Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ… 29 ވަނަ ބައި

Fantasy
January 7, 2016
16 Mins Read
56 Views
55 Comments

އަވަހަށް މީހާ ހަމަޔަކަށް އަޅުވާ އެއަތުން އަނެއް އަތުގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދެފައިގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދުވެފައި އައިސް ފާރިޝް ކައިރިއަށް ހުއްޓެލީމެވެ.

“ފާރިޝް” ވަރަށް މަޑުން ފާރިޝްއަށް ގޮވާލީމެވެ. އަހަރެން ފާރިޝްގެ އަތުގައި އައްސާފައިވާ ރޯނުތަށް ނައްޓާލީމެވެ. އަދި ފާރިޝްގެ ކަރުގައި އަތްޖައްސާލީމެވެ. ދެފަހަރަކު ކޮލުގައި އަތުން ޖަހާލީމެވެ. ވިންދު އެބަ ހުއްޓެވެ. ނަމަވެސް ވަރަށް ކުޑަކޮށްނެވެ. އަހަރެން ފާރިޝް ގޮވައިގެން މާޒިން ބުނި ދިމާލަށް ދިޔައީމެވެ. މާޒިން އެގޮތަށް ކަންތައް ކުރުމުގެ ބޭނުމެއް އަހަރެންނަށް އެއްގޮތަކަށްވެސް ނޭނގެއެވެ. ނަމަވެސް މިވަގުތު އަހަރެންނަށް އޭނަ ބުނި ގޮތް ހެދުން ނޫން ގޮތެއް ނެތެވެ. ފާރިޝްގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންކަމުން އޭނަ ގޮވައިގެން އަހަރެންނަށް ދިއުން ވީ ބޮޑު ކަމަކަށެވެ. އޭނަގެ އަތް އަހަރެންގެ ކޮނޑަށް ލައިގެން އަހަރެންގެ އަތުން އޭނަގެ ހުނަގަނޑުގައި ހިފަހައްޓާލައިގެން ހިގޭހާ ބާރަކަށް ހިގާފައި މާޒިން ބުނި ދިމާލަށް ދިޔައީމެވެ. މާޒިން ބުނީ ދެތެކެވެ. އެތަނުގައި އެއްޓިނުގަނޑު ދުރައްޖައްސާފައި އިނެވެ. އުދަގުލެއް ނެތި އަހަރެންނަށް ފާރިޝް ގޮވައިގެން އެތަނުން ނިކުމެވުނެވެ.

ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. އެތަނުން ނިކުތުމުން ނިކުމެވުނީ ގަސްތަކެއްގެ މެދަށެވެ. އެހެންކަމުން އަހަރުމެންނަށް މިތިބެވުނީ މާލޭގައި ނޫންކަން އެގުނެވެ. އެތަނުގައި އެއްވެސް އަލިކަމެއް ނެތެވެ. ރެއަކީ އަހަރެންގެ ނަސީބު ގަދަކަމުން ކަޅުފޮއި އަދިރި ރޭތަކުގެ ތެރެއިން އަދިރި ރެއެކެވެ. އެހެންކަމުން އެތަނުން އެއްވެސް އެއްޗެއް ހޯދުން ވީ އުދަގުލަކަށެވެ. އަނެއްކޮޅުން އަހަރެންގެ ބޮލަށް ވެފައިވާ ބަރުކަމުންނާއި ފާރިޝްގެ ހާލު ހުރިގޮތުން އަހަރެންނަށް ކުރިއަށް ދާކަށް ފަސޭހައެއް ނުވިއެވެ. އަދިރިކަމުން ދެލޯ ބޮޑަށް ހުޅުވައިގެން ކުރިއަށް ދުއްވައިގަތީމެވެ. ފާރިޝްވެސް ދަމާފައި ކަހަލަ ގޮތަކަށް ގެންދިޔައީމެވެ. ނަމަވެސް އެހާ އަދިރިވުމުގެ ސަބަބުން ލިބެމުން ދިޔަ އަނިޔާ ދިޔައީ އިތުރުވަމުންނެވެ. ގަސްގަހުގެ ގޮފިތަކުގައި އަޅައިގަންނަމުން ދިޔައެވެ. ފައިވާނަށް ނާރާ ހުރުމުގެ ސަބަބުން ފަޔަށްވެސް އެކިވަރުގެ އަނިޔާ ވަމުން ދިޔައެވެ. އެހެންކަމުން ވަކި ހިސާބަށް ގޮސްފައި އެތަނުގައި މަޑުކޮށްލީމެވެ. އަދި ގަސްބޮޑިއެއް ކަހަލަ ތަނަކަށް ވަނީމެވެ. ބޭނުންވީ ކުޑަވަގުތު ކޮޅަކަށް އަރާމް ކޮށްލާށެވެ. ނަމަވެސް އޭރު އެމީހުން ފަހަތުން އަންނާނެކަށް އަހަރެންނަށް އެނގެއެވެ. އެހެންކަމުން އެތަނުގައި މާގިނަ އިރު އިދެވޭކަށް ނެތެވެ. އަހަރެން ފާރިޝް އެތަނުގައި ބޭއްވީމެވެ. “އައި އޭމް ސޮރީ މޭން.. ޖަސްޓް.. އަހަރެން އަންނަންދެން ޕްލީޒް ޑޯންޓް ލީވް… ޕްލީޒް.. ” ފާރިޝްގެ އަތުގައި ހިފަހައްޓާލަމުން އަހަރެން އެހެން ބުނެލީމެވެ. އަދި އޭނަ އެތަނުގައި ބާއްވާފައި އަހަރެން އެތަނުން ނިކުމެ ގަސްތަށް ރީތިކޮށްލީ މީހަކު ބަލާލިޔަސް ފާރިޝް ނުފެންނާނެ ގޮތަށެވެ. އަދި އެހެން ދިމާލަށް ދުއްވައިގަތީމެވެ.

އަހަރެންނަށް މިއުޅެވެނީ ކޮންރަށެއްގައި ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ދުވަމުން ދެވުނީ ކޮންދިމާލަކަށް ކަމެއް ނޭނގެއެވެ. އެއަދިރި ތެރެއަށް ލޯ ހޭނެން ކުޑަ އިރުކޮޅެއް ނެގިޔަސް މިހާރު ކޮންމެވެސް ވަރަކަށް ތަންތަން ވަކިވާ ވަރުވެއެވެ. ވަކި ހިސާބަކަށް ދެވުމާއި އެކު ރާޅުގެ އަޑު އިވެން ފެށިއެވެ. އަދި މޫދުން އަރައިގެން އަންނަ ތާޒާ ވައި ގައިގައި ބީހެން ފެށިއެވެ. އެވަގުތު ހިތަށް ވެރިވީ ބުނަން ނޭނގޭ ކަހަލަ އުފަލެކެވެ. ގަސްތަސް ފޭކުރަމުން އަހަރެންނަށް ރާޅުޖަހާ ހިސާބަށް ނިކުމެވުނެވެ. އެއީ ބޮޑު ތުޑިއެކެވެ. “ކަލޭ ހީކުރީތަ އަހަރުމެންނަކަށް ނުފެންނާނެއޭ” އަހަރެން ސިހިގެން ދިޔައީ ފަހަތުން މީހަކު އެހެން ބުނިއަޑަށެވެ. އަހަރެން ފަހަތަށް އެބުރި ބަލާލީމެވެ. އެވަގުތުު ފަހަތުގައި ތިބި ދެމީހުން ކުރެ އެކަކު އަތުގައި އޮތް ޓޯޗަކުން އަހަރެންގެ މޫނަށް އަލިއަޅުވާލިއެވެ. އަހަރެންގެ ލޯކުރިމައްޗަށް އަތް ހުރަސްކޮށްލެވުނީ އެމީހުން ސީދާ ލޮލަށް އެއަލި އެޅުވީމައެވެ. އެވަގުތު އެތަނުން މީހަކު އަހަރެންގެ ބަނޑުގައި ފައިން ޖެހިއެވެ. އަހަރެން ވެއްޓުނީ އެވަރަށް ނުވިސްނާ ހުރުމުންނެވެ. ނަމަވެސް ވެއްޓުނު ގޮތަށް އަނެއްކާވެސް ތެދުވެއްޖައީމެވެ. ތެދުވީ ދެއަތް ފުރާ ވެލި ހިފައިގެންނެވެ. ތެދުވިގޮތަށް އެމީހުންގެ ލޮލަށް ވެލި ޖަހައިފީމެވެ. އަދި އެތަނުން މީހެއްގެ އަތުން ޓޯޗް އެމީހާގެ ބޮލުގައި ވަރުގަދަ އެތިފަހަރެއް އަޅައިފީމެވެ. އެމީހާގެ ގަދަ ހަޅޭކާއި އެކު އެތަނަށް ވެއްޓުނެވެ. ދެވަނަ މީހާ ހަމަލާދިނުމަށް ރެޑީވަނިކޮށް ފައިން އަޅުވާ އެމީހާ ވައްޓާލީމެވެ. އަދި ދެއަތް ފުރަގަހަށް ވާގޮތަށް އެމީހާ ބުރަކަށި މަތީގައި އިށީނީމެވެ. އަދި އަހަރެން ލައިގެން ހުރި ޓީޝާޓް ހަލާކޮށްލައި އެމީހާގެ އަތް އައްސާލެވޭ ވަރުގެ ފޮތިކޮޅެއް ނައްޓާލާ އެމީހާގެ އަތް ފުރަގަހަށް ވާގޮތަށް ވަރަށް ބާރަށް އައްސައިފީމެވެ. ދެން ތެދުވެ ބަލާލި އިރު ފުރަތަމަ މީހާ ވެއްޓުނު ގޮތަށް ބޮލުގައި ހިފަހައްޓާއިގެން އޮތެވެ. އަހަރެން ދެވަނަ މީހާ ލައިގެން ހުރި ގަމީސް ހަލާކުކޮށްލައި ފުރަތަމަ މީހާވެސް އެގޮތަށް އެއްސީމެވެ. އަދި ދެމީހުން ފައިވެސް އެއްސީމެވެ. ގުޑިވެސް ނުލެވޭވަރަށެވެ. ކިތައްމެ ވަރަކަށް އުޅުނަސް ނުމޮހެވޭނެހާ ބާރަށެވެ.

އަހަރެން ބޭނުންވީ ދެން އަޔާޒް ހޯދާށެވެ. އަހަރެންނަށް މިހާރު އެމީހުންނާއި ކުރިމަތި ލެވިދާނެއެވެ. ނަމަވެސް އޭގެ ކުރިން ފާރިޝްގެ ހާލެއް ބަލާލުމަށް އަހަރެން ބޭނުންވިއެވެ. އެހެންކަމުން އެދިމާލަށް އަހަރެން ދުއްވައިގަތީމެވެ. އަހަރެންނަށް ހުއްޓުން އެރީ ވަކި ހިސާބަކުން ޓޯޗުގެ އަލިކަން ފެނުމުންނެވެ. އޭރު ތިން މީހަކު ވެގެން ގަސްތަކެއް ބަލަނީއެވެ. އަހަރެން ހީކުރީ އެމީހުންނަށް ފާރިޝް ފެނުނީ ކަމަށެވެ. އެހެން ހިތަށް އެރުމާއި އެކު އަހަރެން އެމީހުންނާއި ދިމާލށް ފުއްމައިގަތީމެވެ. ނިހާދުގެ ފަހަތުން އެކަހަލަ އެޓޭކްއެއް އައުމުން އޭނަ ހަޅޭލަވައިގަތެވެ. އެވަގުތު އަޔާޒް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިން ހުރި އެމީހުންނާއި އެކުގައެވެ. “ކަލޭ މަރުވާނީ އަހަރުމެން އަތުން” އަޔާޒް އަހަރެންނާއި ކުރިމަތިލަމުން ބުނެލިއެވެ. އޭނަގެ ފުރަތަމަ ހަމަލާ އަހަރެންނަށް އެރިިއެވެ. ނިހާދުވެސް ބަލަން ނުހުރެ އަހަރެން ގައިގައި ތަޅައިގަތެވެ. އަހަރެން ވައްޓާލާ ފައިން ތަޅާން ފެށިއެވެ. އަހަރެންނަށް މާގިނަ ހަރަކާތެއް ނުކުރެވުނެވެ. އަހަރެން ދެއަތުން ބޮލުގައި އަތްއަޅާލީ ބޮލަށް ވަމުން ދިޔަ ތަދު ކުޑަވޭތޯއެވެ. އެވަގުތު އެމަންޒަރު ބަލަން ހުރި މާޒިން ކުއްލިއަކަށް ނިހާދު ދުރަށް ކޮއްޕާލިއެވެ.

