Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (އެކާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 24, 2015 8 Mins Read
56 Comments

“އަހުމަދު މިޞްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޔޫނުސް ފެނިފައި ޒާހިޔާއަށް ހިނިތުންވެލެވުނު ވަގުތު މިޞްބާޙްގެ ނިތަށް ރޫއެރިއެވެ.

 

“މިއީ ކާކުތަ މަންމާ؟” މިޞްބާޙަށް ޒާހިޔާއާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ.

 

“މިއީ ޔޫނުސް. ރޭ މިޞްބާޙް ހޮސްޕިޓަލަށް ގެންނަން އެހީވެދިނީ މި ބޭބެ. މިޞްބާޙަށްޓަކައި ލޭ ހަދިޔާކޮށްދިނީ ވެސް މި ބޭބެ.” ޒާހިޔާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ގާތަށް އަންނަމުން ދިޔަ ޔޫނުސް ވާހަކަ ދެއްކިއެވެ.

 

“ޝްޝްޝް……ތިއީ ދައްކާ ވާހަކަތަކެއްނޫން.” ޔޫނުސް އެނދުގެ ކައިރީގައި ހުއްޓިލަމުން އެހެން ބުނެލި ގޮތުން މިޞްބާޙާއި ޒާހިޔާއަށް ވެސް ހީލެވުނެވެ. ޔޫނުސް ވެސް ލުއި ހީލުމަކާއެކީ މިޞްބާޙްގެ ކޮނޑުގައި އެއްއަތް އެޅިއެވެ.

 

“މިހާރު ކިހިނެއްތަ؟” ޔޫނުސް މަޑުމައިތިރި އަޑަކުން އަހާލިއެވެ.

 

“ރަނގަޅު ފުދޭވަރަކަށް، އަލްޙަމްދުލި ﷲ. ބޭބެ ކެމެރާ ހިފައިގެން ތި އައީ ކީއްކުރަން؟ އަހަރެން ބޭބެ ދުށް ހަނދާނެއްވޭ.” މިޞްބާޙް ހިނިތުންވުމަކާއެކީ ބުންޏެވެ. މިޞްބާޙް ވާހަކަ ދެއްކިގޮތުން އޭނައަކީ ހީކުރިވަރަށް ވުރެވެސް ރަނގަޅު ކުއްޖެކޭ ޔޫނުސްގެ ހިތަށްއެރިއެވެ.

 

“ހެހެ……އެއްރަށެއްގަ އުޅެންޏާ މަގުމަތިން ވެސް ފެނިފަ ހުރެދާނެތާ. ދެން ފެންނާނީ ރާއްޖެ ޕްރެސްގައި ހުންނަ ކުދި ކުދި ފޮޓޯތަކުން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ޒާހިޔާއާއި މިޞްބާޙްގެ މޫނުމައްޗަށް ވެސް އުޖާލާކަމެއް ވެރިވިއެވެ.

 

“ވާވް! މި ދުވަސްކޮޅު އެންމެ މަޝްހޫރު ނޫހުގެ ނޫސްވެރިއަކު އަހަރެންގެ އިންޓަވިއުއެއް ނަގަން އައީ އަހަރެން މާ މަޝްހޫރުވީމަތަ؟” މިޞްބާޙް އުފާވާން ނޭނގިފައި ހިސާބަކަށް ޙައިރާންވެހުރެ އަހާލިއެވެ.

 

“ތިއީ ނޫސްވެރިޔެއްވިއްޔާ ކީއްވެ ރޭގަ ކެމެރާ ހިފައިގެން ނައީ؟” ޔޫނުސްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޒާހިޔާ ސުވާލުކުރިއެވެ.

 

“އަހަރެން ރޭ އައީ ނޫސްވެރިއެއްގެ ގޮތުގައެއްނޫން. އަހަރެންގެ ކޮއްކޮއެއްގެ ބޭބެއެއްގެ ގޮތުގަ. މިޞްބާޙް އޮތްގޮތް ފެނިފަ އަސްލު ފޮޓޯ ނަގަން ހަނދާންވެސް ނެތުނީ……މިޞްބާޙް. ތިއީ މަޝްހޫރު ކުއްޖެއް ނޫންތަ؟ މަޝްހޫރުވީމައެއްނު ރޭ ޖަލްސާގަ މީހަކު އައިސް މިޞްބާޙްގެ ވާހަކަ ދެއްކީމަ އެ ޚަބަރު ސިކުންތުކޮޅެއްގެ ތެރޭގަ ފެތުރިގެން ދިޔައީ؟” ޔޫނުސްގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ޔޫނުސްގެ ވާހަކައިން ޒާހިޔާ އިސްޖަހާލިއިރު މިޞްބާޙްގެ ހަނދާނަށް އައީ އޭނަގެ ބައްޕަ ދެއްކި ވާހަކައެކެވެ. އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔޫނުސްއަށް ބަލާލިއެވެ.

 

“ބޭބޭ، ކާކުތަ އެ ވާހަކަ ޖަލްސާގަ ދެއްކީ؟” މިޞްބާޙް އަހާލިއެވެ. ޔޫނުސް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އަފްރީންގެ ބައްޕަ.” ޔޫނުސް ދިން ޖަވާބުން މިޞްބާޙްގެ ދެލޯ ބޮޑުވިއެވެ. އޭނަގެ ހަނދާނަށް އައީ އެރޭ އަފްރީންގެ ބައްޕަ ކޮޓަރިއަށް އައިސް ވާހަކަ ދެއްކި ގޮތެވެ. އަފްރީންގެ ބައްޕަ އޭރުވެސް ރުޅި އައިސްފައި ހުރިކަން އެނގުނެއްކަމަކު ރުޅި އައީ އެހާވަރަކަށްކަން މިޞްބާޙް ނުދެނެ ހުއްޓެވެ.

 

“އަފްރީންގެ ބައްޕަ ގޮއްސަ ބުނީ ތިމަންނަ މިއައީ މިޞްބާޙާއިއެކީ އެއްކޮޓަރިއެއްގަ ހުރި އަންހެން ކުއްޖަކު ސަލާމަތް ކޮށްފައޭ. ގާތްގަނޑަކަށް ހުރިހާ ނޫހެއްގަ ވެސް މި ޚަބަރު ޖަހާފައިވަނީ. މީހުން މިޞްބާޙާއިމެދު އެކި ވާހަކަތައް އެބަ ދައްކާ.” ޔޫނުސްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ޒާހިޔާ ވާހަކަ ދެއްކިއެވެ.

