Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 18

Ushaali Level 810 Stories100 Comments100 Stories500 Comments
November 21, 2016 12 Mins Read
24 Comments

އަލްޔާ އަކީ ވެސް ޒީޝާން ކަހަލަ އަންހެނެކެވެ. އަންހެނަކަށްވެ ހުރެ އަލްޔާގެ ހަޔާތް ބަރުބާދުވަތަން ބަލާކަށް ޒީޝާނެއް ނުހުންނާނެއެވެ. ޝައިމް އަށް ޖެހޭނީ ކޮންމެސް އެއްގޮތަކަށް ނިންމާށެވެ. އަލްޔާ ވިއްޔާ އަލްޔާއެވެ. ދަރިން ވިއްޔާ ދަރިންނެވެ. ޒީޝާންގެ ދެލޮލުން އައި ކަރުނަތައް ފޮހެލީ ލޯބިވާ ފިރިމީހާ އާއި ދެކޮޅަށް ނިކުންނަން ޖެހުމުން ހިތަށް ކުރި އަސަރަކުންނެވެ. ޝައިމް ނިންމާނެ ގޮތެއް ނޭނގޭތީ ހިތް ބިރުގަންނާތީއެވެ.

 

ގޯތި ތެރޭގައި މަޅުގަނޑެއް ބާއްވައިގެން އޭގެ ކައިރީގައި ހުރި  ލަކުޑި ކުޑަ ގޮނޑިއެއްގައި އިށީނދެގެން ހަސަންފުތު މަހެއް ކަނޑަން އިނެވެ. ކައިރީގައި ހުރި ލޭ ފެން ތެލި ތެރޭގައި ހުރި މަސްތައް އެހެން ތެއްޔަކަށް ބަދަލުކުރަން ކުޑަމަނިކެ އުޅުނެވެ. ބޭރު ގޯތީގައި ދިއްލާފައި ހުރި އާދައިގެ ހޮޅިބުރިން އެތަންކޮޅަށް އަލިވެފައި ވިޔަސް ގޯތީގެ އެހެން ސަރަހައްދުތައް ފެންނަނީ ވަރަށް އަނދިރިކޮށެވެ. އަސްކަނިދަށުގައި ރޯނުން ވަށާފައި ހުރި ޖޯލިފަތީގައި ރަފީފާ އިނީ ކުޑަކުޑަ ޔޫޝައު އަށް ބަތް ކާންދޭށެވެ.

“މަންމާ… ޔޫއްކޮ މިރޭ ހާދަ ވަރެއް ދައްކާފައޭ ކާން މީނީ. ތިމަންނަ ވެސް ބޭނުމީ ބޮލާއި މެޔާއި ލަގޮނޑި ކާށޯ. މާދަމާ މެންދުރު ދޭނަމޭ ބުނީމަ ކާން އެފެށީ”  ރަފީފާ ވާހަކަދެއްކީ ގަސްދޮށަށް ލޭފެން އެތި އުކާލި ކުޑަމަނިކެ އާއެވެ.

“ދެން އެސޮރު ވެސް ކަހިތްވާނެެއްނު. މިރޭ ދޮންބެ އަދި ތިއްތި ވެސް ކާނީ ބޮލާއި ބަތާ ވިއްޔާ. ދަރިފުޅާ ރަފީފާ ގަހުގައި ހުރި ރޯމިރުސްކޮޅު ބިނދެލިންތަ. މިރޭ ކާން ނިކަން މީރު ވާނެ އެމިރުސްކޮޅު”  ބަދިގެއަށް ވަދެ ކެއްކުމާއި އުޅެމުން ކުޑަމަނިކެ ވާހަކަދެއްކިއެވެ.

“އާން މަންމާ. މަންމަ ގަރުދިޔަ ކައްކާލަން ވާއިރަށް އަހަރެން މިސޮރު ނިދަން ވައްދާފަ އެހެން ކަންތައް ކޮށްލާނަން. އޭރަށް ބައްޕަ ވެސް ފެންވަރާ ނިމޭނެއްނު”  ރަފީފާގެ ވާހަކަތަކަށް ހޫނ އަޅުވާލަމުން ކުޑަމަނިކެ ކިހިއްޔަށް ޖަހައިގެން ދިޔަ ގަރުދިޔަ ތެލި ދަރު އުނދުނަށް އުދުމަށްފަހު އުނދުން ދަށަށް ދެތިން ދަރުގަނޑު ލާ ހުޅުގަނޑުު ބޮޑުކޮށްލިއެވެ. އެއަށްފަހު ނިކަން ހަލުވި ކަމާއެކު ކެކެންފެށި ގަރުދިޔަ ތެލީގައި ހުރި ގަރުތައް ފެންގަނޑާއި ވަކިކޮށްލިއެވެ.

ޔޫޝައު ނިންދަވާފައި ރަފީފާ ބަދިގެއަށް ވަދެ ކާން ހަދަން ފެށިއެވެ. ފެންވަރައިގެން ނިކުމެ އާމުންޑެއް އަންނަމުން ހަސަންފުތު ޖޯލީގައި އިށީނެވެ. މުޅި ހިސާބުގައި ހިފާލާފައި ހުރީ ހަސަންފުތު ބޭނުންކޮށްފައި ހުރި އެންޝޯންޓަރ ލޯޝަންުގެ ވަހެވެ. ބޭރުން އައިސް ގެއަށް ވަން އަފްހަމް އަދި ލޫކް ވެސް ކާމޭޒު ކައިރީ ގޮނޑީގައި ޖައްސާލިއެވެ.

“ކޮބާ ބިސްމީނުގެ ބަރަކާތުން ފަށަންވީނުން”  ރަފީފާ އެދުމުން ހުރިހާ އެންމެން މޭޒު ކައިރީގައި އިށީނެވެ. ލަސްތަކެއް ނުކޮށް ބިސްމީނުގެ ބަރަކާތުން ތިން ފިރިހެނުން ކާން ފެށުމުން ރަފީފާ އަދި ކުޑަމަނިކެ ކައިރީގައި މަޑުކޮށްލިއެވެ. ބަތް ސުވަލަކާއެކު ރޯމިރުހުން އެތިކޮޅެއް ވަކިކޮށްލި ހަސަންފުތު ކަމުން ވާހަކަދައްކަން ފެށިއެވެ.

“ދަރިފުޅާ ލޫކް. ބައްޕަ ވިސްނައިފިން ގޮތެއް. ދަރިފުޅު މިދޭތެރެއިން ގޮސް ހުރި ރަށުގަ ހުންނާނެ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް. އެގޭގައި މަޑުކޮށްލެވިދާނެ. އެކަމަކު ނައުފާނަށް ހަދާނީ ކިހިނެއްބާއޭ މިހިތަށް އަރަނީ”  ހަސަން ފުތު ބުންޏެވެ.

ތަށްޓަށް ބޯތަޅަން އިން ލޫކް ރަފީފާ ކައިރީގައި ކަށި އަޅަން ތައްޓެއް ކައިރިކޮށްދިނުމަށް އެދުނެވެ. ހަސަންފުތުގެ ވާހަކައިން ލޫކް އެހާ ހިތްހަމަނުޖެހުނެވެ. އަލްޔާ އާއި އެއް ރަށެއްގައި ދިރިއުޅޭކަން ލޫކް ބޭނުމެއް ނޫނެވެ. ނަމަވެސް ގޮތެއް ފެނުމުން އެކަމާއި ދެކޮޅު ހަދާކަށް ވެސް ލޫކް ބޭނުމެއް ނޫނެވެ.

“އަޅުގަނޑަށް އެންމެ ރަނގަޅު. ނައުފާން ދޮންބެދައްތަގެ މަންމަ ކައިރީގައި ބެހެއްޓިދާނެއްނު. އެހެންނޫނަސް އަޅުގަނޑާއި ދޮންބެ ގިނައިން ތިބޭނީ މިކޮޅުގައި. އެރަށަށް ދޭ މަންމަ ބައްޕަ ދޮންބެދައްތަ އަދި ޔޫއްކޮ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިންމާލާނަން. މިކޮޅުގައި އެއްބަޔަކު މަޑުކޮށްގެން ދޯ އަވަސްވާނީ ވެސް. މަންމަމެން އެކޮޅުގައި ހަމަޖެހެންދެން އަޅުގަނޑު މަޑުކުރާނަން. އެންމެ ރަނގަޅެއްނު ދޯ މަންމާ”  ބަތްތަށި ކަޅުކޮށްލަމުން ލޫކް ކުޑަމަނިކެ އަށް ބަލާލިއެވެ.