ނިހާދުއަށްވެސް އަދި އަޔާޒްއަށްވެސް ލިބުނީ ހައިރާން ކަމެވެ. އަހަރެންވެސް ސިހިގެން ގޮސްފައި ބަލާލީމެވެ. އެކަމަކު އަހަރެންނަށް ދެތުވާކަށް ނުކެރުނެވެ. ހީވަނީ މުޅިގައިގައި ހުރި ހުރިހާ ކައްޓެއް މުގުރިފައި ހުރި ހެންނެވެ. ނިހާދު ކޮއްޕާލުމުން އެދެމީހުން މާޒިންއާއި ދިމަށް އިރުކޮޅެއް ވަންދެން ބަލަން ހުއްޓެވެ. ނަމަވެސް ދެމީހުން މާޒިންއާއި ދިމާލަށް ޖެހިގަތީ ބަނޑުހައިވެފައިވާ ދެ ސިންގާ ހެންނެވެ. މާޒިންއަށް އެކިވަރުގެ އަނިޔާ ކުރަމުން ދިޔައިރު އަހަރެންނަށް އޮވެވުނީއެވެ. ގުޑިލަންވެސް ނޭނގިފައެވެ. މުޅިގައިގައި ރިއްސަމުން ދިއުމުގެ ސަބަބުން ތެދުވާނެ ހިތްވަރެއް ނުލިބިފައެވެ. ނަމަވެސް އަހަރެން އެގޮތަށް އޮވެއްޖެނަމަ އެމީހުން މާޒިން މަރާލާފާނެ ކަމުގެ ބިރު ބޮޑުވަމުން ދިއުމުން ހިތްވަރު ކޮށްފައި ދެތުވީމެވެ.

އެވަގުތު އަހަރެންގެ ދެފައި ބިންގަނޑު ހިފެހެއްޓި ކަހަލައެވެ. ފެނުނު މަންޒަރުންނެވެ. މާޒިންގެ ކަރުން އާހެއްގެ އަޑު މުޅިތަނުގައި ގުގުމައިގެން ދިޔައެވެ. ނިހާދު އެއްފަރާތުން ވަޅި ހަރާލި އިރު އަޔާޒް އަނެއް ފަރާތުން ވަޅި އަރާލިއެވެ. އެއްފަހަރު ދެފަހަރަކު ނޫނެކެވެ. އަހަރެން ބަލަން ހުއްޓައި ތިންވަނަ ފަހަރަށް ވަޅި މާޒިންގެ ބަނޑަށާއި ބުރަކަށްޓަށް ޖެހިއެވެ. “ކަލޭގެ ނުބައިކަން..” ނިހާދު ބުނެލިއެވެ. އެވަގުތު ހުރިތަނަށް މާޒިން ވެއްޓުނީ ކަނޑާފައި ވައްޓާލި ރުކެއް ހެންނެވެ. އެއްވެސް ހަރަކާތެއް ނެތި ބިންމަތީގައި މާޒިންގެ ހަށިގަނޑު ޖެހުނު އިރު އަހަރެންނަށް ކަކޫމައްޗަށް ތިރިވެވުނެވެ. ދެލޮލުން ކަރުނަތަށް އޮހިގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ލޭ ކައްކުވާލިއެވެ. އެތަނުން އަތުގައި ޖެހުނު ގާބުރިއެއް އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ނިހާދުއަށް އަމާޒްކޮށް ހޫރާލީމެވެ. އެވަގުތު ނިހާދު ހަޅޭލަަވައިގަތެވެ. އަދި ބޮލުގައި އަތްއަޅައިގެން ގުދުވެލިއެވެ. އަހަރެން ބަލާކަށް ނުހުރެ ތެދުވެ އަޔާޒްގެ ބަނޑުގައި ޖެހުނުހާ ބާރެއް ލާފައި ފައިން ޖެހީމެވެ. އަދި އޭނަގެ އެންމެ މުހިއްމު ހިސާބުގައި ފައިން އެހާ ބާރަށް ޖެހީމެވެ. އެވަގުތު އަޔާޒް ދަށްބަނޑުގައި އަތްއަޅައިގެން އެތަނަށް ތިރިވިއެވެ. އެވަގުތު ގުދުވެގެން އޮތް ނިހާދުގެ ކަކުލުގައި ޖަހާ އެތަނަށް ތިރިކޮށްލީމެވެ. އަދި ކުރިންވެސް ކަންތައް ކުރި ގޮތަށް ޓީޝާޓުން ފޮތި ނައްޓައިގެން އެދެމީހުންގެ އަތާއި ފައި އެއްސީމެވެ. އަދި ދެމީހުން އަނގަމަތީގަވެސް ބޮޑު ފޮތިގަނޑެއް އެއްސީމެވެ. އަދި ދުވެފައި ގޮސް މާޒިން ކައިރީގައި އިށީނީމެވެ.

“މާޒިން… ހޭ ..” މާޒިންގެ ކޮނޑުގައި ހިފާލާ ތަޅުވާލަމުން އަހަރެން ގޮވާލީމެވެ. އޭރު މާޒިންގެ ހަށިގަނޑުގައި އެއްވެސް ހަރާކާތެއް ނެތެވެ. “އައި އޭމް ސޮރީ” އަހަރެންނަށް މާފަށް އެދެވުނެވެ. މާޒިން ދެލޯ ހުޅުވެފައި ވާއިރު މޫނުމަތިން ފެންނަމުން ދިޔައީ ފަޑުހިނިތުންވުކެވެ. އެދެލޯ އަމާޒްވެފއިވަނީ އަހަރެންނާއި ދިމާލަށެވެ. ދެއަތް ބަނޑުމަތީގައި އޮތް އިރު ވަޅިޖަހާފައިވާ ތިންތަނުންވެސް ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. އަހަރެން މަޑުމަޑުން މާޒިންގެ އަތުގައި ހިފަހައްޓާލީމެވެ. މާޒިން އެގޮތަށް އޮތް އިރު ކަނާއަތްވަނީ މުއްމެޅިފައެވެ. އަހަރެންނަށް ހިފަހައްޓާލެވުނީ އެއަތުގައެވެ. އަހަރެންނަށް ހިފަހައްޓާލެވުނު ގޮތުން އެއަތުގައި އެއްޗެއް އޮތްހެން އަހަރެންނަށް ހީވިއެވެ. އެހެންކަމުން އަތް ހޮޅުވާފައި ބަލާލީމެވެ. އެއީ ކުޑަ ކޮށެއްގެ ސިފައި އޮތް ވީޑީއޯ ކެމެރާއެކެވެ. އެއީ އަހަރެން ގެންގުޅޭ ކަހަލަ ކުޑަ ކެމެރާއެކެވެ. އެދުވަހު ޓޫލް ބޮކްސް ދެއްކި ގަޑީގައި މާޒިން އެތަނުން އެއްޗެއް ނެގީތާއެވެ. އަހަރެންނަށް މާޒިންގެ މޫނަށް ބަލާލެވުނެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އަހަރެން ކަލެއަށް އެހީ ވެދީފީމޭ ބުނާ ކަހަލައެވެ. “ތެންކްސް” އަހަރެން ބުނެލީމެވެ. އަދި މަޑުމަޑުން މާޒިންގެ ލޯ މަރާލަދިނީމެވެ. އަދި ދުރަށް ޖެހިލީމެވެ.

މާޒިންއާއި ދުރަށް ޖެހިލުމަށްފަހު އަހަރެން ބަލާލީ އެތަނުގައި ތިބި ނިހާދުއާއި އަޔާޒްއާއި ދިމާލަށެވެ. އޭރު އަހަރެންގެ ހިތުން އެމީހުންގެ ކިބައިން ބަދަލު ހިފުމަށް ގޮަވަމުން ދިޔައެވެ. ދެމީހުން ގެންގުޅުނު ވަޅިން މާޒިން މަރާލިގޮތަށް މަރާލުމަށް ގޮވަމުން ދިޔައެވެ. އެމީހުންގެ ހަށިގަނޑަށް ވަޅީގެ ތޫނުކަށް އިހްސާސްވުމުން އެމީހުންނަށް ވަނީ ކިހިނެއްތޯ ބެލުމަށް ގޮވަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެވަގުތު އަހަރެންގެ ސިކުނޑީގެ ބާރު މާގަދައެވެ. އަހަރެން ބަލާލި އިރު އަޔާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އަހަރެންގެ ރުޅި މޫނު ފެނުމާއި އެކު ކަމެއް ކޮށްފާނެކަމަށް އޭނައަށް ހީވީކަންނޭނގެއެވެ. ނިހާދުގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނެވެ. މޫނުމަތީގައި ގާގަނޑުން ޖެހުނު ހިސާބު ފަޅާއިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. އަހަރެންގެ ޓީޝާޓްއިން ފޮތިގަނޑެއް ނައްޓާލާ ނިހާދުއާއި ކައިރިވެލި ވަގުތު އޭނަ ތެޅިގަތެވެ.

“ޑޯންޓް ވޮރީ.. އަހަރެން މިއުޅެނީ މި ފޮތިގަނޑު ކަލޭގެ ކަރުގައި އައްސާކަށް ނޫން… ބޮލުން ލޭ އަންނާތީ.. އެތަނުގައި އައްސަން..” އަހަރެން ކިތައްމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް އަހަރެން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން އެއްވެސް މީހަކަށް އަނިޔާއެއް ވާކަށް ބޭނުމެއް ނޫނެކެވެ. އަހަރެން އެގޮތަށް ގާގަނޑުން އޭނަގެ ބޮލުގައި ޖެހީ އިތުރު ގޮތެއް ނެތީގެންނެވެ. އަހަރެން އޭނަގެ ބޮލުގައި ފޮތިގަނޑު އައްސައިދިނީމެވެ. އަހަރެން އެމީހުން ދެކެ ކިތައްމެ ރުޅިއަޔަސް އަހަރެންނަކީ އިންސާނެއްކަން އަބަދުވެސް އަހަރެން ހަނދާން ބަހައްޓަމެވެ. ނިހާދުމެން ކަހަލަ ޖަނަވާރެއް ނޫނެކެވެ. ނިހާދުގެ ބޮލުގައި ފޮތިގަނޑު އައްސަނިކޮށް މާޒިންގެ ފޯނު އެތަނަށް ވެއްޓިފައި އޮތްވައި އަހަރެންނަށް ފެނުނެވެ. އަވަހަށް ފޯނާއި ދިމާލަށް ޖެހިގަތީ އެހީއެއް ހޯދުމަށް ގުޅުމަށެވެ. ފޯނު ނެގިގޮަތަށް ނަގާ އާދިލްސަރގެ ނަމްބަރއަށް ޑައިލް ކޮށްލީމެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން މިމަސައްކަތަށް ނިކުތުމުގެ ކުރިން އެމީހުންވަނީ އަހަރެން ލައްވާ ދެތިން ނަމްބަރެއް ހިތުން ދަސްކުރުވާފައެވެ. މިކަހަލަ ދަޑިވަޅެއް ދިމާވެއްޖެނަމަ ގުޅޭނެ އެންމެ ފަސޭހަ ނަމްބަރުތަކެވެ. ދެފަހަރަކަށް ރިންގު ވުމަށްފަހު އާދިލްސަރ ފޯނު ނެގިއެވެ. “އާދިލް.. ސަރ.. އިޓް މީ.. ޝާމް… އައި ނީޑް ޔުއަރ ހެލްޕް” އާދިލްސަރ ހަލޯއޭ ބުނުމާއި އެކު އަހަރެން ބުނީމެވެ. “ޝާމް.. ކޮންތާކު ތިއުޅެނީ..” އާދިލްސަރ ވާހަކަ ދެއްކިއެވެ. “އައި ޑޯންޓް ހޭވް ޓައިމް ޓު އެކްސްޕްލެއިން.. ޕްލީޒް.. ފާރިޝް ވަރަށް ބޮޑަށް އިންޖާޑް ވެފައި.. ޔޫ ނީޑް ކަމް ހިޔަރ” އަހަރެން އަވަސްކަމާއި އެކު ބުނީމެވެ. “ފާރިޝް… ކިހިނެއްވީތަ.. ކޮންތާކުތަ..” “ހުރިހާ ވާހަކައެއް ފަހުން ކިޔައިދޭނަން.. އަހަރުމެން މިތިބީ ކޮންވެސް ރަށެއްގައ.. އައި ޑޯންޓް ނޯ ވިޗް ވަން.. ޔޫ ނީޑް ޓު ޓްރޭސް ދިސް ނަމްބަރ.. ޖަސްޓް ފައިންޑް އަސް… ޕްލީޒް ހަރީ” އަހަރެން އާދިލްސަރގެ ޖުމްލަ މެދު ކަނޑާލަމުން ބުނެލީމެވެ. އޯކޭ އޭ ބުނުމަށްފަހު އާދިލްސަރ ފޯނާއި ދުރަށް ޖެހިލިއެވެ.

