އޭގެ ހަފްތާއެއް ފަހުން އަމީން އާ ލައިލާގެ ކައިވެނި ކުޑަ ގޮތަކަށް ކުރެވިގެން ދިއައެވެ. މި ހުރިހާ ކަމެއް ވެގެން ދިޔަ އިރުވެސް މޫސަ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ހިނިތުންވެފައިވާ މޫނެއް ދައްކައިގެން ކައިވެނީގެ ހުރިހާ ކަމެއްގައި ވެސް އަމީން އުޅެމުން ގެންދިއައީތީއެވެ. އޭނާ އެވަގުތު ހަމަ އަސްލުވެސް އަމީން ބަދަލުވެއްޖެ ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. އަދި ލައިލާ އެއްކޮށް ރަނގަޅުވަންދެން ފަރުވާ ކުރުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ނިންމިއެވެ. ކައިވެނިކުރިތާ ދެދުވަސް ފަހުން އަމީން ލައިލާ އާއި ޚާލިދު ގޮވައިގެން ފުރީ މެލޭޝިޔާއަށެވެ. އެތަނުގައި 8އަހަރު ދުވަސް ވަންދެން ފަރުވާ ކުރަން ތިބުމަށްފަހު އެމީހުން މާލެ އައީ ލައިލާ ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅުވުމުންނެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ އަމީންގެ ލޯތްބާއި އޯގާތެރިކަން ލައިލާއަށް ލިބުމެވެ. ޚާލިދުވެސް އަމީން ލައިލާ އާ ދޭތެރޭ ކަންތައްކުރާ ލޯބިވެތި ގޮތް ފެނި ޚާލިދުގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ އާދެއެވެ. އޭނާގެ ދަރިފުޅު ހާލުގައި ޖެހުނު ދުވަހު އޯގާތެރިވެ އަޅާލާނެ ކަހަލަ ފިރިއެއް ލިބުން އޭނާ އެކަމާ މާތް ރަސްކަލާންގެ އަށް ޝުކުރު ދަންނަވައެވެ. މާލެ އައުމަށްފަހު ވެސް ހަފްތާ އަކު އެއްފަހަރު ލައިލާއަށް ސައިކޭޓްރިސްޓެއްގެ އެހީ ބޭނުންވެއެވެ.

#

އަމީން ގެ ވާހަކަ ނިމުން އިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ޝިކާގެ ހިތަށް ވެސް ވަރަށް އަސަރު ކުރި ނަމަވެސް މޫނުމަތިން އޭނާ އެކަމެއް ނުދައްކައެވެ. އޭނާއަށް ކިޔަވައިދިން ޕްރޮފެސަރ ވަނީ ސައިކޭޓްރިސްޓުންނަކީ ވަރަށް ކެއްތެރި ބަޔަކަށް ވާން ޖެހޭނެ ކަމަށް ބުނެދީފައެވެ. ޖަޕާނުގައި ހުރި އިރު ވެސް ތަފާތު މީހުންނަށް ދިމާވެފައިވާ މައްސަލަތައް ޝިކާ ވަނީ އަޑުއަހާފައެވެ. އެހެންކަމުން މިފަދަ ހިތާމަވެރި ވާހަކަތަކަށް އޭނާ ވަނީ ހޭނިފައެވެ.

“އަމީން ދެރަނުވޭ… އިރާދަކުރެއްވިއްޔާ ލައި އެއްކޮށް ރަނގަޅުވާނެ….” ޝިކާ އަމީންއަށް ހިނިތުންވެލަމުން ބުނެލިއެވެ. އަދި ލައިލާ ގެނެސް ކައިރީގައި ބައިންދައިގެން އޭނާގެ ޚާއްސަ އުކުޅު ބޭނުންކޮށްގެން ތަފާތު ސުވާލުތަށް ކުރަން ފެށީ ލައިލާގެ ހާލަތު އިތުރަށް ދެނެގަތުމަށެވެ.

*****

ކްލިނިކް ނިމޭ ގަޑިއަށް އަހުސަން އޭނާގެ ސައިކަލުގައި ޝިކާ ބަލާ އައެވެ. އޭރު އަމީން އާ ދިމާވުމުން ޝިކާގެ ސިކުނޑިން މަންމަމެން ދެއްކި ކައިވެނީގެ ވާހަކަ ހަނދާންނެތިފައިވާ ކަހަލައެވެ. ސައިކަލު ދުއްވަމުން ދިޔަ ވަގުތު މިޔަދު ދިމާވި ހުރިހާ ވާހަކައެއް ކަހަލަ ގޮތަކަށް އޭނާ އަހުސަންއަށް ކިޔައިދެމުން ގެންދިއައެވެ. ޝިކާ އެހާ ހިތްހަމަޖެހިފައި ހުރީތީ އަހުސަން ވެސް ހުރީ އުފާވެފައެވެ. އަހުސަން ޝިކާ ގޮވައިގެން މިސްރާބު ޖެހީ “ގްރީން ބަބުލް ކެފޭ އެންޑް ރެސްޓޯރެންޓް” އާ ދިމާއަށެވެ. އޭނާ ބޭނުންވީ ޝިކާއަށް ޖޮބް ލިބުމުން އޭނާއަށް ޓްރީޓެއް ދޭށެވެ.

