ލޯބިވަން ޔާރާ އޭ 19 ސޫޒަން މިޝެލް ގާތު އިނދެ ރޮމުން ކަރުން ހަންދާ ވަރަށް ގޮވައިލީ އަލްހާން އަށެވެ. އެ އަޑުގައި ނަފުރަތާއި ރުޅިވެރިކަން ވިއެވެ. މިފަހަރު ސޫޒަން އަށް އާދެވުން ލެއް ލަސްވި ކަމަށް ޓަކައި އަމިއްލަ ނަފްސުވެސް ސޫޒަން އަށް ކުއްވެރި ކުރެވުނެވެ. އެމްބިއުލޭންސް އިން ބޭލުއްވި ޕޭޝެންޓެއް ކައިރި އަށް ޑޮކްޓަރަކާއި ނަރުހުންތަކެއް ކައިރި ވާތަން ބްރޭކަށް ދާން ނުކުތް ޔޫލީ އަށް ފެނުނެވެ. އެތަނުން ސޫޒަން ފެނުން ހެން ހީވެގެން […]
ފެހި ކުލައިގެ ފުޅާ މުސައްލައެއްގެ މަތީގައި އަންހެންކުއްޖަކު ދުޢާކުރުމަށްޓަކައި ދެއަތް މައްޗަށް އުފުލައިގެން އިނެވެ. އަޅާފައިވާ ހުދުކުލައިގެ ދޮޅި ފަންކާއިން ޖެހެމުންދިޔަ ވައިން ވިހުރުވަމުންދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ތިރިއަށް ފައިބަމުން ދިޔައެެވެ. ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުރިއިރު މަޑު މަޑު ގިސްލުމެއްގެ އަޑުވެސް އިވެމުންދިޔައެވެ. ކުއްލިއަކަށް އެއަންހެން ކުއްޖާ ސިއްސައިގެން ދިޔައީ…………………………. އިންޝާﷲ ވަރަށް އަވަހަށް މިވާހަކަ އެސްފިޔައިން ފެނިގެންދާނެ ވާހަކަ ދަންނަވަން… -ހައްޔު-
“ނޫނޭ. އަސްލު މަށަށް ހެވުނީ އަޔާ އަދިވެސް އެއްބަސްނުވާތީ.” ޝިފާން ލާނެތް ގޮތަކަށް ބުނެލިއެވެ. “ކޮންކަމަކާތަ މަ އެއްބަސްނުވެގެން ތިއުޅެނީ؟” އަޔާޒް ރުންކުރު ގޮތަކަށް އަހާލިއެވެ. “އޭނަދެކެ ހޫމްހޫމް ވާކަމަށް.” “އަޅެ ކަލެއަށް ތިނޫން އެއްޗެއް ކިޔާކަށް ނޭނގޭތަ؟ ދާންއުޅޭ މިތަނުން. މަ ބޭނުމީ އެކަނިވެލަން.” އަޔާޒް ހަޅޭއްލަވައިގަތެވެ. “އޯކޭ އޯކޭ. މަމިދަނީ. ފަހުން އަންނާނަން އިނގޭ ތިކަމަށް ހައްލެއް ހޯދޭތޯ މަސައްކަތްކޮށްލާފަ. އެހެން ކުއްޖަކު ހޯދައިގެން.” ޝިފާން ދޮރު ލައްޕަމުން ބުނެލި ޖުމްލައިން އަޔާޒްގެ ލޭ […]
ޙުލާސާ: މިވާހަކަޔަކީ މަޝްހޫރު ޑެނިޔަލް ސުޓީލްގެ ވާހަކަ އޮނާ ދައިސެލްފު ނަކަލަކަށް ބަލައިގެން ލިޔެފައިވާ ތަރުޖަމާ ޙިޔާލީ ވާހަކައެކެވެ. ހީނާ އަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. ހީނާ ލަންކާއަށް އައީ އޭނާގެ ފޮތުގެ މަސައްކަތް ކުރުމަށް ފަސޭހަ ވާނެތީއެވެ. އަދި އޭނާގެ ހަޔާތުގެ ނުލިބިފައިވާ ގިނަ ސުވާލު ތަކެއްގެ ޖަވާބު ހޯދުމަށްވެސް މެއެވެ.ހީނާއަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. ހީނާ ލަންކާއަށް އައީ އޭނާގެ ފޮތުގެ މަސައްކަތް ކުރުމަށް ފަސޭހަ ވާނެތީއެވެ. އަދި އޭނާގެ ހަޔާތުގެ […]
ކުއްލިއަކަށް މިކްޔާ ތެޅިގަތެވެ. އެވަރަށް ނުވިސްނާ ހުރުމުގެ ސަބަބުން އާރިފްގެ އަތުން މިކްޔާ ވީއްލިގެން ނިޒްމާ އާއި ދިމާއަށް ދުއްވައިގަތެވެ. ހަމަ އެވަގުތު އާރިފް އެއްލި އަތުން މިކްޔާގެ ބުރުގަލުގައި ހިފުމާއެކު ބުރުގާ ބޮލާ ވަކިވިއެވެ. އާރިފް މިކްޔާގެ މެދުހަށީގައި ހިފާފާ ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. އަދި މިކްޔާގެ މޫނުގަޔާއި ކަނދުރާގައި ބޮސްދޭން ފެއްޓިއެވެ. އެވަގުތު އޭނާ އަށް މިކްޔާ ލައިގެން ހުރި ހެދުމުގެ ކުރިމަތީގައި އިން ޒިބް ފެނިފަ ތިރިއަށް ދަމާލުމާއެކު މިކްޔާގެ މޭމަތިން ބޮޑު […]
