Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބީރައްޓެހިޔާ 10

InsaanehMiAAlamGaivAA Level 110 Stories
November 21, 2016 2 Mins Read
3 Comments

“އޯ!” މިސްޓަރ ރައިޒްމޭނަށް ބުނެލެވުނެވެ. “އަހަރެން ހީކުރީ ކަލޭ ގެއަށް ދިޔައީކަމަށް.”

“ނޫން” އަނާ ޖަވާބުދިނެވެ. “އަހަރެން މެންދުރު ކާން ގަސްދުކުރީ މިތާ”

އެދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. އެދެމީހުންކުރެ މީހަކު އަނެކަކުދެކެ ގަޔާއެއް ނުވެއެވެ. ހިނދުކޮޅަކަށް ތަނަށް ހަމަހިމޭންކަން ވެރިވިއެވެ.

ދެން، އަނާ ވާހަކަދެއްކިއެވެ.

“ޕާން ގަންނަން ބޭނުންތަ؟ މިސްޓަރ ރޮބަރޓްސް.” އަނާ އަހާލިއެވެ.

“ރައިޒްމޭން، މަގޭ ނަމަކީ ރައިޒްމޭން.” އެމީހާ ބުންޏެވެ.

“މާފްކުރޭ.” އަނާ ހީލިއެވެ. “ގޭގަ ހަދާފަ ހުރި ޕާން ގަންނަން ބޭނުންތަ، މިސްޓަރ ރައިޒްމޭން؟”

“ވަރަށް މީރުވާނެހެން ހީވޭ.” މިސްޓަރ ރައިޒްމޭން ބުނެލިއެވެ. “އާނ އަހަރެން ގަންނާނަން. އަހަރެންގެ އަންހެނުންނަށް ރަނގަޅުވާނެ.”

“މިހިރީ” އަނާ އޭނާ އަތަށް ޕާންލީ ކޮތަލު ދެމުން ބުނެލިއެވެ. “ކަލޭގެ ބްރީފްކޭހަށް މި ލެވިދާނެ.”

“މަގޭ ބްރީފްކޭހޭ؟” މިސްޓރަ ރައިޒްމޭން ބުނެލިއެވެ. “އަހަރެންގެ ނެތް ބްރީފްކޭހެއް.”

“ފަހަރެއްގަ ކަލޭ ތިއައީ އެ ހަނދާން ނައްތާލާފަ.” އަނާ ބުންޏެވެ. “އަަހަރެން އެ ކަލެއަށް ގެނެސްދޭނަން.”

އަނާ، ފިހާރައިގެ ފަހަތަށް ދާން ހިނގައިގަތެވެ. މިސްޓަރ ރައިޒްމޭން، އަނާގެ ކުރި ބެއްދިއެވެ. އޭނާ، އަނާގެ އަތުގައި ހިފިއެވެ. އޭނާ ވަރަށް ބާރުގަދައެވެ.

“އަޑުއަހާ” އޭނާ ބުންޏެވެ. “އަހަންނެއް ބޭނުމެއްނޫން އެބްރީފްކޭހެއް. އޭތި އެތާ ބަހައްޓާ.”

“އެންމެ ރަނގަޅު.” އަނާ ބުންޏެވެ. ”އަހަރެން އަތުން ދޫކޮށްލާ. ކަލޭ އަހަންނަށް ތަދު ތިކުރަނީ.”

މިސްޓަރ ރައިޒްމޭން، އަނާގެ އަތުން ދޫކޮށްލުމަށްފަހު ފިހާރައިން ނިކުންނަން ހިނގައިގަތެވެ. އޭނާ ދިޔައީ އަވަސްއަރުވާލާފައި، ޕާންވެސް ނުލައެވެ.

އޭނާ ދިޔަތާ ފަސްމިނެޓު ފަހުން އަދިވެސް، އަނާގެ އަތުން ތަދެއް ނުފިލައެވެ. އޭނާ އިންތިޒާރުކުރީ މިސްޓަރ ރައިޒްމޭންގެ ޚަބަރަކަށެވެ. އޭނާ، ގްރެޓާ ގޯރޑްންގެ މަތިން ހަނދާންކުރިއެވެ. އެފިލްމް ސްޓާރ ފިހާރައަށް އައެވެ. ފަހުން، އޭނާއާ ބެހޭގޮތުން ނޫހުގައި އޮތެވެ. މައިކް ބެއިލީވެސް ފިހާރައަށް އައެވެ. ފަހުން އޭނާއާ ބެހޭގޮތުން ޓީވީއިން ގެނެސްދިނެވެ.

