Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރަށް ތިޔަނަމުގައި………(ތިންވަނަބައި)

maahil
August 24, 2016
4 Mins Read
58 Views
18 Comments

އަރަޝް އަވަސްވެގަތީ ހަލީނާ ހައްޔަރުން ދޫކޮއްލާށެވެ. “ހަލީ އޯކޭ ދޯ ހަލީއަށް މަންޖެ ކިޔަސް” އަރަޝް ބުންޏެވެ. “މާދަމާ ބުނާނަން ޖަވާބު އިނގޭ” ހަލީނާ ދާން އަވަސްވެފައި ހުރިވަރުން ބުންޏެވެ. އަރަޝް ހަލީނާ ހައްޔަރުން ދޫވެއްޖެއެވެ. “މަންޖޭ ހަނދާންކޮށް މާދަން އަންނާތި!” އަރަޝް ހަލީނާ ގަސްތަކުގެ ތެރެއަށް ވަންނަން ދަނިކޮށް ގޮވާލިއެވެ. ހަލީނާ އެއްވެސް ޖަވާބެއް ނުދީ އެތަނުން ހިނގައްޖެއެވެ. “އަވަހަށް ނިދާކަމުގެ އެކްޓު ޖައްސަންވީ އެހެން ނޫނީ މަށަށް ބޮން އަޅައިލާނެ ނާހިދުމެން” އަރަޝް ހިތާހިތުން ބުނެލުމަށް ފަހު ނިދާކަމަށް ހަދައިގެން އޮއްވަ އޭނާއަށް ނިދިއްޖެއެވެ.

“އޭއި މިއޮތް ނިދަންމިޔަރުމަސް ކައިގެން ނިދަން އޮތް ފަރުބަދަޔާ!!” ނާހިދު އަރަޝްގެ ކަންފަތުމުދީގައި ހިފައިފަ އޭނާ ނަގަމުން ބުންޏެވެ. “އަލިފާނޯއި. މަގޭ ކަންފަތުމުދި . ނާހިދު ކަލެއަށް ހަލާކު ހުރި.” އަރަޝްއަށް ވީތަދުން ބުންޏެވެ. “އަދިވެސް އަހަރުންނަށް ދޯ ހަލާކު ހުރީ! ކޮބައިތަ މިތާނގަ ހައްޔަރު ކުރި ސިކާރަ؟” އަރަޝްއަށް ސުވާލު ފައްޗެއްހެން އެ ސުވާލު ނާހިދު އެބަ ކުރެއެވެ. “މަށަކަށް ނޭންގެ ފިލީތޯއެއްޗެއް! އެ މަންޖެމެން ގުރޫޕު ބިންދައިލީ ޔަޤީން” އަރަޝްއަށް ނޭންގޭނެ ކަމަށް ހެދިގަންނަން ބުންޏެވެ. “ޝިޓް އެ މަންޖެ ފިލީ ހުރިހާ ޕުލޭނަށް ފެންބާދިއްޔެއް! މުޅިން ކަޑަ!!!!” ނާހިދު ބުންޏެވެ. މާޔޫސް ކަމާއި އެކު އެގުރޫޕު ގެއަަށް ދިޔައީ ބިޓު ކަޓައިގެން އުޅޭ ކުއްޖެކޭ އެއްފަދައިންނެވެ. ދެރަކަން ހުރިހާ ކުދިންނެއްގެ މޫނުމަތީގައި ވެއެވެ.

“މިއަދު މެންދުރުފަހު އެބައޮތް އަންހެންވެރިންގެ ފަންކުޅުމާއި ބަށި މެޗެއް. މާދަމާ ތިން މުގޯލި މުބާރާތެއް އެބައޮތް. މިހާރު ޓީމު ލިސްޓު ހުންނާނެ ރަށު ޒުވާނުންގެ މަރުކަޒުގައި ނެރެފަ. މިއަދު އިރުއޮސި ހައެއްގެ ފަހުން ކުޅުންތެރިންނަށް ޓީމު ބަދަލު ކުރުން ހުއްޓޭނެ އެހެންވެ ތިންމުގޯލި ކުޅޭ އެންމެންވެސް ޓީމުގައި ނަންއޮތްތޯ ބަލައިލުން މުހިއްމު.” ރަށު އޮފީހުގެ އަޑުގަދަކުރާ އިން މި އިއުލާން ކުރުކޮށް ގޮވަން ފަށައިފި އެވެ. ހަލީނާ އަވަހަށް ޒުވާނުންގެ މަރުކަޒަށް ދާން ހިނގައި ގަތެވެ.

