Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ވަންހަނާ (1ވަނަ ބައި)

Eyesh
December 20, 2015
4 Mins Read
36 Views
46 Comments

އޭރު އަހަރެންގެ އުމުރުން ވާނީ އަށާރައަހަރެވެ. އަހަރެންނަކީ އަބަދުވެސް ކެއުމަށް ވަރަށް ބަލައިގެންއުޅޭ ކުއްޖެއްކަމުން ސާޅީސްއަށް ކިލޯއަށްވުރެ ދުވަހަކުވެސް ބަރެއްނުވެއެެވެ. އިސްކޮޅުގައި ފަސްފޫޓުފަސް އިންޗި ހުރެފައި ލިބިފައިވާ ލޫޅާފަތި ހަށިގަނޑުގެ ސަބަބުން އެތައްބައެއްގެ ލޯތަށް އޭރުވެސް އަހަރެންނަށް އަމާޒުވަމުންދިޔައީ މަދެއްކޮށެއްނޫނެވެ.

 

ބައްޕަ ނިޔާވެފައި ވިއެއްކަމަކު މާލޭގައި މަންމަގެ އަމިއްލަ ގެހުރުމުގެ ސަބަބުން ގެއިންބައެއް ކުއްޔަށްދީގެން އަހަރުމެން ދެމައިން އުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ބައްޕަނިޔާވިފަހުން މަންމަ އިތުރުކައިވެންޏެއް ކުރަން ބޭނުންނުވީ އެކަމުން އަހަރެންނަށް ލިބިދާނެ ދެރައަކާއި ދޭތެރޭގައި ވިސްނުމަށްފަހުއެވެ.

 

އެއީ ހަފްތާއިން ހުކުރު ދުވަހުގެރެއެވެ. ގަޑިންއޭރު ރޭގަނޑު ދިހައެއް ޖަހަނީއެވެ. އަހަރެން އަވަސްއަވަހަށް މަސައްކަތްކުރީ ދިހަގަޑިބައިވުމުގެކުރިން މޭކަޕްކޮށް ނިންމާލެވޭތޯއެވެ. ލީލާގެ އުފަންދުވަހުގެ ޕާޓިއަށް ހާއްސަކޮށް މަންމަފަހަދިން ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުން ލުމަށްފަހު ޑްރެސިންޓޭބަލް މަތީގައިހުރި ޑީކޭއެންވައި ސެންޓުފުޅި ނަގައި މުޅިގަޔަށް ބުރުވައިލީމެވެ. އަދި އަހަރެންގެދިގު ފަންއިސްތަށިގަނޑުން ބޮލުގެ ފަހަތަށް ބޮޑުހުޅިއެއްޖަހައި ލޮލުގައި އަނދުންއަޅައި ތުންފަތުގައި ގަދަ ފިޔާތޮށިކުލަ ޖައްސައިލީމެވެ.
ލޯގަނޑު ކުރިމަތީގައިހުރެ ދެފަރާތަށް އެނބުރިލަމުން އަމިއްލަ ހަށިގަނޑަށް ބަލަމުންދިޔައީ މިރޭ އަހަރެން ހާދަރީއްޗޭ ހިތަށްއަރަމުންނެވެ. އަލަމާރީގެ ތިރީދޮރުފަތް ދަމާލުމަށްފަހު އޭގެތެރެއިން ފުންނާބުއުސް ކަޅުކުލައިގެ ބޫޓެއްނަގައި އަވަސްއަވަހަށް އެއަށްއަރައިގެން ފަރިހިނގުމެއްގައި ކޮޓަރިން ނިކުތީމެވެ.

 

“މާޝާ ﷲ … މަގޭ ދަރިފުޅު ހާދަހާރީއްޗޭ.” މަންމަ ހެވިފައިހުރެ އަހަރެންގެ ކޯތާފަތުގައި ފިރުމާލަމުން އަހަންނަށް ތަޢުރީފު ކުރިއެވެ. މަންމަގެ ކޮލަށް ބޮސްދިނުމަށްފަހު އަހަރެން އަވަސް އަވަހަށް ގެއިންނިކުތީ އޭރުގަޑިން ދިހަގަޑި ބައިވެބޮޑުވެފައި ހުރުމުންނެވެ. އެގާރަޖަހާއިރު ޕާޓީފެށޭނެވާހަކަ ލީލާ އޮތީ މާކުރިންވެސް ބުނެފައެވެ.