“މަންމަ އަށް މައްސަލައެއް ނެތް. މިކަން ވެސް އެބަޖެހޭތާ ކުރަން. ގެ ހެދުނީމަ ދިރިއުޅެން ވެސް ފަސޭހަވާނީ. އެކަމަކު ދަރިފުޅާ މަންމަގެ ގަސްތައް ހަދާބައި ވަކިކޮށްލަދޭތި. މަންމަ ދާނީ އެގަސްތައް ސަންފާ އާއި ހަވާލުކޮށްފައި”   ކުޑަމަނިކެ ކަންބޮޑުވީ އޭނާގެ ހައްދާފައި ހުރި ގަސްތަކާއި މެދުއެވެ.

“ކޮންއިރަކުން ފުރާ ގޮތަށް ހަދާނީ އެހެންވީމަ. ބައްޕަ ތިބުނާ ރައްޓެއްސަކަށް ގުޅައިގެން ބަލަންވީނުން”  އަފްހަމް ބުންޏެވެ.

“އާދަނު ބުނި ކޮންމެ ވަގުތަކު އަޔަސް މައްސަލައެއް ނެތޭ. އެގޭގައި އުޅެނީވެސް އޭނާގެ އަނބިމީހާ އާއި ދަރިއަކާއި”  ކައި ނިމިގެން ތަށި ލޮއިލަމުން ހަސަންފުތު ބުންޏެވެ. ކައި ނިމިގެން އަނގައިން ވައެއް ބޭރުކޮށްލި ލޫކްގެ ބޮލުގައި މަޑުމަޑުން ރަފީފާ ޖަހާލިއެވެ. އެއާެއެކު އެކަހަލަ ކަމެއް ކުރެވުނީތީ ލޫކް މާފަށް އެދުނެވެ. ހަތަރު ބަފައިން ކައި ނިމިގެން ބޭރު ޖޯލިފަތީގައި ބަނޑުދަމަން ޖައްސާލުމާއެކު ރަފީފާ އަދި ކުޑަމަނިކެ ވެސް ކާން ފެށިއެވެ. އެވަގުތު ވެސް އެތަނުގައި ދެކެވެމުން ދިޔައީ ގެ ހެދުމަށްޓަކައި ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރަންޖެހޭ ވާހަކައާއި އަދި އެރަށަކީ އަލްޔާ އުޅޭ ރަށަށް ވުމުން އެކަމުގެ އަސަރު ލޫކަށް ކޮށްފާނެތީ އެވާހަކައެވެ.

 

އީދު ދުވަހަށްވާތީ ޒާން ގޮވައިގެން އެރަށު ޒުވާނުން ބޭއްވި މަސްރޭހުގައި ބައިވެރިވި ޝައިމް އަށް ގެއަށް އާދެވުނީ ވަރަށް ދަންވި ފަހުންނެވެ. ޝައިމްގެ ކޮޓަރިއަށް ޒީޝާން ހުރީ ޒާންގެ ނިދާ ހެދުން ވައްދާފައެވެ. އެހެންކަމުން ޝައިމް ޒާން ފެންވަރުވާލާ ހަޑި ހެދުން ބަދަލުކުރުމާއެކު ވަރަށް ފަސޭހައިން ނިދައިފިއެވެ. ޝައިމް ވެސް ފެންވަރާލުމަށްފަހު ކަކުލުން ތިރިއަށް ހުރި ސޯޓްބުރިއެއް ލައިގެން ބަދިގެއަށް ވަދެލީ ކޮފީއެއް ހަދާލުމަށެވެ. ބަދިގޭ ދޮރަށް ފުރަގަސްދީގެން ހުރި ޝައިމް ސިހުނީ ހާމައަށް ހުރި ހަށިގަނޑުގައި ފިނިފިނި އަތަކުން ބީހިލުމުންނެވެ. ހަމައެހާ އަވަހަށް ބައްދާވެސް ލިއެވެ. އެއީ ކާކުގެ އަމަލެއްކަން ޝައިމް އަށް އެނގުމުން މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ.ހަމަ އެހާ އަވަހަށް ޒީޝާންގެ އަތުގައި ހިފާ ދުރަށް ކޮށްޕާލިއެވެ.

“ޕްލީޒް ޝައި. ކީއްވެތަ މަށާ ދޭތެރެ ތިގޮތަށް ކަންތައްތިކުރަނީ. ކޮބާތަ މަގޭ ކުށަކީ”  ޒީޝާން އަށް ރޮވުނެވެ.

“ކުށަކީ ކަލޭ މަށާ އިނީމަ. އަހަރެން ކަލޭ ދެކެ ލޯތްބެއް ނުވޭ”  ރުޅިއައިސްފައިވާ ސިންގާ އެއްހެން ޝައިމް ހުރީ ޒީޝާން އަށް ބަލާށެވެ.

“މިއަދާއި ހަމައަށް ވެސް އަހަރެން މިހުރީ ވަފާތެރިކަންމަތީގައި. އަހަރެން ވަރިކޮށްލީ ވެސް އެއްވެސް ސަބަކާއި ނުލާ”  ޒީޝާން ބުނަމުން ދިޔައެވެ.

“ބުނަން ރަނގަޅު ވާހަކައެއް. ކަލޭ ފިލްމު ކުޅޭނީ އަހަރެންގެ އަމާ ކުރިމަތީގައި. ކަލޭ ޖައްސާ އެކްޓް ބަލާނީ މަށެއް ނޫން. މަގޭ އަމާ”  ޝައިމް ބުންޏެވެ. ޝައި. އަހަންނަށް މާފްކުރައްޗެ. އަހަރެން ޝައި އާއި މިކުރިމަތިލީ ވަރަށް ހިތްވަރުކޮށްގެން. އަހަރެންގެ ފިރިމީހާގެ ލޯބި އަހަރެން ކާމިޔާބު ކުރާނަން. އެހެންކަމުން އަލްޔާ އަށް އަހަރެމެން ދެމީހުންގެ ހުރިހާ ހަގީގަތެއް ކިޔާދެން އަހަރެން ނިންމައިފިން” ލޮލުން ފޭބި ކަރުނަތަށް އެއްއަތުން ފޮހެލަމުން ޒީޝާން ވާހަކަދެއްކިއެވެ. ޝައިމް އަށް ފުރަގަސް ދެމުންނެވެ.

ޒީޝާން އެބުނީ އެކަމާއި އަދި ޝައިމް އަށް ވިސްނާލެވިފައިނުވާ ވާހަކައެކެވެ.

“ނޫން. އެކަހަލަ ކަމެއް ނުކުރާތި. ލައި އަށް މިކަން ނާންގާތި. މަށަކަށް ލައި އާއި ވަކިން ނޫޅެވޭނެ”   ޒީޝާން ހިތުގައި ޖެހުނެވެ. އަލްޔާ ދެކެ ޝައިމް ވާ ލޯބި ފެނުމުންނެވެ.

“އެހެންވިއްޔާ އަހަރެންގެ ހައްގުތައް އަދާކޮށްދީ.  އޭރުން މުޅި އުމުރުގައި އަހަރެން ދުލުގައި ތަޅެއް އެލުވައިގެން އުޅެފާނަން. އަދި މަންމަގެ ވެސް”  ޒީޝާން ބުންޏެވެ. ޝައިމް ވިސްނާލިއެވެ.

“މިކަމާއި ޝައި އެއްބަސްވިއްޔާ އާދޭ  އަހަރެންގެ ކޮޓަރިއަށް”  ޒީޝާން ދެރަވިއެވެ. މަޖުބޫރުން ލޯބި ހޯދާކަށް ޒީޝާން ވެސް ބޭނުމެއްނޫނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މުޅި އުމުރުގައި ޒީޝާން އަށް ވެސް ތެދުވެރި ލޯތްބެއް ވެވުނު ފަރާތަކީ ހަމައެކަނި ޝައިމް އެވެ.

ޒީޝާން ދިޔުމުން ޝައިމް ވިސްނާލިއެވެ. އަލްޔާ އަށް ހަގީގަތް އެނގޭކަށް ޝައިމް ބޭނުމެއްނޫނެވެ. އަލްޔާ އަށް ވަކިން މިދިރިއުޅުން ހިތަށް އަރުވާލިޔަސް ޝައިމްގެ ހިތް ހީވަނީ ހުއްޓިދާނެހެންނެވެ. އެހެންވީއިރު ޝައިމް އަށް އޮތީ ޒީޝާން ގެ އެދުމަށް އިހުތިރާމް ކުރުމެވެ. ސޯޓްބުރީގެ ޖީބަށް އަތް ޖަހާލައިގެން އިސްޖަހައިގެން ހުރެ ޝައިމް ޒީޝާންގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

އެނދުގައި އިން ޒީޝާން އަށް ޝައިމް ފެނުމާއެކު ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ޝައިމް އެއައީ އެކަމަށް ޒީޝާން މަޖުބޫރު ކުރުމުންނެވެ. ޒީޝާން އަށް އެހިތް އެދި ގޮވާތީއެއް ނޫނެވެ. ޝައިމްގެ ހަށިގަނޑުގައި ބައްދާލެވުނީވެސް ހިތަށް ހަމަޖެހުން ލިބުނު ވަރުންނެވެ. ޒީޝާން އަމިއްލަ އަށް އިސްނަގާ ޝައިމްގެ ކަންފަތް ދަށުގައި ބޮސްދިނުމާއެކު ޝައިމްގެ ހިއްސުތައް ހޭލައިގަތް ކަހަލައެވެ. ޒީޝާންގެ ކޮންމެ އިޝާރާތަކަށް ޝައިމް ދިޔައީ މަރުހަބާ ކިޔަމުންނެވެ. ޖިސްމަށް ލިބިގެން ދިޔަ އާހިތްވަރާއެކު ޖޯޝުގާ މަޖާނަގަމުން ދިޔަ ދެޒުވާނުންނަށް ވެސް ނިދިޖެހުނީ އިރުއެރުމާއި ދާދި ކައިރީގައި ވަނިކޮށެވެ.

