Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (11ވަނަ ބައި)

Eyesh
December 20, 2015
4 Mins Read
18 Comments

ފަތިހުވެހެންފެށިވާރޭ ހުއްޓައިލީ ހަތެއްވެސްޖަހައި ބޮޑުވީފަހުންނެވެ. ވެހުނު ބޯވާރޭގެ ތެތްފިނިކަން އަދިވެސް މުޅި ކޮޓަރީތެރޭގައި ހިފާފައިވެއެވެ. ނިދިނައެއްކަމަކު ބެޑުޝީޓު ދަށުގައި ބޮނޑިވެގެން އަދިވެސް އަފާއޮތީ ތެދުވަންބޭނުންނުވެފައެވެ.

“އަފާ ދަރިފުޅާ… ހޭލާތަ؟ ނިކުމެބަލަ ވަރަށްއަވަހަށް މޫނު ދޮވެލާ ހަދާލައިގެން” ސަމީރާ އަފާއަށް ގޮވަމުން ދެފަހަރަކު ދޮރުގައި ޖަހާލުމުން އަފާ ނިކުތެވެ.

 

އަފާ ސިޓިންރޫމަށް ނިކުތްއިރު ސޯފާގައި ޝާމް އިންތަންފެނިފައި އަފާއަށް ލަދުން އިސްޖަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ޝާމް އިންވާހަކަ ސަމީރާ ނުބުނާތީ އަފާނިކުތީ އޭނާނިދަންލާ ފިޔާތޮށިކުލައިގެ ކުރު ޓީޝާޓާއި ހުދުކުލައިގެ ކުރުސޯޓުގައެވެ.
އަފާފެނިފައި ޝާމްއަށް ބޭއިޚުތިޔާރުގައި އަފާގެ ފައިންފެށިގެން މޫނަށް ބަލައިލެވުނެވެ. އޭނާ ކިތަންމެ ވިސްނައިދޭން އުޅުނަސް މޭތެރޭގައިވާހިތް މިފަހަރު ބަސްއަހަން ބޭނުން ނުވާކަހަލައެވެ.

“އުހްްމްމް” އަފާ ކަރުކެހިލުމުން ޝާމް ކައިރީގައި ސޯފާގައި އިށީނެވެ. ބޭއިޚްތިޔާރުގައި އަފާއާއިދިމާލަށް އިރުކޮޅަކު ބަލަން އިނދެވުނުކަން ރޭކާލުމުން ލަދުގަންނަގޮތްވީނަމަވެސް ހިނިތުންވެލަމުން ޝާމް އެކަންފޮރުވިއެވެ.

“މަންމަ ނުބުނޭ ޝާމް އިންވާހަކައެއް.. ކިހިނެއްވީ މިގަޑީގަ މިގެއަށް އައިސް ތިއުޅެނީ؟” ފަހަތަށް ދޫކޮށްލާފައިވާ އެދިގު އިސްތަށިގަނޑުން ކޯތާފަތް މަތީގައި އުނދަގޫކުރަމުންދިޔަ އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ޖައްސައިލަމުން އަފާ ވާހަކަދެއްކިއެވެ.

“މީ… ބައްޕަ ބުނެގެން މިއައީ.. މި އެގްރީމެންޓުގަ މޫސަބެގެ ސޮއި ބޭނުންވާތީ … އަހަރެން މިއައީ ފިހާރައަށްވަދެ މޫސަބެގެ ސޮއިނަގާގެން.. އެކަމަކު މޫސަބެގެ އައިޑީކާޑުގެ ފޮޓޯކޮޕީއެއްބޭނުންވާތީ މިއައީ.. އަފާ ކިހިނެއްތަ؟”

ޝާމް ވާހަކަދައްކަމުން ދިޔައިރުވެސް އޭނާއަށް އިރުއިރުކޮޅާ އަފާގެ މޫނަށް ބަލައިލެވެނީ އެކޮންމެފަހަރަކު އޭނާގެ ހިތްފުރިގެންދާތީއެވެ. މުޅިދުވަހު އެމޫނަށް ބަލަން އިނދެވޭނެނަމައޭ އޭރު ޝާމްގެ ހިތަށްއަރަމުން ދިޔައެވެ.

