ. މާޔާ އިތުރަށް ބިރުގަތެވެ. ވިސްނާލާފައި މާޔާ ހިނގައިގަތެވެ. ދެމީހުންނަށް ބަލާލަމުން މާޔާގޮސް ހުއްޓިލީ ކިޔާން ކައިރިއަށެވެ. ކިޔާން ހެވިލާފައި ކާރުގެ ދޮރު ހުޅުވާދިނުމުން މާޔާ ކާރަށް އަރަމުން ސިއްރުން ނިހާނަށް ބަލާލިއެވެ. އޭރު ނިހާން ކާރަށް އަރަނީއެވެ. ނިހާން ހުރީ ކިޔާންގެ ފަހަތުގަ ކަމުން ކިޔާނަށް ނިހާނެއް ނުފެނެއެވެ. މާޔާ ހަމަޖެހެން ފުންނޭވައެއް ދޫކޮށްލީ ނިހާން ދަނީ ކަމުގަ ހީކޮށެވެ. ކިޔާން ކާރަށް އަރާ ދުއްވާލުމުން މާޔާ ފޯނު ނަގައިގެން ނިހާނަށް މެސެޖް އެއް ކޮށްލިއެވެ.

” ސޮރީ.. ހޭވް އެ ޕްލޭން ވިތް ހިމް. ” މާޔާގެ މެސެޖް ކިޔާލަމުން ނިހާން އައި ރުޅީގަ ފޯނު ބާރަކަށް ކާރުގެ ފަހަތު ސީޓަށް އެއްލާލިއެވެ. ގޮށްމުށުގެ އެތިފަހަރެއް ހުންގާނަށް ދޫކޮށްލަމުން ނިހާން ކިޔާންގެ ކާރުގެ ފަހަތުން ދުއްވާލިއެވެ. ” ކޮންތާކަށް މި ދަނީ؟ ” ގެއަށް ދާ މަގު ނޫން އެހެން މަގަކުން ކިޔާން ދާތީ މާޔާ ސުވާލުކޮށްލިއެވެ. ” މިދަނީ އެއާޕޯޓަށް ދާން. ނިޝް މިއަދު އަންނާތީ އޭނަ ބަލާ.. ” ކިޔާންގެ ޖަވާބުން މާޔާ ސުވާލުއުފެދިފައި ނިޝް އަކީ ކާކުހޭ އަހާލިއެވެ. ކިޔާން މާޔާއާ ދިމާކުރަން އެއީ ތިމަންނަ އިންނަން އުޅޭ ކުއްޖާއޭ ބުނެލުމުން މާޔާ ދެލޯ ބޮޑުކޮށްލަމުން ކިޔާނަށް ބަލާލިއެވެ. ކިޔާން ހީލާފައި ދޮންބެގެ އަންހެނުންނޭ ބުނުމުން މާޔާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ކޮންއިރަކު އިނީހޭ ކިޔާފަ ސުވާލުކުރަން ފެށިއެވެ. ކިޔާން މާޔާއަށް ޒިޔާންމެންގެ ވާހަކަ ކިޔައިދިން އިރު މާޔާ ޝައުގުވެރިކަމާ އެކީ އަޑުއަހަން އިނެވެ. ކާރުގަ އިދެފަ މާޔާ މަލީހާއަށް ގުޅާފަ އާދެވޭނީ ލަހުން ކަމުގައި ބުނެފަ މިއުޅެނީ ކިޔާނާ އެކުގައި ކަމަށް ބުނެލިއެވެ. މާޔާ މޫނުމަތި ހުރީ ރަނގަޅަށްތޯ ބަލަން ލޯގަނޑުން ބެލި ގަޑީ ފަހަތުން އައި ނިހާންގެ ކާރު ފެނިގެން ހައިރާންވެފައި ފަހަތް ބަލާލިއެވެ. ނިހާން އެމީހުން ފަހަތުން އަންނަނީއެވެ. ” ކިހިނެއްވީ؟ ” މާޔާއަށް ވީ ގޮތް ފެނިގެން ކިޔާން ލޯގަނޑުން ފަހަތް ބަލާލަމުން ސުވާލުކޮށްލިއެވެ. މާޔާ އަވަހަށް ކަމެއް ނުވެޔޭ ބުނެލިއެވެ.

ކާރު ޕާރކް ކޮށްލަމުން ދެމީހުން އެކީ ހިނގާލާފަ ދިޔައިރު ކިޔާން މާޔާގެ އަތުގައި ހިފަން އުޅުމުން މާޔާ އެކަން މަނާ ކުރީ ފަހަތުގައި އެމީހުންނަށް ބަލަން މަޑުކޮށްގެން އިން ނިހާން ފެނުމުންނެވެ. ލޯންޗް ދުއްވާލިއިރުވެސް ނިހާން ތޮށިގަނޑުމަތީ ހުއްޓިލައިގެން ހުއްޓެވެ. މާޔާ ހާސްވެފައި އިނދެ ނިހާނަށް ބަލާލުމުން ނިހާން ފާޑަކަށް ހީލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ކޮންމެވެސް ނުބައެއް ވާ ކަމުގައި މާޔާގެ ހިތް ބުނެލިއެވެ. ކިޔާން މާޔާ ބަލަން އިން ދިމާލަށް ބަލާލަމުން ތިވަރަށް ތިބަލަނީ ކޯއްޗަކަށްހޭ އަހާލިއެވެ. މާޔާ ގަދަކަމުން ހީލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

