Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 26

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 19, 2015 7 Mins Read
19 Comments

ޔަޝްމް ވެސް ގަދަކަމުން ހިނިތުންވާން އުޅުނެވެ. އޭނަ އަމަލްގެ އަތަށް ދަމާލަމުން އޭނައާ އެކު އައުމަށް އެދުނެވެ. އަމަލް ޝަކުވާ ކުރުމެއްނެތި ދާން ހިނގައިގަތެވެ. ދެއެކުވެރިން ގޮސް ހާމަފެންޑާއަށް ނިކުމެވެން ހުރި ދޮރުން އެތެރެއަށް ދެމިގަތުމާއެކު ބަލްޤީޝްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަމަލް ދެކެ އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. އެއާއެކު ވަގުތުގެ ބޭނުން ހިފީ މާހުތާބް އެވެ.

”މަށަށް ކުރިން ވެސް އެކުއްޖާ ފެނިފަ ހީވިއޭ ބިރެއްކަން، ޔަޝްމްގެ ބޮލަށް ނޭރުނިއްޔާ ކިތަންމެހާ ވެސް ރަގަޅު، މިއަދު އެކޮޓަރި ޔަޝްމްގެ ސަމާލުކަމަށް ގެނައީ، މާދަމާ ނޭގޭ މިޝް….”

މާހުތާބްގެ ޖުމްލަ ފުރިހަމަ ނުވަނީސް ބަލްޤީޝް އޭނައާ ދިމާއަށް ރުޅިއައިސްފައި ހުރެ ބަލާލުމާއެކު ލަދުގަނެ އަނގައޮޅުނެވެ. ބުނެވުނު އެއްޗަކާ މެދު އޭނައަށް ވިސްނާލެވުނީ ދެނެވެ. ބަލްޤީޝް އޭނަދެކެ ރުޅި އައިސްދާނެ ކަމުގެ ބިރުވެރިކަން މާހުތާބްގެ ހިތުގެ ތެރެއަށް ފޭދިގެން ދިޔައީ އެހިސާބުންނެވެ. މާހުތާބްއަށް ހިންދިރުވާލެވުނެވެ.

ބަލްޤީޝްއަށް މާހުތާބް ބުނި ޖުމްލައާ މެދު ވިސްނާލެވުނެވެ. ޔަޝްމްއަށް އެއްވެސް ކަމެއް އެނގެން އޭނަ ބޭނުމެއް ނޫނެވެ. އިޒްކާންގެ މާޒީ ކޮނެ ނަގަން އެކަކަށް ވެސް އޭނަ ފުރުސަތެއް ނުދޭނެއެވެ. މިޝްޔާގެ ނަންވެސް ގޭގެ ހަތަރު ފާރުތެރެއިން އިވެން އޭނަ ބޭނުމެއް ނޫނެވެ. އެ ސުންޕާ ގަނޑު އޭނަގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލައިފިއެވެ.

ބަލްޤީޝްގެ މޫޑު ގޯސް ވެގެން ދިޔައެވެ. އޭނަ ސިޑިއާ ދިމާއަށް ހިނގައިގަތުމުން މާހުތާބް ފަހަތުން ދިޔައެވެ. މާހުތާބް ހީކުރީ އޭނަ ދެކެ ބަލްޤީޝް ހިތްހަމަނުޖެހުނީ ކަމަށެވެ.

”ޔަޝްމް ޤަބޫލުކުރާނީ އަހަރެން ޒައުމާއަށް ކިޔައިދިން ވާހަކަތައް، ޔަޝްމްއަށް ޝައްކު ނުވާނެ، އަހަރެން އޭގެ ފުރުސަތެއް ވެސް ނުދޭނަން. ތިން ދުވަސް ތެރޭގަ އަމަލް ފުރާނެ، އޭރުން އަހަރެން ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ…..” ބަލްޤީޝް އޭނަގެ ހިތަށް ވިސްނައިދިނެވެ.

****

ފަތިސްވާން ކައިރިވިއިރު ވެހެމުންދިޔަ ވާރެއަށް ބަދަލުތަކެއް އައިސް ވިއްސާރައިގެ ހުރިހާ ނިޝާންތަކެއް ފޮހެވިގެން ދިޔަ ފަދައެވެ. ނުސިޔާނު ރޯޅިތައް ހަމައަކަށް އެޅި ކަނޑުމަތީގައި އޮމާން ސައިލެއް ފަތުރާލެވުނެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް އައު ދުވަހަކަށް ސަނާ ކިޔަމުން ލޮނުގަނޑުމަތިން ހިއްލާލި އިރުގެ ލޭކުލަތަކުން އުޑުމަތިން ސިފަވެގެން ދިޔައީ އާޝޯހުކުރުވަނިވި މަންޒަރުތަކެވެ. ޤުދުރަތުގެ ފުރިހަމަ ކުރެހުންތަކަށް ލޯތައް ދަމައިގަންނާނެ އެވެ. ވިއްސާރައިގެ ކަޅު ވިލާތައް ފޫއަޅުވާލައި އިރު އޭގެ ވާޖިބާއިގެން ކުރިއަށް ދިޔައެވެ.

