Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާ

cyclopx Level 1
October 23, 2015 7 Mins Read
6 Comments

thuguitinhdich2_1-01_20151016022108593

ހަޔާ

(ދެވަނަ ބައި)

 

” ތި އަނގަ މައިތިރި ކުރޭ. މަގޭ އަހުޝަން އެއް ނޫޅޭނެ އެހެނެއް. ތީ މީހުން އަހަރުމެންނަކީ މިމާލޭގައި ޤަދަރުވެރި އާއިލާއަކަވެފައި ތަންކޮޅެއް ހަމަޖެހިގެން އުޅޭތީ އެމީހުންނަށް ހަޖަމް ނުކުރެވޭތީ، މަގޭ އަހުޝަނޭ ކިޔާގެން ދައްކާ ބޭކާރު ވާހަކަ. މަށެއް ޤަބޫލެއް ނުކުރާނަން އަހުޝަން އެހެން އުޅޭނެ ކަމަކަށް. އެޔައްވުރެން މާފުރިހަމަ ތަރުބިއްޔަތެއް އަހަރެން ހުންނާނީ އޭނައަށް ދީފަ.” މިހެން ބުނުމަށް ފަހު ޒާހިޔާ ގަސްތަކައް ފެން ދޭން ގެންގުޅޭ ފެންހޮޅި ބަނދުކުރަމަށްފަހު ގޭތެރެއަށް ވަންނަން ދިޔައެވެ.

———————————————–

ރޭގަނޑުގެ ފަރިއްކޮޅަށް ފިނިފެންމާވިލާގެ ޑައިނިން ރޫމުގެ ތެރެއަށް ވަދެގެން ދާ މީހަކަށް އެގޭގެ މީހުންގެ ހައިބަތު ވަރަށް ރަނގަޅަށް ފެނިގެން ދާނެއެވެ. ކާބޯ ތަކެތީގެ އެކި ފާޑު ފާޑުގެ އައިޓަމް ތަކުން މޭޒު ވަނީ އިންތިހާއަށް ފުރިހަމަ ވެފައެވެ. މީ ހަމަ ކާ ކޮންމެ ގަޑިއެގެވެސް އެގޭގެ އާދައެވެ. އެވަގުތު ކާމެޒު ދަށުގައި ތިބީ ޒާހިޔާއާއި ސީރީން ގެ ދެމަފިރިންނެވެ.

“މިހާރު އަހަރެން ނާ ހަޔާއާ ކިހާ ދުވަހެއް މިވަނީ އެމެރިކާއަށް ދާން ވިސާ ޖަހަން އެޕްލައި ކޮއްފަ އޮޮންނަތާ، އަދިވެސް ހަބަރެއް ނުވޭވިއްޔަ. މާހިދު ވީނު އެކަން އޮތް ގޮތެއް ބަލާލަން”  ތައްޓައް ބަތް އަޅަމުން ޒާހިޔާ ސީރީންގެ ފިރިމީހާ މާހިދުއަށް ބުނެލިއެވެ.

“ދާއްތާ އެކަމާ މާބޮޑައް ނުވިސްނާ އެކަމާ، އެކަންތައް ދެން ވާނެންނު، ދައްތަ ވެސް ދުއާ ކޮއްބަލަ އަހުޝަނައް އަމިއްލައަށް ވިސްނިގެން ދައްތަކާރިޔައް އަންނާނެ ހިތެއް ލައްވާތޯ. ދައްތަ އެމެރިކާއަށް ދިޔުމުގެ ބުރަ ނުއުފުއްލާ.” އެވަގުތު ސީރީން އޭނާގެ ފިރިމީހާގެ ބަދަލުގައި ޒާހިޔާއަށް ޖަވާބު ދިނެވެ.

“ދައްތާ އަޅުގަނޑު ތިކަމާ އުޅޭނަން މާދަމާ، އެޔެއްނޫނޭ އަހަރުމެންގެ ހަޔާ ކައިވެނި ކުރާނެ ވަރަށް ރަނގަޅު ކުއްޖެއް މާލޭގެ ރަނގަޅު އާއިލާއެއްގައި އެބަ ހުރި، މިކަމާ ދައްތަ ގެ ހިޔާލެއް ހުރިގޮތެއް ބަލާލަން ކަމަށް” މާހިދު ބުންޏެވެ.