ދެމީހުން މީހުން ނުކުމެގެން އަންނަ ތަނުގެ ކުރިމަތީގަ ހުއްޓިލައިގެން ތިބީ ނިޝާ ނުކުންނާނެއިރަކަށެވެ. އިރުކޮޅަކުން ފޯނެއްގަ ހުރެ ވާހަކަ ދައްކަމުން އެރައިވަލް ގޭޓުން ނުކުމެގެން އައި ރީތި އަންހެންކުއްޖަކު ފެނިގެން ކިޔާން ހީލަމުން އަތުން ހަނާ އަޅާލިގޮތުން އެއީ ނިޝާކަން މާޔާއަށް އެގުނެވެ. ހުދު ކުލައިގެ ދޫ ޓީޝާޓެއްގެ މަތިން ޖީންސް ޖެކެޓްކޮޅެއް ލައިގެން ތިރިން ފަޔަށް ބާރު ނޫކުލައިގެ ޖީންސްގައި ނިޝާ ފެންނައިރު ހެދުން އިޝްތިހާރު ކުރާ މޮޑެލްއެކޭ ވަކި ތަފާތެއް ނެތެވެ. ބަލާ ބެލުމަށް ހަމަ މާޔާގެ އިސްކޮޅެވެ. އެ ހިކި މިނެވެ. އެއްއަތުން ކަންފަތުގައި ފޯން ޖަހާލައިގެން އަނެއް އަތުން ޓުރޮލީ ދުއްވަމުން އައި ނިޝާވެސް ކިޔާން ފެނިގެން ހެވިލާފައި އައިސް ކައިރިއަށް ހުއްޓުނެވެ. ” މާޔާ… ” ފޯނު ޖީބައް ލަމުން ކިޔާން ގާތުގަ ހުރި މާޔާއަށް ބާރާށް ގޮވާލަމުން ނިޝާ މާޔާގެ ގައިގަ ބައްދާލީ ދެކެފަރިތަ ރައްޓެއްސެއް ހެނެވެ. މާޔާ ހައިރާންވެފައި ކިޔާންގެ މޫނަށް ބަލާލިއެވެ. ކިޔާން ހީލަހީލަ ހުރީއެވެ. ނިޝާ މާޔާއާ ދުރުވެލަމުން މާޔާގެ މޫނުމަތިން ފެންނަމުންދިޔަ ހައިރާންކަމުން ކުޑަކޮށް ހީލާފާއި ކިޔާނާ ހެދި މާޔާ އެގޭ ކަމުގައި ބުނެލިއެވެ. މާޔާ ހީލަމުން ކިޔާންގެ މޫނަށް ބަލާލިއެވެ.

” މީހަކު މާޔާއާ ބެހޭގޮތުން އެއްޗެއް އަޑުއަހަން ބޭނުންނުވިޔަސް އަޑުއިވޭނެ ކިޔާން ހުންނަތަނެއްގައި.. އަބަދު މާޔާ މިވެނި އެއްޗެކޭ އެވެނި އެއްޗެކޭ ކިޔާލަ ކިޔާލަ ހުންނަނީ. ކޮޓަރީގެވެސް ތި ދެމީހުންގެ ފޮޓޯތައް. އަހަރެން ހިތަށް އަރާ މަރުވެފަ އޮތް މީހަކާ ބެހޭގޮތުން އެހާ ވާހަކަ ދައްކާނީ ދެން ހާދަ ސްޕެޝިއަލް ވީމައޭ.. މާޔާއާ ވަރަށް ބައްދަލު ކުރާހިތްވޭ ކިޔާނާ ހެދި. އެކަމަކު އޭރު ހީވީ ބައްދަލު ނުވާނެޔޭ ދެން. ދެން ކިޔާން ދައްކާ ވާހަކައިން މާޔާއާ ބައްދަލުވެއްޖެ ކަމުގަ ހީކޮށްގެން އުޅުނީ. އެކަމަކު މިއަދު ވަރަށް އުފާވެއްޖެ ފައިނަލީ މާޔާއާ ބައްދަލުވީމަ. ޒިޔާ އަހަރެން ކައިރީ މާޔާ މަރެއް ނުވެޔޭ ބުނީއްސުރެ މިހުންނަނީ މާޔާއާ ބައްދަލުކުރާހިތުން.. ” ލޯންޗާ ދިމާލަށް ދަމުން ނިޝާ ވާހަކަދެއްކިއެވެ. ނިޝާގެ ވާހަކަތަކުން މާޔާ ފެންކަޅިވިއެވެ. ކިޔާނަށް އޭނަ އަސްލުވެސް ހާދަ ޙާއްސައެވެ. މާޔާ ކިޔާންގެ ގައިގަ ބައްދާލަން ބޭނުންވިއެވެ. އެހެންނަމަވެސް މީހުން ގިނަކަމުން އެ ހިޔާލު ދޫކޮށްލާފައި މާޔަގޮސް ކިޔާން ޓްރޮލީގައި ހިފައިގެން ހުރި އަތްމަތީ އަތް ބާއްވާލަމުން ހިނިތުންވެލީ މާނަވީ ގޮތަކަށެވެ. ލޯންޗްތެރޭގައިވެސް ނިޝާއާ މާޔާއާ ދެމީހުން ހުއްޓާނުލާ އަނގަ ތެޅިއެވެ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެމީހުން ވަރަށްވެސް ގާތްވެއްޖެއެވެ. ކިޔާން ފޫހިވެފައި ދެ އަންހެން ކުދިން އިށީދެލައިގެން އިން ސީޓް ކުރިމަތީ ހުރި ސީޓްގައި އިނީ ފޯނާ ކުޅޭށޭވެ. އެހެން އިންއިރުވެސް އިރުއިރުކޮޅާ މާޔާއަށް ބަލާލެވެއެވެ. ވައިގެތެރޭ އެ އިސްތަށިގަނޑު އުދުހެމުން އައިސް މޫނަށް އެޅޭ އިރު މާޔާ ހިމަ އިގިލިތަކުން ދުރުކޮށްލާގޮތް ނިކަން ހިންގައިމެވެ. ހެވިލާފައި ނިޝާއާ ވާހަކަ ދައްކާއިރު މޫނަށް އެޅޭ އަޑިކޮޅުން ވަކިން ރީތިއެވެ. ކިޔާން ބަލަން އިދެލާފައި ފޯނުގައި އެ މަންޒަރު ރައްކާ ކޮށްލިއެވެ.

