Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި އެދިގެން.. 6

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 8, 2016 7 Mins Read
19 Comments

“ހަލޯ.. އައިދަން… ޒީ ވަރަށް ސަކަރާތްވެފައި އެ އިންނަނީ… ސިއްސަ ސިއްސައިގެން ދަނީވެސް… މަންމައަކާއި އެއްވެސް ވަރަކަށް ވާހަކައެއްނުދެއްކި.. އެނދުން ތެދުވާކަށް ނޫޅުނު.. ކޮފީތަށިބޮއެގެންވެސް ހަމައިނީ.. ޒީ ރަނގަޅެއްނޫން އައިދަން.. އެއްވެސް އެއްޗެއް ނުބުނެ އިންނަ ދިމާލަކަށް އިންނަނީ ގެއްލިފަ… ބިރުވެރިކަމެއްގައި… މަންމައަށް ހީވަނީ އެ ހުވަފެނުގެ ސަބަބުންހެން…” ސަމީމާ ކަންބޮޑުވެލަމުން ބުނެލީ ގުޅައިގެން ހުރި އައިދަންއަށެވެ. އައިދަން ހިތްނުތަވަސްވިއެވެ. “މަންމާ އަޅުގަނޑު އެބަ ދަން އިރުކޮޅަކުން އިނގޭ..” އައިދަން ބުނެލިއެވެ. ސަމީމާ ހުމް އަޅުވާލުމަށްފަހު ސިޑިން ފައިބައިގެން ދިޔައީ ފޯނު ކަނޑާލަމުންނެވެ.

……

ޒީޝަންގެ ކޮޓަރި ދޮރުމައްޗަށް ހުއްޓުނު ހާފިޒް މީހަކު އުޅޭތޯ ބަލައިލުމަށްފަހު އެތެރެއަށް ދެމިގަތީ ދޮރު ހުޅުވާފަތޯ ބަލައިލާފައެވެ. ޒީޝަން ސިހިފައި ދޮރާއި ދިމާ ބަލައިލިއެވެ. ހާފިޒް ފެނުމާއި އެކު ޒީޝަންއަށް އެނދުން ފަހަތަށް ޖެހިލެވުނެވެ. ހިތް ތެޅިގަތެވެ. ކަރުނަ އައުން ހުއްޓިފައި ހުރި ލޮލުން ކަރުނަތަށް އަންނަންފެށިއެވެ. ހާފިޒް ވިހަ ހިނިތުންވުމަކާއި އެކު ކޮޓަރި ތަޅުލުމަށްފަހު ޒީޝަންއާއި ދިމާލަށް އައިސް އެނދުމަތީ އިށީނދެލިއެވެ. ޒީޝަން އަވަސް ނޭވާ ތަކެއް ލަމުން ފަހަތަށް ޖެހެމުން ދިޔައެވެ. ހާފިޒް ޒީޝަންގެ ފައިގައި ހިފަހައްޓާލިއެވެ. އަދި ޒީޝަންއާއި ދިމާލަށް ގުދުވެލާ ޒީޝަންގެ ގައިގާ އޮޅުލައިގަތެވެ. ޒީޝަންއަށް ކަރަންޓް ނަރެއްގައި އަތްލެވުނު ފަދައެވެ. ކުއްލި ބާރެއް ހަށިގަނޑަށް އެރިއެވެ. ހާފިޒް ޒީޝަންގެ ކަނދުރާގައި ބޮސްދިނެވެ. ދެންމެ ފެންވަރައިލާފައި ހުރުމުން ޒީޝަންގެ ގައިން ދުވަނީ މީރުވަހެކެވެ. ހާފިޒްއަށް އެ ވަހުގެ މަސްތުގައި ޖެހެވުނެވެ. ހާފިޒް ގެ ގައިގާ ހިފަހައްޓާފައި ޒީޝަން ކޮށްޕާލީ ހަމަކުއްލިއަކަށެވެ. ހާފިޒް އެނދުން ވެއްޓި ތަޅުންގަނޑުމަތީ ޖެހުނުގޮތުން ބުރަކަށްޓަށް ތަދެއް އެރިއެވެ.

ޒީޝަން ތެދުވެލަމުން ދޮރާއި ދިމާލަށްދިޔައެވެ. ހާފިޒް އައިރުޅީގައި ޒީޝަންގެ އަތުގައި ހިފަހައްޓާލާފައި އެނދާއި ދިމާލަށް ހޫރާލިއެވެ. ޒީޝަން އަށް ހަޅޭލަވައިގަނެވުނެވެ. އެނދުމައްޗަށް ވެއްޓުނުކަމެއްނޭނގެ ހާފިޒް އައިސް ޒީޝަންގެ ގައި މައްޗަށް އަރާލިއެވެ. ޒީޝަން ރޮމުން ހާފިޒް ކައިރި އާދޭސްކުރިއެވެ. ހާފިޒް އައިރުޅީގގައި އިތުރަށް ޒީޝަން ބިރުދައްކާ ހިތްވިއެވެ. ޒީޝަން ގެ ބޭނުންމިއަދުން މިއަދަށް ހިފާލަންބޭނުންވިއެވެ. ނަމަވެސް އޭނާ ބޭނުންވަނީ އެފޮނިކަން އަބަދަށް ލިބުމަށެވެ. މާ ބޮޑުވަރުނުކުރަނީ އެހެންވެއެވެ. އޭނާގެ މަގުސަދު ފުރިހަމަ ކުރުމުގެ ކުރިން ހާފިޒް އެއީ ކާކުކަމާއި ކީއްކުރެވޭނެ މީހެއްކަން އަންގަންބޭނުންވެއެވެ. ހާފިޒް ޒީޝަންގެ ކޮލުގައި ތުންފަތްޖައްސާލިއެވެ. ޒީޝަން އަނެއްކާވެސް ހާފިޒް ކޮށްޕާލިއެވެ. ނަމަވެސް އޭނާ ނުވެއްޓި ކޮންޓްރޯލްކޮށްލިއެވެ. ޒީޝަންގެ ކޮލުގައި ހާފިޒް ޖަހާލީ ހަނދާންހުރި ވަރު ކަމެއްކޮށްލަން ބޭނުންވީމައެވެ. ޒީޝަން ކޮލުގައި އަތްއަޅާލަމުން ހާފިޒްއަށް ބަލައިލިއެވެ. ދިލަނަގަމުން ދިޔަ ކޮލުގައި ހާފިޒްގެ އަތުގެ ނިޝާން އެރިއެވެ.

