Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު ނޭވާ ލަމުންވެސް…. 1 ވަނަ ބައި

Hoody Level 310 Stories100 Comments
July 18, 2016 6 Mins Read
33 Comments

ނިތްކުރިމަތިން ހިއްލާފައިހުރި ދާތިކިތައް އަތުގެ ނުފުށުން ފުހެލުމަށްފަހު އަނެއްކާވެސް ނާހިދާ ތަށި ދޮންނަން ފެށިއެވެ. ހުޅުވާފައިހުރި ކުޑަދޮރުން ފެންނަމުންދިޔައީ މާލޭގެ ބުރިބުރިއަށް ނަގާފައިވާ އުސް އިމާރާތްތަކެވެ. މެންދުރު ނަމާދުގެ ބަންގި ގޮވިތާ އަދި މާގިނައިރެެއް ނުވެއެވެ. ނަމަވެސް މަގުމަތިން އަދިވެސް ވެހިކަލްތަކުގެ އަޑު ކަނޑައިގެން ނުދެއެވެ. އެ މަސްހުނި އަޑުތަކުގެ ތެރެއިން ކުއްލިއަކަށް އިވެންފެށީ ޕޮލިސް ޖިޕެއްގެ ސައިރަންގެ އަޑެވެ.

ނާހިދާ ވިސްނާލިއެވެ. އެ ސައިރަންގެ އަޑަކީ މިހާރު މާލެއަށް އާންމު އަޑަކަށް ވެއްޖެއެވެ. އެ އަޑު ނީވޭ ދުވަހެއް މިހާރު ނުދެއެވެ. ޒުވާނުންތައް ހޭބޯނެތިގެން ތެޅިބާލަންޏާ ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ ޕެކެޓްތަކުގެ މަސްތުގައި ޖެހި ހޭބަލިވެގެން މީހުންގެ ފުރާނަތައް ކޮށާ ބާލަމުން އެ ދުވަނީ އެއްވެސް ބިރެއް ނެތިއެވެ. ބަނގުރަލުގެ އަވައިގާޖެހި، ރަން ދުނިޔެއެއްގައި ވަގުތުތައް ވޭތުކުރަމުން އެދަނީ ފާރުތަކުގެ ބުޑަށް ބިއްޖެހިގެން ތިބެއެވެ. އަދުގެ ޒުވާނުންގެ ހާލަތާ މެދު ޒިންމާ ނަގަން ޖެހޭނީ ކޮންބައެއް ބާއެވެ؟ ވީދި ހަސްފަސް ނެތެމުންމިދާ މުޖުތަމައުގެ ފޭރާމުގެ އިނގިލިތައް އަމާޒުވެފައިވަނީ ބެލެނިވެރިންނާ ދިމާއަށެވެ. ހަޤީގަތުގައިވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ބެލެނިވެރިންބާއެވެ؟ ނާހިދާގެ ހިތުގައި އުފެދުނު މި ސުވާލަށް ދޭނަ ޖަވާބެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.  ބެލެނިވެރިންގެ ބޮލުގައި މި ފަދަ ބޮޑު އިލްޒާމެއް އަޅުވާއިރު، ނާހިދާމެން ފަދަ މައިން، ދަރިން ތަރުބިއްޔަތު ކުރުމަށް އުޅުނު ހާލު ދެނެވޮޑިގެން ވާނީ ﷲ އެވެ.

ނާހިދާގެ ފިރިމީހާއަކީ ބޮޑު ވިޔަފާރިވެރިއެކެވެ. އުމުރުން 40 އަހަރު ފުރުނުއިރު 18 އަހަރުގެ އަންހެން ކުއްޖެއް ނާހިދާގެ ހުރެއެވެ. ދިރިއުޅުމަކީ ފިނިފެންމަލުގެ ދާނެއް ނޫންކަން އޭނާއަށް މި އެނގުނީ އަދިކިރިޔާއެވެ. ލާރިޔާއި މުދަލުގެ ދަތިކަމެއް އޭނާގެ ދިރިއުޅުމަކު ނުވެއެވެ. ވީއިރު މައްސަލައަކީ ކޮބައިބާއެވެ؟