 

“އެމީހުން ނުޖެހޭނެ ޙަޤީޤަތް ނުބަލާ މަގޭ މިޞްބާޙާއިމެދު ވާހަކަ ލިޔާކަށް. މިޞްބާޙް ނުކުރޭ އެއްވެސް ކަމެއް!” ޒާހިޔާގެ އަޑު ހަރުވިއެވެ. އެވަގުތު މިޞްބާޙް އިނީ އެއްޗެކޭ ބުނަން ބޭނުން ނުވެފައި ދެރަ މޫނަކާއެކީ އިސްޖެހިފައެވެ.

 

“އެނގޭ. އަފްރީންއަކީ އަހަރެންގެ އަންހެނުންގެ ކޮއްކޮ. އަފްރީންގެ ބައްޕަ ގޭގެ އެންމެނަށް ކިޔައިދިން ފެނުނު މަންޒަރުތައް. ބައްޕަ މިޞްބާޙާއިމެދު ގޯސްކޮށް ވާހަކަ ދެއްކިޔަސް އަފްރީން ބުނަނީ މިޞްބާޙް އެއްވެސް ކަމެއް ނުކުރެއޭ. އަފްރީން އެހެން ބުނަނީ މީހަކު މަޖުބޫރުކޮށްގެންނޭ ވެސް ބުނެވޭކަށްނެތް. އަފްރީން އަހަރެންގެ އަންހެނުން ކައިރިން މިޞްބާޙް ކިހިނެއްތޯ ވެސް އެހި. މިޞްބާޙަކީ އަފްރީނަށް ބިރުދައްކާ މީހަކަށްވިނަމަ އަފްރީން މިޞްބާޙްގެ ޙާލު ނުބެލީސް ކަންނޭނގެ.” ޔޫނުސް ޒާހިޔާއަށް ބަލަންހުރެ ދައްކަމުން ދިޔަ ވާހަކަ ނިމުނުއިރު މިޞްބާޙަށް އިނދެވުނީ ފެންކަޅިވެފައިވާ ދެލޮލާއެކީ ޔޫނުސްއަށް ބަލަހައްޓައިގެންނެވެ. އަފްރީން އޭނަގެ ޙާލު ބަލަން އުޅޭކަން އެނގުމުން ހިތަށް ލިބުނު އުފަލާއެކީ އެ ހިތުގައި ރިހުމެއް ވެސް އުފެދުނެވެ. އަފްރީން މިވަގުތު އޭނަގެ ގާތުގައި ނެތީތީވެއެވެ. އޭނަ އަފްރީން ދެކެން ބޭނުންވިއެވެ. އޭނަ ރަނގަޅުކަމަށް އަފްރީންގާތު އަމިއްލައަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެއީ ކައިރި މުސްތަޤްބަލެއްގައި ކުރެވޭނެ ކަމެއް ނޫންކަން އެނގުންވުމުން މިޞްބާޙްގެ ހިތުގައި ވި ރިހުން ތޫނުވިއެވެ.

 

“އަހަރެން އަދި މި ޚަބަރާއި ބެހޭގޮތުން އަހަރުމެންގެ ނޫހުގަ އެއްވެސް އެއްޗެއް ނުލިޔަން. ގިނަ މީހުން އަދިވެސް މިޞްބާޙްގެ ބޮލުގައި އެޅުވޭ އިލްޒާމްތައް ޤަބޫލު ނުކޮށް ތިބީ އަދި އަހަރުމެންގެ ނޫހުން އެ ވާހަކަ ނުފެންނާތީ. އެއީ މިއަދު އެންމެ ގިނަ މީހުންގެ އިތުބާރު ލިބިފައިވާ ނޫހަކީ އަހަރުމެންގެ ނޫސް ކަމަށްވާތީ. ޢާއްމުގޮތެއްގަ މިކަހަލަ ސިއްރުވެރި ގޮތަކަށް ހިނގާ ކަންތައްތަކުގެ ވާހަކަ އަހަރުމެން ނުލިޔަން. އެކަމަކު މިޞްބާޙްގެ ނަމާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް ހުއްޓުވުމަށްޓަކައި މިކަން ކުރުން މުހިއްމު ކަމުގައި ދެކޭތީ އަހަރެން މިއައީ. މިޞްބާޙް…….ބޭބެ މިޞްބާޙާއި ސުވާލުކުރާނަން ބޭބެއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދާފަ. މިޞްބާޙް އެ ހުރިހާ ސުވާލަކަށް ތެދުތެދަށް ޖަވާބުދޭންވީ އިނގޭ؟” ޔޫނުސް އޭނަގެ ކަރުގައި އޮތް ކެމެރާ ނަގައި އެނދުމަތީގައި ބާއްވަމުން ރެކޯޑަރު ޖައްސަން ތައްޔާރުވިއެވެ. މިޞްބާޙް ޔޫނުސްއަށް ބަލަން އިނދެފައި މަޑުމަޑުން ބޯޖަހާލިއެވެ. ޒާހިޔާއަށް ލިބުނު ހިތްހަމަޖެހުމާއެކީ އަވަސްއަވަހަށް ޔޫނުސްއަށް އެތާ ކައިރީގައި ހުރި ގޮނޑި ދެއްކިއެވެ. ޔޫނުސް އެ ގޮނޑީގައި އިށީނދެ ރެކޯޑަރު ޖައްސާލަމުން މިޞްބާޙާއި ދިމާލަށް އޭތި ދިއްކޮށްލިއެވެ.

 

“މިޞްބާޙް……ރޭގެ ޖަލްސާގަ ކޮންމެވެސް މީހަކު މިޞްބާޙް އަންހެން ކުއްޖަކާއެކީ ހުރި ވާހަކަ ބުނި. އެއީ ތެދެއްތަ؟” ޔޫނުސް ސުވާލުކުރިއެވެ.

 

“ތެދެއް.” މިޞްބާޙް ސީދަލަށް ޖަވާބުދިނެވެ.