އަނެއްކާވެސް ހާފިޒް ޒީޝަންއާއި ދިމާލަށް ގުދުވެލިއެވެ. އެއާއި އެކު ހާފިޒްގެ ފޯނު ވައިބްރޭޓްވިއެވެ. ހާފިޒް ފޯނުބަލައިލި އިރު އެއީ އައިދަންގެ މެސެޖްއެކެވެ. “ހޭ ހާފިޒް… ކޮބާ ހޭލައިފިންތަ؟ ހޭލައިފިއްޔާ މިއަށް ރިޕްލައި އެއްކޮށްލައްޗޭ.. ނިދިފައި އޮވެދާނެތީ ނުގުޅީ… މިއުޅެނީ ގެއަށް ދާންވެގެން… ޒީޝަން ކުޑަކޮށް ބަލިވީމަ… އައި ނީޑް ޔުއަރ ހެލްޕް..” އައިދަން ގެ މެސެޖް ހާފިޒް ކިޔައިލީ ސިއްރުންނެވެ. ޒީޝަންއާއި ދިމާ ބަލައިލިއެވެ. ޒީޝަން ހުރީ ހާފިޒްއަށް އައި އެ ބަދަލުފެނި ވީގޮތް އޮޅުން ފިލުވަންބޭނުންވެފައެވެ. “މިކަން އިނގިއްޖެއްޔާ ހަނދާން ބަހައްޓާތި…” ހާފިޒް އެހެން ބުނެލުމަށްފަހު އަވަސް އަވަހަށް އެތަނުން ދާން ނިކުންނަން ހިނގައިގަތެވެ. މީހަކު އުޅޭތޯ ބަލައިލުމަށްފަހު ނިކުމެގެން އޭނާގެ ކޮޓަރިއަށް ދިޔައީ ސިއްރުންނެވެ. ޒީޝަން އެނދުން ތެދުވެލިއެވެ. މުޅި ގައިގާ ވަނީ ތުރުތުރެކެވެ. ގައިގާ ރިއްސަންވެސް ފެށިއެވެ. އެ ހިކި ނާޒުކު ހަށިގަނޑަށް ހާފިޒް ކަހަލަ މީހަކުއެރީމާ ތަދުވާނެނޫންހެއްޔެވެ.؟ ޒީޝަން އެނދުމަތި ރީތިކޮށްލުމަށްފަހު ލޯގަނޑު ކުރިމައްޗަށް އެރިއެވެ. ހާފިޒްގެ އަތް ކުލަ މަޑުކޮށްނަމަވެސް ޒީޝަންގެ ކޮލަށް އަރައިފާ އިނެވެ. ޒީޝަން އެތަނުގައި އަތްލާފައި ރޮއެގަންނަމުން ފާރާއި ދިމާލަށްތިރިވެ ލައްގަނެލަމުން އިށީނދެލިއެވެ. ދެކަކޫ ގެނެސް ކައިރިކޮށްލުމަށްފަހު އޭނާ މޫނު ފޮރުވާލިއެވެ.

މިކަން މިހެންދަންޏާ ކޮންމެވެސް ދުވަހަކުން އަދި އިނގޭނެއެވެ. އެދުވަހަކުން ޒީޝަންވެސް އެކަން ފޮރުވީމާ މިމީހުން ރުޅިއަންނާނެއެވެ. އައިދަންވެސް ކުށްވެރިކުރާނީ ޒީޝަންއެވެ. އަނެއްކާވެސް ދޮރު ހުޅުވުނު އަޑަށް ޒީޝަން ސިހިފައި ބަލައިލިއެވެ. ކާކުކަން ނޭނގުނިސް ޒީޝަން ވަގުތުން ނޫނެކޭ ކިޔަންފެށިއެވެ. އައިދަން އަށް ޒީޝަންގެ އަޑު އައި ދިމަލަށް ބަލައިލެވުނީ ހައިރާންކަމާއި އެކުގައެވެ. ޒީޝަން އިންގޮތުން އައިދަން އަވަހަށް އެދިމާލަށް ދިޔައީ މޭޒުމަތީ ކޯޓާއި ލެޕްޓޮޕް ދަބަސް ބައިންދާފައެވެ. ޒީޝަން ގެ ގައިގާ އައިދަން ގޮސް އަތްލީ ޒީޝަން އެއްވަރަށް ނޫނެކޭ ކިޔަމުންދިޔައީމައެވެ. ޒީޝަން އަނެއްކާވެސް ސިހިފައި އައިދަން އަށް ބަލައިލިއެވެ. އެ މޫނުމަތި ވާ ބިރުވެރިކަމާއި ސިހުން އައިދަންއަށް ނަގައިގަނެވުނެވެ. އައިދަން ޒީޝަންގެ އަތުގައި ހިފާ ކޮޅަށް ނަގާލަމުން އެނދުމަތީ ބޭންދިއެވެ. “ޒީޝީ…. ކިހިނެއްވީތަ ބޭބީ ގާލް… ބުނެބަ ވީ ގޮތް؟ ކިހިނެއްވީރޭގަ؟ ބިރުވެރި ހުވަފެނެއް ފެނުނީމަތަ ތިހެންވީ؟” އޯގާތެރިކަމާއި އެކު ޒީޝަންއަށް ބަލަން އިނދެ އައިދަންއަހާލިއެވެ. ޒީޝަން އައިދަންގެ މޫނަށް ބަލައިލިއެވެ. އެއްޗެއް ނުބުނެ ގަނޑުވެފައި ޒީޝަންއަށް އިނދެވުނީއެވެ. “ޒީޝީ!!” އައިދަން ގޮވާލީ ޒީޝަން ތަޅުވާލަމުންނެވެ. އަނެއްކާވެސް ޒީޝަން ސިއްސައިގެން ދިޔައެވެ.

