Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 25

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 18, 2015 7 Mins Read
16 Comments

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ އިރު ގިނައިން ވާހަކަ ދެއްކީ ބަލްޤީޝް އެވެ. އޭނަ ތަފާތު އެކިއެކި ސުވާލުތައް ކުރިއެވެ. މިޝްޔާ އިންނަނީ ހިމޭނުންނެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ އޭނަ ނުބުނެއެވެ. އެއާ ޚިލާފަށް ދީމްއަށް އޭނަގެ އަނގަ މައިތިރިކުރެވޭ ކަމަކަށް ނުވެއެވެ. އެމަދު ވަގުތުކޮޅުގައި ވެސް ދީމްއާއި ބަލްޤީޝްގެ ގުޅުން ބަދަހިވެގެން ދިޔައެވެ.

މިޝްޔާ އިނީ އިޒްކާންއާއި ކުރިމައްޗަށް ވާ ގޮތަށެވެ. ކެއުމަށް ދޭންވާ ސަމާލުކަން ވެސް އޭނައަށް ނުދެވުނެވެ. އިޒްކާންގެ މޫނަށް ދޭތެރެއަކުން ބަލާލާނެއެވެ. އިޒްކާން އާއި މިޝްޔާގެ ހަތަރުކަޅި އެގޮތުގެ މަތީން ބައްދަލުވީ ކިތައް ފަހަރުކަމެއް ވެސް ނޭގެއެވެ. މިހުރިހާ ކަމެއް ބަލްޤީޝްއަށް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނަގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ. އޭނަ ބޭނުންވަނީ ވެސް މިޝްޔާ ފަދަ ރަގަޅު އަޚްލާގެއްގެ ވެރި އަންހެން ކުއްޖަކާ އިޒްކާން ގުޅޭށެވެ. އިޒްކާން އާއި މިޝްޔާގެ ޖޯޑު ފުރިހަމަ ވާނެ ކަމާމެދު ޝައްކެއް ނެތެވެ. ހިތާހިތުން ދުޢާ ކުރެވުނީ އެދެކުދިން ގުޅުމަށް އެދިއެވެ.

”މިޝްޔާ ކިޔަވަނީ ކޮން ދާއިރާއަކުންތަ؟…” ބަލްޤީޝް އެހިއެވެ. އުލުން ސްޕެގެޓީއާ ކުޅެން އިން މިޝްޔާއަށް ކުޑަކޮށް ސިހިފައި ބަލްޤީޝްއަށް ބަލާލެވުނެވެ.

”ނާރ…ނާރސިންގް….” މިޝްޔާ ޖަވާބު ދިނެވެ. ބަލްޤީޝްއާ ވާހަކަ ދެއްކުން އޭނައަށް ފަސޭހަކަމަކަށް ނުވިއެވެ.

ރަސަލް އާއި ކައިވެނި ކުރުމުގެ ކުރިން އޭނައަކީ ވެސް ނަރުހެއް ކަމަށް ބަލްޤީޝް ކިޔައިދިނެވެ. އަދި ރަސަލް އާއި ބައްދަލުވީ ވެސް އެމަސައްކަތުގެ ދާއިރާގެ ތެރޭންކަމަށް އޭނަ ބުންޏެވެ. އިޒްކާން މެންނަށް ވެސް ކިޔައި ނުދޭ ވާހަކަތައް މިޝްޔާއާއި ދީމް އާ ހިއްސާކުރަން މަންމަ ފެއްޓުމުން ދެމީހުންނަށް ނަޒަރު ބަދަލުކޮށްލެވުނެވެ.

”ޝީޒް ގޯން ކްރޭޒީ…” ޔޫޝައު ވައިއަޑަކުން ބުނެލިއެވެ. އެއާއެކު އިޒްކާން ހިނިތުންވުން ސިއްރުކުރަން އުޅުނެވެ.

ވާހަކައިގެ ތެރޭން ގޮސް ރޭގަނޑުގެ ކެއުން ނިމުނު ވަގުތެއް ވެސް ނޭގެއެވެ. ބަލްޤީޝްގެ އެދުމުގެ މަތީން އިރުކޮޅެއް ވަންދެން މިޝްޔާއާއި ދީމް އެގޭގައި މަޑުކުރިއެވެ. ބަލްޤީޝްގެ ހިތްހެޔޮ މިޒާޖުން މަޑުމަޑުން ގޮސް ޖެހިލުންވުމެއް ނެތި ބަލްޤީޝްއާ ވާހަކަ ދެއްކުމުގެ ހިތްވަރު މިޝްޔާއަށް ލިބުނެވެ.

