Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި 6

shafu Level 110 Stories100 Comments
January 5, 2017 6 Mins Read
7 Comments

މެހެކް އަށް އެޒުވާނާ އާ ދިމާއަށް ބަލާލެވުނެވެ. ހަމަ އެވަގުތު، އެ ޒުވާނާގެ ލޮލުގައި މެހެކް އަޅައިގަތެވެ. އޭނާ ވަގުތުން އަތުގެ އެހީގައި އިސްތަށިގަނޑު މައްޗައް ނަގާ ރީތިކޮއްލުމަށް ފަހު، ކުޑަކޮށް ހިނިތުން ވެލިއެވެ. އަދި އޭނާގެ އަތުކުރި ގަޑިއަށް ބަލާލިއެވެ. ހީވާގޮތުން އޭނާވެސް، ހުރީ ކޮންމެވެސް ތަނަކަށް ވަރަށް އަވަހަށް ދާން ބޭނުންވެފައެވެ. ބަލާބެލުމަށް އޭނާ ވައްތަރީ ޕާކިސްތާނު ހިސާބު ފިރިހެނަކާއެވެ.

ވާރޭ ކުޑަކޮށް ތުނިކޮއްލުމާއެކު، އޮޓޯ އެއް ލިބޭތޯ މެހެކް އާއި ސާދުނާ ގެ އިތުރުން އެ ޒުވާނާ ވެސް މަސައްކަތް ފެށިއެވެ. އޭނާ ދެ ފަހަރަކު ހަނާ އަޅާލުމާއެކު އޮޓޯއެއް އެތަނަށް މަޑުކުރިއެވެ. “ޕްލީޒް”  މެހެކް އާއި ސާދުނާއާ ދިމާއަށް ބަލާލަމުން އެޒުވާނާ އަތުގެ އިޝާރާތުން އޮޓޯ ދައްކާލިއެވެ. “ފޯ އަޒް؟” މޭގައި އިނގިލި ޖައްސާލަމުން ސާދުނާ އަހާލިއެވެ.

އެ ޒުވާނާ ހިނިތުންވަމުން ބޯ ޖަހާލިއެވެ. “ތޭންކްސް” ސާދުނާ ވެސް ހިނިތުންވަމުން ޝުކުރުވެރިވިއެވެ.

” އޭނަ ހާދަ ރީއްޗޭ ދޯ، އަދި ކިހާ ރަނގަޅު، އޭނަ އަރަން ހުއްޓުވި އޮޓޯ އަށް ވެސް އެ އެރުވީ އަހަރުމެން ވިއްޔަ..” އޮޓޯ ދުއްވާލުމާއެކު ހެމުން ހެމުން ސާދުނާ ބުނެލިއެވެ. “އާ، ސަދޫ ފެނުނީމަ ކަންނޭނގެ” މަޖާވެލާފައި މެހެކް ބުނެލުމާއެކު، ސާދުނާ ތުންދަމާލިއެވެ. “އޭނަ ހީވަނީ ޕާކިސްތާން ފިރިހެނެއްހެން ދޯ، އެކަހަލަ ކުދިން ރާއްޖޭގަ އުޅޭ ނަމައޭ އަހަރެން ހިތަށް އަރާ…”ސާދުނާ ލޯ މަރާލަމުން ބުނެލިއެވެ.

އެހެން ސާދުނާ ބުނެލުމާއެކު މެހެކް، އާހިލް މަތިން ހަނދާން ވާން ފެށިއެވެ. ރާއްޖޭގައި ރީތި ފިރިހެނުން އުޅޭކަން ސާދުނާ އަށް ނޭނގެނީއެވެ. ހަމަގައިމުވެސް އާހިލް އުފަންވީ ރާއްޖެއަށެވެ. އެފަދަ ދެވަނައެއް ނުހުންނާނެއެވެ. އެފަދަ ރީތި ފިރިހެނަކު އޭނާއެއް ނުދެކެއެވެ. އާހިލްގެ ރީތި ކަމާމެދު ހިތާހިތުން ތަޢުރީފް ކޮށްލަމުން ބޭއިޙްތިޔާރުގައި މެހެކްއަށް ހިނިތުން ވެވުނެވެ.

