Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި އެދިގެން… 5

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 7, 2016 7 Mins Read
15 Comments

ހާފިޒް ޒީޝަންގެ ކަންފަތާއި ކައިރިވެލިއެވެ. “މިވާހަކަ ސިއްރުނުކޮށްފިއްޔާ އައިދަން އަށް ވާނެވަރު އަންދާޒާވެސް ނުކޮށްލެވޭނެ ހަނދާންބަހައްޓާތި… މިގޭ އެންމެންގެ ސަލާމަތްކަން ބޭނުމިއްޔާ އިނގޭ ދޯ ކުރަންވީ ކަންތަށް… އަދި ބުނަން…. އަހަރެންނަކީ އާދައިގެ މީހެއްނޫން… ދެމިނެޓް ތެރޭ މި އެންމެންގެ ދުވަސް ދުއްވާލެވޭނެ ބާރު އެބައޮތް… ޒީޝަން މިކަން ސިއްރުކުރުން ނޫނީ މި މީހުންގެ ފުރާނަ ސަލާމަތްކުރުން އޮންނާނީ…..” ހާފިޒް އެހެން ބުނެލުމަށްފަހު ޒީޝަންއާއި ދުރަށްޖެހިލިއެވެ. ޒީޝަންއަށް ނޭވައި ލެވުނީ ދެނެވެ. އޭނާ އަމިއްލަ ތުންފަތުގައި ދަތްއަޅާލިއެވެ. ދެންމެ ހާފިޒް ބުނި ވާހަކަ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޒީޝަން އެހެންއޮއްވާ ބެލްކަނީގެ ދޮރު ހުޅުވައިގެން ހާފިޒް އެތަނުން ފުއްމާލިތަން ފެނި ޒީޝަން ގެ ދެލޯ އިތުރަށް ބޮޑުވިއެވެ. އަނެއްކާވެސް ޒީޝަން ސިއްސައިގެން ދިޔައީ ދޮރުގައި އައިދަން ޖަހާލުމުންނެވެ. ޒީޝަން ގައިގާ ނެއްބާރު ލައިގެން ތެދުވެލިއެވެ. އިރައިގެން ގޮއްސާ އޮތް އޭނާގެ ޓީސާޓުކޮޅަށް ބަލައިލުމަށްފަހު އަވަސް އަވަހަށް އެބާލާ އަލަމާރިތެރެއަށް ލާ ފޮރުވީ މިގަޑީގައި އެއަށް ކުރެވޭނެކަމެއް ނޭނގުނީމައެވެ. އެ ފެނިފާ އައިދަން ސުވާލުކޮށްފާނެތީއެވެ. ޒީޝަން ތުވާލު ގައިގާ އޮޅާލިއެވެ. އަދި އެނދުމަތި ރީތިކޮށްލާ އައު ޓީޝާޓެއް ނަގައިލުމަށްފަހު ކަރުނަތަށް ފޮހެލިއެވެ. އެއަށްފަހު ގޮސް ފާހަނައިގެ ދޮރު ހުޅުވާ ލައިޓްވެސް ޖައްސާލިއެވެ.

ރަނގަޅު ބަހަނާއެއް ވިސްނަމުން ޒީޝަން ދޮރާއި ދިމާލަށް ދިޔައީ ތުވާލި އޮޅާލައިގެން ހުރެއެވެ. ޒީޝަން ދޮރު ގެ ތަޅުގައި ހިފާ ހުޅުވާލަމުން ދޮރުގެ ނިވަލަށް ފިލިއެވެ. އައިދަން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލަމުން އެތެރެއަށް ވަނެވެ. ދޮރާއި ދިމާލަށް ނަޒަރު ހިންގާލަނިކޮށް އޭނާއަށް ފެނުނީ ޒީޝަންގެ ތުވާއްޔެވެ. ވީގޮތް ހިސާބަކަށް އިނގުމުން އައިދަން ފަސްއެނބުރެމުން އެނދާއި ދިމާލަށް ދިޔައެވެ. ޒީޝަން އަށް އެތަން ފެނި ދޮރު ލައްޕާލައިފައި ފާހަނައަށް ވަންނަން ހިނގައިގަތީ އަވަސް އަވަހަށެވެ.