ނާހިދާގެ އަންހެން ދަރިފުޅު، އައިނާން ތަރުބިއްޔަތު ކުރުމަށްޓަކައި އޭނާ އުޅުނު ހާލު އެނގޭނީ އޭނާފަދަ މަޔަކަށެވެ. ކުޑައިރު ދަރިފުޅު ހުންނަލެއް ލޯބިކަމުން ނާހިދާ ހީކުރީ އައިނާނަކީ ވަރަށް ބަސްއަހާ ކުއްޖަކަށް ވާނެ ކަމަށެވެ. ނަމަވެސް އެހެންނެއް ނުވިއެވެ. ބޮޑުވަމުން އައިވަރަކަށް އޭނާގެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. ސުކޫލަށް ފޮނުވުމުން ކިޔަވާކަށް ނޫޅުނެވެ. ކިތަންމެ ބޭނުން ނުވިއަސް އައިނާން ވެސް ވެގެން ދިޔައީ މުޖުތަމަޢުގެ އެހެން ޒުވާނުން ފަދަ ޒުވާނަކަށެވެ. ބުރުގާ އަޅަން އެންގުމުން އެކަމަށް އިންކާރު ކުރިއެވެ. ލާ އުޅޭ ހެދުމުގެ ވައްޓަފާޅިއަކަށްވެސް ބަދަލެއް ނުގެނައެވެ. އެންމެ ފަހުން ފިރިހެން ކުދިންނާއެކު ބޭރަށްވެސް ދާން ފެށީއެވެ. މި ކަންކަމާއެކު ނާހިދާ ބޯގޮވިއެވެ. އޭނާ ދެކޭ ގޮތުގައި ހުރިހާވެސް މައްސަލަކީ އޭނާގެ ފިރިމީހާ އަދުނާނެވެ.

ކުޑައިރުވެސް އެއްޗެއް ބޭނުންވެގެން ހަމަ ރޮއެލާއިރަށް އެ އެއްޗެއް ހޯދައިދެއެވެ. ފުރާވަރަށް އަރައިގެން އައިރު، އަދުނާނުގެ ލާރީގެ ވިލާގަނޑު ސީދާ ވެފައިހުރީ އައިނާނާ ދިމާއަށެވެ. ވެހެމުންދިޔަ ލާރީގެ މަސްތުގައި އާވާރާވެގެން އައިނާން އުފާކުރަމުންދިޔައިރު، އެ ވިލާގަނޑުން އައިސްދާނެ ބާރުގަދަ ހޮނު ގުގުރީގެ އިންޒާރު ނާހިދާގެ ސިކުނޑިއަށް މާކުރިންވެސް ލިބުނެވެ. އަދުނާނުގެ ނިންމުންތަކާއި ނާހިދާ ދެކޮޅު ހެދީ އެހެންވެއެވެ. ނަމަވެސް އަދުނާނަށް އެ އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. ނަތީޖާއަކަށްވީ، އައިނާންގެ ދިރިއުޅުން، އޮއެ ގަދަ ކަނޑެއްގައި ބެހިގެން ދިއުމެވެ. އޮޔާއި ވަޔާއެކު އެއްވެސް މިސްރާބެއްނެތި ދަތުރުކުރަމުންދިޔަ އައިނާންގެ ހަޔާތުގެ ނިމުން އަންނާނީ ކިހިނަކުން ބާއެވެ؟ ނާހިދާގެ ހިތުގައި އުފެދެމުންދިޔަ ސުވާލަކީ އެއީއެވެ.

“ދަރިފުޅާ އައިނާން!” ޓިޝޫއަކުން އަތްފުހެމުން އައިސް ނާހިދާ ހުއްޓިލީ އައިނާންގެ ކޮޓަރީގެ ދޮރުކައިރީގައެވެ. “ދަރިފުޅާ ހޭލާކަށް ނުވޭތަ؟”

***

ކޮޓަރީގައި އެއްވެސް ތަރުތީބެއް ނެތެވެ. ކުލަ ކުލައިގެ ޓޮޕްކޮޅުތަކާއި ހެދުންތައް އެކި ދިމަ ދިމާއަށް އުކާފައި ހުއްޓެވެ. މުޅި ކޮޓަރިތެރެއަށް ފެތުރިފައިވާ އޭސީގެ ތެތްފިނިކަމާއި އެކުވެފައިވަނީ ސިނގިރޭޓުގެ ދުން ވަހެވެ. ސައިޑް ޓޭބަލް މަތީ ދެތިން ސިނގިރޭޓް ފިލްޓަރުބުރި އޮތެވެ.

އެނދުގައި ހުރަހަށް އޮށޯވެލައިގެން އޮތް އައިނާންއަށް ހޭލެވުނީ އޭނާގެ މަންމަ ނާހިދާ ގޮވާ އަޑަށެވެ. ގަދަ ކަމުން ކަހަލަ ގޮތަކަށް  ލޯހުޅުވާލުމަށްފަހު ގައިދަށުވެފައިވާ ފޯނަށް ބަލާލިއެވެ. ގަޑިން ވީވަރު ފެނުމާއެކު އޭނާ އަނެއްކާވެސް މޫނުމަތީ ބާލީސް އެޅުމަށްފަހު ނިދޭތޯ އުޅުނެވެ.

“އައިނާން ދެން ތެދުވަން އުޅޭ! އެއޮއް މެންދުރު ވަގުތު ފަހަނަ އަޅާ ދިޔައީ!” އަނެއްކާވެސް ނާހިދާގެ އަޑު އިވުނެވެ. މޫނުމަތިން ބާލީސް ނެގުމަށްފަހު އައިނާން އެނދުން ތެދުވެއްޖެއެވެ. ވާއަތުން ލޯ އުނގުޅަމުން އަނެއްއަތުން ބޯކަހަމުން ގޮސް އޭނާ ކުޑަކުޑޮށް ދޮރު ހުޅުވާލިއެވެ.