“ގްރީން ބަބުލް ކެފޭ އެންޑް ރެސްޓޯރެންޓް…” އެތަނުގެ ކުރިމައްޗަށް ސައިކަލު ހުއްޓާލުމާއެކީ ޝިކާ ނަންބޯޑު ކިޔާލިއެވެ. “އާނ…. މީ އެއްކަލަ ގްރީން ބަބުލް ބްރާންޗް އިން ހިންގާ ތަނެއްދޯ؟” ޝިކާ ސައިކަލުން ފައިބަމުން އަހުސަން ގާތު އަހާލިއެވެ. އަހުސަން ހޫ އެކޭ ބުނުމުން ޝިކާ ތުން އަނބުރާލިއެވެ.

“އަހޫ ކީއްވެތަ މިވަރަކަށް ގްރީން ބަބުލް އަކާ އަޅައިގަނެގެން ތި އުޅެނީ؟” ޝިކާ ތުން ދަމާލާފައި އެހެން ބުނެލި ގޮތުން އަހުސަން ގާތަށް ހިނިއައެވެ.

“ދެން ޝިކް ނާންނަ ތަނެއްވީމަ ދައްކާލާށޭ މިގެނައީ… ސާބަސް…” އަހުސަން ޝިކާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “މިތަން ވަރަށް ސަޅި ވާނެ..”

އަހުސަން އެހެން ބުނުމުން ޝިކާ ވެސް އެތަނުގެ އެތެރެ ބަލައިލަން ބޭނުންވިއެވެ. ދެމީހުން އެކީގައި އެތަަނަށް ވަދެވުމާއެކު ޝިކާ ފުންނޭވައެއް ދޫކޮށްލިއެވެ. އޭސީގެ ފިނި ވައިން އޭނާ ހަށިފުރާ ނޭވާއެއް ލީހިނދު މުޅި ސިކުނޑި ތާޒާ ވެގެން ދިޔަހެން ހީވިއެވެ. ސްޓޯބެރީ އެއާ ފްރެޝްނާ ގެ ވަސް މުޅި ތާންގައި ހިފާލާފައި ވީހިނދު މަޑު މިޔުޒިކެއް ވެސް އަޑު އިވެމުން ދިއައެވެ. އަތުރާފައި ހުރި ރިހި ކުލައިގެ މޭޒުތަކުންނާއި އަޅާފައިވާ ރަތް ކާޕެޓްގެ ސަބަބުން އެތަން ފެންނަނީ ވަރަށް ވެސް ޝާހިީ ގޮތަކަށެވެ. ޝިކާ އަހުސަންއާ އެކު ގޮސް އިށީނީ ކަނެއްގައި ހުރި ދެމީހުންނަށް އިނދެވޭ ކަހަލަ މޭޒެއްގައެވެ. އަހުސަން ޝިކާ ގާތު ކޯއްޗެއްތޯ ބޭނުމީ އެހުމުން ޝިކާ ވަރަށް ވިސްނާލާފައި ބުނީ އައިސްކްރީމެއް ކަމުގައެވެ. ވެއިޓަރަށް އޯޑަރު ދިނުމަށްފަހު ދެމީހުން ތަފާތު ވާހަކައިގެ ތެރެއަށް ގެނބިގެން ދިއައެވެ. އަހުސަން ކައިވެނީގެ ވާހަކަ އެވަގުތު ނޭހި ކަމީ އޭނާގެ ނަސީބެވެ. އެހެން ނޫންނަމަ މުޅި މީހާގެ މޫޑު ޚަރާބުވާނެއެވެ.

އަހުސަންއާ ވާހަކަ ދައްކަން އިން ޝިކާއަށް އެއްލިކަޅިއަކުން ފެނުނީ ރެސްޓޯރެންޓް ގެ ބޭރު ދޮރުން ވަދެގެން އައި މީހާއެވެ. އެމީހާ ފެނި އޭނާ އަހުސަންއާ ދައްކަން އިން ވާހަކަ ވެސް ހަނދާން ނެތުނު ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން އޭނާއަށް އެދިމާ ބަލަން ހުރެވުނެވެ. އަހުސަން ގޮވާ ގޮވާ ވެސް އަޅާނުލުމުން އޭނާ ފަހަތް ބަލާ ހޯދާލީ ޝިކާ މާ ވަރަކަށް މި ބަލަނީ ކޯއްޗެއްތޯ ބަލާލުމުގެ ނިޔަތުގައެވެ. އޭރު އޭނާއަށް ފެނުނު މީހާ އެއީ ކުރިންވެސް ކޮންމެވެސް ތަނަކުން ފެނުނު މީހެއްކަން ހީވިއެވެ. ދެތިން މީހުންނާ އެކު އެމީހާ ގޮސް ވަރަށް ޝާހީ ވައްތަރު ޖަހާ މޭޒެއް ގާތު އިށީންތަން ފެނުނެވެ. ރަނގަޅަށް ވިސްނާލުމުން އެއީ ކުރިން ދުވަހު ޝޮޕިންގްމޯލް ތެރެއިން ފެނުނު މީހާކަން ހަނދާންވިއެވެ. އެނބުރި ޝިކާއާ ދިމާއަށް ބަލާލިއިރު އޭނާ އަދިވެސް އިނީ އެދިމާއަށް ބަލަހައްޓައިގެންނެވެ.