މިހާރު މިސްޓަރ ރައިޒްމޭން ފިހާރައަށް އައިސްފައި ހިނގައްޖެއެވެ. އަނާ އިންތިޒާރުކުރަމުން ދިޔައީ އޭނާގެ ޚަބަރަކަށެވެ. އެތިން ކަސްޓަމަރުންނަކީވެސް ޚާއްސަ ކަސްޓަމަރުންނެވެ. އެތިން މީހުންވެސް ޑޭވްއާއި ބައްދަލުކުރިއެވެ. އެއެންމެންވެސް ސްޕެޝަލް އޯޑަރ ކޮޓަރިއަށް ވަނެވެ. އެމީހުން ޑޭވްއާއެކު ކޮންމެވެސް އެއްޗެއް ބަހައްޓާފައި ދިޔައެވެ.

ގްރެޓާ ގޯރޑްން ދިޔައީ އޭނާގެ އަލިމަހުގެ އަނގޮޓިތައް ނުލައެވެ. މައިކް ބެއިލީ ދިޔައީ އޭނާގެ ފޮށި ނުލައެވެ. އަދި މިސްޓަރ ރައިޒްމޭން ދިޔައީ އޭނާގެ ބްރީފްކޭސް ބަހައްޓާފައެވެ.

އަނާ، މިތިން ކަސްޓަމަރުންނާ ބެހޭގޮތުން ހޯދަން ބޭނުންވިއެވެ. އޭނާ، މިސްޓަރ ރައިޒްމޭނާމެދު ވިސްނާލިއެވެ. އޭނާގެ ކޭހުގައި އޭ.އާރް.އައި.ސީ.އެސް ލިޔެފައި އޮތެވެ. އަނާއަށް އޭ.އާރަކީ ކޯއްޗެއްކަން އެނގިއްޖެއެވެ. އެކަމަކު އައި.ސީއެސް އަކީ ކޯއްޗެއްބާއެވެ؟

ފަހަރެއްގައި މިސްޓަރ ރައިޒްމޭނަކީ ކުންފުންޏެއްގެ މީހަކަށް ވެދާނެއެވެ. އަދި އައި.އީ.އެސް އަކީ އެކުންފުންޏަށް ކިޔާ ނަމަށް ވެދާނެއެވެ.

އަނާ ނޫސްތައް ބެލިއެވެ. އެކަމަކު އައި.ސީއެސްއާ ބެހޭގޮތުން އެކައްޗެއްވެސް ނުފެނުނެވެ. އޭނާ މަޖައްލާތައް ބެލިއެވެ. ރޭޑިޔޯ އަޑުއެހިއެވެ. ޓީ.ވީ ބެލިއެވެ. އެކަމަކަ އައި.ސީ.އެސް އާ ބެހޭގޮތުން އެކައްޗެއްވެސް ނުފެނުނެވެ.

ދެން، އަނާއަށް ޚިޔާލެއް އައެވެ. އޭނާ، އަރތަރ ރައިޒްމޭން ހޯދަން ލަންޑަނަށް ދާން ގަސްދުކުރިއެވެ.

ދުވަހަކީ ހުކުރު ދުވަހެކެވެ. ހެނދުނު ހެނދުނާ އަނާ ޑޭވްއަށް ނޯޓެއް ލިޔެފައި ފިހާރައިގެ މޭޒުމަތީގައި ބޭއްވިއެވެ.

އޭގައި ލިޔެފައި އޮތީ އޭނާއަށް މިއަދު ފިހާރައަށް ނާދެވޭނެ ކަމަށާއި ދަނީ ލިޑްނިއަށް ކަމަށެވެ. އަދި އެއީ އޭނާގެ ކައިވެންޏަށް ބައެއް އެއްޗެހި ގަންނަން ކަމަށް ލިޔެފައި ވެއެވެ. ނޯޓުގައި އޮތީ ތެދެއް ނޫނެވެ. އެކަމަކު އަނާއަށް ވަރިހަމައެވެ.

އަނާ، ލިޑްނީއަށް ބަހުގައި ދިޔައެވެ. އަދި އެތަނުން ޓްރެއިންއެއްގައި ލަންޑަނަށް ފުރިއެވެ. އޭނާއަށް ޕެޑިންގްޓޮން ސްޓޭޝަނަށް ދެވުނުއިރު ހުރީ މެންދުރުވެފައެވެ. އޭނާ ބެލީ ފޯނު ބޫތެއް ފެނޭތޯއެވެ.

