ތި ލޯބި އެދިގެން.. 4
އެއާއި އެކު ޒީޝަންގެ ނަޒަރު ހުއްޓުނީ ކުޑަ ކަބަޑުމަތީ ރިންގުވަމުން ދިޔަ އައިދަންގެ ފޯނަށެވެ. ޒީޝަން ފޯނު ނަގައި ބަލައިލުމާއި އެކު މޫނުމަތި ބަނަވިއެވެ. އޭނާ ތުރުތުރު އަޅަންފެށިއެވެ. އައިދަން ފާހަނައިން ނިކުތްއިރު ޒީޝަން ހުރި ގޮތުން އައިދަން ދެބުމަ ގޮށްޖަހާލާފައި އެދިމާލަށް ގޮސް ޒީޝަން ހިފަހައްޓައިގެން ހުރި ފޯނު ނެގިއެވެ. އައިދަންގެ މޫނު އުޖާލާވިއެވެ. އަދި ވަގުތުން ފޯނުނެގިއެވެ. ޒީޝަން އިންގޮތް ހިސާބަކަށް އޭނާ ހަނދާންނެތުނެވެ. ޒީޝަން އަތަށް ބަލައިލުމަށްފަހު އައިދަންއަށް ބަލައިލިއެވެ. އެ ފޯނު ކޯލާއި އެކު އައިދަންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ޒީޝަންއަށް ފެނުނެވެ. އޭނާވެސް ހިނިތުންވެލިއެވެ. ނަމަވެސް ހިތުގެ އަޑިން ރޮއެގަންނަމުންނެވެ.
“އަސްލުވެސްތަ؟ ގުރޭޓް… ހަވީރު އޭ.. އާނ ހަމަ މަރުހަބާ. އާނ ކޮޓަރި އެބަހުއްޓޭ ހާސްނުވޭ… އާނ އޯކޭ އައިއްސަ ކޯލެއްކޮށްލާ..” އައިދަން އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. އަދި އަވަސް އަވަހަށް އެ ހަބަރު ޒީޝަންއަށް ދޭން އެނބުރިލިއެވެ. ޒީޝަންއަށް ވީގޮތް އިނގުނުކަމަކު އައިދަންއާއި ދިމާ ބަލައިލަމުން ހިނިތުންވެލައިގެން އިނީ އައިދަން ބުނާ އެއްޗެއް އަޑުއަހަންށެވެ. “ހާފިޒް އެބައާދޭ….. ހަވީރު އަންނާނެ ގެއަށް.. ބޭނުންވެޔޯ ރޫމްއެއް.. ހަފްތާއެއްވަރު މަޑުކޮށްލާނެއޯ” އައިދަން ބުނެލީ މަޑުމަޑުންނެވެ. ދެންމެ ހިނގައިދިޔަ ކަންތަށް ޒީޝަން ފެނުމުން އޭނާއަށް ހަނދާންވިއެވެ. ޒީޝަން ބޯ ޖަހާލިއެވެ. އައިދަންވެސް ލުއި ހިނިތުންވުމެއް ދިނުމަށްފަހު ބޭރަށް ނިކުމެގެން ދިޔައެވެ. ޒީޝަން އައިދަން ދިޔަ ދިމާލަށް ބަލަން ހުރެވުނީ ފުން ވިސްނުމެއްގައެވެ.
……..
“ޒީޝީ….މީޓް ހާފިޒް.. ކުރީގެ ކްލާސްމޭޓެއް އެން ކްލޯސް ފެރެންޑެއް..” އައިދަން ކުރިމަތީ ހުރި ހާފިޒް ޒީޝަންއަށް ތައާރަފްކޮށްދިނެވެ. ޒީޝަން ފުޅާ ހިނިތުންވުމަކާއި އެކު އަތްދިއްކޮށްލީ އައިދަންގެ އެކުވެރިއަކީ އޭނާގެ އެކުވެރިއެކޭ ދެކެމުންނެވެ. “ހައި… ޒީޝީ….” ހާފިޒް ޒީޝަންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ނޯ .. ޒީ އޯރ ޒީޝަން..” ޒީޝަން ހިނިތުންވެލަމުން ބުނެލިއެވެ. “ޒީޝީ” އަކީ ހަމައެކަނި އައިދަން ކިޔަން ހާއްސަ ނަމެކެވެ. ހާފިޒް ހޭންފެށިއެވެ. ޒީޝަން ހާފިޒްގެ އަތުން އަތް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ހާފިޒް ހުރީ ޒީޝަންގެ އަތްނުނެއްޓޭ ވަރަށް