އަނެއްކާވެސް އަހުސަންއާ އެކީ ހޭދަކޮށްލެވޭ ވަގުތުކޮޅެއްގައި ތާމިން ފެނުމުން ޝިކާގެ ތަބީއަތް ވަނީ ގޯސްވެފައެވެ. އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ރޮނގަކަށް ކަރުނަތަށް އޮހިގަތެވެ. އެ ދޮންމޫނުން ދާތިކިތަށް ވިދަން ފެށިއެވެ. އެއީ ކީއްވެ ވާގޮތެއްކަން ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އަހުސަން ހައިރާންވެފައި ޝިކާއަށް ބަލަމުން ގެންދިއައެވެ. އެމީހާ ފެނުމުން ޝިކާއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ އޭނަ އާ ޝިކާއާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟

“ޝިކް… ޔޫ އާ ނޮޓް އޯކޭ… ކިހިނެއް ވީތަ؟” އަހުސަން ލޯތްބާއި އޯގާތެރި ކަމާއެކު ޝިކާގެ އަތުގައި ހިފާލަމުން އަހާލިއެވެ.

“ކަ…މެއް ނުވޭ…. ބޮލުގަ ރިއްސަނީ… ގެއަށް ދާން…” ޝިކާ އަހުސަންއަށް ބަލާލަމުން އުނދަގުލާއެކު އެހެން ބުނެލިއެވެ. އޭރު ވެއިޓަރު ކާއެއްޗެހި ގެންނަނީއެވެ. ޝިކާ އެހަދަނީ ދޮގުކަން އެނގޭހިނދުވެސް ރުފިޔާ ދައްކާލަމުން އިތުރު ސުވާލެއް ނުކޮށް އޭނާ ޝިކާ ގޮވައިގެން ބޭރަށް ދާން ހިނގައިގަތީ ޝިކާގެ ހާލަތު ރަނގަޅު ނޫންކަން އެނގުމުންނެވެ. ނަމަވެސް އޭނާ ހުރީ ފަހުން ނަމަވެސް އެމީހަކީ ކާކުތޯ ހޯދުމަށް ޢަޒުމްކަނޑައަޅައިގެންނެވެ.

ބިޒްނަސްގެ ވަރަށް ގާތް ރަހުމަތްތެރިންތަކަކާ އެކު ކޮފީއަކަށް އައި ތާމިން އަށް އަހުސަން އޭނާގެ ގައިގައި ލައްކޮށްލައިގެން ބޭރަށް ގެންދިޔަ ޝިކާ ރަނގަޅަށް ވެސް ފެނުނެވެ. ކިތަންމެ ވަރަކަށް އިސްޖަހައިގެން މޫނު ފޮރުވަން އުޅުނު ނަމަވެސް ތާމިން އަށް އެއީ ޝިކާ ކަން ރަނގަޅަށް ވެސް ފާހަގަ ވިއެވެ. އެވަގުތު އޭނާ ކުއްލިއަކަށް އިން ތަނުން ތެދުވިއެވެ. އެކުވެރިން ގާތު އެބަ އަންނަމޭ  ބުނެފައި އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބޭރަށް ނިކުތެވެ. ދެކޮޅު ހޯދާ ބަލާލި ހިނދު ތަންކޮޅެއް ދުރުގައި ޕާކުކޮށްފައި ހުރި އަހުސަންގެ ސައިކަލު އިސްޓާޓުކޮށް ދުއްވާލަނީއެވެ. އަހުސަންގެ ގައިގައި ބާރަކަށް ބައްދާލައިގެން އިން ޝިކާ ފެނި އޭނާގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު ފާޅުވިއެވެ. “ޝިޓް…!” އޭނާއަށް އެވަގުތު އެހެން ބުނެލެވުނީ ދެއަތް މުއްކަވާލުމާއެކުގައެވެ. އެއީ ކާކު ހެއްޔެވެ؟ އެއީ ޝިކާގެ ފިރިމީހާ ހެއްޔެވެ؟ ޔަޤީނެވެ. އެއީ ހަމަ ޝިކާގެ ފިރިމީހާއެވެ. ޝިކާ އާ އެކު އޭނާ ދާހާ ތާކަށް ގެންދާނީ އެހެންވެއެވެ. މާޔޫސްކަމާއެކު އޭނާ ހިނގައިގަތީ ތަންކޮޅެއް ދުރުގައި ޕާކު ކޮށްފައި އޮތް އޭނާގެ ކާރާ ދިމާއަށެވެ. ކޮފީގައި އިން އެކުވެރިންގެ މަތިން ވެސް ހަނދާން ނެތް ކަހަލައެވެ. އޭނާ އެވަގުތު ބޭނުންވީ އެކަނިވެލާށެވެ. ކާރަށް އެރުމަށްފަހު ބާރު ސްޕީޑްގައި އޭނާ ވަކި މިސްރާބެއް ނެތި ދުއްވަން ފެށީ ސިކުނޑީގައި އުފެދެމުން ދިޔަ ތޫފާނުގެ ސަބަބުން ހިތަށް ނުތަނަވަސްކަން ވެރިވަމުން ދާތީއެވެ. އެވަގުތު އޭނާއަށް މާޒީގެ ހަނދާނެއް އާ ވެގެން ދިޔައެވެ.