އާދިލްސަރ ކައިރީގައި އަހަރުމެން ހޯދުމަށް ބުންޏަސް އެއީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫންކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ނަސީބު ދެރަކަމުން ސްކޫލުގައި ދިވެހި ގަޑީގައި ފަރުވާތެރިކަމާއި އެކު ފިލާވަޅު އަޑު އެހިފައެއް ނެތެވެ. ސޯޝަލް ގަޑީގައި އަހަރެންނަށް އުޅެވުނީ ކުޅޭށެވެ. އެހެންނޫންނަމަ ރާއްޖޭގެ ރަށްރަށަށް ކިޔާ ނަންނަން އެގުނީމެވެ. މީހަކަށް ބުނެދޭން ފަސޭހަވީހެވެ. އެކަމަކު… “ޝާމް.. އެގިއްޖެ.. މިހާރު މިދަނީ.. ޖަސްޓް ހޯލްޑް އޯން އޯކޭ..” އާދިލްސަރގެ އަޑު އިވުނެވެ. އަހަރެންނަށް ހެވުނެވެ. އުޑަށް ބަލާލެވުނީ ހަމްދު ކުރުމުގެ ނިޔަތުގައެވެ. އާދިލްސަރ މިދަނީއޭ ބުންޏަސް މިތަނަށް އަންނަން އަދި ކިހާއިރެއް ނަގާނެ ހެއްޔެވެ. އެހުރިހާ އިރެއް ވަންދެން ފާރިޝްއަށް އޮވެވޭނެ ހެއްޔެވެ. އަހަރެންނަށް ފާރިޝްއާއި ދިމާލަށް ބަލާލެވުނެވެ. އަދި ފާރިޝްއާއި މަޑުމަޑުން ކައިރިވެލީމެވެ. ކަރުގައި އަތް ޖައްސާ ވިންދު ހުރިތޯ ބަލާލީމެވެ. ވިންދު އެބަހުއްޓެވެ. ނަމަވެސް ދަނީ ދަށަށްކަން އަހަރެންނަށް އެގުނެވެ. “ޕްލީޒް.. ފާރިޝް ޖަސްޓް ސްޓޭ ވިތް މީ” ފާރިޝްގެ އަތުގައި އަހަރެން މަޑުމަޑުން ހިފަހައްޓާލީމެވެ. އެމީހުން ފާރިޝްއަށް ކުރީ ކޮންކަހަލަ އަނިޔާއެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެމީހުން ކުރި އަނިޔާގެ ސަބަބުން ގެއްލުން ލިބިފައިވަނީ ކޮންތަނަކަށް ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެހެންކަމުން އަހަރެންނަކަށް ފާރިޝްއަށް އެހީވުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށްދެވުނެވެ. އޭނަގެ ވިންދު ދަށަށް ދާތަން ބަލަން އިނުން ނޫން ގޮތެއް ނެތެވެ. “ހަމަ ތެދެ މިބުނަނީ.. ފާރިޝްއަށް ކަމެއް ވެއްޖެނަމަ.. ކަލޭމެން ޖަލުގެ ތޭރި ތެރޭގައި ތިބިކަމުގައި ވިޔަސް ކަލޭމެން ދުލެއް ނުކުރާނަން… އެކަން ހަނދާން ކުރާތި” އެތަނުގައި އައްސާފައި ތިބި ދެމީހުންގެ މޫނަށް ބަލާލަމުން އަހަރެން ބުނީމެވެ.

ކިތައްމެ ހިތްވަރުކުރިޔަސް އެދެމީހުންގެ މޫނު ފެނުމުން އަހަރެން ހިންދައިގެން ހުރި ރުޅިގަނޑު ގަދަވަމުން ދިޔައެވެ. އަހަރެން މަޑުމަޑުން އެތަނުން ދެތުވެ ހިގައިގަތީ ތުޑީގައި ބަދެފައި ތިބި ދެމީހުންގެ ހާލު ބަލާލުމަށެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް އަޔާޒްއާއި ނިހާދުއާއި ދެމީހުންނާއި ދުރަށް ޖެހިލުމަށެވެ. އޭރު ފަަތިހުގެ އަލިކަން ދުނިޔެމައްޗަށް ފާޅުވުމުގެ ނިޝާންތަށް ދައްކަން ފަށައިފިއެވެ. އަހަރެން އެތަނަށް ގޮސްފައި ބަލާލިއިރު ދެމީހުން އެތަނުގައި ތިއްބެވެ. “ހައު ޔޫ ގައިސް” ދެމީހުން ކުރިމައްޗަށް އަރަމުން އަހަރެން އަހާލީމެވެ. ދެމީހުން އެމީހުންނަށް އައސާފައިވާ އެއްޗެހި ނެއްޓުމަށް އެތަށް މަސައްކަތެއް ކޮށްފައި ހުރިކަން އެވެލިގަނޑު ބަލާލުމުންވެސް އެގިގެން ދިޔައެވެ. “ހީކުރީތަ ތިއެއްޗެހި ނައްޓަން ފަސޭހަވާނެއޭ… ނޯވޭ.. މި ހުރިހާ އިރުގައި ތިކުރެވުނީ ބޭކާރު ކަމެއް” އެމީހުންގެ އަތުގައި އައްސާފައިވާ ހުރިހާ ފޮތިގަނޑުތަކެއް ބާރުކޮށްލަމުން އަހަރެން ބުނެލީމެވެ. އެދެމީހުން އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ތިއްބެވެ. އެދެމީހުން އެތަނުގައި އެގޮތަށް ބައިތިއްބާފައި އަހަރެން ހިގައިގަތީ ފާރިޝް ކައިރިއަށް ދިއުމަށެވެ. އަޔާޒްއާއި ނިހާދުގެ އަތާއި ފައި އައްސާފައި ވީނަމަވެސް އެދެމީހުންނަކީ ދުނިޔޭގައި ލެއްވި އެންމެ ނުބައި މީހުންގެ ތެރެއިން ބައެކެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

އާދިލްސަރއަށް އަހަރެން ގުޅިތާ ގައިގަނޑަކަށް ސާޅީސް ފަސްމިނެޓް ފަހުން ލޯންޗެއްގެ އަޑު އިވެން ފެށިއެވެ. އެވަގުތު އުފަލުން އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ފާރިޝް އަތުގައި ހިފަހައްޓާލަމުން އެހީ އަތުވެއްޖެ ކަމަށް ބުނީމެވެ. އަދި އަޑު އަންނަ ދިމާލަށް އަވަހަށް ނިކުތީމެވެ. އޭރު ދެލޯންޗް ބާރު ސްޕީޑްގައި އައިސް ފަޅުތެރެއަށް މަޑުކޮށްލަނީއެވެ. ދެލޯންޗް މަޑުކޮށްލުމާއި އެކު ޑިންގީގެ އެހީގައި މީހުން ފައިބައިފިއެވެ. އަހަރެންނަށް އާދިލްސަރ ފެނުމާއި އެކު އަތް ހިއްލާލީމެވެ. ޑިންގިން ފުއްމާލި ގޮތަށް ދުވެފައި އައިސް އާދިލްސަރ އަހަރެންގެ ގައިގައި ހިފެހެއްޓިއެވެ. “އޯހް މައި ގޯޑް… ވަޑް ހޭވް ދޭ ޑަން ޓު ޔޫ” އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން އެހެން ބުނެލިއެވެ. އެވަގުތު އަހަރެންނަށް އަސްލު އަހަރެންގެ އަމިއްލަ ނަފްސާއި ދޭތެރޭގައި ވިސްނާލެވުނެވެ. އަނގަމަތި ފަޅައިގެން ދިޔަތަނުން އޮހޮރުނު ލެއިން އަހަރެން ލައިގެން ހުރި ޓީޝާޓްގެ ކަރުން ފެށިގެން ބޮޑުބައެއް ވަނީ ރަތްވެފައެވެ. ދެއަތުގަޔާއި ޓީޝާޓްގައި އޮތީ ހުސްލެއެވެ. އާދިލްސަރ އަހަރެންގެ ބޮލުގައި އަތްޖައްސާލިއެވެ. އެވަގުތު ސިހިފައި އަހަރެންނަށް ދުރަށް ޖެހިލެވުނެވެ. އަދި އަހަރެންގެ އަތުން އެތަނުގައި އަތްޖައްސާލީމެވެ. ބޮލުގެ ފަހަތުން ބޮޑުތަނެއް ވަނީ ފަޅައިގެން ގޮސްފައެވެ. އެއީ އެންމެ ފުރަތަމަ ކޮޓަރިން އަހަރެންގެ ބޮލުގައި އެއްޗަކުން ޖެހިގަޑީ ފަޅައިގެން ދިޔަ ތަންކަމަށް އަހަރެން ނިންމީމެވެ. މިހުރިހާ ވަގުތު ބޮލަށް ބަރުވެފައި އެހުރީ އެކަމުގެ ސަބަބުންތާއެވެ.

ލޯންޗުން އައި ޑޮކްޓަރުންގެ ޓީމަކާއި ސްޕެޝަން ފޯސްގެ ޓީމެކެވެ. ލާންޗް މަޑުކޮށްލުމާއި އެކު ސްޕެޝަލް ފޯސްގެ މީހުން އެކިދިމަދިމާލަށް ބެހިލިއެވެ. ޑޮކް ކަމާލް އައިސް އަހަރެންގެ ކައިރިއަށް މަޑުކޮށްލިއެވެ. “އާ ޔޫ އޯކޭ” އަހަރެންނަށް ވެފައިވާ ވަރު ފެނުމާއި އެކު ޑޮކް އަހާލިއެވެ. “ޔާ އައި އޭމް ފައިން.. ބަޓް ނޮޓް ފާރިޝް” ފާރިޝް މަތިން ހަނދާންވުމާއި އެކު އަވަހަށް އެދިމާލަށް ދުއްވައިގަތީމެވެ. އާދިލްސަރ އަދި ޑޮކްވެސް އަހަރެންގެ ފަހަތުން ދިޔައެވެ. ޑޮކްޓަރުންގެ ޓީމާއި އަދި ސްޕެޝަލް ފޯސްގެ ދެތިންމީހުންވެސް މެއެވެ. ފާރިޝް ފެނުމާއި އެކު ޑޮކް ކަމާލް ފާރިޝް ކައިރިއަށް ޖެހިލިއެވެ. މާޒިން ކައިރިއަށް އެހެން ޑޮކްޓަރެއް ޖެހިލިއެވެ. އަދި ސްޕެޝަލް ފޯސްގެ މީހުން އައިސް އަޔާޒްއާއި ނިހާދު ނަގައިގެން އަތުގައި ބިޑިއަޅުވާ އަނގައިގައި އައްސާފައިވާ ފޮތިގަނޑު ނައްޓާލިއެވެ. “ބަލާބަލަ.. މިހުރި ނުލަފާ މީހާ އަހަރުމެންނަށް ކޮށްފައި ހުރި ވަރު.. އޭނަ އަހަރުމެންގެ ގައިގައި ތެޅީ އަނިޔާ ކުރީ.. އޭނަ އަހަރެންގެ އަތުގައި ޖެހިއްޖެނަމަ ހޭ އަރުވާލާނަން” ދެމީހުންގެ އަނގައިގައި އޮތް ފޮތިގަނޑު ނެގުމާއި އެކު އަހަރެންނާއި ދިމާލަށް ޖެހިގަންނަމުން ދެމިހުންވެސް ހަޅޭފަޅޭ ލަވައިގަތެވެ. ނަމަވެސް އެދެމީހުންގެ ގައިގައި ޕޮލިހުންގެ ދެމީހުން ހިފަހައްޓައިގެން ހުރުމުން އެންމެ ފިޔަވަޅެއްވެސް އެމީހުންނަކަށް އަހަރެންގެ ކައިރިއަކަށް ނޭޅުނެވެ. ދަމާފައި ކަހަލަ ގޮތަކަށް އެމީހުން އެތަނުން ގެންދިޔައެވެ.

