
ހިތް ބޭނުމޭ…10
ހިތް ބޭނުމޭ…10
ވިއްސާރަ ކަނި ޖަހަން ފެށުމުން އެތެރެއަށް ވަންނަން ލިލިއަންގެ އަތުގައި ހިފާލައިގެން އެނބުރުނު ޒެއިން އަށް ރޮވިފައި ހުރި އެލީން ފެނުމުން ލިލިއަންގެ އަތުން ދޫކޮށްލެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަމަވެސް ޒެއިން އަށް ވުރެ އެލީންގެ ހަރަކާތްތައް މާ އަވަހެވެ. ދުވެފައި އެލީން ގޮސް އެރީ ލިފްޓަކަށް ކަން ޒެއިން އަށް ޔަގީން ވިއެވެ.
“އެއީ ތަ ޒެއިންގެ؟” ޒެއިންއަށް ވީ ގޮތް ފެނިފައި ލިލިއަން އަހައިލީ އެލީން ފަސްދިން މަންޒަރު އޭނާއަށް ފެނުމުން ނެވެ. އިސް ޖަހައިލަމުން ޒެއިން ބޯ ޖަހައިލިއެވެ.
“އައި އެމް ސޮރީ ޒެއިން” ލިލިއަންގެ ސަބަބުން ވީ ކަމެއް ކަމަށް ގަބޫލު ކުރާތީ އޭނާ މާފަށް އެދުނެވެ.
“އިޓްސް އޯކޭ. އައި ވިލް ހޭންޑަލް އިޓް” ލިލިއަންގެ މޫނަށް ބަލައިލަމުން ޒެއިން ހިނިތުންވެލިއެވެ.
ކޮޓަރި އަށް ވަދެވުމާއި އެކު އެލީން އެނދުމައްޗަށް ވެއްޓިގަންނަމުން ރޯންފެށިއެވެ. ޒެއިންގެ އަތުތެރޭގައި އެ އަންހެން ކުއްޖާ ހުރި މަންޒަރު އަދިވެސް ލިލިއަންގެ ލޮލަށް ސިފަ ވަމުން ދެއެެވެ. ރޭގައި އެލީން ގެ ގައިގައި ބައްދަ ބައްދާފައި ރުއި އިރު ހީވަނީ ދުވަހަކު ވެސް އެލީން ނޫން މީހަކަށް އެ ހިތުން އެއްވެސް ޖާގައެއް ނުދޭނެ ހެންނެވެ. ނަމަ ވެސް ޒެއިން ގެ އެ އަމަލު ތަކުން އެލީން އަށް މިހާރު އޮޅިއްޖެއެވެ. އިރުކޮޅަކު ރޯލުމަށް ފަހުގައި ފޯނު ނަގަމުން މެސެޖް ބައި ހުޅުވައިލަމުން ލިޔަން ފެށިއެވެ.
“ގުޑް ލަކް ޒެން. އުފާވެރި ދިރިއުޅުމަކަށް އެދެން. މިހާރު އަހަރެންނަށް ވެސް ޔަގީންވެއްޖެ ޒެން އަށް ވެސް ކަމުދަނީ އެކަހަލަ ދޮން ކުދިން ކަން. ގުޑް ބާއި” އެލީން މެސެޖު ފޮނުވައިލަމުން އީވާ އަށް ގުޅިއެވެ. ދެތިން ފަހަރަކު ރިންގު ވުމާއި އެކު އީވާ ފޯނު ނެގިއެވެ.
“އިވީ ބިޒީ ތަ؟” އަވަސް އަވަހަށް އެލީން އަހައިލިއެވެ.
“ނޫން. ކިހިނެތް ވީ؟” އީވާ ބުންޏެވެ.
“އަހަރެން ގެއަށް ޑްރޮޕް ކޮށްދޭން އާދެވިދާނެ ތަ؟” އެލީންގެ ޖުމްލަ އަޑު އަހާފައި އީވާ އަށް ‘ވަޓް’ އޭ އަހައިލެވުނީ ފުދޭ ވަރަކަށް ބާރަށެވެ.