ޒީޝަން ފާހަނައިގެ ދޮރު ލެއްޕި އަޑަށް އައިދަން ފުން ނޭވައެއް ލަމުން އެނބުރިލިއެވެ. ލައިގެން ހުރި ޓީޝާޓު ބާލާ އަޅުވާލަމުން އޭނާ އެނދާއި ދިމާލަށް އައެވެ. އެނދުކައިރި ވެއްޓިފައި އޮތް ޒީޝަންގެ ފޯނު ފެނި އެ ނެގިއެވެ. އެއައި ދިމާލަށް ބަލައިލަމުން އޭނާ ފޯނު އެނދުމަތީ ބާއްވާލިއެވެ. އެއާއި އެކު ހުޅުވިފައި ހުރި ބެލްކަނީ ފެނިގެން އެ ދިމާލަށް ދިޔައެވެ. އެއީ ޒީޝަންގެ ކަމެއްކަމަށް ހިތާ އައިދަން ބެލްކަނީއަށް ނިކުމެވޭ ދޮރު ލައްޕާލައިފައި އެނދުމަތީ އޮށޯވެލިއެވެ. ހިތުގެ ކަނަކުން ކޮންމެވެސް ނުބައެއް އުޅޭކަހަލަ އިހްސާސްއެއް އޭނާއަށް ވިއެވެ. ކީއްވެކަމެއް ކޯޗެއް ފެނިގެންކަމެއް ހުދު އޭނާއަށް ވެސް ނޭނގުނެވެ. ޒީޝަން ނިކުމެލަން ވާއިރަށް އައިދަން އެދެމީހުން ދެމެދުގައި ބާއްވާ ބާލިހާއި ޒީޝަންގެ ޓެޑީބެއަރ ބޭއްވިއެވެ. ޒީޝަން ނިދަން އޮންނަތަނަށް އައިދަން ބަލައިލިއެވެ.

ޒީޝަން ފާހަނައިގައި ފެންވަރަން ހުރިއިރުވެސް ރޮވުން ނޫންކަމެއްނުވިއެވެ. އަނގައިން އަޑުބޭރުނުވެ ހުރީވެސް ހަމަ ކިރިޔާއެވެ. ފެންވަރާލުމަށްފަހު ލޯގަނޑުން ފެނުނު އަމިއްލަ މޫނަށް ބަލައިލިއެވެ.

ދެލޯ ރަތްވެފައި ވާތަން ފެނިފައި ޒީޝަން ދެލޮލުގައި އަތް އުނގުޅައިގަތެވެ. ފައިބައިގެން އައި ކަރުނަތަށް ރުޅިވރެރިކަމާއި އެކު އޭނާ ފޮހެލިއެވެ. ޒީޝަން އަށް ރުޅި އާދެވުނީ ކީއްވެކަމެއްނޭނގެއެވެ. ދެތިން ފަހަރު ފާރުގައި ހުރި މުށިތަކުގައި ގޮށްމުއްކަވާ ޖަހާލިއެވެ. އޭރުވެސް ދެލޮލުން ކަރުނަ އައުމެއްނުހުއްޓެއެވެ. އެވަރުންވެސް ނުފުދިގެން އޭނާ ބަހައްޓާފައި ހުރި ޝޭމްޕޫ ފުޅިތަކާއި ސައިބޯނި ފުޅިތަކާއި މޫނު ދޮންނަ އެއްޗެހިތަށް އުކާލިއެވެ. އެއަޑު ފާހަނައިގައި ހިފާލިއެވެ. އައިދަން ސިހިފައި ފާހަނައަށް ބަލައިލިއެވެ. އަދި ކުއްލިއަކަށް ތެދުވެލާފައި ދޮރާއި ދިމާލަށް ގޮސް ދޮރު ކައިރި އިރުކޮޅަކު މަޑުކޮށްލިއެވެ. ޒީޝަން ހީވަނީ މޮޔައެއްހެންނެވެ. އަތުގައި ޖެހުނު އެއްޗެއް އުކަމުން ދިޔައެވެ. ފާރުގައި ދެތިން ފަހަރު ބޮނޑުއެއް އަޅާލިއެވެ. އެ ހުރިހާ އެއްޗެއްގެވެސް އައިދަންއަށް އަޑުއިވުނެވެ. އައިދަން ހުރީ ސުވާލުމާކެއްގެ ތެރޭގައެވެ. އައިދަން ފާހަނައިގެ ދޮރުގައި ޖަހާލިއެވެ. ޒީޝަން ސިހިފައި ދޮރާއި ދިމާލަށް ބަލައިލިއެވެ. އެއާއި އެކު އައި ރުޅި ހިނދުނެވެ. ފުން ނޭވާތަކެއް ލަމުން އޭނާ ހުރިތަނަށް ތިރިވެވުނެވެ. މޫނުމަތީ އަތް އަޅައިގެން ހުރެ ޒީޝަން ރޮއެގަތެވެ.