“އައި އޭމް ސޮރީ” މާޒިން ކައިރީގައި ތިބި ދެޑޮކްޓަރުންގެ ދެމީހުންގެ ތެރެއިން އެކަކު ބުނެލި އަޑަށް އަހަރެން ބަލާލީމެވެ. “ހީ އިޒް ޑެޑް” އަހަރެންގެ މޫނަށް ބަލާލަމުން އެމީހުން ބުނެލިއެވެ. އޭރު ޑޮކް ކަމާލް ފާރިޝް ކައިރީގައި އިށީދެލައިގެން ފަރުވާތެރިކަމާއި އެކު އޭނަ ބަލަމުން ދިޔައެވެ. “ވަރަށް އަވަހަށް ހޮސްޕިޓަލްއަށް ގެންދަން ވީ… އެހެންނޫނީ ..” އެހާ ހިސާބަށް ބުނެފައި ކަމާލް ހުއްޓާލިއެވެ. އެވަގުތު އެތަނުގައި ތިބި ދެޑޮކް ކަމާލްއަށް އެހީވުމަށް ކައިރިވެލިއެވެ. އަދި ފާރިޝް ނަގައިގަނެގެން ގެންގޮސް ލޯންޗަށް ލިޔެވެ. އަދި މާޒިންގެ ހަށިގަނޑުވެސް އެމީހުން ގެންދިޔައެވެ.

އަހަރެން ބޭނުންވީ އެތަނުގައި މަޑުކުރާށެވެ. ސްޕެޝަލް ފޯސްއަށް އެތަނުން ފެންނަ އެއްޗެއް ބެލުމަށެވެ. ނަމަވެސް އާދިލްސަރ އެގޮތަކަށް އެއްބަހެއް ނުވިއެވެ. އަހަރެންނަށް ވެފައި ހުރިވަރު ފެނުމުން އެދުނީ ހޮސްޕިޓަލްއަށް އަހަރެންވެސް ގޮސް ޗެކްއަޕެއް ހެދުމަށެވެ. ނަމަވެސް އަހަރެން އޭނަ ބުނެގެން އެކަމެއް ކުރާނެ ހެއްޔެވެ. އަހަރެން މަޑުކުރީއެވެ. އެހެންކަމުން އާދިލްސަަރވެސް މަޑުކުރަން ނިންމިއެވެ. އަހަރެން މަޑުކުރަން ނިންމުމުން ޑޮކްޓަރުންގެ ޓީމުން މީހަކު އަހަރެންނަށް ލިބިފައިވާ ޒަހަމްތަކުގައި ބޭސް އަޅައިދިނެވެ. ބޮލުގައި ބެންޑޭޖް ގަޑެއް އޮޅިއެވެ. އަދި އަތުގަޔާއި މޫނު މަތީގެ ދެތިން ތަނެއްގައި މަލަން އެޅިއެވެ. އެވަރުން އަހަރެން ހިތްފުރުނެވެ. އެހެންކަމުން އެމީހާވެސް ލޯންޗްގައި ފޮނުވާލީމެވެ. “ސޯ… ވުޑް ޔޫ ޓެލް މީ ވަޓް ހެޕެން” އާދިލްސަރ އަހަރެންނާއި އެކު ރަށުތެރެއަށް ހިގައިގަންމުން އަހާލިއެވެ. “ލޯންގް ސްޓޯރީ” އަހަރެން ކޮންމެހެން އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެވަގުތު އާދިލްސަރ ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ދޭ ޓޯޗާޑް މީ.. ކިޑްނެޕް ފާރިޝް…އެންޑް ކިލް މާޒިން” އަހަރެން ވަރަށް ކުރުކޮަށް އާދިލްސަރއަށް ކިޔައިދިނީމެވެ. “އައި އޭމް ސޮރީ އެބައުޓް ހިމް” އާދިލްސަރ ބުނެލިއެވެ.

އަހަރުމެން ހިގާފައި އައިސް މަޑުކޮށްލީ ޓިނުން ހަދާފައިވާ ތަނެއް ކައިރިއަށެވެ. އޭރު އެތަނުގަައި ސްޕެޝަލް ފޯސްގެ މީހުން ހަރަތާތް ތެރިވަމުން ދިޔައެވެ. “މިއީ އަހަރެން ބަހައްޓާފައި ހުރި ތަނަކީ” އަހަރެން އެތަނަށް ހުއްޓެލަމުން ބުނެލީމެވެ. “ސަރ” އެވަގުތު ތަންކޮޅެއް ދުރުން ޕޮލިހެއް ގޮވާލިއެވެ. އަހަރެންނާއި އާދިލްސަރ އެދިމާލަށް ދިޔައީމެވެ. އެވަގުތު އެމީހާ ދައްކާލީ ކުޑަ ކެމެރާއެކެވެ. އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެއީ އަހަރެން ގެންގުޅޭ ވައްތަރުގެ ކެމެރާއެކެވެ. “ތިއީ މާޒިންގެ ކަމެއް…” އަހަރެންނަސް ވަގުތުން އެކަން އެގުނެވެ. އެވަގތު އާދިލްސަރ ސުވާލުން ފުރިފައިވާ ނަޒަރަކުން ބަލާލިއެވެ. “އަހަރެން މީގެ އެއްދުވަސް ކުރިން އޭނައަށް ޓޫލްބޮކްސް ދެއްކީ.. ތިއީ އޭގެން އެއްޗެއް.. އޭނަ އަހަރެންނަށް އެހީވުމުގެ ގޮތުން މިތަނުގައި..” “އޭނައަށް ޝާމް މި އެއްޗެހިތަށް ދިނީތަ” އާދިލްސަރ އަހަރެންގެ ޖުމްލަ މެދު ކަނޑާލަމުން އަހާލިއެވެ. “ނޫން… އަހަރެންނަށް ހީވަނީ އޭނަ އަހަރެންނަށް ނޭނގޭ ގޮތަށް ނެގީހެން..” ނޭނގޭ ގޮތަށް” ރުޅިވެރިކަމާއި ހައިރާން ކަމާއި އެކު އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޔާ.. ބަޓް ދެޓްސް ނޮޓް ވަޓް އިމްޕޯޓެންޓް.. މީތި މިތަނުގައި މާޒިން ހަރު ކުރާނީ ކޮންމެވެސް ކަހަލަ އެއްޗެއް އަހަރެންނަށް ދައްކަން ވެގެން” އަހަރެން ބުނެލީމެވެ. އަދި އެގޮތަށް ފެންނަ ހުރިހާ ކެމެރާއެއް އަހަރެންނާއި ހަވާލު ކުރުމަށް އެތަނުގައި ތިބި މީހުން ކައިރީގައި އަހަރެން ބުނީމެވެ.

ޕޮލިހުންގެ ސްޕެޝަލް ފޯސް އެރަށް އެފުށުން އަނެއް ފުށަށް ޖެހިއެވެ. އޭގެ ނަތީޖާއަކަށްވީ އެތަނުން ބައިވަރު ރާފުޅިތަކެއް ފެނުމެވެ. އަދި ޑްރަގްގެ އއެތަށް ބައިވަރު ވައްތަރެއް އެތަނުން ފެނުމެވެ.އަދި ބޮޑު ދަބަހެއް ފުރާ ހުރި ލާރިތަކެއްވެސް ފެނުނެވެ. އޭގެ އިތުރަށް މާޒިން އެތަނުގައި 4 ކެމެރާއެއް ހަރުކޮށްފައި ހުއްޓެވެ. އަހަރެން އާދިލްސަރ އާއި އެކު އެރަށުން ނައްޓާލީ މެންދުރު ވާން ކައިރިވެފައި ހުއްޓައެވެ. “ކިހިނެއްވެފަ” އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިނުމުން އާދިލްސަރ އަހާލިއެވެ. އަހަރެން ފުންނޭވާއެއް ބޭރުކޮށްލީމެވެ. “އަހަރެންނާއި ހެދި މާޒިން މަަރުވީ… އޭނަ އަހަރެން ސަލާމަތް ކުރަން ވެގެން… ފާރިޝްއަށް އަނިޔާ ލިބުނީވެސް އަހަރެންގެ ސަބަބުން.. ހުޝާމްވެސް” އަހަރެން ހުއްޓާލީމެވެ. އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެހެންކަމުން ދެއަތުން ދެލޯ ވަރަށް ބާރަށް ފުހެލީމެވެ. “އެހާ އަވަހަށް ދަށްކޮށްނުލާ… މިއަދު ފާރިޝް މަރުނުވެ ސަލާމަތް ވީ މަިތނުގައި ޝާމް ހުރުމުން… އަޔާޒްމެން ކަހަލަ މީހުން މިއަދު އަތުލެވުނީ ޝާމްގެ ސަބަބުން” އާދިލްސަރ އަހަރެންގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ. “އަހަރެން ހީކުރީ އަހަރެންނަށް ހުރިހާ އެންމެން ހޯދޭނެކަމަށް.. އެންމެން.. އެއީ ދޯ އަހަރުމެންގެ މިޝަން އަކީވެސް… މިކަމުގައި އުޅޭ އެންމެން ހޯދުން.. އެކަމަކު..” “އެކަމަކު.. ޝާމް.. އޭރުވެސް އަހަރުމެންނަށް އެނގޭ މިކަމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން… އެހެންނޫނަސް.. ކޮބާ މައްސަލައަކީ.. މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ކުރިއެރުންތަކެއް ޝާމް މިކަމަށް ނިކުންފަހުން ލިބިއްޖެ… ދެން… އަނެއްކާ އެންމެން ނަކީ ދުވަހަކުވެސް އަހަރުމެންނަށް ހޯދޭނެ ބައެއްނޫން.. މިއަދު އަޔާޒް އާއި ނިހާދު މިކަމުގައި އުޅޭކަމަށް ވަންޏާމު މާދން އުޅޭނީ ކޮންމެވެސް އެހެން ބައެއް… އަހަރުމެން ގޮތަށް އެމީހުންވެސް ދުވަހެއް ދުވަހަކަށް ބޮޑުވަމުން..” އާދިލްސަރ ބުނެލިއެވެ.

“އެކަމަކު މިކަމުގައި އެންމެ އަޑީގައި އުޅޭ މީހެއްވެސް” “އެމީހަކާ ދޭތެރޭ ދެން ނުވިސްނާ.. އަހަރެން ޝާމް ކައިރީގައި ވާހަކައެއް ބުނަން ވެފަ އެބަ އޮތް..ކުރިން ދުވަހު އަސްލު އުޅުނީ ބުނަން… އެކަމަކު އެދުވަހު މީހާ ހުރީ ރުޅި އައިސްގެން އެވަރު ވެފަވިއްޔާ.. އަހަރެން މިޝަންގެ ވާހަކަ ނާއިލްސަރ އަށް ކިޔައިދީފިން” އާދިލްސަރ ބުނެލިއެވެ. އަހަރެން ހައިރާންކަމާއި އެކު އާދިލްސަރ އާއި ދިމާލަށް ބަލާލީމެވެ. “ޝާމް ކޮންމެ ފަހަރަކު ހައްޔަރު ކުރާއިރަށް ޝާމް ސަލާމަތް ކުރުމަށް އަހަރެން މަސައްކަތް ކުރާތީ އަހަރެންނާއި އޭނަ ސުވާލު ކުރީ.. އެހެންކަމުން އަހަރެންނަށް ކިޔައިދެން ޖެހުނީ” އާދިލްސަރ ބުނެލިއެވެ. “ނާއިލްސަރ ވަރަށް ރަނގަޅު.. މިކަންތައް ނިންމާފަ އަހަރުމެން އޭނައާއި ބައްދަލު ކުރަން ދާންވެސް ޖެހޭނެ.. އަސްލު ނާއިލްސަރ އެހާ އަވަހަށް މިކަމާއި ނޫޅުނުނަމަ އަދި އަހަރުމެންނަށް ޝާމްއާއި ހަމައަށް ނާދެވޭނެ” އާދިލްސަރ ވާހަކަދެއްކިއެވެ. “އޯކޭ އޯކޭ… އަހަރެންނަށް އެނގޭ ސަރ ކުރާ ކޮންމެ ކަމެއް ކުރާނީ ވިސްނާފަކަން” އަހަރެން އެހެން ބުނުމާއި އެކު އާދިލްސަރ ފާޑަކަށް ބަލާލިއެވެ. “ކިހިނެއްވީ” އަހަރެން އަހާލީމެވެ. “ޝާމްގެ އަނގައިން ވަރަށް ދުވަސްފަހުން ތި ބަސް ތިބުނީ.. ‘ސަރ’ ހިތަށް ހަމަޖެހުމެއް ލިބިއްޖެ” ހިތުގައި އަތްޖައްސާލަމުން މަޖާރާގަކަށް އާދިލްސަރ ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ.