“ޕްލީޒް” އެލީން ބުނެލި ރާގުން ކޮންމެ މީހަކަސް ދެކޮޅު ހަދާކަށް ނުކެރުނީހެވެ.
“އަހަރެން އެބަ ދަން އެލީ ގެ ރޫމް އަށް. ވެއިޓް ދެއާ” އީވާ ފޯނު ކަނޑައިލުމުން އެލީން އޭނާގެނައި އަންނައުނު ތައް ފޮއްޓަށް އަޅަން ފެށިއެވެ. އެމަސައްކަތް ފެށިތާ އިރުކޮޅެއް ނުވަނީސް އީވާ އައިސް ދޮރު ހުޅުވައިލިއެވެ.
“އެލީ! ކިހިނެތް ވެގެން ތަ ދެ މަހަށް އައި ކުއްޖަކު ކުއްލިއަކަށް ދާން ތި އުޅެނީ؟” އީވާގެ އަޑުގައި ވަނީ ހައިރާން ކަމެވެ.
“ބޭބެ މެން ގެއަށް ދާންވެގެން” އެލީންގެ ޖަވާބު ކުރެވެ.
“އެލީގެ ބޭބެ ވީ މެލޭގަ އެއްނު؟” އީވާ އަށް ޒެއިން މީރާންގެ ވާހަކަ ކިޔައިދީފައި ވުމުން އަހައިލިއެވެ.
“އެލީގެ ހުންނާނެ އަދި އެއް ބަފާ ބޭބެ އެއް. އެޒިލް ކިޔާނީ. އެގޭގަ އިތުރު މީހަކު ވެސް ނޫޅޭތީ ދާ ހިތްވީ ހަމަ. ޑޯންޓް ވޮރީ، އިވީ އާ އަބަދުވެސް ގުޅުން ބާއްވާނަން.” އެލީން ކަމެއް ސިއްރު ކުރާކަން އީވާ އަށް އިނގުނެވެ. އެހެން ކަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އެގެއިން އެލީން ނުގޮސް މަޑު ކުރާނެ ގޮތެއް ވޭތޯއެވެ.
“ޒެއިން މެރީ ކުރަން އުޅޭތީ ދޯ އެލީ ދާން ތި އުޅެނީ؟” ކުއްލިއަކަށް އީވާ އަހައިލި ސުވާލުން އެލީން އަށް ސިހުމެއް ލިބިގެން ދިޔައެވެ. ހަލުވި ކަމާއި އެކު ހަރަކާތް ކުރަމުން ދިޔަ އަތަށް ވެސް ހުއްޓުމެއް އައެވެ. އީވާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި އެލީން އަނެއްކާވެސް ކުރަމުން ދިޔަ މަސައްކަތަށް ރުޖޫޢަ ވީ އެ ލޮލުގައި ވި ވޭން އީވާ އަށް ސިއްރު ކުރުމަށެވެ.
“ނޫން. އިވީ ވެސް ދޯ. އަހަރެން ޒެއިން މެރީ ކުރިޔަސް ދެރައެއް ނުވޭ. ޒެއިންގެ ލައިފް. އޭނަ ނަގާނެ ޑިޒިޝަނެއް ނެގުމުގެ ހައްޤު އޮންނާނެއެއްނު. އެހެން ނޫނަސް އަހަރެން މީ ކާކުތަ އެ އަންހެން ކުއްޖާ އާ ބަލާފަ” ދުވަހަކުވެސް އެލީންގެ ބަސްމަގު ނުހުންނަ ގޮތަކަށް ވާހަކަ ދެއްކުމުން ވެސް އީވާ އަށް އެލީން ގެ ހިތަށް ކޮށްފައިވާ އަސަރު އިހުސާސް ވިއެވެ.