ހެނދުނު އަރައިގެން އައި އިރާއެކު ”ނައިޓިންގޭލް” ފެންނަނީ ހަލަބޮލިކޮށެވެ. އަހަރުތަކަށް ފަހު ޢާއިލާގެ ހުރިހާ މެންބަރުން އެކީގައި ދަތުރު ދިއުމަށް ހަމަޖެހިގެން ދިޔައީއެވެ. ހުރިހާ އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔަ ކަމުގައި ވިޔަސް އިޒްކާން ހުންނަނީ ނެގި މަޑުވެފައެވެ. އޭނަ އެއްވެސް ކަމަކާއިގެން އުޅޭތަނެއް ނުފެނެއެވެ. ކޮޓަރިން ވެސް ނުކުތީކީ ނޫނެވެ. މިކަން ޔޫޝައުއަށް ފާހަގަ ކުރެވުމުން އޭނަ އިޒްކާންގެ ކޮޓަރިއަށް ދިޔައެވެ. ދޮރުގައި ޓަކި ދިނުމުން އިޒްކާންގެ އަޑު އިވުނެވެ. އޭނަ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. ޔޫޝައު ފެނުމުން ކުޑަކޮށް ތެދުވަން އުޅުނެވެ.

”ތިތާ ނޯވޭ އާދެބަލަ ބޭރަށް…” ޔޫޝައު އެދުނެވެ. ”އަހަރެން ދާހިތެއް ނުވޭ…” ފޫހިކަމާއެކު އިޒްކާން ބުންޏެވެ. އޭނަ އެއްވެސް ކަމަކަށް ޝައުޤުވެރިކަމެއް ނެތެވެ. މަންމަ ވަކިން ޚާއްސަ ގޮތެއްގައި މިއަދަށް ދަތުރު ރޭވި ސަބަބު ވެސް އޭނައަށް އެނގެއެވެ.

”މިހާރު ތި ދަތުރު ފަނި ކުރަނީ، ކަމް އޯން އިޓް ވިލް ބީ ފަން، ބްރޯ އަބަދު ތިހެން އޮންނާތީއޭ ފަލަވަނީ ވެސް…” ޔޫޝައު ސަމާސާ ރާގަކަށް ބުންޏެވެ. ހިނިގަނޑަކާއެކު އޭނަ އައިސް ސޯފާގައި ޖައްސާލިއެވެ.

ޔޫޝައު އަކީ ވެސް ހިތާމަވެރިކަން ފޮރުވަން ކުޅަދާނަ ޒުވާނެކެވެ. ހިތުގައި އެހާ ބޮޑަށް ވޭން އަޅާއިރު ވެސް ހިނިތުންވާން މަސައްކަތް ކުރެއެވެ. އުފާވެރިކަން ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް އެހިތުގައި އަޅާ ގަދަ ވޭން އިހުސާސްކުރެވޭ ކޮންމެ ފަހަރަކު މީހާ ބަލިކަށި ވެއެވެ. ޔޫޝައު އުޅެނީ ދީމް ދިން ކެހިވެރިކަމުގެ އަނދަވަޅުގަނޑުން މައްޗަށް އަރަން އުނދަގޫވެގެންނެވެ. އެއީ އަޑި ނޭގޭ ފުން ވަޅުގަނޑެކެވެ. ދީމް އޭނަގެ ހިތް ރޮއްވާލީ އޭނައަށް ކުރެވުނު ކޮންކުށެއްގެ ސަބަބުން ހެއްޔެވެ؟ ކިތަންމެ ވަރަކަށް ދީމްގެ ޚިޔާލުތަކާ ދުރުވާން ބޭނުން ވިޔަސް އެކަން ވަނީ ނާކާމިޔާބެވެ. ގިނަ ފަހަރަށް ރުޅިވެރިކަން އިސްކުރެވެނީ ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އެހެނަސް އެދިލަ ހޫނުކަމުގައި ޝިފާއެއް ނެތެވެ.

”ޔޫޝް ދޭބަލަ…” އިޒްކާން އޭނަގެ ފަހުގެ ނިންމުން އިއްވާލިއެވެ.