އަހަރުމެން ތިބި ލޯންޗް މާލެއާއި ކައިރިކުރުމާއި އެކު އަހަރެން މިސްރާބު ޖެހީ އައި.ޖީ.އެމް.އެޗް އާއި ދިމާލަށެވެ. ފާރިޝްގެ ހާލެއް ބަލާލުމުގެ ބޭނުމުގައެވެ. އަހަރެން އެތަނަށް ދިއުމުގެ ކުރިން ޑޮކް ކަމާލްއަށް ގުޅީމެވެ. އަހަރެން ދިޔައިރު ޑޮކް ކަމާލް ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. “ކިހިނެއްވަނީ” ހާސްކަމާއި އެކު އަހަރެން އަހާލީމެވެ. “ނޮޓް ގުޑް… ހީ އިޒް އިން އައި.ސީ.ޔޫ… ލޮސްޓް ސޯ މެނީ ބްލަޑް… އެންޑް ޑޯންޓް ކޯ ހައު މަޗް ޑެމޭޖް ކޯސް އިންސައިޑް” ކަމާލް އެތެރެއަށް ހިގައިގަންނަމުން ވާހަކަ ދެއްކިއެވެ. އައ.ސީ.ޔޫ އާއި ހިސާބަށް ދެވުނު ތަނާއި އެތަނުގަައި މަޑުކޮށްލައިގެން ތިބި ކޮއްކޮއާއި މަންމަ ފެނުނެވެ. އަދި ފާރިޝްގެ އާއިލާގެ މީހުންވެސް އެތަނުގައި ތިއްބެވެ. އެގެ އިތުރަށް އެތަނުގައި އިން މަލިކާވެސް  އަހަރެންގެ ލޮލުގަައި އަޅައިގަތެވެ. އަހަރެން ފެނުމާއި އެކު ކޮއްކޮ ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. މަންމަވެސް އަހަރެންނާއި ދިމާލަށް އައެވެ. އަހަރެން މަޑުމަޑުން ކޮއްކޮގެ ބުރަކަށީގައި ފިރުމާލީމެވެ. އޭރު ކޮއްކޮގެ ގިސްލުމުގެ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. “އައި އޭމް ސޯ ސޮރީ… މިއީ ދޮންބެގެ ފުށުން ވީ ކަމެއް” ކޮއްކޮ ދުރުކޮށްލަމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލައިދެމުން އަހަރެން ބުނީމެވެ. މަންމަ އައިސް ހުއްޓުމާއި އެކު އަހަރެން މަންމަގެ ގައިގައި ބައްދާލީމެވެ. “ދެން އިތުރަށް ތި މަސައްކަތް ކުރަން ދަރިފުޅު ގޮސްގެން ނުވާނެ” މަންމަ ބުނެލިއެވެ. އަހަރެން މަންމައަށް ހިނިތުންވުމެއް ރައްދު ކޮށްލީމެވެ. އަދި ފާރިޝްގެ އާއިލާ މީހުން ކައިރިއަށް ގޮސް އެމީހުންނާއި ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ހުރީމެވެ.

ހޮސްޕިޓަލްއިން ނިކުންގޮތަށް އަހަރެން މިސްރާބު ޖެހީ އާދިލްސަރގެ އެދުމުގެ މަތިން ފޮލިސް ސްޓޭޝަންއަށެވެ. އެހެން ގޮތަކަށް ބުނާނަމަ އަހަރެންގެ އޮފީހަށެވެ. އޮފީހަށް ވަދެގެން ދިޔައިރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންނާއި ދިމާލަށެވެ، ދެފަހަރަކު ދެމީހުން އަހަރެން ހުއްޓުވަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އައީ އާދިލްސަރއާއި ބައްދަލު ކުރަންކަން އެގުމުން އެމީހުން އަހަރެން ދޫކޮއްލީއެވެ. އަހަރެން އާދިލްސަރގެ ކެބިންއަށް ވަތް އިރު އެތަނުގައި ނާއިލްސަރވެސް އިނެވެ. އަހަރެން ފެނުމާއި އެކު ނާއިލްސަރ ތެދުވެ އަހަރެންނާއި ސަލާމް ކޮށްލިއެވެ. “ޔޫ ލުކް ލައިކް ހެލް ޝާމް” ހިނިތުންވުމަކާއި އެކު ނާއިލްސަރ ބުނެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. “ޝާމް ތިކުރީ ވަރަށް ހިތްވަރު ގަދަ މަސައްކަތެއް..އަހަރުމެން އަތަށް ދުވަހެއް ވަންދެން ހޯދަން އުޅުނު ބައެއް ތި އަަތުލައިގަތީ… އަޔާޒް އާއި ނިހާދު އަކީ އެމީހުންނާއި ދެކޮޅަށް އަހަރުމެންނަށް ހެކި ހޯދިފައިވާ ބައެއްނޫން… އެމީހުން ކިތައްމެ ބޮޑު ކަމެއް ކުރިޔަސް އބަދުވެސް ސަލާމަތްވަނީ” ނާއިލްސަރ ބުނެލިއެވެ. “މިފަހަރަކު ނުވެވޭނެ.. އަހަރެން އެމީހުންނާއި ދެކޮޅަށް ހެކިބަސް ދޭނަން.. ފާރިޝް ރަނގަޅު ވުމުން އޭނަވެސް ދޭނެ.. އަނެއްކާ މިހުރިހާ އެއްޗެއް ހުއްޓާ އެމީހުންނަށް ސަލާމަތެއް ނުވެވޭނެ” އަހަރެންގެ ޖީބުން މާޒިންގެ ކެމެރާތަށް ނަގައި ދައްކާލަމުން ބުނެލީމެވެ. “ތިއީ” ނާއިލްސަރ ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ވާނީވެސް އެހެންތާއެވެ. އޭގެން އެއްކެމެރާ އޮތީ ލެއިން ތަތްތެޅިފައެވެ. އެއީ މާޒިން އަތުގައި އޮތް ކެމެރާއެވެ. “މިއީ އެމީހުންނާއި ދެކޮޅަށް ދައްކާނެ ހެކިތަށް” އަހަރެން އެއެއްޗެހި މޭޒުމަތީ ބަހައްޓަމުން ބުނެލީމެވެ. “ލެޓްސް ވޮޗް” ނާއިލްސަރ ޝައުގުވެރިކަމާއި އެކު ބުނެލިއެވެ.

އާދިލްސަރ ލެޕް އަކަށް ކެމެރާ ގުޅާލިއެވެ. އޭގެން ފެންނަމުން ދިޔައީ ނިހާދުއާއި އަދި އިތުރު ތިންމީހަކު ފާރިޝްއަށް އަނިޔާ ކުރާ މަންޒަރެވެ. އެމަންޒަރު ތަކުން ފެށިގެން މާޒިން ބަނޑަށް ވަޅި ހަރާލާ ހިސާބަށް ފެނެއެވެ. އެއީ މާޒިންގެ ގައިގައި ހަރުކޮށްފައި އިން ކެމެރާއެވެ. ދެން ބެލި ކެމެރާއިން މާބޮޑު އެއްޗެއް ނުފެނެއެވެ. ތިންވަނަ ކެމެރާއިން ފެންނަމުން ދިޔައީ އަޔާޒްއާއި ނިހާދު އަހަރެންނަށް އަނިޔާ ކުރާ މަންޒަރެވެ. އަދި އަހަރެން ފާރިޝް ގޮވައިގެން އެތަނުން ސަލާމަތްވެގެން ދާ މަންޒަރެވެ. ހަތަރުވަނަ ކެމެރާ އަޅުވާލީމެވެ. އޭގެން ފުރަތަމަ ފެނުނު ދެމީހުންނާއި އެކު އަހަރެންނަށް އާދިލްސަރ އާއި ދިމާލަށް ބަލާލެވުނެވެ. ނާއިލްއަށް އަހަރެންނާއި ދިމާލަށް ބަލާލެވުނެވެ. އަޔާޒްއާއި ނިހާދު އައިސް އެދެެމީހުންނާއި ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. އެތަނުން އެކަކު އަޔާޒްއަތަށް ދަބަހެއް ދިއްކޮށްލާ މަންޒަރު ފެނިގެން ދިޔައެވެ. ވީޑިއޯ ހުއްޓުމާއި އެކު ނާއިލްސަރ ގޮޑި މައްޗަށް ތިރިވިއެވެ. އާދިލްސަރ މޫނުގައި އަތް އުގުޅަމުން އެތަނުގައި ހިގަން ފެށިއެވެ.

“މިހުރިހާ ދުވަހު.. އެނުލަފާ ކަންތައް… ހުރި ނުބައިކަން” އަހަރެންނަށް ބުނެވުނެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުންޏެވެ. ބުނާނެ އެއްޗެއް އެމީހުންނަށް ނޭނގުނީ ކަންނޭގެއެވެ. އަހަރެންނަށް ނާއިލްސަރ އާއި ދިމާލަށް ބަލާލެވުނެވެ. އޭނައިނީ ބޮލުގައި އަތް އަޅައިގެން ހަނދާނެގޮތެއް ނޭނގިފައެވެ. “ބަލަ… ދެން ތިބެނީ ކީއްކުރަން.. މިހުރިހާ ދުވަހު އަހަރުމެންނަށް ނުވެގެން އުޅުނު ކަންތައް މާޒިން އެކޮށްދިނީ.. އޭނަ އަވަހަށް ހައްޔަރު ކުރަންވީ” އަހަރެންނަށް ބުނެވުނެވެ. “ތިއީ އެހާ ފަސޭހަކަމެއް ނޫނޭ ޝާމް” އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ބަލާލީ ކީއްވެހޭ އަހާލާ ގޮތަށެވެ. “އެހާ ފަސޭހަ ކަމެއް ނޫނޭ.. އެއީ ކީއްވެ.. އެއީ ތަނެއްގެ ބޮޑަކަށް ވާތީތަ… މީހުން ގަދަރުކުރާ ވެރިއަކަށް ވީމަތަ… ބަލަ އޭނައަކީ މިހުރިހާ ކަމެއްގެ އަޑީގައި ހުރި މީހާކަށް އެވީޑީއޯއިން ނުލާހިކު ރަނގަޅަށް އެއެގުނީ.. އާއްމު މީހަކު ނަމަ މިހާރު އެމީހަކު އޮންނާނީ” އެހާ ހިސާބަށް ބުނެފައި އަހަރެން ހުއްޓާލީ ނާއިލްސަރ އަހަރންނާއި ދިމާލަށް ބަލާލި ގޮތުންނެވެ. “ޝާމް ތިއީއެއް ނޫނެ މައްސަލައަކީ” ” ނޫން ޝާމް އެބުނީ ރަނގަޅަށް… އާއްމު މީހެއްނަމަ މިހާރު އަހަރުމެން އެމީހަކު ހައްޔަރު ކުރާނެ… އެހެންވީމަ ވަކި އޭނައަށް ތަފާތެއް އޮވެގެން ނުވާނެ… އަހަރެން އޭނަ ޕޮލިހުންގެ ބެލުމުގެ ދަށަށް ގެނެވޭތޯ މަސައްކަތް ކުރާނަން… ނައިސްފިނަމަ ކޯޓުން ޗިޓެއް ލިބޭތޯވެސް ބަލާނަން” ނާއިލްސަރ އާދިލްސަރގެ ވާހަކަ މެދު ކަނޑާލަމުން ބުނެލިއެވެ. އަދި އެތަނުން ތެދުވެގެން ކެބިންއިން ނިކުތެވެ.

