“ނޫން. އުނދަގުލެއް ނުވޭ. މިހާރު ވަރަށް ހިތްހަމަޖެހިއްޖެ އަޔާޒް މާފަށް އެދުނީމަ.” ރިޔާޝާ އިރުކޮޅަކު ވިސްނާލުމަށްފަހު ބުނެލިއެވެ. އެކަމުގެ ސަބަބުން އަޔާޒަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. “އަސްލުވެސްތަ؟ ހާދަ ރަނގަޅޭ. ވަރަށް ބޮޑަށް ތޭންކްސް.” އަޔާޒް ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. “އަދި 1 ވާހަކަ. އަޔާޒް ދެން އެއްވެސް މީހަކާ އެގޮތަށް ދިމާކޮށް ނުހެދުމަކީ އަހަރެން ވަރަށް ބޮޑަށް އެދޭ އެދުމެއް.” ރިޔާޝާ ބުނެލިއެވެ. އަޔާޒް ބޯޖަހާލިއެވެ. “އަހަރެންނަކީ ގާތް އެކުވެރިއެއް […]
“މިއަދު ކޮޓަރީގަ…” ސުވާލު ކުރަން އުޅެފައިވެސް ޔަމާން ހުއްޓާލިއެވެ. ޔަމާން ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި މީރާ އިނެވެ. ނަމަވެސް ޔަމާން އިތުރު އެއްޗެއް ނުބުނެ ލެޕްޓޮޕަށް ބަލަން އިނެވެ. “ކީކޭ އަހަން ތި އުޅުނީ؟ މިއަދު ކޮޓަރީގަ ވީ ކިހިނެއްހޭތަ؟ ނޫނީ ދެއްކީ ކޮން ވާހަކައެއްތޯ ބަލަންތަ އުޅުނީ؟” ޔަމާން އިތުރަށް އެވާހަކަ ނުދައްކާނެ ހެން ހީވުމުން މީރާ އަހާލިއެވެ. “ނޫން، އެއީ މީރާގެ އަމިއްލަ ކަމެއް، އަހަރެން ނުކުރާނަން އެއްވެސް ސުވާލެއް” ޔަމާން ބުންޏެވެ. […]
* މިއީ ކުރިންވެސް ޝައިން މިސައިޓްގައި ޕޯސްޓް ކުރި ވާހަކައެކެވެ. އެޑްމިންގެ އެދުމުގެ މަތިން އަނެއްކާވެސް ޕޯސްޓްކުރަން ފެށީއެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ރަށުގެ ދެކުނުކޮޅުގައި އޮންނަ ކުޅީގެ އައްސޭރިފަށުގައި ރުކެއްގައި ލައްވެގެން ނީލާހުރީ ފެންނަންމުންދާ ގުދުރަތީ މަންޒަރުތަކަށް ހިތްދޫކޮށްލައިގެންނެވެ. ގަސްތަކުގެ ފެހިކުލައިގެ ހިޔަނީގެ ސަބަބުން ކުޅީގެ ފެންގަނޑަށް ވެރިވެފައިވަނީ ހިތްގައިމު ފެހިކުލައެކެވެ. އޮއްސެމުންދާ އިރުގެ ރަންދޯދިތައް ފެންގަނޑަށް އެޅުމުން އިތުރު ހިތްގައިމުކަމެއް ގެނެސްދީފައިވެއެވެ. ގަސްތަކުގައި ދޮންވެ، ވެއްޓެން ތައްޔާރުވަފައިވާ ފަތްތަކުގައި ވައިރޯޅި ބީހިލުމުން ކެތްނުކުރެވިގެން ފަތްތައް […]
ހިތްގައިމު ދުވަހެކެވެ. ރޭގަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާހައުލުގަ ވަނީ ތެތްފިނިކަމެއް ހިފާފައެވެ. ފިޔާތޮށި ކުލައިން ޖަރީކޮއްފަވާ ކޮޓަރީގެ އެ ބޮޑު އެނދުގަ ނިދާލާފަ އޮތް ބުދެއްފަދަ އޭނަގެ ދަރިފުޅުގެ ބޮލުގަ ފިރުމާލަ ފިރުމާލާ ސަނާ އިނީ ނުހަނު ލޯބިންނެވެ. “ދަރިފުޅާ ނާލް ތެދުވޭ އަވަހަށް. ބައްޕަ މިހާރު އަންނާނެ އޮފީހުން. އިނގެ އެއްނު ބައްޕައަށް ދަރިފުޅު ނެތިއްޔާ ނުކެވޭކަން” ސަނާ އޭނަގެ ނާލްއަށް ގޮވާފަ އަވަސްވެގަތީ ގަފޫރު އާ އޭނާގެ ފިރިހެން ދަރި […]
ލޯބިވަން ޔާރާ އޭ 20 “އައި ލަވް ޔޫ ސޯ މަޗް މިޝީ. އަހަރުމެނަށް ބޭބީ އެއް ލިބެނީ. ދެން ތިހެން ނޯވެ ހޭލަބަލަ. އައި އެމް އޯލްރެޑީ މިސިންގް ޔޫ. ކިރިޔާ ބިރުން ހަލާކު ނުވީ. މިޝް އަށް ގޮތެއް ވީ ނަމަ ދުވަހަކުވެސް އަހަރެން ނަކަށް އަހަރެންގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ. އައި ލަވްޔޫ.” އީތަން މިޝެލްގެ މޫނާ ދިމާއަށް ގުދުވެލަމުން އެ މޫނުގައި ބޮސްދިން އިރު އީތަންގެ ލޮލުން ވެއްޓުނު […]
ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް އަޔާޒަށް ރިޔާޝާދެކެ ލޯބިވެވިއްޖެއެވެ. އެހެންކަމުން އޭނާގެ ލޯބި އަތުން ބީވެއްޖެކަން އެނގުމުން އޭނާއަށް އިސްޖަހާލެވުނެވެ. އަވަހަށް ޝިފާނާށް ފުރަގަސްދިނީ އޭނާގެ މޫނު ދައްކަން ބޭނުންނުވާތީއެވެ. އޭނާގެ ލޮލުން ފޭދުނު ކަރުނަތިކި، ކިތަންމެ ސިއްރުން ފޮހެލިނަމަވެސް ޝިފާނަށް އެމަންޒަރު ފެނުނެވެ. ޝިފާން ގާތަށް އައި ހިނި ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ބާރުބާރަށް ހޭންފެށުމުން އަޔާޒް ފަހަތަށް އެނބުރި ހައިރާންވެގެން ބަލަން ހުއްޓެވެ. “ބަލާބަލަ މީހާއަށް ވެފަ ހުރިގޮތް. މީ ކޮން އެއްޗެއް؟” އަޔާޒްގެ ލޮލުގެ […]
މި ވާހަކައަކީ އަޅުގަނޑުގެ ހަޔާތުގަ ދިމާވި ހާދިސާތަކެއްގެ މައްޗަށް އަޅުގަނޑު ލިޔާ ވާހަކައެކެވެ. މިއީ ޒުވާން ކޮންމެ އަންހެންކުއްޖެށްވެސް އިބުރަތް ލިބިގަންނަންވީ ވާހަކައެކެވެ. ކިޔުންތެރިންގެ ސަމާލްކަމަށް! އަޅުގަނޑު ތައުލީމްހާސިލްކުރީ ރާއްޖޭންބޭރުން ކަމަށްވުމުން އަޅުގަނޑަށް އަދިވެސް އެންމެ ފުރިހަމައަށް ދިވެހި ގަވައިދުތަކާއެއްގޮތަށް ލިޔަން ނޭންގެއެވެ. ވީމާ ވާހަކަ ކިޔަމުންދާއިރު އެކަހަލަ ތަންކޮޅެށް ފެނިއްޖެނަމަ ކޮމެންޓް ކޮށްދެއްވުން އެދެމެވެ. ކިޔުންތެރިނގެ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ހިތްވަރެކެވެ.
ހީވާނީ އޭނާގެ ޝޮޕިން މޫސުމަށް ބަހާރު މޫސުމް އައީހެންނެވެ. ވީމާ ހީނާ، އިންޑިޔާއަށް ދިޔުމަކި ތާނިޔާ އަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ. “އެކަމަކު އަހަރެން އިންޑިޔާއިން މިއައީ އިހައް ދުވަހުނު، ހީވާގޮތުން އަހަރެންގެ ސިކުނޑި ބުނަނީ އެހެން ކަމެއްކުރަން. އަހަރެން ބޭނުންވަނީ ލަންކާއަށްދާން” ހީނާ ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. އުލްފަތު އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ލަންކާ އާއި މެދު ހީނާގެ ހިތުގައިވާ ލޯބި އުލްފަތުއަށް އެނގޭތީއެވެ. ރާމިޒް އާއި ކައިވެނި ކުރުމަށްފަހު އެންމެ […]
“އަހަރެންގެ މުޅިއުމުރުގައި ދުވަހަކުވެސް އަހަރެން ހިތް ކިޔާކަހަލަ ކުއްޖަކާ ދިމާ ވެފަކާނެތެވެ. އުމުރުން އަށާރައަހަރު ވޭތުވެގެން ދިޔައިރުވެސް އަހަރެންގެ ‘ޕްރިންސް ޗާރމިންގް’ އެއް ފެނިފައެއް ނުވެއެވެ. ހޯދުމުގެ ޝައުގެއްވެސް މާބޮޑަކަށް ނުހުރެއެވެ. ގިނަ މީހުން ގަބޫލް ކުރާގޮތުންނަމަ އަންހެން ކުދިން އަވަހަށް މީހުންނާ އިނދެ އަވަހަށް ދިރިއުޅުމެއް ފަށަން ވާނެއެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަންހެނަކަސް ފިރިހެނަކަސް އެމީހެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދާ އޭގައި ކުލަޖެއްސުމުގެ ފުރުސަތު އޮންނަން ވާނެއެވެ. މިސަބަބު ތަކަށްޓަކާ އަހަރެން މީހަކާލޯބީގެ […]