Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ފުން ލޯބި (7)

Mimmi ❤️
December 23, 2016
3 Mins Read
101 Views
32 Comments

ޒައިން ދިޔުމުން ހައިކަލް ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީ އިން އަންނަމުން ދިޔައީ ވަރަށް ރީތި ލޯބީގެ ހިންދީ ލަވައެކެވެ.

” ޔަލް ހާދަ ރީއްޗޭ” އިވެމުން ދިޔަ ލަވައިގެ ތެރަށް ގެއްލިއިނދެ ހައިކަލް ބުނެލި ކަހަލައެވެ. އެވަގުތު ހައިކަލްގެ އަޑުއައި ދިމާއަށް އެނބުރިލީމެވެ.  މޫނުގޮސް ޖެހުނީ ހައިކަލްގެ މޫނުގައެވެ. ހައިކަލް އެހާ ކައިރީގަ ބަލަންއިން ކަމެއް އަހަރެންނަކަަށް ނޭންގެއެވެ. އިނގޭނީވެސް ވަކި ކިހިނެތްހެއްޔެވެ. އަހަރެންގެ ނުކުޅެދުންތެރިކަން އެންމެބޮޑަށް އިހްސާސްވަނީ މިކަހަލަ ގަޑިތަކުގައެވެ. އަހަރެންގެ ލޮލަށް ފެންނަ ނަމަ މި ވަގުތުކޮޅު ކިހާ ހިތްއުފާނެ ހެއްޔެވެ.  ދެމީހުނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީސްއެވެ. އަހަރެެން ކުޑަކޮށް ހައިކަލްއާ ދުރަށް ޖެހިލީމެވެ. އަދި ސޯފާގަ ލެގިލުމަށްފަހު ލޯ މަރާލީމެވެ. އެވަގުތު ހިފަހަށްޓައިގެން ހުރި ކަރުނަތަށްވެސް އޭގެ މަގާމު ދޫކޮށް ކޯތާފަތްމަތި ތެއްމަމުން ދިޔައެވެ.

” ޔަލް… ރޮނީތަ” ހައިކަލް ކުޑަކޮށް ހާސްވެފަ ސުވާލްކޮށްލިއެވެ.

” ހައިކް އަޅެ އަހަރެންގެ ލޮލަށް ފެންނާނެތަ” ހިތުގަ އޮތް ސުވާލު ހައިކަލްއާ ކޮށްލީމެވެ.

” ޔަލް.. ބުނީމެއްނު ތިހެން ނެގަޓިވްކޮށް ނުވިސްނާށޭ… އެ އޮޕްރޭޝަންއަކީ ފިފްޓީ ފިފްޓީ އެއްޗަކަށްވާއިރު އަނެއް ސައިޑްއަށްވެސް ޔަލް ވިސްނަން ވާނެއްނު.. ވިސްނަބަ.. ޔަލްގެ ލޮަލަށް ފެނިއްޖިއްޔާ ޔަލް ކިހާ ހެޕީވާނެ…ތިހެންް ނެގަޓިވްކޮށް ވިސްނި ވަރަކަށް ހަމަ ނެގަޓިވް ހިޔާލްއަންނާނީ.. އަހަރުންނަށް ވުރެ މާ ބާރުވެރި ފަރާތެއްވޭ… ޑޮކްޓަރުން އުންމީދު ކަނޑާލާ އެތަށްކަމެއް އެބަވެއެއްނު.. ސޯ އެވަރަށް ނުވިސްނަބަ.. އިން ޝާ ﷲ ހުރިހާ ކަމެށްވެސް ރަނގަޅުވާނެ.. ޖަސްޓް ބީ ހެޕީ…” ހައިކަލް އެހެން ބުނެލަމުން އަހަރެންގެ ކަރުނަ ފޮހެލަ ދިނެވެ. ހައިކަލްގެ އެންމެ ލޯބި ސިފައަކީ އެ އޯގާތެރިކަމެވެ.  ހިތްވަރުު ދޭ ގޮތެވެ. ޑޮކްޓަރުންނަކީ އޯގާތެރި ބައެއްކަމަށް ވިޔަސް ހައިކަލްފަދަ އޯގާތެރި ޑޮކްޓަރަކާ އަހަރެންނަށް މި ދިމާވީ އަލަށެވެ.