#

ޝިކާ އާ ވަކިވުމަށްފަހު ތާމިން އުޅުނީ ވަރަށް ހާލުގައެެވެ. އޭގެ ފަހުން އެދެލޮލުން ކަރުނަ ނުފައިބާ ދުވަހެއް ނާދެއެވެ. އެންމެ ލޯބިވާ މީހާ ދޫކޮށްލުމަށް މަޖުބޫރުވުމުން ހިތުގައި ވޭންނާޅާނީ ކާކުގެ ހެއްޔެވެ؟ އޭނާ ނުހާ އާ އެކު ވަގުތު ހޭދަކުރި ނަމަވެސް އެހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ އަރު ތެރެއިން ކާއެއްޗެއް ދިރެނީ ވެސް ވަަރަށް މަސައްކަތުންނެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ތާމިން އެނދުގައި އޮވެލައިގެން އޮތީ އޭނާގެ ބޮލުގައި ރިހޭ ވަރުންނެވެ. ޕެނެޑޯލް ގުޅައެއް ކޭ ނަމަވެސް އެ ބޮލުގައި ރިހޭ ރިހުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސްނާވިސްނާ އޭނާގެ ސިކުނޑި ސުމަކަށް ދާވަރުވެއެވެ. ކުއްލިއަކަށް އޭނާއަށް ސިހުމެއް ލިބުނީ އޭނާގެ ދޮންތަ، ސަނާ އައިސް އެކޮޓަރީ ދޮރު ހުޅުވާލުމުންނެވެ. ސަނާގެ މޫނުމަތީގައިވާ ހާސްކަން ފެނި ތާމިން ގެ ނިތަށް ރޫތަށް ޖަމާވާންފެށިއެވެ. ސަނާ ދުވެފައި އެއައި ގޮތަށް އައިސް ތާމިންގެ ހަށިގަނޑުގައި އޮޅުލަިގަނެ ރޯން ފެށިއެވެ. ރޮވޭ ވަރުން އޭނާއަށް ވެގެން އުޅެނީ ކީއްކަން އޮޅުން ފިލުވައިދެވޭ ވަރެއް ނުވިއެވެ. އޭނާ ގިސްލަމުން ބޭރު ދޮރާ ދިމާއަށް އިށާރާތް ކުރަން ފެށުމުން ތާމިން ތެދުވެ ގޮސް ބޭރު ދޮރު ހުޅުވާލީ ވެގެން އުޅޭ ގޮތެއް ބެލުމުގެ ބޭނުމުގައެވެ. އެއާއެކު އޭނާއަށް ފެނުނު މަންޒަރަކީ ހަޤީޤަތެއްކަން ޤަބޫލުކުރަން ޚުދު އޭނާއަށް ވެސް އުނދަގޫވިއެވެ. އެހުރި ގޮތަށް ފާޑަކަށް ކޮޓަރި ދޮރުބުޑުގައި އޭނާ އިރުކޮޅަކު ކޮޅަށް ހުރެ ފެންނަމުން ދިޔަ މަންޒަރަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ.