 

އަތުކުރީގައިއޮތް ގަޑިއަށް ބަލައިލުމަށްފަހު ގެއިންނިކުމެ ހިނގާފައި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާ ހޮޓެލްއާއި ދިމާލަށް މިސްރާބުޖެހީމެވެ. ދިޔަމަގުމަތީގައި ދޭތެރެއަކުން ސައިކަލުގައިދާ ފިރިހެންކުދިން އަހަރެންނާއި ކައިރިވެލާފައި ހާދަރީއްޗޭ ބުނެ ފޮށިލައެވެ. އެހެނަސް އެއިންއެއްވެސް މީހެއްގެ ބަހަކަށް ފަރުލުވާލެއްނެތި އަހަރެންގެފަރި ހިނގުމުގައި ބާރަށް ކުރިއަށް ދިޔައީމެވެ.

 

ގެއިންނިކުތްތާ ބަރާބަރު ފަސް މިނެޓުތެރޭގައި ހޮޓެލްއާއި ހިސާބަށްދެވުނެވެ. އަހަރެން މަޑުމަޑުން އެތެރެއަށްވަދެ ކައުންޓަރުގައި އިން ކުއްޖާގެއަތަށް ދައުވަތުކާޑު ދިއްކޮށްލުމުން އެކުއްޖާ އަހަރެންގެ އަތުންކާޑު އަތުލުމަށްފަހު ރަންކުލައިގެ ރީތިމާސްކެއް އަހަރެންގެއަތަށް ދިނެވެ.
“ދިސް އިޒް ފޯރ ވަޓް؟” އަހަރެން މަޑުމަޑުން އެހެން އަހައިލީ ޕާޓީގައި މާސްކް އަޅައިގެން އުޅެންޖެހޭނެ ވާހަކަ ލީލާ ބުނެފައި ނުވާތީއެވެ.
“މިޕާޓީއަށް އަންނަ ކޮންމެ ބޭފުޅަކުވެސް މާސްކު އަޅަައިގެން އުޅޭގޮތަށް ހަމަޖެހިފަ އޮތީ… ޓެރަސްއަށް ދުރުވޭ.. ޕާޓީ މިހާރު ފެށިއްޖެ.. ޕާޓީއަށް ޖޮއިންކުރުމުގެކުރިން މާސްކް އަޅާތި އިނގޭ.. ” އެކުއްޖާ ހީލަމުން އަހަރެންނަށް ކަންކުރަންވީގޮތް ކިޔައިދިނެވެ.

 

 

އަހަރެން މާސްކު ހިފައިގެންގޮސް ލިފްޓުން ޓެރަހަށް އެރީމެވެ. އަދި ލީލާ ފެނޭތޯ ވަށައިގެން ހޯދާލީމެވެ. އެހެނަސް މާހައުލުގައިވާ ފަނޑުރަތްއަލިކަމުގެ ތެރެއިން މީހަކުވަކިވާވަރެއްނޫނެވެ. ހަތަރުފަރާތުގައިވާ ބޮޑެތި ސްޕީކަރުތަކުން އިވެމުންދިޔަ ޝަކީރާގެ ލޯކާ ލޯކާ ލަވައިގެއަޑު ވަނީ މުޅިތަނުގައި ބާރަށް ގުގުމާލާފައެވެ. އޭރު ކޮންމެމީހަކުވެސް އެމީހެއްގެ ބައިވެރިޔާއާއިއެކު ލަވައިގެ މިއުޒިކަށް ފައިހަމަ ކުރަމުންދިޔައީ ނުހަނު ގައިގޯޅިކޮށްތިބެއެވެ. އެހެނަސް މޫނުމަތީގައި އަޅާފައިވާ މާސްކުތަކުގެ ސަބަބުން ކޮންމެމީހެއްގެ މޫނުންވެސްވަނީ ބޮޑުބައެއް ފޮރުވިފައެވެ.