ކުއްލިއަކަށް ފާހަނަތެރޭ އަޑުމަޑުވުމުން އައިދަން އިތުރަށް ހާސްވިއެވެ. އަނެއްކާވެސް ދޮރުގައި ޖަހާލިއެވެ. ޒީޝަން އަށް އެއަޑުއިވުމުން ކަރުނަތަށް ފޮހެލާ ތެދުވެލިއެވެ. އަދި އުކާލި ހުރިހާ އެއްޗެހި އެ އެއްޗެއްގެ ތާކު ބެހެއްޓުމަށްފަހު ގެނައި ޓީޝާޓުލިއެވެ. އަދި ކުރިންވެސް ލައިގެން ހުރި ޓައިޓް ލުމަށްފަހު ތުވާލު ހިފައިގެން ލޯގަނޑުކުރިމައްޗަށް އެރިއެވެ. މޫނުގައިއަތްހާކާލަމުން ކަރުނަތަށް ފޮހެލިއެވެ. ނަމަވެސް އެ ބޮޑު ދެލޮލާއި މޫނުމަތީ ހުރި ރަތްކަމެއްނުފިލައެވެ. ޒީޝަން އިސްޖަހާލައިގެން ދޮރު ހުޅުވާލިއެވެ. ދޮރު ކައިރި  ލައްގަނެގެން ހުރި އައިދަން ޒީޝަންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ޒީޝަން އިސްޖަހާލައިގެން ގޮސް ތުވާލި އަޅުވާލާފައި އެނދާއި ދިމާލަށް ދިޔައެވެ. އެނދު ފެނިފައި ދެންމެ ހިނގައިދިޔަ ކަންތަށް ސިފަވެ ހިތް ތެޅިގަތެވެ. އޭނާގެ ގައިގާ ތުރު ތުރު ލާންފެށިއެވެ. ނަމަވެސް އައިދަން ކުރިމަތީ އެކަން ނުދައްކަން އައިސް އޮށޯވެލާ ރަޖާ ގަނޑު އަޅާލަމުން އައިދަން އޮންނަ ދިމާ ނޫން އަނެއްދިމާލަށް އެނބުރިލިއެވެ.

ފާހަނަކައިރި ހުރި އައިދަން ޒީޝަން ގޮސް އޮށޯންނަންދެން ހުރީ ބަލާށެވެ. ޒީޝަންއަށް ބަދަލެއް އައިއްސިކަން އޭނާއަށް އިހްސާސްވިއެވެ. އައިދަން ފުންނޭވައެއް ދޫކޮށްލުމަށްފަހު އޭނާވެސް ފާހަނައަށް ވަދެ ފެންވަރާލާ ހަދައިގެން ނިކުތެވެ. އޭރު ޒީޝަން އޮތީ އަނެއްފަޅިއަށް އެނބުރި އޭނާގެ ޓެޑީގެ ގައިގާ ބައްދާލައިގެންންނެވެ. މޫނުމަތީ ރަޖާގަނޑު އަޅާފައިއޮތުމުން އޮތީ ނިދާފައިކަމެއް އައިދަންއަކަށް ނޭނގުނެވެ. އެހެންކަމުން މަޑުމަޑުން އައިސް އޭނާވެސް އެނދުމަތީ އޮށޯވެލާއި ރަޖާގަނޑު ބަނޑާއިހަމާ ފޮރުވާލަމުން ޒީޝަން އޮތް ދިމާލަށް އެނބުރިލިއެވެ. ޒީޝަން އަށް މިވަނީ ކީއްބާއޭ ހިތާ ހިތުން ސުވާލުކުރަމުން ރަޖާގަނޑުގެ ބޭރުން ފެންނަމުން ދިޔަ ޒީޝަންގެ ނިތްކުރިއަސް އައިދަން ބަލައިލިއެވެ.

ހިތަށް އެރި އެއްޗެއްގެ ސަބަބުން އައިދަން ޒީޝަންގެ މޫނާއި ދިމާލަށް އަތްދިއްކޮށްލީ ރަޖާގަނޑު ނަގާލަންށެވެ.

ނަމަވެސް އޭނާ އަކަށް އެކަމެއްނުކުރެވުނެވެ. އެހެންކަމުން އަތް ދުރަށް ލަމުން ދެލޯމަރައިލާ ނިދަން އޮވެލިއެވެ.

….

“ޒީޝަން… ޒީޝަން މިކަން ސިއްރު ނުކޮށްފިއްޔާ އައިދަންގެ ދިރިއުޅުން ބަރުބާދުކޮށްލާނަން…” ޒީޝަން ގެ ގައިމައްޗަށް އަރައި އޮތް ހާފިޒް ބުނެލިއެވެ. “ނު..ނުބުނާނަން.. ނު.. ނުބުނަނަން..” ޒީޝަން ރޮމުން ރޮމުން ބުނެލިއެވެ. ހާފިޒް ހިނިތުންވަމުން އޭނާ ލައިގެން ހުރި ގަމިސް ބާލަމުން ޒީޝަންގެ ގަޔާއި ދިމާލަށް އައެވެ. ޒީޝަން ރޮމުން ދިޔައިރުވެސް އޭނާ މަޑުން އޮތީ އައިދަންއަށް ޓަކައެވެ… ކުއްލިއަކަށް ކޮޓަރިތެރެ އަނދިރިވެގެން ދިޔައެވެ. ހާފިޒް ނެތްކަމުގެ އިހްސާސްވިއެވެ. ޒީޝަން ތެދުވެލިތަނުން ކުއްލިއަކަށް ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އެއާއި އެކު ޒީޝަންގެ ދެލޯ ބޮޑުވިއެވެ. އައިދަންއާއި ދިމާލަށް ވަޅި ދިއްކޮށްލައިގެން މީހަކު ހުއްޓެވެ. އައިދަން އެ ހުރިގޮތަށް ހުރި ބުދެއްހެން ހުރިއިރު އަނެއްކާވެސް ހާފިޒް ޒީޝަންއަށް ފާޅުވިއެވެ. ހާފިޒް އައިސް އަނެއްކާވެސް ޒީޝަންގެ ގައިގާ ބައްދައިގަތެވެ. ޒީޝަން ގަދަ ހަދަންފެށުމުން ހާފިޒް އެމީހާއަށް އަމުރުކުރީ އައިދަންގެ ގަޔަށް ވަޅިހަރާލާށެވެ.