ދެމަސް ފަސް…..

އަހަރެން ހުރީ އަހަރެންގެ ގޭ ކޮޓަރީގައެވެ. މިއަދު މިއީ ތިންއަހަރާއި އަށްމަސް ފަހުން އަހަރެން އޮފީހަށް ނިކުންނަ ދުވަހެވެ. މިއަދު ހެނދުނު ބޯކޮށާ ތަނަކަށް ގޮސް އަހަރެންގެ ދިކު އިސްތަށިގަނޑު ބުރިކޮށްލީމެވެ. އަދި ރީތިކޮށް ކޮށާ ‘އާމީ ކަޓެއް’ ޖެހީމެވެ. އެވަގުތު ދޮރުަގައި މީހަކު ޓަކި ޖަހާލިއެވެ. އަހަރެން ބަލާލި ވަގުތު މަލިކާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. “ޔޫ ލުކް ސޯ ހޭންޑް ސަމް” މަލިކާ އަހަރެންނާއި ކައިރިވެލަމުން ބުނެލިއެވެ. އަހަރެން މަލިކާގެ އަތުގައި ހިފާ އޭނަ އަހަރެންނާއި ކައިރިކޮށްލީމެވެ. “އަބަދުވެސް” މަލިކާގެ ނިއްކުރިއަށް ބޮސްދެމުން އަހަރެން ބުނެލީމެވެ. އާއެކެވެ. އަހަރެންނާއި މަލިކާ މިހާރު އަނެއްކާވެސް މިއުޅެނީ ރައްޓެހިވެގެންނެވެ. އަދި މިއުޅެނީ އެހާ އަވަހަށް ކައިވެނިވެސް ކުރާށެވެ. މަލިކާ އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. “މަންމަ އެބަހުރި އޭނަގެ ބޭބީއަށް ސައި ހަދާފައި.. ފާރިޝްވެސް މިހާރު ބޭރަށް ނިކުމެއްޖެ” މަލިކާ ވާހަކަ ދެއްކިއެވެ. މިހާރު ފާރިޝްވެސް އުޅެނީ މިގޭގައެވެ. ކޮއްކޮއާއި ދެމީހުން މެރިކުރަނީ އަހަރެންނާއި މަލިކާއާއި މެރީކުރާ ދުވަހުއެވެ. ދެދުވަސް ވަންދެން ކޯމާގައި އޮވެފައި ރަނގަޅުވަމުން ގޮސް މިހާރު މުޅިން ރަނގަޅެވެ. ނޫނެވެ. މިބުނެވުނީ އަދި ރަނގަޅަކަށް ނޫނެކެވެ. އެއްކޮށް ރަނގަޅެއް ނުވެއެވެ. ފާރިޝް އަދިވެސް އިންނަނީ ވީލްޗެއަރ އެއްގައެވެ. އަނިޔާގެ ސަބަބުން ފަޔަށް ލިބުނު ގެއްލުމެއްގައި ދުވަސްކޮޅެއް ވަންދެން ޑޮކްޓަރުންވަނީ ފާރިޝްއަށް ހިގުން މަނާކޮށްފައެވެ. އަތުގައި ވަނީ ކަރާއި އެކު ފޮތިގަނޑެއް އައްސައިގެން އުޅުމަށް ބުނެފައެވެ. ސަބަބަކީ އަތް ބިންދައިގެން ގޮސް އަތުގެ ކުޑަހުޅުގެ ކަށިގަނޑުގައި ވަނީ ރެދެއްލާފައެވެ. އެހެންކަމުން އަތަށް ބަލައިގެން އުޅުމަށް ޑޮކްޓަރުންވަނީ އަމުރުކޮށްފައެވެ. ބޮލުން ފަޅައިގެން ގޮސްފައިވާ ތަނުގައި އަދިވެސް ބޭސް އަޅަން ޖެހެއެވެ. މިހުރިހާ ކަމެއް މިގޮތަށް ހުރިނަމަވެސް ފާރިޝް މިހާރު ރަނގަޅެވެ. ފާރިޝް އަހަރުމެންގޭގައި ހުންނަނީ ގެސްޓް ރޫމްގައެއެވެ. އޭނަގެ ގޭގައި އޭނަ ނުބެހެެއްޓީ އެގޭމީހުން ބުނާގޮތް އޭނަ ނަހަދާތީއެވެ. ހަމަގައިމުވެސް މިގޭގައި އޭނަ ކޮއްކޮ ބުނާގޮތް ނަހަދައިފި ކަމަށްވަންޏާމު އޭނައަށް ދެދުނިޔެ ދައްކާލާނެއެވެ. އަހަރެންނާއި މަންމަ ތިބެނީ އެމީހުން އުޅޭގޮތުން ހީހީ ހަލާކުވެފައެވެ.

އަހަރެން ރެޑީވެގެން ބޭރަށް ނިކުންއިރު މަންމަ ހުރީ ސައިހަދައިދީފައެވެ. މަންމަގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުގެ ސަަބަބުން މުޅިގޭތެރެވަނީ އުޖާލާވެފައެވެ. ނަމަވެސް އަހަރެން ފެނުމާއި އެކު މަންމަގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. “މަންމަ ބުނީމަވެސް ދަރިފުޅު ދަނީތަ… ” މަންމަ ހާސްވަނީ އަދިވެސް އަހަރެން އަންޑަކަވަރއެއް ގޮތަށް މަސައްކަތް ކޮށްފާނެތީއެވެ. “އަޅެ ކޮބާތަ މަގޭ ދޮންބެ.. މަލް.. ދޮންބެ މަށަކަށް ނުފެނުނު” ކޮއްކޮ އަހަރެންގެ ކުރިމަތީގައި އެބުރެމުން އަހާލިއެވެ. އަހަރެން ކޮއްކޮގެ ބޮލުގައި ޖަހާލަމުން ހިނިތުންވެލީމެވެ. “މަންމާ އެމީހުން ކައިރީގައި އެކަންތައް ދޫކޮށްލަން ނުބުނޭ.. އަދި އަމުދުން މިތިބަ ދެމީހުން ކައިރީގައި.. މަރުން ކިރިޔާ ސަލާމަތްވެވުނީ.. އެކަމަކު އަދިވެސް އެއުޅެނީ..” “ކިރިޔާވިޔަސް ސަލާމަތް ވެއްޖެއެއްނުން… އެހެންނޫނަސް ކާކަށްތަ އެމީހެއް އަމިއްލަ ނަފްސު ދޫކޮއްލެވޭނީ.. އަހަރުމެންގެ ވަޒީފާއަކީ އަހަރުމެންގެ ނަފްސޭދޯ” ފާރިޝް މަލިކާގެ ޖުމްލަ މެދު ކަނޑާލަމުން އަހަރެންނަށް ދޯދިނެވެ. “މަންމާ.. އަހަރެން ދެން ދުވަހަކުވެސް އެކަހަލަ ކަމެއްގައި ބައިވެރިއެއް ނުވާނަން.. ޕްރޮމިސް.. ފާރިޝްވެސް އެކަހަލަ ކަމެއްގައި ބައިވެރިވިޔަކަ ނުދޭނަން.. އެކަމަކު މިވަޒީފައިން ނުކެޑެވޭނެ” މަންމަ ކައިރިއަށް ޖެހިލަމުން ލޯބިން އަހަރެން ބުނީމެވެ. ގޭގައި ކުޑަވަގުތުކޮޅެއް މަޑުކޮށްލުމަށްފަހު އަހަރެން އޮފީހަށް ދިއުމަށް ނިކުތީމެވެ.

އަހަރެން އޮފީހަށް ވަނުމާއި އެކު އެތަނުގައި ތިބި އެންމެން ތެދުވެ އަހަރެންނަށް މަރުހަބާކިޔެވެ. އަހަރެން ހޯދި ކާމިޔާބީ ފާހަގަކުރިއެވެ. އަހަރެންނަށް އަހަރެންގެ ގޮޑިއާއި ހިސާބަށް ނުދެވެނީސް އާދިލްސަރ ގޮވާލިއެވެ. އެހެންކަމުން އޭނަގެ ކެބިންއަށް ދިޔައީމެވެ. “ޔޫ ލުކް ޑިފަރެންޓް” އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އައި ފީލް ޑިފަރެންޓް” އަހަރެންވެސް ބުނީމެވެ. އެވަގުތު ގޮޑީގައި އިށީދެލައިގެން އިން ނާއިލްސަރ ތެދުވެ ސަލާމްކޮށްލިއެވެ. “ހުރިހާ ވެރިންވެސް ޝާމް ކުރި މަސައްކަތަށް ވަރަށް ތައުރީފްކުރި.. އަދި އެންމެންނަށްވެސް ފެނުނީ ޝާމްއަށް މަގާމުގެ ކުރިއެރުން ދިނުމަށް” ނާއިލްސަރ ސިޓީއެއް ހަވާލުކޮށްލަމުން ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ. “އެކަމަކު ސަރ.. މިއީ އަޅުގަނޑު އެކަނި ކުރި ކަމެއްނޫން… މިޓީމްގެ މެންބަރުންގެ އެހީއާއި ނުލައި އެވަރެއް ނުކުރެވޭނެ..” އަހަރެން ބުނީމެވެ. “ޑޯންޓް ވޮރީ.. ވެރިން ނިންމީ ފާރިޝްއަށްވެސް އަދި އާދިލްއަށްވެސް އަދި ކަމާލްއަށްވެސް ކުރިއެރުން ދިނުމަށް” ނާއިލްސަރ ބުނެލިއެވެ. އަދި އެތަނުން ނިކުތުމަށް ހިގައިގަތެވެ. “ސަރ” އެވަގުތު އަހަރެން ގޮވާލީމެވެ. “މުހައްމަދު މަނިކުގެ ކަންތައް ކިހިނެއްތޯވީ” އަހަރެން އަހާލީމެވެ. އެވަގުތު ނާއިލްސަރ އަހަރެންނާއި ދިމާލަށް ބަލާލީއެވެ. “މިނިސްޓަރ ކުރިން ދުވަހު ހާޒިރުކުރެވުނު.. އެއްބަހެއްނުވި.. ވީޑީއޯ ދެއްކިން.. ދެން އެއްވެސް އެއްޗެއް ނުބުނި.. ވާނެ ގޮތެއް ނޭނގެ.. ކޯޓަކުން ހުއްދައެއް ނުދޭ މިނިސްޓަރ ހައްޔަރު ކުރާކަށް… އެއްބަސް ނުވަންޏާމު ކުރެވެނެ ކަމެއްނެތް” ނާއިލްސަރ ބުނެލިއެވެ. އާއެކެވެ. އެމީހުން އެއްބަހެއް ނުވާނެއެވެ. ކުރިމަތީ ހުރެ ލޮލުން ފެނުނަސް އެއްބަހެއް ނުވާނެއެވެ. އެކަމަކު އަހަރެންނަށް ފިނޭންސް މިނިސްޓަރ މުހައްމަދު މަނިކުގެ ހަގީގަތް އެގިއްޖެއެވެ. އަހަރެން ބޯޖަހާލީމެވެ. އެވަގތު ނާއިލް އެތަނުން ނިކުމެގެން ދިޔައެވެ. އަހަރެން އާދިލްސަރ އާއި ދިމާލަށް އެބުރެލީމެވެ. “މަރުހަބާ” އާދިލްސަރ ބުނެލިއެވެ. “ތެންކްސް” އަހަރެން ބުނެލީމެވެ. “ކޮން އިރަކުން އިންނަނީ ދެން” އާދިލްސަރ ގޮޑީގައި އީށީދެލަމުން އހާލިއެވެ. “އަންނަ މަހު.. ސަރ.. އަޔާޒްމެންގެ ކޭސް” އަހަރެން ބުނެލީމެވެ. “ކުރިއަށް ދަނީ… ޝާމް ހޯދައިފައި ހުރި ހެކިތަށްވެސް ބަލަމުން ދަނީ.. އެދުވަހު އެމީހުންގެ ޔޫރިން ނެގި އިރު ދެމީހުންގެވެސް ޔޫރިން ޕޮޒިޓިވް.. އެހެންކަމުން މަސްތުވާތަކެތީގެ މައްސަލައެއް އުފުލޭނެ… ޝާމްއާއި ފާރިޝްއަށް އަނިޔާ ކުރުމުގެ ކުށް އެމީހުންގެ މައްޗަށް އުފުލޭނެ… އެމީހުންވެސް އެއްބަހެއް ނުވޭ.. އެމީހުންނަށް މިހާރު ކޯޓުން ވަކީލް ހަމަޖައްސައިދީފި.. ސޯ ނޭނގެ..” އާދިލްސަރ ބުނެލިއެވެ. “މާޒިން މަރާލި ކަމަށް.. މީހަކު މަރާލިކަމުގެ ދައުވާއޯ” އަހަރެން އަހާލީމެވެ. “އޭގެން ނުފެނޭ އެމީހުންގެ މޫނެއް.. ހަމައެކަނި އެންމެ އަތެއް ފެންނަނީ.. އަޔާޒްވެސް ނިހާދުވެސް އެކަމަށް އެއްބަހެއް ނުވޭ..” އާދިލްސަރ ބުނެލިއެވެ. “އަހަރެން މިހުރީނުން.. އަހަރެން ހެކިބަސް ދޭނަން” އަހަރެން އަވަސްކަމާއި އެކު ބުނެލީމެވެ. “އެންމެ މީހެއްގެ ހެކިބަސް ކާކު ގަބޫލު ކުރާނީ” އާދިލްސަރ ބުނެލިއެވެ. “އެކަމަކު ހުޝާމް މަރާލިކަމަށް އަޔާޒް އެއްބަސްވި.. އަހަރެންނާއި ވާހަކަ ދައްކަމުން.. މިޝްކާގެ ވާހަކަތަކުން އެނގޭނެ.. އަހަރެން އެގެއަށް ދިޔަ ދުވަހު އޭނަ އެހެންވެސް ބުނި.. ޕްލީޒް ސަރ” އަހަރެން ހާސްވަނީ އެމީހުން ބޭރަށް ނިކުމެދާނެތީއެވެ. “މިޝްކާއަކީ މިހާރު މަރުވެފައިވާ މީހެއް.. ވީޑީއޯއަކުން ފެންނަ އެއްޗެއް ތެދުކުރުމަށް ދުނިޔޭގަ ހުރި މީހެއްގެ ހެކިބަސް ބޭނުންވާނެ.. ދެން ނޭނގެ.. ހުރިހާކަމެއްވެސް ރަނގަޅުވާނެ.. ޝާމް ނުވިސްނާ.. ފަހުން ތި ވާހަކަ ދައްކާނީ..އަހަރެން ދާނަން ފަހުން ތިގެއަށް.. ޝާމްގެ މޭޒުމަތީގަ އޮންނާނެ ދެފައިލް… އެފައިލް ކިޔާލައްޗޭ” އާދިލްސަރ އޭނަގެ މަސައްކަތަށް އެބުރެލަމުން ބުނެލިއެވެ.