“އެލީ ބޭނުން ވަނީ ތިގޮތް ކަމަށް ވަންޏާ އަހަރެންނަށް އޯކޭ. އެކަމަކު ބުނަންތަ ވާހަކައެއް؟ އަސްލު ޒެން އެލީދެކެ ވަރަށް ލޯބި ވޭ. ލިލިއަން އަކީ ޒެއިން ގެ ޗޮއިސް އެއް ނޫން. ޒެއިންގެ ޗޮއިސް އަކީ އެލީ.” އީވާ ގެ ޖުމްލައަށް އެލީން ބޯ ޖަހައިލަމުން ހިތާމަވެރި ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ.
“އެބަ އަންނަން މަންމަ ގާތު ބުނެފަ. އެހެން ނޫނީ އަހަރެން ވީތަނެއް ނޭނގިގެން ހޯދަފާަނެ” އީވާ ދާން ހިނގައިގަތުމުން އެލީން އީވާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“އިވީ ޕްލީޒް. އަހަރެން ބޭނުމެއް ނޫން ޒެއިން އަށް އަހަރެން މިގެއިން ދާކަން އިނގޭކަށް. އެކަކަށް ވެސް ނޭނގޭ ގޮތަށް އަހަރެން ގޮވައިގެން ދެވިދާނެތަ ޕްލީޒް” އެލީން ގެ އަޑުގައި ވި އާދޭހަށް ބީރު ކަންފަތެއް ދޭކަށް އީވާ އަކަށް ނުކެރުނެވެ. އިރުކޮޅަކު ވިސްނައިލަން ހުރެފައި ބޯ ޖަހައިލަމުން އެލީން އާއި އެކު އެ ކޮޓަރިން ނުކުތެެވެ.
ލިފްޓަށް އެރި އިރު ރަނގަޅަށް ވެސް އެލީން އަށް ރޮވިއްޖެއެވެ. ކުރެވެން މި އުޅެނީ ރަނގަޅު ކަމެއް ބާއޭ އެލީން ގެ ހިތަށް އަރަމުން ދިޔައެވެ. މީރާން އާއި ޒެއިން ގެ ދެމެދުގައި މިކަމުން މައްސަލައެއް ޖެހޭކަށް އެލީން ބޭނުމެއް ނުވެއެވެ. އެހެން ކަމުން ލެގިންސްގެ ޖީބުން ފޯނު ނަގަމުން މީރާން އަށް ފޮނުވަން މެސެޖެއް ލިޔެލިއެވެ. ލިފްޓުން ފައިބައިގެން އީވާގެ ފަހަތުން އެލީން ގޮސް ރޯޒްޕާކް ގެ ގޭޓުން ބޭރަށް ނުކުންނަމުން ފަހު ފަހަރަށް އެގެއަށް ބަލައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އެލީން ނުކުތެވެ.
“ޓެކްސީ އެއްގަ ދާނީ. ކާރު ނެރެން އުޅެނިކޮށް ޒެއިން އަށް އިނގިދާނެ” އީވާ ގެ ޖުމްލައަށް އެލީން ބޯޖަހައިލިއެވެ.
އެލީން އީވާގެ ގައިގައި ބައްދައިލަމުން ޓެކްސީ އިން ފޭބިއެވެ. އެލީން އަށް އޭނާގެ ކުޑަ ލަގެޖް ޑިކީ އިން ބާލުއްވައިދިނީ ޓެކްސީ ޑްރައިވަރެވެ. ފުން ނޭވާއެއް ލަމުން އެލީން ލަގެޖް ދަމަމުން ގޮސް ހަނި ގޯޅިގަނޑަކަށް ވަނެވެ. ބައިވަރު ދޮރު ތަކެއް ލާފައި ހުރުމުން އެޒިލް އުޅޭ ބައި ވަކި ކުރަން ވެސް އެލީން އަށް ފުދޭ ވަރަކަށް ވަގުތު ބޭނުން ވިއެެވެ. އެންމެފަހުން ހަތަރުވަނަ އަށް އިން ދޮރު ގެ ތަޅުގައި ހިފައިލިއެވެ. ތަޅުލާފައި ހުރުމުން އެލީން ޓަކި ޖަހައިލިއެވެ. ގާތްގަނޑަކަށް ހައެއްކަ ފަހަރަށް ޓަކި ޖަހައިލުމާއި އެކު ދޮރު ހުޅުވައިލި އަންހެން ކުއްޖާގެ މޫނުމަތީގައި ވަނީ ރުންކުރު ކަމެވެ.