“ދަރިފުޅު ތިހާ ވަރަށް ނިދާކަށް ނުވާނެ! ދޭ އަވަހަށް ފެންވަރައިގެން ތައްޔާރު ވެލަން! އިރުކޮޅަކުން ބައްޕަވެސް އަންނާނެ!” 2 އިންޗިއަށް ހުޅުވިފައިހުރި ދޮރުން އައިނާންގެ މޫނު ނާހިދާއަށް ފެންނަން ހުރީ ވަރަށް ކުޑަކޮށެވެ. “ފަތިސް ނަމާދު…….”

“ހުމްމް!” އައިނާން ދޮރުލެއްޕީ ނާހިދާ ދައްކަމުންދިޔަ ވާހަކަ ރަނގަޅަށް ނުވެސް ނިމި އުޅެނިކޮށެވެ. ލެއްޕުނު ދޮރުފަތަށް ބަލަން އިރުކޮޅެއްވަންދެން ނާހިދާއަށް ހުރެވުނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑު ވުމުގެ އަސަރުތަކެވެ. އިންތިހާއަށް ލޯބިވާ ދަރިފުޅުގެ މުސްތަޤުބަލާ މެދު ނުވިސްނާ ހަމަ އެންމެ ސިކުންތެއްވެސް އޭނާއަކަށް ހޭދައެއް ނުކުރެވެއެވެ. އާނއެކެވެ. އެދަރިފުޅަށްޓަކައި އެތަކެއް ކުލަގަދަ ހުވަފެންތަކެއް ނާހިދާ ދުއްޓެވެ. އުންމީދީ އެތަކެއް ގަނޑުވަރުތަކެއް ބިނާކުރިއެވެ. އައިނާންގެ މިފަދަ އަމަލުތަކުގެ ސަބަބުން ނާހިދާގެ އުންމީދުތަކުގައި މިއަދު މިވަނީ ރެނދުލާފައެވެ. އެހެންނަމަވެސް ނާހިދާ ދުވަހަކުވެސް އުއްމީދު ގެއްލުވައެއްނުލައެވެ. އައިނާން ހަމަ މަގަށް އެޅުވުމަކީ އޭނާގެ އަޒުމެވެ. އެންމެ ފަހު ނޭވައި ލަމުންވެސް، އައިނާނަށްޓަކައި ފިދާވުމަށް އޭނާ އެހުރީ ތައްޔާރަށެވެ.

އާފުރިލުމަށްފަހު ލަސްހިނގުމެއްގައި އައިނާން ގޮސް ފާހާނައަށް ވަނެވެ. ބިލިގާއަކާއެއްކޮށް ހަދާފައިހުރި އެ ބޮޑު ފާހާނައިން ފެންނަމުންދަނީ ތަނަވަސް ކަމެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް އެ އާއިލާގެ ފެންވަރު ނުހަނު ސާފުކޮށް ރަމްޒުކޮށްދެއެވެ. ބިލިގާއަށް ފެން އަޅަން ޖެއްސުމަށްފަހު އައިނާން ގޮސް ހުއްޓިލީ މޫނުބަލާ ބިއްލޫރިގަނޑު ކައިރިއަށެވެ. ހިސާބަކަށް މެރިފައިވާ ދެލޮލުން އޭނާގެ ސޫރަ ފެންނަމުންދިޔައީ އެހާ ސާފުކޮށެއް ނޫނެވެ. ފަށުވި ފަތްތަކެއްފަދަ ފަން އިސްތަށިގަނޑުގެ އެކި ތަންތަންކޮޅު ވަނީ ހައިލައިޓް ކުރެވިފައެވެ. ރޭގައި ޕާޓީއަކަށް ދިއުމަށްޓަކައި ކުރި މޭކަޕްގެ އަސަރު ހުރުމުގެ ސަބަބުން އަދިވެސް އެމޫނުމަތީގެ ކުލަވަރު ރީތިވެފައި އޮމާނެވެ. ނަމަވެސް ލޮލުގެ ވަށައިގެން ފަވާލެވިފައިވާ އަނދުން ކޮންމެވެސް ވަރަށް ލޮލުގެ ތިރީބަޔަށް ފޭދިފައި ހުއްޓެވެ.