އައިދަން ހާސްވިއެވެ. ޒީޝަން އަށް މިވަނީ ކީއްބާއެވެ؟ އައިދަން އަށް ޒީޝަންގެ ކޮލަށް އަރައިފައި އިން ކުލަ މަޑު އަތްތިލަ ފާހަގަވުމުން އެތާ އަތްޖައްސާލިއެވެ. ޒީޝަން ވަގުތުން އައިދަންގެ އަތް ދުރަށްޖައްސާލިއެވެ. ނަމަވެސް އޭނާ އޭރުވެސް އިނީ އެއްދިމާލަކަށް ގޮސް ހުސްވެފައެވެ. “ޒީޝީ … މީ ކިހިނެއްވެފައި؟ ކާކު ކުރިކަމެއްމީ؟ ޒީޝީ ޕްލީސް ބުނެބަ؟”އައިދަން ޒީޝަންގެ މޫނުގައި ހިފާލާ އައިދަންއަށް އަނބުރާލަމުން ބުނެލިއެވެ. “އެ..އޭނަ އަންނާނެ… އިދީވެސް މަރާލާނެ… އެންމެން މަރާލާނެ… އޭނާ އަދި އަންނާނެ…” ޒީޝަން ބުނެލިއެވެ. އައިދަންއަށް ހައިރާންކަންލިބުނެވެ. “ކާކު ޒީޝީ؟ ކާކު އަންނާނީ؟” ޒީޝަން ކައިރި އައިދަން އަހާލިއެވެ. “އަންނާނެ.. އިދީ މަރާލާނެ… އެންމެން މަރާލާނެ….” ޒީޝަން ބުނެލިއެވެ. އައިދަންއަށް ޒީޝަންގެ މޫނުމަތިން އޭނާގެ އަތް ނެގުނީ ކުއްލިއަކަށެވެ. އޭނާ ފުންވިސްނުމަކަށް ގެނބުނެވެ. ޒީޝަން މިކިޔަނީ ކީކޭ ހެއްޔެވެ؟ އަނެއްކާ ޒީޝަންއަށް މީހަކު ކަމެއްކުރަނީހެއްޔެވެ؟ “ޒީޝީ…. ބޭބީ ބުނެބަ ކާކު އަންނާނީ؟ ކިހިނެއްވީތަ؟” އައިދަން އަހާލިއެވެ. އެއަށްފަހު ޒީޝަންގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. އައިދަން ޒީޝަން އެނދުގައި ބާއްވާލީ އަރާމްކުރާށޭ ބުނެފައެވެ.

ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބުތަށް އައިދަން ބޭނުންވެލިއެވެ. ޒީޝަން އަނެއްކާވެސް ސިއްސައިގެން  ގޮސް އެނދުން ތެދުވެވުނީ ދޮރު ހުޅުވުނުއަޑަށެވެ. ޒީޝަންއަށް އެ ވީގޮތް އައިދަންއަށްވެސް ފެނުނެވެ. ޒީޝަން ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރުމަތީ ހުރި ސަމީމާ ހުރި ފިޔަވަޅުމަތީ ހުއްޓިހުރެވުނެވެ. “ޒީޝީ.. އެއި މަންމައޭ.. ސީ.. ކާމް ޑައުން..  އަވަހަށް އޮވޭ.. އެއީ މަންމައޭ…” ޒީޝަންގެ ކޮނޑުގައި ހިފާ އޭނާ ބާއްވާލަމުން އައިދަން ބުނެލިއެވެ. “ނޫން އިދީ އޭނާ އަންނާނެ… އަންނާނެ އޭނާ…” ޒީޝަން އަށް ބުނެލެވުނެވެ. މިފަހަރު އޭނާގެ އަޑުގައި ވަނީ ތަފާތުކަމެކެވެ. ބިރުވެރިކަމެކެވެ. ތުރުތުރެކެވެ. “ކާކުތަ ޒީޝީ… ކާކުތަ؟” އައިދަން ބުނެލިއެވެ. ޒީޝަން ޖަވާބެއް ނުދީ އެ އޮތްގޮތަށް އޮތެވެ.