“އެހެންތަ؟ ހިނގާ ސައިބޯން.” ރައްޓެއްސަކާއި ވާހަކަ ދައްކާހެން ވަރަށް ހެވިފައި އިނދެ އަފާ ޝާމްއާއި ވާހަކަ ދައްކަމުން ދިޔައީ ދެމިހުންގެ މެދުގައި ވެފައިވާ އެއްބަސްބުމާއި އެއްގޮތަށް ޝާމް އޭނާދެކެ ލޯބިވާކަން އެނގޭ ކަމުގައިހަދަން ބޭނުންނުވާތީއެވެ. ޝާމްބަލާވަރުން އަފާއަށް އުނދަގޫވިނަމަވެސް ސަމީރާއަށް އަޑު އިވިދާނެތީ ޝާމް ވެފައިވާ ވައުދު ހަނދާންކޮށްދޭކަށް އަފާއަކަށް ނުކެރުނެވެ.
“މިއޮތީ އައިޑީކާޑުގެ ކޮޕީ. ޝާމް ސައިބޯންވީނު” ސަމިރާގެ އެދުމުގެ މަތިން ސައިބޮއިގެން ދިއުމަށް އޭނާ ބޭނުން ވީނަމަވެސް ވަގުތުގެ ގޮތުން މަޑުކުރެވެން ނެތްކަމުގައި ބުނެ ޝާމް ނިކުމެގެން ދިއުމުން އަފާގޮސް ސައިބޯން ފެށިއެވެ.

 

“ޝާމް އެއީ ދަރިފުޅާއި އެއްސުކޫލެއްގައި ކިޔެވި ކުއްޖެއްދޯ؟ މަންމައަށް ހީވަނީ އެއީ ވަރަށްރަނގަޅު ކުއްޖެއްހެން.” ސަމީރާ ވާހަކަ ދެއްކިރާގުން އޭނާ ބުނަންއެއުޅެނީ ކީކޭކަން އަފާއަށް ވަރަށްފަސޭހައިން ނަގައިގަނެވުނެވެ.

“އާނ ވަރަށް ރަނގަޅު ކުއްޖެއްއެއީ.. އޭނަގެ ބިޓުވެސް ވަރަށް ރަނގަޅުވާނެ.” އަފާގެ މިޖުމުލައިވި ސަމީރާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔަތަން ފެނިފައި އަފާއަށް ހެވުނެވެ. އެހެން ހެއްޔޭ ކިޔައި ތުންއަނބުރައިލަމުން ސަމީރާ ދިޔައީ އޭނާގެ މަގުސަދު ފުރިހަމަ ނުވާނެކަން އެނގުމުންނެވެ.

 

“އަފާ.. ސޮރީ އެވަރަށް ބެލުނީމަ… އައި ވޯސް އައުޓް އޮފް ކޮންޓްރޯލް އަސްލު.. ދެން އެކަހަލަ އެއްވެސް ކަމެއްނުވާނެ.. ޕްރޮމިސް… ” އަފާ ކާމޭޒުކައިރީގައި އިންދާ ފޯނަށްއަައި ޝާމްގެ މިމެސެޖު ކިޔާލަމުން ހެވިފައި އަފާވެސް މެސެޖެއްފޮނުވައިލިއެވެ.
“އިޓްސް އޯކޭ… އިފްޔޫ ވޯންޓު ޓުބީއަ ފްރެންޑް އޮފްމީ ޖެހޭނީ އެއްބަސްވީ ގޮތަށް ކަންތައްކުރަން… އޯކޭ؟” އަފާ މިހެން ބުނުމުން ޝާމް އޯކޭއޭ ކިޔައި މެސެޖަށް ޖަވާބު ފޮނުވިއެވެ.