“އަދި ތިއެއް ނޫނޭ،” ސާދުނާ ބުނެލިއަޑަށް މެހެކް ބަލާލިއެވެ. ” އަހަރެން އަންނަން ދެން ބަސް މަޑުކުރާ ތަނުގައި ހުންނައްޗޭ. މެހެކް ނިމޭނީ 11 ގައެއްނު ދޯ، އަހަރެން ނިމޭނެ 10 ގަ، އެހެން ވީމަ ބަހަށް އަރައިގެން 11 ހާއިރު އަހަންނަށް އާދެވޭނެ..” ސާދުނާ އެހެން ބުނެލުމާއެކު މެހެކް އާ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ކޮލެޖް ކައިރިއަށް އޮޓޯ މަޑުކޮއްލުމާއެކު ތެޅިތެޅި އޮތް ހިތަކާއެކު، ކޮލެޖަށް ވަނުމަށް މެހެކް މިސްރާބު ޖެހިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ސާދުނާ ވެސް ހިނގައިގަތީ ބަސް މަޑުކުރާ ދިމާއަށެވެ.

ކޮލެޖަށް ވަދެވުމާއެކު މެހެކް އަޖާއިބުވިއެވެ. އެތައްހާސް ކުދިންނެއް އެތާނގައި އެވަގުތު އުޅެއެވެ. ޑޮކްޓަރ ކަން ކިޔަވަން ކުދިން އެހާ ޝައުގުވެރިވާކަމެއް ކުރިއަކުން މެހެކް އަކަށް ނޭނގެއެވެ. ކޮންމެ ކުއްޖެއްވެސް މަސައްކަތް ކުރަމުން ދިޔައީ، ގަޑިއަށް އެކުއްޖެއްގެ ކްލާހާއި ހަމައަށް ދެވޭތޯ އެވެ. މަސްހުނިވެފައިވާ ދެޖިންސްގެ ކުދިންތަކުގެ ތެރެއަށް މެހެކްވެސް ވަގެދެން ދިޔައީ އެ މަގްސަދުގައެވެ.

ގިނައިރުތަކެއްނުވެ ނަސީބަކުން އޭނާ ކްލާހާ ހަމައަށް ފޯރިއެވެ. ގަޑި ޖެހިދާނެ ކަމުގެ ބިރު ހިތުތެރޭގައި އޮތްލެއް ބޮޑުކަމުން މެހެކް ގެ ހިތުގެ ތެޅުމާ އެއްވަރަށް އޭނާގެ ހިންގުން ވެސް ބާރެވެ. ކްލާހަށް ވަދެވުމާއެކު އޭނާ ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި އެތާ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއީ ބޮޑު ހޯލެއް ފަދަ ތަނެކެވެ. ފަންސާހަށް ވުރެ ގިނަކުދިން ކްލާހުގައި ތިބި އިރު، ބަލާބެލުމަށް ކުދިން ތިބީ ގާތްގަނޑަކަށްްް ހަމަވެފައެވެ.

މަޑު ހިނގުމެއްގައި މެހެކް ގޮސް ހުސް މޭޒެއްގައި އިށީ އިނދެލިއެވެ. އެވަގުތު އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބުނެވެ.

އެންމެން ކްލާހުގައި ހަމަޖެހި ނިމުނު ފަހުން، މުސްކުޅިވަރުގެ ފިރިހެނަކު އައިސް ކްލާހަށް ވަނެވެ. “ގުޑް މޯރނިންގް އޯލް” އެމް ޑޮކްޓަރ މީތަން މެތިއު. ތަޢާރަފްވެލަމުން އޭނާ ވާހަކަ ދެއްކިއެވެ. ދެން ހާޒިރީ ބަލަން ފެށިއެވެ.

“އެކްސްކިއުޒްމީ، އެމް ސޮރީ،މޭ އައި ކަމް އިން؟” މީހަކު ބުނެލިއަޑަށް އެންމެން ގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ކްލާހުގެ ދޮރާ ދިމާއިން އައި އަޑެއް ކަމަށް ވާތީ މެހެކް ވެސް އެދިމާއަށް ބަލާލިއެވެ.