ހިފަހައްޓައިގެންނެވެ. ޒީޝަން ހާފިޒްއާއި ދިމާ ބަލައިލީ ކަންބޮޑުވެފައެވެ. ހާފިޒް ނުބައި ވައްތަރަކަށް ހޭންފެށީ އައިދަންއަށް ނޭންގޭހެންނެވެ. ކުއްލިއަކަށް ހާފިޒް ޒީޝަންގެ އަތުން ދޫކޮށްލިއެވެ. ޒީޝަން އައިދަންއަށް ބަލައިލުމަށްފަހު އަވަހަށް އެތަނުން ދިޔައެވެ. “އައިދަން ގެ ބުރޯ އާއި މީނަ .. އައިދަން މީނަގެ ކޮއްކޮ އާ. ހޫމްމް ގޯހެއްނުނޭ.. ކޮން އިރަކުން މެރި ކުރަނީ؟” ހާފިޒް އަހާލީ ޒީޝަން ދިޔަ ދިމާލަށް ބަލަންހުރެފައެވެ. “ވަރަށް އަވަހަށް ކުރަންކަމަށް މިއުޅެނީ…. ހާފިޒް ހުންނާނަންތަ؟” އައިދަން ބުނެލިއެވެ. “ނޫނޭ… ޖެހޭ އެކޮޅަށް ދާން…. ހިއެއްނުވެ ހުރެވޭނެހެންނެއް..” އައިދަން ކައިރި ހާފިޒް ބުނެލިއެވެ. “އެކަމް ކައެ އެހާ ރީތި ބިޓު ބާއްވާފައި އޭނާގެ ކޮއްކޮއާއި ހެދި ތިއުޅެނީ.. އޭނާ ހާދަ ހޮޓޭ” ހާފިޒް ބުނެލިއެވެ. އައިދަން ގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. “ހަހަ އެ މަޖާ އިނގޭ.. ސީރިއަސްނުވޭ..” ހާފިޒް އައިދަންގެ ކޮނޑުގައި ޖަހާލަމުންބުނެލިއެވެ.
- – ހަފްތާއެއް ފަސް
“ބުރޯ މަ ދާންށޭ މިއުޅެނީ އެހެންވެ މި އައިސްލީ… އަނހަ ޒީޝަންވެސް މިތާނގަތަ؟” ހާފިޒް އައިދަންގެ ގެއަށް ވަންނަމުން ބުނެލިއެވެ. ސޯފާގައި ޒީޝަންގެ ކައިރި އިން އައިދަން ކޮޅަށް ތެދުވީ ހާފިޒް އަންނަތަން ފެނިފައެވެ. ޒީޝަން ހާފިޒްއާއި ދިމާލަށް ބަލައިލީ ހާސްވެފައެވެ. “ޒީޝަން އަބަދު އިންނަނީ މިގޭގައޭ ޑޫޑް..” އައިދަން ހާފިޒް ކައިރި އިށީންނަން ތަން ދައްކަމުން ބުނެލިއެވެ. ހާފިޒް ޒީޝަންއާއި ދިމާ ބަލައިލި ވަގުތަކީ ޒީޝަންވެސް ހާފިޒްއަށް ބަލައިލި ވަގުތެވެ. ހާފިޒް އެއްލޯ މަރާލުމަށްފަހު “ފްލައިން ކިސް” އެއް ޒީޝަންއަށް ފޮނުވާލީ އައިދަންއަށް ނުފެންނަހެންނެވެ. “ކޮބާ ގޭ އެންމެން؟” ހާފިޒް ބުނެލިއެވެ. “މަންމައާއި ބައްޕަ ވެއްޖެ ހުޅުމާލެއަށް ގޮސް… ދޮންބެމެން ވެއްޖެ ބުރަކަށޭ ކިޔާފަ ގޮސް.. ދެން އައިމްބެ މިގަޑީގައި އޮންނާނީ ހަމަ ނިދުން…” އައިދަން ބުނެލިއެވެ. ޒީޝަން އިސްޖަހާލައިގެން އިނެވެ.
“ކޯޗެއް ބޭނުމީ ގެނެސްދެންތަ؟ ކޮފީއެއް؟؟” އައިދަން ބުނެލީ ކޮއްޅަށް ތެދުވަމުންނެވެ. “ނޫން… ޒީ ގޮސްދާނަން އިދީ އިނދޭ..” ޒީޝަން ބުނެލިއެވެ. ބަސްތަށް އަނގައިންވެސް ނިކުތީ އުނދަގުލަކުންނެވެ. އައިދަން ޒީޝަންއާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ޒީޝަންއަށް އެ ވީގޮތް ނޭނގުނީމައެވެ. ޒީޝަން ހިނިތުންވެލުމަށްފަހު އަވަސް އަވަހަށް ތެދުވެގެން ހިނގައިގަތެވެ.