 

“އެ އަންހެން ކުއްޖާއާއި މިޞްބާޙާއި ދެމެދު އޮތީ ކޮން ގުޅުމެއް؟” ޔޫނުސް ހިސާބެއްގެ ޖެހިލުންވުމަކާއެކީ އަހާލިއެވެ. އެ ސުވާލުން މިޞްބާޙް ކުޑަކޮށް ހުއްޓުން އެރިއެވެ. އަފްރީނަކީ އޭނަގެ ކާކުތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އިރުކޮޅެއްގެ ވިސްނުމަށްފަހު އޭނަ ފުން ނޭވައެއް ދޫކޮށްލަމުން އެއްދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.

 

“އެކުއްޖާއަކީ އަހަންނާ އެކީގަ ކިޔަވާ ކުއްޖެއް. އަހަރެން މިރަށަށް އައީ އަހަރެންގެ އެކުވެރިއެއްގެ އެދުމުގެ މަތިން އެކުއްޖާއަށް ލަނޑެއްދޭންވެގެން. އެކުއްޖާ ބަދުނާމު ކުރަން ވެގެން އަހަރެން އައީ. އެކަމަކު އެކަން ނުކުރެވެނީސް ﷲ ގެ އިރާދަފުޅުން އަހަރެންގެ ލޯ ހުޅުވިއްޖެ. އެނގިއްޖެ އަހަންނާއި އަހަރެންގެ އެކުވެރިޔާ ރޭވި ރޭވުމަކީ ރަނގަޅު ރޭވުމެއް ނޫންކަން. ﷲ ހުރިހާ އިންސާނުން މާތް ކުރައްވާފައިވީއިރު އަހަރެން އިންސާނަކަށް އެހާބޮޑު އަނިޔާއެއް ދީގެން ނުވާނެކަން ވިސްނުނު. އަދި ޚުދު އަހަރެން އެހާ ދަށު ދަރަޖައަކަށް ވެއްޓިގެން ނުވާނެކަން އެނގުންވި. އެއްވެސް މީހެއްގެ ދިރިއުޅުން ބަރުބާދުކޮށްގެން އަހަންނަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެކަން އަހަންނަށް ޔަޤީންވި. އެހެންވެ އަހަރެން އެކުވެރިޔާ ގާތު ބުނިން އެކަން ހުއްޓާލުމަށް. އެކަމަކު އެ އެކުވެރިޔާ އެ ރޭވުން ކުރިއަށް ގެންދިޔަކަމަށް އަހަރެން ނުދެނަހުރިން. އަހަރެންގެ އައި ޕެޑް ނުފެނިގެން ރޭ އޭނައަށް ގުޅީމަ ބުނީ މިވެނި ގެއެއްގައޭ އޮތީ. އަހަރެން އެގެއަށް ދިޔައިމަ އެގޭގަ ހުރި ކުއްޖަކު ބުނީ މިވެނި ކޮޓަރިއެއްގައޭ އޮތީ. އެކުދިން ކޮންމެވެސް މަސައްކަތެއްގަ ތިބޭތީ އަހަރެން ކައިރީގަ ބުނީ އަމިއްލައަށް ނަގާށޭ. އަހަރެން ކޮޓަރިއަށް ދިޔައީ އެތާނގަ އެއްވެސް މީހަކު ހުރިތޯވެސް އަހާފަ. އެމީހުން ބުނީ އެއްވެސް މީހަކު ނެތޭ. އެކަމަކު އަހަރެން އެތަނަށް ދިޔައިރު އެކުއްޖާ އެތާތެރޭ ހުރި. އަހަންނަށް ވަދެވުނުތަނާހެން އަހަރެންގެ ފުރަގަހުން ކޮޓަރީގެ ދޮރު ލެއްޕި ތަޅުލެވިގެން ދިޔަ. އެކުވެރިޔާ ކޮޓަރީގެ ބޭރުން ވާހަކަ ދެއްކި އަޑު އިވިފަ އާދޭސްކުރިން ދޮރު ހުޅުވުމަށް އެދި. އެކަމަކު އެކުވެރިޔާ ދިޔައީ. އެއަށްފަހު ދޮރު ހަލާކުކުރަން ވެސް މަސައްކަތް ކުރިން. އެކަން ވެސް ކާމިޔާބެއްނުވި. އެކުވެރިޔާ ދެއްކި ވާހަކަތަކަކުން ކޮޓަރި ތެރޭގަ ހުރި ކުއްޖާ ވެސް ހީކުރީ އަހަރެން އުޅެނީ ނުބައި ކަމެއް ކުރަން ކަމަށް. ވަރަށް ބޭނުންވި ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދޭން. އެކުއްޖާއަކީ އަހަރެންގެ ހިތުގައި ޙާއްސަ މަޤާމެއް ދެވިފައިވާ ކުއްޖަކަށް ވެސް ވީތީ. އަހަރެން އުޅުނިން ކިޔައިދޭން. އަހަންނަށް ހަމަ ޚިޔާލުކުރެވެމުން ދިޔަ އެކުއްޖާގެ ހިތް ވިރިގެން ދާނެ ފަދަ ގޮތަކަށް އެވާހަކަތައް ކިޔައިދެވޭނެ ގޮތްތައް. އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ ކިޔައިދިނީމަ އަހަންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭނެކަން. އެ ވަގުތަށްޓަކައި އެންމެ ރަނގަޅުވާނީ އެކުއްޖާ އަހަންނަށް ރުޅިވެގެން ހުރުންކަން ވިސްނިގެން އަހަރެން ދުރަށް ދިޔައިން. އޭގެ އިރުކޮޅެއްފަހުން އެކުއްޖާ އެކުއްޖާގެ ބައްޕައަށް ގުޅައިގެން ބައްޕައާއެކީ ގެއަށް ދިޔައީ.” މިޞްބާޙް ކިޔައިދިނެވެ. އޭނައަށް އޭނަގެ ހިތް ބަންޑުން ކޮށްލެވުނީ އޭނަގެ އިޙްޞާޞްތަކަށް އޭނައަށް އިތުރަށް ކެތްނުކުރެވޭނެހެން ހީވުމުންނެވެ. އޭނައަކީ ދޮގުވެރިއެއް ނޫންކަން ވަކިން ޚާއްސަކޮށް އަފްރީނަށް އަންގަން އޭނަ ބޭނުންވިއެވެ. އޭނަ ދެންމެ ދެއްކި ވާހަކައިން އަފްރީން ޤަބޫލުކުރާނެ ކަމަށް އޭނައަށް އުއްމީދުކުރެވުނެވެ.

