އަންޖޫދާއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސް ކުރެވިގެންނެވެ. ތެޅިގަނެފައި އޭނާއަށް ފުންމައިގެން ތެދުވެ ދެކޮޅު ހޯދާލެވުނެވެ. ކައިރީގައި ލާނެތް ގޮތަކަށް ހީލައިގެން އޮތް ރާހުލް ފެނުމުން އޭނާގެ ހިތް ބާރަށް ތެޅެލިއެވެ. ވަގުތުން އެ ދޮން މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.
“އަންޖޫ.. އައި ލަވް ޔޫ… ސޯ މަޗް..” އަންޖޫދާގެ މޫނުގައި ފިރުމާލަމުން ރާހުލް ބުނެލިއެވެ. އެއަޑުގައި ވަނީ ތަފާތު އަސަރެކެވެ. އޭނާ އަންޖޫދާ ގެ ގައިމަތީގައި އަޅާލާފައި އޮތް ރަޖާގަނޑު ނަގައި އެއްފަރާތަކަށް ލިއެވެ. ލައިގެން ހުރި ތުނި ނައިޓީގެ ތެރެއިން ފާޅުވަމުން ދިޔަ އަންޖޫދާގެ ހަށިގަނޑަށް އޭނާ ބަލާލިއިރު އެދެލޮލުގައި ވަނީ މަސްތުކަމެވެ. ލަދުން ވިރިވިރި އަންޖޫދާ އޮތީ ރާހުލްއާ ދިމާއަށް ބަލާލަންވެސް ނުކެރިފައެވެ. އެ ދޮން މޫނުގައި ކުރެހިފައިވަނީ ރަކި ހިނިތުންވުމެކެވެ.
އެރޭ ހިނގާދިޔަ ލޯބީގެ ވަގުތުކޮޅުގެ ތެރޭގައި ދެމީހުންގެ ދެމެދުގައި އެތަށް ވަޢުދެއް ވެވުނެވެ. އެރޭ ވެގެން ދިއައީ ދެމީހުންގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ރޭތަކުގެ ތެރެއިން ރެއަކަށެވެ. އިސާހިތަކު އެކަކު އަނެކަކުގެ އަތުތެރޭގައި އޮވެގެން ދެމީހުން ވެސް ފުން ނިންޖަކަށް ގެނބިގެން ދިޔައެވެ.
** ** **
ދުވަސްތައް އެނބުރެމުން ސެނބުރެމުން ގޮސް ދެމަސް ދުވަސް ފާއިތުވެގެން ދިޔައީ ވަރަށް ވެސް އަވަހަށެވެ. އެ ދެމަސްދުވަސް ތެރޭގައި ރާހުލްއާ އަންޖޫދާގެ ގުޅުން ވަރުގަދަ ވެފައިވިއެވެ. ގޭތެރޭގައި ނަޝްފާއާ އަންޖޫދާ ގުޅިގެން މަސައްކަތްކޮށް އުޅޭތީ އޭނާ ހުންނަނީ ވަރަށް ވެސް ހިތްހަމަޖެހިފައެވެ. ނަޝްފާގެ މޫނު އަބަދު އުޖާލާވެފައި ހުންނާތީ ޞާބިރާގެ ހިތަށް ވެސް ހަމަޖެހުން ލިބިފައިވިއެވެ. ރިޝްކާ އާއި ނަޝްފާއާ ދެމެދުގައިވެސް އުފެދިފައިވަނީ ވަރުގަދަ ގުޅުމެކެވެ. ނަޝްފާ އެހާ އުފަލުގައި ހުންނަނީ އެހެންވެއެވެ. ރިޝްކާއާ މެދު އޭނާ ކަންތައް ކުރަނީ އަމިއްލަ ދަރިއަކާމެދު ވެސް މީހަކަށް ކަންތައް ނުކޮށްދެވޭނެހާ ރަނގަޅަށެވެ.