ދޮރުމަތީގައި ހުރި މީހާ ފެނި މެހެކްގެ ދެ ލޯ ބޮޑުވިއެވެ. އޭނާއަށް ހައިރާންވެފައި ބަލަން އިނދެވުނީއެވެ. ވާނީވެސް އެހެންތާއެވެ. ތެމިފައިވާ ހާލު ދޮރުމަތީގައި އެ ހުރީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ އިރުކޮޅެއް ކުރިން މެހެކް އާއި ސާދުނާ އަށް އޮޓޯއެއް ހޯދަ ދިނުމުގައި އެހީތެރިވެދިން ޒުވާނާއެވެ.

“ކީއްވެ ގަޑި ޖެހުނީ؟ އަވަހަށް އށީއިނދޭ” ޑޮކްޓަރ މީތަން ދެބޮމަ ގޮއްޖަހާލަމުން ބުނެލިއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ. އިސްޖަހައިގެން ހުރެ އައިސް މެހެކް އާއި ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިށީއިނދެލިއެވެ. ޖަވާބު ނުލިބުނު ނަމަވެސް ޑޮކްޓަރ މީތަން އަޅައެއްނުލައެވެ. އޭނާ ހާޒިރީ ބެލުމުގެ މަސައްކަތުގައި ކުރިއަށް ދިއައެވެ.

“ޔޫސުފް އިވާން” ހާޒިރީ ބަލަމުން ގޮސް ޑޮކްޓަރ މީތަން ގޮވާލިއެވެ. އެ ނަން ގޮވާލުމާއެކު ޖަވާބު ދިނީ އެ ޒުވާނާއެވެ. “ޔޫސުފް އިވާން” މެހެކް މަޑުމަޑުން ކިޔާލިއެވެ.

އިރުކޮޅެއްނުވެ މެހެކްގެ ނަން ވެސް ގޮވާލިއެވެ. އެވަގުތު އެ ޒުވާނާ މެހެކް އާއި ދިމާއަށް ބަލާލިއެވެ. އަދި ދެ ބޮމަ ކައިރިކޮއްލައިގެން އިރުކޮޅަކު އިނދެލުމަށް ފަހު ކުޑަކޮއް ހިނިތުން ވެލިއެވެ. ހީވާ ގޮތުން މެހެކް އާއި ކުރިން ދިމާވިކަން އޭނާ ވެސް ހަނދާން ވީއެވެ.

ހާޒިރީ ބެލުމުގެ ކަންތައް ނިމުމާއެކު ޑޮކްޓަރ މީތަން ވާހަކަ ދައްކަން ފެށިއެވެ. ” މިއަދު މާ ބޮޑަށް އެއްޗެއް ކިޔަވާ ދިނުމެއް ނޯންނާނެ، އަސްލު އަހަރެން ބުނެލަން ބޭނުންވަނީ ޑޮކްޓަރ ކަން ކިޔެވުމަކީ ވަަރަށް އުނދަގޫ ކަމެކޭ، އެކަމަކު ޝައުގުވެރިކަމާއެކު ކިޔަވަން އުޅެފި ނަމަ މީ ލައިފްގައި އެންމެ އެންޖޯއި ކުރެވުނު ދުވަސް ކޮޅޭ ތިކުދިން ބުނާނެކަން ޔަގީން” ޑޮކްޓަރ މީތަންގެ ވާހަކަ އަޑު އަހަން ހުރިހާ ކުދިން ވެސް ތިބީ ނުހަނު ޝައުގުވެރިވެފައެވެ.

ކްލާހުގައި ހުރިހާ ވަގުތެއް ނިމިގެން ދިޔައީ ފޫހިކަމެއް ނެތިއެވެ. މީތަންގެ އިތުރުން އެހެން ޑޮކްޓަރުންނާ ވެސް ބައްދަލުވިއެވެ. ހިތް އެދުނުގޮތަށް ހުރިހާ ކަމެއް ދިއުމުން މެހެކް ވަރަށް އުފާވިއެވެ. އަދި އެގޮތުގައި ފޫހިކަމެއް ނެތި ހުރިހާ ދުވަހެއްވެސް ދިއުމަށް އެދި އޭނާ ހިތާހިތުން ދުޢާ ކޮއްލިއެވެ.

