އިރު ފެނުން ތޮޅިލީ މުޅި ދުނިޔެއަށް އަލި ކުރަމުންނެވެ. ސަރާ ހެނދުނު ހެނދުނާ އޭނަ އުޅޭ ގޭގެ ސަރަހައްދު ކުނިކެހުމުގަ އުޅެއެވެ. މީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ސަރާ އަކީ މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. އެވަގުތު އެ ގޭ ތެރެއިން ނުކުތީ ސަރާގެ ތިން އަހަރަށްދާ ދަރިފުޅު ސާރާއެވެ. ލޯ އުނގުޅަމުން އައި ގޮތުންވެސް އެއައީ ދެންމެ ހޭލައިގެންކަން އެނގޭނެއެވެ. “މަންމާ. އަލުގަނޑު ބޭނުން މިއަދު ބައްޕިއާއެކީ ބީޗަށް ދާން. މަންމަ ކޮންމެ ދުވަހަކު ބުނަނީ […]