މެދުގެ ތެރޭގައި އޮތް ފަތްޖެހި އެނދުގައި ވާފިރުގެ ފުރާނަ ނެތް މަސްގަނޑު ބާއްވާފައިވީ އިރު އޭތާ ކައިރީގައި އުޑުފައިން އިން ހަމީމާ ރޯ މަންޒަރު ފެންނަނީ ވަރަށް ވެސް ހިތްދަތި ގޮތަކަށެވެ. ތާމިން މަޑުމަޑުން ގޮސް އޭނާގެ މަންމަގެ ކޮނޑުގައި ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭނާ ދެން ބަލާލީ ވާފިރުގެ މޫނަށެވެ. އެމޫނުމަތީގައި އެއްވެސް ދިރުމެއް ނުވާއިރު އަބަދު އެމޫނުމައްޗަށް ވެރިކޮށްގެން ހުންނަ ހަރުކަށި ގޮތްގަނޑެއް ނެތެވެ. އެވަގުތު ތާމިން އަށް ބަންދު ކުރެވިފައިވާ ޖަލަކުން ނިކުމެވުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާއަށް އަނިޔާ ކުރަން ދެން އެ ބައްޕައެއް ނާންނާނެއެވެ. އެ ހަރުކަށި އަނިޔާވެރި އިންސާނާ މިދުނިޔެ ދޫކޮށް ދިޔައީ ހެއްޔެވެ؟ އެ ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ފެނުމުން އޭނާ ދެރައެއްނުވިއެވެ. އެމީހާ އޭނަޔާ މެދު ކަންތަށް ކޮށްފައިވަނީ އިންސާނަކު ޖަނަވާރަކާ މެދު ވެސް ކަންތައް ނުކުރާނެ ފަދަ ގޮތަކަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ދެރަވީ މަންމަ އާއި ދޮންތަ ވާނެ ދެރަ އިހުސާސްވުމުންނެވެ. ވާފިރު ކިތަންމެ ގޯސްކޮށް ކަންތައް ކުރި ނަމަވެސް މިހާތަނަށް އެމީހުން އުޅެމުން އެދިޔައީ ވާފިރު ދަނޑުހައްދައިގެން ހޯދާ ލާރިންނެވެ. ދޮންތައަށް އޭނާގެ ފިރިމީހާ ޚަރަދުކުރި ނަމަވެސް މަންމައާ މެދު އޭނާ ކަންބޮޑުވިއެވެ.

ވަޅުލުމުގެ ކަންތައް ނިމުން އިރުވެސް ތާމިން ގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނުފައިބައެވެ. ފާޑަކަށް ހުއްޓުން އަރައިފައި އޭނާ އިނީއެެވެ. އެވަގުތު ވެސް އޭނާ ހަނދާންވީ ޝިކާ މަތިންނެވެ. މިހާރު އެއާއިލާ އިތުރަށް ފަޤީރުވެ އަތްމަތި ދަތި ވެއްޖެއެވެ. އޭނާއަށް ދެން ދުވަހަކު ޝިކާ ނުލިބޭނެ ކަމުގެ ރަތް ސިގްނަލް ލިބިގެން ދިއައީ އެހިސާބުންނެވެ.

އޭދެ ފަހުން އެއާއިލާ އުޅެމުން ގެންދިއައީ ނުހަނު ދަތިކޮށެވެ. ހަމީމާ ފަންގިވިދެގެން ކޮންމެވެސް ވަރެއްގެ ލާރި އެއް ހޯދާއިރު ތާމިން ސްކޫލުން ކެނޑިގެން ކައިރީގައި ހުރި އޭނާގެ ދޮންތަބޭ މަސައްކަތް ކުރާ ރިސޯޓުން ވަޒީފާއެއް ހޯދިއެވެ. އޭނާގެ ކިޔެވުން ހަލާކުވުމުން އެކަމާ ހިތާމަކުރި ނަމަވެސް އޭނާ އެ ވަޒީފާ ހޯދީ މަންމައަށް އެހީވުމުގެ ގޮތުންނެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން ހަމީމާ ދެވަނަ ކައިވެންޏެއް ކުރަން އުޅޭ ކަމުގެ ޚަބަރު ލިބުމުން ތާމިން ގެ ހިތަށް ބުނެދެން ނޭނގޭ ކަހަލަ ނުތަނަވަސްކަމެއް ވެރިވެގެންދިއައެވެ. އަނެއްކާ އޭނާގެ ވާން އުޅޭ ދޮންބައްޕަ ވާފިރެކޭ އެއްފަދައިން އޭނާއަށް އަނިޔާ ކުރާނެބާއޭ އެ ހިތަށް އަރަމުން ދިޔައެވެ. މަންމަ އެހެން މީހަކާ އިންނަން އުޅުމުން އެހިތަށް ކިތަންމެ އުނދަގޫވިނަމަ ވެސް އެކަމާ މެދު އޭނާ އެއްވެސް އެއްޗެއް ނުބުނީ މަންމަ އުޅޭ ދަތި ހާލު ހިތަށް އަރުމުންނެވެ.

ސަޢުދު އަކީ މާލޭގައި ވިޔަފާރިއެއް ހިންގަމުން އަންނަ މީހެކެެވެ. އޭނާއަށް ހަމީމާ ފެނުނީ ރައްޓެހިންތަކަކާ އެކު އެރަށަށް އައި ދަތުރެއްގައެވެ. އޭނާ ހަމީމާ ގާތު އިންނަން އެހުމުން އޭނާވެސް އެކަމާ ޤަބޫލުވީ އޭނާގެ ދަރިފުޅު، ތާމިން ގެ މުސްތަޤުބަލު އުޖާލާކޮށްދިނުމުގެ ނިޔަތުގައެވެ. ތާމިން އަށް މޮޅަށް ކިޔެވޭނެ މަގު ފަހިކޮށްދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