“ނަސީބެއް މަ ނަން އިނީ އަހަރުން ގުރޫޕުގަ ކަން . އެހެންޏާ މަށަށް ބޮޑު ހަނގުރާމައެއް ކުރަން ޖެހޭނެ. ” ހަލީނާ ބޭނުންވާ ގޮތައް ހުރިހާކަމެއް ވެފައި ހުރީމަ އޭނާ ވަރަށް އުފާވިއެވެ. ގެއަށް އެނބުރިދާން އެނބުރުނު ވަގުތު ހަލީނާއަށް ދިމާވީ އަރަޝްއާއި އެވެ. “މަންޖޭ މާދަމައެއްނޫން އިނގޭ މިއަދު ހަވީރުގެ ކުޅިވަރުތަކުގެ ކުރިން.” އަރަޝް ހަލީނާއާއި ބައްދަލުވިތަނުން ބުންޏެވެ. “މެންދުރުފަހު ތިންގަޑި ބައިގަ ސިނާ ގޮވައިގެން ބިކިނީ ބީޗަށް ދަން؟. އޭރުން ތި ދައްކަން ބޭނުންވާ ވާހަކައެއްވެސް ދެއްކޭނެއްނު!”ހަލީނާ އޭނާގެ ހިޔާލު ދިނެވެ. “އާން އޮކޭ މަދާނަން ނާހިދު ގޮވައިގެން ” އަރަޝް ބުންޏެވެ.

ކެއްކުމުގެ ހުރިހާކަމެއް ނިންމައިލެވުނީ ގަޑިން ތިނެއްޖަހަން ފަނަރަވަނިކޮށެވެ. ހަލީނާ އަވަސްވެގަތީ ރީތިވެ ބީޗަށް ދާށެވެ. “ސިނޫ ތިރީތާޓީއަށް ރެޑީ ވެގެން ބިކިނީއަށް ދާން އެބަޖެހޭ.” ހަލީނާ ސިނާ ގާތުބުންޏެވެ. “އާން ” ސިނާ މިހެން ބުނުމަށް ފަހު ގެއަށް ވަދެގެން ދިޔައެވެ. ހަލީނާވެސް ގެއަށް ގޮސް ފެންވަރައި ރީތިވެއްޖެއެވެ. “ހޫން ކާކަށް ތިއްތި ދައްކަން ތި ރީތި ވަނީ ދަރިފުޅާ؟؟ ” ހަލީނާގެ މަންމަ ހަލީމާ ސަމާސާކޮށް ލުމުގެ ނިޔަތުގައި ބުންޏެވެ.

“މަންމާ އެއީ ނާހިދުމެން ކުލާސް ކުއްޖެއް! މާލެ ކުއްޖެއް . ހީވަނީ ހުަސަ ހެން . ހަލީއަށް ވުރެ ދެތިން އަހަރު ބޮޑުހެން ހީވަނީ”ހަލީނާ އޭނާގެ ހިތުގައި އަރަޝް އާއި މެދު ދެކޭ ގޮތް އޭނާގެ މަންމައަށް ކިޔައި ދިނެވެ. “ބިޓުހިއްލިޔަސް އޯކޭ އެކަމު މަންމަ ޓުރޭނިންގު ދިން ގޮތަށް ހޭވައްލާ ތައްޔާރަށް ހުންނާތި. ” ހަލީމާ ހަލީނާ ގެއިން ދިއުމުގެ ކުރިން ބުންޏެވެ. “މަންމަ ހާދަ ޗިލް އޭ. ތިކަހަލަ މަންމައެއް ކޮންމެ ކުއްޖަކަށް ލިބޭނަމަ. އައި ލަވް ޔޫ މަންމާ” ހަލީނާ އޭނާގެ މަންމަ ރަނގަޅުކަމުން އުފަލުން ބުންޏެވެ.