ރާހުލް މިހާރު ކަންބޮޑުވަނީ އެންމެ ކަމަކާ މެދުގައެވެ. ވޭތުވެ ދިޔަ ދެމަސް ދުވަހުގެ ތެރޭގައި ރިޔާގެ ޚަބަރެއް ނުވާތީ ބައެއް ފަހަރު އެ ހިތް މާޔޫސްވެއެވެ. ނަމަވެސް އަންޖޫދާ އާއި ނަޝްްފާ އޭނާއަށް ހިތްވަރުދީ ހެދުމުން އެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޞާބިރާ ސިޓިންގރޫމުގައި އިނީ ޓީވީއިން ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލާށެވެ. އާދައިގެމަތިން ރާހުލް އާއި ނަޝްފާ އަދި އަންޖޫދާ ރިޝްކާ ގޮވައިގެން ވީ ހިނގާލަން ގޮހެވެ. ޞާބިރާ އެކަނި އެހެން އިންދައި މީހަކު ގޭގެ ރަނގަބީލު ޖަހާލި އަޑު އިވުނެވެ. ރާހުލްމެން އެނބުރި އައީއޭ ހިތައި އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. ހީކުރި ގޮތާ ޚިލާފަށް ކުރިމަތީގައި ހުރީ ރިޔާ އާއި ވިޝާންއެވެ. ރިޔާ ފެނުމާއެކު ޞާބިރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ވަގުތުން އޭނާ ރިޔާގެ ގައިގައި ބައްދާލިއެވެ.
“ކޮންތާކު ތި އުޅުނީ މިއޮއް ހުރިހާ ދުވަހަކު؟ ހަބަރެއްވެސް ނުވެ..” ރިޔާ ގައިގައި ބައްދައިގެން ހުރެ ޞާބިރާ ޝަކުވާކުރިއެވެ. ރިޔާ ނެތް ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެއެވެ. ރިޔާއާއެކު ހޭދަކުރެވެމުން ދިޔަ ދުވަސްތަކުގައި އޭނާ އުޅުނީ ރިޔާ އަކީވެސް އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކިގެންނެވެ.
ޞާބިރާ ރިޔާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވެއްދިއެވެ. އަދި ސޯފާގައި ބައިންދަމުން ތަފާތު ސުވާލުތައް ކުރަމުން ދިޔައެވެ. ދެފޮށި ދެއަތުން ހިފައިގެން ހުރި ވިޝާން ވެސް އެމީހުންގެ ފަހަތުން ގޭތެރެއަށް ވަނެވެ.
“މިހާރު ކައިވެނި ކުރީތަ؟ ކޮން އިރަކު ކައިވެނި ކުރީ؟ ކީއްވެތަ ގުޅާ ނުލީ؟” ޞާބިރާ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ގެންދިޔައެވެ.
“ދައްތާ… ދައްތަމެން އެންމެން މަތިން އަހަރެން ވަރަށް ހަނދާންވި.. ދިޔަތާ ދެހަފްތާ ފަހުން ކައިވެނި ކުރީ…” ޞާބިރާގެ އަތުގައި ހިފައިގެން ހުރެ ރިޔާ ވާހަކަދެއްކިއެވެ. ޞާބިރާ އެވަގުތު ބަލާލީ ރިޔާގެ ގާތުގައި އިށީން ވިޝާންއަށެވެ.
“ދަރިފުޅުގެ ހާލު ރަނގަޅު ދޯ؟ އެއްވެސް ކަމެއް ގޯހެއް ނުވޭ ދޯ؟” ޞާބިރާ ވިޝާންއާ ދިމާއަށް ބަލާލަމުން ރިޔާއާ ސުވާލުކުރިއެވެ.
“އާއެކޭ ދައްތާ.. ވިޝާން އަހަންނަށް ވަރަަށް ވެސް ރަނގަޅޭ..” ރިޔާ ހިނިތުންވެލަމުން އެހެން ބުނުމުން ޞާބިރާ ގެ ހިތް ކޮންމެވެސް ވަރަށް ވިޝާންއާމެދު ސާފުވިއެވެ. ކިތަންމެ ގޯސް މީހަކުވެސް ހަމަ ރަނގަޅުވެދާނެކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. ހަމައެގޮތަށް ވިޝާންވެސް ކުރިން އުޅުނު ގޮތް ދޫކޮށްލީކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. ނަމަވެސް އޭނާ އަދިވެސް ވިޝާންއަށް އިތުބާރުކުރަން ފަސްޖެހެއެވެ.
“ކޮބާތަ ރާހުލްމެން؟” ވިޝާން ޞާބިރާ ގާތު އަހާލިއެވެ. އެވަގުތު އެމީހުންވީ ހިނގާލަން ގޮސްކަމަށް ޞާބިރާ ބުނެލިއެވެ.
ރާހުލްމެން އެނބުރި އައި އިރު ސޯފާގައި އިން ރިޔާ ފެނި ރާހުލްގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ބާރުބާރަށް ހިނގާފައި ގޮސް އޭނާ ރިޔާ ގާތުގައި އިށީންދެ އެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލިއެވެ.