ހަމީމާއަށް ސަޢުދުގެ ހެޔޮކަން އިހުސާސްވީ އޭނާ އާ ކައިވެނިކުރުމުންނެވެ. އިން ގޮތަށް ތާމިން އާއި ހަމީމާ ގޮވައިގެން ސަޢުދު ދިޔައީ މާލެއަށެވެ. މާލޭގައި ހުންނަ އޭނާގެ ބޮޑު ގޭގައި އެމީހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދައިދިނެވެ. ގޭގައި މަސައްކަތް ކުރަން ބޭރު މީހަކު ގެނެސްފައިވާއިރު މަދު ފަހަރެއްގައި ނޫނީ ހަމީމާއަށް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ސަޢުދުގެ މަސައްކަތުން ތާމިންއަށް މެލޭޝިޔާއިން ބިޒްނަސް ކޯހެއް ހެދޭނެ ގޮތް ހަދައިދިނެވެ. ތާމިން ހުންނަނީ ސަޢުދުގެ ހެޔޮކަމުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެހާވެސް އޭނާ ތާމިން ގެ ކަންތަކާ އަޅާލައެވެ. އުފަން ދަރިއެއް ފަދައިން އޭނާ ތާމިން ދެކެ ލޯބިވެއެވެ. އެއީ އޭނާގެ އެއްވެސް ދަރިއެއް ނުހުންނާތީ ކަމަށް ވެސް ވެދާނެއެވެ.

މެލޭޝިޔާއަށް ފުރަން އޮތް ދުވަހު ތާމިން ޝިކާގެ ނަންބަރަށް ގުޅާލިއެވެ. އޭނާ ބޭނުންވީ ޝިކާއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އޭނާ ޝިކާ އާ މެދު އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބު ހާމަކޮށްދޭށެވެ. އަދި މެލޭޝިޔާއިން އަންނާނީ ޝިކާގެ ބައްޕަ ފަޚުރުވެރިވާ ފަދަ މީހަކަށް ވެގެންކަން ބުނެދޭށެވެ. ނަމަވެސް ދެތިން ފަހަރު ޑައިލް ކޮށްލުމުން ވެސް ޝިކާގެ ފޯން އޮންނަނީ ނިވާލާފައެވެ. އޭނާއަށް ޝިކާ ނަންބަރު ބަދަލުކުރި ކަމެއް ނޭނގެއެވެ. ޝިކާއަށް ނުގުޅުމުން އޭނާ ވަރަށް ހާސްވިއެވެ. އަނެއްކާ ޝިކާ އޭނާގެ މަތިން ހަނދާން ނައްތާލީބާއޭ އެހިތަށް އެެރިއެވެ. އެހެން ނަމަވެސް އޭނާ މެލޭޝިޔާއަށް ދާން ފުރީ އަދިވެސް ޝިކާއާ ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ.

އޭގެ ދެ އަހަރެއް ފަހުން އޭނާ ރާއްޖެ އައީ ފުރިހަމައަށް ކިޔަވައިގެންނެވެ. އައުމަށްފަހުގައި ވެސް އޭނާ ޝިކާއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެ ފޯނަށް ނުގުޅުމުން އޭނާގެ ހިތް މުޅިން މާޔޫސްވެގެން ދިޔައެވެ. ސަޢުދު ގެ އެހީ އާއި އެކު އޭނާ ދެން ފެށީ “ގްރީން ބަބުލް ބްރާންޗް” އުފައްދައި ކުރިއެރުމުގެ މަސައްކަތެވެ. އެތައް މަސައްކަތާއެކު މިހާރު އޭނާ އެވަނީ މާލޭގައި އުޅޭ އެންމެ ކާމިޔާބު އެއް ވިޔަފާރި ވެރިޔާ އަށް ވެފައެވެ. ގިނަ މީހުން އޭނާއަށް މުޚާތަބުކޮށް އުޅެނީ އަހުމަދު ތާމިން ސަޢުދު ގެ ނަމުންނެވެ. ތާމިން ވެސް މިހާރު ދެކެނީ ސަޢުދު އަކީ އޭނާގެ އުފަން ބައްޕަގެ ގޮތުގައެވެ. ވާފިރު މަތިން އޭނާ ހަނދާންވެސް ނެތް ކަހަލައެވެ.