“އަމްމް، އެޒިލް އެބަ އުޅުއްވާތޯ؟” ނުކެރިފައި ހުރެވެސް އެލީން އަހައިލިއެވެ.
“ތީ ކާކުތަ؟ އެޒިލް ގެ ބިޓު ދޯ” އެލީންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލަމުން އެ އަންހެން ކުއްޖާ އަހައިލިއެވެ.
“ނޫން..މީ..” އެ އަންހެން ކުއްޖާގެ ވާހަކަ ދެއްކުން ހުރި ގޮތުން އެލީން އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.
“މިލީނާ…” ފަހަތުން އެޒިލް ގޮވައިލި އަޑު އިވުމުން އެލީންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. މޫނު ހަދައިގެން ހުރެ މިލީނާ އެޒިލް އަށް އެލީންގެ މޫނު ފެންނާނޭ ހެން އަރިއަކަށް ޖެހިލިއެވެ. ބީރައްޓެހި ހިނިތުން ވުމަކާއި އެކު ހުރި އެލީން ފެނުމުން އެޒިލް ހައިރާންވިއެވެ.
“އެލީ؟ ބޭރުގަ ތިހިރީ ކީއްވެ؟ އާދޭ އެތެރެ އަށް” އެޒިލް ެ ހިނިތުން ވެލަމުން އެލީން އަށް ދައުވަތު ދިނެވެ. އެލީން މިލީނާގެ މޫނަށް ބަލައިލަމުން އެތެރެ އަށް ވަނެވެ.
އެޒިލް ގެ ފަހަތުން ގޮސް ވަދެވުނީ ސިޓިންގް ރޫމަށެވެ. އާދައިގެ ވަރެއްގެ އެ އެޕާޓްމެންޓްގައި ދެމަފިރިއަކަށް ހަމަ ޖެހިލައިގެން އުޅެވޭނެއެވެ. ސޯފާއަށް އިޝާރާތް ކޮށްލަމުން އިށީނުމަށް އެޒިލް ބުންޏެވެ. އެކި ދިމަދިމާލަށް ނަޒަރު ދެމުން އެލީން ސޯފާގައި އިށީނެވެ.
“އެލީ މިގެއިން ފެނުނީމަ ބޭބޭ ހަމަ ހައިރާންވެއްޖެ. އަނެއްކާ މީރާން އަށް އިނގޭތަ މިގެއަށް އައިކަން؟” އެޒިލްެ ހިތްހެޔޮކަމާއި އެކު އަހައިލިއެވެ.
“ދޮންބެ އަކަށް ނޭނގޭނެ. ބޭބެ ނުބުނައްޗޭ އެކަކު ކައިރީވެސް އަހަރެން މިގެއަށް އައި ވާހަކަ.” އެލީން ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. އޭރު މިލީނާވެސް އައިސް އެޒިލް އާއި ޖެހި ފިތިގެން އިށީންދެއްޖެއެވެ. އެކަމުން އެޒިލްއަށް އުނދަގޫވިކަން އެ މޫނަށް އެރި ކުލަވަރުން އެލީން އަށް ނަގައިގަނެވުނެވެ.
“ތީ ކާކު ތަ؟” ބޮޑާ ގޮތަކަށް މިލީނާ ސުވާލުކޮށްލިއެވެ.