ފޮށިތައް ދަމަމުން ތިންމީހުން ކާރަށް އަރަން ދިޔައިރު ފުރޮޅު އޮތީ ފަޅައިގެން ގޮއްސައެވެ. ކިޔާން ޝިޓްއޭ ބުނެލަމުން ފުރޮޅު ފަޅައިގެން ދިޔައީ ކިހިނެއްހޭ އަހާލީ ހިތްހަމަނުޖެހިފައެވެ. ނިޝާ އަޅާނުލާށޭ ބުނެފަ ޓެކްސީއެއް ނަގަން ބުނެލިއެވެ. މާޔާ ހުރީ ރުޅިގަދަވެފައެވެ. މީ ނިހާންގެ ކަމެއްކަން އޭނައަށް ޔަގީނެވެ. ނިހާނާ އެއްކޮށް ނުދިޔުމުން ދިން ލަނޑެކެވެ. މޫނުމަތިން ރުޅި  ނުދައްކަންވެގެން މާޔާ ހުރީ ގަދަކަމުން ހިނތުންވެލައިގެންނެވެ. ޓެކްސީއެއް ލިބުމުން ދިޔައީ ކިޔާންމެން ގެއަށެވެ. މީ ނިޝާ އެގެއަށް އައި ފުރަތަމަ ފަހަރު ކަމުން ގެއަށް ނިކަން ރަނގަޅަށް ބަލާލިއެވެ. ވަންނަ ބޮޑު ގޭޓުން ފަށައިގެން ގޭގެ ފެންޑާ ހަމައަށް އެއްފަރާތުގައި އޮތީ ވިނަ ހައްދާފައެވެ. އެކި ވައްތަރުގެ މާ ގަސް އިންދާލައިފައި ހުރިއިރު ބޮޑު އަނބު ގަހެއްވެސް ހުއްޓެވެ. އަނބު ގަހުގެ ދަށުގައި ކުޑަ މޭޒަކާ ހަތަރު ގޮނޑި ބަހައްޓާފައި ހުއްޓެވެ. އޭގެ ތަންކޮޅެއް އެ ކޮޅުގައި ޕޫލެއް އޮތެވެ. ޕޫލް ކައިރީ ބީޗް ޗެއަރ އެއްވެސް ބަހައްޓާފައި ހުއްޓެވެ. އޭގެ އަނެއްފަރާތުގައި ޑިޒައިން ގާ އަޅާފައި އޮތީ ކާރުތައް ގަރާޖައް ވައްދަންވެގެނެވެ. މުޅި ބަގީޗާގައި އޮތީ ލައިޓް ދިއްލާލާފައެވެ. ނިޝާ ގޭގެ ރީތި ކަމަށް ތައުރީފު ކުރަމުން މަޑުމަޑުން ވާއު އޭ ބުނެލިއެވެ. ނިޝާ ފެނުމުން ޒީނަތުއާ ކަރީމް އުފާވެފައި އައިސް ކުޑަކޮށް ބައްދާލިއެވެ. ޒީނަތު އަވަހަށް ކާން ހިގާށޭ ބުނުމުން ކާނީ ފެންވަރައިގެންނޭ ނިޝާ ބުނެލިއެވެ. ކޯޓަރި ކޮބާހޭ ބުނުމުން ޒީނަތު ނިޝާ ގޮވައިގެން ދިޔައީ ކޮޓަރި ދައްކާށެވެ. ސިޑިން އަރައިގެން ޒީނަތު ދިޔައީ އެއްވަނަ ބުރިއަށެވެ. ދިގު ކޮރިޑޯގެ އެންމެ ކޮޅުގައި ހުރި ޒިޔާންގެ ކޮޓަރިއަށް ނިޝާ ވައްދާލާފަ ޒީނަތު ދިޔައީ ތިރިއަށެވެ. ކޮޓަރީގައި ފުދޭވަރަކަށް ކުޑަދޮރު ހުރެފަ ބޮޑު ބެލްކަންޏެއް ހުރުމުން ނިޝާ އުފާވިއެވެ. ކިންގް ސައިޒްގެ އެނދެއް ހުރި އިރު އެއްފަރާތެއްގައި ސޯފާއެއް ހުއްޓެވެ. ނިޝާ އުފާވެފައި އަވަހަށް ގޮސް ފެންވަރާލިއެވެ. ފެންވަރައިގެން ނުކުތް އިރު އެދުގައި އިށީދެލައިގެން އިން ޒިޔާން ފެނުމުން ދުވެލާފައި ގޮސް އުގަށް އެރިއެވެ. ޒިޔާން ހެވިލާފައި ނިޝާގައިގަ ބައްދާލަމަން އައި މިސްޑް ޔޫ އޭ ބުނެލިއެވެ. ނިޝާ ދުރުވެލަމުން ކުޑަކޮށް ޒިޔާންގެ ތުންފަތުގައި ބޮސްދިނެވެ. ޒިޔާން އެންމެން ކާން އިންތިޒާރުގަ އެބަ ތިއްބޭ ބުނުމުން ނިޝާ މޫނަށް ގޮތެއް ހަދާލަމުން ތެދުވެ ގޮސް ރީތި ވެލިއެވެ. ދެމީހުން އެކީ ފައިބައިގެން އައި ތަން ފެނުމުން ކިޔާން ގޮސް ދިމާކޮށްލިއެވެ. މާޔާ ދާންއުޅުމުން ހަކީމް ކައިގެން ދާން މަޑުކޮށްލާށޭ ބުނުމުން މަޑުކުރިއެވެ.

