Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޮޔާ (ފަހުބައި)

Reems Level 110 Stories
October 25, 2015 4 Mins Read
18 Comments

އަނޫޝްގެ މޭމަތީ ފައިހާ ބޯއަޅާލައިގެން އޮވެ ރީތި ރޭގަނޑުގެ މަސްތީ މާއަހުލަށް ގެއްލި މާފޮޅުވާ ދެމީހުން އެކަކު އަނެކަކަށް ކުދިކުދި ގޯނާކުރަމުން ގޮސް ލޯބީގެ ދާނެއްގައި ދެމީހުން ގެނބެމުންގޮސް ނިދުން އިރު ފަތިސް ވަނީއެވެ. ދެމީހުން ގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ދިމާވެފައިވާ ހާލު ހަދާނުގައި ނެތްފަދައެވެ.

…………………………………………………………………………………………………………………….

އާ ދުވަހަކަށް އިރުއަރައިގެން އައިސް ގަދައަށް އަވި ދޭން ފެށިއިރުވެސް ފައިހާއާއި އަނޫޝް ތިބީ ނިދާފައެވެ. އަނޫޝްއަށް ހޭލެވުނީ ފެންބޮވައިގަނެވެ. އަވަސް އަވަހަށް ތެދުވެ ބަލާލިއިރު ފައިހާ ވަރަށް އަރާމުކޮށް ނިދާލާފައި އޮތެވެ. ފައިހާގެ މޫނަށް އަވި އަރާފައި އޮތުމުން ޖިފުޓި ސާފުކޮށް އެރޭ ނިދުމަށް ޖިފުޓިއަށް ބަދަލުވާން އަނޫޝް ގަސްދުކުރިއެވެ.

ގޮނޑުދޮށަށް ފައިބާ، ވެލިން ދަތް އުނގުޅާލައިގެން އެއްގަމަށް އެރިއިރު ފައިހާ ވެސް ހޭލައިފިއެވެ. ފައިހާ އަންނަންވާއިރަށް ކުރުނބައެއް ހަދާފައި ކާނެ އެއްޗެއް ހޯދުމަށް މަސައްކަތްކުރުމަށް އަނޫޝް ނިންމިއެވެ. ރަށުތެރެއަށް އަރައިގެން ދަނިކޮށް ގަސްތައްތަކުގެ ތެރެއިން ދެ ޓާރކީ ފެނުންހެން ހީވެގެން އެދިމާލަށް މަޑު މަޑުން ދާންފެށިއެވެ. އަނޫޝް ވަރަށް މަސައްކަތްކޮށްގެން ވެސް އެކަން ވާގޮތެއް ނުވުމުން އަނބުރާ ފައިހާ ގާތަށް ދިޔައެވެ.

އަނޫޝްގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަން ހުރުމުން ފައިހާ އަހާލިއެވެ.

“ކިހިނެއްވީ، ކޮންކަމަކާ އަޕްސެޓްވެފަ”

“ފައި އަހަރުމެނަށް އަބަދު މިހެން ނޫޅެވޭދޯ. މިރަށުގައި ނެތް ކާނެ އެއްޗެއް ވެސް. އަހަރުމެން ހޯދަން އަދިވެސް ބަޔަކު ނޫޅެނީބާ؟ ” އަނޫޝް ބިންމަތީ އިށީންނަމުން ބުނެލިއެވެ.

“އަހަރުމެން މިރަށުގައި ތިއްބަސް ނޭނގޭނެދޯ. ހިނގާ އަލިފާންގަނޑު ރޯކުރަން . ދުންއަރަންޏާ ވެސް ބަޔަކު މިދިމާލަށް އަތުވެދާނެއެންނު” އަނޫޝްގެ މޮޅިވެފައިވާތީ ފައިހާ ހިތްވަރުދޭން މަސައްކަތްކުރަމުން ދިޔައެވެ. އަދި އަލިފާން ރޯކުރުމަށް ހޯލިކޮޅުތަކާއި ހިކި ފަތާއި އެއްޗެތި އެއްކޮށްގެން ގެނެސް ދިނެވެ.