“ނޫން ނޫން ނޫން ޕްލީސް..” ޒީޝަން ހަޅޭލަވަންފެށިއެވެ.

…..

އައިދަން ސިހިފައި ތެދުވެވުނީ ޒީޝަން ހަޅޭލަވައިއަޑަށެވެ. ޒީޝަންއާއި ދިމާ ބަލައިލި އިރު އޭނާ ނިދީގައި އޮވެގެން ހަޅޭލަވަމުން ދިޔައިރު ދެލޮލުން ކަރުނަތަށް ހޯސްލާފައި ފައިބައިގެން އާދެއެވެ. ފުން ނޭވާތަކެއް ލަމުން ޒީޝަން ދިޔައިރު ބޯދެކޮޅަށް ހޫރަމުން ދިޔައެވެ. އައިދަން ވެސް ބިރުގަތެވެ. އަވަސް އަވަހަށް ޒީޝަން އަށް ގޮވަންފެށިއެވެ. “ޒީޝީ.. ޒީޝީ.. ކިހިނެއްވީތަ؟؟ ހޭލަބަ.. ޒީޝީ… ޔޫ އާރ ޑްރީމިންގ އޭ.. ހޭލަބަ.. ޒީޝީ..” އައިދަން ޒީޝަންގެ ކޮލުގައި ޖަހާލަމުން ބުނެލިއެވެ. ޒީޝަންއަށް ލޯހުޅުވާލެވުނީ ހަމަކުއްލިއަކަށެވެ. ކުރިމަތިން ފެނުނު އައިދަންގެ މޫނާއި އެކު ޒީޝަންއަށް އިތުރަށް ރޮވުނެވެ. ކުއްލި ހަރަކާތަކާއި އެކު ޒީޝަން އައިދަންގެ ގައިގާ ބައްދައިގަތެވެ. އެއާއި އެކު އޭނާ އިތުރަށް ރޮއެގަނެވުނެވެ. އައިދަން ވާނުވާ ނޭނގިފައި އެ އިންގޮތަށް އިނީ ޒީޝަންގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައެވެ. “ޒީޝީ.. ކިހިނެއްވީތަ؟ ހުވަފެނެއް ފެނުނީތަ؟” އައިދަން އަހާލިއެވެ. ޒީޝަން ޖަވާބެއް ނުދީ ރޮމުން ދިޔައެވެ. އައިދަން ކެތްކޮށްލައިގެން ޒީޝަން ހަމަޖެހެންދެން އިނެވެ.

ޒީޝަންގެ ހިތްތެޅެމުން ދާ ވަރު އައިދަންއަށް އިހްސާސްވިއެވެ.. ހީވަނީ ނިކުމެގެން އައިސްދާނެހެންނެވެ. ކޮންމެޔަކަސް ޒީޝަންއަށް އެ ފެނުނީ ވަރަށް ބިރުވެރި ހުވަފެނެއްކަން އައިދަންއަށް ނަގައިގަނެވުނެވެ. އައިދަން ޒީޝަން ދުރަށްލާން އުޅުނެވެ. ނަމަވެސް ޒީޝަން  ދުރަށް ދާކަށް ބޭނުމެއްނުވިއެވެ. “ޒީޝީ.. ބަލާބަ.. މިދިމާ..ޕްލީސް..” އައިދަން ޒީޝަންގެ ދެއަތުގައި ހިފާ އައިދަންއާއި ދުރަށް ލަމުން ބުނެލިއެވެ. ޒީޝަންގެ މޫނުފެނި އައިދަން އަށް ހަމްދަރުދީ ވެވުނެވެ. “ބަލާބަ.. ޕްރިންސެސް.. ކިހިނެއްވީތަ؟ ހުވަފެނެއްފެނުނީތަ؟” އައިދަން އަހާލީ ޒީޝަންގެ މޫނުމަތީ ދެއަތުން ހިފާލަމުން ބޮޑުވައި އިނގިލިން ކަރުނަތަށް ފޮހެލަދެމުންނެވެ. ޒީޝަން އައިދަންގެ ދެލޮލަށް ބަލައިލިއެވެ. އެއާއި އެކު އޭނާއަށް ސިފަވީ ހާފިޒް ކުރަން އުޅުނުކަންތަކެވެ. ޒީޝަން އަށް އަނެއްކާވެސް ރޮއެގަނެވުނެވެ. އިހްތިޔާރުން ބޭރުގައި އައިދަންގެ ގައިގާ ޒީޝަން ބައްދައިގަންނަން އުޅުމުން އައިދަން އެކަން ހުއްޓުވީ ޒީޝަން އިތުރަށް ރުއިމުގެ ފުރުސަތު ނުދޭށެވެ. މިހާރުވެސް ރޮއެ ރޮއެ ހުރީ ހަލާކުވެފައެވެ. “ޒީޝީ… ޕްލީސް… އެއްވެސް ކަމެއް ނުވާނޭ…. އެއީ ހުވަފެނެކޭ.. ދެން ނުރޮއެބަ..” އައިދަން ބުނެލިއެވެ.