 

 

އެހެންހުންނަތާ ގާތްގަނޑަކަށް މިނެޓެއްވީތަނާ އަންހެނަކު އައިސް އަހަރެންގެ ކައިރީގައި ހުއްޓުނެވެ. އޭނާގެ މޫނުމަތީގައިވެސް ހަމައަހަރެން އަތުގައިއިއޮތްކަހަލަ މާސްކެއްއަޅާފައި ވެއެވެ.
“ހާއި…. ސުމާ… ނަސީބެއްނު މާސްކުނާޅާ ވަތްކަން… އެހެންނޫންނަމަ ނުވެސްއެނގުނީސް…. އަވަހަށް ތިއަޅާބަލަ… އެހެރަމޭޒުގައި އެހުރީ ހެދިކާ އާ ޖޫހާ.. ތަންކޮޅެއް ފަހުންދޯ ކާނީ..ހިނގާ ނަށާލަން….”
އެއީލީލާއެވެ. އޭނާ ހެމުން އަހަރެން އަތުގައިއޮތް މާސްކް ނަގައި އަހަރެންގެ މޫނުމަތީގައި އެޅުވިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެންގޮސް މީހުން ތަކުގެތެރެއަށް ވައްދައި ނަށަން ފެށިއެވެ. އަހަރެންވެސް ލީލާއާއިއެކު އެންމެންގަނޑުގެ ތެރޭގައިހުރެ ނަށަމުންދިޔައީމެވެ.

” އެބަ އަންނަން..” އަހަރެންގެ ކަންފަތް ކައިރީގައި މިހެންބުނެ ލީލާ އެހެން ދިމާލަކަށް ދިއުމުން އެކަނިހުންނަން އަހަރެން ޖެހިލުންވީނަމަވެސް ނަށަމުން ދިޔައީމެވެ.

 

 

“ހާއި .. އެކަނިވެފަތަ؟ ޔޫ ޑޯންޓް ހޭވްއަ ޕާޓްނަރ ދޯ؟” ކުއްލިއަކަށް ކަންފަތުގައި ޖެހުނު ރީތިފިރިހެން ވަންތައަޑުން އަހަރެން ފަސްއެނބުރި ބަލައިލީމެވެ. އޭރު އިސްކޮޅުންދިގު އެފިރިހެނާ ހުއްޓިގެންހުރީ އަހަރެންގެ މޫނާއި މޫނު ޖެހޭހާ ކައިރީގައެވެ. އެހެން ފިރިހެނުންނެކޭވެސް އެއްގޮތަށް އޭނާގެ މޫނުމަތީގައިވެސް ވަނީ ބުޅަލެއްގެ މޫނުސިފަވާގޮތަށް ހަދާފައިވާ ރިހިކުލައިގެ މާސްކެއްއަޅައިފައެވެ. އެހެން ކަމުން އެހާކައިރީގައި ހުރިއިރުވެސް އޭނާގެ ސިފަ އެނގޭވަރެއް ނުވިއެވެ.

“ޔާ.. ނޯ ޕާޓްނަރ.” އަހަރެންގެ ޖަވާބު ލިބުމާއިއެކު އަހަރެންގެ އުނަގަނޑުގައި އޭނާގެ ވައަތުން ހިފުމަށްފަހު ކަނާއަތުން އަހަރެންގެ ވައަތުގައިހިފައި މިއުޒިކުގެ ހަމައަށް ނަށަންފެށިއެވެ. ލީލާ ދިއުމުން އެކަނިވެފައި ހުރުމުން އަހަރެންވެސް ވަގުތުގެ ބޭނުން ހިފައިލީމެވެ.

 

“ހާދަ މީރުވަސް ދުވާސެންޓެކޭ.. ކޯއްޗެއް؟” އޭނާގެ ގައިން ދުވަމުންދިޔަ މީރުވަހުން ނުހުރެވިގެން އަހަރެން އަހައިލީމެވެ.
“ގުޗީގެ ގިލްޓީބްލެކް” އޭނާ އަހަރެންގެ ކަންްފަތާއި ވަރަށް ކައިރި ވެލާފައި ވައިއަޑަކުން ބުނެލިއެވެ. އެވަގުތު އޭނާގެހޫނުނޭވާ އަހަރެންގެ ކަންފަތަށް އެޅިގެންދިއުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.