“ކީއްވެތަ ނުގުޅީ؟” ރާހުލް ޝަކުވާއިން ފުރިގެންވާ ރާގެއްގައި އަހާލިއެވެ.
“ދެން ނުގުޅުނީއޭ… ދެން މިހުރީ އައިހެއްނު؟” ރިޔާގެ ޖަވާބު ވަރަށް ވެސް ކުރެވެ. ރާހުލް ހީކޮށްގެން ހުރީ ރިޔާއަށް މިހުރިހާ ދުވަހު އޭނާއަށް ނުގުޅުނު ސަބަބު ތަންކޮޅެއް ސާފުކޮށް ބުނެދޭނެކަމަށެވެ. ނަމަވެސް ރިޔާ އެގޮތަށް ވާހަކަދެއްކުމުން އޭނާ ދެރަވިއެވެ. ރިޔާ އޭނާއަށް ނުގުޅީ ގަސްތުގައިކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ.
“ތެދެއް ރާހުލް؟ އަހަރެމެން މިތިބީ އައިހެއްނު؟” ވިޝާން އެހެން ބުނެލުމުން ރާހުލް ވިޝާންއަށް ބަލާލީ ދެބުމަގޮށްޖަހާލަމުންނެވެ. ރިޔާ އޭނާއަށް ނުގުޅީ ވިޝާންގެ ސަބަބުން ކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ.
“ރާހުލް… އަހަރެމެންނަށް މިގޭގަ ހުރެވޭނެ ދޯ؟ ވިޝާން މާލޭގައި އުޅޭ ކޮޓަރީގަ އެހެން ދެކުދިން އުޅޭތީ އެތާނގައި ހުރެވޭކަށް ނޯއްނާނެއްނު؟” އެމީހުންގެ ފޮށިތައް ދައްކާލަމުން ރިޔާ އަހާލިއެެވެ. އެވަގުތު ރާހުލްއަށް ބަލާލެވުނީ ސޯފާކައިރީގައި ކޮޅަށް ހުރި އަންޖޫދާއަށެވެ. ވިޝާން އެގޭގައި އުޅެފިނަމަ އަންޖޫދާއަށް އުނދަގޫވާނެހެން އޭނާއަށް ހީވަނީއެވެ. އަންޖޫދާ ކައިރީގައި ހުރި ނަޝްފާއަށް ބަލާލުމަށްފަހު ދެން ބަލާލީ ރާހުލްއަށެވެ. އަދި އޭނާގެ މައްސަލައެއް ނެތޭ ބުނުމުގެ ގޮތުން ހީލާފައި ބޯ ޖަހާލިއެެވެ.
“މިގޭގައި ހުރެވޭނެ ތި ދެމީހުންނަށް… އެންމެ އެކޮޅުގައި އެއީ ހުސްކޮޓަރިއެއް…” ނަޝްފާ ރިޔާއަށް ބަލާލަމުން ވާހަކަދެއްކިއެވެ. އަންޖޫދާވެސް ރިޔާއަށް ހީލިއެވެ.
“އޭރުވެސް އިނގެއޭ ހުރެވޭނެކަން… ކޮބާ ވިޝް.. އަހަރެން ބުނީމެއްނު؟” ރިޔާ ވިޝާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އެހެންވީމަ ދަނީ އިނގޭ ފްރެޝްވެލަން..ވަރަށް ވަރުބަލިވެފަ މިތިބީ…” ވިޝާންގެ އަތުގައި ހިފައިގެން ތެދުވަމުން ރިޔާ ބުނެލިއެވެ.
“ސައި ހަދަން އިނގޭ އަހަރެން މިދަނީ… އަންނައްޗޭ ފެންވަރައިގެން ސައިބޯން…” ނަޝްފާ ބުނެލިއެވެ. ރިޔާ ބޯ ޖަހާލުމަށްފަހު ވިޝާން އާއެކީ ނަޝްފާ ދެއްކި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ދަމުން އޭނާ އަންޖޫދާގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރި ރިޝްކާގެ ކޮލުގައި ހިފާލިއެވެ. ދެފޮށި ހިފައިގެން ހުރި ވިޝާން ވެސް ރިޝްކާއަށް ހީލިއެވެ.