ޒީޝަން ދެކޮޅަށް ބޯ ހޫރާލިއެވެ. އައިދަން ޒީޝަން ކައިރި އޮށޯންނަން ބުންޏެވެ. ނަމަވެސް ޒީޝަން އެކަމަކާއި ގަބޫލެއްނުވިއެވެ. އައިދަން އެންމެފަހުން ޒީޝަން ބޭއްވީ ގަދަކަމުންނެވެ.

ޒީޝަން ކައިރި ޝަހާދަތްކިޔާލައިގެން ނިދާށޭ ބުނެ އައިދަން އޭނާ އޮންނަ ދިމާލަށް ދާން ހެދުމުން ޒީޝަން އައިދަންގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. އައިދަން ޒީޝަންގެ ބޮލުގައި ފިރުމާލަމުން އެދެމީހުންގެ މެދުގައި އޮތް ޓޭޑީ ބެއަރ އާއި ބާލިސް އައިދަން އޮންނަތަނަށް ލަމުން ޒީޝަން އާއި ކައިރިވެލިއެވެ. ޒީޝަން އައިދަންގެ އަތުގައި ބާރަކަށްހިފަހައްޓާލިއެވެ. ހިތުން އައިދަންއާއި އެތަކެއް ވާހަކަތަކެއް ޒީޝަން ހިއްސާކުރަމުން ދިޔައެއްކަމަކު އެންމެ ބަހެއްވެސް އަނގައިން ނެރެނުލައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަދިވެސްހުސްނުވެއެވެ. އައިދަން ޒީޝަންގެ ކައިރި އެއް އަތް ވިއްދާލައިގެން އޮތީ ޒީޝަންގެ މޫނަށް ބަލަންށެވެ. ޒީޝަން އޭރު އޮތީ އައިދަންގެ މޫނަށް ބަލަންށެވެ. އެހެންއޮވެ އެތަކެއް ޝަކުވާތަކެއް ޒީޝަން ބޭރުކުރީ އެ ލޮލަށް ބަލަހައްޓައިގެން އޮވެއެވެ. ދެރައީ އެއިން ޝަކުވާއެއް އައިދަންގެ ކަންފަތާއި ހަމާލަށް ނުފޯރާތިއެވެ.

އައިދަންއަށް ޒީޝަންގެ ދެލޮލުން ފެނުނު ބިރުވެރިކަމުގެ ސަބަބުން ޒީޝަންއަށް ވާވަރު އަންދާޒާކޮށްލެވުނެވެ. ބައެއްފަހަރު ޒީޝަން އެއްޗެއް ބުނަން އުޅޭހެންވެސް އައިދަންއަށް ހީވިއެވެ. ނަމަވެސް އޭނާ އަހާކަށް ނުކެރުނެވެ. ޒީޝަންއަށް އެހެން ދަމުން ގޮސް ނިދުނެވެ. އައިދަންއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ޒީޝަންގެ މޫނުމަތިން ކަރުނަތަށް ފޮހެލަމުން އައިދަން ޒީޝަންގެ ނިތުގައި ބޮސްދިނެވެ. އަދި އަވަހަށް އޭނާވެސް ނިދަންދާން އެނބުރުނީ މާދަމާ އޮފީހަށް ދާން ތެދުވަންވެސް ޖެހޭނޭ ހިތާއެވެ. ނަމަވެސް ޒީޝަން އޭނާގެ އަތުގައި ހިފާފައި ވާލެއް ބާރުކަމުން އައިދަންއަކަށް އެކޮޅަކަށްނުދެވުނެވެ.

 

އެންމެފަހުން އައިދަން ޒީޝަންގެ ކައިރި އޮވެ ދެލޯމަރާލިއެވެ. އަނެއްކާވެސް ލޯ ހުޅުވާލީ ޒީޝަންގެ އެ މޫނުފެނިފައެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ހިތް ދިޔައީ ބުނަމުންނެވެ. ނަމަވެސް އެކަމެއް އައިދަންއަކަށް ނަގައެއްނުގަނެވުނެވެ. އައިދަންގެ މަންމަ ދެއްކި ވާހަކައަކުންބާއޭ ނުވަތަ އައިމަން އާއި ޒާރާ މަތިން ހަނދާންވާތީ ކަމަށް އައިދަން އަންދާޒާ ކޮށްލަމުން އަނެއްކާވެސް ލޯމަރާލިއެވެ.