ސަމީމާ އެތެރެއަށް ވަދެލީ މަޑުންނެވެ. “މަންމާ ކިހިނެއްތަ މި ވީ؟؟ ޒީޝީ… ޒީޝީ ވަރަށް ވަރަށް ބިރުގަނެފަ ހުންނަހެން ހީވަނީ… ބުނަނީ އޭނާ އަންނާނެ އޯ އިދީ މަރާލާނެ އޯ އެންމެން މަރާލާނެއޯ… ކާކުހޭ އެހީމަ ވެސް ނުބުނޭ….މަންމަ ބަލާބަ ޒީޝީ ގެ ކޮލެއް…. އަތްތިލައެއް އެބައިނޭ..” އައިދަން ބުނެލަމުން ސަމިމާއަށް ޒީޝަންގެ ކޯ ދައްކާލިއެވެ. “ސުބުހާނައް ﷲ… އައިދަން އަނެއްކާ ހާފިޒް ކަމެއް…..” ސަމީމާ ބުނެލިއެވެ. ޒީޝަން އަށް މި އައި ބަދަލަކީ ހާފިޒް އައި ފަހުން ވީކަމެއްކަމަށް ސަމީމާއަށް ލަފާކުރެވުމުން އެހެން ބުނެލެވުނީއެވެ. “ނޯ މަންމާ ހާފިޒް ކީއްކުރަން… މީ އެހެންކަމެއް ކަންނޭނގެ…” އައިދަން ހާފިޒްއަށް ކުރާ ބަރޯސާގެ ސަބަބުން ބުނެލިއެވެ. ސަމިމާވެސް އެކަން ގަބޫލުކުރިއެވެ. ޒީޝަން އައިދަންއަށް ނަޒަރު ހިންގާލިއެވެ. އައިދަން އެ ބުނި އެތި އޭނާއަށް ސާފްކޮށްއިވުނެވެ. ދެލޮލުން ފެން އައީ އެހެންވެއެވެ. އައިދަންއަށް ޒީޝަންއަށް ވުރެ ބޮޑަށް ހާފިޒް މުހިންމީހެއްޔެވެ؟ ޒީޝަން އެއްޗެއް ނުބުނެ އެ އޮތްގޮތަށް އޮތެވެ.

އައިދަން ސަމިމާ ކައިރި މަޑުކޮށްލަން ބުނެލުމަށްފަހު ނިކުމެގެން ދިޔައީ ހާފިޒްގެ ކައިރިއަށެވެ. ހާފިޒްގެ ކޮޓަރީގައި ޓަކި ޖެހުމުން ހާފިޒް ދޮރު ހުޅުވާލިއެވެ. “އޭ މޭން… ހާދަ އަވަހަކަށް ތި އައީ؟” ހާފިޒް ބުނެލިއެވެ. “ހާފިޒް އެބައޮތޭ ވާހަކައެއް..” އައިދަން އެހެން ބުނެލުމަށްފަހު އެތެރެއަށް ވަދެލިއެވެ. “ދެންމެ މެސެޖްކުރިން…” އައިދަން އެހެން ބުނެލިއެވެ. “އެހެންތަ ނޭނގޭނެއެއްނު ފޯނު އޮތީ ޗާރޖަށް ޖަހާފަ ހޭލިފަހުން އަދި ފޯނާއި ގާތެއްނުވަމޭ.. ދެން ބުނެބަލަ ކިހިނެއްވީތަ؟” ހާފިޒް އައިދަން ކައިރި އިށީނދެލުމަށް ބުނަމުން އޭނާވެސް އިށީނދެލިއެވެ. “މޭން… ޒީޝީ ކަމަކާ މާ ބޮޑަށް ބިރުން އުޅެނީ… މިހެން ބުންޏަސް ވަރަށް ވަރަށް ބިރުންނޭ.. ސިހި ސިހިގެން ދަނީ…  ބަލާލަންވީނު؟ ހާފިޒް ތި ކިޔަވަނީ ސައިކޮލެޖީއެއްނު.. މޭން އޭނާ ޗެކްކޮށްލަން ހިނގާބަ…” އައިދަން ބުނެލިއެވެ. ހާފިޒް ދެލޯބޮޑުކޮށްލިއެވެ. “އޭ.. ތިކަހަލަ ކަމެއްވެއްޖެޔާ އަވަސް ފަރުވާއެއް ބޭނުންވާނެ.. ހިނގާބަލަ އަވަހަށް..” ހާފިޒް ބުނެލިއެވެ. އައިދަން އާއި ހާފިޒް އެ ކޮޓަރިން ނިކުމެގެން ޒީޝަން އޮތް ކޮޓަރިއަށް އައެވެ. ހާފިޒް ފެނުމާއި އެކު ޒީޝަން ހިންދިރުވާލިއެވެ. ކައިރި ހުރި އައިދަން ފެނި އޭނާގެ ލޮލުން ކަރުނައައެވެ. ހާފިޒް އައިސް ޒީޝަން ގެ ކައިރި މަޑުކޮށްލާ ޒީޝަންގެ އަތުގައި ހިފާލިއެވެ. އައިދަން ޒީޝަންގެ މޫނަށް ބަލަންހުރިއިރު ޒީޝަން އޮތީ އައިދަންގެ މޫނަށް ބަލަންށެވެ. އެތަކެއް ވާހަކަތަކެއް އައިދަންއާއި ޒީޝަން ހިއްސާކުރީ ހިތުންނެވެ.