 

“މިޞްބާޙްގެ ވަރަށް ގާތް އެކުވެރިއެއްތަ އެކުއްޖާއާއި ދެކޮޅަށް ރޭވުންތައް ރޭވީ؟ އެ އެކުވެރިޔާ އުޅެނީ މިކޮޅުގަތަ؟” ޔޫނުސް ޝައުޤުވެރިކަމާއެކީ ސުވާލުކުރިއެވެ.

 

“ނޫން. އެކުވެރިޔާ އުޅެނީ މާލޭގަ. މިކޮޅަށް އައީ ޗުއްޓީއަށް. އޭނަ މިރޭ ފުރާނެ މާލެއަށް.” މިޞްބާޙް ޖަވާބު ދިނެވެ. އެއާއެކު އެނދު ކައިރީގައި ކޮޅަށް ހުރި ޒާހިޔާއަށް ސިނާންގެ ނަން ކިޔާލެވެން އުޅުނެވެ. އެހެނަސް މިޞްބާޙް މުޅި ނަން އެކީގައި ނުކިޔެނީސް މަންމައަށް ކުއްލިއަކަށް ބަލާލަމުން ބޯހޫރުވާލިއެވެ. އޭނަ މި އިންޓަވިއުއަށް ސިނާންގެ ނަން ގެންނާކަށް ބޭނުމެއް ނުވިއެވެ. ބަދަލު ހިފަން ކިތަންމެ ބޭނުންވިއެއްކަމަކު މަޢާފުކުރުމުގެ ރީތިކަން އޭނަ ސިނާނަށް ދައްކަން ބޭނުންވިއެވެ. ބަދަލު ހިފުމެއްނެތި ވެސް މީހަކަށް ހިމޭންކަމާއެކީ އުޅެވިދާނެކަން އޭނަ ސިނާނަށް އަންގައިދޭން ބޭނުންވިއެވެ. އޭގެ ސަބަބުން އޭނަ އަފްރީންގެ ފަރާތުން ބަދަލު ނުހިފަން ދަސްވާނެކަމުގެ އުއްމީދުގައެވެ.

 

ޔޫނުސް އެއްފަހަރު މިޞްބާޙަށް އަނެއްފަހަރު ޒާހިޔާއަށް ބަލާލަމުން ކަރުކެހިލިއެވެ. އެއާއެކު ދެމީހުން އެކުއެކީގައި އަނެއްކާވެސް ޔޫނުސްއަށް ބަލާލިއެވެ.

 

“މިޞްބާޙަށް ތި އަނިޔާތައް ލިބުނީ ކިހިނެއް؟” ޔޫނުސް އެހިއެވެ. އެ ސުވާލު އަހާފައި މިޞްބާޙް އިސްޖަހާލިއެވެ. ޒާހިޔާ ދެރަ މޫނަކާއެކީ މިޞްބާޙަށް ބަލަން ހުއްޓެވެ.

 

“އަހަރެން ރޭ ގެއަށް އައި މަގުމަތީގަ އެކްސިޑެންޓެއް ހިނގީ.” މިޞްބާޙް އަވަސްއަވަހަށް އެހެން ބުނެލީ އޭނަގެ ބައްޕަގެ ނުބައި ވާހަކައެއް ދައްކަން ބޭނުން ނުވެގެންނެވެ. މިޞްބާޙްގެ ޖަވާބު އިވިފައި ޔޫނުސް އޮޅުން އެރިއިރު ޒާހިޔާ ރުޅިއައެވެ.

 

“އެކްސިޑެންޓެއް ހިނގީ ގޭގެ ތެރޭގަ އޮތްވާތަ؟ ދޮގު ނަހަދާ މިޞްބާޙް! ޔޫނުސް، މިޞްބާޙް ރޭ ގެއަށް އައިއިރު ޖަލްސާގަ އިވުނު ވާހަކަތަކަކުން އަމީން ހުރީ ވަރަށް ރުޅި އައިއްސަ. އޭނަ މިޞްބާޙް ބުނި އެއްޗެއް އަޑުނާހާ މިޞްބާޙަށް އަނިޔާކުރީ. އޭނަ ކުރި ކަންތައް ކިޔައިދޭކަށް ވެސް އަހަންނަކަށް ކުޅަދާނައެއްނޫން. މިޞްބާޙް މި ޙާލުގަ ޖައްސާފަ އޭނަ މިހާރު ހުރީ މާލެއަށް ގޮއްސަ. އިންތިޚާބު އިންތިޚާބު އިންތިޚާބު……އަބަދަށް އިންތިޚާބަކާމެދު އޭނައަށް ވިސްނޭނީ!” ޒާހިޔާ ރޮވިފައިވާ އަޑަކުން ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.

 