އަހަރެންނަށް މޭޒު ކައިރިއަށް އާދެވުނު އިރު އަހަރެންގެ އަތްވަނީ މުއްމެޅިފައެވެ. މިމީހުންނަށް ވިސްނޭނީ ކޮން އިރަކުން ހެއްޔެވެ. އަހަރެން ބޭނުންވަނީ އަޔާޒްއާއި ނިހާދުއަށް އަދި އަހަރެންގެ ސަބަބުން ހައްޔަރުވި އެންމެންނަށް ދުވަހަކުވެސް ޖަލުން ނުނިކުމޭވަރު ކުރާށެވެ. ނަމަވެސް މިތަނުގައި މިއޮތި ވަރުގަދަ ގަވައިދެކެވެ. އެއްވެސް ކަހަލަ ވީޑީއޯއެއް އެމީހުން ގަބޫލެއް ނުކުރެއެވެ. އޯޑިއޯއެއް ގަބޫލެއް ނުކުރެއެވެ. ގާޒީންގެ ކުރިމަތީގައި މިހާރު އެމީހުން ޖެހެނީ އެއްބަސް ވާށެވެ. މޮޔަ ހެއްޔެވެ. މިޒަމާނުގައި އެމީހަކު ކުށެއް ކުރިކަމަށް އެއްބަސްވާނީ ކާކު ހެއްޔެވެ. އެއްބަސް ނުވާ ކޮންމެ މީހަކު ކުށެއްކުރިޔަސް ކުއްވެރިއަކަށް ނުވަނީ ހެއްޔެވެ. މީހަކު މަރާއިރު މިޒަމާނުގައި ހެކިން ގެންނަނީ ކާކު ހެއްޔެވެ. ވަކީލުންގެ ކުރިމަތީގައި މަސްތުވާތަކެތި ބޭނުންކުރަނީ ކޮން ބައެއް ހެއްޔެވެ. ގާޒީން ތިބޭ ކޯޓު ތަކުން ވައްކަށް ނުކުރާކަމަށް ވަންޏާމު ވައްކަމަކަށް ނުވަނީ ހެއްޔެވެ. އެއްބަޔަކު ދާތަކެއް އޮހޮރުވައިގެން ލެއިން ތަތްތެޅިގެން ކުށްވެރިން ހައްޔަރު ކުރާއިރު ދެން އިންނަ ދޮރުން އެމީހުންނަށް ނިކުމެވޭ ކަމަށް ވަންޏާމު އެއީ އިންސާފެއް ހެއްޔެވެ.

ކޮންމެ މީހަކުވެސް އަނިޔާގެ ވާހަކަ ދައްކައެވެ. އަނިޔާ އަކީ ކޮބާކަށް އެމީހުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ. އަނިޔާ ދެވެނީ ހަމައެކަނި ބޭރުފުށަށް ހެއްޔެވެ. ނަފްސާނީގޮތުން ދެވޭ އަނިޔާއަކި އަނިޔާއެއް ނޫންހެއްޔެވެ. މީހަކު މަރާލުމުން އެކަމުގެ ސަބަބުން މަރުވިމީހާގެ އާއިލާއަށް ލިބޭ ނަފްސާނީ ގެއްލުމަކީ އަނިޔާއެއް ނޫންހެއްޔެވެ. މީހެއް ބުރަ މަަސައްކަތުން އެއްކުރާ ލާރިކޮޅު ބައެއް އައިސް ޖަހައިގަނެގެން ދާއިރު ހަދާނެގޮތެއް ނެތިފައި ބަލަން ހުންނަ އިރު އެހިތަށް ލިބޭ ގެއްލުން އެއީ އަނިޔާއެއް ނޫން ހެއްޔެވެ. ކޮންމެ އަނިޔާއެއް ވާއިރު ނޫނީ އަނިޔާއެއް ކުރާއިރު އެތަނަކުން އެރވަރަށް ހެކި ނުލިބިދާނެއެވެ. އެހެންވެއްޖެނަމަ އެކަމަކީ ނުވާކަމަކަށް ހަދަން ވީހެއްޔެވެ. މައްސަލައެއްގައި މީހަކު ހައްޔަރު ވާވަގުތު ހިއުމަން ރައިޓްސް އިން ދުއްވައިގަންނަނީ ހައްޔަރު ކުރެވުނު މީހާގެ ރައިޓްސް ހޯދުމަށެވެ. ބަލަ ހައްޔަރު ކުރަން އުޅުނު މީހާއަކީ އިންސާނެއް ނޫންދޯއެވެ. ޕޮލިސްމީހާ ކުށްވެރިޔާ ހައްޔަރު ކުރާއިރު ޕޮލިސްމީހާގެ އަތުގެ ނިޔަފަތިން ކުޑަތަންކޮޅެއް ކުށްވެރިޔާގެ ގައިގައި އެޅުނަސް ދުނިޔޭގެ ހަތަރުފަރާތް އެމީހަށް ހިއުމަން ރައިޓްސްއިން ދައްކާނެެއެވެ. އެކަމަކު ހައްޔަރު ކުރާ ވަގތު އެމީހާގެ ފުށުން ޕޮލިސްމީހާއަށް ކިތައްމެ ބޮޑު ގެއްލުމެއް ލިބުނަސް އެއީ އަނިޔާއެއް ނޫނެކެވެ. ކުށެއް ނޫނެކެވެ.

ހަގީގަތަކީ މިއީއެވެ. ދިވެހި ރާއްޖޭގައި އެންމެން އަނިޔާގެ ވާހަކަ ދައްކާއިރު ދިވެހިންގެ ފެންވަރު ބަލަންޖެހެއެވެ. ދިވެހިން އަމިއްލައަށް ހަދާފައިވާ ގާނޫނާއި ގަވާއިދު ބަލަން ޖެހެއެވެ. އެއެއްޗެހި ބަދަލު ކުރަން ޖެހެއެވެ. އެހެންނޫނީ އަނިޔާވެރިން މަދެއް ނުވާނެއެވެ. އަނިޔާވެރިކަން ނެތިގެނެއް ނުދާނެއެވެ. އަހަރެން މިހާރު މިއުޅެނީ އުފަލުގައެވެ. މިދެމަސްދުވަސް މިދަނީ އާއިލާއާއި އެކުގައެވެ. މި ދެމަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ކޯޓަށް އަހަރެން ގެންދެއެވެ. ކީއްވެކަން އެގޭ ހެއްޔެވެ. އަހަރެން މަސައްކަތް ކުރި އިރު އެމީހުންނަށް ލިބިފައިވާ އަނިޔާއާއި ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ. ނިހާދު ހައްޔަރު ކުރި އިރު އޭނަގެ ބޯފަޅާލާފައި އިނީމައެވެ. މިއީ ދެން ކިހާ ހެއްވާ ކަމެއް ހެއްޔެވެ. އެމީހުން އަހަރެންނަށް ކުރި އަނިޔާއެއް ނުފެނެއެވެ. ފާރިޝްއަށް ކޮށްފައިވާ ވަރެއް ނުފެނެއެވެ.

އަނިޔާވެރިކަން ނައްތާލެވޭނީ އެންމެން މަސައްކަތްކޮށްގެންނެވެ. އެންމެން އަތުގުޅައިގެންނެވެ. ވަކި މީހެއްގެ މައްސަލަ ދައްކައިފައި ބަލަހައްޓައިގެން ތިބެގެން ނުވާނެއެވެ. ނަމަވެސް ހިތާމައަކީ މިއަދު މިރާެއްޖޭގައި މިކަހަލަ އެއްވެސް ކަމެއް ނެތްކަމެވެ. ހުރިހާ އެންމެން ދެލޯމަރާލައިގެން އެއްވެސް ކަމެއް ނުވާކަށް ހަދައިގެން ތިބޭކަމެވެ. ރައްޔިތުންނަށް އެހީވުމަށް ސަރުކާރުގެ މަތީވަޒީފައި ތިބޭ ގިނަމީހުންނަކީ ގްރޫޕްތަކުގައ އުޅޭ މީހުންނަށް ވުރެއް އަނިޔާވެރިކަން ބޮޑު ބައެވެ. ރިޝްވަތާއި ޒިނޭ ކުރުމަކީ އާއްމު ކަމެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމޭރި ހިންގުމަށް ހިތްވަރު ދިނުމަކީ މާކުރާހިއްވާ ކަމެކެވެ. މިކަމުގެ ސަބަބުން ގެއްލިގެން ދަނީ މިގައުގެ ކިތައް ޒުވާނުން ހެއްޔެވެ. މަގުއޮޅިގެންދަނީ ކިތައް އެކުވެރިންނަށް ހެއްޔެވެ. ދާނެ ވަކި މިސްރާބެއް ނެތިފައި ތިބީ ކިތައް އާއިލާއިން ހެއްޔެވެ. މިކަމާއި ވިސްނަވާ ލައްވާށެވެ. މިކަންކަމަކީ ގަބޫލު ކުރަން ބޭނުން ނުވިޔަސް މިހާރުގެ ހިތި ހަގީގަތެވެ.

 

ނިމުނީ

 

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Fantasy

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…7

Next

އިރު އޮއްސުމުން.. ދެވަނަ ބައި

Next
January 7, 2016

އިރު އޮއްސުމުން.. ދެވަނަ ބައި

Previews
January 6, 2016

އިތުބާރު ގެއްލުވާ ނުލާ…7

55 Comments

  1. Fantasy says:
    January 7, 2016 at 8:59 am

    koba kihinetha hurihaa kudin ge haalu… vaahaka kamudhaane kamah heekuran.. mi vaahaka ah hurihaa kudin ge faraathun libunu ehbaaru lumah v bodah shukuriyya.. hurihaa kudin ge comment thakaha maruhabaa 🙂

  2. Saba says:
    January 7, 2016 at 9:19 am

    Varah salhi mi vaahaka..
    Thafaathu story eh mee 🙂

  3. saadhu says:
    January 7, 2016 at 9:29 am

    V v v v reethi.