 

އީދުގެ ފަހު ދުވަހެވެ. އަނެއް ދުވަހަކީ ރޫނާ އާއި ބާކީ ތިބި މީހުން މާލެ ދާ ގޮތަށް ހަމަޖެހިފައި އޮތް ދުވަސް ކަމަށް ވިޔަސް މިހާރު ޕްލޭން މުޅިން ބަދަލުކޮށްލައިފިއެވެ. ޒާން އާއި ޒައިނީ ގޮވައިގެން ރޫނާ އާއި ސުހާނާ ދާގޮތަށް ނިންމާ ޒީޝާން ދާގޮތަށް ނިންމީ އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލުމަށްފަހުއެވެ. މިޔާނާ ހާލު ކުރިއަށް ވުރެ ބޮޑުތަން ރަނގަޅުވެފައިވާތީ އަލްޔާ ވެސް ޝައިމް ގެއަށް ބަދަލުވީއެވެ. އަލްޔާ ހިތުގައިވާ ގޮތް ޝައިމް އަށް ކިޔާދިނުމަށް ފަސްޖެހުނީ ޝައިމް އިސްނަގާ ބުނި އެއްޗަކުންނެވެ. އަލްޔާގެ ހިތުން ޝައިމް އަށް ޖާގައެއް ހުސްވަންދެން ޝައިމް ގެސްޓް ރޫމުގައި ނިދާނެ ވާހަކަ ބުނުމުން އަލްޔާ ހިތުގައި ޖެހުނެވެ. މީގެ ކުރިން ވެސް ދެމީހުން ދޭތެރޭގައި އެއްވެސް ގުޅުމެއް ނެތް އިރު ވެސް އެއް އެނދުގައި ވަނީ ނިދާފައެވެ. ވީއިރު މިހާރު ޝައިމް ވަކިން ރޫމެއްގައި ނިދަން ބޭނުންވަނީ ކީއްވެހެއްޔެވެ؟

“ނޫނޭ.. އަހަރެންގެ ހަޔާތުން ލައިގެ މަގާމަށް އެއްވެސް މީހަކަށް ނުދެވޭނެ. މި ހިތުގެ ވިންދަކީ ތީ. ވަރަށް ވަރަށް ލޯބިވޭ. ލައި ތިކަހަލަ ވާހަކަ ނުދެއްކީސް އަހަރެން ލައި ދެކެ ވާލޯބި އެނގޭނަމަ…”  ޝައިމްގެ ތުންފަތުގައި އަލްޔާގެ ޝަހާދަތް އިނގިލި ހުރަސްކޮށްލުމާއެކު ޝައިމްގެ ބަސް ހުއްޓުނެވެ.

“ނޫން. މަށަށް އެނގޭ ޝެމްގެ ފީލިންގްސްތައް. ތި ލޯތްބަށް އަހަރެން ގަދަރުކުރަން. އެކަމު ބުނެލަން ބޭނުމީ އެއްރޫމް ޝެއަރ ނުކުރެވެންވީ ސަބަބަކީ ކޮބާހޭ. އެހެންނޫނަސް ޒީޝާން ހީކުރާނީ ކީކޭ. އެއީ މިގެއަށް ބޭރުން އައިސް ހުރި މީހަކީ” އަލްޔާ ބުންޏެވެ.

“އަހަރެން އެކަކަށް އެކައްޗެއް ވެސް ނާންގާނަން. ލައި ގެ ހިތުން ޖާގައެއް ކަށަވަރުވީމަ މަށަށް އަންގާލަދީ. ނޫނީ ބުނެބަލަ. ލޯބިވޭތަ އަހަރެން ދެކެ”   ޝައިމް ގެ ސުވާލު ނިމުމާއެކު އަލްޔާ އަށް އިސްޖަހާލެވުނެވެ. ޝައިމް އޮޅުވާލުމެއްގައި ބަހައްޓާކަށް އަލްޔާ ބޭނުމެއްނޫނެވެ.

“އިޓްސް އޯކޭ ލައި”  އަލްޔާގެ ހަށިގަނޑުގައި ބައްދާލަމުން ޝައިމް ބުންޏެވެ.

“ލޯބިނުވީމަ އޭގެ މާނައެއް ނޫން އެއީ ފޫހިވެޔޭ ނުވަތަ ރުޅި އާދެޔޭ”  އަލްޔާ ބުންޏެވެ. ޝައިމް ހިނިގަނޑެއް ޖަހާލަމުން އަލްޔާގެ ހަށިގަނޑު ޝައިމްގެ މެއާއިލާ ފިއްތާލިއެވެ. ހަމައެހާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ޝައިމްގެ މޫނުމަތީގައި ހީވީ ހިތާމައިގެ ކަޅު ސާލެއް އަޅާލި ހެންނެވެ. އަލްޔާ އަށް ނޭނގުނީ ޝައިމް ކޮންމެ ރެއަކު ޒީޝާން ކައިރީގައި ނިދަން އެއްބަސް ވެފައިވާ ކަމެވެ. ހަމައެކަނި ޝައިމް ގެ ކަރުހިއްކުން ފިލުވުމަށެވެ.

ޝައިމް ކޮންމެރެއަކު ނިދަން އުޅެނީ ގެސްޓްރޫމުގައެއް ނޫނެވެ. ޝައިމް ބޭނުންވަނީ ޒީޝާން ބޭނުންވި ގޮތަށް ކަންތައްކުރާށެވެ. އަތުން ލޯބި ބީވެދާން ނޭދޭތީއެވެ. ހަމައެއާއެކު ޝައިމްގެ ހަށިގަނޑު ވެސް އަންހެނަކަށް ބޭނުންވާތީއެވެ. ފާފައެއް ކުރަން ބޭނުންނުވާތީއެވެ. ޝައިމް ބޭނުންނަމަ ދެވަނަ ފަހަރަށް ވެސް އަދި ތިންވަނަ ފަހަރަށް ވެސް ޒީޝާން ވަރިކުރެވިދާނެއެވެ. ނަމަވެސް ޒީޝާން ވަނީ ޝައިމް އަށް ބިރުދައްކާފައެވެ. ޝައިމްގެ ހަފަރާތުން ވަނީ ބިރުވެރިކަން ވަށާލާފާއެވެ.

 

ޖެހިގެން ހުރި ގޯތީ ސަފިއްޔާ ހަދާ ހެދިކާ އެއީ އެރަށުގައި އެންމެ ނަންހިނގާ ހެދިކާއެވެ. ހަވީރު ސަޔަށް ހެދިކާ ގެނައުމަށްފަހު ޝަރީފާ ތިން ސައިތަށި ހަދާލިއެވެ. ބޭރު ގޯތީ ޖޯލިފަތި ކައިރިއަށް ސައި ހަދާލުމަށްފަހު އަލްޔާ އާއި ސަޖޫލަށްް ގޮވާލިއެވެ. ޝަރީފާ އަދި ސަޖޫލް އާއި އަލްޔާ ގޮނޑީގައި ޖައްސާލިއެވެ.

“މީ މިރަށު އެންމެ މީރު ހެދިކާ. މަންމަ ބޯލާނީ ހަމައެކަނި ސައިތަށި. ދަރިފުޅުމެން ހެދިކާ ކައި. އަލްޔާ ދަރިފުޅު ގެއަށް ދަމުން ބާކީ ހެދިކާ ކޮޅު ތިގެއަށް ގެންގޮސްދެއްޗެ” ޝަރީފާ ބުންޏެވެ. އަލްޔާ ބޯޖަހާލިއެވެ. ކަޅު ސައިތަށި ބޯލުމަށްފަހު ކައިރި ފިހާރައަށް ޝރީފާ ދިޔައީ ހެދިބިލެއްގަނޑެއް ގަތުމަށެވެ.
ބާތު އަށް އެއްމަސްދުވަސް ޗުއްޓީ ލިބެނީނު. އެހެންވެ މާދަމާ ބައްޕަ ފުރާ އޭނަ ބަލާދާން. ބައްޕަ ހުންނަނީ ބާތު އާއި ހެދި މޮޔަވެފަ. ހާދަވަރަކަށޭ މާލެދަނީ ބާތު ކައިރިއަށް”  ބަޖިޔާއެއް ކަމުން ސަޖޫލް ވާހަކަދެއްކިއެވެ.