“މާހިދު އަށް ރަނގަޅިއްޔާ އަހަރެންގެ މައްސަލައެއް ނެތް، އަހަރެންވެސް ބޭނުމީ އަހަރެންގެ ހަޔާ އަށް ރަނގަޅު ހެޔޮލަފާ ފިރިޔެއް ލިބުން. އަދި އެކަން ކުރުމަކީ އަހަރެންގެ  މަރުހޫމު ދައްތަގެ ވަސިއްޔަތެއް” އެވަގުތު ޒާހިޔާ ބުންޏެވެ.

“ދައްތަވެސް ދެން ހަޔާއަށް އަށް ވިސްނަ ދީބަލަ ބޮޑެތި މީހުން އުޅޭގެން އުޅެން، މިހާރު ގައިމު އޭނައަށްވެސް 18 އަހަރު ފުރިއްޖެ ވިއްޔާ. އަދިވެސް ހީވަނީ 10 އަހަރު ގެ ކުއްޖެއްހެން ވިއްޔާ” ސީރީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ހައްހާ ، ދެން މަޑު މަޑުން އޭނައަށްވެސް ވިސްނެން ފަށާނެ. ކައިވެންޏެއް ކުރީމަ ރަނގަޅުވާނެ” ޒާހިޔާވެސް އެމަޖަލުގައި ބައިވެރިވެލަމުން ބުނެލިއެވެ.

 

————-

 

ހަޔާ އަކީ ޒާހިޔާގެ ބޮޑައް ހުންނަ ދައްތަ އަށް ލިބިފައިވާ ހަމަ އެކަނި ދަރިފުޅެވެ. އަދި ހަޔާ އަކީ ބައްޕަ ނެތް ކުއްޖެކެވެ. ހަޔާގެ މަންމަ ރާމިޒާ އަށް ހަޔާ ބަނޑު ބޮޑުވީ ފަރީދު ކިޔާ ރާއްޖޭގެ އުތުރުގެ ރަށެއްގެ މީހާކާއި ރައްޓެހިވެގެން އުޅުމުގެ ތެރޭގައި ދެމީހުންނައް ކައިވެނީގެ ބޭރުން ހިންގިފައިވާ ގުޅުމަކުންނެވެ. އަދި ފަރީދު އައް ރާމިޒާ ބަނޑު ބޮޑުވިކަން އެނގުމުން ރާމީޒާ ގެ ބަނޑުގައި އޮތީ ފަރީދުގެ ދަރިއެއް ނޫންކަމަށް ބުނެ ބޮޅުން ކަޓުވާލުމައްފަހު ރާމިޒާއަށް ފިލީއެވެ. މިކަމުގެ ހިތާމާގައި ރާމިޒާއަށް ކެތް ކޮއްލެވުނީ ހަޔާ ދުނިޔޭގެ އަލިކަން ދެކުނުތާ ދުވަސްކޮޅަކަށެވެ. ދުނިޔެގެ ލަދައް ސަލާމަތް ވުމަށް ހޮސްޕިޓަލުގެ ޕްރައިވެޓް ވޯރޑް ގެ ފާހަނާގެ ތެރޭގައި ބްލީޗް ފުޅިއެއް ބޯލައިގެން އަމިއްލައަށް މަރުވީއެވެ. އަދި މަރުވަމުން ޑެތް ނޯޓެއް ލިޔެފައިވެއެވެ. އެ ނޯޓު ގައި ބުނެފައި ވަނީ ހަޔާ އަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ އަދި ދައްތަ ދިޔަ މަގުން ދައްތަގެ ދަރިފުޅު ދިޔަނުދީ އަމިއްލަ ދަރިއެއް ހެން ބަލައި ބޮޑުކޮއް. ރަނގަޅު މީހާކާއި ކައިވެނި ކޮއް ދިނުމަށެވެ. އެހެން ކަމުން މިއަދު ޒާހިޔާ ވަނީ ހަޔާ އޭނާގެ އަމިއްލަ ދަރި އެއް ފަދައިން ބަލާ ބޮޑު ކޮއްފައެވެ.  އަދި ހަމަ ޒާހިޔާގެ އަމިއްލަ ދަރިއެއް ދެކެ ވާ ލޯބި ހަޔާ ދެކެ ޒާހިޔާ ވެއެވެ.

————–

” ހާޔާ. ހަޔާ. ހަޔާ” ހަޔާ އަށް ގޮވަމުން ސީރީން ފިނިފެންމާވިލާ ގެ ޓެރެސް އަށް އެރި ވަގުތު ހަޔާ އޭނާގެ ބުޅާ “ބަންބީ” އަށް ކާން ދިނުމުގައި މަސްއޫލުވެގެން  އުޅުނެވެ.

