Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފެނު ޕަރީ (15)

Nyna
June 8, 2016
3 Mins Read
36 Views
13 Comments

ޒައިޝާ ޒިޔާންގެ ލޮލަށް ބަލާލިއެވެ. އެ ލޮލުގައިވީ މަސްތު ކަމުން ޒައިޝާ އަށް ބޭއިޙްތިޔާރުގައި ލޯ މަރާލެވުނެވެ. ޒިޔާން އަށް ދަޢްވަތު ދޭފަދަ ގޮތަކަށެވެ. ޒިޔާން މަޑުމަޑުން ޒައިޝާ ގެ ތުންފަތުގައި ބޮސްދިނެވެ. ޒައިޝާގެ މޫނަށް ބަލާލުމަށްފަހު އިތުރަށް އެ ތުންފަތުގެ މީރުކަން ލިބިގަތެވެ. އެ މަންޒަރު ބަލަން މެދު އުޑުގައި ހުރި ހަނދުވެސް ލަދުން ވިލާ ގަޑެއްގެ އެހީހޯދިއެވެ. ޒިޔާން ޒައިޝާ އާއި ދުރުވެލީ ނޭވާ ކުރުވުމުންނެވެ. އެއިރު ޒައިޝާވެސް މަޑުމަޑުން ފުން ނޭވާ ލަމުން ދިޔައެވެ. އެ ތުންފަތް ރަތްކަމުން ހީވަނީ ލޭފައިބަނީހެންނެވެ. ޒައިޝާ ޒިޔާން އަށް ބަލާލުމަށްފަހު ރަކި ހިނިތުން ވުމެއް ދިނެވެ. އަދި މަޑުން ދޮންވެލިގަނޑު މަތީ އުއްޑުން އޮށޯތެވެ. އޮށޯތުމުން ލައިގެން ހުރި ކުރު ޓޮޕް އިން ޒައިޝާގެ ތުނި ބަޑު ހާމަވެގެން ދިޔައެވެ. ޒައިޝާ އަށް ނޭގުނީ އެ ހަރަކާތްތަކުން ޒިޔާން އަށް ކުރަމުން ދާ އިހްސާސްތަކެވެ. ފޫޅާއި ހަމައަށް ހާމަވެގެން ދިޔަ ބަޑުގައި ޒިޔާން އަތް ހިނގާލީ ގަސްތުގައެއްނޫނެވެ.

ނިދަން އެދަށް ޒައިޝާ އަށް އެރުނީ ގާތްގަޑަކަށް 11.30 އެހާކައްހާ އިރުއެވެ. ޒައިޝާ ތުންފަތުގައި ހިނިތުންވުން ފިލައިގެން ނުދެއެވެ. އޭނާ ގެ ހިޔާލީ ވާފަތް ގުޅިފައި ވީ ޒިޔާން އާއި އެކު ހޭދަކުރެވުނު ވަގުތު ތަކާއި އެކުގައެވެ. މަޑުމަޑުން އޭނާގެ އަމިއްލަ ތުންފަތުގައި އަތް ހިންގާލީ ޒިޔާން މަތިން ހަދާން ވުމުންނެވެ. އެ ލޯބީގެ ހަދިޔާ އަކީ އޭނާ އަށް އާ ހަދިޔާއެއް ކަމުގައިވިޔަސް އެއީ އޭނާއަށް ވަރަށް ކަމު ދިޔަ ހަދިޔާ އެކެވެ.

ޒައިޝާ ނުފެނި އެއްދުވަސް ވުމުން މާހީން ހިތް ނުތަނަވަސް ވާގޮތްވިއެވެ. ނަމަވެސް މަންމަ ކައިރިން އަހާނެ ހިތްވަރެ ނެތުމުން ކޮއްކޮ މާޝާ ކައިރިން އޮޅުން ފިލުވުމަށް މާހީން ނިންމިއެވެ. މާޝާ ހޯދަމުން ގޮސް ގޭގޭ ޓެރެސް އަށް އެރިއިރު ޓެރެހުގައި ހިޔާކޮށްފައިވާ ހިސާބުގައި އެލުވާފައިވާ އުދޯލީގައި މާޝާ ފޯނެއްގައި އޮށޯވެ އޮތެވެ. މާހީންއަށް މާޝާ ފެނުމުން ހުއްޓޭގޮތްވިއެވެ. މާޝާ އަށް އައިސްފައިވާ ބަދަލުފެނި އޭނާ ހުރީ ހުއްޓުން އަރާފައެވެ. ހަރުވާޅުހެދުން ލަމުން އައި ކުއްޖާ މިހާރު ލައިގެން ހުރީ ފައިގެ ފަލަމަސްގަނޑު ފެންނަ ވަރުގެ ކުޑަ ސޯޓަކާއި ބަޑުގެ ފޫޅު ފެންނަ ވަރުގެ ކުރު ޓޮޕެކެވެ. ކުރުކޮށް ކޮށާލެވިފައިވާ އޭނާގެ ބޮލުގައި އޮތް ރާޅު ބާނި އިސްތަށިގަނޑު ވަނީ ފަންކޮއްލެވިފައެވެ. އެއްފުރާޅެއްގެ ދަށުގައި އުޅުނަސް މާޝާ އާއި މަހީން ނުފެނި ގިނަ ދުވަސްތަކެއް ވެފައިވާތީ މާޝާގެ އުޅުމަށް އައި ބަދަލު މާހީން އަށް ފާހަގަ ނުކުރެވުނީއެވެ. މާޝާ ފެނުމުން ވީ ގޮތުން މާހީން ދައްކަން އައި ވާހަކަ ފަހުން ދެއްކުމަށް ބޭއްވުމަށްފަހު ތިރިއަށް ފައިބައިގެން ދިޔައެވެ.