”އަހަރެން ވެސް ދާން މިއުޅެނީ ކޮންމެހެން ދާން ބޭނުންވާތީއެއް ނޫނޭ… މަންމަ ބުނީމަ މަންމަ ދެރަކޮށްނުލަން ވެގެން، މަންމަ ކަންތައް ކުރަނީކީ ވެސް މުޅިން ރަގަޅަކަށް ނޫން، އައި ނޯ ހައު ޔޫ ފީލް ބްރޯ، މިއަދަކީ ކޮން ދުވަހެއްކަން ވެސް އެނގޭ، އެކަމަކު ދެރަވެ ހިތާމަކުރުމުން މާޔޫސްކަން އިތުރުވުން ނޫންކަމެއް ނުވާނެ…. އަހަރެން….” ޔޫޝައު އެހިސާބަށް ގޮސްފައި ހުއްޓާލިއެވެ. އިޒްކާންއަށް ޔޫޝައުގެ މޫނަށް ބަލާލެވުނެވެ.

ޔޫޝައު އިނީ އިސްދަށަށް ޖަހާލައިގެންނެވެ. އިޒްކާންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އޭނައަށް ޔޫޝައު ރޮނީކަން އެނގުނެވެ. އިޒްކާންއަށް ޔޫޝައުގެ ކޮނޑުގައި އަތް ބާއްވާލެވުނެވެ. އިސްއުފުލާލި ޔޫޝައުގެ ދެލޮލުގައި ކަރުނަތައް ވިދަވިދާ ހުއްޓެވެ. އޭނަ ދިޔައީ ކަރުނަތަކާ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ޔޫޝައު ހިތްވަރުކުރަން އުޅުނުކަމުގައި ވިޔަސް ލޮލަށް ޖަމާވެފައި ވާ ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބައިގަތެވެ. އިޒްކާން ދެރަވިއެވެ.

”ކީއްވެގެންތަ ދީމް އަހަންނަށް އެހާ ބޮޑު ލަނޑެއް ދިނީ؟، އަހަރެންގެ އުނިކަމެއް ހުރީމަތަ؟، ނުވަތަ ވީ ލޯބީގަ އުނިކަމެއް ހުރީމަތަ؟، ދީމް ބޭނުންވީ ކޮންމެ ކަމެއް ކޮށްދިނިން، ހިތުގައި ޖެހޭ ފަދަ އެއްވެސް ކަމެއް ނުކުރަން…. އަހަރެން ދީމް އުފަލުގައި ބަހައްޓަން ހާދަ މަސައްކަތެއް ކުރީމޭ، ރުޅި އިސްނުކޮށް ވިސްނައިދޭން ވެސް މަސައްކަތް ކުރިން… އެކަމަކު، އެކަމަކު ފަހުވަގުތު ދީމް އަހަންނަށް އޮޅުވާލީ، ކުރި އިތުބާރު ނަގާލީ…. ވައި؟، ވައި ޑިޑް ޝީ ޑޫ ދެޓް؟…….” ޔޫޝައުގެ އަޑުގައި ހިތްދަތިކަން ވެއެވެ.

އިޒްކާން ޔޫޝައުއަށް ހިތްވަރު ލައިދިނެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ބަރުދާސްތުނުކުރެވޭ ފަދަ އިމްތިހާނުތަކާއި ކުރިމަތިނުކުރައްވާނެ ކަމަށާއި ހިތްވަރާއެކު ކުރިއަށް ދިއުމަށް އެދުނެވެ. ހިތާމަކުރުމުން މީހާ ވާނީ ބަލިކަށި ކަމެވެ. މާޔޫސްކަމުގެ ފަރުދާތައް ކަހާލައި އާހިތްވަރަކާއެކު ދިރިއުޅުމާ ކުރިމަތިލާން ޖެހޭނެ ކަމެވެ. އެވަގުތު އިޒްކާންއަށް އެއައި ބަދަލުން އޭނަ ހައިރާން ވިކަމުގައި ވިޔަސް ކޮއްކޮއަށް ހިތްވަރު ދެވުމުން ކުޑަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ޔޫޝައު ހިނިތުންވެލިއެވެ. އަދި ބޯޖަހާލިއެވެ. ބޭވަފާތެރިއަކަށް ޓަކައި ކަރުނަ އޮއްސުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ދީމްގެ ހަނދާންތަކާއި ދުރުވާން އޭނައަށް ކުރެވުނު ކޮންމެ މަސައްކަތެއް އޭނަ ކުރާނެއެވެ. ޔޫޝައު އަޒުމު ކަނޑަ އެޅިއެވެ. އޭނައަށް އާ ޖޯޝަކާއި ހިތްވަރެއް ލިބުނުފަދައެވެ.