“މުޅި ގޭތެރެ ހޯދިއްޖެ މިހާރު ހަޔާ ނުފެނިގެން، މިތާގަ ތި ބުޅަލައް ކާންދޭން ދެން މީ ކޮންގަޑިއެއް. ހަޔާގެ ބޮޑުމަންމަ ބުނެފައެއް ނޫންތަ އޮތީކީ ރޭގަނޑުގެ މިގަޑީގަ އެކަނި ޓެރެސް އަށް ނާރަން. މިކުއްޖާފުޅަކަށް އަޑެއްވެސް ނީވޭނެ” ސީރީން ރުންކުރު ގޮތަކައް ބަނދިވަރު އަމުނާލިއެވެ.

“ދެން ކުޑަ މަންމީ ، ކުޑަ މަންމި އަކަށް ނޭނގޭނެ ހަޔާގެ ބަންބީ މިއަދު ހެންދުނުންސުރެން އަދި އެއްވެސް އެއްޗެއް ނުކާތީ ހަޔާ ހާދަ ކަންބޮޑުވެފައޭ މިހުރީ” ހަޔާ އޭނާގެ ބަންބީ ނަގާ އުރާލަމުން ކުޑަ ކުއްޖެއްހެން ތުން އޫ ކޮއްފައި ބުނެލިއެވެ.

“ކުޑައިރުންސުރެން ހަޔާ ބޮޑުވެ ފުރާފުރިހަމަ ވެފަހުރި އަންހެނަކަށް ވީއިރުވެސް، އަހަރެންނާމުހިންމު ވާހަކައް ދައްކާލާނެ ފުރުސަތު ނުދޭވިއްޔަ. މުޅިންވެސް ތިކަހަލަ ކޫސަނި ކޮންމެސް ކަމެއްގެ ތެރޭގަ ވިއްޔަ ތިޔައުޅެނީ، އަޅެ ކޮން އިރަކުންތަ މިކުއްޖާފުޅު ބޮޑެތިމީހުން އުޅޭ ގޮތައް އުޅެން ދަސްކުރާނީ.” ސީރީން އަނެއްކާވެސް ހަޔާއަށް އަޑުހަރުކުރަން ފެށިއެވެ.

“ހޫން… ދެން ކޮން ވާހަކައެއް ދައްކަންތަ ކުޑަ މަންމި ތިއައީ” ހަޔާ އޭނާގެ އެންމެ ޅަގޮތައް ބުނެލިއެވެ.

އެވަގުތު ސީރީންވެސް ހަޔާގެ މައުސުމިއްޔަތުކަން ފެނި ހިތް ލޯބިން ފުރި އުތުރުނުކަހަލައެވެ. އަދި ހަޔާގެ ދެކޮނޑުގައި ހިފާފައި ގެނަސް އެތާގައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ.

“ހަޔާ އަށް އިނގޭތަ . އަހަރެން މިއައީ ބޮޑުމަންމަ ފޮނުވާގެން ހަޔާއާއި ވާހަކައެއް ދައްކާލަން. ހަޔާއަށް ރަނގަޅު އާއިލާއެއްގެ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅުގެ ކައިވެނި މިއަދު އެއާއިލާއިން ހުށަހަޅާފި. އެއީ ވަރަށް ރަނގަޅު ކުއްޖެއް. ޕައިލެޓެއް. ދަރިފުޅު މިކަމާ ދެކެނީ ކިހިނެތް. އަދި އިނގޭތަ މާދަމާ މިގެއަށް އެމީހުން އައުމަށް ބޮޑުމަންމަ ވަނީ އެމީހުންނަށް މިހާރު ދައުވަތު ދީފަ. އަދި އެ ފިރިހެން ކުއްޖާވެސް އެމީހުންނާއެކީގަ އަންނާނެ ހަޔާ ޖެހޭނެ އެމީހުންނާ ބައްދަލުކުރަން.” ސީރީން ހަޔާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

“ކީކޭ ތިކިޔަނީ. ހަޔާއަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ ކުޑަމަންމި ތިކިޔަން އުޅޭ އެއްޗެއް” ހަޔާ ހައިރާން ކަމާއެކީގައި ބުނެލިއެވެ. “މިކިޔަނީ ހަޔާ މީހަކާ އިންނަން ވީއޭ” ސީރީން ބުނެލިއެވެ.