ދަންވަރު 3 ގައި އައިދަންއަށް އަނެއްކާވެސް ހޭލެވުނީ ޒީޝަން “ނޫން”އޭ ކިޔާ އަޑަށެވެ. އައިދަން ކަންބޮޑުވެލަމުން ޒީޝަންގެ ބޮލުގައި ފިރުމަމުން ދިޔައީ ޒީޝަން ނުހޭލައްވާ އަލުން ނިންދަވާލުމަށެވެ. ހިތާހިތުން ޒީޝަންއަށް މިފެންނަނީ ކޮންކަހަލަ ހުވަފެނެއްބާއޭ ކިޔަމުން އައިދަން ދިޔައިރު އޭނާވެސް ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ. ޒީޝަން ގަޔާއި ލާ ކައިރިކޮށްލަމުން ރައްކާތެރިކަން އިހްސާސްކޮށްދިން އައިދަންއަށް އަނެއްކާވެސް ނިދުނެވެ.

….

އެލާރމްއަށް ސިހިފައި ތެދުވި އައިދަން އަށް ކައިރި އޮތް ޒީޝަންއަށް ބަލައިލެވުނެވެ. މަޑުމަޑުން އޭނާގެ އަތް ޒީޝަންގެ އަތުން ދަމައިގަންނަމުން  ދުރަށްޖެހިލިއެވެ. އަދި އެލާރމް އޮފްކޮށްލާފައި ފެންވަރަށް ވަދެލީ ޒީޝަންއައި ދިމާ ބަލައިލުމަށްފަހުގައެވެ. ފެންވަރަށް ހުރިއިރުވެސް އައިދަންއަށް ސިފަވީ ޒީޝަންއެވެ. ޒީޝަން އަށް ނުގޮވަން ހިތަށް އަރަމުން އައިދަން ފެންވަރާލައިގެން ނިކުމެ ގަމިހަކާއި ފަޓުލޫނެއް ލާ ޓައި އަޅުވާލިއެވެ. އަދި ކޯޓާއި ލެޕްޓޮޕް ދަބަސް ރެޑީކޮށްލާފައި ފުނާ އަޅަންފެށިއެވެ.

ގަމިހުގައި ފެންނަމުން ދިޔަ އޭނާގެ ކަސްރަތީ ހަށިގަނޑަށް އައިދަން ބަލައިލުމަށްފަހު ސެންޓް ޖަހާލާ ޒީޝަންއާއި ދިމާލަށް ދިޔައެވެ. ޒީޝަންގެ ދެލޯ ކައިރި ވަނީ ދުޅަވެފައެވެ. އެއީ ރުއިމުގެ ސަބަބުންކަން އައިދަންއަށް އިނގުނެވެ. ގުދުވެލާފައި ޒީޝަންގެ ނިތުގައި އައިދަން ބޮސްދިނެވެ. އަދި ފުންނޭވައެއް ލުމަށްފަހު ކޮޓަރިން ނިކުމެލީ މަޑު މަޑުން ދޮރުޖަހާލާފައެވެ.

ސިޑިން އެކަނި ފައިބައިގެން އައި އައިދަން ފެނި ސަމީމާގެ ހިތުގައި ސުވާލުއުފެދުނެވެ. “ކޮބާ ޒީޝަން؟” ސަމީމާ އަހާލިއެވެ. ސައިބޯން ތިބި އެންމެން އައިދަންއަށް ބަލައިލިއެވެ. އައިދަން އޮފީހަށް ދާ ދުވަހެއްވެއްޖެއްޔާ ޒީޝަން ތަންކޮޅެއް ކުރިން ހޭލައިގެން އުޅޭނެއެވެ. ނަމަވެސް މިއަދު ސަމީމާ ނިކުތްއިރު ޒީޝަންއެއްނެތެވެ. އުޅެނީ ލުހާއެވެ. އައިދަން އައިސް ކާމޭޒްކައިރި ހުރި ގޮނޑި ދަމާލަމުން އިށީނދެލިއެވެ. ޝިފާންއާއި އީމާން ވެސް ތިބީ އޮފީހަށް ދާންތައްޔާރުވެއެވެ. “މަންމާ ޒީޝީ އެބައޮތް ނިދިފައި… ރޭގައި ނުނިދާ ވަރަށް އުޅުނު.. ބިރުވެރި ހުވަފެނެއް ފެނުނީކަންނޭގެ… ދެން ރޮއެ ރޮއެ ވަރުބަލިވެފައި ހުރީ… އަޅުގަނޑު ވަރަށް އުނދަގުލަކުން ނިދަންވެސް ބޭއްވީ… ދެން އަނެއްކާ ފަތިސްވަނިކޮށްވެސް ހަމަ އެގޮތަށް ރޮއެގަތް… އެކަމް ނުއެއް ހޭލާ…. މަންމާ ބަލާލައްޗޭ ޒީޝީއަށް.. އެން ބުނޭ ނިދާލާށޭ ރަނގަޅަށް..” އައިދަން ބުނެލީ ތަށްޓަށް މައްސުނިކޮޅެއް އަޅާލަމުންނެވެ. “އަނެއްކާ ކިހިނެއްވީބާ… ޒީޝަން މާ ވިސްނަނީ ކަންނޭނގެ ކަންތަކާ..” ސަމީމާ ބުނެލިއެވެ. “ނޫން މަންމާ…. ހަމައެކަނި ވިސްނަނީކީ ނޫން… އެހެންކަމެއްވެސް އުޅެހެންހީވަނީ… މަންމަ ޒީޝަން ކައިރި އަހާލައްޗޭ.. އަޅުގަނޑުވެސް އެބަޖެހޭ ވާހަކަދައްކަން ޒީޝަން އަށް ވީގޮތް އޮޅުން ފިލުވާލަން..” އައިދަން ބުނެލިއެވެ. ސަމީމާ އެންމެންނަށް ނަޒަރު ހިންގާލިއެވެ. އަދި ބޯ ޖަހާލިއެވެ. “އެހެންނޫނީ އައިދަން ހުންނަންވީނު ގޭގަ؟” ޝިފާން ބުނެލުމުން އައިދަން ނޫނެކޭ ބުނެލިއެވެ.