” ޔަލް އެއްޗެއް އަހާލަންތަ…މި ސާލަކަށް ޔަލްއަށް އަހަރެން ފެންނައިރު ޔަލް ތިހީކުރާ ސިފަ އަށް ނުވެއްްޖިއްޔާ” ސީރިއަސްވެލާފަ ހައިކަލްކޮއްލި ސުވާލްއިން އަހަރެންނަށް ހިނި އަންނަގޮތް ވިއެވެ.

” އެހެން ވެދާނެތީ އަހަރެން އެއްވެސް ވަރަކަށް ހައިކްގެ ސޫރަ ސިފަކުރާކަށް ނޫޅެން..” އަހަރެންވެސް މަޖާވެލާފަ ބުނީމެވެ. ހައިކަލްއަށްވެސް ހެވުނެވެ. ހައިކަލް ކޮންމެ ސިފައެއްގަ ހުއްޓަސް އަހަރެންނަށް މައްސަލައެއް ނެތެވެ. އަހަރެން ނުކުޅެދޭމީހަކަށް ވި ދުވަހު އަހަރެން ބަލާގަތް އިރު އަހަރެން ހައިކަލް ބަލައި ނުގަންނަންވި ސަބަބެއްނެތެވެ. އެހެންނޫނަސް މީހާގެ ރީތި ކަމަކީ ބޭރުފުށުގެ ރީތިކަމެއް ނޫނެވެ. އަހަރެންނަށް ހައިކަލްގެ އެ ހުރިހާ ސިފައެއް ކަމުދެއެވެ.

“ޔަލްއަށް އިނގޭތަ ލަވަ ކިޔަން” ހައިކަލްކޮއްލި ސުވާލްއިން ހީވަނީ އަހަރެން ދަސް ކުރަން މަސައްކަތް ކުރާހެންނެވެ.

” ޔެސް ވަރަށް މޮޅުވާނެ ލަވަ ކިޔަން.. އެހެންވެ ނުކިޔަން މި ހުންނަނީވެސް.. ކިޔަން ފަށައިފިއްޔާ ލަވަކިޔުންތެރިން ބަނޑަށް ޖެހިދާނެ…” އަހަރެން އެހެން ބުނުމުން ހައިކަލްއަށް ހެވުނެވެ. އެހީލާ އަޑުވެސް އަހަރެންނަށް ހާދަ ހިތްގައިމެވެ. އެހެންހީލާފަ ހުންނަ އިރު އަހަރެންނަށް ފެންނާނެ ނަމައެވެ.

” ހައިކްއަށް މާ މޮޅަށް ލަވަކިޔަން އިނގެނީތަ.. ތި ހެނީ” އަހަރެންވެސް ހައިކަލްއާ ސުވާލްކޮށްލީމެވެެ.

” ޔެސް ވަރަށް މޮޅުވާނެ..  ޒައިންއާ ދެމީހުން ކޮލެޖްގަ އުޅުނުއިރު ވަރަށް ލަވަ ކިޔާ ހަދަން..އެކަމް ޒައިން  ފަހުން ލަވަ ކިޔުމާ ދުރުވި ފަހުން ވަރަށް ނުކިޔަން” ހައިކަލް ކިޔާދިނެވެ.

” ކީއްވެ ޒައިން ދުރުވީ” ހައިކަލް އެ ބުނި އެއްޗެއް އޮޅުންފިލުވުމަށް އަހަރެން ސުވާލްކޮަށްލީމެވެ.

” ވީ ގޮަތަކީ އޭރު އިންނާނީ ކޮލެޖްގަ ބޭންޑެއް ހަދާފަ.. ދެން އުޅޭނެ ދެ އަންހެންކުދިން ލަވަކިޔާ.. އެތަނުން އެކަކު ދެކެ ޒައިންއަށް ލޯބި ވެވުނީ.. އެކަމް އޭނަ ހުރީ ބުނަން ނުކެރިފަ.. އެ ދެމީހުންވެސް ވަރަށް ގިނަ ލަވަތަށް އެކުގަ ކީ ކޮލެޖްގަ އޮންނަ ފަންކްޝަން ތަކުގަ..ދެން ގުރެޖްއޭޝަން އަށްފަހު ފެއާވެލް ޕާޓީގަ ކުލާސް ކުދިން ކުރިމަތީ ޒައިން އޭނައަށް ޕްރޮޕޯސްކުރީ.. ބަޓް ޝީ ސެއިޑް ނޯ.. ބުނީ ޒައިންއަށް ނޭންގުނޭ ފްރެންޝިޕަކީ ކޮބައިކަންވެސް..އަސްލް ޒައިން އޭނަ ދެކެ ވަރަށް ލޯބިވޭ.. ދެން އެ ކަންތައްގަނޑު ތެރޭގަ އޭނަ ނިންމީ ލަވަ ނުކިޔަން.. އޭގެ ފަހުން އަދި އެ ރައްޓެހި ވީ ކުއްޖަކާ…ބައި ދަ ވޭ ޔަލް ކިތައް ކުދިންނާ ރައްޓެހިވިންތަ”  ޒައިންގެ ވާހަކަތަށް ކިޔާދީ ނިންމާފަ އެ ކޮއްލި ސުވާލުން އަހަރެންގެ ހިތަށް އުނދަގޫވިއެވެ.