އޭނާގެއަތް މަޑުމަޑުން އަހަރެންގެ ކަނދުރާގައި ބީއްސާލަމުން އަހަރެންގެ ހަށިގަނޑު އޭނާގެގަޔާއި ޖައްސައި ފިއްތައިލިއެވެ. އޭނާ ގެނައި މިކުއްލިހަރާކާތުގެ ސަބަބުން އަހަރެންގެމޭ ފިނިވެގެންދިޔައެވެ. އެހެނަސް އެއިހުސާސްތައް އަހަރެންނަށްވީ ލިބުނިއުފަލަކަށެވެ.

“އައިތިންކް ޔޫވިލްބީ ގުޑް އެޓްދެޓް ދޯ” މިހެންބުނެ އޭނާ މަޑުމަޑުމް ހީލިއެވެ. އޭނާ ވަށްބަހުން އެބުނިއެއްޗެއްގެ މާނަ ނަގައިގަންނަން ވަގުތުކޮޅެއް ނެގިނަމަވެސް އަހަރެންނަށް އެބުނީ ކީކޭކަން ވަރަށް ސާފުކޮށް ދޭހަވިއެވެ.
“މޭބީ” އަހަރެންވެސް ވަކިދެރަނުވާނަމޭ ހިތަށްއަރައި އޭނާގެ ކަންފަތް ކައިރިގައި ބުނެލީމެވެ.

އަހަރެން އެހެންބުނުމާއިއެކު އެބައަންނަމޭ ކިޔައި އޭނާ އަހަރެންނާއި ކުޑަކޮށް ދުރަށް ޖެހިލަމުން ޖީބުން ފޯނުނަގައި ކޯލެއްކޮށްލުމަށްފަހު އަނެއްކާވެސް އައިސް އަހަރެންގެ އުނަގަނޑުގައި ހިފަހެއްޓިއެވެ. “ލެޓްސްގޯ… ރޫމް އިޒް ރެޑީ… މި ހޮޓެލްގެ ފަސްޓްފްލޯގައިން ރޫމެއް.” އޭނާއަހަރެންނާއި ކައިރިވެލަމުން ބުނެލިއެވެ.
“އޯކޭ ލެޓްސްގޯ.” އޭނާގެ ދައުވަތަށް އަހަރެން ފުރަގަސްދޭން ބޭނުންނުވީ މޫނު ނުފެނުނެއްކަމަކު އޭނާގެ އަމަލުތަކުން އަހަރެންގެ ހިތް ކަތިލެވިފައިވަތީއެވެ.

 

ދެމީހުން އެކުގައި ލިފްޓަށް އަރައިގެންގޮސް ފުރަތަމަ ފަންގިފިލާގައިވާ ބޮޑުކޮޓަރިއަކަށް ވަނީމެވެ. އޭރު އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައީ މިވާންއުޅޭ ކަންތަކުގެ ބޮޑުކަން އިހުސާސްވުމުންނެވެ. އޭނާ އެތެރެއަށްވަދެ ފާޚާނާގެބޮކި ދިއްލައި ފާޚާނާގެ ދޮރު ކުޑަކޮށް ހުޅުވައިލުމަށްފަހު އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. ކޮޓަރީގެ ބޮކި ނިއްވައިލައިފައި ހުރުމުން ކޮޓަރިތެރޭގައިވަނީ ފަޚާނާދޮރު ދޭތެރެއިން އެޅިގައިވާ ފަނޑުއަލިކަން އެކަންޏެވެ. ތަނުގައިވާ އަނދިރިކަމުންނާއި އޭނަގެ މޫނުމަތީގައިވާ މާސްކު ނުނަގާހުރުމުގެ ސަބަބުން ކިތަންމެވަރަކަށް އޭނާގެމޫނު ދެކިލަން ބޭނުން ވީނަމަވެސް އެމޫނު ފެންނަގޮތެއްނުވިއެވެ.