“ހާފިޒް…. އަދިވެސްނުތެދުވަނީތަ؟” އައިދަން އަހާލިއެވެ. “އާނ.. އަދި ނުހޭލަކަންނޭނގެ..” ސަމީމާ ބުނެލިއެވެ. އައިދަން ކައިގެން އަތްދޮވެލުމަށްފަހު އީމާންއާއި އެއްވަރަށް ހިނގައިފައި ގެއިން ނިކުތެވެ. ދާދިފަހަތުން ޝިފާންވެސް ނިކުތެވެ. “ޒީ މާ ބޮޑަށް ކަންތަކާ ވިސްނަނީ ދޯ މަންމާ… އިރާދަކުރެއްވިއްޔާ އައިދަންއާއި ކައިރިވެވޭނެ.. މަންމައަށް ފެނުނެއްނު ދެންމެވެސް ދޯ ބުނިގޮތް.. ވަރަށް ހާސްވެފައި ހުރީ… އެހެންޏާވެސް އުޅޭ އެހެން.. އެކަމް މިއަދު ވަރަށް ތަފާތު ގޮތެއް އިހްސާސްވީ..” ލުހާ ބުނެލުމުން ސަމީމާ އެކަމާއި އެއްބަސްވެލިއެވެ.

…..

ޒީޝަން ދެކޮޅު ދެކޮޅަށް ފުރޮޅިލުމަށްފަހު ދެލޯ ހުޅުވާލިއެވެ. ބޮލުގައި އަތް އަޅާލަމުން ޒީޝަން ތެދުވެލައި ގަޑިބަލައިލިއެވެ. އެއާއި އެކު ދެލޯބޮޑުކޮށްލާފައި އައިދަންއޮތްތޯ ބަލައިލިއެވެ. އައިދަން ފެންނަން ނެތުމުން އެ ދިޔައީކަން ޒީޝަންއަށް އިނގުނެވެ. ޒީޝަން އިރުކޮޅަކު އެހެން އިނުމަށްފަހު ފާހަނައަށް ވަދެ ފެންވަރައިގެން ނިކުމެލިއެވެ. މޫނުމަތީ ވަނީ ވަރުބަލިކަމެވެ. ދެލޯ އަދިވެސް ދުޅަވެފައެވެ. ޒީޝަން އަނެއްކާވެސް އެނދުމަތީ އިށީނދެލާ ލައްގަނެލިއެވެ. ރޭގައި ހިނގި ހާދިސާ ޒީޝަންގެ ލޮލުކުރިމައްޗަށް ސިފަވަމުންދިޔައެވެ. އިރު އިރުކޮޅާ ޒީޝަން ސިއްސައިގެން ދެއެވެ. ދެކަކޫ ގެނެސް މޭގައި ފޮރުވާލައެވެ. ކުރާނެކަމެއްނެތިފައި އޭނާ އިންއިރު ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ކަމެވެ.