“މަންމާ……ޑޭޑްގެ ވިސްނުން އެގޮތަށް ހުރުމުގެ އެންމެ ބޮޑު ސަބަބަކީ އަހަރެން. ވެދާނެ ޑޭޑް ބޭނުންވަނީ އަހަންނަށް ވީހާވެސް ތަނަވަސް ދިރިއުޅުމެއް ހޯދައިދޭންކަމަށް. އެކަމުގަ އުޅެމުން ޑޭޑް އަހަންނަށް ލޯބި ދޭންވީކަން ހަނދާން ނެތުނީ ކަމަށްވާނީ. ޙަޤީޤަތުގަ އެހެންވަންޏާ އެކަން ޑޭޑްގެ ސަމާލުކަމަށް ގެނައުމަކީ އަހަރެންގެ ޒިންމާއެއް. އަހަންނަށް ދީނާއި ބެހޭގޮތުން އެނގުނު އެއްޗެއް ޑޭޑްއަށް ބުނެދީ ޑޭޑް އަހަންނާއެކީ ނަމާދަށް ގެނައުމަށް އިހުނަށްވުރެ ބާރުއެޅިނަމަ މިދުވަސް ނުފެނުނީސް. އަހަންނަށް ހަމަ އަހަރެންގެ ޒިންމާ އަދާ ނުކުރެވުނީ. ޙަޔާތުގެ 19 އަހަރު ވޭތުވެދިޔައީ ޑޭޑްއާއި މަންމައަށް ހެޔޮކޮށް ނުހިތާ. އޭގެ ބަދަލު އަހަންނަށް މަންމަމެންނަށް އަދާކޮށް ނުދެވޭނެ އެހާ ފަސޭހައިން މިހާ ކުރު މުއްދަތެއްގަ. އަދި ޑޭޑް ވެސް ބަދަލުވާނެ އިން ޝާ ﷲ. އަދި ޑޭޑް ވެސް އަހަރެން ދެކެ ލޯބިވާނެ. އަހަރެން އިންތިޒާރު ކުރަނީ އެ ދުވަހަށް.” މިޞްބާޙްގެ ވާހަކަ ނިމުނުއިރު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ. ރޮވިފައިހުރި ޒާހިޔާ ނުހުރެވިގެން މިޞްބާޙްގެ ގައިގައި ބައްދާލަމުން އޭނަގެ ބޮލުގައި ބޮސްދިނެވެ. އެވަގުތު އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ ޔޫނުސް އިނީ ގަނޑުވެފައި ކަމެވެ. މިޞްބާޙް އެންމެ ފަހަކަށް ބުނެލި ޖުމްލަތަކަކުން ޔޫނުސްއަށް ހީވީ މިޞްބާޙް އެ ކިޔައިދިނީ އޭނަގެ ޙަޔާތުގެ ވާހަކަ ހެންނެވެ. އޭނަގެ ޙަޔާތުގައި ވެސް ފުރަތަމަ 19 އަހަރު ވޭތުވެދިޔައީ މަންމައާއި ބައްޕައަށް ނުކިޔަމަންތެރިވުމުގައެވެ. އޭނަގެ ވެސް ލޯ ހުޅުވިގެން ދިޔައީ އެ ޢުމުރުގައެވެ. އެހެނަސް މިޞްބާޙާއި އޭނަ ހާދަ ތަފާތެވެ. މިޞްބާޙް އޭނަގެ ބައްޕަ އޭނަ މަރާލަން އުޅުމުން ވެސް ބައްޕައަށް މަޢާފުކޮށްފިއެވެ. އެހެނަސް ބައްޕަ ހަމައެކަނި އޭނަ ގެއިން ނެރިލުމުން ޔޫނުސްގެ ހިތުގައި ބައްޕައަށްޓަކައި މުޅި ޢުމުރަށް ދެމިގެންދާފަދަ ނަފްރަތެއް އުފެދިއްޖެއެވެ. މިޞްބާޙް އެ މަސައްކަތް ކުރަނީ އޭނަގެ ބައްޕަ ދީނާއި އިތުރަށް ކައިރިކުރެވޭތޯއެވެ. ނަމަވެސް ޔޫނުސް އޭނަގެ ބައްޕަގެ އާޚިރަތާއިމެދު އެއްގޮތަކަށްވެސް ނުވިސްނައެވެ. މިޞްބާޙް އެ އިންތިޒާރު ކުރަނީ އޭނަގެ ބައްޕަ އޭނަގެ ދެކެ ލޯބިވާނެ ދުވަހަކަށެވެ. އެހެނަސް ޔޫނުސްއަށް އެ ދުވަސް ފެނިފައި ވިޔަސް އޭނަ މި ހުންނަނީ އެ ލޯބި ޤަބޫލުކުރަން ބޭނުންނުވެފައެވެ.

 

“ދަރިފުޅާ…..މަންމައަށް މަޢާފުކުރޭ. ދަރިފުޅު ނަޞޭޙަތްދޭން އުޅުނީމަ ވެސް މަންމަ ދަރިފުޅަށް މަލާމާތް ކުރީ. ދެން އެހެންނެއް ނަހަދާނަން. ދަރިފުޅު މަންމައަށް ނަޞޭޙަތްދީ. ދަރިފުޅު މަންމައަށްވުރެ މާ ރަނގަޅު. ދަރިފުޅަށް މަންމައަށްވުރެ މާ ބޮޑަށް އެނގޭ. މަންމައަށް ބުނެދީ ދަރިފުޅާ.” ޒާހިޔާ މިޞްބާޙްގެ މޫނުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. މަންޒަރު ބަލަން އިން ޔޫނުސްއަށް ވެސް ރޮވެން ކައިރިވިއެވެ. މިޞްބާޙާއި މިޞްބާޙްގެ މަންމަ ފެނިފައި އޭނަގެ ހަނދާނަށް އައީ އޭނަގެ މަންމައެވެ. އޭނަގެ މަންމަ ވެސް އޭނަދެކެ ހާދަ ލޯތްބެއްވިއެވެ. ބަދަލުގައި އޭނަ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ހިތި ހަނދާނެއް އެއްފަހަރާ އޭނަގެ ސިކުނޑިއަށް ވެރިވާން ފެށުމުން އޭނައަށް އިސްޖަހާލަމުން ދެލޯ މަރާލެވުނެވެ. އެވަގުތު ކަރުނަތަކުން އޭނަގެ އެސްފިޔަތައް ތެމުނެވެ.

 

“ބޭބޭ……ކިހިނެއްތަވީ ބޭބެއަށް؟” މިޞްބާޙްގެ އަޑަށް ޔޫނުސް އިސްއުފުލާލިއިރު އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. ޒާހިޔާއާއި މިޞްބާޙް ޔޫނުސްއަށް ބަލަން ތިބީ ކަންބޮޑުވުމަކާއެކީގައެވެ.

 

“އަމް……މިހާ ހިސާބުން އިންޓަވިއު ނިމުނީ. އިރާދަކުރެއްވިއްޔާ މިރޭ މި އިންޓަވިއުގެ ރިޕޯޓެއް ނޫހުގަ ޝާއިއުކުރާނަން. އޭރުން ހުރިހާ ކަމެއް އެންމެނަށް ސާފުވާނެ.” ޔޫނުސް އޭނަގެ ރެކޯޑަރު ނިވާލަމުން ބުނެލިއެވެ. ދެންވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ.

 

“މަޑުކޮށްބަލަ ބޭބޭ. ބޭބެއަށް ކަމެއްވެއްޖެހެން ހީވަނީ.” ޔޫނުސް ކޮޅަށް ތެދުވުމުން މިޞްބާޙް ހާސްކަމަކާއެކީ ބުނެލިއެވެ.

 

“އެ ވާނީ ދަރިފުޅު ދެއްކި ވާހަކައިން އަސަރުކުރީކަމަށް.” ޒާހިޔާ ހިތާމަވެރި ހިނިތުންވުމެއްގައި ހުރެ ބުންޏެވެ. ޔޫނުސްގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ހޫންލައްވާލަމުން ބޯޖަހާލިއެވެ.

