Skip to content
އެސްފިޔަ

ކަނު ލޯބި

ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނާތީ އަހަރެން އަޑު އަހަމެވެ. ކުޑައިރު އަހަރެން އެވާހަކަ ގަބޫލެއް ނުކުރަމެވެ. އެއީ އަހަރެން ދެކޭގޮތުގައި މުސްކުޅިން ހަދައިގެން އުޅޭ ފުލޯކު ވާހަކައެކެވެ. އަހަރެންގެ ރަހުމަތްތެރިން އެވާހަކަ ގަބޫލު ކުރާތީ އަހަރެން އެމީހުންނައް ވަރަށް މަލާމަތްކޮއް ޖޯކުޖަހާ އުޅެމެވެ، މިމައްސަލައިގައި ބައެއްފަހަރު ރައްޓެހިންނާ ދެބަސްވެ މޫނުކެނޑިފައި ވެސް ހުންނާނެއެވެ. ނަމަވެސް މިއަދު އަހަރެން މިވަނީ ބަދަލުވެފައެވެ، ކަނު ލޯތްބެއްގައި ޖެހި އަހަރެންގެ ދިރިއުޅުން މިވަނީ މުޅިން ބަދަލު ވެފައެވެ.

~ފަސްއަހަރު ކުރި~

“ދަރިފުޅާ ރިފާ،…. ދަރިފުޅާ ރިފާ……” އަހަރެންނައް ހޭލެވުނީ މަންމަ އަހަރެންނަށް ގޮވާ އަޑަށެވެ. ލަސްލަހުން އެސްފިޔަތައް ދުރުކޮއްލަމުން ފޯނައް ބަލައިލުމާއެކު ދެލޯ ބޮޑުވެގެންދިޔައީ ގަޑި ފެނުމުންނެވެ، އޭރު ގަޑިން ހަގަޑި ތިރީސް ފަހެއް ވެއްޖެއެވެ. އޮފީސް ގަޑިޖެހެން ބާކީ އިނީ އެންމެ ފަންސަވީސް މިނެޓެވެ. އަވަސް އަރުވާލާފައި ދުއްވައިގަނެވުނީ ފާހާނަޔާ ދިމާލަށެވެ، އޮފީސް ގަޑި ޖެހޭތީ ހަރަކާތްތައް ވަނީ އަވަސް ވެފައެވެ.

“ދަރިފުޅު ސައިވެސް ނުބޮއި ދަނީތަ…؟؟؟” އޮފީހައްދާން ތައްޔާރުވެގެން ކޮޓަރިން ނުކުތުމާއެކު މަންމަގެ ސުވާލުތައް ކުރިމަތިވާން ފެށިއެވެ. ސައިބޯނެ ވަގުތުނެތްކަމައް ބުނެ މަންމައަށް ކުރު ޖަވާބެއް ދެމުން ސިޑިން ފައިބަންފެށީމެވެ. އޭރު މަންމަ ދެކޮޅައް ބޯ ހޫރާލަ ހޫރާލަ ހުއްޓެވެ.

އަހަންނަށް އޮފީހާ ހަމަޔައް ދެވުނުއިރު ހަތްގަޑި ހަތެއް ވެއްޖެއެވެ. ކެބިންގެ ދޮރު ހުޅުވާލުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ދެލޯ ބޮޑުކޮއްގެން އަހަންނާދިމާލައް ބަލަންއިން ޔާނީއެވެ. އަތުގެ އިސާރާތުން ކިހިނެތްވީތޯ ޔާނީގާތު އަހާލީމެވެ. ޔާނީ އިނގިލި ދިއްކޮއްލީ އޮފީސް ބޮޑުމީހާ ޒުހުރީގެ ކޮޓަރިއާއި ދިމާލަށެވެ. އަދި ވައިއަޑުން ޔާނީ ބުނެލި ޖުމުލައިން އަހަރެންގެ ހަތަރެސްފައި ކޮޅައްޖެހުނު ކަހަލައެވެ. ކުޑަ ތުރުތުރެއް އަހަރެންގެ ހަށިގަނދުގައި ލާންފެށީ ލޮލުފިޔަ ޖަހާލާހާ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ލަސްފިޔަވަޅު ތަކެއްގައިގޮސް އަހަރެން ޒުހުރީގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ދޮރު ހުޅުވައިލީމެވެ. ނަސީބަކުން ޒުހުރީ އިނީ ފޯނެއްގައެވެ. އަތުގެ އިސާރާތުން އިށީނުމަށް ޒުހުރީ ބުނެލިއެވެ. އަވަސްވެފައިވާ ހިތަކާއެކު އަހަރެން ގޮނޑީގައި އިށީގެލީމެވެ، ޒުހުރީގެ ފޯނުކޯލު އަވަހަށް ނުނިމުމަށްއެދި ހިތާހިތުން ދުއާ ކުރެވެމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ޒުހުރީގެ ހަރުކަށި ވާހަކައަކީ އޮފީހުގައި އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެހަރުކަށި ކަމާ މިއަދު އަހަންނަށް ކުރިމަތިލާން ޖެހޭނެކަމަށް ހިތުގެކަނަކުން ބުނާކަހަލައެވެ.