އޭނާ މާލޭގައި އެހެން އުޅުނު އިރު އެއްފަހަރު އޭނާ އާ އާޒިމް އާ ދިމާވިއެވެ. އާޒިމް ފެނުމާއެކު އޭނާ ހުރީ ޝިކާގެ ޚަބަރެެއް އޮޅުން ފިލުވާ ހިތުން ކެތް މަދުވެފައެވެ. އޭނާ އާޒިމް އާ ވާހަކަ ދައްކާލުމުން އާޒިމް އޭނާ ދެކެ އައީ ރުޅިއެވެ. ޝިކާ އަކީ އާޒިމްގެ ކޮއްކޮއެއް ފަދަ ކުއްޖަކަށް ވުމާއެކު އެކުއްޖާގެ ހިތް ހަލާކުކޮށްލައިފައި ވުމުން ޝިކާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ދިނުމަށް އޭނާ އިންކާރުކުރިއެވެ. ނަަމަވެސް ތާމިން އެވަރަށް އާދޭސްކުރުމުން އެންމެ ފަހުން އާޒިމް ބުނީ ޝިކާ ވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އިތުރު އެއްވެސް މަޢުލޫމާތެއް އޭނާ އަކަށް ނުލިބުނެވެ. ޝިކާ ރާއްޖެ އައުމުން އޭނާއަށް އަންގާލަދިނުމަށް އާޒިމް ގާތު ބުނުމުން އާޒިމް އެކަމަށް އެއްބަސްވިއެވެ. އެދުވަހުން ފެށިގެން ތާމިން އިންތިޒާރު ކުރަމުން ގެންދިއައީ އާޒިމްގެ ކޯލަކަށެވެ. ނަމަވެސް ޝިކާ ހަމަލޮލަށް ފެނުމުން އޭނާ އަށް ޝިކާ މިކޮޅުގައި އުޅޭކަން އެނގުނެވެ. އާޒިމް އޭނާއަށް އެވާހަކަ އަންގާނުލީ ކީއްވެބާވައޭ އެހިތަށް އަރަމުން ގެންދިއައެވެ. ޝިކާ ރާއްޖެއިން ބޭރުން އައީ ކޮންއިރަކު ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ޝިކާ އުޅޭތަނެއް ނޭނގޭ ތާންގައި އޭނާއަށް ގުޅޭނެ ނަންބަރެއްވެސް އަތުގައި ނެތެވެ.

ތާމިން އޭނާ ދުއްވަމުން ދިޔަ ކާރު މަޑުކޮށްލީ އޭނާގެ އޮފީސް ހުންނަ ތަން ކައިރިއަށެވެ. އޭރު އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާ މިހާ ދުވަހު އެ އިންތިޒާރު ކުރަނީ ޝިކާ އަށެވެ. ސަޢުދު އާއި ހަމީމާ އެތައް ފަހަރަކު އޭނާގެ ކައިވެނީގެ ވާހަކަ ދެއްކުމުން ވެސް އޭނާ އެކަމާ އިންކާރުކުރީ ހަމައެކަނި ޝިކާއަށް ޓަކައެވެ. އޭނާ ކިޔަވައިގެން އެންމެން ފަޚުރުވެރިވާ ފަދަ މީހަކަށް ވާން ގަދައަޅާ މަސައްކަތްކުރީ ވެސް ޝިކާގެ ބައްޕަ، ސަމީރުގެ ރުހުން ހޯދުމަށެވެ. އޭނާ މިހުރިހާ ކަމެއް ކުރީމަ ވެސް ޝިކާ އެހެން މީހަކާ އިނީ ހެއްޔެވެ؟ އޭނާ ގެ މަތިން މިހާރު ހަނދާން ނައްތާލީހެއްޔެވެ؟

ތާމިން އޭނާގެ ޖީބުން ކުޑަ ފޮޓޮއެއް ނެގިއެވެ. އެއީ ކުރިން ޝިކާ އޭނާއަށް ދިން ފޮޓޮއެކެވެ. އެޖީބުގައި އެ ކުއްޖާގެ އެ ފޮޓޯ ނޯންނަ އިރެއް ނުދާނެއެވެ.  ކަމަކާ ހާސްވެ ހިތްދަތިވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެނީ އެފޮޓޮއަށް ބަލާލުމުންނެވެ. ނަމަވެސް މިޔަދު އެފޮޓޮއަށް ބެލުމުން އެހިތުގައި އަޅަމުން ދަނީ ވޭނެވެ. “ޝިކް.. ވައި ކުޑުންޓް ޔޫ ވެއިޓް ފޯ މީ؟” ފެންކަޅިވެފައިވާ ދެލޮލާއެކު ތާމިން ވާހަކަ ދެއްކީ އެފޮޓޯގަނޑާއެވެ.  އެ ފޮޓޯގައިވާ ސޫރައަށް ބަލަހައްޓައިގެން އޭނައަށް އިނދެވުނީ ކިހާއިރަކު ކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ.

(ނުނިމޭ)

26

34 Comments

 1. Liaa

  July 21, 2016 at 6:17 pm

  Guys… Here’s the 26th part.. Buni dhuvahah vure kurin up kurevijje … Hope u will like it 🙂
  Next part SATURDAY ga 🙂

  • Liaa

   July 21, 2016 at 6:19 pm

   And mi bai thankolheh kuru veema sorry.. Saturday ge bai miah vure dhigu kollaanan in sha Allah 🙂

  • bad girl??