 

މިއަދަކީ މޫސަގެ އުފަންދުވަސްކަމުން ސަމީރާގެ ހިޔާލާއި އެއްގޮތަށް ކޭކުފެޅުމަށްވަނީ ހޮޓެލްޖެންއިން މޭޒެއް ރިޒާވްކޮށްފައެވެ. ރޭގަނޑު އަށެއްޖެހީރު އެންމެންވެސް ތައްޔާރުވެގެން ތިބީ ޓެކްސީ އަންނަންދެނެވެ. ވަސީމުއާއި ރީޝާ ސައިކަލުގައި ދިއުމުން މޫސައާއިސަމީރާ އަދިއަފާ އެކުގައި ޓެކްސީއަށްއެރިއެވެ. ހޮޓެލްޖެންއާއި ހިސާބަށް ދެވުނިއިރު ދޮރުމަތީގައި ޝާމް އެމީހުންގެ އިންތިޒާރުގައި ހުރިތަން ފެނިފައި އަފާ ހައިރާންވި ނަމަވެސް އޭނާ އެއްވެސް އެއްޗެއްނުބުނީ ޝާމް އައިސް ހުރީ ސަމީރާގެ ދައުވަތަކަށްކަން ޔަގީންވާތީއެވެ.

ޝާމް އެންމެންނާއި ސަލާމްކޮށް އެންމެން އެކުގައި ގޮސް އެމީހުންތިބުމަށް ހަމަޖައްސާފައިވާ މޭޒުކައިރީގައި އިށީނެވެ.

މާގިނައިރެއްނުވެ ވޭޓަރެއްއައިސް މޭޒުމަތީގައި ބެހެއްޓި ބޮޑުކޭކު ފެނިފައި މޫސައަށް ދެލޯބޮޑުކޮށްލެވުނެވެ. ކޭކުގެ މަތީގައި އިނގިރޭސި އަކުރުން “ހެޕީ ބާތުޑޭ ބައްޕަ” ޖަހާފައިވާއިރު އަކުރުތައްކައިރީގައި ކުޑަ އެއްއުށްބައްތި ޖަހާފައި ވެއެވެ. މޫސަ ހެވިފައި އިނދެ ކޭކުފަޅައި އެންމެންގެ އަނގައަށް ކޭކު ލެވުމަށްފަހު ވޭޓަރު މީހާއަށްގޮވައި ކާންބޭނުންވާ ތަކެތީގެ އޯޑަރު ދިނުމަށްފަހު އެމީހާ ފޮނުވައިލިއެވެ.

 

ޝާމް ކިތަންމެ ހިތްވަރު ކޮށްގެންއިން ނަމަވެސް އޭނާއަށް އަފާއަށް ބަލައި ނުލައި ހަމަނީނދެވެއެވެ. މަޑު ފެހިކުލައިގެ ވިދުމެއްހުރި ކަކުލާއި ހަމައަށް އަންނަ އެރީތި ހެދުމުގައި އަފާ އިންއިރު ފެންނަ ކޮންމެމީހަކަށްވެސް އޭނާއަށް ބަލައިލެވޭނެކަން ޔަގީނެވެ. އެބަނިޔާދަން ރީތި ހަށިގަނޑުގައި އެއްވެސް އައިބެއް ނުވާކަހަލައެވެ.

“ޝާމް ކީއްވެ ރައްޓެހިވެގެން އުޅޭކުއްޖާ ނުގެނައީ؟” ސަމީރާ ކުރި މިސުވާލު އިވިފައި ޝާމް ކޮށިއަރާގޮތްވިއެވެ.

“އަޅުގަނޑުގެ ނުހުރޭ ބިޓެއް.” ކައިރީގައިހުރި ފެންތަށިން ކޯވަރެއް ދަމާލަމުން ޝާމް ސަމީރާއަށް ޖަވާބުދިނެވެ.