“އެއީ މަގޭ އެއްބަފާ ކޮއްކޮ. އޭނަޔާ ހަޑިކޮށް ވާހަކަ ދައްކައިގެން ނުވާަނެ.” އެޒިލް ގެ ކޮނޑަށް ވައްޓާލެވިފައިވާ މިލީނާގެ އަތް ދުރު ކޮށްލަމުން އޭނާ ވާހަކަ ދެއްކީ ފޫހިކާމާއި އެކީ އެވެ. އެޒިލްގެ އެ ހަރަކާތުން ވެސް އެއަންހެން ކުއްޖާ ދެކެ އެޒިލް ހިތްހަމަ ނުޖެހޭ ވަރު އެލީން އަށް އިނގުނެވެ. ފެންނަމުން ދިޔަ މަންޒަރުން ކިތަންމެ އުނދަގޫ ވެފައި އިނަސް އެލީން ކެތްކޮށްލައިގެން އިނެވެ.
“ބޭބޭ. އަހަރެން ނަށް ދުވަސްކޮޅަކު މިގޭގައި ހުރެވިދާނެތަ؟” ހިތްވަރު ކޮށްލަމުން އެގެއަށް އައި ބޭނުން އެލީން ހާމަ ކޮށްލިއެވެ.
“މިގޭގަ ނުހުންނާނެ ކޮޓަރިއެއް. އެހެން ނޫނަސް މީކީ މީހުން ބައިތިއްބަން އެޒިލް ހަދާފަ ހުރި ތަނެއް ނޫން” އެޒިލް އަށް ވުރެ ކުރިން ވާހަކަ ދެއްކީ މިލީނާ އެވެ. އެއީ އެޒިލްގެ ކާކު ކަމެއް ނޭނގުނަސް ވަރެއްގެ އަންހެނެއް ކަން އެލީން އަށް އެންމެ ފުރަތަމަ ފެނުމުން ވެސް ޔަގީންވިއެވެ.
“މައްސަލައެއް ނެތް މިތާ ސިޓިންގް ރޫމް..” އެލީންގެ ޖުމްލަ މެދު ކަނޑައިލީ އެޒިލް އެވެ.
“އެލީ ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުރެވޭނެ. މީ އެލީގެ ވެސް ގެ ކަމަށް ހީކޮށްލައިގެން އުޅެންވީ ހަމަ. ހުސް ދެކޮޓަރި ހުންނާނެ. އެތަނުން އެލީ ބޭނުން ކޮންމެ ކޮޓަރިއެއްގަވެސް ހަމަ ހުރެވޭނެ. އެންޑް ޔޫ މިލީނާ. ހަމަ މިހާރު އެލީ ކިބައިން މާފަށް އެދޭ” އެޒިލް އަމުރު ކޮށްލިއެވެ.
“އަހަރެން ނޫޅެން މާފަށް އެދޭކަށް.” މިލީނާ އެހެން ބުނެލަމުން ތެދުވެގެން ދާން ހިނގައިގަންނަމުން އެލީން އަށް ބަލައިލީ މޫނު ކުނި ކޮށްލަމުންނެވެ. އެމަންޒަރު ބަލަން އިން އެޒިލް ފުންނޭވާއެއްލަމުން އެލީން އަށް ބަލައިލިއެވެ.
“އެއީ އަހަރެންގެ ލައިފްގެ ބިގެސްޓް މިސްޓޭކް. އެއީ ބޭބެގެ ވައިފް. އޭނަ ކިޔާ އެއްޗިއްސަށް ނުވިސްނައްޗޭ. ހިނގާ ކޮޓަރި ދައްކާނަން” އެޒިލް އެ ބުނި އެއްޗެއް އެލީން އަށް ރަނގަޅަށް ފަހުމް ނުވިޔަސް މިލީނާ އާއި އެޒިލްގެ ގުޅުން ރަނގަޅު ނޫންކަން ހާމަ ވިއެވެ.
އެޒިލް ގޮސް ހުޅުވާލި ކޮޓަރި ސާފުތާހިރު ވެފައި ވަރަށް ސާދާ އެވެ. ކްރީމް ކުލައިން ކުލަ ލާފައި ހުރި އިރު ބެޑްރޫމްސެޓްގައިވެސް ވަނީ އެކުލައެވެ. އެލީން އަމިއްލަ ގޭގައި އުޅޭ ކޮޓަރިއަށް ވުރެން ބޮޑުވެފައި ހިތްފަސޭހައެވެ. ކޮޓަރިއަށް ރަނގަޅަށް ބަލައިލުމަށް ފަހުގައި އެޒިލް އާ ދިމާލަށް ބަލައިލި އިރު ހުރީ ހިނިތުން ވެލައިގެންނެވެ.