ޒީޝަން ބަދިގެއަށް ދިޔަ ގޮތަށް ގޮސް މޭގައި އަތް އަޅާލައިގެން އިރުކޮޅަކު ހުއްޓެވެ. ހާފިޒް ގެ ބޭނުން އޭނާއަށް ވިސްނުނުފަދައެވެ. “ގޯޑް… އިދީގެ ކްލޯސް ފްރެންޑެއް ކިހިނެއް ބުނާނީވެސް.. އައިމް ކައިރި.. ނޯ އޭރުންވެސް އައިމް ބުނާނެ އިދީ ކައިރި.. ގޯޑް.. މޭބީ އޭނާ ހަމަ މަޖާ ކުރަނީކަމަށް…. މޭބީ… އާރގް..” ޒީޝަން އަމިއްލަ އަމިއްލަ އަށް ވާހަކަދައްކަމުން ހާފިޒްއަށް ކޮފީއެއް ހެދުމުގައި އުޅުނެވެ. ކުއްލިއަކަށް ޒީޝަން ސިހުނީ މީހަކު ފަހަތުން އައިސް ބައްދާލުމުންނެވެ. އުނދަގުލަކުން ޒީޝަން އޭނާގެ ދެއަތުން ސަލާމަތްވެގެން ފަހަތް ބަލައިލިއެވެ. ކުރިމަތީ ނުބައި ވައްތަރަކަށް ހިނިތުންވެލައިގެން ހުރީ ހާފިޒްއެވެ. ޒީޝަން އަވަސް ނޭވާތަކެއް ލާންފެށިއެވެ. އޭނާ ރުޅިއައިސް އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ.
“ޝްޝް.. ޒީޝަންއަށް އިނގޭތަ.. ފުރަތަމަވެސް ޒީޝަން ފެނިފައި އިނގުނޭ މިދޭތެރޭ ކަމެއް އޮންނާނެކަން..” ހާފިޒް ޒީޝަންއާއި ކައިރިވެލަމުން ބުނެލިއެވެ. “ޝަޓް އަޕް!!! މިދަނީ… ބުނަން އައިދަން ކައިރި…..” ޒީޝަން ބުނެލީ ހާފިޒް އާއި ދުރަށް ހިނގައިގަންނަމުންނެވެ. “އައިދަން ގަބޫލެއްނުކުރާނެ އޯ….” ހާފިޒް ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ. ޒީޝަން ހުއްޓިފައި ހާފިޒްއަށް ބަލައިލިއެވެ. “ކުރާނެ އިނގިއްޖެ…” ޒީޝަން އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔައެވެ. އައިދަންއަށް ޒީޝަން ފެނިފައި ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒީޝަން ފިޔަވަޅުތަށް މަޑުވެގެން ގޮސް އެކީ މަޑުވިއެވެ. އައިދަންއާއި ދިމާ ބަލަން ހުރެވުނީ ވީނުވީ ނޭނގި ހޭންފެށުމުންނެވެ. “ކޮބާ ޒީޝީ… ސިހުނުތަ؟ ހަހަހަހަހަ” ޒީޝަން އާއި ދިމާލަށް އައިދަން ބުނެލިއެވެ. ޒީޝަން ދެބުމަ ގޮށްޖަހާލިއެވެ. ފަހަތުން ހާފިޒް އައިސް ޒީޝަންގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ސިހުނުހޭ؟؟ ކިރިޔާ ވަޅި ދިމާނުކޮށްލީ… ހަހަހަ ރަނގަޅު ގާޑެއް މިހުރީ އައިމް އަށް ލިބިފަ..” ހާފިޒް ބުނެލިއެވެ.
ޒީޝަން އަށް ނޭވައެއްދޫކޮށްލެވުނެވެ. ހާފިޒް ކުޅުނު ކުޅިގަނޑުކިތަންމެ ހާވެސް މޮޅެވެ. ހާފިޒް އޭނާގެ އަތް ޒީޝަންގެ ކަރާއި ހަމާލަށް ގެންގޮސް ކުއްލިއަކަށް ދަމައިގަތީ އައިދަން ހެއުން ހުއްޓާލީމައެވެ. ޒީޝަން އަށް ހުރެވުނީ ރޮވޭ ނުރޮވޭވަރުވެފައެވެ. ޒީޝަން ހަމަ ވަގުތުން އެތަނުން ދާން ނިންމިއެވެ. އެހެންކަމުން އޭނާގެ ބޭގް ނެގުމަށްފަހު ހަރުކޮށް ހިނގާފައި ނިކުންނަން ދިޔައެވެ. ނަމަވެސް ހުއްޓުނީ ހާފިޒް ހިފެހެއްޓުމުންނެވެ. “ނަމްބަރ ދީފަ ދާންވީނު.. މިރެއަށް…” ހާފިޒް ސިއްރުން އެހެން ބުނެލިއެވެ. “ޒީޝަން.. ދެން ތިހާ ރުޅިއަންނާކަށް ނުވާނެ.. މަޖާކޮށްލީއޭ މިގެން..” ހާފިޒް ތަންކޮޅެއް ބާރަށް ބުނެލީ އައިދަންއަށް އިވޭވަރަށެވެ. “ތެދެއް ޒީޝީ… އޭނާ މަޖާކޮށްލީއޭ އެގެން… އެއީ އަބަދުވެސް އެހެން އުޅޭ ކުއްޖެއް…” އައިދަން ބުނެލިއެވެ. ޒީޝަން އޭނާގެ އަތް ހާފިޒް އަތުން ދަމައިގަތެވެ. އަދި އައިދަންއަށް ބަލައިލުމަށްފަހު ހިނގައިގަތެވެ. “އަޅައިނުލާ ފަހުން އޯކޭ ކޮށްލާނަން.. އެބަ އަންނަން ކޮފީ ގިރައިގެން.” އައިދަން އެހެން ބުނެލުމަށްފަހު ބަދިގެއާއި ދިމާލަށް ދިޔައެވެ.