” ވަން އެންޑް އައި ޑޯންޓް ވޮނާ ޓޯކް އެބައުޓް އިޓް” ހައިކަލް އެ ދިޔަ މައުލޫއެއްގެ ސަބަބުން އަހަރެންގެ މޫޑު އޮފްވާގޮތްވިއެވެ. އަހަރެން އެއްވެސް ވަރަކަށް އެ ހަނދާން އާ ކުރާކަށް ބޭނުމެއްނުވިއެވެެ.

” އޮ… އޯކޭ…” ހައިކަލްވެސް އިތުރަށް ސުވާލެއް ނުކުރެއެވެ.

” ހެއި ވަރަށް ލަސްވެއްޖެ ދޯ” ގެޔަށް ވަދެގެން އައި ޒައިން ބުނެލިއެވެެ.

” ހައިކް، ޔަލް.. މީ ރާޔާ…” ރާޔާގެ ނަން އަޑުއިވުމުން އެއީ ހަމަ އެ ރާޔާބާއޭ ހިތަށް އެރިއެވެ.

” އޯ މައި ގޯޑް ޔަލް… މިގޭގަ ކީއްކުރަނީ.. ހަބަރެއްނުވީމަ އައި ތޯޓް ބޭރަށް ފުރީކަމަށް އޮޕްރޭޝަން ކުރަން” ކަމެއްވީކަމަށްވެސް ހަދަ ނުލާ ރާޔާ އަހަރެންނާ ވާހަކަ ދެއްކިއެވެ. ނަމަވެސް މިގެއިން އަހަރެން ފެނުނީމަ އޭނަ ހައިރާންވިކަން އިނގުނީ ކޮއްލި ސުވާލްއިންނެވެ.

” ޔެސް.. ޔަލްއެއީ ހައިކްގެ ފްރެންޑެއް.. ތި ދެމީހުން ދަންނަންތަ ކުރިން” ވާނުވާ ނޭންގިފަ ހުރި ޒައިން ސުވާލްކޮށްލިއެވެ.

” ޔެސް ވީ އާ ބެސްޓީސް..” ރާޔާ އެހެން ބުނެލާފަ ކުޑަކޮށް އަހަރެން ގައިގަ ބައްދާލިއެވެ. އެ ގާތް ކަމުން އަހަރެންނަށް އުނދަގޫވާ ގޮތްވިއެވެ.

” މާ ރަނގަޅަކަށްނު މިވީ” ޒައިން އެހެން ބުނެލީ ރާޔާގެ ހަގީގަތް ނޭންގޭތީކަން އަހަރެންނަށް އިނގުނެވެ.

އެރޭ ކައްކައިގެން ކޭ ގަޑީގަ ރާޔާ އެކި ކަހަަލަ މަޖާ ވާހަަކަތަށް ދައްކަމުން ދިޔައެވެ. ހައިކަލްވެސް ދޭތެރަކުން އެވާހަކަ ތަކުގަ ބައިވެރި ވެލާނެއެވެ.

*****

ރޭގަ ލަހުން ނިދުމުގެ ސަބަބުން އަނެއްދުވަހު ހޭލެވުނީވެސް ފުދޭވަރަކަށް ލަހުންނެވެ. ގޭތެރޭ މާ އަޑުގަދަ ކަމުން އަަހަރެން ނާރީ އައުމުން ސުވާލްކޮއްލުމުން ބުނީ ރާޔާ އައިސް އުޅޭ ކަމަށެވެ. މިހާ އަވަހަށް ރާޔާ މިގެޔަށްވެސް އަންނަންފެށީއެވެ. ރާޔާގެ ޝިކާރަޔަކަށް  މިފަހަރު ވީ ޒައިންނެވެ. ޒައިން ގާތުގަ ރާޔާގެ ވާހަކަ ދައްކަންވީބާއޭވެސް ހިތައްއެރިއެވެ. ނޫނެކެވެ. އެކަހަލަ ވާހަކައެއް ދައްކައިފިނަމަ ޒައިންހީ ކުރާނީ އަހަރެން އެދެމީހުން ދުރުކުރުވަން ކުރާ ކަމެއްކަމަށެވެ. ރާޔާ ޒައިންކައިރީ ދައްކާފަ އޮތް ވާހަަކައެއްވެސް ނޭންގެއެވެ.