 

“އިޓްސްއަ ޑީލް. އެކަކުވެސް މާސްކު ނުނަގާނެ.. އެންޑް މިރެއަށްފަހު ދެމީހުންވެސް އެކަކު އަނެކަކު ހޯދާކަށް ނޫޅޭނެ. މާސްކު ނުނަގާ މިއަނދިރީގަ ނުވެސްއެނގޭނެ އެއްނު ކާކު ކަމެއް.”
އޭނާ ވާހަކަ ދެއްކީ ވައިއަޑުންނެވެ.
ކަންތައްވީ އަހަރެން ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. އަހަރެން ހީކުރީ އޭނާގެމޫނު އަހަންނަށް ދައްކާނެކަމަށެވެ. އަދި އެރެއަށްފަހު ދެމީހުންގެ ގުޅުން އަބަދުވެސް ކުރިއަށްދާނެ ކަމަށެވެ.

“އޯކޭ…” އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަހަރެން އާނއެކޭ ބުނީ އަހަރެންވެސް އޭނާއެކޭ އެއްގޮތަށް އެއުފާތައް ބޭނުންވެފައި ހުރިވަރުންނެވެ.

 

އަހަރެންގެ ޖަވާބު އިވުމާއިއެކު އޭނާގެ ހަރަކާތްތައް އަވަސްވިއެވެ. އޭނާ އަހަރެން އުރާލުމަށްފަހު އަތްދަނޑި މައްޗަށް ލައިގެންގޮސް އެނދުމައްޗަށް ވައްޓައިލިއެވެ. އަދި ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އަހަރެންގެ ގައިމައްޗަށް ޖެހިގަތެވެ. އޭނާގެ އެހަރަކާތްތައް އަހަރެންނަށް ކަމުދިޔަ ވަރުން އެބިޔަ ހަށިގަނޑުގެ މަސްތީ އުފާތަށް އުފަލުންހުރެ އަހަރެން ލިބިގަތީމެވެ.

 

ގަޑިން ދަންވަރު ދޭއްޖެހުމައިއެކު އަހަރެން ހެދުންލައިގެން ކޮޓަރިން ނިކުތީމެވެ. ގެއަށްދިޔަ މަގުމަތީގައި އެތަކެއް ސުވާލުތަކެއް އަހަރެންގެ ހިތަށް އަރައިފައިބަމުންދިޔައެވެ. އެއީ ކާކުބާއެވެ؟ އަނެއްކާ އެއީ މީހެއްގެ ފިރިއެއްބާއެވެ؟ މާސްކުގެ ދަށުގައި ފޮރުވިފައިވާ އެމޫނު އަހަރެންނަށް ދުވަހަކުވެސް ފެންނާނެ ބާއެވެ؟ ފެނުނިއްޔާވެސް ވަކިކުރާނީ ކީއްހެއްޔެވެ؟ އަހަރެންނަށް އޭނާ ވަކިކުރާކަށް ނެނގޭނެއެވެ. އަދި އޭނާއަކަށްވެސް އަހަންނެއް ނެނގޭނެއެވެ.

 

މިކަހަލަ ހިޔާލުތަކެއްގައިހުރެ ހިނގާފައިގޮސް ގެއަށްވަތްއިރު އަހަރެންގެ އިންތިޒާރުގައި މަންމަ ސިޓިންރޫމުގައި ހުރިސޯފާގައި އިނެވެ.
“ހާދަ ލަސްވީ… ދަރިފުޅުގެ ފޯނަށް ވަރަށްގުޅިން….ފޯނު ނުނަގާތީ މަންމަ ވަރަށް ކަންބޮޑުވެފަމީނީ… ” އަހަރެން ފެނުމާއިއެކު މަންމަ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ވާނީވެސް އެހެންތާއެވެ. މިދުނިޔޭގައި މަންމަގެ ހުރިވެސް މީހަކި އަހަރެން އެކަންޏެވެ. ލަސްވީ ޕާޓީ ނިމެންދެންމަޑުކުރުމުން ކަމުގައިބުނެ އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ.