ޒިޔާންގެ މަންމަ ނާދިޔާ އޮތީ ގޭގެ ސޯފާގައި އޮށޯވެގެންނެވެ. ކައިރީގައި އިން ސޯފާގައި ޒީނާ ފޮތްކިޔަން އިނެވެ. ނާދިޔާ ލޮލުގައި ކަރުނައިގެ އަސަރުވިއެވެ. އޭނާ ވިސްނަމުން ދިޔައީ ޒިޔާން އާއި ދޭތެރޭގައެވެ. ޒިޔާންގެ ހަޤީޤަތް އެގޭ ދުވަހަކުން އޭނާގެ ހަޔާތައް އަންނާނެ ލޮނުމާއި ދޭތެރޭ އޭނާ ނުވިސްނާ ހަމަ އެންމެ ދުވަހެއްވެސް ނާދެއެވެ. ނަސީމް އަށް ޒިޔާން ބައްޕަ ކިޔަނީ ކޮންމެހެން ޒިޔާންގެ ބައްޕަ އެއް ވީތީ އެއް ނޫނެވެ. ނަމަވެސް އެ ސިއްރު ވަނީ ހަމަ އެކަނި އޭނާގެ ހިތުގައެވެ. ނަސީމް އަށްވެސް ވަނީ އެ ސިއްރު ފޮރުވިފައެވެ. އެއި އޭނާގެ ހަޔާތައް އައި ކަޅު ސަފްހާއެއްކަމުން އެ ސަފްހާ އަބުރާ ނުގެނުމަށް އޭނާ ވަނީ ކުރެވެން އޮތް ހާ މަސައްކަތެއް ކޮއްފައެވެ. އެންމެ ލޯބިވާ މަންމަ އާއި ބައްޕަގެ ހިތުގައިވެސް ޖައްސާފައެވެ. ޒިޔާން އާއި ޒީނާ އަދި ނަސީމްއަށްވެސް ނާދިޔާގެ މިޒާޖާއި ގުޅޭ ގޮތުން ސުވާލު ކުރެވެއެވެ. އަބަދު ލޮލުގައި ކަރުނަ ހުރުމާއި ހިނިތުންވުމުގައި އެއްވެސް އަސަރެއްނުހުންނަކަން ފާހަގަ ކުރެއެވެ. ނާދިޔާގެ ވާފަތް ބުރިވެގެން ދިޔައީ ކައިރީގައި އޮތްފޯނު ރިންގުވުމުންނެވެ. ސްކްރީނަށް އަރާފައިވާ ނަން ބަލާލުމަށްފަހު ނާދިޔާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.