“އެހެންތަ؟ އެކަމަކު ސަމީރާއްތަ ހީކުރީ ހުންނަކަމަށް” ސަމީރާ ް އަފާއާއި ދިމާލަށް ބަލައިލަމުން ލޯއަޅައިލިތަން ޝާމްއަށް ފެނިފައި އެއީ އަފާ ސަމީރާ ކައިރީގައި ބުނި ވާހަކައެއްކަން ޝާމްއަށް އެނގުނެވެ.

 
“ދޮންބެ ދާނެ އެއްނު ރީޝާގޮވައިގެން.. ދަރިފުޅުދޭ ޝާމްއާ އެއްކޮށް.. މަންމައާ ބައްޕަ މިދަނީ ރައްޓެއްސެއްގެ ގެއަށް. ” ކައިނިމިގެން ނިކުމެ ސަމީރާއާއި މޫސަ ޓެކްސީއަށް އަރަމުން މިހެން ބުނުމުން އަފާގޮސް ޝާމްގެ ސައިކަލުގެ ފަހަތަށް އަރައިއިށީނެވެ. ޝާމް ކިތަންމެ އުފާވިނަމަވެސް އަދި އަފާދެކެ ލޯބިވާ ވާހަކަ ކިތަންމެ ބުނަން ބޭނުންވީ ނަމަވެސް ޝާމްއަށް ޖެހުނީ ހައްޕު ކިޔައިގެން ބަހެއް ނުބުނެ އިންނާށެވެ. ގެއާއި ހަމައަށް ދެވެންދެންވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއްނުދައްކައެވެ.

 
އަފާ އެނދުގައި އޮށޯވެލައި ދެލޯމަރައިލީ އަވަހަށް ނިދޭތޯއެވެ. އެހެނަސް ސިކުނޑީގައި އުނދަގޫ ކުރަމުން ދިޔަ ޒައިންގެ ހިޔާލުތަކުން އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އެހެން އޮށްވާ ކުއްލިއަކަށް ފޯނުރިންގުވާން ފެށުމުން ބަލައިލިއިރު އެއީޒައިންގެ ކޯލެކެވެ.
“ބޭބީ….” ފޯނުނެގިގޮތަށް އަފާ ޒައިންއަށް ގޮވައިލިއެވެ.
“އަފާ… ކާކާ އެއްކޮށްތަ މިރޭ ބޭރުގައުޅުނީ؟ ހީނުކުރައްޗޭ އަހަރެން ޖަލުގަ ހުރީމަ އެއްވެސް އެއްޗެއް ނޭނގޭނެއޭ. ” ޒައިން ވާހަކަ ދެއްކީ ވަރަށް ރުޅިއައިސްފައި ހުރެއެވެ.

“އެއީ މަންމަ މެންނާ އެއްކޮށް ކާންގޮސްފަ …….އަވަހަށް ގެއަށް އަންނަންވެގެން… ބައްޕަގެ ފްރެންޑެއްގެ ….ދަރިއަކާއި އެއްކޮށް އައީ.. މަންމަ ބުނީމަ..” އަފާއަށް އާގަންނަމުން ވާހަކަ ދެއްކުނީ މީގެކުރިން ދުވަހަކުވެސް ޒައިން އެހާރުޅިއައިސްފައި އޭނާއާއި ވާހަކަ ދައްކާފައިނުވާތީއެވެ.
“މަށަކަށް ނޭނގެ.. އަފާ މަށާއެކު އުޅެން ބޭނުން ނުވިޔަސް ރީއްޗަށް ބުނޭ. އޭރުން މަށެއް ނުބަލާނަން އަފާ އުޅޭގޮތެއް”
ޒައިން އަދިވެސް ހުރީ ވަރަށް ރުޅިއައިސްފައެވެ.
“ބޭބީ… ރުޅި މަޑުކޮށްބަލަ.. މިކިޔާދިނީއެއްނު ވީގޮތް …” އަފާއަށް މިހިސާބަށް ބުނެވުނުތަނާ ޒައިން ފޯނުކަނޑައިލިއެވެ. އަފާގެ ފަރާތުން އެއްވެސް ވާހަކައެއް އިތުރަށް އަޑުއަހާކަށް އޭނާ ބޭނުމެއް ނުވިއެވެ.