“ތޭންކްސް ބްރޯ.” އެލީން ގެ ލޮލުގައި ކަރުނަތައް ވިދަން ފެށިއެވެ. އެޒިލް އެހައި ރަނގަޅު އިރު ވެސް މީރާން އެހައިވަރަށް ނަފްރަތު ކުރަނީ ކީއްވެ ބާއޭ އެލީން ހިތަށް އެރިއެވެ.
“އެނީ ޓައިމް ލިޓްލް ސިސް. ވަރަށް އުފާ ވެއްޖެ އެލީ ކަމަކު ކީމަ. ފްރެޝް ވެލައިގެން އާދޭ ކާން. މިހާރު އެއޮއް އެކެއް ޖަހަނީ” އެޒިލްގެ ޖުމްލައަށް ބޯޖަހައިލަމުން އެލީން ދޮރުލައްޕައިލިއެވެ.
ކައިވެނި ހަމަ ޖެހުނީ ހަތް ދުވަސް ތެރޭ ކުރާ ގޮތަށެވެ. ޒެއިން އަށް ހަމަ ޖެހިލާނެ ވަގުތު ކޮޅެއް ލިބުނީ ލިލިއަން އާއި ޖަބީން ގެއަށް ދިއުމުންނެވެ. ފެންވަރާ ތާޒާ ވެލުމަށްޓަކައި ކޮޓަރިއަށް ވަދެ ފޯނު ބަލައިލި އިރު އެލީން ކޮށްފައި އިން މެސެޖް ލޮލުގައި އަޅައިގަތެވެ. އަވަސް އަވަހަށް މެސެޖް ހުޅުވައިލަމުން ކިޔައިލިއެވެ.
“ގުޑް ލަކް ޒެން. އުފާވެރި ދިރިއުޅުމަކަށް އެދެން. މިހާރު އަހަރެންނަށް ވެސް ޔަގީންވެއްޖެ ޒެން އަށް ވެސް ކަމުދަނީ އެކަހަލަ ދޮން ކުދިން ކަން. ގުޑް ބާއި” އެމެެސެޖް ކިޔައިލެވުމުން ޒެއިން އަށް ނިތްކުރީގައި އަަތް ކާއްތާލެވުނެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެ ހަވަނަ ބުރިއަށް ދިޔައީ އެލީން އަށް ކަން ވީ ގޮތް ކިޔައިދިނުމުގެ މަގުސަދުގައެވެ. އެލީންގެ ކޮޓަރިގެ ތަޅުގައި ހިފައިލި އިރު ހުރީ ތަޅުނުލައެވެ. އެހެން ކަމުން ދޮރު ހުޅުވައިލަމުން އެތެރެއަށް ވައިން އިރު އެކޮޓަރި ހުސްވެފައި ހުރިތަން ފެނި ޒެއިންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތްހެނެވެ. އޭނާއަށް ނޭނގި އެލީން އެ ދިޔައީ ހެއްޔެވެ؟ ވީ ގޮތް އޮޅުން ފިލުވައިލުމެއްނެތި އެލީން ހަމަ ދިޔައީ ހެއްޔެވެ؟
“ޑޭމްއިޓް!” އަތުގައި އޮތް ފޯނުން އެލީންގެ ނަމްބަރަށް ގުޅިއިރު އެފޯނު ވަނީ ނިވާލާފައި ކަމަށް ބުނުމުން ޒެއިންއަށް އަތުގައި އޮތް ފޯނުވެސް ހޫރައިލެވުނެވެ. ހާސްވެގެން ދެކޮޅަށް ހިނގަމުން ދަނިކޮށް އީވާ ގާތު އަހައިލަން ހަނދާންވިއެވެ.