 

އެދުވަހު ގެއަށް ގޮސް ޔޫނުސްއަށް ރަނގަޅަށް ރޮވުނެވެ. މާޒީގެ އެކި މަންޒަރުތައް އިއްޔެ ވީކަމެއްހެން އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އަމިއްލަ އަތުން އޭނަގެ މަންމައަށް ކުރި ކަންތައް ހަނދާންވެފައި އޭނައަށް އޭނަގެ ތުރުތުރު އަޅަމުން ދިޔަ އަތަށް ބަލާލެވުނެވެ. އޭނަ އޭނައަށް ނުވިނަމައޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ޔޫނުސް ސިޓިންގް ރޫމުގެ ދިގު ސޯފާއަށް ލެނގިގެން ބިންމަތީގައި ރޯން އިންތަން ފެނިފައި ނަޞްރާ ގޮސް އޭނަ ކައިރީގައި އިށީނެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޔޫނުސް މިއަދު މިޞްބާޙް ދެއްކި ވާހަކަތައް ނަޞްރާއާއި ޙިއްސާކުރިއެވެ.

 

“ނަޞްރާ…….ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އަހަންނަކީ ވަރަށް ނުބައި މީހެއް. އަހަރެން….އަހަރެންގެ މަންމައަށް އެތައް އަނިޔާއެއްކުރިން. އަހަރެން އެތައް ދުވަހު މަންމަ ރޮއްވާލިން. އަހަރެންގެ ދެއަތުން މަންމަ މަރާލީވެސް. މަންމަ އަހަންނަށް މަޢާފުކުރާނެތަ ނަޞްރާ؟” ޔޫނުސް ކަރުނުން ފުރިގެންވި ދެލޮލުން ނަޞްރާއަށް ބަލަން އިނދެ ނާއުއްމީދީ ގޮތަކަށް ސުވާލުކުރިއެވެ. ނަޞްރާ ޔޫނުސްގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި އޭނަގެ އެއްއަތުގައި ދެއަތުން ހިފަހައްޓާލިއެވެ.

 

“މާޒީގަ ވެފަ އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު މިއަދު ކަންވާނެ ގޮތް ޔޫނުސްއަށް ބަދަލުކުރެވިދާނެ. ޔޫނުސްގެ ބައްޕަ އަދިވެސް ދުނިޔޭގަ އެބަހުރި. ބައްޕަ ކައިރިއަށް ގޮސް ބައްޕައާއި ލޯބިން ވާހަކަ ދައްކަންވީ. މިހުރިހާ ދުވަހު ވާހަކަ ދެކެވުނު ގޮތާމެދު ބައްޕައަށް މަޢާފަށް އެދެންވީ.” ނަޞްރާ ބުނެލިއެވެ. ޔޫނުސް ނަޞްރާއަށް ބަލަން އިނދެފައި ވިސްނުމެއްގެ ތެރެއަށް ގެއްލިގެން ދާ ފަދަ ގޮތަކަށް ބިމަށް ނަޒަރު ހުއްޓާލިއެވެ. އަދި އިރުކޮޅެއްފަހުން ބޯޖަހާލިއެވެ.

 

“ބައްޕައާއި ވާހަކަ ދައްކާނެ ހިތްވަރެއް ލިބުނު ދުވަހަކުން ދައްކާނީ އިރާދަކުރެއްވިއްޔާ.” ޔޫނުސް އިންގޮތަށް އިނދެ ބުނެލިއެވެ. ހެޔޮކަމެއް ކުރުމުގައި ލަސްކުރާކަށް ނުވާނެކަމަށް ނަޞްރާ ބުނަން ބޭނުންވިއެވެ. އެހެނަސް އޭނަ ޔޫނުސްއަށް ވަގުތު ދޭން ބޭނުންވިއެވެ. ޔޫނުސް ނަވާޒްއަށް ބައްޕަގެ ނަމުން މުޚާތަބު ކުރުމަކީ ވެސް ނަޞްރާގެ ނަޒަރުން އޭނައަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.

 

**

 