** ** **
އަނެއް ދުވަހު ހެނދުނު ސައިބޯން އެރީ ހުރިހާ އެންމެން އެކީގައެވެ. ރިޔާއާ ވިޝާން ޖެހިޖެހިގެން ތިބިއިރު އެކަމުގެ ސަބަބުން ރާހުލްއަށް ބުނެދެން ނޭނގޭ ކަހަލަ އުނދަގުލެއް ވަމުން ދިޔައެވެ. ސައިގިރަން އުޅުނު އަންޖޫދާ ވިޝާންގެ ސައިތަށި އޭނާގެ ކައިރީގައި ބަހައްޓާލި ގަޑީގައި ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ވިޝާން އަންޖޫދާއަށް ބަލަން ހުރި ގޮތުން އޭނާގެ މެއަށް ފިނިވިއެވެ. އެބެލުމުގައި ކޮންމެވެސް ނުބައެއް އުޅޭކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް، ކަމެއް ނުވާކަމަށް ހަދާފައި އޭނާ އަވަސް އަވަހަށް ގޮސް ރިޝްކާ ގާތުގައި އިށީންދެ ރިޝްކާއަށް ސައިދިނުމުގައި އުޅުނެވެ. އިރުއިރުކޮޅާ އޭނާއަށް ވިޝާންއަށް ބަލާލެވެނީ ވިޝާން އެދިމާ ބަލާހެން ހީވެގެންނެވެ. އެއިން ކޮންމެ ފަހަރަކުވެސް ވިޝާން އޭނާއަށް ވައްކަޅިން ބަލާތަން ފެނުމުން އެހިތް ނުބައި ގޮތަކަށް ތެޅެލިއެވެެ. ވިޝާންއާ ތަފާތު ވާހަކަ ދައްކަމުން ދިޔަ ރިޔާއަށް މިކަން ފާހަގަވާވަރެއް ނުވެއެވެ.
ރިޝްކާ ގޮވައިގެން ނަޝްފާ ސްކޫލަށް ދާން ނިކުތްތާ މާގިނައިރެއް ނުވެ ރާހުލްވެސް ދިޔައީ އޭނާ މަސައްކަތްކުރާ ގަރާޖަށެވެ. ސިޓިންގރޫމުގައި ޓީވީ ބަލަން ޞާބިރާ އިންއިރު އަންޖޫދާ އުޅުނީ ހަޑިވެފައިވާ ތަށިތައް ދޮވުމުގައެވެ. ކާގޭގެ ދޮރާއި ފުރަގަހަށް ވާގޮތަށް އޭނާ ހުއްޓިހުރިއިރު ފަހަތުން މީހެއްގެ ހިލަމެއް ވާހެން ހީވެގެން އޭނާ އެނބުރެން އުޅުނެެވެ. ނަމަވެސް އޭގެ ކުރިން ބާރުގަދަ ދެއަތުން އޭނާގެ އަނގަމަތީގައި ހުށިޔާރުކަމާއެކު އަތް އެޅިއެވެ.
“ހަޅޭނުލަވާތި.. އޭރުން ކަންތައް މާ ރަނގަޅެއް ނުވާނެ…” އެއަޑަށް އަންޖޫދާ ދިޔައީ ސިހިގެންނެވެ. އެއަތް އޭނާގެ އަނގަމަތިން ނެގުމާއެކު އޭނާ ފަހަތައް އެނބުރި ބަލާލީ ދެލޯ ބޮޑުކޮށްލަމުންެނެވެ. ވިޝާން އެއްމިޔަކުން ހީލައިގެން ފާރާ ވާގޮތަށް ލެނގިލައިގެން ހުއްޓެވެ. އަޅައިގެން ހުރި ބުރުގާ ރަނގަޅުކޮށްލަމުން އަންޖޫދާ އަވަސް ނޭވާތަކެއް ލަމުން ދިޔައެވެ.
“ދާން އުޅޭ މިތަނުން…” މީހަކަށް އަޑުއިވިދާނެތީ އަންޖޫދާ ވާހަކަދެއްކީ މަޑުންެނެވެ. ގޭ މީހަކަށް އެނގި މިކަންތައް ބޮޑުވާކަށް އޭނާ ނޭދެއެވެ.
“ބުރުގާ އަޅައި ބޮޑު ހެދުން ލިޔަސް، އަދިވެސް ހާދަ ރީއްޗޭ ދޯ.. ހާދަ ސެކް..ސީ އޭ ދޯ…” ދަތްދޮޅީގައި އަތް ހާކާލަމުން ވިޝާން ބުނެލީ އަންޖޫދާގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލަމުންެނެވެ. އަންޖޫދާ ދެބުމަ ގޮށް ޖަހާލަމުން ވިޝާންއަށް ބަލާލީ ނުރުހިފައެވެ. އަދިވެސް ކުރީގެ ވިޝާން ބަދަލުނުވާކަން އޭނާއަށް މިިހާރު ޔަޤީން ވެއްޖެއެވެ.