އެލީން ކޮޓަރިން ނުކުތް އިރު އެގޭގައި ގެންގުޅޭ ލަންކާ އަންހެން މީހާ ހުރީ ކާން ހަދާފައެވެ. އެޒިލް ކާމޭޒު ކައިރީ މަޑު ކޮށްލައިގެން އިނީ އެލީންގެ އިންތިޒާރުގައެވެ. ގޮނޑިއެއް ދަމައިލަމުން އެޒިލް އާއި ކުރިމަތި ވާނޭ ގޮތަށް އެލީން އިށީނެވެ.
“ބޭބެ ވަރަށް އުފާވި އެ އޮފީހުން އެލީ ފެނުނީމަ” އެޒިލް ފުނޑުވާފައި ހުރި ރޮށި ތައްޓަށް ރިހަ އަޅަމުން ބުންޏެވެ.
“ދެން ކީއްވެ ވާހަކަ ނުދެއްކީ؟” އެޒިލް ގެ މޫނަށް ބަލައިލަމުން އެހެން އެހި އިރުވެސް އެލީން އަށް އޭނާ ދޭނެ ޖަވާބު އިނގެއެވެ.
“އެލީ ވެސް ވާހަކަ ނުދައްކާތީ ނުކެރުނީ ކޮންގްރާ ވެސް ކިޔައިލަން. މީރާން ކޮބާ؟” އެއްބަފަޔަކަސް އެޒިލް އެލީން އާއި މީރާން ދެކެ ވެސް އިންތިހާ އަށް ލޯބިވެއެވެ. ކުއްލިއަކަށް މީރާން އެޒިލް އާއި ގުޅުން ކަނޑައިލި ސަބަބު އަދި އަދަށް ދާންދެން ވެސް އެޒިލް އަކަށް ނޭނގެއެވެ.
“ދޮންބެ ވީ މެލޭގަ. ރައްޓެއްސެއް ގާތު ބަހައްޓާފަ ދިޔައީ. އެކަމު އެހައި ރިޗް ބައެއް ގާތު ހުންނަން އުނދަގޫ ވީމަ މި އައީ. ޕްލީޒް ބޭބެ އެކަކު ގާތުވެސް ނުބުނައްޗޭ” އެލީން އާދޭހާއި އެކު ބުންޏެވެ.
“ހާސް ނުވޭ. އެކަކު ގާތު ވެސް ނުބުނާނަން. ތިބުނާ ރިޗް މީހަކީ އަހަރުމެންގެ ބޮސް ތަ؟” ލާނެތް ގޮތަކަށް އެޒިލް އަހައިލުމުން އެލީން ފާޑަކަށް ރަކިވެފައި އިނދެ ބޯ ޖަހައިލިއެވެ.
އީވާ ފޯނުން މީހަކާ ވާހަކަ ދައްކަން ހުއްޓާ ބާރު ބާރަށް ދޮރުގައި މީހަކު ތަޅައިގަތުމުން ދުވެލާފައި ގޮސް ދޮރު ހުޅުވި އިރު އެއީ ޒެއިން އެވެ. ޒެއިން ހުރި ހާލު ފެނުމުން އީވާ ވެސް ހާސްވިއެވެ. ލޯ ހީވަނީ ރަތްކަމުން އަނގުރުކޮޅެއް ހެންނެވެ. ފުންނޭވާތަކެއް ލަމުން ދިޔަ އިރު ޒެއިންގެ އަަތް ތުރު ތުރު އަޅައެވެ.
“އެލީ ކޮބާ؟” ޒެއިން އަހައިލީ މަޑުމަޑުން ނަމަވެސް އެ އަޑުގައި ވީ ރުޅިވެރިކަމެވެ.
ނުނިމޭ
41 Comments!
Comments are closed.
here is 10th ep… v bodAh edhen komme kujjeh vx commenteh dhinun.. eyrun alhugandu v happy vaane.. vaahaka kiyaalaa kudhinnah v bodah thanks.. adhi thi dhey support aky alhuganduge kuri erun… I am dedicating this part to all my story fans ?????????? love you 🙂
First???