“ކުޑަ މަންމި ،ބޮޑު މަންމިކާރީގަ ބުނެގެން ތިކަން ހުޓުވާ ހަޔާ އަދި ނޫޅެން މީހަކާ އިންނާކައް” އެއާއި ވިއްދާފައި ހަޔާ ބުންޏެވެ.

“ކީއްވެގެންތަ ހަޔާ ކައިވެނި ނުކުރަންވީކީ. އަހަރެންނެ ނޫޅެމޭ މާދަމައިން މާދަމަޔަކަށް ކައިވެނި ކުރުވާކައް. އެމީހުންނާ ހަޔާއަށް ބައްދަލުކުރެވިދާނެންނު. އަދި ދިމާވެ އެކަކު އަނެކަކަށް އިނގި ދަސްވީމަ. ހަމަ ހަޔާއައް ކަމުދާ މީހަކަށް އޭނަ ވެދާނެންނު.” ސީރީން  ލޯތްބާއި އެކު ހަޔާއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ.

” އެކަމް ކިހިނެއް އަހަރެން ތިކަން ކުރާނީ އަހަރެން ކިހިނެތް މަންމިމެންނާ ވަކީން އުޅޭނީ” ހަޔާ ދެރަވެލާފައި ބުނެލިއެވެ.

“ހަޔާ ކުޑަކުދިން ދައްކާ ވާހަކަ ނުދައްކާ. މަންމަމެންނަށް އިނގޭ ކޮންމެ އަންހެން ކުއްޖަކަށްވެސް މިދުވަސް އަަންނާނެ ކަން. އެމީހެއްގެ އާއިލާ އާއި ލޯބިވާ މީހުން ދޫކޮއްފައި މީހަކާއިދެގެން ފިރިމީހާ ކައިރިޔައް ދާންޖެހޭނެ ދުވަހެއް އަންނާނެ ކަން. ނިކަން ދަރިފުޅު މިކަމާ ތަންކޮޅެއް ރަނގަޅަށް ވިސްނާލަބަލަ” އަނެއްކާވެސް ސީރީން ހަޔާއަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ.

“އެކަމްވެސް ހެޔޮ އަހަރެންނެ އަދި ނޫޅެން ކައިވެންޏެއް ކުރާކަށް” ހަޔާ ކުރިޔައްވުރެންވެސް ބޮޑައް ތުން ދަމާލާފައި ބުނެލިއެވެ.

“އަނެއްކާ ހަޔާ އެހެން ކުއްޖެއް ދެކެ ލޯބިވަނީތަ، އެހެން ކުއްޖަކާ މާބޮޑައް ހިތްކިޔަނީތަ. އެކަހަލަ ކަމެއް އުޅެންޏާ ކުޑަމަންމަ ކާރީގަ އަވަހަށް ބުނައްޗޭ. ހަޔާގެ އުފަލަކީ ހަމަ މަންމަމެންގެ ވެސް އުފަލޭ” އެވަގުތު ސީރީން ބުނެލިއެވެ.

“ކުޑަ މަންމާ ކުޑަ މަންމާ ޕްލީސް ޕްލީސް. އަހަރެންނަކަށް އެއްވެސް މީހެއް ކަމަކު ނުދޭ އަދި އަހަރެން ބޭނުމެއް ނޫ އެއްވެސް މީހަކާ މެރީ ކުރާކަށް” މިހެން ބުނުމައްފަހު ގޮޑިން ތެދުވެ ހަޔާ ގޭތެރެއަށް ދިއުމަށްޓަކާ ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ. އަދި ސީރީންވެސް ހަޔާގެ ފަހަތުން ހަޔާއަށް ގޮވަމުން ދިޔަނަމަވެސް އެއަޑު އެހުމެއް ނެތި ހަޔާ ދުވެފައި ގޮސް ހަޔާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

އާދުވަހަކަށް އިރު އެރުމާއި އެކު މ.ފިނިފެންމާވިލާގައި އެހެން ދުވަސްތަކާ ހިލާފަ ހަލަބޮލިކަމެއް ފެތުރިގެން ދިޔައެވެ. ނޯކަރުންތައް ގޭތެރެ ޒީނަތްތެރި ކުރުމާއިގެން އުޅެއެވެ. އަދި ޒާހިޔާއާއި ސީރީން ވެސް ގޭތެރެ ޒީނަތްތެރި ކުރުމާއިގެން މަސްޢޫލުވެ އެޅުނެވެ. ސަބަބަކީ މިއަދަކީ ހަޔާއާއި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ އާއިލާއާއި އަދި އެ ފިރިހެން ކުއްޖާ މ.ފިނިފެންމާވިލާ އަށް ޒިޔާރަތް ކުރާ ދުވަސް ކަމުގައި ވުމެވެ. މިކަންތައްގަޑު ތެރޭގައި އުޅެނިކޮއް ޒާހިޔާގެ މޮބައިލް ފޯނު ރިންގުވާން ފެށުމުން ފޯނު ނަގާ ބަލާލިއެވެ. އޭގުޅަމުން ދަނީ އަހުޝަން އެވެ. އަދި ޒާހިޔާ ވަގުތުން އެފޯނައް ޖަވާބު ދިނެވެ.