ލާފައި ހުރި އަތްކުރު ޓީޝާޓް ކޮޅާއި ކުރު ސޯޓު ބުރި ބޭލުމަށްފަހު އައިނާން އައިސް މަޑުމަޑުން ބިލިގާއަށް އެރުނެވެ. ގަނޑުފެން ގަނޑެއްފަދަ އެ ފިނި ފިނި ފެނުގެ ތެރެއަށް އޭނާގެ ތުނި ހަށިގަނޑު ވަދެގެެން ދިއުމާއެކު ހީވީ ނާރުތަކުގެތެރޭ ބާރުގަދަ ތޫފާނެއް އުފައްދާލިހެންނެވެ. ފައިން ފަށައިގެން އަރަައިގެން އައި ފިނިގަނޑު މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައިރު ކޮޅަށް ނުޖެހޭ އެންމެ އިސްތައްޓެއްވެސް އެ ހަށިގަނޑުގައި ނެތެވެ. ދެލޯ މަރާލެވުނީ އިހުސާސްކުރެވުނު އަރާމެއްގެ ފޮނިކަމުންނެވެ. ފެންގަނޑުގެ ތެރޭ އޭނާގެ ހަށިގަނޑު ހަމައަކަށް އެޅިލުމާއެކު އޭނާ މަޑުމަޑުން ހަމަޖެހިލިއެވެ.

ދެލޯ މަރާލައިގެން އޮތް އައިނާންގެ ތުންފަތަށް ވެރިވެފައިވަނީ ހިތްގައިމު ހިނިތުންވުމެކެވެ. އޭނާގެ ސިކުނޑިތެރޭ އެވަގުތު ކުރެހެމުންދިޔައީ ރޭގެ ހާދިސާތަކެވެ. ރޭގެ ޑީޖޭ ޕާޓީގެ ހަނދާން ތަކަކީ ދުވަހަކުވެސް އޭނާގެ ހިތަކުން ފިލައިގެން ދާނޭ ހަނދާންތަކެއް ހެންނެއް ހިޔެއް ނުވެއެވެ.

އަވަސް އަވަހަށް ބަދަލުވަމުންދިޔަ ތަފާތު ކުލަތަކުން މުޅި ސަރަހައްދު ހަލަބޮލި ކުރަމުންދިޔައިރު ޖަހާފައިހުރި އަވަސް މިއުޒިކާ އެއްވަރަށް ޖޯޑުތައް ހޭލަ މޭލަ ވަމުންދިޔައެވެ. އަތުގައި ހުރި ވައިން ތަށިން ކޯވަރެއް ބޯލުމަށްފަހު އައިނާން އަނެއްކާވެސް ދެޖިންސު އެކުވެގެން ނަށަމުންދިޔަ ޖޯޑުތަކަށް ނަޒަރު ހުއްޓާލިއެވެ. ބާރ ކައިރީ ހުއްޓިލައިގެން ހުރިއިރު އޭނާގެ އެއް އަތުގައި ހުރީ ވައިން ތައްޓެކެވެ. އަނެއްއަތުގައި އޮތީ އެއްބައި ބޮއެފައިވާ ސިނގިރޭޓް ބުރިއެކެވެ. ލާފައި ހުރި ބާރު ހެދުމުގެ ސަބަބުން އޭނާގެ ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް ހުރީ ދިމާއަށް ފެންނާށެވެ. ހެދުމުގެ ކަރުބޮޑުކަމުން މޭމަތީގެ ބޮޑުބައެއް ވަނީ ކަޝްފުވެފައެވެ. އެއިރުވެސް އެތައް ފިރިހެނުންނެއްގެ ދަހިވެތި ލޯތަށް އޭނާއާ ދިމާއަށް ހުއްޓިފައި ވެއެވެ. ނަމަވެސް އެކަމާ އައިނާން ކަންބޮޑެއް ނުވެއެވެ.

“ޔޫ ލުކް އަމޭޒިން!!” އައިނާނަށް ސިހިފައި ބަލާލެވުނީ ވަރަށް ކައިރިން ފިރިހެނެއްގެ އަޑު އިވުމުންނެވެ. އެއިރު އޭނާއާއި ޖެހިފިތިގެން ކަހަލަ ގޮތަކަށް ފިރިހެނަކު ހުއްޓެވެ.

“ވަޓް؟؟” ޖަހާފައިހުރި މިއުޒިކުގެ ބާރުކަމުން އޭނާ ބުނި އެއްޗެއް އައިނާނަކަށް ނޭނގުނެވެ.

“ޔޫ ލުކް އަމޭޒިން!!” އައިނާންއާއި ގާތްވެލުމަށްފަހު ތަންކޮޅެއް ބާރަށް އެ މީހާ ބުނެލިއެވެ. އައިނާން ގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ. ތިރީ ތުންފަތުގައި ދަތްއަޅާލަމުން އޭނާ ވަރަށް ރަނގަޅަށް އެ މީހާގެ މޫނަށް ބަލާލިއެވެ. އެއިރު އެމީހާގެ ނަޒަރު ހުއްޓިފައިހުރީ ކުރިމަތީ ނަށަމުންދިޔަ ޖޯޑުތަކަށެވެ.

“ތެންކްސް!” ސީދާ އެ މީހާގެ މޫނަށް ބަލަން ހުރުމަށްފަހު އައިނާން ބުނެލިއެވެ. އެވަގުތު އޭނާވެސް އައިނާންގެ މޫނަށް ބަލާލިއެވެ. ހަތަރު ކަޅި ބައްދަލުވުމާއެކު އައިނާނަށް އިސް ޖަހާލެވުނެވެ.