“ހަލީ ކޮބާ ހިނގައިގަންނަމާދޯ!” ސިނާ ހަލީނާ ގެއިންބޭރަށްނުކުތުމުން ބުންޏެވެ. “އާން ދޯ. އަޅެ ސިނޫއަށް އެސޮރު މަގެންދާސަބަބު އިނގެޏާ ބުނެބަލަ. ޕުލީޒް.”ހަލީނާ ސިނާގާތު އޭނާ އަރަޝް އާއި ބައްދަލުކުރަން ޖެއްސުވި ސަބަބު އޮޅުންފިލުވުމަށް އެހިއެވެ. “މަށަށް އިނގޭ. އެކަމް ނުބުނެވޭނެ. ދިޔައީމަ އެނގޭނެ.” ސިނާ ކުރު ޖަވާބެއް ދިނެވެ. ދެކުދިން ހިނގަމުންދިޔަ މަންޒިލަށް އާދެވިއްޖެއެވެ. “ކޮބާތަ އެސޮރާ ސިންނުގެ ހިތް؟” ހަލީނާ ސިނާއާއި ދިމާއަށް ބުންޏެވެ.” އެހުރީ އުނދޯލިތައް ކައިރީގަ!” ސިނާއަށް އަރަޝްއާއި ނާހިދު ފެނުމުން ބުންޏެވެ.

ހަތަރުކުދިން ބައްދަލުވެއްޖެއެވެ. “މަށާ ސިނޫ ދާނީ އެހުރި ފަންކުޑަދަށަށް.ތި ދެ މީހުންވެސް މަލެއްފޮޅުވޭތޯ ބަލައްޗޭ!!” ނާހިދު ހަލީނާއާއި އަރަޝް އެކަހެރި ކުރުމަށްފަހު ގާާތަށް ދަމުން އެދެކުދިންނާދިމާލަށް ބުންޏެވެ.”އަމް ޔޫސުފް އަރަޝް . އުމުރަކީ 19 . ކ.މާލެ . ދެން މަންޖެ!. އެކަމު ފުރަތަމަ އިއްޔެގެ ޖަވާބު!” އަރަޝް އޭނާގެ ކުރު ތާޢާރަފެއް ވެލީ އިއްޔެއިން ފެށިގެން އޭނާ ހޯދަމުން އައި ޖަވާބު ލިބޭނެ ކަމުގެ އުންމީދުގައިއެވެ. “މީ ޢާއިޝަތު ހަލީނާ . 18 އަހަރު . މި ރަށް . އެއްވެސް މައްސަލައެއްނެތް. “ހަލީނާ ޖަވާބުގައި ބުންޏެވެ. “ރަޝް އެއީ މައެ ވަނަމަކީ . ކިޔެވުން .ގުރޭޑު 7އަށް ޣިޔާޘުއްދީނުން ދެން 10ނިންމީ މަޖީދިއްޔާއިން. ކްލިކް ކޮލެޖުގައި އެމް ބީ އޭ ހަދަނީ މިހާރު . ދެން މަންޖެގެ ބުރު.” އަރަޝް އޭނާގެ ކިޔެވުމާއި ވަނަން ހަލީނާ އަށް ކިޔައި ދިނެވެ. “ހަލީ އެއީ އަހަރެންގެ ވަނަން. ކިޔެވުން ގުރޭޑް 7 އަށް މަވެސް ކިޔެވީ ޣިޔާޘުއްދީނުން. 10 ނިންމީ މާފަންނު މަދަރުސާއިން. ފައުންޑޭޝަން ނިމި ޓީޗިން ކޯހަށް ދާން ފެށިތާއަދި އަހަރެއްވެސް ނުވާނެ . ހަމަ ކްލިކުން މަވެސް ކިޔަވަނީ .”ހަލީނާ އޭނާގެ ކިޔެވިތަނުނާއި މިހާރު ކިޔަވަމުން އަންނަ ކޯސް ވެސް ކިޔައި ދީފި އެވެ.