އެރޭގެ 8:30 ވީ ވަގުތު ޑިޕާރޗާރގެ ގޮނޑިއެއްގައި ގޮސް ސިނާން އިށީނެވެ. އޭނަ ފޯނާއި ކުޅެމުން އެއްފައި ތަޅުވަމުން ދިޔަ ގޮތުންނާއި އޭނަގެ މޫނުމަތީގައިވި ކުލަވަރުން އޭނަ އިނީ ކަންބޮޑުވުމެއްގައި ކަން ހާމަވެއެވެ. ޙަޤީޤަތަކީ އެއީއެވެ. އިއްޔެ ރޭ މިޞްބާޙްގެ ޚަބަރު މުޅި ޤައުމަށް ފެތުރުނު ފަހުން އޭނައަށް ހުރެވެނީ ހާސްކަމެއްގެ ތެރޭގައެވެ. މިޞްބާޙް ޒަޚަމްވެފައިވިތަން ފެނިފައި އޭނަ ވެސް ދެރަވިއެވެ. މިޞްބާޙް ބަލަން ގޮސް އޭނައަށް ވީ ކިހިނެއްކަން ސާފުކުރަން ވެސް ސިނާން ބޭނުންވިއެވެ. އެހެނަސް އޭނައަށް ނުކެރުނީ މިޞްބާޙް ހޭއެރި އިރަކުން މިޞްބާޙް އެންމެނަށް އަންގާފާނެތީވެއެވެ. ނަމާދު ނުކުރިއެއްކަމަކު އެރޭ ހިނގި ކަންތައްތަކުގައި އޭނަގެ އަތެއްވާކަން މިޞްބާޙް ހަނދާން ނުހުންނާނެ ގޮތެއް ހައްދަވައިދެއްވުމަށްއެދި އޭނައަށް ދުޢާ ކުރެވެމުން ދިޔައެވެ. މިޞްބާޙް އޭނަގެ ވާހަކަ ދެއްކުމުން އެވާހަކަ އޭނަގެ ބައްޕަގެ ކަންފަތަށް ފޯރާފާނެތީ އޭނަ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އޭނަގެ ބައްޕައާއި ބޮޑުބޭބެއަކީ ދެބެއިން ކަމަށްވިޔަސް އެދެމީހުންގެ ދެމެދުގައި އުޑާއި ބިމާ ދެމެދުގައިވާހާ ތަފާތުތައް ވެއެވެ. އޭނަގެ ބައްޕައަކީ ބޮޑުބޭބެ ކަހަލަ ދޮގުވެރިއެއްނޫނެވެ. ބައްޕައަކީ އިންސާފަށް ލޯބިކުރާ ހަރުދަނާ ޝަޚުޞިއްޔަތެއްގެ ވެރިއެކެވެ. ގިނަ މީހުން އޭނަގެ ބައްޕައަށް ޤަދަރުކުރަނީ ބައްޕަގެ އެ ސިފައިގެ ސަބަބުން ކަމަށްވިޔަސް ސިނާން އޭނަގެ ބައްޕައަށް ސިހުންވާ ސަބަބަކީ އެއީއެވެ. ވަޙީދުގެ ކުރިމައްޗަށް މައްސަލައެއް ގެނެސްފިނަމަ ރަނގަޅަށް ކަންތައް ހިނގި ގޮތް ބަލާފައި ނޫނީ އޭނަ ނިންމުމެއް ނުނިންމާނެއެވެ. މިޞްބާޙްގެ ޚަބަރުތައް ފެނިފައި ވެސް ވަޙީދު ސިނާނަށް ގުޅައި ކަންވީ ގޮތާއިމެދު ސުވާލުކުރިއެވެ. ސިނާން ޖަވާބުގައި އޭނައަށް ނޭނގޭ ކަމަށް ބުނުމުން ވަޙީދު ވަގުތުން އެދުނީ މިޞްބާޙާއި ބައްދަލުކުރަން ދިޔުމަށެވެ. އޭނަ ފެނިފައި މިޞްބާޙް އޭނަ ކުރި ކަންތައްތަކުގެ މަތިން ހަނދާންވެދާނެތީ ސިނާން ނުދިޔައެވެ. މުޅި ދުވަހު ސިނާނަށް ހުރެވުނީ ދެ ޚިޔާލެއްގެ މަތީގައެވެ. އޭނަ ނުގޮސް ހުއްޓާ ބައްޕަ ގުޅާފާނެތީ ހިތަށް ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ. މިވަގުތު ވީއިރު ވެސް ބައްޕަ ނުގުޅީތީ ސިނާނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިޞްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 25

Next

އޮޔާ (ފަހުބައި)

Next
October 25, 2015

އޮޔާ (ފަހުބައި)

Previews
October 24, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 25

56 Comments!

  1. jana says:
    October 24, 2015 at 10:03 pm

    Assalam’alaikum 🙂 dhen oiy bai tuesday ga In Sha Allah

  2. Khadheeja says:
    October 24, 2015 at 10:18 pm

    varah reethi vaahakaeh… anehbai kon irakun??? Mee mihaaru esfiyai ga in emme reethi adhi evaahaka akah emme inthizaaru kurevey vaahaka…

    1. jana says:
      October 26, 2015 at 1:17 pm

      Alhamdhulillah! (All praise and thanks belongs to Allah) dhen oiy bai tuesday ga In Sha Allah 🙂

  3. shaany says:
    October 24, 2015 at 10:34 pm

    Varah reethi vaahaka eh. Vaahaka up kuraane irakah abadhuves inthizaaru kurevey.

    1. jana says:
      October 27, 2015 at 10:16 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  4. humey says:
    October 24, 2015 at 10:35 pm

    Allahakubaru..kiyaanimuniru hamaragalhaves roavije..masha allah haadha forihamaey..allahu zana thikuraa masenkathuga barakai lavaase…(ameen)

    1. jana says:
      October 27, 2015 at 10:17 pm

      Ameen! 🙂
      Maaiy Allah humey ves kuraa hurihaa kameggai barakaaiy lavvaashi. Ameen!

  5. karin says:
    October 24, 2015 at 11:02 pm

    Oh this is the first time I read this story it’s so heart touching god bless u jaan

    1. jana says:
      October 27, 2015 at 10:17 pm

      Alhamdhulillah! 🙂 May Allah bless us all. Ameen!

  6. ummu says:
    October 24, 2015 at 11:06 pm

    Masha Allah! hama rovijje.. warah reethi mi part ves.. warah inthizaaru kureveyne tuesday ah.. i have read many stories bt this is the only story i wanted to share with my younger sister.. aamukoh mi hunna vaahaka thakuga romance baibodukamun teenage kudhinge visnun haraabu vaane.. this is grt Masha Allah!

    1. jana says:
      October 27, 2015 at 10:19 pm

      jana ahves ronuvunu ingey ummu? 😀 hehe….jana mi vaahaka ekulavaalyves teenage kudhinna gulheyne gothashey. teenage kudhinnah khaassa msg thakeh vaairu ekudhinna gulhey gothahnnu liyanvaany? ehen noonas jana ah hieh nuvey jana ah evarah romance bai liyan kereyne henneh 😛 hehe….Alhamdhulillah! 🙂

  7. beauty queen says:
    October 24, 2015 at 11:08 pm

    Up kurun thankolheh avaskohlaa jana

    1. jana says:
      October 27, 2015 at 10:20 pm

      jana ah avahah up nukureveyne hen heevanya nubunaanan avahah up kureveyne ey 🙂

  8. lully says:
    October 24, 2015 at 11:19 pm

    Masha allah… Mipartvess vrh furihama..Masha allah

    1. jana says:
      October 27, 2015 at 10:20 pm

      Alhamdhulillah!