“އަހަރެން ކައިވެންޏަށް އެދުނީމަ އެކަމަށް އިންކާރުކުރީމެއްނު؟ އޭރުގަ ހަމައަސްލުވެސް އަހަރެން ބަދަލުވިއޭ… އެކަމަކު އަނެއްކާ ތި ސެކްސީ ހަށިގަނޑު ފެނުނީމަ ކިހިނެއްތަ ދުރުގަ ހުންނާނީ..؟” ވިޝާން ނުލަފާ ގޮތަކަށް އެހެން ބުނެލުމަށްފަހު ކާގެއިން ނިކުމެގެންދާން ހިނގައިގަތެވެ. އެވަގުތު އޭނާއަށް އެރުނީ ރިޔާގެ ކުރިމައްޗަށެވެ. ވަގުތުން އެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ.
“ފެންވަރައިގެން ނިކުމެފަ ހާދަ ވަރަކަށް ގޮވައިފީމޭ ވިޝާންއަށް… ފެންފުޅިއެއް ގެނެސްދޭށޭ ބުނަން ވެގެން.. އެކަމަކު އަޑެއް ނީވުން ވިއްޔަ…” ތުވާލި ބޮލުގައި އޮޅައިގެން ހުރި ރިޔާ އައިސްއަލަމާރިއާ ދިމާއަށް ދަމުން ބުނެލިއެވެ. އަދި އެއިން ފެންފުޅިއެއް ނެގުމަށްފަހު އެނބުރި ވިޝާންގެ ގާތަށް އައެވެ. ވިޝާން ދެއްކި އެއްވެސް ވާހަކައެއް ރިޔާއަށް އަޑު ނީވޭކަން އެނގުމުން އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
“ހައި ފަހަރީ… ތަށި ދޮންނަނީ؟” ރިޔާ އަންޖޫދާއަށް ބަލާލުމަށްފު އަހާލިއެވެ. އެވަގުތު އަންޖޫދާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އަދި ސިންކާ ދިމާއަށް އެނބުރި ތަށިތައް ދޮވުމާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް އެހިތުގައި ބިރުވެރިކަމުގެ ބާންޏެއް އޭރުވެސް ދަތުރުކުރަމުން ދިޔައެވެ. ވިޝާން ބުނެލި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
ރިޔާއާއެކު ކޮޓަރިއާ ދިމާއަށް ދަމުންވެސް ވިޝާން އަންޖޫދާގެ ހަށިގަނޑަށް އަދިވެސް އެއްފަހަރު ބަލާލީ ދަހިވެތި ގޮތަކަށެވެ.
** ** **
ރޭގަނޑު ނިދަން އޮތް ގަޑީގައި ވެސް އަންޖޫދާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ކައިރީގައި ނިދާފައި އޮތް ރިޝްކާގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން އޭނާ ހަށިފުރާ ނޭވާ ދަމާލިއެވެ. މިރެއަކީ ރާހުލް ނަޝްފާގެ ކޮޓަރީގައި ނިދާ ރެއެއްކަމުން އެކަމާމެދު ރާހުލްއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ވިޝާންގެ ނުލަފާ ހިޔަނި އޭނާގެ އުފާވެރި ދިރިއުޅުމަށް އެޅެނީއޭ ހިތަށް އެރުމާއެކު އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ވިޝާންއާ ހެދި މިދިރިއުޅުމަށް އެއްވެސް ގޯސް އަސަރެއް ކުރާކަށް އޭނާ ނޭދެއެވެ. އެނދުކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ފެންފުޅި ނެގިއިރު އޭގައި ކުޑަ ފެންކޮޅެއް ހުރިތަން ފެނުމުން އޭނާ ތެދުވެ ލައިގެން ހުރި އަތްދިގު ޓީޝާޓު މަތިން ބުރުގަލެއް އަޅާލުމަށްފަހު ފުޅި ހިފައިގެން ބޭރަށް ނިކުތެވެ. ކާގެއަށް ގޮސް އެ ފުޅިއަށް ފެން އެޅުމަށްފަހު އޭނާ ކޮޓަރިއާ ދިމާއަށް ދިޔައެވެ.
އަންޖޫދާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އެރީ އޭނާގެ ކޮޓަރި ދޮރު ހުޅުވާފައިވާތަން ފެނުމުންނެވެ. އޭނާ ކާގެއަށް އައިއިރު އައީ އެ ދޮރު ލައްޕާފައެވެ. ވީއިރު އެ ދޮރު ހުޅުވިފައި ހުންނަންވީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ރަނގަޅަށް ދޮރު ނުލެއްޕެނީ އޭ ހިތައި ދެކޮނޑު އަރުވާލަމުން ކޮޓަރިތެރެއަށް ވަނުމަށްފަހު ދޮރު ތަޅުލިއެވެ. އަޅައިގެން ހުރި ބުރުގާ ނަގައި ކައިރީގައި ހުރި ގޮނޑީގައި އަޅުވާލަމުން އޭނާ ފެންފުޅި މޭޒުގައި ބެހެއްޓިއެވެ. އަދި ތުވާލި ހިފައިގެން ފާހާނާއާ ދިމާއަށް ދިއައީ ފެންވަރާލުމުގެ ނިޔަތުގައެވެ.
ފާހާނާއަށް ވަންނަން އެޅި ފިޔަވަޅު މަތީގައި އަންޖޫދާއަށް ހުއްޓެވުނީ އަލަމާރި ދޮރު ތެޅެލިހެން ހީވުމުންނެވެ. ބިރުން ހުރެ ނަމަވެސް އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އަލަމާރި ކުރިމަތީގައި ހުއްޓުނެވެ. އަދި ކުއްލިއަކަށް އަލަމާރި ދޮރު ހުޅުވާލިއެވެ. ސިހިފައި އަންޖޫދާ ހަޅޭއްލަވައިގަންނަން އަނގަހުޅުވާލިއެވެ. ނަމަވެސް އަލަމާރި ތެރެއިން ފުންމައިގެން ނިކުތް ވިޝާން އޭނާގެ އަނގަމަތީގައި އަތް އަޅައި ފިއްތާލިގޮތުން އަންޖޫދާއަށް ތަދުވެސް ވިއެވެ.
“ޝްޝްޝް… ބާރަށް ވާހަކަ ދައްކައިފިއްޔާ ނިދާފައި އެއޮއް ކުއްޖާ ހޭއަރުވާލާނީ..” ޖީބުން ފިޔޮއްސެއް ނަގައި ވިޝާން ވާހަކަދެއްކީ ރިޝްކާއަށް އިޝާރާތް ކުރަމުންނެވެ. އަދި އެއަށްފަހު އަންޖޫދާގެ ދެކޮލަށް ފިތާލުމަށްފަހު ފަހަތަށް ކޮއްޕާލިއެވެ. ވެއްޓުނު ގޮތުން އަންޖޫދާގެ ބުރަކައްޓަށް ވެސް ތަދުވިއެވެ.
“ވިޝާން… ކި… ކިހިނެއް ވެގެންތަ ތިއުޅެނީ؟ ނިކުމޭ މި ކޮޓަރިން…” އެއޮތް ގޮތަށް އޮވެ ފަހަތަށް ޖެހެމުން އަންޖޫދާ ވާހަކަދެއްކީ ނިދާފައި އޮތް ރިޝްކާއަށް ބަލާލަމުންނެވެ. އެދެލޮލުން އޭނާ ބިރުގަނެފައިވީ މިންވަރު ހާމަވެއެވެ. އެވަގުތު ވިޝާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެ ކޮޓަރި ހުރީ ތަޅުލެވިފައިތޯ ޔަޤީންކޮށްލިއެވެ. އަދި ތަޅުންމަތީގައި އިން އަންޖޫދާއަށް ފުންކޮށް ބަލާލިއެވެ. އޭނާ ހިނގާފައި ގޮސް އަންޖޫދާ ގާތުގައި އުޑުފައިން އިށީނެވެ. އަދި އެ ދޮން މޫނުގައި ފިރުމާލިއެވެ.