****

ގެއަށް ދިޔަ މަގުމަތީގައި މުޅިން ހެން ދެކެވުނީ މިޝްޔާއާއި އިޒްކާންގެ ގުޅުމުގެ ވާހަކައެވެ. ޔޫޝައު ދިމާކުރާވަރުން އިޒްކާން އިނީ ބޮލަށް އުނދަގޫވެފައެވެ. އޭނަ ދޭތެރެއަކުން ޔޫޝައު މައިތިކުރަން ބޮނޑިއެއް އަޅާފާނެއެވެ. އެވަރުންވެސް ޔޫޝައު މައިތިރި ވިކަމަކަށް ނުވެއެވެ. ދިމާކުރުން ވީ އިތުރެވެ. ޔޫޝައު ދައްކާ ވާހަކަތަކުން އިޒްކާން ގާތަށް ވެސް ބައެއްފަހަރު ހިނި އާދެއެވެ. ބަހެއް ވެސް ނުބުނެ އިނީ މިޝްޔާ އެވެ. އިޒްކާން ގާތުގައި އިނުމުން އޭނައަށް ވާ ގޮތް ބަޔާންކުރަން އުނދަގުލެވެ. މީހާ ހުންނަނީ ފިނިވެފައެވެ. ހިތުގެ ތެޅުން އަވަސް ވެއެވެ. އެމޫނަށް ނުބަލާނަމަ ހިތުގެ ހަމަޖެހުން ގެއްލިދެއެވެ. އިޒްކާން އެއަތުގައި ހިފާލައިފިނަމަ ނާރުތަކުގެ ތެރެއަށް ފޭދިގެންދާ އޮއެވަރުތަކުން ހަށިގަނޑުގެ ލޯލިތައް ވެސް އެލާރޓަށް ގެނުވައެވެ. އެއަތުގެ ކޮންމެ ބީހުމަކަށް ވިރިގެންދާން ބޭނުން ވެއެވެ.

އިޒްކާން މިޝްޔާއާ ވަދާއުގެ ސަލާމްކޮށްލުމުގެ ގޮތުން މިފަހަރު އެއަތްތިލައަށް ބޮސްދިނުމުން މިޝްޔާއަށް ހީވީ ހިތް އޭގެ މަޤާމް ދޫކޮށް ގޮސް އާސްމާނުގައި އުދުހުނު ހެންނެވެ. ހަމަ ބިމަށް ތިރިވާކަށް އޭނަ ބޭނުމެއް ނޫނެވެ. އިޒްކާން އެއަމަލުން އެކަނި ވެސް އޭނަ ދެކެ ލޯބިވާވަރު ހާމަދޮށްދީފިއެވެ. އެދުލުން ލޯބިވާކަން ހާމަ ކުރާދުވަހަކަށް އިޒްތިޒާރު ކުރެވެން ފެއްޓުނެވެ. އެވެސް ކެތްތެރިކަމެއް ނެތިއެވެ. އެތުންފަތުގެ ހަދިޔާއެއް ލިބޭނެ ދުވަހަކަށް އޭނަ އިންތިޒާރުގަ ހުއްޓާ އެއެދުން ވެސް މިރޭ ފުރިހަމަ ވެގެން ދިޔައީ އެވެ.

މިޝްޔާއަށް އިނދެވުނީ ގާވެފައެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައެވެ. ކާރުން ފައިބަން ހަނދާން ވީ ދީމް ކާރުގެ ކުޑަދޮރުގައި ޓަކި ދިނުމުންނެވެ. ތުރުތުރުއަޅަމުން ދިޔަ އަތަކުން އޭނަ ދޮރު ހުޅުވަމުން ފޭބިއެވެ. އެއާއެކު އިޒްކާން ހިނިތުންވެލި މަންޒަރު ފެނުނެވެ. އެހިނިތުންވުންތަކުން އޭނަގެ ހިތުގައި ފިރުމާލަދޭހެން ހީވެއެވެ.

އެރޭ މިޝްޔާއަކަށް ނުނިދުނެވެ. އިޒްކާންއާއި ދެމީހުން ރޭގަނޑުގެ ބޮޑުބައި ހޭދަކުރީ ފޯނުން ވާހަކަ ދެއްކުމުގައެވެ. ފާއިތުވެގެން ދިޔަ ކޮންމެ މިނެޓަކާއެކު ދެހިތުގައި ވި ލޯބި ވެސް އިތުރަށް ފުންވަމުން ދިޔައެވެ.