“ޖޭވީ ދޯ”  އަލްޔާ ސަޖޫލާއި ދިމާކޮށްލިއެވެ.

“އައްޗި މަ ޖޭނުވޭ”  ސަޖޫލް އަނގައިން ދެރަވާކަށް ބޭނުމެއްނުވިއެވެ.

“އޭއި އަސްލު ވާހަކަ އަދި ނުބުނެވެއެއްނު. ލައި އަދިވެސް ލޫކް މިސްވޭތަ”  ސަޖޫލް އަހާލިއެވެ. އަނގައާއި ދިމާލަށް ގެންދިޔަ ސައިތަށި އަލްޔާ ދުރަށް ޖައްސާލިއެވެ. އިސްޖަހާލީ ލޫކް ނަން އިވުނުހިނދު ހިތުގައި ރިއްސާލުމުންނެވެ.

“އޯކޭ. ޖަވާބު ލިބިއްޖެ. ފަހުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. މިގެއަށް އެބަ އާދޭ ދުވަސްކޮޅަކު ތިބެން އެރަށު މީހުންތަކެއް. މަންމަ ބުނި ގޮތުންވިއްޔާ އެއީ ބައްޕަގެ ވަރަށް ގާތް ބައެއް. އެހެންވެ އެފަޅި އެއްކޮށް އެމީހުންނަށް ހާއްސަކޮށްފަ އެއޮތީ. އެމީހުން ރަށު ގެ މަރާމާތު ކުރާތީ. މަންމަ ބުނީ ވަރަށް ފަގީރުބައެކޯ އެއީ. މަގޭ ހިތަށް އަރަނީ ލޫކް ފެމެލީއަށް ވެއްޖިއްޔާ ދެން ހަދާނީ ކިހިނެއްބާއޭ”  ސަޖޫލް ބުންޏެވެ.

“ވެދާނެ އެމީހުންނަށް ވެސް. ލޫކް ނާންނާނެ. އޭނަ އެކޮޅު ޑިއުޓީގައެއްނު އުޅެނީ. އެމީހުންނަށް ވިޔަސް ކޮބާ މައްސަލައަކީ. މަށާ ލޫކާއި ބެހޭ ގޮތުން އެގޭ މީހުންނަށް ކޯއްޗެއް އެނގޭނީ. މަ އޯކޭ. މަށަށް ނިމުނީ ލޫކް މަ ކުރިމައްޗަށް ނާންނަނިކޮށް”  އަލްޔާ އަށް ފަހުބަސް ބުނެވުނީ ހިޔާލަކަށް ގެއްލިފައި އިނދެއެވެ. ވާހަކަ އެހިސާބަށް ދިޔަތަނާ ޝަރީފާ ދުވަމުން އައިސް ގެއަށް ވަންނަނީއެވެ.

“މަންމާ! މަންމަ މިހާރަކަށް އައިސް އަބަދު ދުވެފައި އުޅެނީ މަގުމަތީގައި”  މާނޭވާ އަޅަމުން އައިސް  ޖޯއްޔަށް ވެއްޓިގަތް ޝަރީފާ އަށް ބަލާލަމުން ސަޖޫލް ބުންޏެވެ.

“ބިރުގަންނާނެއްނު. ސިފައިންގެ މީހުންތަކެއް ކިރިޔާ މަންމަ މަރާނުލީ ދެންމެގަ”  ޝަރީފާ މޭގައި އަތްއަޅާލަމުން ބުންޏެވެ.

“އެއީ.. ކިހިނެއްވީ ބޮއްތާ”  ތުނބުގައި ޖަހާފައި ހުރި ސައިތަށި މޭޒުމަތީގައި ބަހައްޓަމުން  އަލްޔާ އަހާލިއެވެ.

“އިސްމާލު ފިހާރައިން ބޮއްތަ އަށް ނިކުމެވުނު އިރު ވިއްސަކަށް ސިފައިން ބަޑިތަކެއް ހިފައިގެން އެހިސާބާއި އަރާ ހަމަވީ. އެމީހުން އަތުގައި ހުރި ބަޑިތަކުގެ ކޮޅު ހުރީ ބޮއްތަ އާއި ދިމާލަށް. ބޮއްތަ އެތަނުން މީހަކަށް ބަލާލިއިރު އެމީހާ ހުރީ ނުލަފާ ގޮތަކަށް ހިނިއައިއްސަ. މިހިސާބުގައި އުޅޭ ކުޑަކުދިންތައް އެމީހުންނާއި ސަލާންކުރަން އުޅުނު ވަގުތު ބޮއްތަ އަވަހަށް ގެއަށް ވަންނަން ދުއްވައިގަތީ. ނަސީބެއްމީ ވަރަށް ބޮޑު”   ޝަރީފާގެ ވާހަކައިން ހިނިގަނޑު ހިފަހައްޓައިގެން އިން ސަޖޫލަށް މިފަހަރުވެސް ކޮންޓްރޯލްއެއް ނުކުރެވުނެވެ. އަލްޔާ އަށް ވެސް ވީ އެވަރެވެ. ސަޖޫލަށް ޝަރީފާ ލޯއަޅާލިއެވެ.

“މިއަދު މަންމަ ގަޔަށް އެމީހުން ބަޑިޖެހިނަމަ ސަޖޫ ހަމަ ތިވަރަށް ހޭނަންތަ”  ޝަރީފާ ޝަކުވާ ކޮށްލިއެވެ.

“ބަލަ މަންމާ އެއީ މިއަތޮޅަށް ޓްރެއިނިން އެއް ފުރިހަމަ ކުރަން އައިސްގެން އުޅޭ އެމްއެންޑީއެފް ބައެއް. އެމީހުން އެއުޅެނީ މަންމަ ގަޔަށް ބަޑި ނުޖެހިގެންތަ”  އަނެއްކާ ވެސް ސަޖޫލް އަށް ހެވުނެވެ.

“ކިހިނެއް އެނގެނީ. ހަމަ ޖަހާވެސް ފާނެއްނު . ދޯ ބޮއްތާ”  އަލްޔާ ހިނިއައެއް ކަމަކު ޝަރީފާ އާއި އެއްކޮޅަށް ހިފިއެވެ.

ރޭގަނޑު އަށެއް ޖަހާލީހާއިރެވެ. ކޮފީ ތައްޓެއް ހިފައިގެން ޒީޝާން އިނީ ސިޓިންގްރޫމުގައެވެ. ކުރިމަތީގައި ހުރި ޓީވީ އަށް ނަޒަރުހުއްޓާލައިގެން އިން އިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. ޝައިމް އަލްޔާ ގޮވައިގެން ރޭގަނޑުގެ ކެއުމަކަށް ރެސްޓޯރަންޓަކަށް ގޮސްފައިވާތީ ޒީޝާން އިނީ އިންތިހާ އަށް ދެރަވެފައެވެ. އެކަހަލަ ފުރުސަތެއް ޒީޝާން އަށް ލިބޭނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރާފައެވެ. ޒޫނީ ނިންދަވަން ޝެނާ ކޮޓަރިއަށް ވަންގޮތަށް އަދި ނުނިކުމޭއެވެ. އަލްޔާ އައިސް ގެއަށް ވަނީ ޒީޝާން އެހެން އިންދައެވެ. އަލްޔާ ޒީޝާން އަށް ހީލިއެވެ. ޒީޝާން ގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް އަލްޔާ ގެ ހިނިތުންވުމުގެ ބަދަލު ދިނީ ހިނިތުންވުމަކުންނެވެ.

“ކޮބާ ޝައި”  ކެތްނުވެގެން ޒީޝާން އަހާލިއެވެ. އަލްޔާ ހީލަމުން ޒީޝާން ކައިރީގައި ސޯފާގައި ޖައްސާލިއެވެ. އަލްޔާ ޒީޝާން އާއި އެއް ގެއެއްގައި އުޅުނަސް ޝެނާ އާއި ވާހަކަދައްކާތަން އަދި ޝައިމް އާއި ވެސް އަނގައިން ބުނާތަން ނުފެންނާތީ އެކަމާއި ސުވާލުކޮށްލަން ބޭނުންވިއެވެ. އަލްޔާ އަށް އަބަދުވެސް ފެންނަނީ ޒީޝާންގެ މޫނު މަތިން މާޔޫސްކަމެވެ. ޒާން އާއި ޒައިނީ ނެތުމުން އެހެންވެދާނޭ ހިތަށް އަރާ އަލްޔާ ހުންނަނީ ހިތްހަމަޖައްސާލައިގެންނެވެ.