” ނާރީ ދޭ ތިރިއަށް… އަހަރެން މިދަނީ ޔަލް ގޮވައިގެން” ކޮޓަރިއަށް އައިސް ވެންނި ރާޔާ ނާރީ އާ މުހާތަބުކޮށް ބުނެލިއެވެ.

” ޔަލްވީ ހީކުރީތަ ޔަލްވީއަށް އެކަންޔޭ މުއްސަނދިކަން ލިބޭނީ… ކަލޭ މަށޭ ކިޔާފަ ޒައިން ކައިރީ އެއްޗެއް ބުނަން އަނގަ ހުޅުވާލިޔަސް ނިމުނީ.. ހަނދާންކުރާި!!!” ރާޔާގެ ވިހަ ބަސްތަށް އަޑުއަހާފަ އަހަރެން ރުޅި ގަދަވާގޮތްވިއެވެ.

” ޔަލް ކީއްވެތަ އަހަރެނަށް ތިހެން ތިހަދަނީ.. ކީއްވެތަ އަބަދު އަހަރެން ދެކެ ރުޅިއަިސްފަ ތި އިންނަނީ.. ޔަލްވީއަށް ކަމު ނުދަނީތަ އަހަރެން ޒައިންއާ ރައްޓެހި ވީމަ..” ކުއްލިޔަކަށް ރާޔާގެ ވާހަކަ ބަދަލު ވީމަ އަހަރެންއިނީ ހައިރާންވެފައެވެ.

” ރާޔާ.. ދެން ހުއްޓާލާ.. ރާޔާ ނުޖެހޭނެ މީހުން ކައިރީ އާދޭސް ކުރާކަށް..އޭނަ ވިސްނާގޮތަކަށް ވިސްނަން ބަހައްޓާ..” ދޮރުކައިރިން ޒައިން އަޑު އިވުމުން އަހަރެންނަށް ވާނުވާ އިނގުނެވެ. ރާޔާ ޒައިން އައުމުން މޮޅު ޑޮރާމާއެއް ޖެއްސީއެވެ. އަހަރެންއިނީ ބަސް ހުއްޓިފައެވެ. މޮޅު ވާހަކަ ތަކެއް ޒައިން ކައިރީ ދައްކައިގެން އަހަރެން ދައްކާވާހަކަ ޒައިން ޤަބޫލް ނުކުރާގޮތް ހެދީއެވެ. އަހަރެން ރާޔާދެކެ އިތުރަށް ފޫހިވިއެވެ. ނަމަވެސް ޒައިންގެ ދިރިއުޅުން ހަލާކުވާކަށްވެސް ބޭނުމެއްނޫނެވެ.

 

~ނުނިމޭ~

61
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (1)

Next

އިންތިޒާރުގެ ނިމުން

Next
December 23, 2016

އިންތިޒާރުގެ ނިމުން

Previews
December 23, 2016

ފިރިމީހާގެ ހައްޤުގައި (1)

32 Comments

  1. Naadhee says:
    December 23, 2016 at 11:56 am

    Oh v reethi

  2. Miya says:
    December 23, 2016 at 12:00 pm

    Masha allah ??? thankolheh avahah up kohdhybala pleeeeeeeeeeeeèeeeexxxxxx

  3. Malaa says:
    December 23, 2016 at 12:07 pm

    Haadhahaaa kurey…… Ma sha allaah vvv nice…

  4. Jeen says:
    December 23, 2016 at 12:54 pm

    Finally…up v …..kiyaa vx nulaa comment mi kohly..I know ryti vaanekan

  5. Sheenu says:
    December 23, 2016 at 12:56 pm

    V foohi. Kuruveema kiyahithe nuvey

  6. Jeen says:
    December 23, 2016 at 12:59 pm

    Thankolheh kury..BT nice…next part avaahah up kohdhy…can’t wait to read.. Loved dis part ❤❤

  7. alma.. says:
    December 23, 2016 at 4:31 pm

    v reethi…. 🙂

  8. shelly says:
    December 23, 2016 at 6:21 pm

    reethi but varah kuru majaor prob eiee

  9. Yalvee says:
    December 23, 2016 at 7:57 pm

    Wow ?
    Alhe ekam dhen bai dhigukoh genesdhehchey ?