ކޮލެޖުން ނުކުމެގެން ގޮސް މެހެކް ބަސް މަޑުކުރާ ތަނުގައި، ސާދުނާގެ އިންތިޒާރުގައި މަޑުކޮއްލިއެވެ. އެހެން ހުއްޓާ އަނެއްކާވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެއްކަލަ ޒުވާނާއެވެ. އޭނާ ހުރީ ކޮލެޖް ދޮރުކައިރީގައެވެ. އިރުކޮޅެއް ނުވެ ސައިކަލެއްް އައިސް އެޒުވާނާ ކައިރިއަށް މަޑުކޮއްލިއެވެ. ހިނިތުންވަމުން ސައިކަލަށް އޭނާ އެރުމާއެކު، ސައިކަލް ނައްޓާލިއެވެ.

“މެހެކް” ބަސް މަޑުކޮއްލުމާއެކު ފައިބަމުން ސާދުނާ ގޮވާލިއެވެ. “އެބަހުރިން ދޯ، މީ އަހަންނަށް ލިބުނު އެންމެ ގުޑް ފްރެންޑް، ސާދުނާ އުފަލުން ހުރެ މެހެކްގެ ކޮލުގައި ހިފާލިއެވެ.

“ސަދޫގެ ކްލާސް ކިހިނެއް ދިޔައީ؟”

“ދެން އޯކޭ،” ސާދުނާ އަނގައަށް ގޮތެއް ހަދާލަމުން ފޫހިވެލާފައި ބުނެލިއެވެ.”

އެ ކީއްވެ”،ދެން އޯކޭ އޭ ތިބުނީ؟

މެހެކް ގެ ކްލާސް ކިހިނެއް ދިޔައީ؟ މެހެކްގެ ސުވާލަށް ސާދުނާވެސް ކުރީ ސުވާލެކެވެ. “ވަރަށް ސަޅި ދިޔަލެއް. އޭތް ސަދޫ އަދި ވަރަށް މަޖާ ވާހަކައެއް އެބައޮތޭ، އެއްކަލަ އޮޓޯ ހޯދަން އެހީވެދިނެއްނު ކުއްޖެއް ދޯ، އެ ކުއްޖާ އަކީ އަހަރުމެން ކްލާސް ކުއްޖެކޭ”. އަސްލުވެސްތަ؟ ސާދުނާ ދެލޯ ބޮޑުކޮއްލަމުން އަހާލިއެވެ. “އޭނަ ވެސް އެހެންވީމަ އެގަޑީ ކޮލެޖަށް ދާން ލަސްވެގެން ދޯ އެ އުޅޭނީ، އެފަކީރު… އަހަރުމެނަށް އޮޓޯ ދިނީ” ސާދުނާ ގެ ހިތުގައި އިވާން އާއި މެދު ރަހުމު އުފެދުނެވެ.

އޭނައަށް ކިޔާ ނަން އެނގޭތަ؟ އިރުކޮޅަކު ހުރުމަށް ފަހު ސާދުނާ އަހާލިއެވެ.

” ޔޫސުފް އިވާން ކިޔަނީ، އެހާ ބޮޑު އެހީއެއް ދިން މީހެއްގެ ނަން ހަނދާން ކޮއްގެން މިއައީ ސަދޫ ގާތު އެވާހަކަ ދައްކަންށޭ” މެހެކް ހިނިތުން ވަމުން ބުނެލިއެވެ.

“ކޮބާ ކިހިނެއް ދުވަސް ދިޔައީ، އުނދަދޫތަ؟” ގެއަށް ވަދެވުމާއެކު ނަސީރުބޭ ހިނިތުން ވަމުން އަހާލިއެވެ.

“ނޫން ވަރަށް ހިތް ހަމަޖެހޭ”.

އެއްޗެއް ކާލަން އާދޭ ތާޒާ ވެލައިގެން” ޝިޔާމައްތަ ކައްކާބައިގައި ހުރެ ގޮވާލިއެވެ.