“ވެއްޖެ ރައްޓެހިންތަކާއެކު ކޮފީ އަށް ގޮސް”  އަލްޔާ ޖަވާބު ދިނީ ޒީޝާން ކުރި ސުވާލަށެވެ. ދެމެދުގައި ބަހެއް ނުބުނެ އިރުކޮޅެއް ވޭތުވުމަށްފަހު އަލުން ވާހަކަދެއްކީ އަލްޔާ އެވެ.

“އަސްލު ނޭނގެ ޝައިމް އާއި ޝައިމްގެ މަންމަގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް. އެނގެނީ ވަރަށް ބޮޑު ކަމެއް ވެއްޖެކަން. ދޮންތަ ވެސް ވަނީ ހަމައެކަނި ޝައިމް އާ. ޒާން އާއި ޒައިނީ ބައްޕަ ކޮބާ؟  މިބުނީ އަސްލު ބައްޕަ”   ވަރަށް ނުކެރިފައި ހުރެ ވެސް އަލްޔާ ހިތުގައި އޮތް ސުވާލު ދުލާއި ހަމައަށް ގެނައެވެ. ޒީޝާން އަލްޔާ އަށް ބަލާލިއެވެ.  އެދެލޮލުން އަލްޔާ އަށް ވިދާލި ކަރުނަތިކި ކިތންމެހާ ވެސް ރީއްޗަށް ފެނުނެވެ.

“ސޮރީ. އަޅާނުލާ… އެނގެނީ ދެކުދިން ވެސް ޝައިމް ދެކެ ވަރަށް ލޯބިވާކަން”  އަލްޔާ ހީލަމުން ބުންޏެވެ. ޒީޝާން ވެސް ހީލިއެވެ.

“ވަރަށް ދެރަވޭ ދޮންތަ ވާހަކަނުދައްކާތީ. ލައި އާއި ޝައި އޮފީހަށް ދިޔާމަ ވަރަށް އެކަނިވެފަ އަބަދުވެސް އިންނަނީ”   ޒީޝާން ބުންޏެވެ.

“ދޮންތަ އަކީ ވަރަށް ރަނގަޅު ކުއްޖެއް. ދޮންތަ އަދި ވާހަކަދައްކާނެ. ހިތްވަރުކުރޭ. އަސްލު ކީއްވެ ޒާން އާއި ޒައިނީ އާއެކު ނުދިޔައީ”  އަނެއްކާ ވެސް ހަމަ އެކަހަލަ ސުވާލެކެވެ.

“މިރަށުގައި މަޑުކޮށްގެން ހުރެ މި ހޭދަކުރާ ކޮންމެ ވަގުތެއް ކޮންމެ ސިކުންތެއް އަހަންނަށް އޭނަ އާއި އެކު އުޅެވޭފަދަ. އަސްލު އަލްޔާ އަށް އެނގޭތަ؟ އަހަރެމެންގެ ކައިވެންޏަށް ދެކުދިން ލިބިފައި ވިޔަސް އޭނަ އަހަރެން ދެކެ ލޯތްބެއް ނުވޭ. އޭނަ ލޯބިވަނީ އެހެން ކުއްޖަކު ދެކެ. އެކަމަކު އަހަރެން ވަރަށް ލޯބިވޭ. ބޭނުން މުޅި އުމުރަށް އެކުގައި އުޅެން. އެކަމަކު އެކަން ވާކަށް ނެތް ދުވަހަކު ވެސް”

އަލްޔާ ގެ ހިތްހެޔޮކަމާއި މިސާލެއް ނެތް ފަދަ އެކުވެރިކަމެއްގެ ސަބަބުން ޒީޝާން އަށް ވާހަކަތައް ހިއްސާ ކުރުމަށް ނުހަނު ފަސޭހަވެގެން ދިޔައެވެ. ވާހަކަދައްކަމުން ގޮސް ޒީޝާން އަށް ރޮވުނެވެ. އަލްޔާ ޒީޝާން ކައިރިއަށް ޖެހިލިއެވެ. އަތުގައި ހިފާލާ ދެލޯ ފޮހެލަދިނެވެ. ޒީޝާނަށްޓަކައި އަލްޔާގެ ހިތް ރަހުމުން ފުރުނެވެ.

“ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް. ޔަގީން ތީ ޝެމްގެ ބޭބެ ވާހަކަ ކަން. މި އާއިލާ އަކީ އެހާ ގޯސް އާއިލާ އެއްހެން ހިއެއް ނުވޭ. މިގޭގައިި ދެން އެކަނިވެފައި އިންނާކަށް ނުޖެހޭނެ. އަހަރެން ހުންނާނަން އަބަދުވެސް”  އަލްޔާ ބުންޏެވެ. ޒީޝާން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

 

ޝަރީފާގެ ފަހަތުން ފޮށިގަނޑުތަކެއް ހިފައިގެން ވަން މީހުން ފެނިފައި ޖޯލީގައި ފާރޮށްޓާއި ކަޅުސައި ބޯން އިން ސަޖޫލް ގެ ހީވުން ޔަގީންވިއެވެ. އެންމެ ކަންބޮޑުވީ ބަދިގޭގައި އިތުރު ސައިތައްޓެއް ހަދަން އަލްޔާ އުޅުމުންނެވެ.

“މީ މަގޭ ދަރިފުޅު ސަޖޫލް. ދަރިފުޅާ މީ މިގެއަށް އައި މެހެމާނުންނަކީ. ދަރިފުޅަށް އެނގޭ ދޯ އެއްކަލަ ލޫކް. ލޫކް ގެ އާއިލާ މީ”  ބޭރު ޖޯލީގައި ކުޑަމަނިކެގެ އާއިލާ އިށީނުމާއެކު ޝަރީފާ އަވަސްވެގަތީ އެމީހުންނަށް ހާއްސަކޮށް ތައްޔާރުކުރި ސައި މޭޒުމައްޗަށް އެރުވުމަށެވެ. ލޫކް ސަޖޫލަށް ހީލިއެވެ. ސަޖޫލް ވެސް ހީލުމަށްފަހު އެތެރެއަށް ވަދެ ބަދިގޭގައި ހުރި އަލްޔާގެ އަތުގައި ހިފައިގެން ދަމާފާއި ކަހަލަ ގޮތަކަށް ގޮސް ވަނީ އެންމެ ކައިރިން ހުރި ބަތޫލް ގެ ކޮޓަރިއަށެވެ.

“ކިހިނެއްވީ ސަޖޫ” އަލްޔާގެ އަތުގައި ސަޖޫލް ހިފިތަނުގައި ފިރުމާލަމުން އަލްޔާ އަހާލިއެވެ.

“ލޫކް އެބައިން ބޭރުގަ” އެނދުގައި އިށިންނަމުން ސަޖޫލް ވަރަށް މަޑުން ބުންޏެވެ.

“ވަޓް؟” އަލްޔާ ސިހިފައި އަހާލިއެވެ.

ސަޖޫލް ކައިރީގައި އަލްޔާ ވެސް އިށީނެވެ. ސަޖޫލް އަލްޔާ އަށް ބަލާލަމުންބޯޖަހާލިއެވެ.

“އެއީ ދޯ އެބަޔަކީ”  އަލްޔާ ވެސް ބުންޏެވެ. އަލްޔާގެ ހިތް އަވަސްވާން ފެށިއެވެ. ލޫކް ބަލާލާހިތުން ހިތް ތެޅިފޮޅެން ފެށިއެވެ. ނަމަވެސް ލޫކް ކުރިމައްޗަށް ދާނީ ކިހިނެއް ހެއްޔެވެ؟ ލޫކް އޭނާ މަތިން ހަނދާންހުންނާނެ ބާއޭ ހިތަށް އެރިއެވެ.

“ބަލަބަލަ… ކިހިނެއް ތިވަނީ… ކީއްވެ ދެކޮޅަށް ތި ހިނގަނީ. ދައްކަބަލަ. އައްދޭ ހިތްވެސް އެބަތެޅޭ ރޯ މަހެއްހެން”  ކޮޓަރި މެދުގައި ދެއަތް ދެއަތާއި މޮޑެމުން ހިނގަން ފެށި އަލްޔާ އަށް ސަޖޫލް ބުންޏެވެ.

ސަޖޫލް ގެ އެ ސަމާސާ އެއްގޮތަކަށް ވެސް އަލްޔާ އަށް ކަމުނުދިޔައެވެ.

“ސަޖޫ ޕްލީޒް… އާނ… އެބަވޭ ގޮތެއް. ހިތަށް މިއަރަނީ އަވަހަށް މިގެއިން ދާންވީއޭ. ދެން އެމީހުން ދިޔައިމަ ނޫނީ ނާންނާނަން މިގެއަކަށް”  ހިނގުމަށް ކުޑަވެސް ބަދަލެއް ނުގެނެސް އަލްޔާ ބުންޏެވެ.