“އަދިވެސް ހާދަ ރީއްޗޭދޯ؟ ބުރުގާ ނާޅާ ފެނުނީމަ ވާއޮ… ދަރިއަކު ލިބުނު ފަހުން އަދި ހީވަނީ ކުރިއަށްވުރެ ތަންތަން ބޮޑެތިހެން…” ވިޝާން އެހެން ބުނެލި ގަޑީގައި އޭނާގެ ނަޒަރު ހުއްޓިފައިވީ އަންޖޫދާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅަށެވެ. އެ ކަރުވަޅުން ކޮންމެވެސް ވަރަކަށް އޭނާގެ މޭމަތިން ބައެއް ހާމަވާން ހުއްޓެވެ. އެވަގުތު ރިޝްކާ ކުޑަކޮށް ކުކުރާލި އަޑު އިވިގެން ދިޔައެވެ. ވިޝާން ކުޑަކޮށް ސިހިފައި އެދިމާ ބަލާލިއެވެ. ރިޝްކާ ހޭލައިފިނަމަ އޭނާގެ ކަންތައް ފަޅައަރާފާނެކަމުގެ ބިރު އެހިތުގައި އުފެދުނެވެ. ނަމަވެސް ރިޝްކާ އަނެއްކާވެސް ރީތިކޮށް ނިދާފައި އޮންނަން ފެށުމުން އޭނާ އެއްމިޔަކުން ހީލައިގެން ހުރެ އަންޖޫދާއަށް ބަލާލިއެވެ.
“ދައްކަބަލަ ލޯބީ…” ވިޝާން އަންޖޫދާގެ ޓީޝާޓުގެ ކަރުވަޅުގައި ހިފައި ކުޑަކޮށް ދަމާލަމުން ބުނެލިއެވެ. އަންޖޫދާ ވަގުތުން އޭނާގެ އަތް ފޮޅުވާލިއެވެ. އަދި ދުވެފައި އޭނާ މިސްރާބުޖެހީ ފާހާނާއާ ދިމާއަށެވެ. އެ ހިތް ރޫރޫ އަޅަމުން ދިޔައިރު އެ ހަށިގަނޑުގައި މަޑުތުރުތުރެއް އުފެދިފައިވިއެވެ. ފާހާާނާއަށް ވަދެ ދޮރު ލައްޕަން އުޅުނު ގަޑީގައި ވިޝާން އެ ދޮރު ހިފެހެއްޓުމުން އޭނާއަށް ހަދާނެގޮތް ހުސްވިއެވެ. އޭނާ ފާހާނާގެ މުށިތައް މައްޗަށް ކޮށްޕާލުމަށްފަހު ވިޝާން އެތެރެއަށް ދެމިގަތެވެ. އަދި ދޮރު ލައްޕާ ތަޅުލިއެވެ.
“ހީކުރަނީތަ އަަހަރެން ކައިރިން ތިހާ ފަސޭހައިން ސަލާމަތްވެވޭނެއޭ؟ ނުވެވޭނެ އިނގިއްޖެ…” ދަތްކުނޑި ވިކާލައިގެން ހުރެ ވިޝާން އަންޖޫދާ އާ ދިމާއަށް އަންނަމުން ދިޔައެވެ. އޭރު ފަހަތަށް ޖެހެމުން ގޮސް އަންޖޫދާގެ ބުރަކަށި ފާރުގައި ޖެހިފައިވިއެވެ. އެދެލޮލުން ކަރުނައިގެ ތިކިތައް ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ.
“ޕްލީސް ވިޝާން…މިތަނުން ދޭ… ގޭ އެންމެންނަށް އެނގެއްޖިއްޔާ ވާނީ ކިހިނެއްކަން އެނގޭތަ؟ ރިޔާއާ މެދު އެންމެ ފަހަރަކު ވެސް ވިސްނާލަބަލަ.. ރިޔާ ކިހާ ދެރަވާނެ ވިޝާން ތިހެން އުޅެންޏާ…” ތުރުތުރު އަޅާ އަޑަކުން އަންޖޫދާ ވާހަކަ ދެއްކިއެވެ. އޭނާ ބެލީ ވިޝާންއަށް ވިސްނައިދެވޭތޯއެވެ.
“ރިޔާއޭ؟ ހެހެހެ… ރިޔާ ދެރަވިޔަސް މަށަށް ކޮން ބަލާއެއް؟ މަ އޭނައާ އިނީ ކޮންމެހެން ލޯތްބަކުން ނޫނޭ… އޭނާ ސަޅިވީމަ… ސެކްސީވީމަ… އަދި ކުޑަކޮށް ސައިކޯވީމަ… އޭނަ ހީކުރަނީ އަހަރެން އޭނަ ދެކެ ވަރަށް ލޯބިވާ ކަމަށް.. ހާދަ މޮޔައޭ އަސްލު އޭނަ…” ހިނިގަނޑެއް ޖަހާލަމުން ވިޝާން ބުނެލިއެވެ. އެދެއްކި ވާހަކަތަކުގެ ސަބަބުން އަންޖޫދާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ނޭނގި ނަމަވެސް ރިޔާ އެވަނީ އަމިއްލައަށް ބޮޑު އަނދަވަޅަކަށް ފުންމާލާފައެވެ. ރިޔާ އެ އަނދަވަޅުން ސަލާމަތްކުރެވޭނީ ހަމައެކަނި އޭނާއަށް ކަމުގައި އޭނާއަށް ވިސްނުނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ރިޔާއަށް އެހީވާން އޭނާ ނިންމިއެވެ.