 

ނުނިމޭ…

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eyesh

Other Articles

Previous

ލޯބީގާ ވާތީފަނާ… (11ވަނަ ބައި)

Next

އަނިޔާ.. 13 ވަނަ ބައި

Next
December 20, 2015

އަނިޔާ.. 13 ވަނަ ބައި

Previews
December 20, 2015

ލޯބީގާ ވާތީފަނާ… (11ވަނަ ބައި)

46 Comments

  1. Eyesh says:
    December 20, 2015 at 7:19 am

    Hi everyone, ? this my 4th story and i hope everyone will like it too.. thanx for reading my stories ?????

  2. aathi says:
    December 20, 2015 at 7:31 am

    Woa…its realy interesting ingey.. im the first right?.. hehe..waiting for next part..so eagerly.. 😀

    1. Eyesh says:
      December 20, 2015 at 7:34 am

      Yeyy u r 1st ? m so happy that u liked it.. thanx for reading ingey ??

  3. aathi says:
    December 20, 2015 at 7:35 am

    N the pic is so matching to story..hehe..sifa kohfa in goeh vrh salhi ingey.. luv ur stories.. :*

    1. Eyesh says:
      December 20, 2015 at 7:46 am

      Awwwn thank u so much my dear.. u made my day aathi. Hehe ??

  4. Sijaa says:
    December 20, 2015 at 7:50 am

    Eyesh v v v salh.. whn will b the nxt part? M waitin ingey.

    1. Eyesh says:
      December 20, 2015 at 7:58 am

      Thanx a lot sijaa ?? insha allaah within two days will uload ?? thanx for reading

  5. Eyesh says:
    December 20, 2015 at 7:58 am

    I mean upload heheh

  6. nuhnu says:
    December 20, 2015 at 8:40 am

    Omg…vrh vrh reethi mi vaahaka ves..eyesh ur the best…I love ur stories..umwah..hehe

    1. Eyesh says:
      December 20, 2015 at 9:16 am

      Awwwn nuhnu.. u r the best too ?? m so happy to know that u love my stories ??? thank u so so much for enjoying my stories ingey ????

  7. Inaa says:
    December 20, 2015 at 9:59 am

    Awesome. Next part avahah Up koh dheh chey.

    1. Eyesh says:
      December 20, 2015 at 10:49 am

      Thanx Inaa.. ? yeah insha allaah v soon upload kuraanan ingey

  8. sadhaaa says:
    December 20, 2015 at 10:20 am

    So interesting ?

    1. Eyesh says:
      December 20, 2015 at 10:50 am

      Thanx sadhaa ??

  9. meefan says:
    December 20, 2015 at 11:10 am

    goas kanthah thakah tharuheeb dhey kahala vaahaka liyun rangalheh noon.heevany v simple kanthakey dhw.emme bodethi faafathathuge vaahaka,jehunu meehaka eku sleep kurun.mihaaru ulhey meehun nah mee ehves kameh noon.

    1. Eyesh says:
      December 20, 2015 at 11:57 am

      Dear meefan.. ? I always try to bring a gud message from every story i write. And konme vahaka ehves liyanee mi mujuthamaugai hingamun dhaa kankamaai gulhuvaigen. Egothun alhugandu liyefaivaane “kiaaraa” namakah kiyaa vahaka eh hama mi site ga.mivahaka kiyaalumun ves meefan ah egeyne mikahala vahaka thakun libey iburathaai dheyn beynum vaa message. Aslu m v sad that u judged it too quickly before i finish the story ? i hope u will read it untill the last episode ? anyways thanx for reading

  10. stranger says:
    December 20, 2015 at 11:47 am

    vaahaka ehkoh kiyaafa tha comment thi kuraany I dnnnnt think soooooo

  11. stranger says:
    December 20, 2015 at 11:50 am

    goas kanthakah tharuheebu dhey vaahaka ehnun mivaahaka akee nd mind your words before expressing

    1. Eyesh says:
      December 20, 2015 at 12:00 pm

      Yes stranger. ? meekee ehves haalehgai goas kankamah tharuheebu dhinumuge gothun liyaa vahakaeh noon. And this is just the 1st part. And also konme story ehgaves moral eh vaane dhw. ??