“ނޫން ތީކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން.  ލޫކް މަށަށް ބަލާލާފައި ހީލި. ހީވި އެއްޗެއް ބުނަން އުޅުނުހެން ވެސް. އެކަމު ކުރިއަށް ވުރެ ހާސްބައި ސްމާރޓް މިހާރު”  ހިނގަމުން ދިޔަ އަލްޔާގެ އަތުގައި ހިފާ ދަމާލާފައި ގެނެސް އެނދުގައި ބައިންދަމުން ސަޖޫލް ވާހަކަދެއްކިއެވެ. އަލްޔާ ޝަހާދު އިނގިލީ ކުރީގައި ދަތްއަޅާލައިގެން އިނީ ލޫކް ދެކިލާހިތުން ކެތްމަދުވެފައެވެ. ލޫކަށް އަހަރެން ފެނުމުން ކަންތައްކުރާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ.

އެވަގުތު ކޮޓަރީ ތަޅު އަނބުރާލާފައި ވަން ޝަރީފާ ފެނި ސަޖޫލް އާއި އަލްޔާ އަށް އެއްކޮށް ކޮޅަށް ތެދުވެވުނެވެ.

“އަސްތާ މަށަށް މިވަދެވުނީ މިކޮޓަރިން ކަލޭމެން ވަށްކަމެއް ކުރަނިކޮށްތަ އަނެއްކާ. އެހެންޏާ ފަހެ. މަގޭ ބަތޫލް ކޮޓަރީގައި އުޅޭނީ ދެން ކޮންކަމަކު”   ދެއުކުޅުގައި އަތް އަޅުވައިގެން ދޮރުމަތީގައި ހުރި ޝަރީފާ ބުންޏެވެ.

“ސާބަސް މަންމައަށް. ބާތުގެ ކޮޓަރިން ދެން އަހަރެމެން ކޯއްޗެއް ވަގަށްނަގަން އޮތީ. ހަޑިހަޑި ކޮޓަރިއެއް”  ސަޖޫލް ރުޅިން ތުން ދަމާލިއެވެ.

“ހޫނ. ދެންހެވޭ. ހިނގާ ބޭރަށް. އެމީހުން އަންނައިރަށް ހޮރަކަށް ވަދެ ފިލީމަ އެމީހުން ކީކޭ ހިތަށް އަރާނީ. ހިނގާ މިހާރު. ބަލަ އެއީ ސަޖޫ ބައްޕަގެ ކުޑައިރުގެ ރައްޓެއްސެއްގެ އާއިލާއޭ”  ސަޖޫލް ގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަމުން ޝަރީފާ ވާހަކަދެއްކިއެވެ. އަލްޔާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައިސްފައިވަނީ ލޫކް ކުރިމައްޗަށް އަރަން ޖެހޭތީއެވެ.

“އަލްޔާ ދަރިފުޅު ވެސް އާދޭ. ފައިތިލައިގެ އެއްޗެއް ތަތްލަވާފައި ހުރީތަ. ނޫނީ މިތަޅުންގަނޑުން ފައިތިލައިގާ ހިފަހައްޓަނީތަ ތިހާ މަޑުން ތި ހިނގަނީ”  ދޮރާއި ހަމައަށް ގޮސް މަޑުކޮށްލުމަށްފަހު އެނބުރި ފަހަތުގައި ހުރި އަލްޔާ އަށް ބަލާލަމުން ޝަރީފާ ބުންޏެވެ. ހަމަ އެހާ މަޑުން ހިނގަމުން އަލްޔާ ކޮޓަރިން ނިކުމެގެން ގޮސް ބޭރަށް ނިކުންނަން ތައްޔާރުވީތަނާ އަތުން އިޝާރާތެއް ކޮށްލުމަށްފަހު އެތަނުގައި ލޫކް ނެތްކަމަށް ސަޖޫލް އަލްޔާ ކައިރީގައި އަތުން ކޮށްލި އިޝާރާތަކުން ބުންޏެވެ. މޭގައި އަތް އަޅާލާ ފުންނޭވައެއް ލަމުން އަލްޔާ ނިކުތެވެ.

 

ކުޑަމަނިކެގެ ލޮލުގައި އަލްޔާ އަޅައިގަތުމާއެކު ފުޅާ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިވިއެވެ. ރަފީފާ ވެސް އަލްޔާ އަށް ބަލާލަމުން ހީލިއެވެ. ކަވާބެއް ކާން އިން ޔޫޝައުގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލުމަށްފަހު އަލްޔާ އިށީންނަން ދިމާކުރީ ޔޫޝައު ކައިރީގައި ހުރި ހުސް ޖޯލީގައެވެ. ނަމަވެސް އޭގެ ކުރިން ކުޑަމަނިކެ އަލްޔާ އަތުގައި ހިފައިގެން ގެނެސް ބޭންދީ ކުޑަމަނިކެ އާއި ޖެހިގެން ހުރި ޖޯލީގައެވެ.

“ތީ ވެސް މަގޭ ދަރިއެއް ކަހަލަ ކުއްޖެއް. އަލްޔާ. މިރަށު މީހަކާ އިނދެގެން އުޅެނީ. އެކަމަކު މިގޭގައި ހަމަ ވަރަށް ގިނަ ވަގުތު އުޅޭނެ. އަލްޔާގެ މަންމަ އަކީ އަހަރެންގެ ދެބެންގެދެދަރި ދައްތަ” ހުސްކޮށްފައި ހުރި ތަށިތަކަށް ހެދިކާ އަޅަމުން ޝަރީފާ ވާހަކަދެއްކިއެވެ.

“މި މަންޖެ އަހަރެން ދަންނަން. ގަމުގައި މި މަންޖެ ހުރީ އަހަރެމެން ކައިރީގައި. އެކޮއި ރަނގަޅުތަ. ފިރިމީހާ ރަނގަޅުތަ” އަލްޔާގެ ބުރަކަށީގައި ފިރުމާލަމުން ކުޑަމަނިކެ ވާހަކަދެއްކިއެވެ. ކުޑަމަނިކެ އިނީ ހެވިފައި އަލްޔާ އަށް ބަލަހައްޓައިގެންނެވެ. ކުޑަމަނިކެ ކުރަމުންދިޔަ ސުވާލަށް އަލްޔާ ޖަވާބުދެމުން ދިޔައީ ބައެއްފަހަރު ބޮލުންނެވެ.

ލޫކް ކޮބާހެއްޔެވެ؟ ފާހާނާއަކަށް ދިޔައީ ހެއްޔެވެ؟ އަހަރެން މިތަނުގައި އިންދާ ލޫކް އައިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ދެއަތް ދެއަތާއި މޮޑެމުންދިޔަ އަލްޔާގެ ހިތަށް އަރަމުން ދިޔަ އެއްޗެހި ސަޖޫލަށް އެނގޭ ކަހަލައެވެ. އަލްޔާ އިރުކޮޅަކާއި ދޮރާއިދިމާލަށް ބަލަމުންދާތީ ސަޖޫލް ހިނިއައެވެ. ކުޑަމަނިކެއަށް ވެސް އަލްޔާގެ ހިތުގައިވާ އެއްޗެއް އެނގޭ ކަހަލައެވެ. އަލްޔާ އަށް ބަލާލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.

“ލޫކް އެދިޔައީ….”   ސަޖޫލް ބޭނުންވީ އަލްޔާ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް އަވަސް ޖަވާބެއް ހޯދާދޭށެވެ.

“އެސޮރު އަބަދުވެސް އައިސް އުޅޭ ރަށެއްނު މީ. ފުލުހުން އުޅޭ ގެއަށް އެދިޔައީ”  ކުޑަމަނިކެ ގެ ޖަވާބުން އަލްޔާ އަށް ހަމަޖެހިލެވުނެވެ. އަވަހަކަށް ލޫކް ނައުމަށް އެދި ހިތާއިހިތުން ދުޢާ ކޮށްލެވުނެވެ.

ލޫކަށް ފެންނާކަށް އަލްޔާ ބޭނުމެއް ނޫނެވެ. މިހުރިހާ ދުވަހުވެސް ލޫކަށް ނުފެނި ކެތްކުރެވިއްޖެއެވެ. އެހެންނޫނަސް ލޫކް މީހަކާއި ނީންނަ ކަމެއް ވެސް އެނގެނީއެއްނޫނެވެ. ސަޖޫ ލައްވާ އަހާލަންވީއެވެ. އެސުވާލުގެ ޖަވާބު ކޮންމެހެންވެސް އަލްޔާ ބޭނުމެވެ.