“އިދީ… އި ދީ ވެސް ގަބޫލެއްނުކުރާނެކަން ޔަޤީން.. އެކަމް… ނޯ…” ޒީޝަން މަގުމަތީ ހިނގައިފައި ދަމުން ހިތާ ހިތުން ކިޔަމުން ދިޔައެވެ.
…………………
-މިހާރު-
ޒީޝަން ސިހިފައި ހިޔާލުން ބޭރުވެވުނެވެ. ހާފިޒް އަދިވެސް އުޅޭނީ އެހެންބާއޭ އޭނާ ހިތަށް އެރިއެވެ. ޒީޝަން ފުން ނޭވައެއް ދޫކޮށްލިއެވެ. އައިދަން ކައިރި ހާފިޒްގެ ކުރީގެ އުޅުން ބުނަންބޭނުންވިއެވެ. ނަމަވެސް މިހާރު އޭނާ ބަދަލުވެދާނެތާއެވެ. މިހާރު އޭނާ އެހެން ނޫޅެދާނެއެވެ. ޒީޝަން އެ ވިސްނުމުގައި ފާހަނައާއި ދިމާލަށް ދިޔައީ ފެންވަރާލުމުގެ ބޭނުމުގައެވެ.
އައިދަން ގޭ އެންމެންނަށް އެހަބަރު ދިނެވެ. ގާތްއެކުވެރިއަކު ދުވަސްގަނޑަކަށްފަހު ދިމާވުން އެއީ ކިހާ އުފާވެރިކަމެއްހެއްޔެވެ؟ އައިދަން ކޮޓަރިވެސް ހަމަޖެއްސިއެވެ. އަދި ސަމީމާ ކައިރި އެތަން ސާފުކޮށްލަން އެދުނެވެ.
….
“ހާފިޒް… ހާދަ ހިކިއްޖެޔޭ ދޯ.. މަންމާ މިހިރީއޭ އެ ހާފިޒް….” އައިދަން ހާފިޒްގެ ގައިގާ ބައްދާލުމަށްފަހު ސަމީމާއަށް ހާފިޒް ދައްކާލިއެވެ. “ހާދަ ބޮޑުވެއްޖެޔޭ މިހާރު.. ކުރިންފަހަރު ދައްތަ ނެތީދޯ އެކަމް މިފަހަރު ނުކެރޭނެ ފަލަނުވެ ދާކަށް..” ސަމީމާ ބުނެލިއެވެ. އައިދަންއާއި ހާފިޒް އެކީ ހޭންފެށިއެވެ. ސިޑިމަތީ އެ މަންޒަރު ބަލަން ހުރި ޒީޝަން އަށް އެންމެންގެ މޫނުމަތިން އެ ހިނިތުންވުން ފެނުނެވެ. ހާފިޒްއަކީ މިގޭ އެންމެންނާއި ކިހާ ގާތްމީހެއްކަން ޒީޝަންއަށް އިހްސާސްވިއެވެ. ނަމަވެސް ޒީޝަންއަށް ހާފިޒް ފެނުނު ފުރަތަމަ ފަހަރަކީ މީގެ ދެއަހަރު ކުރިންނެވެ. އައިދަން އޭގެ ކުރިއަކުން ހާފިޒްއެއް އުޅޭ ވާހަކަވެސް ނުބުނެއެވެ. އެހެން ކަންއޮށްވާ ޒީޝަންއަށް ހާފިޒް ގެ އެ އުޅުމުގެ ވާހަކަ ބުނެވިދާނެބާއެވެ. އަދިވެސް އޭނާގެ އެ އުޅުން ބަދަލުނުކޮށްފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ޒީޝަން ސިއްސައިގެން ދިޔައީ ހާފިޒް މެން ސިޑިން މައްޗަށް އަރަން އައި އަޑަށެވެ. ހާފިޒް ޒީޝަންއާއި ހަމާއަށް އަރައިފާ ކުއްލިއަކަށް ޒީޝަންގެ ފަޔާއި ދިމާލަށް ގުދުވެގަތެވެ. ޒީޝަން ސިހިފައި ފަހަތަށް ޖެހިލިއެވެ. ހާފިޒްގެ އިތުރުން އެންމެންވެސް ހޭންފެށިއެވެ. ޒީޝަން އެންމެންނަށް ބަލައިލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ. އަދިވެސް ހާފިޒް އުޅެނީ އެހެންނެވެ. މިހާރު މީ އައިދަންގެ އަންހެނުންކަންވެސް ހާފިޒްއަށް ނޭނގިނުހުންނާނެއެވެ.