 

“އޭ ބުރޯ.. ނެތްތަ ބިޑިއެއް” ފޯނުބޭއްވި ގޮތަށް ޒައިން ނަދީމުގެ ކޮނޑުގައި ޖަހައިލަމުން އަހައިލިއެވެ. ޒައިންގެ މޫނުފެނުފައި ނަދީމުއާއި އާސިމް އަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަންް އެނގުނެވެ.

ނަދީމު ވަގުތުން އޭނާ ފޮރުވާފައިއޮތް ބިޑިނަގައި ރޯކޮށްލިއެވެ.
އަދިޒައިން އަށް ދިއްކޮށްލުމާއިއެކު ޒައިން އޭގައި ތުންޖަހައި ދަމާލިއެވެ. ފުރަތަމަ އެތެރެއަށް ދިޔަ ދުންކޮޅާއިއެކު އޭނާ ކޮށިއަރައި ކެއްސަންފެށި ގޮތުން މީގެކުރިން ޒައިން އެކަހަލަކަމެއް ކޮށްފައިނުވާކަން އެމީހުންނަށް އެނގުނެވެ.

“ބުރޯ.. ކައެ އޯކޭތަ؟ ކަޑަ ކަމެއްވީތަ؟” އާސިމް ޒައިންގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަދެއްކިނަމަވެސް ޒައިންއަށް އެއަޑު ނީވޭކަހަލައެވެ. އަނެއްކާވެސް ފުރަތަމަފަހަރަށް ވުރެ ބާރަށް ބިޑި ދަމައިލިއެވެ. ކަރުތެރެއަށް ވެގެންދިޔަ ގޮތުން ޒައިން އަށް ދެލޯމަރައިލެވުނެވެ. އަދި އިރުކޮޅަކު ނޭވާހިފަހައްޓައިލައިގެން އިނުމަށްފަހު ދުންކޮޅު ދޫކޮށްލިއެވެ. މިގޮތަށް ފަސްފަހަރު ދަމާލުމަށްފަހު ދެލޯހުޅުވައިލިއެވެ. އޭރު އޭނާގެދެލޯ ރަތްވެ، ލޮލުގައިބާރެއްނުވާ ފަދައިން ދެލޯ މެރެމުންދިޔައެވެ.

އޭރު މަންޒަރު ބަލަންތިބި އާސިމުއާއި ނަދީމު ޒައިންއަށް އައި މިކުއްލިބަދަލުގެ ސަބަބުން ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައިތިއްބެވެ.

“ބުރޯ… އަފާ…. އޭނަަ މިހާރު އެހެން މީހަކާ އެއްކޮށް އުޅެނީ… އޭނަ މަށަށް ދޮގުހަދަނީ…” ޒައިން އަޑުގައި އެއްވެސް ވަރެއްނެތި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުންދެއެވެ. އާސިމު ޒައިންގެ ކޮނޑުގައި ޖަހާލަމުން ހަމަޖެހުމަށް ބުނުމުން ޒައިން އާސިމްގެ އަތްފޮޅުވައިލަމުން އާސިމްގެ މޫނާއި ދިމާލަށް އޭނާގެ އަތުގެ ށަހާދަތް އިގިލިދިއްކޮށްލިއެވެ.
“އަފާ އެއީ މަގޭމީހެއް.. ހަމައެކަނި މަގޭމީހެއް.. އަފާއަަށް މަ އޭނަދެކެ ލޯބި ވާވަރު ނޭނގޭދޯ؟” ޒައިންގެ އަޑުމަޑުވަމުން ގޮސް އޭނާގެ ދެލޯމެރި ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ.