ވާހަކައިގާ އިރުތަކެއް ހޭދަކުރުމަށްފަހު ކުޑަމަނިކެގެ އާއިލާ އެމީހުންނަށް ހާއްސަ ކުރެވިފައިވާ ބަޔަށް ދިޔުމާއެކު ޝަރީފާ އަވަސްވެގަތީ އެރަށުން ގެނެއްސައިހުރި ހަދިޔާތައް ތަންތަނަށްލާ ރައްކާކުރުމަށެވެ.

“ސުބްހާނަﷲ. މިހެރީ ވަރުގަދަ ތެއްލި ރިހާކުރު ފުޅިއެއް. ސަޖޫލަށް ފޮރުވަންވީ. އޭނައަށް ފެނިއްޖެއްޔާ މީގެ ވަސް ވެސް މަށަށް ދައްކާ ނުލާނެކަން ޔަގީން. މަ ކިހިނެއްތަ އުޅޭނީ ރިހާކުރާ ނުލާ”   ފުޅީގެ މަތި ނެގުމަށްފަހު ކަނާއަތުގެ ޝަހާދަތް އިނގިލި ފުޅި ތެރެއަށް ކޮށްޕާލުމަށްފަހު ގުޅަވަރެއް ނަގާ އަނގަ ތެރެއަށް ކޮށްޕާލަމުން ޝަރީފާ ކުޑަކޮށް ފަހަތްވެސް ބަލާލިއެވެ. ސަޖޫލް ފެންނަ ހިސާބުގައި ހުރިތޯއެވެ. އެވަގުތު ފިޔަވަޅުތަކެއްގެ އަޑު ފަހަތުން އިވޭހެން ހީވުމުން ރިހާކުރުފުޅި މަތި ޖަހާލުމަށްފަހު މޭޒުމަތީގައި ހުރި ފޮށްޓެއްގެ ފަހަތަށްލާ ފޮރުވިއެވެ.

“މަންމާ! ބައްޕަގެ ފޯނެއް”  ސަޖޫލްގެ ފޯނު ޝަރީފާ އަތަށް ދިނުމަށްފަހު ފޮށިގަނޑުތައް ހާވަންފެށީ އަނގަ މީރުކޮށްލާނެ އެއްޗެއް ހޯދުމަށެވެ.

ދުވަމުން ތެޅެމުން ބަދިގެއަށް އައިސް ވަން ޝަރީފާ ރިހާކުރުފުޅި ކޮބާތޯ ބަލާލިއިރު ބެހެއްޓިތަނުގައި ނެތުމުން ސަޖޫލް ފޮރުވީކަން އެނގުނެވެ. ފުރިޖު ކައިރީގައި ފެންބޯން ހުރި ސަޖޫލަށް ޝަރީފާ ތުންއަނބުރާލުމުން ސަޖޫލް ކައިރިއަށް ހިނިއައެވެ.

“މަންމަ ރިހާކުރު ކެއީމަ އެއްވެސް ކަމެއް ރަނގަޅެއްނުވާނެ. ލޭވެސް މައްޗަށްދާނެ”  ޝަރީފާ ގައިގާ ބައްދާލަމުން ލޯބިން ސަޖޫލް ވާހަކަދެއްކިއެވެ.

ސަޖޫލް ހަމަ ބަދިގެއިން ނިކުތުމާއެކު ޝަރީފާ ތުންއަނބުރާލިއެވެ.

“އަހަރެން މީރުކޮށް އެއްޗެއް ކާންއުޅެންޏާ ވަރަށް ސަޖޫގެ ތަންތަނަށް ބާރުކުރާނެ… އާދަނާ! ހެޔޮނުވާނެ މިކޮޅަށް އަންނަމުން ބާތު ނުގެނެޔަސް މަށަށް ރިހާކުރު ފުޅިއެއް ގެނެސްދެއްޗެ” ފޯނުގައި ހުރި އާދަނަށް ޝަރީފާ އިއްވާލިއެވެ.

މިހުރިހާ އިރު ޖޯލީގައި އޮތް އަލްޔާ ގެއަށް ދިޔުމަށް ދޮރާށިން ނިކުތް ވަގުތު އެއީ ލޫކް ދޮރުން އެތެރެއަށް ވަންނަން އައި ވަގުތެވެ. އަތްކުރު ފެހިކުލައިގެ ގަމީހަކާއި އެކު ނޫ ކުލައިގެ ޖީންސުގައި ހުރި ލޫކް ލޮލުގައި އަވިއައިނު ވެސް އޮތެވެ. ތުނބުޅި ވެސް ފާހަގަވާން ހުރުމުން އަލްޔާ މޮޔަވާވަރުވިއެވެ. އެމޫނަށް ހިތްފުރެންދެން ބަލަން ހުންނަން ބޭނުންވިއެވެ. އަލްޔާ ހީކުރީ ލޫކް އަލްޔާގެ ހާލު އަހާލާނެ ކަމަށެވެ. ނަމަވެސް ކައިރީގައި މީހަކު ހުރިކަމަށް ވެސް ލޫކް ނުހެދިއެވެ. އަލްޔާ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އެގޮތަށް ލޫކް ކަންތައް އެކުރީ ކީއްވެހެއްޔެވެ؟ ލޫކް ގޮތަށް އަލްޔާ ހިތްވަރުގަދަ ނުވަނީ ކީއްވެހެއްޔެވެ؟ އެންމެފަހަރަކު ނަމަވެސް ބަލާލި ނަމައެވެ. ހީލިނަމައެވެ. އަހަރެންގެ ހިތް ލޫކަށް އެދި ތެޅިފޮޅޭވަރު އެނގޭނެނަމައެވެ.

ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އަލްޔާ އެގެއިން ނިކުމެ މަގު ހުރި ގޮތަށް ދުއްވައިގަތީއެވެ. ލޫކް އެނބުރި ރަށަށް ނުދަނީސް މުޝތަރީގެއަށް ނުވަނުމަށް އަމިއްލަ ހިތުން ހުވާ ކުރަމުންނެވެ.

ނަމަވެސް ހަގީގަތަކީ ލޫކަށް އަލްޔާ ފެނުނު ކަމެވެ. އަލްޔާ ފެނުނު ވަގުތު ލޫކް ހިތަށް ލިބިގެންދިޔައީ ބަޔާންކުރަންދަތި ހިތްހަމޖެހުމެކެވެ. އެންމެފަހުން މިރަށުން ދިޔައިރު ލޫކް ހީކުރީ އަލްޔާ ބަނޑުބޮޑު ކަމަށެވެ. އެހެންކަމުން އަލްޔާ ފެނުނު ވަގުތު ލޫކަށް ބަލާލެވުނީ އަލްޔާގެ ބަނޑަށެވެ. އަލްޔާގެ ހިނދިބަނޑު ފެނުމުން ލޫކް ހިތާއި ހިތުން ޝުކުރުކޮށްލެވުނެވެ. ފަހަތަށް އެނބުރި ބަލާލެވުނީ ވެސް އަލްޔާ އެނބުރި ދިޔަފަހުންނެވެ.

 

ދެދުވަސްފަހެވެ. ޕޮލިސް ސްޓޭޝަނަށް ރޭގަނޑު ގެންދިއުމަށް ހަމަޖެހިފައިވާ ކާއެއްޗެހި ތައްޔާރުކުރުމުގައި ޝަރީފާ އާއި އެކު ކުޑަމަނިކެ ވެސް ބައިވެރިވަމުން ދިޔައެވެ. ރަފީފާ ވެސް ފޫހިވާތީ ކުދިކުދި މަސައްކަތް ކުރަމުން ދިޔައެވެ. ކޮޓަރީގައި ޔޫޝައު ގޮވައިގެން ކާރޓޫން ފިލްމެއް ބަލަން އޮތް ލޫކް ބޭރަށް ނިކުތީ ޔޫޝައު އަށް ނިދުނީމައެވެ. ރަފީފާ ތައްޔާރުކޮށްދިން ކޮފީތަށި ހިފައިގެން ބޭރަށް ނިކުމެ ހިޔާދީފައިވާ ބޮޑުގަސްދޮށުގައި އެލުވާފައި ހުރި ޖޯލީގައި ޖައްސާލީ އެހިތުގެ ރާނީ މަތިން ހަނދާން ކުރަމުންނެވެ. އަލްޔާ ނުފެންނަތާ ދެދުވަސް ވީއެވެ. އަނެއްކާ ލައިގެ ހާލު ރަނގަޅުބާއެވެ؟ މިގެއަށް ނާންނަނީ އަހަރެން މޫނު ދެކެން ބޭނުންނުވާތީ ހެއްޔެވެ؟ ނޫނީ އަހަރެން ގޮތަށް ލައި ވެސް އެކްޓް ޖައްސަނީ ހެއްޔެވެ؟ ލޫކް ކައިރިއަށް ހިނިއައެވެ.