ކައިގެން މާޔާ ގެއަށް ލައިދޭން ކިޔާން ދިޔައީ ޒިޔާންގެ ކާރުގައެވެ. ގެއަށް ދެވުމުން މާޔާ ކާރުން ފޭބުމުން ކިޔާންވެސް ފަހަތުން ފޭބިއެވެ. ކާރުގައި ލެގިލައިގެން މާޔާއަށް ބަލަން ހުރިއިރު އެ ތޫނު ދެލޮލުން އެތައް މެސެޖްއެއް ފޮނުވިއެވެ. މާޔާ ބަލަން ހުރެލާފައި އައިސް ފައި ކޮރާލަމުން ކިޔާންގެ ކަރުގައި އަތް އަޅުވާލަމުން ބައްދާލިއެވެ. ކިޔާން ބާރުގަދަ އަތުން މާޔާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ބައްދާލީ އެ ދޭތެރެއަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެހާ ކައިރިކޮށްލަމުންނެވެ. މާޔާ ކިޔާންގެ ކޮޑުގައި ރަނގަޅަށް މޫނު ފޮރުވާލަމުން ހިނިތުންވެލިއެވެ. މި ވަގުތު ކޮޅު އަބަދަށް ދެމިގެންދާން ހިތުން ދުއާ ކުރެވުނެވެ. ކޮޓަރީގެ ބެލްކަންނަށް ނުކުތް މާއިޝާއަށް އެ މަންޒަރު ފެނިގެން ބަލަން ހުރީ ހުއްޓުން އަރާފައެވެ. އަމިއްލަ ނަފްސަށް އެއީ ރަހްމަތްތެރި ބައްދާލުމެކޭ ވިސްނާދެމުން މާއިޝާ ހިނިތުންވެލިއެވެ. މާޔާ މައްޗަށް ބަލާލި ވަގުތު މާއިޝާ ފެނިގެން ދުރަށް ޖެހިލިއެވެ. ކިޔާން މައްޗަށް ބަލާލަމުން އަތުން ހަނާ އަޅާލަމުން ހައި އޭ ބުނެލިއެވެ. ބަދަލުގައި މާއިޝާވެސް ހިނިތުންވެލަމުން ހައި ބުނެލިއެވެ. ކިޔާން މާޔާއަށް ގުޑް ނައިޓް ބުނެލަމުން ކާރަށް އަރާ ދުއްވާލިއެވެ. މާޔާ ހިނިތުންވެލަމުން ގޮސް ގެއަށް ވަނެވެ. މަލީހާއަށް މާޔާ ފެނުމުން ކާންވީނުންހޭ އަހާލިއެވެ. މާޔާ މިއައީ ކައިގެންނޭ ބުނެފަ ޒިޔާންގެ އަންހެނުންގެ ވާހާކަ ކިޔައިދިނެވެ.

އިރުކޮޅަކު މަންމަމެންނާ ވާހަކަދައްކަން އިނދެލާފާ މާޔާ ދިޔައީ ކޮޓަރިއަށެވެ. ފެންވަރާލައިގެން ނުކުމެ އޮފީސް މަސައްކަތެއް ކުރަން ލެޕްޓޮޕް ނަގައިގެން އިންދާ ގަޑިދިޔަ ގޮތެއް ވެސް ނޭގެއެވެ. ފޯން ރިންގް ވާ އަޑަށް ބަލާލިއިރު ގުޅަނީ ނިހާނެވެ. މާޔާ ވީ ފޫއްސެއްގެ ބޮޑުކަމުން ފޯނު ސައިލެންޓްއަށް ލާފާ އެނދުމައްޗަށް އެއްލާލިއެވެ. ފެންތައްޓެއް ބޯލައިގެން ނިދަން އެދުގައި އޮށޯވެލަމުން މާޔާ ފޯނު ބަލާލިއެވެ. އޭރު ނިހާންގެ ފަސް މިސްޑް ކޯލްއާއި މެސްޖްއެއް އޮތެވެ. މާޔާ މެސްޖް ކިޔާލުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ” މަށަށް އެނގޭ ތިއުޅެނީ އަދި ނުނިދާކަން. މި ހުރީ ތިރީގަ. ގެއަށް ވަންނަން ބޭނުންނުވަންނާ ތިރިއަށް އާދޭ! ” ނިހާންގެ އިންޒާރުގެ މެސެޖުން މާޔާ ހާސްވެފައި ގޮސް ކުޑަދޮރުން ތިރި ބަލާލިއެވެ. ތެދެކެވެ. ނިހާން އެ ހުރީ ގޭޓް ކުރިމަތީގައެވެ. މާޔާ އަވަހަށް މެސެޖް އެއް ކޮށްލާފަ މިދަނީއޭ ބުނެލިއެވެ. ނިދާ ހެދުން ބަދަލުކޮށްލައިގެން މާޔާ ސިއްރު ފިޔަވަޅު ތަކެއްގައި ތިރިއަށް ދިޔައެވެ. އޭރު ފެންފުޅިއެއް ނަގަން އައިސް ހުރި މާއިޝާއަށް މާޔާ ފެނިގެން ހައިރާންވިއެވެ. މާއިޝާ ދުވެލާފައި ގޮސް ބޭރަށް ނުކުމެލިއިރު މާޔާގޮސް ގޭޓްކައިރީ ހުރި ފިރިހެނެއްގެ އަތުގަ ހިފައިގެން ގޮސް ބަގީޗާގެ ހުރި ގަހަކާ ނިވާވެލިއެވެ. މާއިޝާ ކުޑަކޮށް ހީލާފައި އެތެރެއަށް ވަނީ އެއީ ދޮންތަ ރައްޓެހިވެގެން އުޅޭ ކުއްޖާ ކަމަށް ހީކޮށްފައެވެ.