“އައްސަލާމް އަލައިކުމް. މަންމާ” އަހުޝަން އޭނާގެ މަންމަ އަށް ސާލާމް ގޮވާލިއެވެ.

ވައަލައިކުމުއްސަލާމް. ދަރިފުޅާ.ކިހިނެއް ހާލު.” ޒާހިޔާ އުފަލާއެކީގައި ބުނެލިއެވެ.

” އަހަރެންގެ ހާލު ރަނގަޅު  އިންސާﷲ.. މަންމާ މިއަދު މަންމަގެ މޫޑް ވަރަށް ރަނގަޅުހެން ހީވޭ.” އަހުޝަން ބުންޏެވެ.

“އާން ދަރިފުޅާ މަންމަ މިހުރީ މިއަދު ވަރައް އުފަލުން. ދަރިފުޅަށް އިނގޭތަ މިއަދު އެބަ އާދޭ އަހަރުމެންގެ ހަޔާ އާއި ކައިވެނި ކުރުމަށް ހުށަހަޅާފައިވާ އާއިލާއެއް މިގެއަށް . އަދި އެއީ ވަރަށް ރަނގަޅު ފިރިހެން ކުއްޖެއް. ދެން މަންމަ ކިހާ އުފާ ވާނެ” ޒާހިޔާ ޖޯސާ އެކީގައި ވާހަކަ ދައްކަމުން ދިޔައެވެ.

” ކީކޭ މަންމާ. މަންމެމެން އަނެއްކާ ރަނގަޅުތަ. ހަޔާ އެއީ އަދި ކުޑަކުއްޖެއްނު. އޭނަ އަދި މީހަކާ އިންނާކަށް ނުވެއެއްނު” އަހުޝަން ހައިރާން ކަމާއެކީގައި ބުނެލިއެވެ.

“ހައްހާ.. ދަރިފުޅު ދިޔަ ފަހުން މިހާރު ހަތް އަހަރައްވުރެން ގިނަ ދުވަސް މިވީ. މިހާރު އަހަރުމްނެގެ ހަޔާއަކީ ކުޑަކުއްޖެއް ނޫން. ދަރިފުޅައްވެސް ނޭނގޭނެ މިހާރު ހަޔާ ފެނުނީމަ ވަކިކުރަންވެސް. އޭނާ ބޮޑުވެއްޖޭ ދަރިފުޅާ. ދަރިފުޅަކަށް ނޭނގޭނެ. މި މާލެއިން ރަނގަޅު ފިރިހެން ކުއްޖެއް ހޯދުން އެއީ މިހާރު އެހާ ފަސޭހަ ކަމެއް ނޫން. އަދި ހަޔާ އަކީ މަންމަގެ ދައްތަގެ މިދުނިޔެއަށް ދޫކޮއް ދިޔަ ހަމަ އެކަނި ނިޝާން. މަންމަ އެބަ ޖެހޭ މަންމަގެ ވާޖިބު ވީ އެންމެ ފުރިހަމަ އަކަށް އަދާކުރެވޭތޯ ބަލަން. މީ ހަމަ ހަޔާގެ މުސްތަގުބަލައްޓަކާ މަންމަ ކުރާ ކަމެއް” ޒާހިޔާ އޭނާގެ ހިތުގެ އިހުސާސްތައް އަހުޝަނަށް ކިޔާދެމުން ދިޔައެވެ.

“އާން. ދެން މަންމަ މެންނަށް ފެންނަ ގޮތަކަށް ތިކަންތައް ކުރިއަށް ގެންދޭ. އަހަރެންގެ ހިޔާލުގައި ހަޔާ އަކީ އަދި ކުޑަކުއްޖެއް. ދެން އިނގޭނީ މަންމަ މެންނައް ކަންތައް ކުރާނެ ގޮތެއް” އަހުޝަން އޭނާގެ މަންމަ އާއި ފޯނުން ވާހަކަ ދައްކަމުން ނުންޏެވެ.