އަނޫޝްއާއި ފައިހާގެ މަސައްކަތުން ބޮޑު އަލިފާންގަޑެއް ރޯކުރުމަށް ފަހު ދެމީހުން ވެސް އަނެއްކާ މަސައްކަތްފެށީ ޓާރކީ އަތުލެވޭތޯ ބެލުމަށެވެ. ދެމީހުން އެކުގައި ވަރަށް ގިނަ އިރު މަސައްކަތްކުރަމުން ގޮސް ޓާރކީ ލަވަމުން ލަވަމުން ގެނެސް ޖިފުޓި ގަނޑު ތެރެއަށް ވައްދާ އޭތި ހިފިއެވެ.

ވަރަށް މަސައްކަތުން ޓާރކީ ކަތިލުމަށްފަހު ނޮޅާ ސާފުކުރުމަށްފަހު މޫދުލޮނުގައި އިރުކޮޅަކު ބަހައްޓާލިއެވެ. އަދި ފަނަކުން މަސްފިހާ ވައްތަރުގެ އޫ ތަކެއް ހެދުމަށްފަހު ޓާރކީގެ ބައިތައް ފިހަން އަލިފާންގަނޑު ތެރެއަށް ލިއެވެ. މަސްތައް ފިހެވެމުން ދިޔައިރު މުޅިތަން އޭގެ މީރުވަހުން އެއްވަސްކޮށްލާފައިވެއެވެ.

މެންދުރުގެ ކެއުމަށް ތައްޔާރުކުރުމަށް އެންމެ ފަހަށް އޮތް ދެކުރުނބާ ހެދުމަށްފަހު ވަރަށް ހަމަޖެހިލައިގެން ތިބެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ދެމީހުން ވެސް ރަނގަޅަށް ބަނޑުފުރެންދެން ކެއުމަށްފަހު ބާކީ ހުރި މަސްތައް ރައްކާކުރިއެވެ. އެއީ ވަރަށް ބޮޑު ޓާރކީއަކަށް ވާތީ ބާކީ ވަރަށް ގިނަ މަސް ހުއްޓެވެ. ކުރިއަށްއޮތް ދެތިން ދުވަހަށް އޭގެން ހިފަހައްޓާލެވޭ ވަރުވާނެ ކަމަށް އަނޫޝް ފައިހާ ގާތު ބުނެލިއެވެ.

މެންދުރުގެ ބާކީ އޮތްބައި ފައިހާއާއި އަނޫޝް ހޭދަކުރީ ޖިފުޓި ގަނޑު ސާފުކުރުމުގައެވެ. އެތަނުގެ ތެރޭގައި ހުރި ކުނި ބުނި ނެރުމަށްފަހު މުޅިތަނަށް ދޮންވެލިލާ ރީތިކޮށްލިއެވެ. ހަވީރު ވުމުން އަނޫޝް މިސްރާބުޖެހީ އަނެއްކާ ވެސް ރުކަށް އަރާ ކުރުނބާ އަޅާށެވެ. ފައިހާ ވެސް އަނޫޝްގެ ފަހަތުން ހިނގައިގަތީ އެނބޫކޮޅެއް ލިބޭތޯ ބަލާށެވެ. އަނޫޝް ވަރަށް ހާލުން ރުކަށް އެރުމުން ފައިހާ ގަސްތައް ތެރެއަށް ވަދެ އެނބޫ ގަސް ހުރި ދިމާލަށް މިސްރާބުޖެހިއެވެ.

ފައިހާ އެނބޫ ބިނުމުގެ މަސައްކަތުގައި އަވަދި ނެތި އުޅެނިކޮށް އަނޫޝް ކުރުނބާ އަޅާ އަޑުއިވެންފެށިއެވެ. އަނޫޝް ހާދަ މޮޅޭ ހިތައްއަރުވާލާފައި ފައިހާ ހިނިތުންވެލިއެވެ. ފައިހާއަށް ލިބިފައި މިވަނީ ރަނެއް ކަހަލަ ފިރިއެކެވެ. ވަގުތާއި ހާލަތުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ބުރޫ އަރާފައިވީ ނަމަވެސް އަނޫޝް އަބަދު ވެސް ފައިހާ ދެކެ އިންތިހާއަށް ލޯބިވާކަން ފައިހާއަށް އެނގެއެވެ.