“މަށަށް ކިޔަނީ މުފައްސިރު! އޯކޭ މުއްފު ކިޔަސް!” ސަލާން ކުރުމަށްޓަކައި މުފައްސިރު އަތް ދިއްކޮށްލިއެވެ. އެ އަތަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އައިނާން އޭނާގެ އަތުގައި ހުރި ވައިން ތަށި ބަރ މަތީ ބެހެއްޓިއެވެ. އަދި މުފައްސިރުގެ އަތުގެ ތެރެއަށް އޭނާގެ އަތް މަހާލަމުން ސަލާމް ކޮށްލިއެވެ.

“އައިނާން!”

“ކީކޭ؟؟” މުފައްސިރު އަނެއްކާވެސް ގާތްވެލިއެވެ. އެއާއެކު ބޭއިޚްތިޔާރުގައި އައިނާނަށް ފަހަތަށް ޖެހިލެވުނެވެ.

“އައިނާން!” ތަންކޮޅެއް ބާރަށް އައިނާން ބުނެލިއެވެ.

“އޯވް! ކިއުޓް ނޭމް!” އަތުގައި އޮތް ސިނގިރޭޓްބުރި ދަމާލުމަށްފަހު ދުންކޮޅު ނޭފަތުން ބޭރުކޮށްލަމުން މުފައްސިރު އައިނާންގެ ކަންފަތާއި ގާތްވެލިއެވެ.

“މަށާ އެކު ނަށާލަން ކެރިދާނެތަ؟”

“ޝުއަރ!” މުފައްސިރު ދިއްކޮށްލި އަތްމަތީ އޭނާގެ އަތް ބާވައްލާމުން އައިނާން ބުނެލިއެވެ. ސިނގިރޭޓް ބުރި އަޅިކެނޑިއަށް ޖަހާލުމަށްފަހު ދެމީހުން އެކީގައި ގޮސް ނަށަމުން ދިޔަ މީހުންތަކުގެ ތެރެއަށް ވަނެވެ.

ނެށުމުގެ ތެރެއިން މުފައްސިރު މަސައްކަތްކުރަމުންދިޔައީ އައިނާންގެ ހަށިގަނޑާ ގާތްވެވޭތޯއެވެ. އެކަން ނުހަނު ރަނގަޅަށް އޭނާ ކާމިޔާބު ކުރިވެސްމެއެވެ. އަވަސް އަރަކާތްތަކާއެކު އޭނާ އައިނާނާއި ގާތްވަމުންއައިސް އެންމެފަހުން އޭނާ ގެ ދެއަތް އައިނާންގެ ހަށިގަނޑު ވަށާލައިފިއެވެ. ނަމަވެސް ކަމެއް ވާހެންނެއްވެސް އައިނާނަކަށް ހިޔެއް ނުވެއެވެ. މުފައްސިރުގެ ކޮންމެ ހަރަކާތަށް އޭނާ މަރުޙަބާ ކިޔަމުންދިޔައީ އެއްވެސް ވިސްނުމަކާ ނުލައެވެ. ދެމީހުންގެ ހިތުގައި ރޯވަމުންދިޔަ ހުޅުގަނޑު ނިވިގެން ދިޔައިރު ވާންހުރި ހުރިހާ ކަމެއް ވެ ނިމިއްޖެއެވެ.

ބިލިގާ ތެރޭ އޮތް އައިނާނަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އެއިރުވެސް އޭނާ ތުންފަތަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. އަވަސް ވެފައިވާ ވިންދުތަކެއްގެ ސިފައިގާ ރޭގެ ހަނދާން ތައް އޭނާގެ ހިތުގައި ޖަހަމުންދިޔައެވެ. މުފައްސިރައް ޓަކައި އޭނާގެ ހިތުގައި ޖާގަ އުފެދިގެން ދިޔައިރު އޭނާ އަކީ ކޮންކަހަލަ މީހެއްތޯވެސް އައިނާން ވިސްނައެއް ނުލިއެވެ.

މިއީ އަދުގެ ހާލަތެވެ. މިހާރުގެ އަންހެން ކުދިންނަށް ކަމުދާނީ އެކަހަލަ ފިރިހެނުންނެވެ. އިސްތަށިގަނޑު ދިގުވެފައި ހަރުދަނާ ގޮތްގަނޑު ކުޑަ މީހުންނެވެ. އެއްވެސް ގޮތެއް ނެތިގެން “ދަމާ ކަނޑާ” މީހުންނެވެ. މުޖުތަމަޢުގެ ވިސްނުން މިހާ ދަށްވެގެން ދިޔައީ ކޮންއިރަކު ބާއެވެ؟ އަންހެން ކުއްޖެއްގެ އިއްފަތްތެރި ކަމަކީ ދިރިއުޅުން އުޖާލާ ކުރުމަށްޓަކައި އެންމެ އިސްރޯލެއް އަދާ ކުރާ އެއްކަމެވެ. ގެއްލިއްޖެ އިތްފަތްތެރިކަން އަނބުރާ ލިބުމަކީ ނުވާނޭ ކަމެކެވެ. ނަމަވެސް މިހާރު އެކަން ކުދިން ހަނދާނެއް ނުހުރެއެވެ. ނުވަތަ އެކުދިން ތަރުބިއްޔަތު ކުރުމުގައި، އިއްފަތްތެރިކަމުގެ މުހިންމުކަން ވިސްނައިދެވިފައި ނުވަނީއެވެ.