ޔޫޝައު އިޒްކާންގެ ގައިގައި ބައްދާލިއެވެ. އެވެސް ބާރަކަށެވެ. އިޒްކާން މަޑުމަޑުން ޔޫޝައުގެ ބުރަކަށީގައި ޖަހާލިއެވެ. އެވަގުތު ޔޫޝައު ބާރު ހިނިގަނޑެއް ޖަހާލި އަޑު އިވުނެވެ. އޭނަ އިޒްކާންއާ ދުރަށް ޖެހިލިއިރު ހެމުން ގޮސް ބަނޑަށް ތަދެއް ވެސް އަރައިފިއެވެ. އިޒްކާންއަށް ވެސް ހެވުނެވެ.

”ސޯ ދާނަން ދޯ؟…” ޔޫޝައު އޮތީ ސޯފާއަށް ދެމިފައެވެ. މިއިން ޒަމާނެއްގައި ވެސް އެހާ ގަދަޔަށް ހެވުނު ހަނދާނެއް ނުވެއެވެ.

”ހޫމްމް، ޔޫޝް ތިހާ ވަރުން ބުނަންޏާ ދެން ދާކަށްނު ޖެހޭނީ…” އިޒްކާން ކޮއްކޮގެ އުފަލަށްޓަކައި ބުންޏެވެ. އޭނައަށް މިހާރު ކަންތައް ކުރަން ޖެހިފައި މިވަނީ މީހުންގެ އުފަލަށްޓަކައެވެ.

”ޒޭން…” އިޒްކާން ޚިޔާލަކަށް ގެއްލިގެން ދިޔަތަނާ ޔޫޝައު ބުންޏެވެ. އިޒްކާން އެވިސްނަނީ މިޝްޔާއާ މެދުކަން އޭނައަށް އެނގުނެވެ. ދެންމެ އިޒްކާން އޭނައަށް ހިތްވަރުލައިދިން ފަދައިން އިޒްކާންއަށް ވެސް ހިތްވަރުލައިދޭން އޭނަ ބޭނުމެވެ. ނަމަވެސް ދުލުން ބޭރުވެދާނެ އެއްޗަކުން އިޒްކާންގެ ހިތުގެ ޒަހަމްތައް އިތުރަށް ފުންވެގެން ދިއުމުގެ ފުރުސަތު އޮތުމުން ވިސްނާލަން ޖެހުނެވެ.

”މިރޭކަލްސް ޑޫ ހެޕެން، ޝީ އިޒް ގޮއިންގް ޓު ވޭކް އަޕް، އިން ޝާ ﷲ…” ޔޫޝައު ބުންޏެވެ. ޔޫޝައުއަށް ބަލާލި އިޒްކާން ހިނިތުންވާން އުޅުނެވެ. އޭނަ ބޯޖަހާލީ ޔޫޝައުއާ އެއްބަސް ވުމުގެ ގޮތުންނެވެ. މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ. ގިނަގިނައިން މާތް ﷲއަށް ދުޢާކޮށް ކެތްތެރިވާން ވީއެވެ. އެކަލާނގެއީ ދުޢާތައް އިޖާބަކުރެއްވުމުގައި އަވަސްވެ ވޮޑިގަންނަވާ އެއްކައުވަންތަ އިލާހެވެ.

ތަޅުގައި ހިފަން އުޅުނު ޔަޝްމް ހުރީ ގަނޑުވެފައެވެ. އޭނައަށް ޔޫޝައުއާއި އިޒްކާން ދެއްކި ވާހަކަތައް އަޑު އިވުނެވެ. ހަރަކާތްތަކަށް ހުއްޓުމެއް އައީ އެހެންވުމުންނެވެ. އިވުނު އަޑުތައް ސިކުނޑީގައި ބުރުޖަހަން ފެއްޓިއެވެ.

”ހޭއި ކިހިނެއް ވެފަތަ ތިހުރީ؟…” އަމަލް އައިސް ޔަޝްމްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ. ސިހިފައި ޔަޝްމް އަމަލްއަށް އަވަސް ނަޒަރެއް ދިނެވެ. ހާސްކަން ފޮރުވަން އޭނަ އުޅުނެވެ. އަމަލް ބުމަ އަރުވާލިއެވެ. ޖަވާބު ބޭނުންވެފައިވާ ފަދައިންނެވެ.