****

ހަފްތާއެއް ފަސް…

ކޮލެޖްގެ ޓެސްޓް ފެށުމުގެ ކުރިން ޕިކްނިކް ދަތުރެއް ހަމަޖެހިގެން ދިޔައެވެ. ޕިކްނިކް ދިޔައީ މެކްރިޗީ ރެޒްވޯރ ޕާކަށެވެ. އެތަނަށް ދެވުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުލަކުލައިގެ ގުޑިތަކުން ހިސޯރުކޮށްފައި އޮތް އުޑުމައްޗެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންތައް ވެސް ފޯރިއާއެކު ގުޑިއެރުވުމުގައި އުޅުނިއިރު ފަޒާ ހަލަބޮލިކޮށްލާފައި އޮތީ މީހުންގެ ހުނުމުގެ އަޑުންނެވެ. ފެހިކަން ގަދަ މާހައުލާއި މާމެލާމެލީގެ ގުލްޒާރަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައީ މާތަކުން ފޮނިބޯން އުދުހެމުން ދިޔަ ކޮކާތަކުންނެވެ. ޕާކް ކައިރީގައި އޮތް ފަރުބަދަ ތަކުގެ ސިލްސިލާގެ ހުރަހަކަށް ވެފައިވަނީ އެދެމެދުގައި އޮތް މާސިންގާ ކޯރެވެ.

ޕިކްނިކް ބާސްކެޓްތައް ފަތުރާލަމުން އެންމެން ވެސް ހަމަޖެހިލައިފިއެވެ. މުޅި ތަނަށް ހިޔާ ދީފައި އޮތްއިރު ހޭލަމޭލަވަމުން ދިޔަ މީހުންތަކާއި ކުޑަކުދިންގެ ހުނުމުގެ އަޑު ސިކުންތުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ.

”ހާދަ ރީތި ތަނެކޭ….” ފުޅާ ހިނިތުންވުމަކާއެކު ދީމް ބުންޏެވެ. އޭނަ ބޭނުންވީ ޔޫޝައުއާއެކު އެތާނގައި ހިނގާލަން ދާށެވެ.

މިޝްޔާ އާއި އިޒްކާން އުޅުނީ އެކީގައެވެ. ކުރީރޭ އިޒްކާން ލޯބިވާކަން ހާމަކުރުމުން މިޝްޔާއަށް އުފަލުން ގޮސް ރޮވުނެވެ. އޭނަ ކުރި އިޒްތިޒާރުގެ ނިމުން ވަރަށް ވެސް ފޮންޏެވެ. އަދިވެސް އެމަންޒަރު ތަކުރާރުކޮށް ލޯކުރިމަތިން ސިފަވެއެވެ. އިޒްކާން ބުނި ލަފްޒުތައް ހުންނަނީ ކަންފަތުގައި ގުގުމާލާފައެވެ.

”އައި ލަވް ޔޫ މިޝޫ…” އިޒްކާންގެ ފިރިހެންވަންތަ އަޑު އިވޭކަހަލައެވެ. މިޝްޔާއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. ހިތަށް ލިބިފައިވާ ހަމަޖެހުން ދުލަކުން ބަޔާން ކޮށެއް ނުދެވޭނެއެވެ. ޚަޔާތުގެ ދަތުރު ނިންމާލަން އޭނަ ބެނުންވަނީ އިޒްކާންއާ އެކީގައެވެ. ލޯބި ޢާއިލާ އެއް ވެސް ބިނާކުރަން ބޭނުމެވެ.

އަތުގައި ހިފާލައިގެން ތިބެ ދެޒުވާނުން ހިނގަމުން ދިޔައީ ކޯރު މަތީ އަޅާލެވިފައިވާ ފާލަން މަތީގައެވެ. އެތައް އިރެއްވަންދެން ހުޅުރޯވަމުން ދިޔަ އުދަރެސްމައްޗަށް ބަލަހައްޓައިގެން މިޝްޔާއަށް ހުރެވުނެވެ. އޭރު އުޑުގައި ކުރަހާލެވިފައި ވާ ކުރެހުންތަކުގެ ހިޔަނިތައް ކޯރުގެ ފެންގަނޑުގެ ތެރޭގައި ނަށަމުން ދިޔައެވެ. ހުވަފެނެއްގައި އުޅެވޭހެން ވެސް ހީވެއެވެ. މިފަދަ ރީތި މާހައުލެއްގައި ލޯބިވެރިޔާއާއެކު ވަގުތު ހޭދަކުރުމުގެ ނަސީބު ލިބުމުން މިޝްޔާ ވަކިން ބޮޑަށް އުފާވިއެވެ.

”އެންޑް އިން ހާރ ސްމައިލް އައި ސީ ސަމްތިންގް މޯރ ބިއުޓިފުލް ދޭން ސްޓާރސް….” އިޒްކާން ފުންނޭވާއެއް ދޫކޮށްލަމުން ބުނެލި ޖުމްލަ މިޝްޔާގެ ކަންފަތުގައި ގުގުމާލައިފިއެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތުގައި ކުޅެލައިފިއެވެ.