  4. sasha says:
    January 7, 2016 at 9:37 am

    wow. last paragraph is just awesome

  5. ninni says:
    January 7, 2016 at 9:42 am

    wow nice , i like this Story

  6. finni says:
    January 7, 2016 at 9:44 am

    vvvvvvv salhi story ey

  7. Ab says:
    January 7, 2016 at 9:54 am

    Vaahaka salhi.
    Iburathun firigen veyyy..
    Adhi mihaaru aharun mege kuda kuda gaumuga vaumndha kanthatha..
    Varah avahaa mi kahala ehn vaahaka eh kiyaalan libeyne kamah unnmmmeedhu kuran.

  8. Niz says:
    January 7, 2016 at 9:55 am

    Grt…nd hw u dear…oh finally ayaaz ge kanthah nimuny…vvvv reethi mivaahaka…v thafaathu namavex mihaaru mi raajeyga vex kanthah higa goi….mu varu vaahaka eh adhi nukiyan…bt dhera vany fantasyge vaahaka nimunyma.plxxxxx ehen vaahaka eh avahah up kurahchey…we miss u…ur our bst writer..bye

  9. ......dh says:
    January 7, 2016 at 10:13 am

    Vvv reethi

  10. ifaA says:
    January 7, 2016 at 10:14 am

    vvvv rythi vrhakaeh mee.nimendheka kiyaa hithun kiyunu furathama vrhakak ……thnkx fantasyyy mihr rythi stry eh up khdhinyma,gud luk

  11. Rahu says:
    January 7, 2016 at 10:15 am

    Varah reethi mi vaahaka.

  12. ny says:
    January 7, 2016 at 10:15 am

    V v v v v reeeeeethi.mikahalathafaathu vaahakae kiyaalaane furusathe libunukataka fantasy a v v boda thnx. Unmeedukuran adaves mujuthamauthereyga hun namikahala nedhevey knthatha galamuge zariyaain sifakodygn kiuntherin naahamayafoarukodheynekama. V v v reethi nimunves v v intarast vaahakae……..I like this story ☺☺☺☺☺☺☺☺☺adhi shaam a baajaveri kaavenyaka maruhabaaaa he hehe

  13. risha says:
    January 7, 2016 at 10:26 am

    woh vaahaka vvvv reethi ebrahtheri.. mifada ehhen vaahaka eh genesdayne kamah unmeedhu kurah..

  14. Saus says:
    January 7, 2016 at 10:40 am

    Wow. Vaahaka v v v v v v v v v v v v ryti.. best story ever.. nd fantasy ur the best writer..♡♥♡♥:-);-):-D

  15. Aimmm says:
    January 7, 2016 at 10:44 am

    Kiyaahithun kiyaalevunu reethi vaahaka ey. English words tha madhukuruma kuriya oye vaahaka thakugai visnu muhimu

  16. mixu says:
    January 7, 2016 at 10:47 am

    Wonderful story

  17. hawwa says:
    January 7, 2016 at 10:52 am

    Lovely Story

  18. sai says:
    January 7, 2016 at 10:58 am

    v rythi story eh. feshigen nimendhenves mi kiyuny. ekm mi hama first comment. v nice. v kiyaahithun kyves

  19. nukko says:
    January 7, 2016 at 11:02 am

    Wow fantasy… stry ekkon mi kee hama super duper…v v rythi… im fyn hw r u dear? Fantasy thee police eh tha?? Hehe hama ahaaly ingey…. adhi mikahala ehen vaahaka eh plxxxxxxx……..
    Will miss the stry n u… hehe gud luk… tc dear… 🙂 🙂

  20. sheynn says:
    January 7, 2016 at 11:05 am

    Wooowww….v v v nyc mi part vex…mi stry nimuny dw…dhn kn irakun fantasy ge stry eh kiyaalan libeyny…beynumy hama mikahala rythi stry eh ingey…v avahah genes dhehchey ingey mikahala stry eh….i lurvvv yur stryxxx

  21. umm says:
    January 7, 2016 at 11:16 am

    wow.so nice.really best story ever.v aslu vaahaka eh.love it.mi ah filmeh hadhan sheexan ah govaaalan. he he. v v v v nice.

  22. Minmmi says:
    January 7, 2016 at 11:26 am

    Fantastic story I luv it, I wish d politics people do read this story so they may understand it

    1. mee says:
      January 7, 2016 at 11:55 am

      yah!! mee too… 🙂

  23. shine says:
    January 7, 2016 at 11:32 am

    Wowww… awesome…. mulhi storyge hurihaa part ehvx v v rythi.. enme kiyaa hithun ky story akee mee adhi… bt mi story vx nimuny:(… Fantasyge new story eh up kuraany kn irakun???? V kiyaa hihvey fantasy ge story thah… I hope fantasyge new, mikahala rythi story eh avahah kiyan libeyne kamah.. ….

  24. mteee says:
    January 7, 2016 at 11:44 am

    V nice.heevanee hageegee vaahaka eh hen.

  25. mee says:
    January 7, 2016 at 11:51 am

    wow fantasy… vv rythi.. yah! true vaahaka eh.. mi kuda kuda dhivehi raajeyga kithah meehun ehvexx insaaniyyatheh nei gothah maraa laafa eba huri heyyeve? thimyhun heekurany thimeehun maa mathy vazeefaiga ulhuny ma ehvexx bayakah thimyhun nah adhabu nudheveyne kamah heyyev? abadhuvex thimyhun salaamai vaane kamah heyyev? noonekev.. knmmevex eh dhuvahakun thimyhun kohffa huri kanthah falhaa araane eve. eii aahiratheve.. aahirathugai thimeehunnah veyn dhenivi azaab dhehvaane eve. thimeehunakaa hedhi mi gaumuga boduvamun anna zuvaan kudhin e dhany halaaku vamunneve. mikanthah adhi thimeehunnah vex fennane eve.. thimeehun heekurany thimeehun mathee vazeefaathakugai ulhey thyve dhn abadhuvex thimeehun save vaane kamah.. huh.. migaumuga ulhey mikahala kudhinnnah eemaantheri hitheh jahsavaafaandheyve… aameeen…

  26. naax says:
    January 7, 2016 at 11:52 am

    Abadhuvx mikahala story v kiyaahiyvey.. v v reethi vaahakaeh mee.. masha allah.. dhn konirakun mikahala Rythi ehn vaahakaeh genesdheyny

  27. reen says:
    January 7, 2016 at 12:19 pm

    vaahaka v reethi.v molhu mashaa Allah.kuriah dhey . adhi hama mi kahala reethi vaahaka thakeh fennane kamah ummeedh kuran,love u

  28. Tulip says:
    January 7, 2016 at 12:40 pm

    Fantasy Great ingey..nice story eh..thnks?

  29. zaa says:
    January 7, 2016 at 12:47 pm

    V v v reethi .nice message mi zamaanuge haalathaa v gulhey.:-) v v molhu v kiyaa hithun kee…

  30. Sunshine says:
    January 7, 2016 at 12:52 pm

    Vvvv reethi thafaathu story eh .. Kiyas hithun kiyaali vaahaka eh .. Congrats .. Adhives mikahala thafaathu story eh genes dheyne kama ummeedhu kuran

  31. Zai says:
    January 7, 2016 at 12:57 pm

    Varah varah reethi mivaahaka,

  32. hawwa says:
    January 7, 2016 at 1:58 pm

    dhen enme avahah vaahaka eh up vaany kon iraku

  33. swyt says:
    January 7, 2016 at 2:02 pm

    mi storyaky feshigen gos nimendhen foohi nuve kiyaalevunu furathama vahaka
    love thid dtory <3

  34. Anonymous says:
    January 7, 2016 at 2:12 pm

    Nice story

  35. Faxoo says:
    January 7, 2016 at 2:18 pm

    woww varah varah reethi mivaahaka. mihaathanah kiyunu emmme rethi vaahaka! we are so proud of u! at last Nihaadhu aa Ayaz hayyaru kury dhw! phew! and shaam vx kiriyaa e salaamai vy. its overall an amazing story!
    dhen Fantasy ge ehen ithuru vaahaka eh fennaane kamah ummeedhu kuran. Good luck and Congrats for this story Fantasy..! 😀

  36. ROO says:
    January 7, 2016 at 2:39 pm

    though i didnt comment earlier, i am a silent fan of urs… everyday i keep seeking for the update.. and believe me, one of the best story ever read!! keep on ur work

  37. vily says:
    January 7, 2016 at 2:53 pm

    Wow amazing vvvvvv gulheyyyy raaje aaa… mi maahaulaaaa….. fantasy theee police ehhh dhw….. wanna to knw u fantasy…..

  38. fareeeaaa says:
    January 7, 2016 at 4:05 pm

    Mi kahala adhi mi varuge molhu vaahaka eh adhi hayaathuga vx nukiyan.vvv thafaathu adhi hageegee vaahaka eh.mi haaruge raajje aa v gulhey.fantastic story

  39. Marsha says:
    January 7, 2016 at 4:12 pm

    The end of a good n different story.. so sad.. u r a talented writer fantasy.. hope to c a new story from u very soon.. good luck .

  40. Yooly says:
    January 7, 2016 at 6:26 pm

    Maasha Allah Varah reethi different story eh. One of the best crime triller ever. But there are some things that i dnt understand. May be my mistake. ayaz and mazin/nidhad are from two different gangs right. Is their boss same? I thought they are rivals..

  41. ninth says:
    January 7, 2016 at 8:49 pm

    great…

  42. naax says:
    January 8, 2016 at 9:59 am

    Vvvv salhi v kiyaahithun mikee thanxx

  43. Sherm says:
    January 8, 2016 at 5:16 pm

    Fantasy vareh noannaane ingey.. Keep up your work.. ? varah avahah ehn vaahaka eh fennaane kamah ummeedh kuran.

  44. KKT says:
    January 8, 2016 at 10:37 pm

    Aharen hama soni vettijje… mifenvaruge dhivehi vaahakaeh dhuvahakuves nukiyan. Liyuntheriyaa ah aharenge faraathun award eh… thiya hunaruverikamah assaribahaa sabas

  45. Fantasy says:
    January 10, 2016 at 8:00 am

    hurihaa kudinge lobi comment thakah v bodah shukuriyya … 🙂 v bodah ufaa vejje 🙂 iraadha kureviyya aa vahaka eh genes dheynan igey 🙂

  46. sajix says:
    January 10, 2016 at 11:26 am

    Haadha nice Ey..no word to say..a perfect story..hyvy Hama eng movie eh hen sifa kurun thah furihama kamun loamathin sifa vey Hama…ummydhu kuran Mikahala ithuturu story eh v avahah kialan libeyne kamah..

  47. me says:
    January 11, 2016 at 8:14 pm

    WOW just wow…this story is awesome…. v thafaathu, v interesting v kiyaa hiyy vaa kahala vaahakaeh… thnx for the lovely story 😉

  48. faathun..a says:
    January 25, 2016 at 10:58 am

    v. reethi story eh. haasakoh nihmun v furihama….

  49. saaad says:
    April 30, 2016 at 6:03 pm

    kadae!! kobatha mishka shaam a liyunu letter?

  50. Confused says:
    May 3, 2016 at 5:01 pm

    Kobaa mishka shaan a liyunu letter??

  51. Mal says:
    September 26, 2016 at 12:13 am

    Wow.. varah reethi..

  52. Nuxu says:
    December 4, 2016 at 9:57 am

    Mi varuge reethi dhivehi vaahaka eh adhi nukie.

  53. Fiya says:
    October 21, 2017 at 7:12 pm

    Meege 1 ahru kureege vahakye adhi kiriya fenigen mikiyalee mihareethi vahakaye adhi nukiyeha ves reecheybuneveynee

  54. zaik says:
    April 30, 2018 at 5:09 pm

    meege 2 yr kuryge vaahaka akas adhi mi kiyuny.mihaa reethi thafaathu vaahaka eh adhi nukiye mihaa thanah. bt mishka maraalyma dhera ves vehje.BTW story varah varah varah nice.

Comments are closed.

All Right Reserved!