” މޮޔަވެގެންތަ ތި އުޅެނީ؟ މިތާ ކީއްތިކުރަނީ؟ ” މާޔާ ނިހާންގެ އަތުން ދޫކޮށްލަމުން ދަތްތަކަށް ބާރުލާފައި ސުވާލުކޮށްލިއެވެ. ” މަ ތަ މޮޔަވެގެން މިއުޅެނީ.. އެ ވަރަށް ބުނިން މަ އަންނަންދެން މަޑުކުރާށޭ. ދެން ޖެހޭތަ މަ ކުރިމަތީގަ ގޮސް އެ ކިޔާނުގެ ކާރަށް އަރަން؟ ” ނިހާން ރުޅިވެރިކަމާއެކީ މާޔާގެ މުލައްދަޑީގައި ހިފާލަމުން ސުވާލުކޮށްލިއެވެ. ” މަ ބޭނުން މީހަކާ އެކީ ބޭނުން ތަނަކަށް މަށަށް ދެވޭނެ. ނިހާންގެ ހުއްދަ ކޮންމެހެން ހޯދާކަށް ނުޖެހޭނެ. ” މާޔާ ނިހާންގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ” ބުނަން މާޔާ. އަހަރެން ދުވަހަކުވެސް މާޔާއަށް ކަމަކަށް މަޖުބޫރެއް ނުކުރަން. މާޔާ ކިޔާންދެކެ ލޯބިވާ ވާހަކަ ބުނި ދުވަހުވެސް ނުކިޔަން އެއްޗެކޭ. އަހަރެން މާޔާ ދެކެ ލޯބިވި ވާހަކަ ބުނެގެން މާޔާ ނޫނެކޭ ބުނުމުންވެސް ނުކިޔަން އެއްޗެކޭ. އެއީ އޭރު އަހަރަމެން ދެމީހުންގެ ދޭތެރެއަށް ވަންނާނެ އިތުރު މީހަކު ނެތުމުން. އެކަމަކު މިއަދު އެބަހުރި. އެހެންވީމަ އަހަރެން ލައްވާ މާޔާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރުވަން ނަހަދާ.. އެއީ އަހަރެން އެ ގޮތް ބޭނުންނުވާތީ. މިހާރުވެސް މިހެން ހަދަން މި ޖެހެނި މާޔާ އަހަރެން ދައްކާ ވާހަކަ އަޑުނައަހާތީ. އެހެންވީމަ ކުރިޔަށް އޮތް ތަނުގަ މަޖުބުރުކުރުވަން ބޭނުން ނުވަންނާ ބުނާ ގޮތަށް ހަދައިގެން އުޅޭތި!. ” ނިހާން މާޔާގެ އުނަގަނޑުގައި ހިފާލަމުން ކައިރިއަށް ޖެހިލިއެވެ. މާޔާ ދުރުވާންވެގެން މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ނިހާން ހިފާލާފަ ހުރީ ނެއްޓުވޭ ވަރަށްވުރެ ބާރާށެވެ. ” އޯކޭ. އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް.” މާޔާ ނުނެއްޓުވޭނެކަން އެގުމުން ބުނެލިއެވެ. ނިހާން ބުމައަރުވާލީ ކޮން ޝަރުތެއްހޭ އަހާލާފަދައިންނެވެ. ”  އަހަންނަށްވެސް އަހަރެން ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނަން ވާނެ. އަދި ނިހާން އަހަރެންގެ ގައިގަ އަތް ލައިގެން ނުވާނެ! ” ނިހާންގެ ކިބައިން އެންމެ ފަށެހައިން ސަލާމަތްވެވޭނީ ނިހާން ބުނާ ގޮތަށް ހަދައިގެން ކަން އެގޭތީ މާޔާ ބުނެލިއެވެ. މާޔާގެ ޝަރުތުން ނިހާން ހީލާފައި މާޔާ ކުރިއަށްވުރެވެސް ކައިރިކޮށްލަމުން އެ ތުންފަތުގައި ކުޑަކޮށް ބޮސްދީފައި ދުރަށް ޖެހިލިއެވެ. މާޔާ ރުޅިއައިވަރުން ނިހާންގެ މޭގައި ބާރަކަށް ގޮށްމުށުގެ އެތިފަހަރެއް ޖަހާލިއެވެ. ނިހާން އައުޗްއޭ ބުނެލަމުން މޭގައި ފިރުމާލިއެވެ. ” އެއީ ޝަރުތައް އެއްބަސްވުމުގެ ކުރިން ވަން ލާސްޓް ކިސް. އޯކޭ. އަހަންނަށް ތި ޝަރުތުތައް ގަބޫލު. ” ނިހާން ހީލަމުން ދެ ޖީބައް އަތް ޖަހާލިއެވެ. މާޔާ މޫނު ހަދާލަމުން ދާން ހިނގައިގަތެވެ. ކޮޓަރިއަށް ދެވުނު ގޮތަށް މާޔާ ވަނީ ފާހާނާއަށެވެ. ތުންފަތުގައި ސައިބޯނިލައި ދޮންނަމުން ދިޔައީ ނިހާންގެ ވަސްވެސް ކަނޑުވާލަންވެގެނެވެ. ދެވަނަ ސިކުންތުގައި ހިތައް އެރި އެއްޗަކުން މާޔާ މުށިގަނޑުމަތީ އިށީދެލީ ކޮޅަށް ހުންނާނެ ހިތްވަރެއް ނެތުމުންނެވެ. ދެލޯ ފުރިގެން އައި ކަރުނަތައް ކޮންޓްރޯލްނުވެ އެސްފިޔަތަކުގެ ދޭތެރެއިން ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ގިސްލަ ގިސްލާފައި މާޔާ ރޯން އެތައް އިރެއް ވަންދެން އިނެވެ.