މަރީނާ އާއި އައްސަދު ތިބީ ގޭގެ ބޮޑު ސޯފާގައި އިށީދެގެންނެވެ. ޒައިޝާގެ އުޅުމަށް އައި ބަދަލާއި ގުޅިގެން އައްސަދު މަރީނާ އައް ޝުކުރުއަދާކޮއް ތަޢްރީފްކުރިއެވެ. މާޝާ ރިތީ ވެލައިގެން ބޭރަށް ނިކުތީ ބޭރަށް ދާން ނިންމައިގެންނެވެ. މަރީނާ އާއި އައްސަދު ފެނުމުން ފަހަތަށް ޖެހިލިއެވެ. މަޑުމަޑުން ކޮޓަރިއަށް ވަދެ ހަރުވާޅު ހެދުމަށް ނަގައި ލައިގެން އިން ކުރު ހެދުމުގެ މަތީން މާޝާ ލިއެވެ. ރީތި ވާން ގެންގުޅޭ ސާމާނު އަތްދަބަހަށް ލުމަށްފަހު މަޑުމަޑުން ބޭރަށް ނިކުމެލިއެވެ. “މަންމާ. އަންނާނަން ބޭރަށް ގޮސްލާފައި. ލަހެއް ނުވެ އަންނާނަން” މައިޝާ ބުނެލިއެވެ. މަރީނާ ބޯޖަހާލުމަށްފަހު ހިނިތުންވުމެވެ ދިނެވެ. މާޝާ އަވަސް ފިޔަވަޅެއްގައި ގޮސް ގޭގެ މައި ދޮރޯށިން ނިކުތެވެ. އަދި މަގުން ދިޔަ ޓެކްސީއެއް މަޑުކުރުމަށްފަހު އެޔަށް އެރިއެވެ. “މާރބަލް ހޮޓެލްއަށް” މާޝާ ބުނެލިއެވެ. ޓެކްސީ ގޮސް މާރބަލް ހޮޓަލަށް ކައިރިކުރުމުން ލާރި ދިނުމަށްފަހު މައިޝާ ފޭބިއެވެ. އަވަސް ހިގުމެއްގައި ގޮސް ހޮޓެލުގެ ތިރީގައި ހުރި ފާޚަނާ އަށް ވަނެވެ. ކުޑައިރުކޮޅެއްފަހުން ފާޚަނާއިން މާޝާ ނިކުމެގެން އައި އިރު ބަލާމީހަކަށް އެއީ މާޝާކަން ޤަބޫލުކުރަން އުދަގޫވާނެއެވެ. ލައިގެން ހުރި ހެދުމުން ފައިގެ ފަލަމަސްގަނޑު ފެނެއެވެ. އަދި އަރާފައި ހުރި ހައި ހީލްސް އިން ދެގުން ދިގުކަމަށް ދައްކައެވެ. ގަޔަށް ބޯ ވިހުރުވާލާފައިވާއިރު މޭކަޕްއިން މޫނު ވަނީ ކާކުކަން ނޭގޭ ވަރު ކޮއްލާފައެވެ. ރިސެޕްޝަން އާއި ކައިރި ވެލުމަށްފަހު “ރޫމް ނަމްބަރު 101” މާޝާ ބުނެލިއެވެ.

އިރުގެ ރަން ދޯދި ތަކުން މުޅި ދުނިޔެ އުޖާލާ ކުރަމުން ދިޔައެވެ. ޒައިޝާ ރީތިވަމުން ދިޔައީ ވޯރކްޝޮޕަށް ދިޔުމަށެވެ. އޭނާގެ ތުންފަތުގައި ވި ހިނިތުންވުމުން ހިންހަމަޖެހިފައިވާ މިންވަރު ހާމަކޮށްދެމުންދިޔައެވެ.

(ނުނިމޭ)

 

 

 

18
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Nyna

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 53

Next

އަސަރު 11

Next
June 9, 2016

އަސަރު 11

Previews
June 8, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 53

13 Comments

  1. angel says:
    June 8, 2016 at 3:50 pm

    Nice v story keep it up dear ?

  2. ?Ňåjùüú? says:
    June 8, 2016 at 6:05 pm

    Awwww!!!??? V reethi.. Ehaa kiyaa hithun indhaa avaha nimunyma dhera vejje.. Nxt part dhigu koh dheychey.. ??

  3. whathehell says:
    June 9, 2016 at 5:18 am

    Mikahala vahushee vaahaka liyun rangalheh noon

  4. ali says:
    June 9, 2016 at 5:54 pm

    salhi

  5. ahu says:
    June 9, 2016 at 5:56 pm

    reethi

  6. who ever , says:
    June 11, 2016 at 9:34 am

    meega miothy marble hotel ah huthuru nan aruvan ulhefa , marble hotel ge room thakah nufonuvaane vadhegen anna konmme konmme meeheh , adhi amudhun reception kairiyah gossa nues dheveyne , roomga vaa meehaa akee aailaa noonee firimeehaa thoa check kuraane , firihenakaa anheneh ekeega gossiyya kaiveneege certificate dhehkkumah vs edheyne ..

    adhi vaahakaige vrah grammer mistakes ginakan ves faahaga kohllan

  7. Blueish says:
    June 17, 2016 at 10:51 am

    Kobaatha next part?

  8. aish says:
    July 8, 2016 at 3:25 pm

    Nyna stry kiyaa hithun nuhurevigen mi coment kuranee plx up kolaa.

  9. Zara says:
    July 19, 2016 at 11:30 am

    Kobaa Story..
    Anehkaa ves huhtunee dhw
    Thivarun nuliyuneema nimunee ehnu..

  10. aisha says:
    August 28, 2016 at 2:39 pm

    v v v v v v salhi keep it up

  11. xxx says:
    September 8, 2016 at 5:59 pm

    Knirakun aneh part up kurany??

  12. nuhy says:
    December 17, 2016 at 8:03 pm

    Nice one keep it up

  13. pis pis says:
    October 4, 2017 at 7:23 pm

    Thivarun vahaka nuliyebala… Heyonuvaane..reethibamaves rangalhu thigothah ves liyan reehcheh ves nun

Comments are closed.

All Right Reserved!