“އޯވްގޯޑް. ކީއްވެތަ އަބަދު ލައި މަތިން މިސްވަނީ. ބޭނުމީ އެހަނދާންތަކާއި ދުރަށްދާން” ލޫކް ނިތްކުރިމަތިން ހިއްލާފައި ހުރި ދާތައް ފޮހެލިއެވެ. ފޯނު ހުޅުވާލަމުން ފޭސްބުކަށްވަދެ ބަލާލިއިރު އަލްޔާ އިނީ އޮންލައިންގައެވެ. ގޮވާލަން އުޅެފައި ވެސް ލޫކް އެހިޔާލު ދޫކޮށްލިއެވެ. ޕްރޮފައިލް ޕިކްޗަރއަކަށް ޝައިމް އާއި އަލްޔާގެ ކައިވެނިކުރެވުނު ދުވަހު ލާފައި އިން ފޮޓޯ ފެނުމުން ލޫކް ގެ ހިތުގެ ރިހުން ވީ ގަދައެވެ. އަލްޔާ ކަންތައް އެކުރަނީ ލޫކް ވެސް ކަންތައްކުރި ގޮތަށެވެ. އެންމެފަހަރަކު ނަމަވެސް ލައި ގޮވާލާނެ ނަމައެވެ.

ޑިއުޓީ ނިންމާފައި ގެއަށް ވަދެގެން އައި ސަޖޫލަށް ބޭރު ޖޯލީގައި އޮތް ލޫކް ފެނުމުން ވާހަކަދައްކާލަން ބޭނުންވިއެވެ. ސަޖޫލާއި އެކު ވަދެގެން އައި މިޔާނާ އަތަށް ފުށްބަތްޕެން ތައްޓެއް ލައިގެން ޝަރީފާ އަށް ދޭން އައީ އެއީ ޝަރީފާއަށް މާމީރު އެއްޗެއް ވީމައެވެ. ޖޯލީގައި އޮތް ލޫކަށް މިޔާނާ ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ހީލިއެވެ. ލޫކް ވެސް ހީލުމުން މިޔާނާ އެތެރެއަށް ވަދެގެން ދިޔައީއެވެ. ލޫކަށް އެއީ އަލްޔާގެ މަންމަ ކަމެއް ނޭނގެއެވެ.

މިޔާނާ އަށް ކުޑަމަނިކެގެ އާއިލާ ތަޢާރަފް ކޮށްދިނުމުން ހިތްހެޔޮކަމާއެކު މިޔާނާ އެންމެންނާއި ވެސް ވާހަކަދެއްކިއެވެ. ކުޑަމަނިކެ އަށް އެއީ އަލްޔާގެ މަންމަ ކަން އެނގުމުން ވަކިން ބޮޑަށް އެކުވެރިކަން ބަދަހި ކުރަން ބޭނުންވިއެވެ. ކުޑަމަނިކެ މިޔާނާ ކައިރީގައި ވެސް އަލްޔާ މާކުރިން އެނގޭ ކަމަށާއި ދެފަހަރަކު ލާމު އަތޮޅުން ބައްދަލުވެފައިވާ ވާހަކަ ބުނުމުން މިޔާނާ އަށް ނަގައިގަނެވުނެވެ. ބޭރު ޖޯލީގައި އެއީ އޭނާގެ ދަރިފުޅު ހިތާއި ފުރާނައިން ލޯބިވި ޒުވާނާކަން މިޔާނާގެ ހަވަނަހިއްސު ބުނެދިނެވެ. ހުރިހާ މީހުންނާއި އެކުވެރިކަމާއެކު ވާހަކަދެއްކުމަށްފަހު މިޔާނާ ދިޔައީ އަދި އެއްފަހަރު ލޫކަށް ފުންކޮށް ބަލާލާފައެވެ. އަލްޔާ އާއި ދޭތެރެ ކަންބޮޑުނުވީ އަލްޔާ އެގެއަށް ނާންނަތާ ދެދުވަސްވެއްޖެ ކަމުގައި ޝަރީފާ ބުނުމުންނެވެ. މިވަގުތު އޭނާގެ ދަރިފުޅަށް ލޫކް ފެންނާކަށް މިޔާނާ ބޭނުމެއް ނޫނެވެ. ޔަގީނެވެ. އަދިވެސް ލައި ގެ ހިތުގައި އެ ޒުވާނާގެ ނަން ބޮޑުއަކުރުން ފެވިފައިވާނެއެވެ. މިޔާނާ ގޯޅި އަޅަމުން އަދި އެއްފަހަރު ލޫކަށް ބަލާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޢަޞްރު (ތިންވަނަ ބައި)

Next

ބީރައްޓެހިޔާ 11

Next
November 21, 2016

ބީރައްޓެހިޔާ 11

Previews
November 21, 2016

ޢަޞްރު (ތިންވަނަ ބައި)

24 Comments!

  1. Ushaali says:
    November 21, 2016 at 6:23 pm

    assalam alaikum huriha kudhin. miothy new part. mi bai ves huriha kudhinnah kamudhaane kamah heekuran. enjoy….:-) 🙂

  2. maree says:
    November 21, 2016 at 6:34 pm

    valaikum salaam ushaali vvv reethi mibaives

  3. Thaany says:
    November 21, 2016 at 6:59 pm

    Labba labba v v kamudhey v reethi ngey…kn irakun next part..

  4. liyaa says:
    November 21, 2016 at 7:20 pm

    wow.vvv reethi.

  5. Manje says:
    November 21, 2016 at 7:26 pm

    mi shaim mee knthaaku soretha.. Lai dheke esoru vany hageegee loaibeh nun.. eah kiyaani geriloabi..ehnyaa misoru beynun vani enme kameh kuran dhw..puh.. xeeshaan koyaa vaa kehgadha.. shaim ah control eh nukurevey.. anhenaku fenunyma heybalivefa hunna soreh????

  6. Fathun says:
    November 21, 2016 at 7:30 pm

    Madhan ane part please please. Alhey haadha salhi ey.

  7. Navya says:
    November 21, 2016 at 7:33 pm

    Vvvvv reethi mibaives ❤ thnx ushaaa❤❤

  8. Noo says:
    November 21, 2016 at 7:38 pm

    Alhe shaim ge hageegai falhaa aruvaalaba alya ah…v reethi

  9. Saee says:
    November 21, 2016 at 7:39 pm

    Pis pis..
    v salhi, dhn kon irakun tha next part .
    …keep it up ushaa

  10. Azza says:
    November 21, 2016 at 7:57 pm

    Next part Konirakun!den lai aa Luke ge bai maa maduvanee avaha hageegai adu ivvaaladeebala plz vvvv Reeti ekamves mi bai ehaa kamaku nudey mashakah

  11. Shaa xee says:
    November 21, 2016 at 7:59 pm

    V v v v reethi. Next part avahah up koh dhehchey please please please….. keep it up ushaali ????

  12. mixoo says:
    November 21, 2016 at 8:33 pm

    Good work ushaa.. love it?

  13. xaf says:
    November 21, 2016 at 8:34 pm

    wow… varah salhi mibai vex…
    wait in for the next prt ushaa

  14. Thoo says:
    November 21, 2016 at 8:40 pm

    Haadha haasaru dhigey mihaarh evves kameh kolhehga nujehey

  15. Look ge Lai says:
    November 21, 2016 at 8:50 pm

    Piss piss ekamakuvaa ehera shaim eh dhw.. Alhe dhen avahah bust kohlaba Ushaali.. Wow finally Look ge habareh ves vejje.. Mi part vess reethi ekam bust vun lasvaathi hama kehnuvanee.

  16. Dhondhooni says:
    November 21, 2016 at 9:48 pm

    v v reethi..ekamu mihaarakahais mivaahakaigai kamunudhaa basbas beynunkoffa hunnakan faahagakurevey.

  17. Leem says:
    November 21, 2016 at 9:53 pm

    Thnk u so much…. Mihaa dhigu koh story genesh dhineema….???

  18. Rajjath says:
    November 22, 2016 at 7:34 am

    C’mon zyshaan
    Room lock nukoh ehrey lai kairy bunebala jassaala balaashey

  19. Beauty says:
    November 22, 2016 at 8:44 am

    Shaim lai dheke varah loabi vey. Emeehun gulhuvaa. Kaiveni roolhaalaakah nuvaane.

  20. Herrr says:
    November 22, 2016 at 8:47 am

    Wowwwwww.. amazing.. next part avas kohdheeba…… This is one of my favourite story… hama fab

  21. Shanna says:
    November 22, 2016 at 11:42 am

    Nice, bismeenuge barakaathunneh noon bismeege barakaathun

  22. muxoo says:
    November 22, 2016 at 7:20 pm

    Story v reethi please next part avahah genes dheeba

  23. laii says:
    November 22, 2016 at 11:17 pm

    Next part kon irakun

  24. Saee says:
    November 23, 2016 at 3:08 pm

    Lai ah falha arany xee shaim ge 3vana baby ah balivumun ,sure ehen noon nama mihaaru falhaa arees

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 19←


All Right Reserved!