ކޮޓަރިއަށް ވަން ގޮތަށް މެހެކް މަންމަ އަށް ގުޅަން ފެށިއެވެ. މަންމަ، ގުޅާލުމާއެކު އޭނާ ފެށީ ކޮލެޖް ގައި އޭނާއަށް ދިމާވި ކަންކަމުގެ ވާހަކައެވެ. ފޫހިކަމެއްނެތި އިނދާ ގަޑި ފާއިތުވެގެން ދިޔަ ވާހަކައެވެ. މަންމަ ވެސް ހުރީ ނުލާހިކު އުފާ ވެފައެވެ. އެފަދަ ހާލަތުގައި ދަރިއަކު އުފަލުގައި ހުންނަކަން އެނގުމަށްވުރެ ބޮޑު އުފަލެއް މަޔަކަށް ލިބޭނެ ހެއްޔެވެ.؟

ދެމައިން ވާހަކަ ދައްކާލުމަށް ފަހު ދެން މެހެކް ގުޅީ އާހިލް އަށެވެ. “މަގޭ ރާނީ އަށް ގުޅިއްޖެ ދޯ، ކިހިނެއްވަނީ ކޮލެޖްގެ ފުރަތަމަ ދުވަސް؟” އާހިލް ލޯތްބާއެކު އަހާލިއެވެ. ” ދުވަސް ދިޔަގޮތް ވަރަށް ހިތްހަމަޖެހޭ، އަހަންނަށް އިންތިޒާރް ކޮށްކޮށް ވަރުބަލިވެއްޖެ ދޯ”  ” މެހެކް އަށް އިންތިޒާރުކޮށް އަހަރެން ދުވަހަކުވެސް ވަރުބައްޔެއް ނުވާނެ” އަޑަށް ބާރުލާފައި އާހިލް ބުނެލިއެވެ. “ވައިބާރ އަޅާބަ ތި ފޯނަށް” މެހެކް އެދުނެވެ. އޭރުން ވީޑިއޯ ކޯލް ވެސް ކުރެވޭނެ، އަބަދު ޗެޓްކޮއްގެން ވާހަކަވެސް ދެއްކޭނެ.

“ވައިބަރ ގެންގުޅެން ތަ ލަވް؟ އޯކޭ މިއަދު ވައިބަރ އަޅާނަން އެހެންވީމަ”

ހަމަ އެދުވަހު އާހިލް ވައިބާރ އެޅިއެވެ. އޭގެފަހުން ދެމީހުން، އެތައް އިރަކު ޗެޓްކޮށް ހަދައެވެ. ވީޑިއޯ ކޯލް ކުރެއެވެ. އެހާ ދުރުގައި ތިބެވެސް، ހީވަނީ އަބަދުވެސް ގާތުގައި ތިބެވޭ ހެންނެވެ. ދުވަހެއް ދުވަހަކަށް ދެމީހުންގެ ލޯބި ދިޔައީ އިތުރުވަމުން، ވަރުގަދަވަމުންނެވެ. އެކަކު އަނެކަކާ ނުލާ ނޫޅެވޭ ވަރަށެވެ.

މެހެކް ކޮލެޖަށް ދާތާ ހަފްތާއެއް ހައި ދުވަސް ވެއަތުވެގެން ހިނގައްޖެއެވެ. އާދައިގެ މަތިން އެއްދުވަހަކު މެހެކް ހުރީ ކޮލެޖް ނިންމި ގޮތަށް  ސާދުނާގެ އިންތިޒާރުގައި ބަސް މަޑުކުރާ ތަނުގައެވެ.

“ހައި” ދާދި ގާތުން ފިރިހެނެއްގެ އަޑު އިވުނެވެ. މެހެކް ސިހިފައި ބަލާލިއިރު ކައިރީގައި ހުރީ އިވާން އެވެ.” ހައު ޔޫ؟” އިވާން  އަހާލިއެވެ. ” ފައިން އިންޝާ ﷲ” މެހެކް ކުރު ޖަވާބެއް ދިނެވެ. “ޔޫ ފްރޮމް؟”

“އެމް ފްރޮމް މޯލްޑިވްސް” މެހެކް އެހެން ބުނެލުމާއެކު އިވާން ހޭން ފެށިއެވެ. “އެހެންތަ؟” ދިވެހި ބަހުން އިވާން އަހާލުމާއެކު، މެހެކް ހުރީ ގަބޫލު ނުކުރެވިފައެވެ. “އަހަރެންވެސް މޯލްޑިވްސް އޭ” މެހެކް ހައިރާންވެފައި ހުއްޓާ އިވާން ހެމުން ބުނެލިއެވެ.