“މޮޔައީ ރިޔާއެއްނޫން… މޮޔައީ ވިޝާން… މިހާރުވެސް މިތަނަށް މިގަޑީގަ ވަދެގަނެގެން ތިއުޅެނީ ވިޝާންގެ މޮޔަކަމުން ހަމަ..” ދެލޮލުން ފޭބި ކަރުނަތައް ފުހެލަމުން އަންޖޫދާ އޮމާންކަމާއެކު ވާހަކަދެއްކިއެވެ. އޭނާގެ މިވާހަކައިން ވިޝާންގެ ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.
“އާން.. އަަހަރެން މިހުރީ މޮޔަވެފަ.. ތި ހަށިގަނޑަށް މޮޔަވެފަ…” ދެބުމަ ގޮށް ޖަހާލަމުން ވިޝާން ބުނެލިއެވެ. އަދި އަންޖޫދާއާ ޖެހޭ ނުޖެހޭ ހިސާބަށް އައިސް ހުއްޓުނެވެ. ދެފަޔަށް ބާރުލާފައި އަންޖޫދާ ކޮޅަށް ތެދުވިއެވެ. އޭރު އެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
“ހަޅޭއްލަވައިގެން ނުވާނެ.. ކުރިންވެސް ބުނިހެން ހަޅޭއްލަވައިފިނަމަ ރިޝްކާގެ ދުވަސް ދުއްވާލާނަން… އަހަރެންގެ ގޭންގު އުޅޭނެ މުޅި މާލޭގަ… ރިޝްކާ ކަހަލަ ކުޑަ ކުއްޖެއްގެ ދުވަސް ދުއްވާލުމަކީ އަހަރެމެންނަށް ފެންފޮދެއްހާ ފަސޭހަކަމެއް…” ކުޑަކޮށް ގުދުވެލުމަށްފަހު އަންޖޫދާގެ ކަންފަތް ދޮށުގައި ވިޝާން އެހެން ބުނެލީ ވައިއަޑުންނެވެ. އެވަގުތު އަންޖޫދާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ރިޝްކާއަށް ދެރަގޮތެއް ވެއްޖެނަމަ އޭނާއަށް ދުނިޔޭގައި ވެސް ނޫޅެވޭނެއެވެ.
ވިޝާން އަންޖޫދާގެ ޓީޝާޓުގެ ކަރުގައި ހިފައި ބާރަކަށް ދަމައިގަތެވެ. އަދި ފަސޭހަކަމާއެކު އެ ޓީޝާޓު އިރާލިއެވެ. އެ ވަނާތައް ފުރިހަމަ ހަށިގަނޑަށް އޭނާގެ ދެލޯ ހުއްޓިފައިވިއެވެ. ދެއަތުން ގައި ނިވާކުރަން މަސައްކަތްކުރަމުން ދިޔަ އަންޖޫދާއަށް ގިސްލެވެމުން ދިޔައެވެ. ހިތާހިތުން އޭނާ މި މުޞީބާތުން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރަމުން ދިޔައެވެ.
(ނުނިމޭ)
278 Comments
Comments are closed.
Hii guys… mi bai ves reethivaane kamah heekuran…
Lov u all?
varah salhi
dhen vaany kihinehbaa
Alheyyyyyy!!!!!! Lia plz anjoo ah dheragotheh nahadhaathi.
Hrdha dhera gotheh anjoo ah Thi hrdhany…plx ehn viya nudhey Thi…when is the next part??? Waiting ?
alhe anjoo ah dhera gotheh nahadahcchey… vaahaka v reethi…..
Haada kurey.??… mi stry ehkoh up kuriyas kuruvaane…? varah reeeti?
Alheyyy riyaa aadhebala wishaan hoadhamun…
Thankss all… december nimumuge kurin stry nimmaalan mi gasthu kuranee…. if i get more support, then ill put more effort into my work…. ???