“އާން. ދެން ތިވާހަކަ ބާއްވާފަ ހިންގާ ދަރިފުޅުގެ ވާހަކަ ދައްކަން. މަންމަ ވެސް ބޭނުން ދަރިފުޅު މަންމަ އަށް ރަނގަޅު ޅީދަރިފުޅެއް ހޯދައިގެން މަންމަގެ ކައިރިއަށް ގެނަސްގެން ގެންގުޅޭނެ ދުވަހެއް ބަލަން. އެއީ މަންމަ މިދުނިޔެމަތީން މިހާރު އެންމެ ދެކެން ބޭނުންވާ  އެއްދުވަސް” ޒާހިޔާ ބުންޏެވެ.

“މަންމާ ދެރަ ނުވޭ އިންޝާﷲ އަހަރެން ވަރަށް އަވަހައް މަންމަ ކާރިއަށް ދާންނަށް. ދެން މިވަގުތު އިހައް ފޯނު ބާއްވާލިން” އަހުޝަން އެހެން ބުނުމައްފަހު ފޯނުބެއްވިއެވެ.

“ބޮޑު މަންމީ. އަޅެ ޕްލީސް އެމީހުން މިގެއައް ނުގެނަސް މިކައިވެނި ހުއްޓުވަންވީނު. ހަޔާ ކުޑަމަންމި ކާރީގަވެސް ބުނިން ހަޔާ އަދި މެރީ ކުރަން ބޭނުން ނޫން ކަމަށް. އަޅެ ޕްލީޒް ބޮޑުމަންމި”  ޒާހިޔާއާއި އަހުޝަން ފޯނުން ދެއްކި ވާހަކަތައް އަޑުއަހަން ފަހަތުގައި ހުރުމައްފަހު ޒާހިޔާ އަހުޝަންގެ ފޯނު ބޭއްވުމުން ހަޔާ ދެރަވެލާފައި އޭނާގެ ބޮޑުމަންމަ ޒާހިޔާކައިރީގައި ބުންޏެވެ.

“ދަރިފުޅާ ހަޔާ…. ކޮންކަހަލަ ނުވިސްނޭ ވާހަކައެއް ތިދައްކަނީ …. ކަމަކަށް އިންކާރު ކުރާއިރު، ސަބަބެއްވެސް އޮންނަންވާނެންނު… މަންމަމެން ބުނާ ބަސް އަހާގެ އެއްފަހަރުވެސް އެ ފިރިހެން ކުއްޖާއާ ބައްދަލު ކޮއްލަބަލަ ، ހަމަ ހަޔާ ހިތް ކިޔާ ސިފަތަކެއް ހުރި ކުއްޖަކައް ވެސް ވެދާނެންނު” ޒާހިޔާވެސް ހަޔާއަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ.

“އަޅެ ދެން… ހަޔާގެ ހިތް ނުރުހި ހަޔާ ބޭނުން ނުވާކަމެއް ކުރާއިރު ކޮން ހިތްހަމަ ޖެހުމެއްތަ އޮންނާނީ… މަންމީ ޕްލީސް މިކަން ހުއްޓުވާދީ ” އާދޭހުގެ ރާގެއްގައި ހަޔާ ބުންޏެވެ.

“ބަލަ ކަލޭމެން އެންމެން އެއްބައިވެގެން ތިއުޅެނީ މަންމަގެ ހިތް ހަލާކުކޮއްލަންތަ ހަޔާ… އަހުޝަން ވެސް އަހަރެން މާޔޫސް ކޮއްލީ އެކަމަކު އަހަރެން އެއްވެސް ވަރަކައް އުއްމީދެއް ނުކުރަން ހަޔާގެ ފަރާތުން މިމަންޒަރު ފެނިދާނެ ކަމަކަށް” ޒާހިޔާ އައް ދެން ހަޔާއާއި ވާހަކަ ދައްކައިގެ ކުރި އެރުމެއް ނުލިބޭނެ ކަން އިގުމުން ފެންކަޅިވެ ހުރެ ބުނެލިއެވެ.

“އައޭމް ސޮރީ މޯމް” ހަޔާވެސް ފެންކަޅިވެ ހުރެ އެހެން ބުނެލިމައްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.

 

ޒާހިޔާ ހަޔާގެ މިވިސްމުގައި ހުއްޓާ ސީރީން ގެ ދެމަފިރިން އައިސް ގޭތެރެއަށް ވަނެވެ. އަދި ވަން އިރު ދައްތަ ބޮޑު ފިކުރެއްގައި ހުރިކަން އެނގުމުން ސީރީން ސުވާލު އޭނާގެ ދައްތަ ކައިރީގައި ވިސްނަނީ ކޮންކަމަކާތޯ ސުވާލުކުރިއެވެ.