“ކިހާ ހިސާބަކުތަ ތިއުޅެނީ؟”

“މިތާ ކައިރީގައި” ކައިރި ކުރަމުން ދިޔަ ބަހާ ދިމާއަށް ބަލާލަމުން މެހެކް ބުނެލިއެވެ. ” ދެން ކޮންމެ ދުވަހަކު ބަސް ސްޓޮޕްގަ ކީއް ކުރަނީ؟” އިވާން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. “އަހަރެންގެ ވަރަށް ގާތް ފްރެންޑެއް އަންނާނެ މި ބަހުން، އެހެންވެ”

އިރުކޮޅެއް ނުވެ ސާދުނާ އައިސް އެމީހުންގެ ގާތުގައި ހުއްޓުނެވެ. އޭނާ އިވާން އާއި ދިމާއަށް ބަލާލިއެވެ.

މީ ތަ ފްރެންޑް؟ އިވާން ކޮއްލި ސުވާލުން ސާދުނާ ވެސް ސިހުނީއެވެ. އޭނާ ދިވެހިބަހުން ވާހަކަ ދެއްކީމައެވެ. އާ، މީ މަގޭ ފްރެންޑް ސާދޫ ، ސަދޫ މީ އިވާން، ހަމަ މޯލްޑިވްސް ” މެހެކް ތަޢާރަފް ކޮއްދިނެވެ. އެވަގުތު ސާދުނާ ހީލިއެވެ. ވަރަށް ލަދުރަކި ގޮތަކަށެވެ.

ފުރަތަމަ ފަހަރަށް ސާދުނާގެ މޫނުމަތިން ލަދުވެދިކަން ފެނިފައި މެހެކް އަށް ވީ މަޖާ ކަމަކަށެވެ. އޭނާ ގާތަށް ހިނިއައެވެ. ނަމަވެސް ހިތްވަރު ކޮއްލައިގެން ހުރީއެވެ. ” ތި ދެކުދިން އެކީގަތަ ދަނީ؟” އަނެއްކާވެސް އިވާން ސުވާލުކުރިއެވެ. ” ހުމްމް” ޖަވާބު ދިނީ ސާދުނާ އެވެ. ” ދެން އަހަރެންވެސް ދާނީ ތި ދެ ކުދިންނާއެެކު، އޯކޭ ތަ؟” އިވާން އެހެން އަހާލުމާއެކު މެހެކްއަށް އުނދަގޫވިއެވެ. އަދި އިސްޖަހާލެވުނީ އެކަމަށް އޭނާ ނުރުހޭތީއެވެ. “އޯކޭ” ސާދުނާ އެއްބަސް ވިއެވެ.

އެންމެން އެކީގައި ހިނގައި ގަތެވެ. ” ސަދޫ ވެސް އުޅެނީ މެހެކް އާއި އެކުތަ؟” އިވާން ވާހަކަ ދެއްކީ ސާދުނާ އާ އެވެ. ” ނޫން އަހަރެން އުޅެނީ ވަކިން، އެހެރަ އިމާރާތުގެ ދެވަނަ ފޮލޯފައި” ސާދުނާ ހުރީ އިވާން ކުރި ކޮންމެ ސުވާލަކަށް ވަރަށް ތަފްސީލްކޮށް ޖަވާބު ދޭން ތައްޔާރަށެވެ.

“ދެން މެހެކް ކޮންތާކު އުޅެނީ؟”

“މެހެކް އުޅެނީ މިހިރަ ބޮޑު އިމާރާތުގެ ފަސް ވަނަ ފޮލޯގަ، ދޯ މެހެކް” އަތުގެ އިޝާރާތުން ސާދުނާ ދައްކާލިއެވެ.

މެހެކް ހިތް ހަމަނުޖެހުނެވެ. މާގިނަ މަޢުލޫމާތް އިވާންއަށް ދިނުން އެއީ ރަނގަޅުގޮތް ނޫން ކަމަށް އޭނާއަށް ގަބޫލް ކުރެވުނެވެ. އެވާހަކަތަކަށް އޭނާ އެއްޗެކޭ ނުބުނީ އެހެންވެގެންނެވެ.