   July 21, 2016 at 10:47 pm

   Liaaaaaaa..mi nukiyaane kurekeyy ehh..varahh dhigu asslu kiyunntherinnahh heevaane kuruhenn kithemme dhigukohhh liyefa up kuriyass..eyii kiyaa hiyy vaa lehh bodukamunn..mashahh mi stwry varahh reethi ingey..keep it up liaa..oops sorry to say but plss adhi vx thannkolhehh fast kohh up kohhdheebala..mi buny daily kohh eyrunn adhi shauguverikann boduvaane

 2. Meesha

  July 21, 2016 at 6:26 pm

  Thanks. Vara nice. Me dho first. Hehe

  • meesha

   July 21, 2016 at 6:54 pm

   Wht da hell??? Hw cud u use my name? Use ur own name! If u dont ha a name dan dont comment!?

  • meesha

   July 21, 2016 at 6:56 pm

   Wht da hell??? Hw cud u use my name? Use ur own name! U can!! Can’t jus use some one els’s name! ?

  • Meesh

   July 21, 2016 at 7:05 pm

   Enme meesha eh tha ulhenee

  • Manje

   July 21, 2016 at 7:09 pm

   meesha kiyaa myhakah manje ekani tha ulheny .. eyn .. maa fuhpani thi .. bala ahannah vex kiyani meesha .. dhen lalalaaa ?

  • meesha

   July 21, 2016 at 9:20 pm

   mihaa foni kudhinnah meesha kiyaather dhera ves vejje.. meesha ge nan dheke ves foohi vejje.. vrh dhera

 3. Same

  July 21, 2016 at 6:39 pm

  beautifulll….

 4. aloo

  July 21, 2016 at 6:47 pm

  V v nice ingey…..thigothuga masakkai kuraathi…..

 5. naathu

  July 21, 2016 at 6:49 pm

  Nice ??

 6. meesha

  July 21, 2016 at 6:52 pm

  Stry ix awsom!!!

 7. raani

  July 21, 2016 at 7:16 pm

  Eyname kiyaa kudhin ves ulhey dhuniyeyga y u guys hifenee

 8. Xaan

  July 21, 2016 at 7:43 pm

  V salhi alhe konme dhuvahaku upkuraanama

 9. Asurumaa

  July 21, 2016 at 7:46 pm

  Wow awesome❤

 10. Nern..

  July 21, 2016 at 8:28 pm

  awesome…???????

 11. Appy

  July 21, 2016 at 8:45 pm

  Awwww wooww thankx liaa avahahh up kohdhinyma …mihaaru abadhu vx mi vaahaka ah wait kureveny …….oohhh thaamin alhe haadha dheraey mivaagoii liaa thaamin e varah dhera kuraakah nuvaanehnu ….btw story yy vvvvvvvvvvvvvvvvvvvvvvvvvvvv ryyyythi Saturday Saturday. …???

 12. Shifu

  July 21, 2016 at 8:48 pm

  Wow.. salhi

 13. Thaany

  July 21, 2016 at 9:23 pm

  V v reeethi shik ge thaam haadha dhera gothe k dw
  Thaam ah ragalhu gotheh waane kamah hope kurran..thaam ge ehvess kusheh nethi aniyaa libeykah nuwaann …..liaa thy gud kujjeh abadhuvx kiun therringe loabi hoadhan masakay kuraa kujjeh buni dhuwahah wure kurrin up kureema v salhi..lurve yu..❤

 14. Nish

  July 21, 2016 at 9:43 pm

  Reethi????

 15. abd

  July 21, 2016 at 9:48 pm

  Nice

 16. some one who regularly read dis stry.?

  July 21, 2016 at 10:11 pm

  Wow its awsom

 17. N

  July 22, 2016 at 12:53 am

  V reeethi

 18. Nik

  July 22, 2016 at 7:02 am

  Liaaaaaaa…. Vvvvvv nice….

 19. vaahaka kiyaa meehaa

  July 22, 2016 at 10:30 am

  Heylaafa ves mi belii mi vaahaka in thw.. thanks avahah up kohdhinyma 🙂
  Vaahaka a medhu nei bunaane ehche .. hama habeys !

 20. Nauher

  July 22, 2016 at 10:59 am

  This is 27 th part

  • Nauher

   July 22, 2016 at 11:05 am

   Ekam story v v v reethi <3 🙂

 21. reema

  July 22, 2016 at 11:06 am

  Alhwy poor thaamin 🙁 Naseebeh vaafiru maruvikan.. He treated thaamin so badly !
  Stroy v v reethi ,,, Next part ah inthixaaar kuran

 22. Ahusan

  July 22, 2016 at 4:06 pm

  Thaamin shik aa vai elhuna ves nudheynan !

 23. nafu

  July 22, 2016 at 5:07 pm

  vrh reethi waiting for the next part

 24. Ahmed13

  July 22, 2016 at 9:14 pm

  Reethi.. Varah obi… Next part konirakun

 25. ha c

  July 23, 2016 at 12:00 am

  Wow nice

 26. Shika

  July 23, 2016 at 3:34 am

  Aww ahoo…magey ahusan.:-*…shik vs thaamin dheke fuhi vey. I love you

Comments are closed.