“މި ވިސްނަނީ ހަޔާ އެ ފިރިހެން ކުއްޖާޔާ ކައިވެނި ކުރަން ގަބޫލު ނުވީމަ އެކަމާ، ކީއްކުރާނީ… މީ ދެން ހަމަ މަށައް ހުރި ގޮތްތަ… އެއް ކުއްޖަކުވެސް ބުނަ ގޮތެއް ހަދަނީކީ ނޫން ވިއްޔަ” ޒާހިޔާ އޭނާގެ އިހުސާސްތައް އެއްބަނޑު ކޮއްކޮ ސީރީން އަށް އއްވާލިއެވެ.

“ދެން ކީއްކުރާނީ ދައްތާ އަހުޝަން ވެސް ހަޔާވެސް ދައްތަ ބުނާގޮތެއް ހަދަނީކީ ނޫން ވިއްޔަ” ސީރީން ވެސް ޒާހިޔާ އާއި އެއްބައިވެ ބުނެލިއެވެ.

“ދެން މިކައިވެނި ހުއްޓާލަން މަށައް ފެންނަނީ. ހަޔާގެ ނުގަބޫލުގަ ކައިވެނި ކޮއްގެން އޭނައަކަށްވެސް ވަކި އުފަލެއް ނުލިބޭނެންނު. ކޮންމެ ކަމެއްވެސް ވަނީ ރަނގަޅަކަށެ ބުނެއެއްނު.. އެހެން ވީމާ މިކަމުގައިވެސް އިންސާﷲ ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ” މާހިދު އޭނާގެ ހިޔާލުވެސް ޒާހިޔާއައް ހުށަހެޅިއެވެ.

” އެންމެ ރަނގަޅު ދެން އެއްވެސް މީހަކު ހަޔާ ކައިރީގަ އެވާހަކަ ދައްކާނެ ކަމެއް ނެތް، އަހަރެން މަސައްކަތް ކުރާނަން މަޑުމަޑުން އޭނައާ ވާހަކަ ދައްކައިގެ މިކަމަށް އޭނަ އެއްބަސް ކުރެވޭތޯ” ޒާހިޔާވެސް އެންމެ ފަހުން މިކައިވެނި ހަޔާގެ ނުގަބޫލުގައި ނުކުރަން ނިންމިއެވެ. އެހެން ނަމަވެސް ޒާހިޔާ ހުރީ އަދިވެސް ހަޔާއަށް ވިސްނައި ދީގެން ހަޔާގެ ކައިވެނި ރަނގަޅު ފިރިހެން ކުއްޖަކާ ކުރުމަށް ނިންމައިގެނެވެ. މިކަން މިހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ހަޔާ އަކީ ޒާހިޔާގެ އުފަން ދަރިއެއް ކަމުގައި ނުވި ނަމަވެސް އޭނަ ލޮލުގެ ނޫރުފަދައިން ބަލާބޮޑުކޮއްފައިވާ ކުއްޖަކައް ވެފައި އޭނާގެ އެއްބަނޑު ދައްތަ ގެ ވަސިއްޔަތް ކަމުގައިވާ ހަޔާގެ ހަޔާތައް ރަނގަޅު ފިރިޔެއް ހޯދުމަކީ ޒާހިޔާ ގެ ލޮލުގެ ފިނިކަމެވެ. އަދި ސިޓިންރޫމްގެ ސޯފާއިން ތެދުވެގެނ ގޮސް ކޮޓަރިއައް ވަދެ އެނދުގައި އޮށޯވެ ހަޔާގެ ދިރިއުޅުމާއި މެދު ވިސްނަން އޮއްވާ ކޮޓަރީގެ ދޮރު ހުޅުވާލުމައްފަހު ހަޔާ އޭނާގެ ބޮޑުމަންމަ އައް ބޭސް ދިނުމަށްޓަކައި ބޭހާއި ފެން ހިފައިގެން އައިސް ކޮޓަރީގެ ޑްރެސިންގް ޓޭބަލް މަތީގައި ބެހެއްޓިއެވެ. އަދި ޒާހިޔާ އެއްޗެކޭ ނުކިޔާ އޮތުމުން ހަޔާ ބުނެލިއެވެ. ” ބޮޑުމަންމި ތި ހުރީ ހަޔާ ދެކެ ރުޅި އައިސްސަތަ އަދިވެސް” އެހެން ނަމަވެސް ޒާހިޔާގެ ޖަވާބެއް ނައުމުން ހަޔާއަށް ރޮވޭ ގޮތް ވިއެވެ. މިވީހާތަނަށް ޒާހިޔާގެ ކަމަކާއި އެހެން ހިތްހަމަ ނުޖެހިފައި ނުވެއެވެ. އަދި ހަޔާ އޭނާގެ ބޮޑުމަންމަ އަށް ގޮވަން ފެށިއެވެ.