“އެކަމު މަށެށް ދުވަހަކުވެސް ރަޝްއެއް ނުދެކެން! ޣިޔާޘުއްދީނުން ނިންމީ ކޮންއަހަރަކު؟؟.ކޮލެޖަށް ދަނީ ކޮންގަޑިއަކު ބާ؟؟”މި ސުވާލުތައް ހަލީނާ ހިތާއި ހިތުން ކުރަމުން އެބަ ދެއެވެ. “ރަޝް މަޖީދިއްޔާއަށް ބަދަލުވީ 2000 ގަ. ކޮލެޖަށް މިއަހަރު ޖެނުއަރީގަ ވަނީ. އަސްލު އަދި 18. 19 ވާނެ އަންނަ މަހު 26ގަ.”އަރަޝް ހަލީނާއަށް އޮޅުމެއްވާކަމަށް ހީކޮށް ވަރަށް ތަފްސީލުކޮށް އޭނާގެ އުމުރާއި ކޯހުގެ ކަންކަން ކިޔައި ދިނެވެ. “ތީ 7ބީގަ އުޅުނު އަރަޝްތަ؟ “ހަލީނާއަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. “އާން ތީ އަހަރެންގެ ފަސްޓު ޖީއެފް ހަލީތަ؟ “އަރަޝް އުފަލުން ބުންޏެވެ. “އާން މީ ތި އަރަޝް ދެއަހަރު ވަންދެން ހޯދަމުންއަންނަ ލޯބި. ” ހަލީނާ ވެސް އުފަލުން އިނދެފައި ބުންނެވެ. “ހަލީ މަށާ މެރީ ކުރާނަންތަ؟” އަރަޝް ހަލީނާ އެއީ އޭނާ ހޯދަމުންއަންނަ ލޯބި ކަން އެނގުމާއެކު ހަލީނާއަށް ކައިވެނި ކުރުމަށް ހުށައެޅިއެވެ.

“މާލަސް ވެއްޖެ. ހަލީގެ ކޯސްގެ މެދުން ވެއްޖިޔާ މަންމަމެން ހިތްހަމަނުޖެހޭނެ.މަންމަމެންގެ ބަހަކަށް ފަހު މާދަމާ ޔަޤީން ޖަވާބެއް ދޭނަން.”ހަލީނާ އެ ކައިވެނީގެ ހުށައެޅުމަށް ޖަވާބެއްދިނެވެ. “ނިކަން ހަލީ ކިޔައިދީބަލަ ހަލީ މާފަންނު މަދަރުސާއަށް ބަދަލުވި ފަހުން ބިޓިން ކުޅިގަނޑު އޮތް ގޮތް” އަރަޝް ހަލީނާގެ ސުކޫލު ދައުރުގައި ރައްޓެހިވުމުގެ ވާހަކަ އެހިއެވެ. “އަހަރެމެން ދެމީހުން ރުޅި ނުވާތީ ނޫޅެން އެހެން ބިޓެއް ނަގަން. ނުވެސް ވިސްނަން. ރަޝް އޯ. މިސްޓަރ ފުލާޓު ދޯ ތީ؟؟ . އަމީނިއްޔާ ދޮށުގަ ކޮންމެ ދުވަހަކު މުގޯލި އަޅާ ވާހަކަ ނާހިދު ބުނި އަޑުއެހިން. ” ހަލީނާ އޭނާގެ ސުކޫލް ދައުރުގައި އަރަޝްނޫން އެހެން ކުއްޖަކާ ރައްޓެހި ނުވާ ވާހަކައާއި އެކު އޭނާ އާއި ސަމާސާކޮށްލަން މުގޯލިއެޅާ ވާހަކަ ބުންޏެވެ.”ވަރުގަދަ ނާހިދެއް ސަހާދެއް. މަވެސް އިތުރު ކުއްޖަކާ ރައްޓެއްސެއް ނުވަން. މަ އަމީނިއްޔާ ދަށަށް ދަނީ ހަލީނާ އާއި ދިމާވާނެ ކަމަށް ހީކޮށް. އެކަމު ހަލީނާ މާފަންނު މަދަރުސާއަށް ބަދަލުވި ވާހަކަ ނުބުނޭ ވީޔަ.” އަރަޝް އޭނާގެ ސުކޫލު ދައުރުގައި ހަލީނާއަާއި ކުރަން ކުރި މަސައްކަތުގެ ވާހަކަވެސް ކިޔައިދިނެވެ.