ހާފިޒް ގެ ތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. “އައިދަން މީ ކޮންކަމެއް؟” ހާފިޒް އަހާލީ ޒީޝަންގެ ކޮލަށް އަރައިފައި އިން އަތްތިލައަށް އިޝާރާތްކުރަމުންނެވެ. “ތިޔޭ މޭން…. ތި ހެނދުނު ވީކަމެއްކަން ޔަޤީން.. ރޭގައި ވަރަށް ރުއި ނޭނގެ ބިރުވެރި ހުވަފެނެއް ފެނިގެން ކަމެއް އެހެން ކަމެއްވެގެން ކަމެއް.. ހަމަޖެހޭ ވާހަކައެއްނުދައްކަ… އޭނާ އަންނާނެޔޯ.. އިދީ މަރާލާނެޔޯ އެންމެން މަރާލާނެޔޯ.. ކާކުހޭ އަހާއިރަށް ހުއްޓޭނެ.. ދެން ވާހަކައެއް ނުދައްކާނެ… ހާފިޒް މީ ކޮންކަމެއް އަނެއްކާ؟” ޒީޝަން އަށް ބަލަންހުރެ އައިދަން ޖަވާބުދިނެވެ. ޒީޝަންގެ ހިތުގައި ޖެހުނެވެ. އައިދަންއަށް އިހްސާސްނުވަނީހެއްޔެވެ؟ ނުވެސްވިސްނެނީހެއްޔެވެ. ކައިރި އިން ހާފިޒް އަކީ ހުރިހާވެސް ނުބައެއްކަން ނަގައިނުގަނެވެނީހެއްޔެވެ؟ ހާފިޒް ޒީޝަންގެ ކޮލުގައި އަތްލިއެވެ. ޒީޝަން ސިހިފައި ހާފިޒް ގެ އަތް ދުރަށްލިއެވެ. ޒީޝަން ފުންނޭވާތަކެއް ލާންފެށިއެވެ.. “މޭން… ބައެއްފަހަރު މާ ކަންތަކާ ވިސްނަންޏާ ނޫނީ ހާލަތްތަށް ދިމާ ވާގޮތުން ސިކުނޑިއަށް އުނދަގޫކުރާނެ… އެން އެކަމުގެ ނަތީޖާއަކަށް ވަނީ މިކަހަލަ ކަންތަށްވުން..މިކަހަލަ ކޭސްތަކުގައި އާންމުކޮށް ހިޔާލީ މީހުން ފެނުމާއި ރުޅިއާދެވުމާއި ރުއިމާއި އެމީހުންދެކެ ބިރުން އުޅުން ވާނެ… އޭނާގެ ސިކުނޑިން ބިރުވެރިކަން ފިލުވާލަންޖެހޭނެ…. މާ ބޮޑަށް ކަންތަކާ ނުވިސްނާ ވޭތޯ އުޅެންޖެހޭނީ… ވަގުތު ބޭނުންވާނެ..” ހާފިޒް ބުނެލީ ޒީޝަންގެ އަތުގައި ހިފާލަމުންނެވެ. ޒީޝަންގެ ވިންދުބަލާކަމަށް އޭނާ ހަދަމުން ދިޔައެވެ. އައިދަން އަށް ޒީޝަން ރޭގައި ފާހަނައިގައި އެއްޗެހި އުކާ އަޑުވެސް އިވުނެވެ. އެހެންކަމުން ހިސާބަކަށް އެއީ ތެދުކަން ނަގައިގަނެވުނެވެ. “ހާފިޒް ހެލްޕެއްވެވޭނެތަ؟” އައިދަން އަހާލިއެވެ.

ހާފިޒް ބޯޖަހާލިއެވެ. “މާ ބޮޑުވަރެއްނުވޭހެން ހީވަނީ އެހެންނޫންނަމަ މިހެންނެއްނުވެސް އޮންނާނެ… އިރާދަކުރެއްވިއްޔާ ޒީ ރަނގަޅުވާނެ ހަމަ އެކަނި ވަގުތާއި އަޅާލުމާއި ލޯބި ބޭނުންވާނީ..” ހާފިޒް ބުނެލިއެވެ. ޒީޝަން ހާފިޒްއާއި ދިމާލަށް ބިރުވެރިކަމާއި އެކު ބަލައިލީ އެ ޖުމްލައަޑުއިވުމުންނެވެ. އައިދަން އަށް އެކަން ފާހަގަވިއެވެ. ޒީޝަން ގެ އެ ބަލާލުމުގައި ވާ ބިރުވެރިކަން އިހްސާސްވިއެވެ. ހިތުގެ ކަނަކުން އޭނާއަށް ކަމެއް އަންގަންއުޅެއެވެ. ނަމަވެސް ނަގައެއްނުގަނެވުނެވެ. އައިދަން ޒީޝަންއަށް ބަލަންއޮވެ ބޯޖަހާލިއެވެ. ޒީޝަންގެ ލޮލުން ކަރުނައަންނަންފެށިއެވެ. އައިދަން އޭނާގެ އަތުން ޒީޝަން ވަޅުގަނޑަކަށް ކޮށްޕާލަނީއެވެ. ނަމަވެސް ޒީޝަންއަށް އެއްޗެއް ބުނެވޭނީ ކިހިނެއްހެއްޔެވެ؟ އޭނާ އޮތީ އިންޒާރުދީފައެވެ.