”ނަތިންގް… ކޮންމެވެސް އެއްޗެއް ހަނދާން ނެތިވެ ބާއްވާފަ އާދެވުނުހެން ހީވެގެން މި ވިސްނަނީ، ބަދިގޭގަ ކަންނޭގަ ބާއްވާފަ އާދެވުނީ، އާދެބަލަ އަހަންނާއެކު…” އަމަލްގެ އަތުގައި ހިފަމުން ޔަޝްމް މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. ސުވާލުތަކުގެ ތެރޭގައި ހުރި އަމަލް ފަހަތުން ހިނގައިގަތެވެ.

ޔަޝްމްގެ ސަމާލުކަން އެއްވެސް ކަމަކަށް ނުދެވުނެވެ. ސިކުނޑީގެ ނާރުތަކަށް ވާންކަން ގެނުވަމުން ދިޔައީ ޔޫޝައު އެންމެ ފަހުން ބުނި ޖުމްލައެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ވެސް ބާރު ވެފައި ވެއެވެ.

”ވޭކްއަޕް؟، ޔޫޝައު އެބުނީ ކޮންކަމަކަށް މާނަކޮށްފަތަ؟…. އަނެއްކާ މިޝްޔާ ވީ ކޯމާއެއްގަތަ؟ އެކަމަކު އެކިހިނެއް ވީ ކަމެއްތަ؟، އަނެއްކާ އިޒްކާންގެ ސަބަބުން ދިމާވި ކަމެއްތަ އެއީ؟، އެހެންވެގެންތަ އިޒްކާންއަށް އެހާ ބޮޑު ބަދަލެއް އައިސްގެން އުޅެނީ؟…. އޯ މައި ގޯޑް!… އެހެންވީމަ ކަންނޭގެ މިޝްޔާ މިގޭގަ ނެތީ… އެހެންވިއްޔާ މަންމަ ވެސް ހެދީ ދޮގު، އަޅެ އެހާ ބޮޑު ދޮގެއް މަންމަ ހެދީ ކީއްވެގެންތަ؟ އަހަންނަށް އޮޅުވާނުލައި ތެދު ހާމަކުރިނަމަ….” ޔަޝްމްއަށް އަތުގެ ނިޔަފަތްތަކުގައި ދައިގަނެވުނެވެ.

ޔަޝްމް ހުރީ ބަގީޗާގައެވެ. ފޯނެއް އައިކަމަށް ހެދިގެން ތާޒާ ވައިދޮފެއް ލިބިދާނެ ސަރަހައްދަކަށް އައީއެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. އޭނަގެ ހާސްކަން ވަނީ އިތުރެވެ. ޖަވާބު ހޯދަން ދާނީ ފަހެ ކާކު ގާތަށް ހެއްޔެވެ؟ މިހާރު އިޒްކާންއާއެކު އުޅެން އޭނަ ބިރުގަންނަ ހިސާބަށް ކަންތައް ގޮސްފިއެވެ.

”ދީމް… ފަހަރެއްގަ ދީމް ބުނެފާނެހެން ހީވަނީ، އެކަމަކު ކިހިނެއް އަހަރެން ދީމްއާ ބައްދަލު ކުރާނީ؟، ޔޫޝައުގެ ފޯނުގަ ދީމްގެ ނަންބަރު އޮވެދާނެހެން ހީވަނީ،  ނޯ، އައިމް އެ ފޫލް، ޔޫޝައު މިހާރު އެނަންބަރު ފޮހެލާނެ… އިޒްކާންގެ ފޯނުގަ؟ އެކަމަކު އިޒްކާން އާއި ދީމްގެ ގުޅުން އެހާ ރަގަޅެއް ނޫން… ދެން ކިހިނެއްތަ އަހަރެން ހަދާނީ؟، އަހަރެން ބޭނުން މިޝްޔާއަށް ވީ ގޮތް އެނގެން، އެންޑް އިފް އެނީ ތިންގް ބޭޑް ހެޕެންޑް ޓު ހާރ އަހަރެން ބޭނުން މިޝްޔާއަށް އެހީވާން…” ނުވެސް ދަންނަ މީހަކާ މެދު އުފެދިފައިވާ ޝައުޤުވެރިކަމުން ޔަޝްމް ހައިރާންވިއެވެ. އޭނައަށް މިޝްޔާ އަކީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްކަމެއް ވެސް އެނގެނީކީ ނޫނެވެ. ހަމައެކަނި ފެނުނީ ފޮޓޯ ގަނޑެކެވެ. އެފޮޓޯއިން ވެސް ކޮންމެވެސް އެއްޗެއް މިޝްޔާ އޭނައަށް ބުނެދީފިއެވެ. މިޝްޔާ އިޒްކާން ދެކެ ލޯބިވާވަރެވެ.