ސަމީމާ ދޮރުހުޅުވިއަޑަށްވެސް ސިހިފައި ޒީޝަން ބަލައިލިއެވެ. އޭނާ ބިރުން ފަހަތަށްވެސް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. ޒީޝަން ހިންދިރުވާލިއެވެ. ސަމީމާ ހިނިތުންވެލަމުން އޭނާ ގެނައި ކޮފީތަށި ކަބަޑުމަތީ ބައިންދާލިއެވެ. ސަމީމާ ޒީޝަން އިންގޮތުން ޒީޝަންގެ ގައިގާ އަތްލީ ހިނިތުންވެލަމުންނެވެ. ނަމަވެސް ޒީޝަން އަނެއްކާވެސް ސިހިފައި ފަހަތަށް ޖެހުނީ ސަމީމާގެ އަތް ފޮޅާލަމުންނެވެ. ސަމީމާ ޒީޝަންގެ މޫނަށް ނަޒަރުހިންގާލިއެވެ. ކަމަކާ ޒީޝަން ބިރުގަނެފައި ހުރިކަން އަދިވެސް ފެނެއެވެ. “ޒީޝަން…. ދަރިފުޅާ ކިހިނެއްވީތަ؟ރަނގަޅުތަ؟ މަންމަ މިއައީ ކޮފީތަށްޓެއް ހިފައިގެން.. ހިނގާ ދޯ ކޮފީ ބޯލައިގެން ސައިކޮޅެއްވެސް ބޯލަން..” ސަމީމާ ބުނެލީ އޯގާތެރިކަމާއި އެކުގައެވެ. ޒީޝަން ސަމީމާއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ހީވަނީ އަލަށް ސަމީމާ ފެނުނުހެންނެވެ. ސަމީމާ އަނެއްކާވެސް ޒީޝަންގެ އަތުގައި ހިފާލަމުން ހިނިތުންވެލާ ގޮވާލިއެވެ. ޒީޝަންގެ ފަރާތަކުން ޖަވާބެއް ނައެވެ. ސަމީމާ އައިސް ކޮފީތަށި ދިއްކޮށްލިއެވެ. ޒީޝަން އެއްޗެކޭ ނުބުނެ އޭގާއި ހިފައިލާ އެ ބޯންފެށިއެވެ. ކިތަންމެ އެއްޗެއް ބުނަން ބޭނުންވިޔަސް އޭނާއަކަށް ނުބުނެވުނެވެ. ސަމީމާ ޒީޝަން ގެ ފަރާތުން ޖަވާބެއް ނައުމުން ކޮފީތަށި ހިފައިގެން ނިކުމެލީ ޒީޝަންއަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ސިއްރު 11

Next

ސިއްރު 12

Next
October 8, 2016

ސިއްރު 12

Previews
October 7, 2016

ސިއްރު 11

15 Comments!

  1. Ryn says:
    October 7, 2016 at 8:46 pm

    hey guys.. migadyga free v ma mi up khly.. thnkyw.. tc .. c u tomorrow night.. lts love.. n happy weekend 😉 enjoy 😉

    1. Faathee says:
      October 7, 2016 at 8:51 pm

      Ryn ah v v boda thanks daily koh story up kohla dheythee. Vara reethi kurin genes dhin story ves. Adhi mi story ves mi dhaa goi v salhi.. Just keep going

  2. Faathee says:
    October 7, 2016 at 8:48 pm

    Yayyy I’m the first??

  3. Mikko says:
    October 7, 2016 at 9:30 pm

    Woow just wooooow…

  4. Anonymous says:
    October 7, 2016 at 9:31 pm

    Sai kolhenu inaany sai fodheh
    Nice sifakurun tha kudakoh gina koh lyma ok vaane

  5. Aaf says:
    October 7, 2016 at 9:32 pm

    Sai kolhenu inaany sai fodheh
    Nice sifakurun tha kudakoh gina koh lyma ok vaane

  6. Mikko says:
    October 7, 2016 at 9:32 pm

    Mee haadha egigen ulhey myhekey dhw

    1. Sikko says:
      October 7, 2016 at 10:51 pm

      Nygunyma j vy dhw lol ????

  7. Khajja says:
    October 7, 2016 at 10:38 pm

    Wow v salhi mistry masha allah zyshaan ah key nuvegen nidhygaviyas kiyeyne dhw e haafiz ganduge vaahaka bodah hyvany nidhyga eyna kairy kamennukuruma roifa aadheys kuraa adu aidhaan ah adu iveynyhen v nice keep it up dailykoh mi stry genes dheythy v bodah thanks

  8. jyu says:
    October 8, 2016 at 12:35 am

    salhi

  9. Azuna says:
    October 8, 2016 at 12:48 am

    Nice

  10. niha says:
    October 8, 2016 at 5:06 am

    VVV reethi..

  11. Ninni says:
    October 8, 2016 at 8:37 am

    Alhe aidhaan ah ingibr r vaa goiy.. haafix haadhr goahey.. btw story hama habeys..

  12. neyge dhen says:
    October 8, 2016 at 10:10 am

    vaahaka reethi.. ekamaku mifaharu ehaa iyaa hiy vaa kahala gotheh neh mi vaahakaiga…

  13. Anonymous says:
    October 11, 2016 at 12:56 am

    Ryn nithankolhu rangalhu kohlabala plx “Dheraee mi in ewwes shakuva ehge adu Aidhange kanfathaa HAMAALAH nufoaraathee eve”

Comments are closed.

Next Episodeތި ލޯބި އެދިގެން.. 6←


All Right Reserved!