  9. aminath says:
    October 24, 2015 at 11:22 pm

    den yoonus bappa ah maaf kuraany dho? dn sinaan ves rangalu waane dho? dhn vaahaka ves nimidaane dho? 😛
    varah riweti mibai as.dhn oh bai key thayyara mini..jana awaha leyfei upload kera 🙂

    1. jana says:
      October 27, 2015 at 10:21 pm

      dhen balamaa hinga dho? 😛
      aminath as Addu dhy? jana engey enakko? 😛 miko up kollin vaa 😀

  10. Marix says:
    October 24, 2015 at 11:36 pm

    V reethi, thankolheh avahah up kohdheebala, vv kiyaahie vey, feshuneesure komme dhuvahaku mi vaahaka up veytho v wait kurevey, v ibrahtheri, thanx jana

    1. jana says:
      October 27, 2015 at 10:23 pm

      Alhamdhulillah! (All praise and thanks belongs to Allah) jana heekury kury kolhu thankolheh foohi kamah. kureekolhu baivaru negative comments libunu dhuvasvareh ai. ekamaku heevany vaahaka ekkoh kiyaairu ekan faahanga nuvaahen dho? hehe….Alhamdhulillah once again 🙂

  11. mpyyy says:
    October 24, 2015 at 11:48 pm

    duvahehge gadhiirehga vaa kanthah episode eh ga, mi varun danya 1000 episode inane mi ga, mihaaru vaivaan fashaifi, haasaru varah dhigu…

    1. jana says:
      October 27, 2015 at 10:26 pm

      hehe…jana beynunviyas hieh nuvey 1000 episodes liyeveyne henneh. mi baiga tafseel koh genesdhyfaivaa baithah tafseel koh genesdheyn muhimmu vaahen heevaathy egothah genesdhiny. november ge medhaai hamavumuge kurin jana vaahaka nimman beynun. varah kairi vejje vaahaka nimen 🙂

  12. Kitty says:
    October 25, 2015 at 12:09 am

    Dhigu vaane dhw? V v rythi masha allah?

    1. jana says:
      October 27, 2015 at 10:28 pm

      dhigu dho part 42? hehe 😀

  13. Nash says:
    October 25, 2015 at 12:18 am

    Masha Allah. I love this story. Jana ur the best writer. Keep it up. ♥♥♥♥

    1. jana says:
      October 27, 2015 at 10:32 pm

      Alhamdhulillah! because its only Allah Who gifted me with this talent and He can take it away any moment. 🙂

  14. sana says:
    October 25, 2015 at 1:46 am

    Soo beautiful…. keep up the good work jana 🙂

    1. jana says:
      October 27, 2015 at 10:38 pm

      Alhamdhulillah! Jazakillah Khairan for the support 🙂

  15. Azu says:
    October 25, 2015 at 1:49 am

    Masha allah v bai ves v reethi. Jazaakillah khaira jana

    1. jana says:
      October 27, 2015 at 10:38 pm

      Alhamdhulillah! Wa iyyaaki!

  16. m.tee says:
    October 25, 2015 at 5:50 am

    V nice.keep it up janaa.ur the best writer

    1. jana says:
      October 27, 2015 at 10:39 pm

      Alhamdhulillah! 🙂

  17. pinkgal says:
    October 25, 2015 at 7:32 am

    Masha’Allah hama rangalhahves rovijje

    1. jana says:
      October 27, 2015 at 10:39 pm

      jana ahves ronuvunu 🙂 Alhamdhulillah!

  18. aabhy says:
    October 25, 2015 at 8:50 am

    Maashaa Allah… Ibrahtheri reethi vaahaka eh….

    1. jana says:
      October 27, 2015 at 10:40 pm

      Alhamdhulillah!

  19. dark princess says:
    October 25, 2015 at 10:09 am

    Maashaa Allah… v furihama.. thnks jana miha furihama vaahaka eh genesdheythy… keep uploading… waiting 4 next part..

    1. jana says:
      October 27, 2015 at 10:40 pm

      Alhamdhulillah! In Sha Allah!

  20. maash says:
    October 25, 2015 at 1:00 pm

    Mashaa allah

    1. jana says:
      October 27, 2015 at 10:40 pm

      Alhamdhulillah! 🙂

  21. Flower says:
    October 25, 2015 at 1:40 pm

    Awwn…janaa i love this story a lot….neynge bunaane ehchehvx ehaa vx furihama ma sha allah….ur the best writer ever…keep it up ??

    1. jana says:
      October 27, 2015 at 10:42 pm

      Alhamdhulillah! its only Allah Who gifted me with this talent. and i’m inspired by the way Allah Tells stories in the Quran for the most part. so Alhamdhulillah once again.

  22. Anonymous says:
    October 25, 2015 at 2:05 pm

    hmm, v reethi.. maasha allah.. sinaan jalah laa, eyrah hunnaanee ragalhah addoo bondi eh libifa..

    1. jana says:
      October 27, 2015 at 10:42 pm

      hehe…jana bondieh dhineema Addu bondiakah vaany dho? 😛 dhen balamaa vaa gotheh 🙂

  23. Nihaan says:
    October 25, 2015 at 7:10 pm

    Ma sha allah…..this story is the best story I ever read….keep it up jana

    1. jana says:
      October 27, 2015 at 10:43 pm

      the stories in the Quran are even more beautiful. Alhamdhulillah! 🙂

  24. ham says:
    October 25, 2015 at 7:22 pm

    Masha allah vara furihama hama ragalhaves rovijeh jana thikuraa mashekathr barakai lavaashi ameen

    1. jana says:
      October 27, 2015 at 10:44 pm

      Ameen!
      ham ves kuraa hurihaa masakkatheggai Allah barakaaiy lavvaashi. Ameen! 🙂

  25. sau says:
    October 26, 2015 at 4:05 pm

    Wow wow jana hadha molhey mi story v salhi ….. can’t wait to read next part….

    1. jana says:
      October 27, 2015 at 10:44 pm

      Alhamdhulillah! 🙂

  26. Rish says:
    October 27, 2015 at 2:00 pm

    Jana kobatha vaahaka adhives up nuvey

  27. pis pis says:
    October 27, 2015 at 2:09 pm

    Ar dw rish adhives up kuraakanulhey jana eh

  28. sina says:
    October 27, 2015 at 3:43 pm

    reygandu ehnu up kuranee

  29. well says:
    October 27, 2015 at 3:45 pm

    anekka miadhu up nuvanee tha? habarehves nuvey

  30. jana says:
    October 27, 2015 at 10:45 pm

    Rish, pis pis, well up vejje. sina bunihen reygandu gaehnu jana up kurany? 🙂

  31. shiu says:
    October 29, 2015 at 5:48 pm

    Jana mi part ge fahun up kohffintha? Enmme fahun in hijura open kurerma annanee dhurugaa vias vaahaka. Ei keehvve?

  32. Kamana says:
    November 21, 2015 at 11:35 pm

    Jana kobatha esfiya esfiya liya bayfulhan vee kihineh eyna kaireega bonay Milan nuvana huttalashey

Comments are closed.

Next Episodeހިޖުރަ (ބަޔާޅީސްވަނަ ބައި)←


All Right Reserved!