ހާފިޒް އައިދަންއާއި އެކު ނިކުމެގެން ދިޔައީ ވާހަކަތަކެއް ދައްކަމުންނެވެ. ޒީޝަން މަޑުމަޑުން ތެދުވެލިއެވެ. އޭނާ ދައްކަން ބޭނުންވާ އެތަކެއް ހިއްސާކުރަން ބޭނުންވާ ވާހަކަތަކެއް އެބަހުއްޓެވެ. ނަމަވެސް  އަނގައިން ބޭރެއްނުވެވެއެވެ. އަނގައިގައި ހާފިޒް ވަނީ ޓޭޕެއް އަޅާފައެވެ. ޒީޝަން އޭނާގެ ފޯނުނަގައިލިއެވެ. އަދި މެމޯ ހުޅުވާލާ އޭގައި ހިތުގެ ހުރިހާ އުދާސްތަށް ބޭރުކުރަންފެށިއެވެ. އެ ހިތަށް ކުޑަވެސް ލުއިކަމެއްލިބޭތޯއެވެ. މި ބޮޑުގޭގައި މިހާރު އޭނާ އަށް އެކަނިވެރިކަން އިހްސާސްވާންފެށިއެވެ. ފޯނު މޭގައި ޖައްސާލަމުން ޒީޝަން ރޮއެގަތެވެ. އައިދަން ކޮޓަރިއަށް ވަދެލީ އެވަގުތުއެވެ. ޒީޝަން ސިހިފައި ލޯ ހުޅުވާލާ ދޮރާއި ދިމާލަށް ބަލައިލިއެވެ. އޭނާ ދިޔައީ ތެޅިގަނެގެންނެވެ. އައިދަން ދޮރު މަޑުން ލައްޕާލާފައި ޒީޝަން ކައިރި އިށީނދެލިއެވެ. ޒީޝަން އެއްވެސް ހަރަކާތެއް ނުކޮށް ކަރުނުން ފުރިފައިވާ ލޮލަކުން އައިދަންއަށް ބަލަން އޮތެވެ. އައިދަން ޒީޝަންގެ އަތުގައި ހިފައިލިއެވެ. “ޒީޝީ…. ކާކު އަންނާނީއޭ ތަ ބުނީ.. މީ.. މީ ކިހިނެއްވެފައި؟” އައިދަން ޒީޝަންގެ ކޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ޒީޝަން އައިދަން ގެ ގައިގާ ބައްދާލިއެވެ. ކޮނޑުމަތީ އޮއްވާ އަނެއްކާވެސް އޭނާއަށް ރޮވުނެވެ. އައިދަން އަށް ޒީޝަންގެ ހިތްތެޅޭވަރު އިހްސާސްވިއެވެ. ޒީޝަން އަށް ބޮޑުކަމެއް ދިމާވާކަން އައިދަންއަށް ނަގައިގަނެވުނެވެ. އެއީ އާދައިގެ ކަމެއްނޫނެވެ.

“ޒީޝީ… ކާކުތަ؟” އައިދަން އެ އިންގޮތަށް އިނދެ އަހާލިއެވެ. ޒީޝަން އައިދަން ކައިރި ބުނެލަން އަނގަ ހުޅުވާލުމާއި އެކު ކުއްލިއަކަށް އޭނާގެ ކުރިމަތިން ހާފިޒް ވަޅިއެއް ހިފައިގެން ހުރިތަން ސިފަވިއެވެ. އަދި އައިދަންގެ ބުރަކަށްޓަށް އެ ހަރާލަން އުޅުނެވެ. ޒީޝަން ލޯމަރާލަމުން ހަޅޭލަވައިގަތެވެ. އައިދަން ސިހިފައި ޒީޝަން ދުރަށް ލިއެވެ. “ޒީޝީ… ކިހިނެއްވީ؟؟؟” ސިހިފައި އައިދަން ބުނެލިއެވެ. ޒީޝަން އަށް އައިދަންގެ މޫނު  ފެނި އިތުރަށް ރޮއެގަނެވުނެވެ. އައިދަން ޒީޝަންގެ ކަރުނަތަށް ފޮހެލަދިނެވެ. ޒީޝަން އޭނާގެ ހިތުން އައިދަން ކައިރި އެވާހަކަ ބުނުމުގެ ހިޔާލުވެސް ފޮހެލިއެވެ. އައިދަން ޒީޝަން ކައިރި އޮށޯވެލުމަށް ބުނެލިއެވެ. ޒީޝަން ނޫނެކޭ ބުނެލުމުގެ ގޮތުން ބޯ ދެކޮޅަށް ހަރަކާތްކޮށްލިއެވެ. “ދެން އޮވެލަބަ ޒީޝީ. އަރާމް ކޮށްލަންޖެހޭނޭ…” އައިދަން ޒީޝަން އެނދުމަތީ ބާއްވާލަމުން ބުނެލިއެވެ. ޒީޝަން އޮވެލުމުން އައިދަން އެނދުން ތެދުވެލީ ލައިގެން ހުރި ގަމިހާއި ފަޓުލޫނު ބޭލުމުގެ ގޮތުންނެވެ. “ނޯ.. ޕްލީސް އިދީ ނުދޭ…” ޒީޝަން ބުނެލިއެވެ. އައިދަންއަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. ޒީޝަން އަނގައިން އިތުރު ބަހެއްނިކުތްކަންވެސް އެއީ ނަސީބެވެ. “ނުދަމޭ އެބަ އަންނަން އިނގޭ އެއްޗެހި ބަދަލުކޮށްލައިގެން..” އައިދަން ބުނެލިއެވެ. ޒީޝަން އަނެއްކާވެސް ނޫނެކޭ ބުނެލިއެވެ. “ޕްލީސް.. އޯކޭ މިތާ ހުރެގެން ކުރާނަން.. އޯކޭ އެއްނު؟” އައިދަން ބުނެލިއެވެ. ޒީޝަން އެއްޗެއް ނުބުނެ އައިދަންގެ އަތުން ދޫކޮށްލިއެވެ.