ހާފިޒް ކައިރި މައްޗަށް އަރަން ހުރި އައިދަންއަށް ޒީޝަންއަށް އެ ލިބުނު ނުތަވަސްކަން ފާހަގަވިއެއް ކަމަކު އަޅައެއްނުލައެވެ. އައިދަން ހާފިޒްއަށް ކޮޓަރި ދައްކާލުމަށްފަހު ކާން އައުމަށްއެދުނެވެ.
ސަމީމާއާއި ލުހާ އެމިހުންނަށް ސައި ހެދުމުގައި އުޅުނެވެ. ޒީޝަން ކޮޓަރިއާއި ދިމާލަށް ދިޔައީ ކުޑަކޮށް ދުވެލާފައެވެ. “އެންމެން ކައިރި ކިހިނެއްތަ ބުނާނީ އޭނާ އެންމެންނާއި އެހާ ކްލޯސް… ނޭނގެ ގަބޫލުކުރާނެކަމެއްވެސް ދެންމެވެސް އެމީހުން އެއީ މަޖާކަމަށް ހީކޮށް ހޭންފެށިނު އެން އޭނާ ސްޓޯރީވެސް ހަދަން އެހާ މޮޅު.. ގޯޑް… އޭނާ ކުރިމައްޗަށް ނޭރޭތޯ ބަލަންޖެހޭނީ..” ޒީޝަން ކޮޓާރީގެ ދެކޮޅަށް ހިނގަމުން ބުނެލިއެވެ. އެއް ކަމަކަށްފަހު އަނެއްކަމެއް ޖެހެނީއެވެ. އައިދަންއާއި އިސްނަގައިގެން ވާހަކަދައްކަންވެސް ޒީޝަން މިހާރު ފަސްޖެހެވެއެވެ. އޭނާގެ ގާތްއެކުވެރިއެއް އޭނާގެ އަންހެނުންނަށް ދެމުންދާ އެ ނުބައި ނަޒަރުގެ ވާހަކަ ވަކި ބުނާނީ ކިހިނެއްހެއްޔެވެ؟ އެހެންނޫނަސް އައިދަން މިހާރު އެވިސްނަނީ ޒީޝަން ވަރިކުރަންކަންނޭނގެއެވެ. ޒީޝަން އެ ހުރިހާ ކަމަކާ ވިސްނަމުން ގޮސް އެންމެ ފަހުން އެނދުމަތީ އިށީނދެލިއެވެ.
އައިދަން ވަދެގެން އައީ އެވަގުތުއެވެ. އައިދަން ޒީޝަންއަށް ބަލައިލުމަށްފަހު އަވަސް ފިޔަވަޅެއްގައި ލޯގަނޑު ކައިރިއަށް ގޮސް ރީތި ގޮތަކަށް ބޮލުގައި ފުޅާ އަޅާލާފައި ސެންޓް ޖަހާލަމުން ލޯގަނޑުން ފެންނަމުން ދިޔައ ޒީޝަންއަށް ބަލައިލިއެވެ. ޒީޝަން ކަމަކާ ހާސްވެއްޖެކަން އޭނާއަސް ކުރިންވެސް ނަގައިގަނެވުނެވެ. ހާފިޒް އާއިރު އެމޫނުމަތިން ފެނުނު ހިސާބަކަށް ބިރުވެރިކަން އައިދަންއަށް ފެނުނެވެ. ނަމަވެސް ޒީޝަން ބިރުގަންނަންޖެހޭ ކަމެއްނެތެވެ. އެނާ ވިސްނަނީ ކޮންކަމަކާބާއެވެ. އައިދަން އެހެންޏާ އަހާލަން ކެރުނަސް މިހާރު އަހާކަށް ނުކެރުނެވެ. އައިދަން ސެންޓް ފުޅި ބަހައްޓާލަމުން އެނބުރިލާފައި ދޮރާއި ދިމާލަށް ދިޔައެވެ. “ވަރަށް މުހިންމު ކަމަކު ވިލިގިނލިއަށް ދާންޖެހިއްޖެ… ހީވަނީ އާދެވޭނީ 10 ގެ ފަހުންހެން… ވެއިޓްނުކޮށް ނިދައްޗޭ އެން ދޮރު ތަޅުނުލާތި ޑަބަލްކީވެސް ގެއްލިއްޖެޔޭ ބުނީމެއްނު ދޯ….” އައިދަން ފިޔަވަޅުތަށް މަޑުކޮށްލުމަށްފަހު އެހެން ބުނެލާ އަނެއްކާވެސް ހިނގައިގަތީ ޒީޝަންގެ ޖަވާބަކަށް މަޑުކުރުމެއްނެތިއެވެ. އެގޮތަށް އައިދަން ބޭރަށް ދާ ދުވަހެއްވެއްޖެއްޔާ ޒީޝަން އައިދަން އަންނަންދެން ނުނިދާ އިނދެއެވެ. އެކަމާ އޭނަ ހިތްހަމަނުޖެހުން ފާޅުކުރާއިރުވެސް ޒީޝަން ދުވަހަކުވެސް އައިދަން އައީމަ ނޫނީ ނުނިދާނެއެވެ.