ފައިހާ ހިތްހަމަ ޖެހޭ ވަރަށް އެނބޫ ބިދެވުމުން އަނޫޝް ހުރި ހިސާބަށް ދިއުމަށް ހިނގައިގަތެވެ. އެ ހިސާބަށް ދެވުމާއިއެކު ފައިހާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވިއެވެ. އަނޫޝް އޮތީ ރުއްދޮށަށް ވެއްޓިފައެވެ. ފައިހާ ކައިރިއަށް ގޮސް ބެލިއިރު އަނޫޝްގެ ހޭވެރިކަމެއް ނެތެވެ. އަދި ނިތްމަތިން ލޭ އައިސްފައި ހުރިތަން ފެނުނެވެ. ފައިހާ ދުވެފައި ގޮސް ފުޅިބުރިއަކަށް ފެންއަޅައިގެން އައިސް އަނޫޝްގެ މޫނުގައި ފެންއުގުޅަމުން ދަނިކޮށް އަނޫޝް ހޭއެރިއެވެ.

މުޅިގައިގާ ވޭން އަޅަމުން ދިޔަ ނަމަވެސް އަނޫޝް ތެދުވަން އުޅެން ފެށުމުން ފައިހާ ތެދުވު އަތްދިއްކޮށްލިއެވެ. ފައިހާގެ އަތުގައި ހިފާ ތެދުވަން މަސައްކަތްކުރި ގޮތަށް އިވިގެން ދިޔައީ އަނޫޝްގެ ވޭނީ ހަޅޭކުގެ އަޑެވެ. އަދި އަނެއްކާވެސް ބިންމައްޗަށް ވެއްޓިގަތެވެ. ފައިހާއަށް ހަދާނެގޮތް ހުސްވެ ރޮވެމުން ދިޔައެވެ. އަނޫޝް ފައިގެ ފަލަމަސް ގަނޑުގައި އަތްއަޅައިގެން އިނެވެ. ޔަގީނުން ވެސް އަނޫޝްގެ ފަޔަށް ބޮޑު ގެއްލުމެއް ވެއްޖެއެވެ.

“އަނޫ ފަޔަށްތަ ތަދުވަނީ” ފައިހާ ރޮމުން ރޮމުން ބުނެލިއެވެ.

“ހޫމް” އަނޫޝްއަށް އަޅަމުންދާ ވޭނާއިއެކު ބުނެލިއެވެ. ފައިހާ ހާސްވެދާނެތީ ވޭނަށް ކެތްކުރަން މަސައްކަތްކުރަމުން ދިޔަނަމެވެސް އެކަން ވީ ބޭކާރުކަމަކަށެވެ. ފައި ގުޑުވާލެވޭ ގޮތުން ވެސް އަނޫޝްގެ ހެއަށް ގޮތްވަމުން ދިޔައެވެ.

އެތަނުގައި ކިތައްމެ ގިނަ އިރަކު ތިއްބަސް ކުރެވޭނެ ކަމެއް ނޯންނާނެތީ ފައިހާގެ އެހީއާއި އެކު ވަރަށް މަސައްކަތުން އަނޫޝް ތެދުވެ ފައިހާގެ ގައިގާ ހިފަހައްޓައިގެން ތަދުވާ ފައި ނުޖައްސާ ކޮރަމުން ކަހަލަ ގޮތަކަށް ޖިފުޓިގަނޑު ކައިރިއަށް ދިޔައެވެ. އެހިސާބަށް ދެވުނުއިރު އިރު އޮށްސެނީއެވެ. ރޯކޮށްފައި ހުއި އަލިފާންގަނޑު ނިވެމުންދާތީ ފައިހާ މަސައްކަތްކުރަމުން ދިޔައީ އަލިފާންގަނޑު ބޮޑަށް ރޯކުރެވޭތޯއެވެ. އަނޫޝްއާއި ދިމާލަށް ބަލާލުމުގެ ހިތްވަރެއްވެސް ފައިހާއަށް ނުލިބުނެވެ. އަނެއްކާ ވެސް ފައިހާގެ އަމިއްލަ ނަފްސް ކުއްވެރިކުރެވެން ފެށިއެވެ.

އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން ދަމުންގޮސް އަނޫޝްއަށް އޮތީ ނިދިފައެވެ. އަނޫޝްގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން ފައިހާއަށް ވެސް ރޮމުން ރޮމުން ގޮސް ނިދުނެވެ.

 

9 މަސް ފަސް

ފައިހާ ލޯ ހުޅުވާލިއިރު އަނޫޝް ފައިހާ ގެ އެނދުގެ ބޯލާކޮޅުގައި ހުއްޓެވެ. ލޯބިން ފުރިގެންވާ ނަޒަރަކުން ފައިހާއާއި ދިމާލަށް ބަލަމުން ދިޔަތަން ފެނުމުން ފައިހާ ހިނިތުންވެލިއެވެ. އެކަކު އެނެކަކުގެ މޫނަށް ބަލަން ތިބިއިރު މީގެ އަށް މަސްކުރިން ދެމީހުންގެ ދިރިއުޅުމުގައި ދިމާވި ހާދިސާ މިހާރު ހަދާންހުރިހެން ހީވެސްނުވެއެވެ. އަނޫޝް އައިސް ފައިހާގެ އެނދުކައިރީ އިން ގޮނޑިއެއްގައި އިށީންދެ ފައިހާ އަތުގައި ހިފާލިއެވެ.

މުޅިކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަން ކަނޑުވާލީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ދެމީހުންނަށް ވެސް ބަލައިލެވުނީ އެނދާއި މާ ދުރުނޫން ހިސާބެއްގައި ހުރި ކުޑަ އެދަށެވެ. އެ އެނދުގައި އޮތް ފައިހާ އާއި އަނޫޝްގެ 1 ދުވަސްވީ ކުޑަ ކުޑަ ދަރިފުޅަށް ހޭލެވިގެން ރޮވެނީއެވެ. އަނޫޝް އެނދުކަރިއަށްގޮސް ދަރިފުޅު ނަގާ މެޔާލާ ބޮނޑިކޮށްލިއެވެ.  އަނޫޝްގެ ހިނގުމުގައި އަދިވެސް އައިބު ކަމެއް ހުންނަކަން ފައިހާއަށް ފާހަގަކުރެވުނެވެ.

އަނޫޝް ދަރިފުޅު އުރާލައިގެން ގެނެސް ފައިހާ ގާތު ބޭއްވުމުން ދަރިފުޅަށް ގާތުން ދިނުމަށް އަވަސްވެލިއެވެ. އަނޫޝްވެސް އެދެމައިން ކައިރީގައި އިށީންދެލައިގެން އިނެވެ. އަނޫޝްއާއި ފައިހާގެ ހަޔާތަށް ބަހާރު މޫސުމްއައިސްފައިވާ ފަދައެވެ. ކައިވެންޏަށް އަށް އަހަރުވެފައިވާއިރު ދެމީހުނަށް ދަރިއަކުނުލިބުމުގެ ސަބަބުން ދެމީހުން ދޭތެރޭ މައްސަލަ ޖެހެމުން ގޮސް ކައިވެނި ރޫޅެން ކައިރިވެފައި އޮއްވާ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ދެވަނަ ހަނީމޫނެއް ހޭދަކޮށްލުމަށްޓަކއި ޔޮޓެއްގައި ފެއްޓި ދަތުރަށް ފަހުގައެވެ.