 
ޒައިންގެ ހަރުކަށިބަސްތައް ހަނދާންވެފައި އެނދުގައި ބަންޑުންއޮވެ އަފާ ބާރަށް ރޮމުންދިޔައެވެ. ޒައިން އެގޮތަށް ވާހަކަ ދެއްކުމުގެ ކުރިން ހަގީގަތް އޮޅުންފިލުވިނަމައޭ އޭނާގެ ހިތަށްއަރަމުން ދިޔައެވެ. އެއްވެސް ޖެހިލުމެއްނެތި އެހެންމީހަކާއި އަޅުވައި އެފަދައެއްޗެހި އަފާއާއި ދިމާލަށް ޒައިންކިއުމުން އަފާގެހިތް ކުދިކުދިވެފައިވާ ކަހަލައެވެ. ޒައިންއަށް އަފާ އޭނާދެކެ ލޯބިވާވަރު ނޭނގެނީހެއްޔެވެ؟ ޒައިންނޫން މީހަކުދެކެ އަފާ ލޯބިވާން ހިތަށްވެސް ނާރުވާނެކަން ޒައިންއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟

މިކަހަލަ އެތަކެއް ސުވާލުތަކާއި ހިޔާލުތަށް ސިކުނޑީގައި އެނބުރެމުން ދިޔައިރު އަފާއަށް ބާރަށް ގިސްލެވެމުން ދިޔައެވެ.
ނުނިމޭ…

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eyesh

Other Articles

Previous

ފޮހެވޭނޭ ބާއޭ… 26

Next

ވަންހަނާ (1ވަނަ ބައި)

Next
December 20, 2015

ވަންހަނާ (1ވަނަ ބައި)

Previews
December 19, 2015

ފޮހެވޭނޭ ބާއޭ… 26

18 Comments

  1. Eyesh says:
    December 20, 2015 at 2:57 am

    Hei everyone ? varah bodah sorry buni dhuvahu up koh nudhevuneema. I had some issues with my phone ehenve nukurevuni.. hope everyone will understand and like this part too ???? thanx for reading and enjoying this story ?

  2. Ahmed Ammu says:
    December 20, 2015 at 6:26 am

    Varah Habeys ??

  3. Eyesh says:
    December 20, 2015 at 6:48 am

    Thanx ammu ?

  4. aathi says:
    December 20, 2015 at 7:23 am

    Alhey..the story is very nice n interesting..i like it.. 😉

    1. Eyesh says:
      December 20, 2015 at 7:26 am

      Awwwn thank u aathi ??

  5. story_lover ^_^ says:
    December 20, 2015 at 7:30 am

    Alhey kihineh that 4n in dhivehi koh vaahaka liyany

    1. Eyesh says:
      December 20, 2015 at 8:01 am

      Folhuvai kiyaa ap eh alhaagen ??

    2. maryam aathika says:
      December 20, 2015 at 4:44 pm

      Kon nameh kiyaa app eh??

  6. story_lover ^_^ says:
    December 20, 2015 at 7:31 am

    Salhi

    1. Eyesh says:
      December 20, 2015 at 8:03 am

      Thanx story_lover ^_^ ?

  7. sadhaaa says:
    December 20, 2015 at 7:36 am

    One of my favorite story ??

    1. Eyesh says:
      December 20, 2015 at 8:02 am

      Thanx sadhaa ??

  8. nuhnu says:
    December 20, 2015 at 8:28 am

    Vrh vrh salhi…

    1. Eyesh says:
      December 20, 2015 at 9:13 am

      Awwwn thanx nuhnu ??

  9. Jamal says:
    December 20, 2015 at 9:39 pm

    Varah reethi

    1. Eyesh says:
      December 20, 2015 at 10:06 pm

      Thnx jamal for reading my story ? hope u will like the next part too ?

  10. Depika says:
    December 20, 2015 at 10:27 pm

    Ur goood. Mi part ves Reethi mi vahakayah v inthixar kurevey

    1. Eyesh says:
      December 21, 2015 at 6:30 am

      Thanx ingey Depika ? v ufaa vejje mi story ah wait kuraakan egunima ??

Comments are closed.

All Right Reserved!