****

މިޝްޔާމެންގެ ދެސްވެނިވުމުގެ ރަސްމިއްޔާތަށް ސިންގަޕޫރަށް ޔޫސުފްގެ ދެމަފިރިން އައެވެ. އެހަފްލާ ތެރޭން މަންމައާއި ބައްޕައަށް، މިޝްޔާ އަދި ދީމް ޚަޔާތުގެ ބައިވެރިންގެ ގޮތުގައި ޚިޔާރުކުރި ޒުވާނުންތައް ތަޢާރަފްކޮށް ދިނެވެ. ފުރަތަމަވެސް ޔޫސުފްއާއި ސަލާން ކުރަން އަތްދިއްކޮށްލީ އިޒްކާންއެވެ. ޔޫސުފް ތަފާތު ސުވާލުތަކެއް ކުރިއެވެ. އޭނައަށް އެދެޒުވާނުން ވެސް ކަމުދިޔައެވެ. ޖުވޭރިޔާއަށް ވެސް މެއެވެ. އޭނަ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އަދި ހަމައެއާއެކު ބަލްޤީޝްއާއި ރަސަލްއަށް ވެސް ޔޫސުފްގެ ދެމަފިރިންނާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ދެޢާއިލާގެ ގުޅުން ވެސް ބަދަހި ވެގެން ދާން ރަނުގެ ފުރުސަތަކަށް އެހަފްލާ ވިއެވެ. ޖުވޭރިޔާ އާއި ބަލްޤީޝް ވެސް ގާތް ދެރަހްމަތްތެރިންނަށް ބަދަލުވެގެން ދިޔައެވެ.

ޔޫޝައުއާއި ޢާއިލާގެ މެންބަރުން މާލެ އައުމުން އެންމެ ބޮޑަށް އުފާވީ ފަލަކް އެވެ. އޭނައަށް މީގެކުރިން ޔޫޝައު ފެނުމުގެ ނަސީބު ލިބުނީ ހަމައެކަނި ޗުއްޓީ ދުވަސްތަކުގައެވެ. އެހެނަސް މިއަދުން ފެށިގެން އޭނައަށް ކޮންމެ ދުވަހަކު ޔޫޝައު ފެނުމުގެ ނަސީބު ލިބޭނެތާއެވެ. ޔޫޝައުއާ އެކުގައި އުޅުމުގެ ފޮނި އުއްމީދުތައް ފަލަކް ދުއްޓެވެ. ބަލްޤީޝް އައުމުން މާހުތާބް ހުންނަނީ އޭނަގެ ފޫބުޑުގައި ޖައްސާލާފައެވެ. އެއީ ބަލްޤީޝްގެ އިތުބާރު ހޯދަން ވެގެންނެވެ.

މާލެ ދެވުމާއެކު ދެޢާއިލާގެ މަޝްވަރާގެ މަތިން ޔޫޝައުއާއި ދީމްގެ ކައިވެނީގެ ހަފްލާ ރޭވިގެން ދިޔައެވެ. އެދުވަސް ވެގެން ދިޔައީ ފަލަކްގެ ޚަޔާތަށް އައި ތޫފާނީ ރެއަކަށެވެ. ރޮމުން ގޮސް ދެލޯ ފާރުވިއެވެ. އުމުރުން އެންމެ ފަނަރަ އަހަރުގައި އޭނަގެ ހިތް ދެވުނު އާޝިގާ އެހެން މީހެއްގެ ހައްޤަކަށް ވެގެން ދިޔައީއެވެ. އެވެސް އޭނަގެ ލޯކުރިމަތީގައެވެ. ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އެލޯބި ލިބުމުގެ ނަސީބެއް އޭނައަކަށް ނުލިބުނެވެ. ހިތަށް ކުރި ފުން އަސަރުތަކުން އަމިއްލައަށް މަރުވާން ވެސް ހިތަށް އެރިއެވެ. އެހެނަސް އެހިތްވަރެއް ނުލިބުނެވެ.

ދީމް އާއި ޔޫޝައު ހަނީމޫންއަށް ދިޔައީ ކަޝްމީރަށެވެ. ތިން ހަފްތާ އެތާނގައި ހޭދަކުރުމަށް ފަހު މާލެ އައިއިރު ދީމް އައީ ކޮންމެ މީހަކަށް ހަދިޔާ ހިފައިގެންނެވެ. އޭނަ ފަލަކް އަށް ދިން ހެދުމުގައި ފަލަކް ޖެހީ ހުޅެވެ. އެދުވަހު ދީމްގެ މޫނު ނޮޅައި ކުދިކުދިކޮށްލާނަމޭ ފަލަކްގެ ހިތަށް އެރިއެވެ. އޭނަ ދީމް ދެކެ އެހާވެސް ނަފްރަތު ކުރެއެވެ.

