Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި މަންމީ ބުނަން…. (1)

meemi Level 1
January 5, 2017 One Min Read
9 Comments

މި ހުރިހާ ކަމެއް ހިތުގެ ކަނެއްގައި އަތުރާލައިގެން އިން މަލަކާ ސިހުނީ އޭނާގެ ކޮނޑުގައި މީހަކު ކޮއްޓާލުމުންނެވެ. ” މަލަކާ އާދޭ ނިދަން…ހުރިހާ ކުދިން މިހާރު އެ އޮށޯންނަނީ..” މޫނުގައި ވިދަމުންދާ ދާތިކިތަށް ފޮހެލަމުން ހަފީޒާ ބުނެލީ އަމުރުވެރި ގޮތަކަށެވެ. “އާން..އަހަރެން މި ދަނީއްޔޭ…” ބިއްލޫރި ގަނޑުގެ ޒަރިއްޔާއިން ކޮރިޑޯއަށް އެޅިފައިވާ ހަނދުގެ ރިހި އަލި ފަރުދާގެ އެހީގައި ފޮރުވާލަމުން މަލަކާ ބުނެލި ރުންކުރު ގޮތަކަށެވެ.

މިއީ އޭނާަގެ ދިރިއުޅުމެވެ. އުމުރުން ދެ އަހަރުން ފެށިގެން އޭނާ އުޅެމުންދިޔައީ ވިލިމާލޭގައި ހުންނަ ކުޑަކުދިން ހިޔާގައެވެ. އެހެންކަމުން އޭނާމީހުންގެ ތެރޭ ލޭބަލް ވެގެން ދިޔައީ ‘ހިޔާ ކުއްޖެއް’ ގެ ނަމުންނެވެ. އޭނާގެ މިޒާޖާއި އަޙްލާޤީ ފެންވަރު އޭހާ ރަނގަޅެއް ނޫނެވެ. އެތާ އުޅޭ ގިނަ ކުދިންނާ އެއްފަދައިން އޭނާ ވެސް ހުންނަނީ ބުރުގާ އަޅާފައެއް ނޫނެވެ. ލަނީ ކިރިޔާ އައުުރަ ނިވާ ވާވަރުގެ އެއްޗިއްސެވެ . ކޮންމެ ކަންފަތެއްގައި ފަސް މުދިގަނޑު ލާފައިވެއެވެ. ދިގު އެއްޗިއްސާއި ކުރުއެއްޗިއްސެވެ. އެކި ކުލަކުލައިގެ އެއްޗިއްސާއި ކިރިޔާ ފެންނަ ވަރުގެ އެއްޗިސްސެވެ. ކަރުގައި ހަތަަރު ވަރަކަށް ފަށް އަޅާފައިވާއިރު ލޯވަށާ ވަނީ އަނދުން އަޅާފައެވެ. އެފަން ފަށުވި އިސްތަށިކޮޅު އޮތީ ވައި ގޯނާކުރަން ފުރުސަތެއް ނުދީ އައްސާފައެވެ. އޭނާގެ ހިތިފަތު ބުމަ އޮތީ ހިމަރޮއްޖެއްހާ ހިމަކޮއްލާފައެވެ .

“އޭތް..ދެން ނުގޮވަބަލަ މަށަށް….” ކަކުލުން ތިރީގައިވާ ހުދު ކުލައިގެ ރަޖާ ގައިގައި އޮޅާލަމުން މަލަކާއަށް ގޮވަން ހުރި ހަފީޒާއާ ދިމާލަށް އޭނާ ބުނެލީ ރުޅިވެރިކަމާއެކީއެވެ. “ކަލޭ ބޭނުން ހާއިރަކު ތެދުވަން އޮންނާނެކަމެއް ނެތް.. މިތާ އުޅޭ ލާމިޝް ކަލޭ މެންނަ ގޮވާށޭ ބުނީމަ މިގޮވަނީ..އެހެންނޫނަސް މިހާރު އެއަށް ބާރަޖެހީ…” ހަފީޒާ މަލަކާ ގައިގައި ކޮއްޓާލަމުން އެހެން ބުނެ އޭނާ އަވަސްވެގަތީ އެތާތިބި އެހެން ކުދިންނަށް ގޮވާށެވެ.