އިސްޖިހާލައިގެން އަތުގެ އިނގިލިތަކާ ކުޅެންއިން އަހަރެން ސިއްސައިގެން ދިޔައީ ޒުހުރީ އަހަރެންގެ ނަމުން ގޮވާލުމުންނެވެ.

Comments (22)

  1. Lamya

    mi vaahaka akee alhugandu mi site ga liyaa dhevana vaahaka unmeedhu kuran kamudhaane kamah… vrh gina dhuvas fahun waahaka eh liyan mi try kohlee 🙂

  2. Thukko

    V kuru but feshun v rythi…. Dhen faharakun dhigu kon genas dheyne kamah hykurann

    1. Lamya
      Thukko

      thank you… yah next part dhigu koh genes dheynan insha allah 🙂

  3. lubu buluuu

    nice?..hope next partves reethivaane kamah..plx update it soon..

    1. Lamya
      lubu buluuu

      thank you… yah insha allah vrh avahah up kohdheynan

  4. Manje

    kanu loabi .. obi name eh … hadi anhen kuhjaku reethi firiheneh dheke loabi vevihjaamun gaimuvex e ee kanu loabi .. keep goin

    1. Lamya
      Manje

      thank you… and thi dhin hiyaalah vx thank you 🙂

  5. Shin

    Nice

  6. Shhhhhiffff

    Umeedhu kuran medhu nukendi genesdheyne kamah, mihaaru 24 gadi irun 1 vahaka kiriya mi situn genes dheveny, v foohi mihaaru esfiya.

    1. Lamya
      Shhhhhiffff

      insha allah medhu nukendi genes dheynan

  7. KIYUN THERIYAA

    VAAHAKA LIYAN VES BEYNUN EKAMU LIYAA VAAHAKA KURU. LIYANYAA LIYEBA KIYUN THERIN KIYAAA HIYYVAANE GOTHA VAAHAKA DHIGUKOH

    1. Lamya
      KIYUN THERIYAA

      next part dhigu waane insha allah

  8. Drazzly..

    Dhen e miihakah liyevey varakun dhw liyeveyni.. Dhen thy hurihaa ahga nuthalhu vaa kiyun therin hinhama jehey gothah thymiihun liyan v nu dhw ? ?

    1. Lamya
      Drazzly..

      yah dhw thank yuh

  9. Appy

    Nice starting

    1. Lamya
      Appy

      thankxx

  10. purplish

    asluves dhuvaalakun 1 vaahaka
    this is too much
    mi site miahvure rangalhu kureveyne dhw
    15 varakah vaahaka liyamun gendhaa iru 1 dhuvahu vaahaka eh v ma kiyaa hitheh nuvaane dhw

    1. Lamya
      purplish

      thedhu vaahaka eh lamya balaanan mi vaahaka miah vure rangalhah kiyun therin beynunvaa gotha genes dheveythw

  11. naju

    Heekuran vaahaka nimendhn genes deyne kama nys story

  12. Anonymous

    Konme vaahaka en ves furathama kolhu varan avahan up vaane dhen dhaanee lasvamun ehen ve varan foohi

  13. Rish

    haadha kurey….

  14. mentol

    story is nice but short

Comments are closed.