މިޝްޔާއާއި އިޒްކާންގެ ކައިވެނި ހަމަޖެހުނީ އޭގެ ތިންމަސް ފަހުންނެވެ. އެއީ އެދެޒުވާނުން ބޭނުން ވި ގޮތެވެ. އޭރު މިޝްޔާއަށް އޭޑީކޭ ހޮސްޕިޓަލުން ވަޒީފާ ލިބިއްޖެއެވެ. އިޒްކާން އޭނަގެ ބައްޕައަށް އެހީވެދޭން ބައްޕަގެ ވިޔަފާރިއާ ވެސް ގުޅިއްޖެއެވެ.

***********

މާޒީގެ ހަނދާންތަކުން އިޒްކާން ހޭލައްވާލީ ވައިބްރޭޓްވާން ފެށި ފޯނުގެ ސަބަބުންނެވެ. އެއާއެކު އޭނަ ގާތަށް ރުޅި އަންނަ ގޮތް ވެސް ވިއެވެ. މިޝްޔާގެ އަތަށް ބޮސްދެމުން އޭނަ ޖީބުން ފޯނު ނެގިއެވެ. ގުޅަނީ މަންމައެވެ. އޭރު ގަޑިން ތިންގަޑި ވިހި ވެއްޖެއެވެ. އިޒްކާން ދެފަރާތަށް ބޯހޫރާލަމުން ފޯނަށް ޖަވާބު ދިނެވެ.

”ދެންމެ މާލެ އާދެވުނީ… މިހުރީ ގެއަށްދާ މަގުމަތީގަ…” އިޒްކާން ބުންޏެވެ. އޭނަ ކޮޓަރިން ނިކުންނަން ދަމުން ނިދީގައި އޮތް މިޝްޔާއަށް ބަލާލިއެވެ. އަދި އޭނަ ދަނީކަމަށާއި ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފައި ދިޔައީއެވެ.

އިޒްކާން ސިޑީގެ ހަރުފަތަށް ގިރާކޮށްލާފައި ތިރިއަށް ފޭބި އިރު ދީމް ބޮޑުކޮޓަރީގައި އިނެވެ. އިޒްކާން ފެނި ކަޅި އަޅާލި ކަމުގައި ވިޔަސް އެއްޗެކޭ ނުބުނެ އިނީ ހިމޭނުންނެވެ. އިޒްކާން ދިއުމުން އޭނަ މިޝްޔާގެ ކޮޓަރިއަށް ވަނެވެ. އަދި ކޮއްކޮ ގާތު އިށީންދެ ރުޔެވެ.

”ދީމް…” ޖުވޭރިޔާ އައިސް ދީމްގެ ބޮލުގައި ފިރުމާލިއެވެ. ހަމައެއާއެކު ދީމް ޖުވޭރިޔާގެ އަތް ފޮޅުވާލިއެވެ. ”މަންމައަށް މުހިންމު ވަނީ އެ އިޒްކާން އެއްނު…” ދީމް ރޮވިފައިވާ އަޑަކުން ބުންޏެވެ.

”މަންމައަށް ނޭގޭ ދަރިފުޅަށް ވިސްނައިދޭނެ ގޮތެއް، ހުރިހާ ހެއްކެއް ވެސް މަންމައަށް ފެނުނު ފަދައިން ދަރިފުޅަށް ވެސް ފެންނާނެ، ދެން ކީއްވެތަ އިޒްކާން ކުށްވެރި ތިކުރަނީ، ދަރިފުޅު އެގޮތަށް ކަންތައް ކުރީމަ އިޒްކާން ދެރަވާނެ ވަރު ނުވިސްނެނީތަ؟، އިޒްކާން އެއުޅެނީ އަދިވެސް އެހާދިސާ މަތިން ހަނދާން ނައްތާ ނުލެވިގެން….. އެރޭ ހަމައެކަނި މިޝްޔާއެއް ނޫނޭ އިޒްކާންއަށް ގެއްލުނީ! އެދެމީހުންގެ ދަރިފުޅުވެސް ގެއްލުނީ، ހުރިހާ އެންމެނަށް ވުރެ ބޮޑަށް އަސަރު ކުރީ ވެސް އިޒްކާންއަށް… މަންމަ ވަރަށް ކެތްކޮށްފިން ދީމް އާ ދިމާއަށް އެއްޗެއް ނުބުނެ ވޭތޯ، އެކަމަކު ވެސް ދީމް ތިއުޅޭ ގޮތަކުން މަންމަގެ ރުޅި ކޮންޓްރޯލް ނުކުރެވެނީ، އިޒްކާން މިޝްޔާއަށް ދެރައެއް ނުދޭނެ… އެކުއްޖާ އެއުޅޭ ހާލެއް ދީމްއަކަށް ނޭގޭނެ….” ޖުވޭރިޔާގެ އަޑު ކުރެހިގެން ދިޔައެވެ. އޭނަ އެތާ މަޑުކުރުމެއް ނެތި ދިޔައީ ރޮވިދާނެތީއެވެ. މަންމަ ދިއުމާއެކު ދީމް ރުއިން ހުއްޓާލިއެވެ. އަދި ތެދުވެ ކޯތާފަތް ފޮހެލިއެވެ. އޭނަގެ ސަބަބުން އަނެއްކާ ވެސް މަންމަ ހިތުގައި ޖެއްސިއްޖެކަން އޭނައަށް ނަގައިގަނެވުނެވެ. މިޝްޔާގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން އޭނަ މަންމަ ހޯދަން ދިޔައެވެ.

