“ވަރަށް ބޮޑަށް މާފްކުރޭ. މިވަގުތު އޭނައަށް ނެތް ވާހަކަދެއްކޭކަށް.” ސެކްރެޓަރީ ބުންޏެވެ. “އޭނަ މިވަގުތު ހުރީ މީޓިންއެއްގަ. ގަޑިއިރެއް ފަހުން ސްވިޓްޒަރލޭންޑަށް ފުރާގޮތަށް ހަމަޖެހިފަ އޮތީ.”
“އެކަމަކު އަހަރެން މިހާރު ބޭނުން އޭނައާ ވާހަކަދައްކަން.” އަނާ ކުރުނުކުރިއެވެ.
ސެކްރެޓަރީއަށް އުނދަގޫވިއެވެ. “ތީ ނުވާނެ ކަމެއް. އެކަމަކު އޭނައަށް މެސެޖެއް ފޯރުކޮށްދެވިދާނެ.”
“ނޫން އެންމެ ރަނގަޅު.” އަނާ ބުންޏެވެ. “މިއަންނަ ހަފްތާގަ އަހަރެން ގުޅާނަން. މިސްޓަރ ރައިޒްމޭން އޭރަށް އަންނާނެތޯ؟”
“އާނ އޭނަ އަންނާނެ” ސެކްރެޓަރީ ޖަވާބުދިނެވެ. “ގުޑްބާއި”
އަނާއަށް މިސްޓަރ ރައިޒްމޭންގެ ކުންފުނި އެނގިއްޖެއެވެ. އެކަަމަކު އޭނައަށް ވާހަކަދެއްކޭނެ ގޮތެއް ނުވިއެވެ.
އަނާ ލަންޑަނުގައި އުޅެފައި ޓްރެއިނަށް އެރީ ހަގަޑި ބައިގައެވެ. އޭގެ ކުރިން އޭނާ ނޫސްޕޭޕަރު ގަތެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. އެހެންނަމަވެސް ފުދޭވަރަކަށް ހިތްހަމަޖެހިފައެވެ.
ޓްރެއިނަށް އަރާ ހަމަޖެހިލުމަށްފަހު އަނާ ނޫސް ހުޅުވާލިއެވެ. ފުރަތަމަ ސަފްހާގައި ބޮޑު އަކުރުން ޖަހާފައި އޮތީ ‘އަމިއްލަ ޕްލޭނެއް ލަންޑަން ކައިރިއަށް ވެއްޓިއްޖެ’ މިހެންނެވެ.
އަނާ، ކިޔަން ފެށިއެވެ.
‘އައި.ސީ.އެސްގެ ހަމީހުން ވަނީ މަރުވެފައެވެ. މިމީހުން މަރުވެފައިވަނީ މެންދުރު ވަގުތު ފުރި ބޯޓެއް ވެއްޓުމުގެ ސަބަބުންނެވެ. މިސްޓަރ ރައިޒްމޭން އައި.ސީ.އެސްގެ ޗެއަރމަނަށް ވާނެކަމަށް ލަފާކުރެވެއެވެ.’
އަނާއަށް ގެއަށް ދެވުނުއިރު ދިހައެއް ޖަހައިފިއެވެ. އޭނާ އަވަހަށް ރޭޑިޔޯ ޖައްސާލިއެވެ.
އައި.ސީ.އެސްގެ ޗެއަރމަންވެސް މަރުވީއެވެ. މިސްޓަރ ރައިޒްމޭން އެތަނުގެ އާ ޗެއަރމަނަށް ވާނެކަމަށް އެންމެންވެސް ދަނީ ބުނަމުންނެވެ.
އަނާއަށް އެރެއަކު ނުނިދުނެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޑޭވް ސްޓެޓިންގެ ޚާއްސަ އޯޑަރުތަކާ މެދުގައެވެ. އެމީހުންނަކީ ކޮން ބައެއް ހެއްޔެވެ؟ އެކޮޓަރީގައި އެމީހުން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟
ހޮނިހިރު ދުވަހު ހެނދުނު، އަނާ ފިހާރައަށް ދިޔައެވެ. ޑޭވް، އަނާއާ އަނގަޔަކުން ނުބުންޏެވެ. ހުކުރު ދުވަހު އަނާ ފިހާރައިގައި މަސައްކަތްނުކުރީތީ އޭނާ ހުރީ ރުޅިއައިސްފައެވެ.
ޑޭވް، އަނާ ޗުއްޓީ ދުވަހު ކުރީ ކޮންކަމެއްތޯ ނާހައެވެ. އަދި އަނާވެސް ޑޭވްއަކަށް ކިޔައެއް ނުދެއެވެ.
އެގާރަ ޖެހި ފަހުން ޑޭވް ފިހާރައިން ނުކުތެވެ. އަދި އޭނާގެ ކާރުގައި ހިނގައްޖެއެވެ. އަނާ ހުރީ އެކަންޏެވެ. މިއީ އޭނާގެ ފުރުސަތެވެ. އަނާ ފިހާރައިގެ ފަހަތަށް ދިޔައެވެ. އަދި ސްޕެޝަލް އޯޑަރ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އެކޮޓަރީގެ ތަޅު ހުރީ ނުލައެވެ. ޑޭވް އެދިޔައީ ހަނދާންނެތި، ތަޅު ނުލައެވެ.
އަނާ، އެތެރެއަށް ވަނެވެ. އެއީ ކުޑަ، އަނދިރި އަދި ހޫނު ކޮޓަރިގަނޑެކެވެ. އަނާ ބޮކި ޖައްސާލިއެވެ. އެކަމަކު އަލި އަންނަނީ ވަރަށް ފަނޑުކޮށެވެ. އޭނާ ވަށައިގެން ބަލާލިއެވެ.
