ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނާތީ އަހަރެން އަޑު އަހަމެވެ. ކުޑައިރު އަހަރެން އެވާހަކަ ގަބޫލެއް ނުކުރަމެވެ. އެއީ އަހަރެން ދެކޭގޮތުގައި މުސްކުޅިން ހަދައިގެން އުޅޭ ފުލޯކު ވާހަކައެކެވެ. އަހަރެންގެ ރަހުމަތްތެރިން އެވާހަކަ ގަބޫލު ކުރާތީ އަހަރެން އެމީހުންނައް ވަރަށް މަލާމަތްކޮއް ޖޯކުޖަހާ އުޅެމެވެ، މިމައްސަލައިގައި ބައެއްފަހަރު ރައްޓެހިންނާ ދެބަސްވެ މޫނުކެނޑިފައި ވެސް ހުންނާނެއެވެ. ނަމަވެސް މިއަދު އަހަރެން މިވަނީ ބަދަލުވެފައެވެ، ކަނު ލޯތްބެއްގައި ޖެހި އަހަރެންގެ ދިރިއުޅުން މިވަނީ މުޅިން ބަދަލު ވެފައެވެ. ~ފަސްއަހަރު ކުރި~ […]