އެ ދަތުރުގައި ދިމާވި ހިތާމަވެރި ހާދިސާގައި ފައިހާ އާއި އަނޫޝް މޫދަށް ވެއްޓި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ގެއްލުނުތާ ދެ ދުވަސް ފަހުން ކ އަތޮޅު ކަގި ކިޔާ ފަޅުރަށެއްގައި ތިއްބައެވެ. އެމީހުން ފެނުނުއިރު އަނޫޝް އޮތީ ރުކަކުން ވެއްޓި ފައި ބިންދައިގެން ގޮސްފައެވެ. އަދި ފައިހާއަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

ފައިހާއާއި އަނޫޝް މާލެ އައުމަށްފަހު ލިބިފައިވާ ގެއްލުންތަކަށް ބޭސްކުރަމުން ދިއައެވެ. އެހާދިސާ ހިނގިތާ މަސްދުވަހެއް ފަހުން ފައިހާ ވަރަށް ބޮޑަށް ބަލިވެ ޑޮކްޓަރަށް ދެއްކުމުން ދެމަފިރިންނަށް ލިބުނީ ވަރަށް އުފާވެރި ޚަބަރެކެވެ. ކައިވެންޏަށް އަށް އަހަރުފަހުން ދެމީހުނަށް ދަރިއަކު ލިބެނީއެވެ. އާނއެކެވެ. ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ވިޔަސް ދެމީހުނަށް އެކުގައި ލޯބީގެ ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބުމުގެ ސަބަބުން އުއްމީދު ކަނޑާލާފައިވާ ދަރިއަކު ލިބުމުގެ ހުވަފެން ހަގީގަކަށް ވީއެވެ. ފައިހާ އާއި އަނޫޝްކުރި އެ ދަތުރުވެގެން ދިޔައީ އެދަމަފިރިންގެ އޮޔާދަމުންދިޔަ ކައިވެނި ހަރުދަނާވެ އެކަކު އަނެކަކު ދަސްކުރަން ލިބުނު ފުރުޞަތަކަށެވެ.

(ނިމުނީ)

 

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

ހިޖުރަ (އެކާޅީސްވަނަ ބައި)

Next

އިންތިޒާރު ( 22 )

Next
October 25, 2015

އިންތިޒާރު ( 22 )

Previews
October 24, 2015

ހިޖުރަ (އެކާޅީސްވަނަ ބައި)

18 Comments!

  1. nanni says:
    October 25, 2015 at 9:01 am

    v obi vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi

    1. Reems says:
      October 25, 2015 at 10:27 am

      Thanku Nanni

  2. zeesha says:
    October 25, 2015 at 10:06 am

    v salhi

    1. Reems says:
      October 25, 2015 at 11:09 am

      Thank u zeesha

  3. minnu says:
    October 25, 2015 at 10:11 am

    nice 🙂

    1. Reems says:
      October 25, 2015 at 10:28 am

      Thank u Minnu

  4. Shabee says:
    October 25, 2015 at 3:19 pm

    heeheeheee vrh habeys vaahaka eh 😛 adhi genesdhehchey vaahaka eh….wish u all da bst 😉

    1. Reems says:
      October 25, 2015 at 4:26 pm

      Thank u.. insha allah v avahah new short story eh upload kollanan…thnks for reading

  5. asly says:
    October 25, 2015 at 5:01 pm

    Maldives ga Turkey ulhetha

    1. Reems says:
      October 25, 2015 at 7:07 pm

      Yes gengulhey…

  6. Agoo says:
    October 25, 2015 at 6:19 pm

    Vara salhi

    1. Reems says:
      October 25, 2015 at 7:08 pm

      Thanks

  7. Angel says:
    October 25, 2015 at 7:58 pm

    Kagi has rooms and toilets and a kitchen, they dont have turkey there. and dats island ga meehun ves ulhey island balahataa.

  8. Angel says:
    October 25, 2015 at 7:59 pm

    Kagi has rooms and toilets and a kitchen, they dont have turkey there. and dat island ga meehun ves ulhey island balahataa.

  9. Angel says:
    October 25, 2015 at 8:02 pm

    but ur story was very nice inegy 🙂

    1. Reems says:
      October 25, 2015 at 9:23 pm

      I went to kagi v long ago.. arnd 1999…den there was only a jifuti n yh turkeys too..

  10. Angel says:
    October 25, 2015 at 11:21 pm

    ooh!! no hard feeling, i went very lately, they have build that place cause guests also visit there now!!

    nice story 🙂

  11. Anonymous says:
    December 1, 2015 at 4:13 pm

    d

Comments are closed.



All Right Reserved!