***

ނާހިދާ އަނެއްކާވެސް އައިސް ވަނީ ބަދިގެއަށެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލުމަށްފަހު މެންދުރުގެ ކެއުން މޭޒުމައްޗަށް ފަތުރާލިއެވެ. ތަށިތައް އަތުރާލުމަށްފަހު ޖޫސް ފުޅިނެގުމަށްޓަކައި ނާހިދާ ފްރިޖް ގެ ދޮރުފަތް ހުޅުވާލިއެވެ. އެވަގުތު އަދުނާނު ގެއަށް ވަން އަޑު އިވުނެވެ. ޖޫސް ފުޅި ހިފައިގެން ނާހިދާ ކާގެއިން ބޭރަށް ނުކުންއިރު އަދުނާން ޓައީ ދޫކުރަމުން އައިސް ސޯފާގައި ޖައްސާލަނީއެވެ.

“ނާހި! ފެންތައްޓެއް ގެނެސް ދީބަލަ!” އަދުނާނު ބުނި އަޑު އިވުނެވެ. ނާހިދާ ޖޫސް ފުޅި މޭޒުމަތީ ބެހެއްޓުމަށްފަހު ފްރިޖުން ފެން ފުޅިއެއް ނަގައިގެން އައިސް އަދުނާނު ކައިރީ ސޯފާގައި ޖައްސާލިއެވެ.

“ދެން ވެއްޖެ އެއްނު އަދުނާނުވެސް ތި ވިޔަފާރި ހިންގުމަށް މީހަކާ ހަވާލުކޮށްފައި ގޭގައި މަޑުކުރަން!” އަދުނާނުގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު ނާހިދާ ވާހަކަދެއްކިއެވެ.

“ތީ ނުވާނެ ކަމެއްކަން ނާހިއަށް ހަމަރަނގަޅަށް އެނގޭނެ!” ފެންފުޅިން ކޯވަރެއް އަނގައަށް އޮއްސާލުމަށްފަހު އަދުނާން ފެންފުޅި ކުރިމަތީހުރި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ. “މިހާރު އިތުބާރު ކުރެވޭ ކަހަލަ މީހަކު ނުހުރޭ ވިއްޔަ! އެހެންވެ ވިޔަފާރި އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށް ނުލެވިގެން މިއުޅެނީ!”

“އެކަމަކު އަދުނާނު މިހާރު ތިޔަ އުޅޭގޮތުން އަހަރެން ނިކަން ކަންބޮޑު ވޭ! ހެންދުނު ހޭލާގޮތަށް އޮފީހަށް ދާމީހާ ތިއަންނަނީ އިރުއޮއްސޭފަހުން ވިއްޔަ! ނަސީބެއް މެންދުރުފަހުން ބްރޭކަށް އަންނަކަންވެސް!” ނާހިދާ ފެންފުޅި ހިފައިގެން ބަދިގެއާ ދިމާއަށް ހިނގައިިގަތެވެ. “ދެންވެސް އާދޭ އަވަހަށް ކާން!”

އަދުނާން ނާހިދާގެ ފަހަތުން ކަހަލަ ގޮތަކަށް ބަދިގެއަށް ވަނެވެ. އެވަގުތު ކައްކާފައިވާ އެއްޗެހީގެ މީރުވަހުން އަދުނާނުގެ ބަނޑު ފުރި އަރައިގެން ދިޔަކަހަލައެވެ. އަތް ދޮވެލައިގެން އައިސް އޭނާ މޭޒުދޮށުގައި އިށީނެވެ.

“އައިން އަދިވެސް ނުހޭލަ؟؟” ތައްޓަށް ފްރައިޑް ރައިސް އަޅައިދޭން ހުރި ނާހިދާގެ މޫނަށް އަދުނާން ބަލާލިއެވެ. އެއާއެކު ނާހިދާ ދެލޯހަނިކޮށްލިއެވެ.

“ތިޔަހެން އަހާއިރުވެސް އަދުނާނަށް އެނގޭނެ އެ މަންޖެ އެ އުޅޭ ގޮތް!” ތަށި އަދުނާނު ގާތަށް ޖައްސާލުމަށްފަހު ފުންނޭވައެއް ބޭރުކޮށްލަމުން ނާހިދާ ގޮނޑީގައި ޖައްސާލިއެވެ. “ރޭގަވެސް ނޭނގެ ގެއަށް އައި އިރެއްވެސް! ހަމަ ހުވާ މިބުނީ އަހަރެން ހާދަހާ ކަންބޮޑެއް ވެޔޭ އެ ކުއްޖާ އެ އުޅޭ ގޮތަކުން!”