  12. ***** says:
    December 20, 2015 at 11:51 am

    salhi gud

    1. Eyesh says:
      December 20, 2015 at 12:00 pm

      Thnx my dear ?

  13. Ahmed Ammu says:
    December 20, 2015 at 12:18 pm

    Awesome. Waiting for the next part. ?

    1. Eyesh says:
      December 20, 2015 at 12:22 pm

      Awwwn thank u ammu ? insha allaah within two days upkuraanan ingey ?

  14. Sanu says:
    December 20, 2015 at 12:36 pm

    Eyesh he namah click kohgen kiaaraa vaahakaeh nufenunu…

    1. Eyesh says:
      December 20, 2015 at 12:40 pm

      Eyesh name ah click kohleema ahnaane.. thryga red kulain ihnaane page 1 2 3.. ethanun 2 vana page ga ihnaanee kiaaraa gurl eh cigarette eh boan ihna pic eh ihnaatee ?

  15. Eyesh says:
    December 20, 2015 at 12:51 pm

    I mean ihnaanee ?

  16. MOHA says:
    December 20, 2015 at 2:14 pm

    Alheyy haaaaaaaaadha rycheyyyy..vrh vrh obi…thanks Eyesh..UMMMMAH

    1. Eyesh says:
      December 20, 2015 at 8:05 pm

      Awwwn thnx moha ? v ufa vejje ingey ?

  17. Zillion says:
    December 20, 2015 at 2:54 pm

    v v v reethi story… hama best

    1. Eyesh says:
      December 20, 2015 at 8:21 pm

      V v v bodah thnx zillion ??

  18. ina says:
    December 20, 2015 at 3:37 pm

    Wowwwwe I think it iz gonna be v v v interesting……..all the best for this stry……when is nxt part???

    1. Eyesh says:
      December 20, 2015 at 8:23 pm

      Thnx ina ? v ufaa vejje ina ah mi story ehaa rythi veema.. ? insha allah 2 days thereyga will upload the next part okai ??

  19. Humey says:
    December 20, 2015 at 4:37 pm

    vaahaka nimen dhen genesdhecchey ingey <3 luv yah ummwahhhhhh

    1. Eyesh says:
      December 20, 2015 at 8:24 pm

      Awwwwn humey . Yeah sure insha allaah ? luv u too hehehe mwah ?

  20. mice says:
    December 20, 2015 at 5:53 pm

    nice

    1. Eyesh says:
      December 20, 2015 at 8:25 pm

      Thnx dear mice ??

  21. Zai says:
    December 20, 2015 at 10:53 pm

    Nice story

    1. Eyesh says:
      December 21, 2015 at 6:28 am

      Thanx zai ?

  22. mary says:
    December 20, 2015 at 11:02 pm

    Wow it’s so interesting n v v v awesome it’s really nice maasha allah

    1. Eyesh says:
      December 21, 2015 at 6:29 am

      Awwn . ?Thank u so much mary. ?

  23. santhi says:
    December 21, 2015 at 12:12 am

    Hoe hoe haadhahaavarr salhi eyyy… Avahah up kuranvi

  24. santhi says:
    December 21, 2015 at 12:40 pm

    Hoe hoe haadha salhi ey… Avahah up kuranvi

    1. Eyesh says:
      December 22, 2015 at 5:52 am

      Thanx santhi ?Ok varah avahah up kuraanan ingey ?

  25. someone says:
    December 29, 2015 at 8:39 pm

    First part in thi dhevunee kee rangalhu msg eh noon hama gaimuves

    1. Eyesh says:
      January 1, 2016 at 6:01 am

      Hei someone… ? yeah u r right but Did u read the comment ekkoh.. ihnaane story ekkoh nunimenis judge kureema v dheravejje ey ves liyefa .so can u also plx plx read the whole story and say something regarding that.. anyways thanx for reading. . M really happy to know that u read it ?

  26. theyravaa says:
    March 20, 2018 at 10:00 am

    ma mihaathanakiee enmme best!

Comments are closed.

All Right Reserved!