“މަލަކާ؟ލާމިޝް ސަރ އެބަ ގޮވާ…ބުނީ މަލަކާ ކައިރި ބުނާށޯ ސަރ ގެ އޮފީހަށް އަންނާށޯ..”ކުޑަކުދިން ހިޔާއާއި ހާވާލުވެހުރި ލާމިޝް ގޮވާ ވާހަކަ ހަފީޒާ އައިސް ބުނިއިރު އޭނާގެ މޫނުގައި ފަނޑު ހިނިތުންވުމެއް ވެއެވެ. އިސްތަށިގަނޑުގައި ފުނާ އަޅަން ހުރި މަލަކާ ލާމިޝްގެ އޮފީހާ ދިމާލަށް މިސްރާބު ޖެހީ ލަސް ފިޔަވަޅު ތަކެއްގައެވެ. ކޮންމެ ފިޔަވަޅަކާ އެކީ އޭނާގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. ނޭނގޭ ކަހަލަ ޖަޒްބާތީ ބާނީ އެއްވަނީ އޭނާގެ ހިތުގެ ކޮންމެ ތެޅުމަކާއެކު އަށަގަންނަން ފަށާފައެވެ.

 

 

 

Share Article

Follow Me Written By

meemi

Level 1

Other Articles

Previous

އެވިއްސާރަ ރޭ…

Next

ލައިފް (ފުރަތަމަ ބައި)

Next
January 5, 2017

ލައިފް (ފުރަތަމަ ބައި)

Previews
January 5, 2017

އެވިއްސާރަ ރޭ…

9 Comments!

  1. Shahina says:
    January 5, 2017 at 2:39 pm

    Hiyaaga ulhay kudinah agothah ulhayvaytha.

  2. maashy says:
    January 5, 2017 at 4:04 pm

    Mi noon foto eh hama nulibunutha laakah? Kamaku nudhey vaahaka vx.. miheneh nuvaane dhn

  3. mary says:
    January 5, 2017 at 7:01 pm

    Mee knchehtha

  4. Nuxu says:
    January 5, 2017 at 9:02 pm

    stry is perfect. keep it up. dont be sad. You may get get bad cmnts and good cmnts. dont worry abt that. Kithanme varakah bad cmnts libunas bunan tha vaahaka eh, mi vaahaka kiyaafa rythi vefa cmnt nukuraa ethah baeh vaane mi dhuniyeyga. so next part thankolheh dhigu kohllyma hama best vaane. yageenun ves nuxu ah varah rythi mi vaahaka. keep it up

    1. afy says:
      January 5, 2017 at 11:44 pm

      Dhn nuxu kiyaadhybala hiyaaga ulheytha partey vattar kudhin vx.. mivaahaka rythikan nuxu ah engunyma ma hama ajaibu vehje.. defolhuvaiy liyelaa irah

    2. meemi says:
      January 6, 2017 at 3:02 pm

      meemi ah ingey asl gina readers gabool vx nukuraane kn…bt meemi ulhenii muhyddin school ga..ethananh dhaany villingili hiyaaga ulhey kudhin..soo thibeyne baivaru frndx..hiyaa ga ekdhin ulheyiru ulheny beynun vahtharakah…ethaa ulhey staff ge kamaki to mk sure they dont go out…ehnvyma meemi qabool eh nukuran mivaahaakaiga massalaeh hurikamakah..

  5. Eyna says:
    January 6, 2017 at 12:49 pm

    V reethi…

  6. sham says:
    January 6, 2017 at 3:45 pm

    Burugaa naalha hure aura nuvaaveytha…kiyaa aura nivaavaa varahvure rangalhuveea oriyaan nivaavaavarey liyun nama…

  7. Razu says:
    January 29, 2017 at 5:21 pm

    Habeese…….
    Meemi vahaka litany varah mohlu

Comments are closed.



All Right Reserved!