First…yeyyy
Varah reethi varah kiyahiyvey mi vaahaka
Kurin comment kury nuves kiyaa… but mihaaru kiyaifin… varah nice ingey shooty… love ur stories… i am a big fan of yours… keep it up dear..
V nice story dhaa goi. Next part avahah up koh dhehchey. Keep it up shooty
Vvv nice story.. waiting for ep 11
awwwn thanks all.. love you ?
shoootyy Plz next part mirey genesdhyy.. I can’t wait anymore… this story is perfect.. masha allah. ummmmmaaaahhhh. ??? love u shootyy.
Shooty, its too short….but varah varah salhi story dhaa goih ingey..
hey..thy mi mal ge twin eh tha anehkaa…;-)
Adhivx maa kuru.. thankolheh dhigukolladhyba shooty.. anyways mi episode vx v v salhi.. waiting For next episode 🙂
Masha Allah varah rythi
11 Vanabayah varah inthizaarubkurevey
Konirakun 11 part genesdhey nee??
Love this story?
Masha allah v habeys mivaahaka…vvv kiyaa hithun ovva nimjny..plxx dhen part dhigu kollahchey…heheeh keep it up..
V reethi.
Mashallah varah reethi? Ekam maa maa maaa kureeee … dhigukoh liyalabala shooty….dhen plx plx ?
V nice..shooty thankolheh dhigukon genesdheebala…funasaru vaahakayaa v vahtharu..
V reethi
vvvvvvv reethi avahah next part up kohdhyba shooty plxxxxxxx sis
Wow v v v v v nice shooty…keep it up….adives long koh up kohdhyba pleeeeeeeeease…..kiyaahithun indha maa avahah nimeny….waitin for next part………☺☺…
?vvv nice.
vahaka vrh reethi….siffa kurun tha ves…kiyaalan fasheyha..telented u shootey
oh shooty i am so proud of u…. keep it up… plx upload next part soon… luv u…??????
V Nice… Mileena olhaalabala.. mileena ge kanthah haadha bodey dho dhen.yageeney ehen meehehge dhari ehkan eynage banduga eothy ves.. zen haas nuvey. Elly fennaane maadhan
Masha allah v reethi when next part waiting.
Haadha kurey shooty tankolheh digu koh next part genes dehchey
story hama varah salhi… keep it up shooty…. ??
next part ah waiting waiting.. ??❤❤
Marsha allah Vv reethi next part konirakun ??❤️
Shooty is the best:) Brilliant…
Masha Allah shooti is the best writer.??? love u
varah nice mi part vex
Varah varah varah reethi.. Waiting for da next part..u r doing an amazing work dear shooty..love ur stories..gd luck dear
Ma sha allah….haadha reehchey….eyoh ulheh mileena gandeh dhw…foohi anheneh….elee n zein hihvaru dhera nukurahchey…adhi kamiyabu vaane …in sha allah..luv the stry n u shooty…???
Vvv reethi?dhn Knirakun aneh part up khdheynee
Masha allah. V v v reethi mipart ves. Avahah aneh part ves up koh dheh chey. V v v kiyaahithun indha nimuny ves.
dhn mileena bust kohla bala…shooty haadha kurey mi bai…nxt part dhigu kn genes dheebala..waiting for nxt part,,,,,,,story hama habeys….adhi knmes kuhjaku buni mi story aa ushaali ge funasaraa v ehgothey…..but haas bai thafaaathu…..
Thafaathu an varah salhi. Dhigukohladheee
ETHEDHEH… MILEENA BUST KOHLAA… PLX PLX… ELYN AA ZEIN GULHUVAAFA EZIL AA LILY AA GULHUVAA… PLX SHOOTY
shootyyyyyy….. thankolheh dhigu kollachey ….?
V rythi mi vaahaka kuriyah dhaagoii
Nice one… V salhi ….keep it up love..????