ޖުވޭރިޔާ ހުރީ ހާމަފެންޑާގައެވެ. ހަލަބޮލިވެފައިވާ މާލޭގެ މަގުތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އެދެލޮލުގައި ތާޒާ ކަރުނަތައް ބޮނޑިވެފައި ހުއްޓެވެ. ދީމް އައިސް މަންމަ ގައިގައި ބައްދާލިއެވެ.

”ސޮރީ މަންމާ…” ދީމްއަށް ގިސްލެވުނެވެ. ޖުވޭރިޔާ އޭނަގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ. ”ދީމްއަށް މަންމަ ދިން ނަސޭހަތުގައި ހިފާނެކަމަށް އުއްމީދުކުރަން….” ދީމް އެއަށް އެއްޗެއް ނުބުންޏެވެ. އޭނައަށް ހަމަ ރޮވެނީއެވެ. އެއާއެކު ދީމްއަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް ޖުވޭރިޔާގެ ހިތް ބުނަން ފެއްޓިއެވެ. މެޔަށް ފޭދިގެން ދިޔައީ ކުއްލި ބިރުވެރިކަމެކެވެ. އޭނަ ދީމް ގެ މޫނަށް ނަޒަރު ހިންގިއެވެ.

”ދީމް…” ކަންބޮޑުވެފައި ހުރެ ޖުވޭރިޔާއަށް ބުނެލެވުނެވެ. ދީމް އެތެރެއަށް ނޭފަތް ދަމާލަމުން ގަދަޔަށް ރުޔެވެ. ވޭނެއް ތަހައްމަލް ކުރާ އުސޫލުންނެވެ. ޖުވޭރިޔާ ދަރިފުޅު ގެނެސް މޭގައި ޖައްސާލިއެވެ. ދީމްއަށް ވީ ގޮތެއް ނޭގިގެން އޭނަ ކަންބޮޑު ވިއެވެ. ބިރުވެސް ގަތެވެ. ދީމްގެ ޑޮކްޓަރަށް ގުޅަން ވެސް ހިތަށް އެރިއެވެ. އޭގެ ކުރިން ދީމް ހަމައަކަށް އެޅުވުން މުހިންމުކަމަށް ވިއެވެ.

”ދަރިފުޅު ނިކަން ވެގެން އުޅޭ ގޮތެއް މަންމަ ގާތު ބުނެބަލަ…” ޖުވޭރިޔާ އެހިއެވެ.

ދީމްއަށް ގިސްލެވެނީއެވެ. އޭނަ ޔޫޝައުއަށް ބޭނުންވެފައިވާ ވަރު މަންމަ ގާތު ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ޔޫޝައު ދޫކޮށްފައި އައިއިރު މިހާ ހިތްދަތި ވާނެކަމެއް ކުރިއަކުން އޭނައަށް ނޭގެއެވެ. އޭނަ ޔޫޝައުއާ މެދު ކަންތައް ކުރި ގޮތް މަންމައަށް އެނގިއްޖެނަމަ މަންމަ އޭނަ ދެކެ ރުޅިއަންނާނެއެވެ. ދީމްގެ ހިތުގައި އަޅާވޭން ބަރުދާސްތުނުކުރެވޭ ހިސާބަށް ދިޔައެވެ.

”މަންމާ…” ދީމްއަށް ބުނެވުނީ އެހިސާބަށެވެ. މިހުރިހާ ދުވަސް ވަންދެން ހިތުގައި ރައްކާކޮށްގެން ހުރި އުދާސްތައް އެއްފަހަރާ ބޭރުކޮށްލަން އެދި ހިތް ރޮނީއެވެ. އޭނަ ރުއިން ހުއްޓާލެވޭތޯ އުޅުނެވެ.

މަންމަ ގާތު ހަޤީޤަތް ހާމަކުރަން ވީ ހެއްޔެވެ؟ އޭރުން ވެސް ވާނެ ކަމެއް ނޯންނާނެއެވެ.