“ނާހި ކަންބޮޑު ނުވެބަލަ! އެއީ ކުޑަކުއްޖެއް ނޫނޭ! އޭނާއަށްވެސް އެނގޭނެ އެންނު އުޅެންވީ ގޮތް! އެހެން ނޫނަސް އެއީ މަޖާ ކުރަންވީ އުމުރޭ! އެވަރު ކުދިން ގޭގައި ތާށިވެގެން ތިބެން ވީމަ ނިކަން ފޫހި ވާނެ!” އަދުނާނު ކެއުމައިގެން މަސްޢޫލުވި ވަގުތު އޭނާގެ ފޯން ވައިބްރޭޓް ވާން ފެށިއެވެ. ފޯނުގެ ސްކްރީން ފެނުމާއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު ނުހަނު ގާތުން ނާހިދާ ދުއްޓެވެ.

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

މަންޝާ (ތިރީސްވަނަ ބައި)

Next

ހިމާޔަތް

Next
July 18, 2016

ހިމާޔަތް

Previews
July 17, 2016

މަންޝާ (ތިރީސްވަނަ ބައި)

33 Comments!

  1. Hoody says:
    July 18, 2016 at 2:11 pm

    Hey everyone!!! zamaan ganda kah fahu anekkaavex aadhevijje!!! Sorry ehaa bodah las veema!! exam thah nimendhen madukuryma las vee!!! 🙂
    Ummeedhu kuran mi story vex kiyuntherinnah kamudhaane kamah!
    mi vaahaka Upload vaanee komme hafthaa aku 3 dhuvahu, In Sha Allah!! 🙂

  2. aff says:
    July 18, 2016 at 2:14 pm

    oh hoody ur back .. am sooo Happi☺☺☺☺ .. All The Best Hoody

  3. The Arrow says:
    July 18, 2016 at 2:37 pm

    vvvv REETHI… Ummeedh kuranee nxt part vx Reethi vaane kama…??.

  4. shaayal says:
    July 18, 2016 at 2:38 pm

    hoody ee ah heevani mi stry ves v salhi vaane hen..nd plx hoody stry ge firihen kuhjayah v mihaar ge name eh beynukurahche..eyrun stry bodah reethi vefa kiya hiy vaaniii…..plxx igey…like rafaal xavkaan…hehe. hama buneli kiyashekey noon vaki mi bunee……btw gud luck

  5. Saajidh says:
    July 18, 2016 at 2:40 pm

    WOW… V reethi… mi vaahaka feshifa in gothun heevey kuriah huri baithahves v reethi vaanehen… next part ah eba v inthizaaru kurevey… mi vaahaka up kurany kon 3 dhuvahakutha??

  6. flwr says:
    July 18, 2016 at 2:41 pm

    alhey im so happy that u r back hoody… but I cant read this story cox name un vvv hycey sad ending eh hen .. I cant control my emotions. . sorrry hoody.. but I will read it when im ready.. soooo sorry.. actually the problem is now esfiya ah up kuraa hurihaa vaahaka ehga sad ending… but I hope this stry have a happy ending..

    1. flwr says:
      July 18, 2016 at 2:43 pm

      in * hyvey*

    2. Hoody says:
      July 18, 2016 at 8:14 pm

      Flwr!! mi storyge ending ehaa sad eh nuvaane!!! ehnveema kiyaalaane kamah ummeedhu kuran!! 😀

    3. flwr says:
      July 18, 2016 at 8:49 pm

      okay I will read … 🙂 asluvess hoody mihaathana liyunu stry tha vvvv reeethi … ♥
      im one of ur fannn

  7. pinkish says:
    July 18, 2016 at 2:48 pm

    Oh hoody, varah reethi vaanehen heevanee, and v ufaavejje hoody aeema

  8. Zaa says:
    July 18, 2016 at 3:27 pm

    Yayyyy…. finally hoody appeared… mivaahaka varah reethi vaane kamah ummeedhu kuran.. waiting for the next part… miss u hoodh??

  9. Crazi says:
    July 18, 2016 at 4:03 pm

    Wow……crazi was waiting for ur story…but enmeh 3 day..varh foohu..but happy vehje…mihar miliyaa myhun ehves ithubaareh nei..vahaka liyaane vahki hisaabun gehlenee.aslu admin ves vehje miyah hale hodhan….

  10. Axu says:
    July 18, 2016 at 4:11 pm

    Vrh nice hen hyvey mi story…loved it
    Waiting 4 the next part

  11. Hoody says:
    July 18, 2016 at 6:10 pm

    Thnakyu guys! next part vex varah avahah upload kureveythoa masahkai kuraanan!! 🙂

  12. ifaa says:
    July 18, 2016 at 6:14 pm

    wow vvvv reethi feshun ummeedhu kuran kuriyah huri part thah vx reethi vaane kamah.