”ކީއްވެގެންތަ އަހަރެންނަށް އޮޅުވާލައިގެން މިމީހުން މިއުޅެނީ؟…” ޔަޝްމްގެ ހިތުގައި ވާ ސުވާލަކީ އެއީ އެވެ. ހަޤީޤަތް ހޯދުން މުހިންމު ވަނީ އެސަބަބާ ހެދިއެވެ.

****

”ހުރިހާ އެއްޗެއް ވެސް ހަމަތަ؟…” ބަލްޤީޝް ސުވާލުކުރީ މާހުތާބްއާއެވެ. ޕޯޓިކޯއަށް ނެރެފައިވާ އެއްޗެހިއްސަށް ފުންނަޒަރެއް ދެމުން މާހުތާބް ޖަވާބު ދޭން އެނބުރުނެވެ.

”ފަސްޓް އެއިޑް ބޮކްސް…” މާހުތާބް ބުންޏެވެ. އަދި ބަލްޤީޝްއަށް ވާހަކަ ނުދެއްކެނީސް އޭނަ އެތެރެއަށް ވަންނަން ހިނގައިގަތެވެ.

މާހުތާބް ބަދިގެއަށް ވަންއިރު ފަލަކް އެތާ އުޅެއެވެ. ”މަންމާ އެކާކުތަ ޔަޝްމް ގަނޑާ އެކު އެއުޅެނީ؟…” ފަލަކް އެހިއެވެ. ”އޭނަގެ ރައްޓެއްސެއް، ދަރިފުޅަށް ކޮންކަމެއްތަ އޭނަ ކޮންމެ މީހަކު ގެނަޔަސް…” މާހުތާބް ފަރުވާ ކުޑަ ރާގަކަށް ބުނެލިއެވެ.

”ވިސްނޭނެއެއްނު އޭނަ ޔޫޝް ފަހަތުން އުޅެން ފަށައިފިއްޔާޔޯ؟…” ޝައުކާވާގެ ރާގަކަށް ފަލަކް ބުންޏެވެ. ”އޭނަ ދެދުވަސް ތެރޭ ފުރާނެ…” މާހުތަބް ބުނެލިއެވެ.

ފަލަކް ދެން ޖެހިލީ މާހުތާބް ގާތަށެވެ. އެދެމެދުގައި ބަދަލުކުރެވޭ ވާހަކަތައް ތިންވަނަ މީހަކަށް އަޑުއިވެން ބޭނުންނުވާ ފަދަ ގޮތަކަށެވެ. ފަލަކް ދެފަރާތް ވެސް ހޯދާލިއެވެ.

”މަންމައަށް ޔަޤީންތަ މި ވޯރކް ކުރާނެކަން…” ފަލަކް ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބުންޏެވެ. ”ހޫމްމް، މަންމަ ބުނި ގޮތަކަށް ކަންތައް ކުރޭ އޭރަށް މައްސަލަ ނުޖެހޭނެ…” މާހުތާބް ޔަޤީންކަން ދިނެވެ. ފަލަކް ބޯޖަހާލިއެވެ. އަދި އޭނަގެ އަތްދަބަހުން ބޭސްގުޅަތަކެއް ނަގާ މާހުތާބް އަތަށް ދިއްކޮށްލިއެވެ.

”އަން މިއެއްޗެހި ދަބަހަށް ލާ، މަ ބުނީމަ ބޭސް ބަދަލުކުރަން ޖެހޭނެ…” ފަސްޓް އެއިޑް ބޮކްސް ތެރޭ އޮތް ރަބަރު ފުޅި ތެރޭ ހުރި ބޭސްތައް ނަގަމުން މާހުތާބް ބުންޏެވެ. އަދި ދެންމެ ފަލަކް އޭނަ އަތަށް ދިން ބޭސްތައް އެއަށް ލިޔެވެ. އަދި މަތި ޖަހާލިއެވެ.

”މަ ބުނި ގޮތަށް ކަންތައް ކުރާނީ، އެހެންނޫނީ ނުރަގަޅު ނަތީޖާއެއް ނިކުމެދާނެ…” މާހުތާބް ބުންޏެވެ. ”މިއަށް އެރީ ކިހާވަރެއްތަ؟…”

”ދެހާސް…”

”ކީކޭ!؟… ދެހާހޭ!؟…” މާހުތާބްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ތަން މިނަށް އަނގަ ހުޅުވުނެވެ.