ދެވަނަ ބައި_ 02 “ތޭން ގޯޑް.. މަ ރޮއެފަ ހުރިކަން މަންމައަށް ނޭންގުންކަން..” ދޮރުލައްޕާލަމުން އިސްތަށިގަނޑުގައި އެއްއަތްހިނގާލާ އަނެއްއަތުން މޭގަ އަތްއަޅާލަމުން ރައިނާ ބުނެލިއެވެ. ރައިނާއަށް ނޭންގުނުކަމަކީ ނިޔާސާއަށް ރައިނާ ރޮއެފަހުރިކަން އެނގިހުރެ ރުއީ ކޮންކަމަކާތޯ ސުވާލު ނުކުރީ ރައިނާ ފާޑަކަށް ތެޅިގަތުމުންކަމެވެ. ގަމީސްލަމުން ކޮޓަރިން ނިކުމެ ދޮރުޖަހާލުމަށްފަހު ރިޔާން ހިނގައިގަތީ ކާކޮޓަރިއާދިމާއަށެވެ. ކާކޮޓަރީގަ ބެހެއްޓިފަހުރި ބޮޑު ބިއްލޫރިމޭޒުމަތީގައި ކާތަށިތައް އެތުރުމުގަ އަވަދިނެތި އުޅެމުންދިޔަ ނިޔާސާ ދޮރާދިމާއަށް ބަލައިލީ އެވަގުތުއެވެ. ދޮރުމަތީ ގަމީހުގެ ގޮށްތައް އަޅުވަން ހުރި […]
އަޔާޒް ގޮސް ރިޔާޝާގެ ކުރިމައްޗަށް ވާގޮތަށް ސައިކަލު ހުރަސްކޮށްލިއެވެ. ފިކުރެއް ޚިޔާލެއްނެތި ހިނގަމުންދިޔަ ރިޔާޝާ ސިހުނުވަރުން އަތުގައި އޮތް ކޮތަޅުވެސް އަތުން ދޫނުވީ ކިރިޔާއެވެ. ލާނެތް ގޮތަކަށް ހީލައިގެން ސައިކަލުގައި އިން އަޔާޒް ފެނުމުން ތުން އަނބުރާލާފައި ދާން ހިނގައިގަތްއިރު، މިރޭގެ ހަތަރެސްކަން ހަމަވީއޭ އޭނާގެ ހިތަށް އެރިއެވެ. ރިޔާޝާގެ މިހަރަކާތް އަޔާޒަށްވީ ވަރަށް މަޖާ ކަމަކަށެވެ. އެހެންކަމުން އޭނާ ސައިކަލު ބަހައްޓާފައި ހިނގާފައި ގޮސް ރިޔާޝާއާ އަރާ ހަމަކުރިއެވެ. މީ ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ […]
“ކަލޭ ތި ދޮރުން އެންމެ ފިޔަވަޅެއް އެޅިޔަސް ކަލެއަށް މަހަދާލާނެ ގޮތް އިނގޭނެ… ކަލެއަށް މިހާރު ވަރަށް ރަނގަޅަށް އިނގޭނެ މަށަށް ކުރެވޭނެ ކަންކަން…” ޒުލޭހާ އެހެން ބުނެލުމުން އާޔާގެ ހިނިތުންވުން ފަނޑުވިއެވެ. އެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިއައެވެ. އާޔާ ފަހަތަށް އެނބުރި ބަލާލިއިރު ޒުލޭހާ އުނަގަނޑުގައި އަތް އަޅައިގެން ހުރެ ތެދުވަނީއެވެ. މި ޒުލޭހާ ކައިރިން ފަސޭހައިން ސަލާމަތް ނުވެވޭނެއޭ ހިތަށް އެރުމުން އާޔާގެ ދަތްކުނޑި ވިކިގެން ދިއައެވެ. “ދެން މިހާރު މަ […]
ލޯބިވަން ޔާރާ އޭ 18 އެންމެން އަލަތު ދެމަފިރިން ނަށް މަރުހަބާ ކިޔަމުން ދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ކަމެވެ. ހިނދުކޮޅެއް ކުރިން ވެފައި ހުރި ދެރަ ވެސް ޔޫލީ ހަނދާން ނެތުން ފަދައެވެ. ދާއިންގެ މަންމަ އެކޭ ސޫޒަން އެކޭ ތަފާތެއް ނެތެވެ. ލޯބިން ގޮސް ހީވަނީ ޔޫލީ އުރާލަފާނެ ހެނެވެ. އެތައް ސަކަރާތެއް ޖެހުމަށް ފަހު އެންމެން ގެއަށް ދިޔައިރު 12 ޖަހަން އުޅެނީއެވެ. މާއިރާ ދާއިން އާއި ޔޫލީ ކޮޓަރިއަށް ދިއުމުގެ […]