ބެލިއިރު ހުރިހާ ބޫތެއްވެސް ހުރީ ފުރިފައެވެ. އެހެންވެ އޭނާ މަޑުކުރިއެވެ. އިރުކޮޅެއްފަހުން އޭނާގެ ލޮލުގައި އައި.ސީ.އެސް އަޅައިގަތެވެ. އެއާ ބެހޭގޮތުން ބޮޑު އިޝްތިހާރެއް ހަރުކޮށްފައި ހުއްޓެވެ. އަނާއަށް އޭނާގެ ސުވާލުގެ ޖަވާބު ހޯދިއްޖެއެވެ. އިންޓަނޭޝަނަލް ކޮމްޕިއުޓަރ ސަރވިސަސްއަކީ އައި.ސީ.އެސް އެވެ. ފަހަރެއްގައި އެއީ މިސްޓަރ ރައިޒްމޭންގެ ކުންފުންޏެވެ.

އިރުކޮޅެއްފަހުން އެއް ފޯނުބޫތު ހުސްވިއެވެ. އަނާ އެތަނަށް ގޮސް 2220959 އަށް ގުޅިއެވެ.

“އައި.ސީ.އެސް. އަހަރެން ކަލެއަށް އެހީވެދެންތަ؟” ވާހަކަދެއްކީ އަންހެނެކެވެ.

“އާނ ދަރުމަވާނެ.” އަނާ ބުންޏެވެ. “އަހަރެން ބޭނުން މިސްޓަރ ރައިޒްމޭނާ ވާހަކަދައްކަން. މިސްޓަރ އަރތަރ ރައިޒްމޭން. އަހަންނަށް ހީވަނީ އޭނަ މަސައްކަތްކުރަނީ އައި.ސީ.އެސްގަހެން”

އަންހެންމީހާ ހިނިގަނޑެއް ޖަހާލިއެވެ. “މިތާގަ މަސައްކަތްކުރެއޭ؟ އާނ އެއީ މިތާނގެ ވައިސް ޗެއަރމަން. މަޑުކޮށްލާ. އަހަރެން އޭނަގެ ސެކްރެޓަރީ ގޮވައިގެން އެބައަންނަން.”

އިރުކޮޅެއްފަހުން އެހެން އަންހެނެއްގެ އަޑު އިވުނެވެ. “މީ މިސްޓަރ ރައިޒްމޭންގެ ސެކްރެޓަރީ. އެހީވެދެންތަ؟”

“އާނ ދަރުމަވާނެ.” އަނާ ބުންޏެވެ. އަހަރެން ބޭނުން މިސްޓަރ ރައިޒްމޭނާ ވާހަކަދައްކާލަން.”

“ކާކު ވާހަކަދައްކަނީ؟” އެއަަންހެންމީހާ އެއްސެވެ.

“މިސްޓަރ ރައިޒްމޭނަކަށް ނޭނގޭނެ އަހަރެންގެ ނަމެއް.” އަނާ ޖަވާބުދިނެވެ.

“މިސްޓަރ ރައިޒްމޭނަށް އެނގޭނެތަ ގުޅާނެކަން؟” ސެކްރެޓަރީ އެހިއެވެ.

“ނޫން ނޭނގޭނެ.” އަނާ ޖަވާބުދިނެވެ.

“ވަރަށް ބޮޑަށް މާފްކުރޭ. މިވަގުތު އޭނައަށް ނެތް ވާހަކަދެއްކޭކަށް.” ސެކްރެޓަރީ ބުންޏެވެ. “އޭނަ މިވަގުތު ހުރީ މީޓިންއެއްގަ. ގަޑިއިރެއް ފަހުން ސްވިޓްޒަރލޭންޑަށް ފުރާގޮތަށް ހަމަޖެހިފަ އޮތީ.”

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InsaanehMiAAlamGaivAA

Level 110 Stories

Other Articles

Previous

ކަތިފިޔަވަޅު…

Next

ޝެލީން 2

Next
November 21, 2016

ޝެލީން 2

Previews
November 21, 2016

ކަތިފިޔަވަޅު…

3 Comments!

  1. Khajja says:
    November 21, 2016 at 10:07 am

    Oh no haadhakurey V salhi vaahaka thanks anebayah anthaazaaru aebakuran

  2. Aish says:
    November 21, 2016 at 2:52 pm

    Vaahaka v reethi..bt haadha kureyyyyy…

  3. zuu says:
    December 26, 2016 at 11:19 pm

    “may I help you”, eheevedhentha
    “No, thanks”, shukuriyyaa eh noon
    “Dharumavaane”
    translate kuriyas bahun bahah kuranyaa hama eh nujeheine dho eh gothakah ves. Translate kuraa iru hama nujehei gothah hunna than thankolhu badhalu kohleema it would be nice

Comments are closed.

Next Episodeބީރައްޓެހިޔާ 11←


All Right Reserved!