”މަންމަ ހީކުރާހާ އަގުހެޔޮ އެއްޗެއް ނޫނޭ ތީ… އެހެންނޫނަސް ތި ގަންނަން އަހަންނާއެކު ދިޔަ މީހާއަށް ވެސް ލާރި ދޭން ޖެހުނޭ…” ހިތްހަމަނުޖެހިފައިވާ ރާގަކަށް ފަލަކް ބުންޏެވެ. ”ދެން ހުއްޓާލާ…” މާހުތަބް ދެފަރާތަށް ބޯހޫރާލަމުން ބުންޏެވެ. އޭނަ ފުޅިން ނެގި ބޭސްތައް ފަލަކްއަށް ދިއްކޮށް ލުމާއެކު ފަލަކް އެބޭސްތައް ލީ އޭނަގެ އަތް ދަބަހަށެވެ.

”ވަގުތުގެ ބޭނުން ވީހާވެސް ރަގަޅު ގޮތުގަ ހިފަން ޖެހޭނެ… މަންމަ ލޮލުގެ އިށަރާތުން ބުނާއިރަށް މިބޭސްތައް މި ފުޅިން ނަގާތި، އެހެން ނޫނީ ފަޅާއަރާނެ…” އަތުގައި އޮތް ފުޅި ދައްކާލަމުން މާހުތާބް ބުންޏެވެ. އެދެމީހުން ދައްކަމުން ދިޔަ ވާހަކަތައް ތިން ވަނަ މީހަކަށް ފަހުމު ނުވާ ހެންނެވެ. ފަލަކް ބޯޖަހާލިއެވެ.

ފަސްޓް އެއިޑް ބޮކްސްގެ މަތި ޖަހާލަމުން މާހުތާބް ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. ފަލަކް މަޑުކުރީ ބަދިގޭގައެވެ.

”ޔޫޝް ބޭނުން ނުވިޔަސް މިއަދުން ފެށިގެން ޔޫޝް ވާނީ އަހަރެންގެ މީހަކަށް، އެންޑް ވިތް ޓައިމް، އަހަރެން ޔޫޝްގެ ހިތް އަތުލާނަން….” ފަލަކް ދެއަތް ޖޯޑުކޮށްލަމުން ގެނެސް މޭގައި ޖައްސާލިއެވެ. އޭނަ ހުރީ އިންތިހާއަށް އުފާވެފައެވެ. މިދަތުރުގެ ފައިދާ ނަގަން ފަލަކްއާއި މަހުތާބް ރާވާފައިވަނީ ވަރަށް ވެސް ފުރިހަމައަށެވެ.

****

ދަތުރު ދިޔައީ މާލެއާ ކައިރި ފަޅުރަށަކަށެވެ. ރަށް ބޮޑުވެފައި ރީތި ގޮނޑުދޮށެއް ވެސް އޮތެވެ. ހުދު ދޮންވެލިގަނޑާއި ވިދިގެން އޮތް ޓްރާންސްޕޭރެންޓް ބިއްލޫރިކޮޅެއް ފަދަ ރީތި މޫދުގެ ސަބަބުން ހަނަފަސްކަން ވެރިވެފައިވާ ހިތްތަކަށް ވެސް ދިރުން ގެނެސް ދޭނެއެވެ. ރަށުގެ ގަސްތައް ގިނަވެފައި ފެހިކަން ގަދައެވެ. ދަތުރުދާން އެކަށީގެން ވާހާ ރީތި މަންޒިލެކެވެ.

މާހުތާބްގެ ފަހަތުން ތިން ނޯކަރަކު އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައެވެ. އޭރު ދަތުރު ގެނައި ހުރިހާ އެއްޗެއް އަތުރާލައި ޓެންޓް ވެސް ޖަހައި ނިމިއްޖެ އެވެ. ޔަޝްމް އާއި އަމަލް ތިބީ ފަތުރާލެވިފައިވާ ކުނަލެއްގެ މަތީގައި އިށީންދެލައިގެންނެވެ. އެހިސާބަށް ފުނަ ގަހަކުން ހިޔާ ދީފައި އޮތެވެ.

ޔޫޝައު އާއި އިޒްކާން މަންމަމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު ކަންވާރުތަކާއި މަސްބާނާ އެންތައް ހިފައިގެން، މަސްބާނަން ދާން އުޅުމުން ބަލްޤީޝް އެދެޒުވާނުން ހުއްޓުވިއެވެ.