”މިޝޫ މަތިން މާ ބޮޑަށް ހަނދާން ވަނީ، މާދަމާ އަކީ މިޝޫގެ އުފަން ދުވަހެއްނު….” ދީމް ހެދީ ދޮގެވެ. ޖުވޭރިޔާ ދީމްއަށް ވިސްނައިދިނެވެ.

ދީމް ހަދަނީ މުޅިން ތެދުކަމާމެދު ފުރަތަމަ ފަހަރަށް ޖުވޭރިޔާގެ ހިތުގައި ޝައްކު އުފެދުނެވެ. ދީމް އޭނައަށް ކަމެއް ސިއްރުކުރާހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނައަށް ދީމްގެ ކޮޓަރިއަށް ވަނުމުގެ ހުއްދައެއް ވެސް ނޯވެއެވެ.

****

އިޒްކާންގެ އިންތިޒާރުގައި ހުރި ބަލްޤީޝްއަށް ގޭގެ މައިދޮރުން އެތެރެއަށް ވަން އިޒްކާން ފެނި މޫނު އުޖާލާވެގެން ދިޔައެވެ. ”ދަރިފުޅު ދެން މިހާ ލަސްވަންދެން ބޭރުގައި ނޫޅެއްޗޭ…” ބަލްޤީޝް ބުންޏެވެ. އަދި ހަވީރުގެ ސައި ތައްޔަރުކުރެވިފައި ވާކަން ހާމަކޮށްލިއެވެ. މަންމަގެ ފަހަތުން ގޮސް އޭނަ ކާކޮޓަރިއަށް ވަނެވެ. އާދައިގެ މަތީން މިއަދު ވެސް ސައި ނިމިގެން ދިޔައީ ހިމޭންކަމުގެ ތެރޭގައެވެ. އަމަލް އިނުމުން ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނެވެ.

”ކާ ގަޑީގަ ހާދަ ސައިލެންޓޭ ދޯ؟…” ހާމަފެންޑާއަށް އަރަން ދިޔަ އަމަލް އޭނައާއެކު ހުރި ޔަޝްމްއަށް ބަލާލިއެވެ. ”ހޫމްމް، މެނާރސް ފޮލޯކުރަން ޖެހޭނެއެއްނު، އަމަލް އިނީމަ އެހާވަރަށް ވެސް ވާހަކަ ދެކެވުނީ…” ޔަޝްމް ބުންޏެވެ.

”އޯހްހް…”

ހާމަފެންޑާގެ ދޮރުހުޅުވާލަން އުޅުނު ޔަޝްމް ސިއްސައިގެން ދިޔައީ ފަހަތުން ދޮރެއްގެ ތަޅުގައި މީހަކު ހިފާލިހެން ހީވެގެންނެވެ. އަވަސް އަވަހަށް ފަސްއެނބުރި ބަލާލެވުނެވެ. އޭރު އަމަލް އުޅުނީ ކޮޓަރިއެއްގެ ދޮރު ހުޅުވޭ ތޯއެވެ.

”އަމަލް ކީއްތަ ތިކުރަނީ؟…” ޔަޝްމް އަވަސް އަވަހަށް އައިސް އެހި އެވެ. ”މިތަން އެކަނި ތަޅުލާފަ ހުންނަނީ ވެސް… ކޯޗެއްތަ މިތާ ފޮރުވާފަ ހުރީ…” އަމަލް ބުންޏެވެ.

”ނޭގޭ ތިތަން އަބަދު ވެސް ހުންނަނީ ބަންދުކޮށްފަ…” ޔަޝްމް ނޭގޭ ކަމަށް ހެދުނެވެ. އަދި އެތަނުން އަމަލް ގެންދެވޭތޯ އުޅުނެވެ. ”ދޭން ކީއްވެތަ މިތަން އެކަނި ތަޅުލާފަ މިހުރީ؟…” އަމަލްއަށް އަހާލެވުނެވެ.

”ތީ މިގޭގޭ ސްޓޯރ ރޫމް…” މާހުތާބްއާއެކު އައި ބަލްޤީޝްއަށް އަމަލްގެ ވާހަކަ އަޑު އިވުމުން ބުނެލިއެވެ. އެއާއެކު ޔަޝްމްއަށް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ. ބަލްޤީޝް އެހާ ބޮޑު ދޮގެއް ހެދުމުން އޭނަ ހުރީ ހުއްޓުން އަރާފައެވެ. އޭނަ ވަނީ އެކޮޓަރިއަށް ވަދެފައެވެ. އެތާނގައި ގުދަނެއް ވައްތަރު ނުޖަހައެވެ. އޭނައަށް ލަފާކުރެވޭ ގޮތުގައި އެއީ މިޝްޔާއާއި އިޒްކާން އުޅުނު ކޮޓަރިއެވެ.

