މިހިތުގެ ފަސާނާ
އަހަރެންގެ ހަޔާތަކީ ދިރުނބާއެއް ނެތް އޮޑިއެކޭ އެއްވެސް ތަފާތެއް ނެއް އެއްޗެކެވެ. ދިރިއުޅުމުގެ މައިދާނުގައި ހަނގުރާމަ ކުރީ ސަލާމަތްވާނެ ކަމުގެ ފޮނިއުއްމީދުގައެވެ. އެހެނަސް ތަޤްދީރު އަހަރެންނަށް ކެހި ދިނީ ހީވެސް ނުކުރާހާ ހިތި ގޮތަކަށެވެ. އަހަރެންނަ އައުފް ދިމާވީ ދުނިޔެ އަހަރެން ބާކި ކޮށްލި ވަގުތުގައެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 24 އަހަރެވެ.
*******************************************************************************
“އޭމަންޖޭ ބުނެބަލާ..ލަދުން ނުހުރެ އައިސްބަލާ..ނަން ބުނެބަލާ”
އެ އިވުނު އަޑަކީ އަހަރެންނަށް އާ އަޑެއް ނޫނެވެ. އަދި މިގޮތަށް އެގުރޫޕުން އަހަރެންނާ ދިމާަކުރުމަކީ އަބަދުގެވެސް އާދައެެވެ. ނަމަވެސް އަހަރެންގެ ދުލުން ބަހެއް ބުނެ ނުލަމެވެ
“މަ ބަލާނަމޭ ކިތައް ދުވަހު ތިހެން އަނގައިން ނުބުނެ ހުރެވޭތޯ”
އަނެއްކާވެސް ހަމަ އެއަޑެވެ. މިފަހަރު ކުޑަކޮށް ހަރުކަށި ގޮތެއް ހުއްޓެވެ. އެ އަޑުގެ ވެރިޔަކީ އަހަރެންެ ހިތުގެެެ ވެރިޔާއެވެ. އެޖާދުވީ އަޑު އަހަރެންގެ ހިތާ ހަމަ އަށް ވާސިލްވީ ކޮން ގޮތަކަށް ކިހިނެއް ކަމެއް ނޭނގެ އެވެ. އަހަރެންގެ ދެ ލޯ އަބަދުވެސް އެދެނީ އެމޫނު ދެކިލުމަށެވެ. ނަމަވެސް އިސްއުފުލާ ބަލާލުމުގެ ހިތްވަރެއް ނުލިބެ އެވެ.
“އޭތް! އެތް!….. މިކް…..މީކް……މީކް” ހިޔާލީ ދުނިޔެއިން ނިކުމެވުނީ ނިޒްމާ ގޮވާ އަޑަށެވެ. ނިޒްމާ އަކީ އަހަރެންނާ އެއް އޮފީހެއްގައި މަސައްކަތް ކުރާ ކުއްޖެކެވެ.
ސަޅި ބިޓެއް ދޯ” ނިޒްމާ ހިނިތުން ވެލަމުން ބުނެލިއެވެ.އަހަރެންނަށް ރަކި ގޮތަކަށްހީލެވުނީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. އޭރު އަހަރެމެން ދެމީހުންނަށް އެގުރޫޕާ ތަން ކޮޅެއް ދުރަށް ހިނގައި ގަނެވިއްޖެ އެވެ. ދެ އެކުވެރިން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ޝަމާން ގެ މޫނު މަތީގައިވީ މައުނަވީ ހިނިތުން ވުމެކެވެ. އޭނާ އަށް މިކްޔާގެ ހިނިތުންވުން ފެނި ހިތުގައިވި އަޒުމް އާވެލިއެވެ.
“ޝާންޓޭ ! މަށަށް ފެންނަނީ ކަލޭ މިކަންތައް ނުވި ކަމަށް ދެން ހުއްޓާލަން” ޝަމާން ގެ ކޮނޑު މަތީގައި ޖަހާލަމުން އާރިފް ބުނެލީ ހިނި ގަނޑެއް ޖަހާލަމުން ނެވެ. މިއާއެކު ދެން ތިބި ކުދިންތައްވެސް ހޭން ފެއްޓިއެވެ. “މަ ވަރަށް ބިކާރި މި ދުވަސްކޮޅުގަ އެއްޗެއްވެސް ނުލިބޭ..ދެން ކައޭ ލާރިކޮޅު ދޭންވީނު” ބަކުރު މިހެން ބުނެލީ ދެރަވާކަހަލަގެ ގޮތެއް މޫނުމައްޗަށް ހަދާލަމުންނެވެ.މިއާއެކު ދެން ތިބި ކުދިންތައް އަނެއްކާވެސް ހޭން ފެއްޓިއެވެ. ޝަމާންގެ މޫނުމައްޗަށް އަރާ ކުލަވަރުތަކުން އޭނަ ރުޅިގަދަ ވެފަ ހުރި ވަރު ދެހަކޮށްދެއެވެ. އެމިހުންނާ ދުރަށް ހިނގައި ގަތީ ރުޅި ގަނޑު ކޮންޓްރޯލް ނުވެދާނެތީވެއެވެ. ޝަމާން ދިޔަ ދިމައަށް ބަލަން ހުރި ބަކުރާއި އަރިފްގެ މޫނުމަތީގަ އެވަގުތު ހުރީ ނުލަފާ ހިނިތުންވުމެކެވެ. ދެ މީހުންގެ ވެސް އަޒުމަކީ ޝަމާންގެ މަޤްސަދު ކާމިޔާބުވިޔަ ނުދިނުމެވެ. އެކަމަށްޓަކާ އެ ދެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.




V reethi gothakah mi othee, heevey kuriah onna baives v reethi vaanehen.. Ekamu maa kuree 🙂
thank u…☺
haadha kurey..ekam feshun reethi
thnkz…n sorry mi part kuru veema…
Haadha kurey… ekam vs v v reethi … avahah upkohla dhehchey. ….
thnkz..n sorry…will try to up ASAP…
Vvvvv lobi story eh.. ???? Ebunaahen maa kury mi part… Bt also nice.. Ummeedh kuran next part dhigu vaane kmh.. Waiting 4 next part….. Best of luck… ????
very short this part but very nice
thnkz n sorry…will try to up a longer episode…keep waiting…
Kon irakun next part up vaany?
insha allah tonyt will up new part. keep waiting
nice thankolhe avaha up kurajey
thnks..will try…keep waiting
Feshun vrh reethi..heevey vrh reethi vaanehen..ehen kudhinves bunihen thankolheh kury..nxt part miah vuren dhigu kohlaane kamah uhmeedh kuran…waitin for nxt part…:#
wat the hell.
kiyaahithunney miinee
dhigu koh bala. heyo nuvaane. allah ge raskan fulhah takai
Feshun v habeys ekam kury dhw ummydhukuran kuriyan oiy thanuga dhiguvaane kamah stry waitin keep it up
Nice startin…
Hope you will upload the next part soon…
Waitin for the next part….
☺
Maakuru dhigukoh hushahalhaa dhehvunaedheme
V salhi igey..❤❤
Kaya alhe kakuni kobaatha?