ޒީޝަން އައިދަން ދިޔަ ދިމާލަށް ބަލައިލިއެވެ.
……
ރޭގަނޑުގެ ކެއުމަށް ތިރިއަށް ފޭބި ޒީޝަންއަށް އެރުނީ ހާފިޒް ކުރިމައްޗަށެވެ. ޒީޝަން ހާފިޒް އާއި ދިމާ ނުބަލަން އިސްޖަހާލާފައި ބަދިގެއާއި ދިމާލަށް ދިޔައެވެ. “އަނހަ ދަރިފުޅާ.. އައިދަން ދިޔައީ ދޯ….. ދަރިފުޅުވެސް އަވަހަށް ކާން އަރާ…” ސަމީމާ ބުނެލީ ތަށިތަށް މޭޒުމަތީ ބަހައްޓަމުންނެވެ. ލުހާ ސަމީމާ ކައިރި އަތްގާތްކޮށްދިނުމުގައި އުޅެއެވެ. ޒީޝަންވެސް ކާމޭޒަށް އެއްޗެހިތަށް ގެންނަންފެށިއެވެ. ސަމީމާ ޝިފާން ބަލައިދިޔައެވެ. ލުހާވެސް ސިޓީންގްރޫމްގައި އިން ހާފިޒްއަށާއި އީމާންއަށް ގޮވާލިއެވެ. ދެމީހުންވެސް ކާ މޭޒުދޮށަށް ގޮސް އިށީނދެލިއެވެ. ޒީޝަން ހާފިޒްއާއި ދިމާ ބަލައިލަމުން އޭނާ އިންނަން ހަމަޖެހިފައި އިން ތަނުގައި އިށީނދެލިއެވެ. އެންމެން ކާމޭޒުދޮށަށް އައުމާއި އެކު ކެއުން ކުރިއަށް ގެންދިޔައެވެ. ހާފިޒް އެއްލިކަޅިއަކުން އެއްފަޅީގައި އިން ޒީޝަން އަށް ބަލަމުން ދިޔައެވެ.
ޒީޝަންއަށް އެ ބެލުން އުނދަގޫކުރަމުން ދިޔައެވެ. އެހެންކަމުން އަވަސް އަވަހަށް ކައި ނިންމާލާ ތަށިދޮވެގެން އޭނާ ދާން ހިނގައިގަތީ އެންމެންނަށްވެސް ބާއްޖަވެރި ރެއަކަށް އެދެމުންނެވެ.
ޒީޝަން ކޮޓަރިއަށް ވަދެލުމަށްފަހު ފެންވަރާ ހަދާލައިގެން އެއްޗެހި ބަދަލުކޮށްލިއެވެ. އަދި އެނދުމަތީ ފޯނު ހިފައިގެން އިށީނދެލިއެވެ. އައިދަން އަށް އިންތިޒާރުކުރަން އައިދަން މަނާކުރިއެއްކަމަކު ޒީޝަންއަށް އިނދެވުނީ އައިދަން އަންނާނެ އިރެއްވަންދެންނެވެ. އައިދަން އެ ގޮތަށް ބޭރަށްދާ ގިނަ ދުވަސްދުވަހު ޒީޝަންއަށް ނިދެނީ އައިދަންގެ އިންތިޒާރުގަން އިންދައެވެ.
ޒީޝަން ފޯނުން ގެލެރީ ހުޅުވާލިއެވެ. އެތަކެއް ދުވަސްތަކުގެ ހަނދާންތަށް އޭގައި ގައިދުވެފައި ހުއްޓެވެ. ޒަރާ އާއި އެކު ނެގި ކޮންމެ ފޮޓޮއެއް އަދިވެސް އެބަހުއްޓެވެ. އައިމަން ގެ ވެސް އެބަހުއްޓެވެ. ނަމަވެސް ޒީޝަން ހުޅުވާލީ އައިދަންގެ ފޮޓޯތަކެވެ. އައިދަން ގެ އެ މޫނުމައްޗަށް ޒީޝަން ބަލަންއިނެވެ. “ކީއްވެތަ އިދީދެކެ ލޯބިނުވެވުނީ؟ ކީއްވެތަ…؟” ޒީޝަން އަމިއްލަ ނަފްސާއި ސުވާލުކުރަންފެށިއެވެ. “ލޯބި…… ލޯބި އަމިއްލަ ކޮންޓްރޯލްގައި ވާނަމަ މިހާރު އިދީދެކެ ލޯބިވެގެން އުފަލުގައި އުޅެވޭނެތާ ކިތަންމެ ދުވަހެއް… އެފަދަ އުފަލާއި ދިރިއުޅުމާއި ގުޅިފައި ހުރި އެއްޗެހި ކޮންޓްރޯލްކުރެވޭނަމަ…” ޒީޝަން ބުނެލިއެވެ. ޒީޝަން އެގޮތަށް ފޮޓޯތަކަށް ބަލަން އިންދާ ސިހިފައި ދޮރާއި ދިމާލަށް ބަލައިލެވުނީ ދޮރު ހުޅުވުނު އަޑަށެވެ. ޒީޝަން ގެ ދެލޯބޮޑުވިއެވެ. އަދި އެނދުން ތެދުވެވުނީ ހަމަ ކުއްލިއަކަށެވެ. ހާފިޒް އެތެރެއަށް ދެމިގަންނަމުން ދޮރު ތަޅުލީ މަޑުން ލައްޕާލަމުންނެވެ. ޒީޝަން ހިންދިރުވާލިއެވެ. އޭނާ ތުރު ތުރު އަޅައިގަތެވެ. ލައިގެން ހުރި ޓީސާޓް އާއި ކަކުލާއި ހަމާލަށް އަރާ ޓައިޓްއަށް ޒީޝަން ބަލައިލީ ހާފިޒް ހުރިގޮތުން ބިރުގަނެގެންނެވެ.