ހިނގަމުން ގޮސް މެހެކް އުޅޭ އިމާރާތާ ހަމައަށް އާދެވުނެވެ ” އަހަރެން ދެން ދަނީ އިނގޭ”

“ސަދޫގެ ނަންބަރ ދީފާނަންތަ؟” މެހެކް ހިނގައިގަތުމާއެކު އިވާން ސާދުނާ ގާތު ބުނެލިއަޑު އިވުނެވެ.

މެހެކް ލިފްޓަށް އެރިއިރުވެސް އެދެމީހުން ވާހަކަ ދައްކަން އެތާނގައި ތިއްބެވެ.

“އާ. ދަރިފުޅާ، މައްސަލައެއް ނެތް” މެހެކް ގެއަށް ވަން އިރު ނަސީރުބޭ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ޝިޔާމައްތަވެސް އިނީ ނަސީރުބޭ ގާތު ސޯފާގައި އިށީ އިނދެލަގެންނެވެ. ހެވިލާފައެވެ. މެހެކް ވަނުމާއެކު އަތުގެ އިޝާރާތުން އިށީއިނުމަށް ޝިޔާމައްތަ ބުނެލިއެވެ.

“ނަސީރުބޭ މެންގެ ދަރިފުޅާ ތަ ތި ވާހަކަ ދައްކަނީ؟ ކޮންތާކުތަ އެމީހުން އުޅެނީ؟ ” ނަސީރުބޭ ފޯން ބޭއްވުމާއެކު ޖަވާބު ބޭނުންވެގެން، އުޅުނު ސުވާލު ކޮއްލަން މެހެކްއަށް ފުރުސަތު ލިބުނެވެ. މި ވެއަތުވެދިޔަ ދެ ހަފްތާގައި ވެސް އެމީހުން ދަރިއެކޭ ކިޔާފައި ނަން ވެސް ނުގަނެއެވެ. އެކަމާ، މެހެކް ހުންނަނީ އެފަދަ ފުރުސަތަކަށް ބަލަބަލައެވެ.

ކުއްލިއަކަށް ނަސީރުބޭ އިސްޖަހާލިއެވެ. ޝިޔާމައްތަގެ މޫނު މަތިން ހިނިތުންވުން ގެއްލުނެވެ. “އެބަ އަންނަން އިނގޭ” ޝިޔާމައްތަ ވަގުތުން ގޮސް ކޮޓަރިއަށް ވަނެވެ. އެ ދެމީހުންނަށް ކުއްލިއަކަށް އައި ބަދަލް ފެނިފައި. އަޖާއިބުވެފައި މެހެކް އަށް އިނދެވުނީއެވެ އަދި އަހާލެވުނީ، ނާހަންވީ އެއްޗެއްކަން އޭނާއަށް ވިސްނުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shafu

Level 110 Stories100 Comments

Other Articles

Previous

އެޕާރޓްމަންޓް 4ބީ

Next

ވަންހަނާ (7)

Next
January 5, 2017

ވަންހަނާ (7)

Previews
January 5, 2017

އެޕާރޓްމަންޓް 4ބީ

7 Comments!

  1. 4t says:
    January 5, 2017 at 5:44 pm

    Varah reethi

  2. maashy says:
    January 5, 2017 at 9:44 pm

    V v salhi.

  3. Inu says:
    January 5, 2017 at 9:46 pm

    V nice adhi… V dhuvass koffa vaahaka kiyan mi feshy…

  4. Mare says:
    January 6, 2017 at 12:03 pm

    Fine in Sha Allah… Mihn tha bunaany? I think alhamdhulillah or maa Sha Allah mithanun knmx ekahcheh beynun kureveyny…

  5. އާ8 says:
    January 6, 2017 at 4:15 pm

    Nice. Waitn for the next part

  6. rainaa says:
    January 6, 2017 at 8:34 pm

    Rythi kobaa aneh part..

  7. Nabu says:
    January 7, 2017 at 1:02 pm

    Nice…waiting for next part

Comments are closed.

Next Episodeފިރިމީހާގެ ހައްޤުގައި (7)←


All Right Reserved!