އައިދަން ލާން ގެންގުޅޭ ޓީސާޓެއް ހިފައިގެން އައިސް ޒީޝަން ކައިރި ހުރެ ބޭލުމަށްފަހު ލިއެވެ. އަދި ތުވާލި އޮޅާލައިގެން ހުރެ ފަޓުލޫނު ބާލާ ސޯޓެއް ލުމަށްފަހު އެ އެއްޗެހި ކޮނޑުގައި އަޅުވާލިއެވެ. އެ ހުރިހާ އިރު ޒީޝަން އޮތީ އައިދަންއަށް ބަލަންށެވެ. އައިދަން ގެއްލިދާނެތީއެވެ. ނުފެންނަ ހިސާބަށް އައިދަން ދާން އޭނާ ނޭދެއެވެ. “އޯކޭ އެއްނު މިހާރު؟” އައިދަން ޒީޝަން އާއި ވީ އަނެއްފަޅީގައި އިށީނދެލަމުން ބުނެލިއެވެ. ޒީޝަން ބޯޖަހާލިއެވެ. އަދި އައިދަންގެ އަތުގައި ހިފާލިއެވެ. “ނު..ނުދާތި.. އެ..އެއްވެސް ތާކަށް… ޕް..ލީސް..” ޒީޝަން ބުނެލީ އައިދަންގެ މޫނަށް ބަލަންއޮވެފައެވެ. “އޯކޭ މައި ޕްރިންސެސް.. އެކަމް ޓޮއިލެޓަށް ދާންވީމަ ކިހިނެއްހަދަންވީ؟” އައިދަން ހިނިތުންވެލަމުން ބުނެލީ ޒީޝަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވޭތޯއެވެ. އޭނާގެ ސިކުނޑިން ބިރުވެރިކަން ފިލުވާލަން އޭނާވެސް ބޭނުންވާތީއެވެ. ޒީޝަން ހިނިތުންވެލިއެވެ. “ކާންވީނު ދޯ؟ މަމް ބުނީ ނުވެސް ކަޔޭ.. ޒީޝީ ޖެހޭނެއެއްނު ކާންވެސް..” އައިދަން ބުނެލީ ޒީޝަންގެ ކޮލުގައި ހިފާލަމުންނެވެ. ޒީޝަން ނޫނެކެ ބުނެލިއެވެ. އައިދަންގެ ނަޒަރު ޒީޝަންގެ ކޮލަށް އަރައިފައި އިން އަތްތިލައަށް ދިޔައެވެ. އޭނާ ލޯމަރާލަމުން ނޭވައެއް ދޫކޮށްލިއެވެ.

“ޒީޝީ މީ… ކާކު ކުރިކަމެއްތަ؟ މީހަކު އައީތަ؟ ޒީޝީ ޕްލީސް މިފަހަރު ޖަވާބުދީބަ..” އައިދަން ބުނެލިއެވެ. ޒީޝަން ހިފަހައްޓާލައިގެން އިން އައިދަންގެ އަތަށް ބާރުކޮށްލިއިރު އޭނަ ތުރު ތުރު އަޅައެވެ. ޒީޝަން ބޯ ހޫރާލިއެވެ. “ޒީޝީ ކޮންކެމެއްވެސް ކުރީގަ ބުނީމަ ރަނގަޅުވާނީ..” އައިދަން ބުނެލީ ޒީޝަން އާއި ކުޑަކޮށް ކައިރިވެލަމުންނެވެ. ޒީޝަން އެހެން އެހުމުން ބިރުގަނެއްޖެކަން އައިދަންއަށް ނަގައިގަނެވުމުންނެވެ. އައިދަންއަށް ޒީޝަންގެ މޫނަށް ނަޒަރު ހިންގާލެވުނެވެ. އޭރު ޒީޝަން އޮތީ އައިދަންގެ މޫނަށް ބަލަންށެވެ. އެ ކައިރިކަން ޒީޝަންގެ ހިތުގެ ވިންދުއަވަސްކޮށްލިއިރު އައިދަންއަށް ވެސް ވީއެވަރެވެ. “ޒީޝީ…” އައިދަން ގޮވާލީ މަޑުންނެވެ. އެއަށްފަހު ޒީޝަންގެ ނިތުގައި ތުންފަތްޖައްސާލިއެވެ. ޒީޝަން ލޯމަރައިލިއެވެ. އައިދަން ދުރަށްޖެހިލި ވަގުތު ޒީޝަން އެހެން އޮތުމުން ހިނިތުންވެވުނެވެ. އެހެންކަމުން ޒީޝަންގެ ކޮލުގައި ތުންފަތްޖައްސާލިއެވެ. ޒީޝަން ސިހިފައި ދެލޯ ހުޅުވާލީ ހާފިޒް ގެ މަތިން ހަނދާންވެގެންނެވެ. ލިބުނު ހަމަޖެހުން އަނެއްކާވެސް ބިރުވެރިކަމަށް ބަދަލުވިއެވެ. ޒީޝަން އަވަސް ނޭވާތަކެއް ލަމުން އައިދަން އާއި ދުރަށްޖެހިލާ ތެދުވެލިއެވެ. އަދި ލައްގަނެލިއެވެ.