  10. Aishaaa says:
    December 23, 2016 at 10:10 pm

    Maashaa allah v reethi…
    Hama enme massala eh… maa kury…dhn genesdhey bai dhigu koh dhecheyyyy….

  11. Jeen says:
    December 24, 2016 at 12:25 am

    Next part kn irakun up kurany

  12. Shabyyy says:
    December 24, 2016 at 12:39 am

    Mivaahaka haadhakurukoh genesdheefa mihunnanee..

  13. Soon says:
    December 24, 2016 at 12:58 am

    V reethi but heyonuvaane mihaa dhigukoh genes dheykah kiyaa kiyaa varubalivifahun mibai nimuni

  14. Mary says:
    December 25, 2016 at 11:20 am

    Coniraku next part up curanee pls avah up cohla dhechey.

  15. Fat says:
    December 25, 2016 at 3:56 pm

    Hada lahey up vaaley waiting

  16. MiXu says:
    December 27, 2016 at 7:43 am

    Thankx all ?.. I don’t wanna disappoint you guys.. since i haven’t finish writing the whole story it is difficult to upload on daily basis. So i decided to upload the story once i finish writing the whole story.. so that I can upload on daily.. ❤

  17. Raahil says:
    December 27, 2016 at 3:57 pm

    Then miadhu up kohdheeba pls…….

  18. Nish says:
    December 28, 2016 at 1:39 am

    Mixu haadha lahey mifaharu…varah kiyaalaa hithun mi hunnany next part…

  19. Sugarplum says:
    December 28, 2016 at 7:40 pm

    Mivaahakaves heevany mihisaabun dhen minuneehen. This is really sad.

  20. Chau says:
    December 28, 2016 at 10:49 pm

    Kondhuvahakun tha dhn mi vaahaka up vaaney????

  21. Kal says:
    December 31, 2016 at 11:55 pm

    Anekka mi story vx stuck vy ba

  22. Seema says:
    January 1, 2017 at 10:16 am

    V reethi

  23. Yal says:
    January 8, 2017 at 12:09 am

    Haadha lahey new episode nereyve leh

  24. Chum handi says:
    January 8, 2017 at 11:43 pm

    alhe fahe midhen bodu vejje kameh… konme story eh faashaafa medhukandaa la nee vaahaka ninmaafa up kuraanamey kiyaafa… dhen Mixu plx up koh dheyn fashaaba dho,… dhenn mi story vrh reethi and that raayaa… arrrggghhhh………. I just hate her… but u know what, my friend raayaa vrh majaa vaane.. hehe… chum mi vaahak AH cmnt nukuriyas kiyan ingey.. dhen maa las vaathee handhaan nethi dhaane thee mi cmnt kohlyy…. unmeed kuran avahah up koh dheyne kamah…

  25. MiXu says:
    January 20, 2017 at 10:03 pm

    In Sha Allah February in feshigen story update kuran fashaanan <3

  26. Almaa says:
    January 25, 2017 at 11:41 am

    Thanks waiting for the next part

  27. Rish says:
    January 27, 2017 at 1:29 pm

    Waiting

  28. jee says:
    January 27, 2017 at 1:40 pm

    alhe avahah story update kohdhyba.. keimadhuvefa mihiry kiyaahithun

  29. Aish says:
    February 1, 2017 at 3:05 pm

    waiting.. Miadhu up kohdheeba plx..Mihaaru february monthves feshuny ehnu

  30. pretty says:
    February 1, 2017 at 9:27 pm

    I am really sorry konme commntakah vakin reply nukurevunyma.. But thank all.. In Sha Allah mireyn feshingen dhen weekly 3 daysga update kohdheynan.. thursady, sunday nd Tuesday.. Rangalhu kohlan jehey kamehothiya do comment..

  31. Reehan says:
    February 1, 2017 at 10:55 pm

    Kobr nunimey thr

  32. siddi says:
    February 22, 2017 at 8:08 pm

    V reethi

Comments are closed.

All Right Reserved!