ޒީޝަން ބިރުނުގަނެ ހާފިޒްއާއި ކުރިމަތި ލާން ނިންމިފައެވެ. ހާފިޒް ޒީޝަންއާއި ދިމާލަށް އައީ ދަހިވެތި ނަޒަރަކުން ޒީޝަންގެ އެ ހިކިތޮޅި ރީތި ހަށިގަނޑަށް ނަޒަރު ހިންގާލަމުންނެވެ. “ބުނަން ހާފިޒް.. މަޑުންހުރީމަ އޭގެ… އޭގެ މަނައަކީ ނޫން ކަމެއް ނުކުރެވޭނެކޭ… މިހާރުވެސް.. އިދީ ކައިރި ބުނެފިއްޔާ ހާފިޒް…. ހާފިޒް ނެރެލާނެ… ތި އޮތް. ގުޅުންވެސް ކަ..ކަނޑާލާނެ…” ޒީޝަން ބުނެލީ ފަހަތަށް ޖެހިލަމުން ހާފިޒްއަށް އިނގިލިދިއްކޮށްލަމުންނެވެ. ޒީޝަން ދައްކާ ވާހަކަ އަޑުއެހުމެއްނެތި ހާފިޒް ޒީޝަންއާއި ދިމާލަށް އައީ ކުއްލިއަކަށެވެ. ޒީޝަން ފަހަތަށް ޖެހިލުމާއި އެކު އޭނާ ގޮސް ޖެހިނީ ފާރުގައެވެ. ހާފިޒް ވިހަ ހިނިތުންވުމެއް ދެމުން ޒީޝަން ކައިރިއަށް އައިސް ޒީޝަންގެ ދެއަތުގައި ހިފަހައްޓާލިއެވެ. ޒީޝަން ހަޅޭލަވައިގަންނަން އުޅެނިކޮށް ހާފިޒް ޒީޝަންގެ އަނގައިގައި ވެސް އަތްއަޅާލިއެވެ. ޒީޝަންއަށް ސަލާމަތްވެވޭނެ ހުރިހާ ގޮތެއް ބަންދުކުރަމުން ހާފިޒް ޒީޝަންގެ ކޮލުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އޭރު ޒީޝަން ދެފަރާތަށް ބޯ ހޫރަމުން ރޮމުން ދިޔައެވެ. ކަރުނަތަށް ކޯތާފަތް ހުރަސްކޮށް ފައިބައިގެން ދިޔައެއް ކަމަކު ހާފިޒްއަށް ހެވެވެ.
ޓީސާޓް ގެ އެއްފަޅިން ފެންނަމުން ދިޔަ ޒީޝަންގެ ދޮން ކަނދުރާއަށް ހާފިޒް ބަލައިލިއެވެ. ޒީޝަން ދެލޯ ބޮޑުކޮށްލިއެވެ. ނަމަވެސް އޭނާއަށް ކުރެވޭނެކަމެއްނެތެވެ. ހާފިޒް ގެ އެތްއަތުގެ ތެރޭ ހައްޔަރު ވެފައި އޮތް ޒީޝަންގެ ދެއަތް ނެރެލަން އުޅެވެސް ނުލެވުނެވެ. ހާފިޒް ޒީޝަންގެ ކަނދުރައިގައި ބޮސްދިނީ ޒީޝަންގެ ރުއިމަކަށް ބަލައިލުމެއްނެތިއެވެ. ހާފިޒް ޒީޝަންގެ ލޮލާއި އެއްވަރުކޮށްލީ ކާމިޔާބީ ހިނިތުންވުމެއް ދެމުންނެވެ. އޭނާ ޒީޝަން ނަގައި އެނދުމައްޗަށް އެއްލާލީ ލުއި ފަތްކޮޅެއް އެއްލާލިފަދައިންނެވެ. ޒީޝަންގެ ބަނޑަށް ތަދެއް އެރިއެއް ކަމަކު ވަގުތުގެ ބޭނުންހިފައި އެނދުން ފައިބަން އުޅުނެއްކަމަކު ހާފިޒް ޒީޝަންގެ ގައިމައްޗަށް ފުއްމާލީ ސިންގާއެއްހެންނެވެ. ޒީޝަންއަށް ހަޅޭލަވައިގަންނަން އުޅެނިކޮށް އަނެއްކާވެސް ހާފިޒް ޒީޝަންގެ އަނގަމަތީ އަތްއަޅާލިއެވެ. ޒީޝަން އަތުން ފައިންވެސް މަސައްކަތްކުރަންފެށީ އޭނާގެ ކައިރިން ސަލާމަތްވެވޭތޯއެވެ. ނަމަވެސް ހާފިޒް ދިޔައީ ޒީޝަންގެ އެތަން މިތަނުގައި ބޮސްދެމުންނެވެ. އެންމެފަހުން އެވަރުނުފުދިގެން ހާފިޒް ޒީޝަން ލައިގެން ހުރި ޓީޝާޓަށް ދަމަންފެށިއެވެ. ޒީޝަން ޓީޝާޓުގައި ހިފަހައްޓަން ހެދުމުން ހާފިޒް އެއަށް ދަމައިގަތީ ކުއްލިއަކަށެވެ. އެއާއި އެކު ކަރުން ފަށައިގެން ކުޑަކޮށް އިރައިގެން ދިޔައެވެ.. ޒީޝަން ދެލޯބޮޑުކޮށްލަމުން މަސައްކަތްކުރީ ހާފިޒް ދުރަށް ލެވޭތޯއެވެ. ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ދޮރުގެ ތަޅުގައި މީހަކު ހިފާލުމުންނެވެ. ޒީޝަންއަށް އެއީ އައިދަންކަން އިނގުނެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ ހަޅޭލަވަންށެވެ. ހާފިޒް ޒީޝަންގެ އަނގަމަތީ އިތުރަށް އަތްއަޅައިގެން ހުރިއެވެ. ދޮރުމަތީ ހުރި އައިދަން ޒީޝަންއަށް ގުޅަމުން ޓަކި ޖަހަމުން ދިޔައިރު އެ ކޮޓަރިތެރޭ ހިނގާ ކަމަކާއި މެދު އަންދާޒާވެސް ކޮށްނުލައެވެ.