  13. nukko says:
    July 18, 2016 at 6:14 pm

    Omg omg hoody is bak yayy..? I was waitin fr this storyy.. Mi bai vs habbu masha allah.. … Waitin fr the nxt part.. Avahah up kohdhechey.. Nd im sure mi stry vs ehn stry thah hen hama rythi vaane kann.. Gud luckk.. Nd keep the gudwrk up ?

  14. Xeethu says:
    July 18, 2016 at 6:31 pm

    Hoody ge vaahaka akah varah inthixaaru kohggen huttaa mi libuny kiyaalan… reethi vaane hen varah heevey…. .. 🙂

  15. Faathee says:
    July 18, 2016 at 8:11 pm

    Hoody ge vaahaka eh adhi mi kiyaalee alah. V reethi vaane hen heevanee. Mi story ge feshun v salhi. Baraabarah up kuraane kama ummeedhu kuran. Baeh kiyun therin eba thibi vaahakaa ge first part up kuri gotha bahabaru vefa. Ehen nuvaane kama heekuran ☺

    1. Faathee says:
      July 18, 2016 at 8:13 pm

      I mean baeh liyun therin*** sorry for the spelling mistake

  16. Ainaan says:
    July 18, 2016 at 8:22 pm

    Salhi feshumeh.. hoody ge enme salhi thankolhakee gavaidhun up kurun.. n hus vs thedhu vaahaka miothee.. huri hithaama eh ge bodukamaa eve..

  17. Aphy says:
    July 18, 2016 at 8:23 pm

    Hi,hoody ge vaahakaeh kiyaali furathama faharumee,v nice..nxt part ah waitting ga hama..v reethi vaahaka akah vaanehen heevey…

  18. Asurumaa says:
    July 18, 2016 at 8:33 pm

    Buddy its just awesome!!cool?
    Avahah next part upkohlaa eyrun comment eh kureveynyves

  19. MIzna says:
    July 18, 2016 at 9:21 pm

    Hooooooooooooodddss.. Finally.. Awsm ingey..

  20. vily says:
    July 18, 2016 at 10:24 pm

    Hood. .. am so happy
    after a long time got a chance to read ure story
    plssss up load soooon

  21. Anonymous says:
    July 18, 2016 at 11:21 pm

    ==Tinkerbell==
    Heekury hoodh ge vaahaka eh dhn nufennaane kamah…hoodh ge habareh nuvyma….heekury hoodh ah kameh vy kamah?..finally u r back…v ufaa vehje hoodh ge vaahaka eh kiyaalan libunyma??…mi vaahakaige feshun maashaa allah v v v reethi…waiting 4 the nxt prt

  22. ???????????☀???⛄ says:
    July 19, 2016 at 9:10 am

    Dhonkalo aeetha? Ma ufalun hehehe 😀 ? kalhu finifenmaa nimumaaeku Hoody wes gehlluneema v baarah rovunu ? ekamaku enburi aeema ufalun ulhewey noolhewey goiywes neynge
    ☺?????

  23. rosy says:
    July 19, 2016 at 4:37 pm

    VVVVVV lobi

  24. Hoody says:
    July 21, 2016 at 6:49 am

    Oh plz! 🙂 Mi storyga bodah amaazu koffa onnaany anhen kudhinge iffai theri kamuge muhimmu kamah! eyge maana aky firihenunge iffaitheri kamaky muhimmu ehcheh noonekey noon! Firihenun ekan kuranyaa eiy massalaeh noon kamakah mi story ga evves varakah bunefaeh nuvaane!! But anyway, thanks a lot! 🙂 😀

  25. Hoody says:
    July 21, 2016 at 6:50 am

    Thankx All!!! 😀

  26. Oh plz says:
    July 21, 2016 at 4:08 pm

    Dhiriulhun ujaalaa kuran ei enme muhimnu ehchaki ANHEN kuhjehge iffaiy theri kan.. mihen bunefa othy keeve ehen viyya??

    1. sofie says:
      July 21, 2016 at 4:33 pm

      Ekamakuvaa oh plz… Rangalhah kiyaabala… Iffaiy theri kamaky anhen kujjehge dhiri ulhun ujaalaa kurumah emme is role eh adhaa kuraa EHKANTHAH mihen liyefa othy… Eyge maana aky ehn kanthah thavex himeneyey…

  27. Oh plz (real) says:
    July 21, 2016 at 7:58 pm

    Public comment kureven othyma comment kuri konmehen writer aa dhimaalah ehchekey kiyaakah noon plus ehen meehuna behey kameh noon ei. K thanks bye

  28. virushaan says:
    August 3, 2016 at 9:55 am

    Idont know what happen this stories

Comments are closed.


All Right Reserved!