”ސޮރީ، އާންޓީ، އަހަރެން ހީކުރީ އެތާނގަ މީހަކު ބަންދުކޮށްފަ ކަމަށް ވީ…” އަމަލް ހީގަތެވެ. ބަލްޤީޝް ވެސް ހިނިތުންވާން އުޅުނެވެ. ޔަޝްމް ހުރީ ސީދާ ބަލްޤީޝްގެ މޫނަށް ބަލާށެވެ. އެމޫނުމަތިން ކަމެއް ސިއްރުކުރަން އުޅޭކަމުގެ އަލާމަތްތައް އޭނައަށް ފެނުނެވެ. އޭނަ ބަލްޤީޝްއަށް ކުރި އިތުބާރު ވަގުތުން ގެއްލިގެން ދިޔައެވެ. އަދި ހަމައެއާއެކު ސިއްރު ހިފެހެއްޓުމުގެ ކުރީގައި އުޅެނީ ބަލްޤީޝް ކަމާމެދު ޝައްކު ވިއެވެ. ލިމްޝާ ވަޒީފާއިން ވަކިކުރެވުނީވެސް އޭގެ ސަބަބުންނެވެ.

”އަނެއްކާ އެންމެން ވެގެން މިޝްޔާއަށް ކަމެއް ކުރީތަ؟، ދީމް ވެސް މަންމަ ދެކެ ރުޅި އާދޭ…” ޔަޝްމްގެ ހިތް ތެޅިގަތެވެ. އެޖުމްލަ ވީ އޭނަގެ ހިތުގައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ފޮހެވޭނޭ ބާއޭ… 24

Next

ވަންހަނާ

Next
December 18, 2015

ވަންހަނާ

Previews
December 18, 2015

ފޮހެވޭނޭ ބާއޭ… 24

16 Comments!

  1. Sanmu says:
    December 18, 2015 at 7:36 pm

    Vara reeti

  2. Inaa says:
    December 18, 2015 at 7:44 pm

    Nice. Dhn avahah story ge conclusion genes dhy ba.

  3. nuhnu says:
    December 18, 2015 at 7:51 pm

    Vrh vrh vrh salhi…

  4. Niha says:
    December 18, 2015 at 7:52 pm

    Woww. Haadhr salhiyey mi story.
    Thankew thihaa avahah up kohdhey thee.. really luv thix story.. ekamaku izkaan n yashmu gulhu v ma adhi habeyx vaanee.

  5. Reesh says:
    December 18, 2015 at 8:23 pm

    Vvvvvvvvvvvvvvvvvvvvvvvvvvvv reethi mivaahakayah abaduvex inthixaaru kurevey gavaaidun up kuraa kuhjakah evord dannaa enme furathamavex libeyny mutha ah v habeyx ingey I like this story

  6. naxoo says:
    December 18, 2015 at 8:45 pm

    v reethi…n thnk u muthaa 2 part eydhuvaheyga upload kohladhinyma..n hope next part ves v avahah kiyan libeyne kamah.. 🙂 🙂 muthaa ur the best.. 🙂 🙂

  7. vily says:
    December 18, 2015 at 9:26 pm

    Vvvv reethi
    love to read
    ure a perfect writer
    waiting for the nxt part

  8. Ira says:
    December 18, 2015 at 9:41 pm

    Varah reethi dhe part ves 😉 Hama kiyaa hithun indhaa e nimunee 😉 🙂 alhe ithaa haadha reechey past present ah vure reethi 😉 😉 <3 heheh Ira ge bro Ai varah ehvahtharu yoosh saka mixaagu

  9. hany says:
    December 18, 2015 at 11:00 pm

    Nice…. kiyaahiy vany adhivs hama. Knirakun nxt part

  10. ina says:
    December 18, 2015 at 11:13 pm

    v v v v v v rythi mi part vx.mihaarru v v v stry intereesting…v v hiyy hama jehey kmme dhuvahaku 2 parts genesdheythy…this is one of my fav. stry in this site.stry feshun hisaabun fashain v v v rythi all parts vx.muthaaaa kyp it up.

  11. kamana says:
    December 18, 2015 at 11:17 pm

    Varah salhi mi part vx. My fav writer ?

  12. SARA says:
    December 18, 2015 at 11:31 pm

    V salhi.. waiting 4 d next part. V salhi mivaahaka.. really loved it..

  13. rann says:
    December 19, 2015 at 12:03 am

    Awwh muthaa .. I love yu.. Maadhan vx 2 baii genesdhehchey… ❤

  14. mice says:
    December 19, 2015 at 6:21 am

    very very nice

  15. miloo says:
    December 19, 2015 at 6:22 pm

    Varah salhi.. Keep it up

  16. xee says:
    December 19, 2015 at 9:16 pm

    Nices

Comments are closed.


All Right Reserved!