ކުޑަ މޭޒަކާއި ބާ ދެގޮނޑި ހުއްޓެވެ. ދެން ވަށައިގެން ހުރީ ބައިވަރު ފޮށިގަނޑުތަކެކެވެ.
އެތާކު ފޮތެއް ނޫނީ ގަލަމެއްހާ މިންވަރުވެސް ނެތެވެ. އެހެންވީއިރު ކޮން ޚާއްސަ އޯޑަރުތަކެއް ހެއްޔެވެ؟
އަނާ ހިނގައިގަތެވެ. އެކަމަކު ފޮށިގަނޑުަކާހެދި އޭނައަށް އުނދަގޫވިއެވެ. އެއް ފޮށިގަނޑުގެ އެތެރެ، އަނާ ބަލާލިއެވެ. އޭގައި ހުރީ ބާ މަޖައްލާތަކާއި ނޫސް ގަނޑުތަކެވެ. އޭގެ ދަށުގައި ހުރީ މިލަވެ، ބާވެފައި ހުރި ހެދުންތަކެވެ. އެކަމަކަު އެހެދުންތަކުގެ ދަށުން އަނާއަށް ފައިސާ ފޮތިތަކެއް ފެނުނެވެ. ބައިވަރެކެވެ. އޭގެ ތެރޭގައި އިނގިރޭސި، ފްރެންޗް، އެމެރިކާ އަދި ޖަރުމަނު ފައިސާވެސް ހުއްޓެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ބޭނުންކުރާ ފައިސާއެވެ.
އަނާ ހުރީ ބަސްހުއްޓިފައެވެ. އޭނާ މީގެ ކުރިން އެހާ ގިނަ ފައިސާއެއް ނުދެކެއެވެ.
އޭނާ އަނެއްކާވެސް ވަށައިގެން ބަލާލިއެވެ. އަނާއަށް މައިކް ބެއިލީގެ ފޮށި ފެނުނެވެ. އޭގައި އެކައްޗެއްވެސް ނެތެވެ. އެއަށްފަހު އޭނާއަށް އަރތަރ ރައިޒްމޭންގެ ބްރީފްކޭސް ފެނުނެވެ. އޭގައިވެސް އެކައްޗެއް ނެތެވެ.
ދެން އަނާ ބެލީ ތަންކޮޅެއް ބޮޑު ފޮއްޓެއްގެ ތެރެއެވެ. އޭގެ ތެރޭގައި ހުރީ ކުޅޭކުޅޭ ބުދެވެ. އެއެއްޗެހީގެ އަތާއި ފައި ވަނީ ބިނދިފައެވެ. އޭގެ ތެރެއިން އެކަތި، އެހެން ބުދުތަކަށްވުރެ ރީއްޗެވެ. އެކަމަކު އޭތީގެވެސް އަތް އޮތީ ބިނދިފައެވެ. އަނާ، އެބުދު މޭޒުމަތީގައި ބޭއްވިއެވެ.
އެއަށްފަހު އަނާއަށް ފުޓުބޯޅައާ ބެހޭ ފޮތެއް ފެނުނެވެ. އޭގެ ގަނޑުތައް ހުރީ އިރާލެވިފައެވެ. އަނާ، އެފޮތްވެސް މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު އަނެއްކާވެސް ފޮށީތައް ހާވަން ފެށިއެވެ.
އޭނާއަށް ހަލާކުވެފައި ހުރި ކުޅޭކުޅޭ ކާރުތަކެއް ފެނުނެވެ. އޭގެ ތެރެއިން ކުޅޭކުޅޭ މަތިންދާބޯޓެއް އަނާއަށް ފެނުނެވެ. އޭތިވެސް އޮތީ ހަލާކުވެފައެވެ.
އަނާ، އެމަތިންދާބޯޓު މޭޒުމަތީގައި ބޭއްވިއެވެ. މިއީ ކޮންކަހަލަ އެއްޗެހި އެއްކުރާ މީހެއް ހެއްޔެވެ؟ ފައިސާއާއި، ހަލާކުވެފައި ހުރި ބުދުތަކާއި މަތިންދާބޯޓާއި ކާރެވެ. އަދި ގަނޑުތައް އިރާލެވިފައިހުރި ފުޓްބޯޅަ މަޖައްލާއެވެ.
އަނާ، މޭޒުމަތީގައި ހުރި އެއްޗެއްސަށް ބަލާލިއެވެ. މިއީ ކީއްކުރާ އެއްޗެއްސެއް ހެއްޔެވެ؟ ޑޭވް ސްޓެޓިން މިތަން ތަޅުލާފައި ބަހައްޓަނީ ކީއްވެ ހެއްޔެވެ؟
ކުއްލިއަކަށް އަނާއަށް ފުންމައިގަނެވުނެވެ.
25 Comments
Comments are closed.
Aishu
November 21, 2016 at 10:03 pmOoohhhh. Sihuru hadha meeheh dho mi dave aky…. Curious…
yaasha
November 22, 2016 at 10:39 amMe first. Reethi. Waiting.
raf
November 22, 2016 at 12:29 pmok dhw….mi biruveri vaahaka e tha alhe…? :/
iffa
November 22, 2016 at 12:36 pmI think this is not much horror story.. eana black magic hadhany hen heevanyy… Ehenve eana ehaa famous vy ves…… Dhoww.. But the writer didnt ripley us… Why
raf
November 22, 2016 at 1:00 pmNo idea…yer writer didnt reply up.. 🙁 riyaasha vaahakaa ge writer is good hurihaa kiyun theringe comment thaka ves reply kurey… 🙂 🙂