އޭގެ އަނެއް ދުވަހެވެ. ރޭގައި ނިދީ ލަހުން ކަމުން މާޔާއަށް ހޭލެވުނީ 9 ޖަހަން އުޅެނިކޮށެވެ. ހުކުރު ދުވަސްކަމުން މާޔާ ފޯނު އެލާމްއެއްވެސް ނުކުރެއެވެ. ކަންނެތްގޮތަކަށް ލޯ ހުޅުވާލަމުން މާޔާ ތެދުވެ ބޯލާކޮޅުގައި ލެގިލިއެވެ. ފޯނު ބަލާލިއިރު ކިޔާން ފޮނުވާފައި އޮތް ކުރު މެސެޖުން ހިނިތުންވެލެވުނެވެ. ” ގުޑް މޯރނިން ސަންޝައިން “. މާޔާ ހަމައެކަނި ” މޯރނިން” ލިޔެފަ ރިޕްލައި ކޮށްލަމުން ދިޔައީ ފެންވަރާލާށެވެ. ފެންވަރާލައިގެން ނުކުމެ ރީތި ވާން ހުއްޓާ ދޮރުގައި ޓަކި ޖަހާލުމުން ގޮސް ބަލާލިއިރު މާއިޝާއެވެ. ލާނެތް ގޮތަކަށް ހެވިފައި ހުރި މާއިޝާ ފެނުމުން މާޔާ ކިހިނެއްވީހޭ އަހާލިއެވެ. ” ރޭގަ ހާދަ މަލެކޭ ބަގީޗާގަ ފޮޅުނީ ” މާއިޝާ ބުނެލި ޖުމުލައިން މާޔާ ހެވިލާފައި ބަގީޗާގައި މާ ފޮޅޭނެ ނޫންހޭ ބުނެލިއެވެ. ” އަހަރެން މި ދައްކަނީ ލޯބީގެ މާ ފޮޅުނު ވާހަކައޭ. ރޭ ފެނުނޭ ދޮންތަ ރައްޓެހިވެގެން އުޅޭ ކުއްޖާ އެކީ ބަގީޗާ ތެރެއަށް ވަންނަނިކޮށް ” މާއިޝާ ދެފަރާތަށް ބޯ ހޫރާލަމުން ބުނެލި ޖުމުލައިން މާޔާ ސިހިފައި މާއިޝާއަށް ބަލާލިއެވެ. މާއިޝާއަށް އޭނަ ނިހާންއާ އެއްކޮށް ހުއްޓާ ފެނުނީހެއްޔެވެ. ފެނުނިއްޔާ މާއިޝާ އެހާ އުފާވެފައި އެހެން އެ ބުނި ކީއްވެ ހެއްޔެވެ. މާއިޝާއަށް ވެސް ނިހާނަކީ ކޮންކަހަލަ މީހެއްކަން އެގޭނެއެވެ. އެހެން ނޫނަސް މާއިޝާ ނިހާންދެކެ އިންތިހާއަށް ރުޅި އާދެއެވެ. މާޔާ މާއިޝާގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެ މޫނު މަތިން ފެންނަނީ ލާނެތް ކަމެވެ. މާއިޝާއަކަށް ނިހާންގެ މޫނެއް ނުފެނެއެވެ. ފެނުނުނަމަ އެހާ ހެވިފަ ވާހަކައެއް ނުދެއްކީސްކަން ކަށަވަރެވެ. މާޔާ ހަމަޖެހިލުމުގެ ނޭވައެއް ލަމުން މީހުންގެ ޕާރސަނަލް ކަންތަކާ ނުބެހޭށޭ ބުނެލީ ހެމުންނެވެ.

ހުކުރުން ފައިބައިގެން ފާއިޒު އައިއިރު މޭޒުމަތި ވަނީ އެކިވައްތަރުގެ ކާނާއިން ފުރިފައެވެ. އުފާވެރި މާހައުލެއްގައި އެންމެން ކެއީ އެކި ވާހަކަ ދައްކަމުންނެވެ. ކައި ނިމިގެން ސިޓިންރޫމުގެ ސޯފާތަކުގައި ހަމަޖެލައިގެން ތިއްބާ ފާއިޒު ދައްކަން ފެށި ވާހަކައަކުން މާޔާ މުޅިން މޫޑު ސަކަރާތްވިއެވެ. ” ދަރިފުޅާ. މިހާރު ކިޔަވާވެސް ނިމިފަ ތި ހުރީ. އުމުރު ދުވަހު މީހަކާ ނީދެ ނޫޅެވޭނެ އެއްނު. ބައްޕަމެން ބޭނުން ދަރިފުޅު މީހަކާ އިނދެގެން އުފަލުގަ އުޅޭތަން ދެކެން. ދަރިފުޅު ހިތްހަމަޖެހޭ މީހަކު ހުރިއްޔާ ބައްޕަމެން ކައިރީ އަވަހަށް ބުނޭ ” ފާއިޒު މާޔާގެ އަތުގައި ހިފައިގެން އިދެ ދެއްކި ވާހަކަ އަޑުއަހަން މާޔާ އިނީ އިސްޖަހާލައިގެންނެވެ. ބައްޕަ ކައިރީ އެއްޗެކޭ ބުނަން އިސްއުފުލާލި ވަގުތު މާއިޝާ އެއްޗެކޭ ބުނަން އަނގަ ހުޅުވިތަން ފެނިގެން މާޔާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. މާއިޝާ އަގަޔަށް ގޮތެއް ހަދާލަމުން މާޔާއަށް ބަލާލީ ހައިރާންވެފައެވެ. ލޯބިވާ މީހަކު ހުންނަ ވާހަކަ ސިއްރު ކުރަނީ ކޮންމެހެން ކީއްކުރަން ހެއްޔެވެ. ” ބައްޕާ. އަދި އަހަރެން ވަގުތު ބޭނުން. ” މާޔާ ބައްޕައަށް ބަލާލަމުން ބުނެލި ޖުމުލައިން ފާއިޒު ބޯޖަހާލީ ކުޑަކޮށް ހީލަމުންނެވެ. ” އޯކޭ. އެކަމަކު އުމުރު ދުވަހެއް ނޫން. ވީހާވެސް އަވަހަކަށް. މަންމަވެސް މިހާރު މުސްކުޅިމިވަނީ މާމަދަރިއަކު ނުލިބިހުއްޓާ ” މަލީހާވެސް ބައިވެރިވެލަމުން ހީލިއެވެ. މާޔާ ހިތްދަތިގޮތަކަށް އެންމެންގެ އުފާވެރި މޫނުތަކަށް ބަލާލަމުން ހީލީ ގަދަކަމުންނެވެ. ރޮވިދާނެތީ މާޔާ ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕާލަމުން ދޮރުގައި ބުރަކަށި ޖައްސާލީ ދެލޯ މަރާލަމުންނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ކޯތާފަތުން ތިރިއަށް ފައިބައިގެން ދިޔައެވެ.