”ސައިބޮއެގެން ދާން މަޑުކޮށްލަން ވީއެއްނު…” ބަލްޤީޝް ބުންޏެވެ. ”ސައިބޯ އެއްޗެހި ހިފައިގެންނޭ މިދަނީ…” ޔޫޝައު އޭނަގެ އަތުގައި އޮތް ކޮތަޅު ދައްކާލިއެވެ. އޭގައި ހުރީ އެނާރޖީ ޑްރިންކް ތަކާއި ބިސްކޯދުގެ އިތުރުން ޗޮކްލެޓްތަކެވެ. ބަލްޤީޝްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

”އަބަދުވެސް ދައްކާނެ ބަހަނާއެއް އޮންނާނެ، ޔަޝްމްމެން ވެސް ގޮވައިގެން ތިދާތަނަކަށް ދޭބަލަ…” ބަލްޤީޝް ހިނިތުންވުމަކާއެކު ބުންޏެވެ. އެއާއެކު އިޒްކާންގެ ބޮލުގައި ރިއްސާލިއެވެ. ހިނިތުންވުން ގެއްލިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ. މިމަންޒަރު އިޒްކާންމެންނަށް ފުރަގަސް ދީގެން ހުރި ބަލްޤީޝްއަކަށް ނުފެނުނެވެ. ނަމަވެސް ޔޫޝައުއަށް އެކަން ރީއްޗަށް ފާހަގަ ވިއެވެ. ބޭބެ ދެކެ ހަމްދަރުދީ ވެވުނެވެ.

”ސައިބޮއެ ނިމެން ވާއިރަށް ޔަޝްމް ބަލާ އަންނާނަމޭ…” ޔޫޝައު ބުންޏެވެ. ބަލްޤީޝް ހިތްހަމަނުޖެހުނެވެ. އޭނަ ބޭނުންވީ އިޒްކާން ދާތަނަކަށް ޔަޝްމް ފޮނުވާށެވެ. އެންމެފަހުން މަންމަ ކުރުނުކޮށް ބުނަން ފެށުމުން އިޒްކާން ޔަޝްމްއަށް ބަލާލަމުން އެމީހުންނާއެކު އައުމަށް އެދުނެވެ. އެއާއެކު ބަލްޤީޝްގެ ހިނިތުންވުން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އަނިޔާ.. 12 ވަނަ ބައި

Next

ލޯބީގާ ވާތީފަނާ… (11ވަނަ ބައި)

Next
December 20, 2015

ލޯބީގާ ވާތީފަނާ… (11ވަނަ ބައި)

Previews
December 19, 2015

އަނިޔާ.. 12 ވަނަ ބައި

19 Comments!

  1. ina says:
    December 19, 2015 at 7:53 pm

    Wowwwwww.this part is also v v v v nice as other parts.poor yashm.kn irakunba yashmah all clear vany??? When is next part???waiting…..

  2. naff says:
    December 19, 2015 at 8:16 pm

    nice…keep up the great work…may God bless you and your work..waiting for the next part..

  3. nuhnu says:
    December 19, 2015 at 8:27 pm

    Vrh vrh salhi..I love this story..kyp it up

  4. Ira says:
    December 19, 2015 at 8:33 pm

    Nice

  5. ninth says:
    December 19, 2015 at 8:38 pm

    haadha kurey mifaharu

  6. mishk says:
    December 19, 2015 at 9:35 pm

    vaahaka salhieyyy..nd dnt let that Falak win the battle…plzz…varah foohivaane ehenviyyaa..ekan fanikohlaany Yashm…

  7. Emee says:
    December 19, 2015 at 9:38 pm

    I luv dis story…jzt awesome…eagerly waiting for the next part…good luck…:)

  8. naxoo says:
    December 19, 2015 at 10:09 pm

    waiting for the next episode 🙂 🙂

  9. Inaa says:
    December 19, 2015 at 11:21 pm

    V salhi. Kn irakun next part up kurany?

  10. monarch butterfly says:
    December 19, 2015 at 11:45 pm

    V v v v v nice story eh….

  11. Shabee says:
    December 19, 2015 at 11:51 pm

    Muthaaa. Kba next part

  12. aroo says:
    December 20, 2015 at 12:42 am

    I just love this story

  13. shaama says:
    December 20, 2015 at 1:19 am

    nyc….waiting for nxt part!!!!

  14. Ira says:
    December 20, 2015 at 1:52 am

    Koba tha eulhey HANDI kukulhu shabee

  15. PŕïñČ뚪 says:
    December 20, 2015 at 11:24 am

    Perfect ?????

  16. Lynaaaaaaa says:
    December 20, 2015 at 12:51 pm

    Please yashm ah dhera gotheh nahadhah chey

  17. muiy says:
    December 20, 2015 at 1:10 pm

    maa haasaru bodu nukhn past nimmaba muthaaaa

  18. Z says:
    December 20, 2015 at 1:20 pm

    Mi prt ves v salhi….. thi dhathuru thankolheh dhigukollahchey….. nxt prt avahah up kohdhehcheyyyyyy…… ???????

  19. mice says:
    December 20, 2015 at 5:39 pm

    nice

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 27←


All Right Reserved!