“ހޫން ހާދަ އަވަހަށް ތި ނިންމީ. ހަލީ ގަދަ އިނގޭ.” ސިނާއާއިނާހިދު ހަވީރުގެ ކުޅިވަރުތައް ބަލަންދާންވެގެން ހަލީނާއާއިއަރަޝް ބަލައި އައިއިރު އެދެކުދިން އަތުގުޅައިލައިގެން ތިއްބަ ބުންޏެވެ. “ސިނޫ މީ ހަލީގެ އިންތިޒާރުގެ ނިމުން. މީ ހަލީ ހޯދަމުންއަންނަ ބޯއީ ފުރެންޑު. ” ހަލީނާ ސިނާއަށް އަރަޝް އެއީ އޭނާގެ ކާކުކަން ކުރުކޮށް ފޮނިކޮށް ބުންޏެވެ.”އަރަޝް ހިނގާބަލަ ދަނޑަށް.ކުޅިވަރުތައް ބަލަން.”ނާހިދު ބުންޏެވެ. ހަތަރު ކުދިން ދަނޑަށް ދިޔައީ އެކު އެކީގައެވެ.

ހަތަރުވަނަ ބައި 01/09/2016 ގައި……………
އިންތިޒާރުކޮށްލައްވާ……………

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

maahil

Hi Im Maahil

Other Articles

Previous

އިންތިޒާރު 48

Next

އިންސާފް … ފަހުބައި..

Next
August 25, 2016

އިންސާފް … ފަހުބައި..

Previews
August 24, 2016

އިންތިޒާރު 48

18 Comments

  1. Nysh says:
    August 24, 2016 at 11:33 pm

    Haadha gina duvas kohlaafa up v…….

    1. lihaam says:
      August 24, 2016 at 11:49 pm

      Sorry Gina duvas veema
      Mok exam otheema up kurun fas kohlee

  2. Nysh says:
    August 24, 2016 at 11:34 pm

    Yay me first dhw …… vvvvv reethi story eh……

    1. lihaam says:
      August 24, 2016 at 11:51 pm

      No
      Mee 3vana BAI
      Devana adi thinvanaige demedu medu kendumeh ai

    2. Aimsithu says:
      August 26, 2016 at 10:48 pm

      Nysh ebunee emme furathama comment kuri vaahaka dho…

  3. Vishaaa says:
    August 25, 2016 at 12:27 am

    Vara inthizaaru kuri fahun upload mi vee…vara reeethi ..keeep it up…a ekam dhen thankolhe avaha next part up kolachey

    1. lihaam says:
      August 28, 2016 at 1:09 am

      އިންޝާﷲ ވަރަށް އަވަހަށް ހަތަރުވަނަބައި އަންނާނެ

  4. Sinookko says:
    August 25, 2016 at 7:58 am

    Haadh lahee next part ves

    1. lihaam says:
      August 28, 2016 at 1:09 am

      އިންޝާﷲ ވަރަށް އަވަހަށް ހަތަރުވަނަބައި އަންނާނެ

  5. goyye says:
    August 25, 2016 at 10:01 am

    hey avahah up kohdhyba

  6. reader says:
    August 25, 2016 at 10:26 pm

    lololll…m from gis too 😉

    1. lihaam says:
      August 28, 2016 at 1:12 am

      އެހެންތަ
      ޣިޔާޘުއްދީންް މެންޝަން ކުރީ އެސުކޫލަކީ ވަރަށްގިނަ ހަނދާންތަކެއް ވާ ތަނަކަށް ވާތީ

  7. Aishath says:
    August 26, 2016 at 1:36 pm

    Best of luck ?
    Story vvvvvv nyc
    Will wait ❤

    1. lihaam says:
      August 28, 2016 at 1:14 am

      ޝުކުރިއްޔާ

  8. Aishath says:
    August 30, 2016 at 3:34 pm

    waiting 🙂

  9. shif says:
    September 6, 2016 at 3:44 pm

    10 ga ulheyiru manje kon vaahakaek liyaakah… thi varumeehunvaahaka nuliyee

  10. zoe says:
    September 13, 2016 at 7:45 pm

    fahu bai hyvanee varah avas aruvaalaafa liyefa hurin hen. nd also ehn myhaku lavva komme ep eh kiyuvvaafa improvement eh geneven othiyya geneslaafa dhen up kollaba.
    practice makes perfect so u can also do it!!!!

  11. Shelly says:
    September 21, 2016 at 1:45 pm

    Varah kuhebahuri ey you kid don’t you know about writing stories in think if you want write story you have to go to a story writing class and learn how to write and continue with your stories please don’t take my comment as a negetive

Comments are closed.

All Right Reserved!