ހަވީރު ވަގުތެވެ. މާޔާ ކޮޓަރިން ނުކުމެގެން ދަނިކޮށް މަންމަމެންގެ ކޮޓަރީ ދޮރު ހުޅުވާލާފަ ހުރިތަން ފެނިގެން ގޮސް ބޯ ދިއްކޮލިއެވެ. ގުރުއާން ކިޔަވަން އެދުގައި އިށީދެލައިގެން އިން މަލީހާއަށް މާޔާ ފެނިގެން ހިނިތުންވެލާފައި އަންނާށޭ ބުނެލިއެވެ. ” ބައްޕަ ނެތީތަ؟ ” މާޔާ އެދު ކޮޅުގައި އިށީންނަމުން ސުވާލުކޮށްލިއެވެ. މަލީހާ ބޯ ޖަހާލަމުން ރައްޓެއްސަކާ އެކީ ބޭރަށް ގޮއްސިއޭ ބުނެލިއެވެ. ” މަންމާ…” ކުރެހިފައިވާ އަޑަކުން މާޔާ ގޮވާލުމުން މަލީހާ ހާސްވެފައި އައިސް މާޔާގެ ކައިރީގައި އިށީދެލިއެވެ.  ” އަހަރެންގެ ހަގީގަތް އެގިއްޖެޔާ އެއްވެސް މީހަކު އަހަންނާ އިންނާނެތަ؟ ” ދެރަވެފައި މާޔާ ކޮށްލި ސުވާލުން މަލީހާ ހިތްދަތިވިއެވެ. މާޔާގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލާލަމުން މަލީހާ މާޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބައްދާލިއެވެ. ” ދަރިފުޅާ ވެދިޔަ ކަމެއްވީ. މަންމައަށް ޔަގީން ދަރިފުޅުގެ ހުރިހާ ހަގީގަތެއް އެގިގެންވެސް ދަރިފުޅާ އިންނާނެ މީހަކު ވާނެކަން. އެކަމާދޭތެރޭ ނުވިސްނާ! ” މަލީހާ މާޔާއަށް ވިސްނައިދިނީ ލޯބިންނެވެ. އޭރު މާޔާ ހޯދަން އައި ކިޔާން މައްޗަށް އަރާ މާޔާގެ ކޮޓަރިއަށް ދަނިކޮށް މަލީހާގެ ކޮޓަރިން މާޔާގެ އަޑުއިވިގެން ކޮޓަރިއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅު ހުއްޓުނީ މާޔާގެ ޖުމުލަ އަޑުއިވިގެންނެވެ. ހައިރާންކަމާއެކީ ކިޔާން ފާރާ ނިވާވެލީ އިތުރަށް ވާހަކައެއް އަޑުއިވޭތޯއެވެ. އެހެންނަމަވެސް ދެން ދެމީހުން ކުރެ އެކަކުވެސް އެއްޗެކޭ ނުކިޔައެވެ. ހިމޭންކަމުގެ ތެރެއިން އިވުނު މާޔާގެ ގިސްލުމުގެ އަޑުން ކިޔާން ދެރަވިއެވެ. މާޔާ އެ ދެއްކީ ކޮން ހަގީގަތެއްގެ ވާހަކައެއް ހެއްޔެވެ؟ މާޔާ އޭނައަށް ނުކިޔައިދެނީ ކީއްވެހެއްޔެވެ.

ކިޔާން ވިސްނުމަކަށް ގެއްލިފައި ހުއްޓާ މާޔާ ދަނީ އޭ ބުނި އަޑަށް އަވަހަށް ގޮސް މާޔާގެ ކޮޓަރިއަށް ދެމިގަތެވެ. މަޑުހިނގުމެއްގައި ކޮޓަރިއަށް އައި މާޔާއަށް ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރި ކިޔާން ފެނުމުން ކުޑަސިހުމެއް ލިބުނެވެ. ކިޔާން އެބުރުމުގެ ކުރިން އަވަހަށް މޫނު މަތި ރީތިކޮށްލާ ހިނިތުންވެލިއެވެ. ކިޔާން އެބުރިލަމުން ހެވިފައި ހުރި މާޔާ ފެނުމުން ހައިރާންވިއެވެ. މިއީ ދެންމެ ގިސްލަ ގިސްލާފަ ރުއި ކުއްޖާއެވެ. މާޔާގެ އެ ހަރަކާތުން އެކަނިވެސް ކިޔާނަށް މާޔާ އޭނައަށް އެ ވާހަކައެއް އެނގޭކަށް ބޭނުންނުވާކަން އެގުނެވެ. ކިޔާން ދެރަވިއެވެ. ކުޑައިރުއްސުރެން މާޔާގެ ހުރިހާ ސިއްރެއް އޭނައަށް އެގެއެވެ. ދެން މިއަދު މާޔާ އޭނައަށް ހުރިހާ ކަމެއް ސިއްރު ކުރަން އުޅެނީ ކީއްވެ ހެއްޔެވެ. ދެމީހުންގެ ދެމެދަށް އައި އަށް އަހަރުގެ ދުރުމިނުގެ ސަބަބުން ހެއްޔެވެ. ” ކިޔާން. ކޮން އިރަކު އައީ؟ ” މާޔާ ކިޔާން ކައިރިއަށް ހުއްޓިލަމުން ސުވާލުކޮށްލިއެވެ. ” ދެންމެ ” ކިޔާން ކުޑަކޮށް ހިނިތުންވެލަމުން މާޔާއަށް ބަލާލިއެވެ. ދިގު އެސްފިޔަތައް ހުރީ އަދިވެސް ކަރުނައިން ތެމިފައެވެ. ” ރޮއެފަތަ ތި ހުރީ؟ ހާދަ ރަތޭ ލޯ ” ކިޔާން ނޭގޭކަމަށް ހަދާލައިފައި ސުވާލުކޮށްލިއެވެ. ” ނޫން. އެއީ ބޭރުގަ އުޅެނިކޮށް ލޮލަށް އެއްޗެއް އެޅުނީ. އެހެންވެ ރަތް ވެފަ ” މާޔާ ހަމަޖެހިލަމުން ނިކަން ފަސޭހައިން ދޮގެއް ހަދާލިއެވެ. ކިޔާންގެ ހިތުގައި ސުވާލުތައް އިތުރު ވުން ނޫން ކަމެއް ނުވިއެވެ. ” މާޔާ އަހަންނަށް އެއްވެސް ކަމެއް ސިއްރުކުރަންތަ؟ ” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ކިޔާން ދުރު ބަލާލަމުން ކޮށްލި ސުވާލުން މާޔާ ސިހުނެވެ. ކިޔާން އެހެން އެ އެހީ ކީއްވެ ހެއްޔެވެ. އޭނައާ ދޭތެރޭ ޝައްކުވީ ހެއްޔެވެ. މާޔާ އެއްޗެކޭ ބުނަން އުޅުތަނާ ފޯން ރިންގް ވާ އަޑަށް މާޔާ ހިތާހިތުން ޝުކުރުކުރަމުން ގޮސް ބަލާލިއިރު ނިހާން ގުޅާތަން ފެނިގެން ފޫހިވިއެވެ. ކިޔާނަށް ބަލާލަމުން މާޔާ ފޯނު ނެގިއެވެ. ” ހިނގާބާ ދުއްވާލަން ދާން. ރެޑީވެގެން ގުޅާ. ދާނަށް ބަލާ. ” ނިހާން ބުނެލި ވާހަކައިން މާޔާ އިތުރަށް ފޫހިވިއެވެ. ނުދެވޭނެޔޭ ބުނަން އުޅެފަ ވެސް ކިޔާނަށް ބަލާލަމުން އޯކޭއޭ ބުނެލިއެވެ. ކިޔާން ކައިރީ އިތުރަށް ދޮގު ހެދުމަށް ވުރެ ކިޔާންގެ ކުރިމަތިން ދިޔުންވެސް މާ ރަނގަޅުވާނެއެވެ. ފޯނު އެދުމަތީ ބާއްވަމުން ތަނަކަށް ދާން ވެއްޖެއޭ މާޔާ ބުނެލިއެވެ. ކިޔާން ތިމަންނަ ގޮވައިގެން ހިނގާށޭ ބުނުމުން މާޔާ އަވަސް އަވަހަށް ނޫނެކޭ ބުނެލި ގޮތުން ހިތުގައި ސުވާލު އުފެދުނެވެ. ކިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުން މާޔާ ދެރަވެފައި ސޮރީ ބުނަމުން ކިޔާންއާއެކީ އެހެން ފަހަރަކު ދާނަމޭ ބުނެލިއެވެ. ކިޔާން ދެން އޯކޭއޭ ކިޔާލާފަ ދާން ހިނގައިގަތެވެ. މާޔާ ދެރަވެފައި ކިޔާން ދިޔަތަން ބަލަން ހުއްޓެވެ.

(ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ނަޖާ (ސޯޅަވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 15

Next
September 28, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 15

Previews
September 27, 2015

ނަޖާ (ސޯޅަވަނަ ބައި)

18 Comments!

  1. saarah says:
    September 27, 2015 at 11:31 pm

    next part on tuesday inshaallah. 🙂 hope you all will like this part too 🙂

  2. neha says:
    September 27, 2015 at 11:36 pm

    Nihaan gandu maraala

    1. saarah says:
      September 27, 2015 at 11:59 pm

      hehhe. maraalanv dhw.

  3. sofoo says:
    September 27, 2015 at 11:49 pm

    Vara salhi

    1. saarah says:
      September 27, 2015 at 11:59 pm

      thank you sofoo 🙂

  4. farey says:
    September 28, 2015 at 12:08 am

    Varah reethi

  5. Raanee says:
    September 28, 2015 at 7:25 am

    vaahaka vv salhi dhen e nihan gandah landeh dheebala

  6. 4f!4h says:
    September 28, 2015 at 10:18 am

    Nihan ah gotheh hadhan eba jehey. ekam gotheh hadhan hiyaaleh libeyny maayaa ge thi hageegatheh engigen. nihan aa maayaa ge maazee eh vaahen eba heevey. ehen noony nihan maayaa blackmale eh nukuraane dho. maayaa ah ves eyna buni haa gotheh hedhigen hunnaakah nujheyne dho ehen noon nama…. nice story. waiting for nxt prt!

  7. marry says:
    September 28, 2015 at 12:31 pm

    Saarah! Vaahaka varah reethi ekam ebahuri mistake
    Kotari jahan v thankah “koohtari

  8. shaz says:
    September 28, 2015 at 5:29 pm

    waiting for the next part… v foohi vey mi nihaan dheke…

  9. shaa says:
    September 28, 2015 at 9:15 pm

    nice … waitin fast… suspense.. 🙂

  10. Crazi says:
    September 28, 2015 at 9:40 pm

    Nihaan dhuvas dhuvaalaa..lahka dhuvahu maayaa veynuga ulhefiye nun

  11. Shau says:
    September 29, 2015 at 1:24 am

    Who is this Nihan? God I hate him… Seriously Sarah do something abt him I jxt dnt like his attitude … Bt kiyan nd Maya as a couple hama vrh habeys vaane! 🙂 vrh reethi mi part vx.. So waiting for Tuesday! 😀

  12. Pearl says:
    September 29, 2015 at 1:20 pm

    Mi nihaan mee kaakutha?

  13. Suha says:
    September 29, 2015 at 3:56 pm

    V v reethi mi part ves

  14. shaz says:
    September 29, 2015 at 8:48 pm

    today is tuesday…..
    kobaa tha aneh bai….

  15. 4f!4h says:
    September 29, 2015 at 8:54 pm

    next year ge mi tuesday ga kanneynge up vaa varu vaany. ehaa inthizaaru kuruvaakah nuvaane ennu. iru iru kolhaa eba balan up veytho. nuvaathy inthihaa sad

  16. saarah says:
    September 30, 2015 at 12:16 am

    Hey guys. Really sorry i coudnt upload the story today. I was really busy. Hope you would understand. And i will upload the story tumrw. Insha allah. 🙂 good night. 🙂

Comments are closed.

Next Episodeއިންތިޒާރު ( އެގާރަ ވަނަ ބައި )←


All Right Reserved!