“ހަޔާ އެންމެ ފަހަރަކުވެސް ހަޔާގެ މުސްތަގުބަލާ ދޭތެރޭގައި ވިސްނާލިންތަ. ބަލަ މަންމަމެން މިކަން މިކުރަނީ ހަޔާގެ އުފަލައްޓަކައޭ، އެކަމަކު މިފަހަރު މަންމަ ހަޔާގެ ނުގަބޫލުގަ މިކަންތައް ނުކުރަން ނިންމާފިން. އެކަމަކު ދެން މަަންމަ ހަޔާ އަކަށް މިކަހަލަ ޗާންސެއް ނުދޭނަން. އަަދިވެސް މަންމަ އަށް ރަނގަޅީ ހަޔާ މިކައިވެންޏާ ގަބޫލު ވިއްޔާ” ޒާހިޔާ ނުރުހުންވެ ހުރެ ބުންޏެވެ.

“މަންމާ އައިއޭމް ސޮރީ، ޕްލީޒް ޕްލީޒް” ހަޔާ ޒާހިޔާގެ ގައިގައި ބައްދައި ގަނެފައި ރޮމުން ބުންޏެވެ. އެންމެ ފަހުން ޒާހިޔާއަށް ހަޔާ ރޮމުން ދާ މަންޒަރު ބަލަން ކެތް ނުކުރެވިގެ ހަޔާ ބުރަކަށީގައި ފިރުމާލުމައްފަހު ނުރޯން ބުންޏެވެ. އަދި ހަޔާ އަކީ ޒާހިޔާ މިދުނިޔެ މަތީން އެންމެ ލޯބިވާ އެކަކު ކަަމައްވެސް ބުންޏެވެ.

ހަޔާގެ ދިރިއުޅުމުގައި މިވޭތުވެ ދިޔަ  18 އަހަރުގައިވެސް ކަމަކާ ދެރަ ނުވާވަރަށް މިއަދު ހަޔާ ދެރަ ވިއެވެ. ސަބަބަކީ އޭނާ މިދުނިޔެގައި އެންމެ ލޯބިވާ ބޮޑުމަންމަ ގެ ބަހާ ދެކޮޅުހަދަން ޖެހުމުންނެވެ. މިއަދު ހަޔާގެ ހިތައް ބާރު ފޯރުވޭވަރަށްވުރެން އެހިތް ވަނީ އޭނައާއި ދުރުވެފައެވެ. އާއެކެވެ. ހަޔާ ގެ ވިސްނުން ކިތަންމެ ޅަ ކަމުގައި ވިޔަސް ހަޔާވެސް މީހަކު ދެކެ ލޯބިވެއެވެ.

=ނުނިމޭ=

 

Share Article

Follow Me Written By

cyclopx

Level 1

Other Articles

Previous

ހިޖުރަ (ސާޅީސްވަނަ ބައި)

Next

ހައިފާ

Next
October 23, 2015

ހައިފާ

Previews
October 22, 2015

ހިޖުރަ (ސާޅީސްވަނަ ބައި)

6 Comments!

  1. Thia says:
    October 23, 2015 at 3:32 am

    Vaahaka varah reethi

  2. Thia says:
    October 23, 2015 at 3:32 am

    Vaahaka varah reethi

  3. sobi says:
    October 23, 2015 at 6:52 am

    Anehkaa hayaa loabivany ahshan dheke eh nun baa. V reethi vaahaka. Waiting for the next part. Knirakun up kohdhehny…

  4. iraa says:
    October 23, 2015 at 11:06 am

    owww so sweett….. :-* kondhuvahakn anehbai up kohdheynyy???

  5. yaanube says:
    October 23, 2015 at 6:23 pm

    kobaa meege furathama bai

  6. EMA says:
    October 27, 2015 at 12:46 pm

    In sa Allah enoonenu inna hiny… In sha Allah ennu…

Comments are closed.



All Right Reserved!