އައިދަން ސުވާލުގެ ނަޒަރަކުން ޒީޝަންއަށް ބަލައިލިއެވެ. އައިދަން ހީކުރީ ޒީޝަން ހިތްހަމަނުޖެހުނީކަމަށެވެ. އެހެންކަމުން އަވަސް އަވަހަށް އެނދުން ތެދުވެލަން އުޅުމުން ޒީޝަން އައިދަންގެ އަތުގައި ހިފަހައްޓާލިއެވެ. އައިދަން ޒީޝަންއަށް ބަލައިލިއެވެ. ޒީޝަން އައިދަން ކައިރި އައުމަށްއެދުނެވެ. އައިދަން ވާނުވާނޭނގި ޒީޝަންއާއި ކައިރިވެލިއެވެ. ޒީޝަން ތުރު ތުރު އަޅަމުން ދިޔަ އޭނާގެ އަތުން އައިދަންގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި އޭނާގެ މޫނާއި އައިދަންގެ މޫނުކައިރިކޮށްލިއެވެ. އައިދަން ޒީޝަންގެ އެ ހަރަކާތުން ކުޑަކޮށް ސިހުނެވެ. އޭނާގެ ހިތުގައި ތަފާތުއިހްސާސްއެއް ވަމުންދިޔައެވެ. ހިތްތެޅެމުންދިޔައެވެ. އައިދަން ޒީޝަންގެ ތުރު ތުރުއަޅަމުން ދިޔަ ތުންފަތަށް ބަލައިލެވުނީ އިހްތިޔާރުން ބޭރުގައެވެ. ޒީޝަން ލޯމަރާލުމާއި އެކު އައިދަން ޒީޝަންގެ އުނަގަނޑުގައި ހިފާލަމުން އިތުރަށް ކައިރިވެލާ ތުންފަތަށް ބޮސްދިނެވެ. ޒީޝަން ގެ އިތުރުން އައިދަންއަށް ވެސްކުރަމުން ދިޔައީ ތަފާތު އިހްސާސްތެކެވެ. ދެމީހުންގެ ހިތްހީވަނީ ނިކުމެގެން އައިސްދާނެހެންނެވެ. އައިދަން ޒީޝަންއާއި ދުރަށް ޖެހިލިއެވެ. ޒީޝަން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެ މޫނުމަތިން ލަދުވެތިކަން ފާޅުވާންހުއްޓެވެ. ޒީޝަން އިސްޖަހާލަމުން އައިދަންގެ ގައިގާ ބައްދާލިއެވެ. އައިދަންއަށް ވެސް ހިނިތުންވެވުނެވެ. ޒީޝަންގެ އެ ލަދުރަކި ހިނިތުންވުމުން އައިދަންއަށް ލިބުނީ ބުނަންނޭނގޭފަދަ އުފަލެކެވެ. ޒީޝަންއަށް ހުރިހާ ކަމެއް ހަނދާންނެތުނުފަދައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ނުހައްޤު ލޯބި (20 ވަނަ ބައި)

Next

މިހިތުގެ ފަސާނާ 2

Next
October 9, 2016

މިހިތުގެ ފަސާނާ 2

Previews
October 8, 2016

ނުހައްޤު ލޯބި (20 ވަނަ ބައި)

19 Comments!

  1. Ryn says:
    October 8, 2016 at 11:52 pm

    Enjoy 🙂 Good night 🙂

  2. a says:
    October 9, 2016 at 12:07 am

    it,s awsome waiting for next part

  3. aal says:
    October 9, 2016 at 12:13 am

    Waaaaau… ?? v salhi

  4. Azuna says:
    October 9, 2016 at 12:23 am

    V reethi…waiting 4 nxt part.

  5. Hooooo. says:
    October 9, 2016 at 12:47 am

    Wooooooooww

  6. Khajja says:
    October 9, 2016 at 1:06 am

    Waaaaooo v salhi v rom e romance ge thereyga haafizge vaahaka zy ah kiyeyne nama aidhan ah kommes eh cheh visni eynage mom ah shakkuvi kanthah yagynvaane ennu eyrun e haafiz ah vaagoiyves engidhaane maamolhumyhakah vegen myhunnah birudhakan miulheny… stry v habeys kyp it up n waitin

  7. Munchkin ? says:
    October 9, 2016 at 2:38 am

    Wowo ? salhi ?

  8. Aish says:
    October 9, 2016 at 7:23 am

    Alhe aidhan ge mom haafiz ah faaralaane nama. V foohivey adhi psycology kiyavamun ehen meeh7n birugannavaathy

  9. thaathi says:
    October 9, 2016 at 8:28 am

    dhen haafiz aa hedhi story read kuraa iru rulhigadhavaathyvex nukiyey nikan bondieh dhybala

  10. Ninni says:
    October 9, 2016 at 8:36 am

    Haafiz.. yewr a bitch.. huwrr v foohivey.. Zishee ah ehn nuhadhabr dhww…

  11. jyu says:
    October 9, 2016 at 9:01 am

    speechless…hadha reechey

  12. jyu says:
    October 9, 2016 at 9:01 am

    speechless…hadha reechey

  13. Azu says:
    October 9, 2016 at 2:13 pm

    Aidhan ah memo fennani kannenge..?

  14. nash says:
    October 9, 2016 at 2:28 pm

    V foohi vahaka eh. Mibaiga abadhu ekahcheh kiyaala kiyala. Abadhu kaaku kuri kameh. Bunebala. Bodu haasaru gandeh.

  15. Butterfly girl says:
    October 9, 2016 at 2:36 pm

    Wow! V salhi story eh…n plx plx plx zeeshee ah dhera gotheh nahadhahchey…

  16. Haiko says:
    October 9, 2016 at 3:03 pm

    Vrh habeys. Waitin for the next part.

  17. Haiko says:
    October 9, 2016 at 3:03 pm

    Vrh habeys. Waitin for the next part.

  18. nash says:
    October 9, 2016 at 11:41 pm

    Vvv hadi. Haasaru gandeh

  19. ##ss says:
    November 14, 2016 at 4:06 pm

    Mi nash ekey kiyaa meehakah heevany vaahakayaa behey gothu varah Gina ehchehi engey henn..
    Mi vaahaka is awesome..
    Ryn is my favorite writer and she is the best…
    And mi story mee mage favorite mihaaru neynge kiyunu adhadheh vexx… Ekakuvex ryn ge vaahaka liyumah faadu kiyaai geneh nuvaane ingeyyy…

Comments are closed.

Next Episodeތި ލޯބި އެދިގެން… 7←


All Right Reserved!