ރިންގްވަމުން ދިޔަ ފޯނުގެ އަޑުކޮޓަރިތެރޭ ހިފާލިއެވެ. ނަމަވެސް ހާފިޒް ޒީޝަންގެ ހަށިގަނޑުން އުފާ ހޯދަން މަސައްކަތްކުރަމުން ދިޔައެވެ. ޒީޝަން އޭނާގެ ފައިން ހާފިޒްގެ ހަށިގަނޑުކޮށްޕާލަން މަސައްކަތްކުރިއެވެ. ނަމަވެސް އެ ހަށިގަނޑުގައި އެވަރެއް ނުވެސްނެތެވެ. އޭނާ ރޮއެ ރޮއެވެސް ވަނީ ވަރުބަލިވެފައެވެ.
6615 Comments
Comments are closed.
sorry late vevunyma.. miadhah fahu knme night aku mi vaahaka up kureveyny around 12… cx these days m busy with my classes n all… So hope will understand.. n thnkyw <3 love u all …
Wow Ryn.. Haadha reehchey.. Ekam kiyaahithun indha maa avahah nimunee.. Maadha next episode up kohdhehchey.. Love to read your stories.. ???
Wow Ryn.. Haadha reehchey.. Ekam kiyaahithun indha maa avahah nimunee.. Maadha next episode up kohdhehchey.. Love to read your stories.. ???
Wow Ryn.. Haadha reehchey.. Ekam kiyaahithun indha maa avahah nimunee.. Maadha next episode up kohdhehchey.. Love to read your stories.. ???
Wow Ryn.. Haadha reehchey.. Ekam kiyaahithun indha maa avahah nimunee.. Maadha next episode up kohdhehchey.. Love to read your stories.. ???
Wow Ryn.. Haadha reehchey.. Ekam kiyaahithun indha maa avahah nimunee.. Maadha next episode up kohdhehchey.. Love to read your stories.. ???
Wow Ryn.. Haadha reehchey.. Ekam kiyaahithun indha maa avahah nimunee.. Maadha next episode up kohdhehchey.. Love to read your stories.. ???
Wow varah reethi?
Dhn aidhan gabool nukurahnaa varah fake
Alhe haadha kurey
Vrh reethi.. Waitin fr the next part. Love to read it
Ur the best
vaahaka reethi but ibaarai kurumugai kudhi kudhi mistak eh ba huri..eh kanatha tha ragalhu kolaigen liyaa namah miya vuren furiham vees. anyway keep it up
Ryn dhen story liyun huttaalan vejje ehnu, KAKULAA HAMAALAH kiya dhivehi baheh onnany kamah engifaeh neh, Ryn aky v basnaahaa liyuntherieh
Ryn dhen story liyun huttaalan vejje ehnu? KAKULAA HAMAALAH kiya dhivehi baheh onnany kamah engifaeh neh, Ryn aky v basnaahaa liyuntherieh