Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި (10)

Mimmi ❤️
February 9, 2017
5 Mins Read
85 Views
46 Comments

އަހަރެންނަށް  ޔާނު ފެންނަށް ޖެހޭ ހެއްޔެވެ. ލޮލަށް ނުފެންނާތީ ހުވަފެނުންވެސް ޔާނު އަހަރެންނަށް އުނދަގޫ ކުރަންފެށީހެއްޔެވެެ. މިހާރުވެސް އޭނަ އަހަރެންނަށް ކުރި ވަރު ކުޑައީހެއްޔެވެ. އަހަރެން ކިތަންމެ ވަރަކަށް ޔާނުއަށް ނަފްރަތު ކުރަން ބޭނުންވިޔަސް އެއީ މި ވީ ހާތަނަށް އަހަރެންނަށްް ކާމިޔާބު ކުރެވިފައިނުވާ ކަމެކެވެ. ނަމަވެސް ހުވަފެނުގަ އަހަރެންނާ ޔާނުގެ އެފަދަ ގާތް ކަމެއް އިހްސާސް ކުރެވުމުން ކުރީގެ ހަނދާންތަށް އާވާންފެށިއެވެ.

” ޔަލް..ކޮން ވިސްނުމެއްގަ.. އާ ޔޫ އޯކޭ” ހައިކަލް ކައިރީ އިންކަންވެސް ހަނދާންވީ ހައިކަލްގެ އަޑުއިވުމުންނެވެ.

” ޔަލް..ކޮން ވިސްނުމެއްގަ.. އާ ޔޫ އޯކޭ” ހައިކަލް ކައިރީ އިންކަންވެސް ހަނދާންވީ ހައިކަލްގެ އަޑުއިވުމުންނެވެ.
“ދެންމެ ފެނުނު ހުވަފެނާ ދޭތެރޭޭ ވިސްނާލީ.. ހުވަފެެނުން ހައިކް ގޮވާލީމާ ބަލާލަން ހަދާލި އިރަށް ތި ގޮވީ.. ނޫންނަމަ ހައިކްގެ މޫނު ފެންނާނޭ” ޔާނުގެ ހިޔާލުތަކާ ދުރަށްދާން މަސައްކަތް ކުރަމުން ހައިކަލް އާ ދިމާލަށް ތުން އޫކޮށްލާފަ އެހެން ބުނެލީމެވެ.

” ނަސީބެއް ނުފެނުނުކަން.. ނޫންނަމަ އަހަރެންް ފެނިފަ ބިރުން ޔަލް ދުވެފިލާނެ” ހައިކަލްވެސް އަހަރެންގެ ސަމާސާގަ ބައިވެރިވެލިއެވެ.

” އަސްލު ވާހަކައެއް ބުނަންތަ.. ޔަލްއަށްވެސް އަހަރެން ނުފެންނާތީ ކަންނޭންގެ މިހާރު ތިހާ ވަރުން ތިއުޅެނީ.. އެކަމް ފެނުނީމަ ދެން ތިހެން ވާހަކަވެސް ނުދައްކާނެ ކަންނޭންގެ.. އަހަރެން މިހާ ހުތުރު ވީމައެއްނު މި ހުރިހާ ދުވަހު ވެސް ރައްޓެހިވާނެ ކުއްޖަކު ނުލިބިފަ މިހިރީ” ހައިކަލް ދެރަވެލާފަ އެހެން ބުނިގޮތުން އަހަރެންގެ ހިތަށްވެސް އަސަރު ކުރިއެވެ.

” ވާ..ވާ..ވާ  އަހަރެން ހީކުރީ އަންހެން ކުދިން އެކަނިކަމަށް އެކްޓް ކުރަން މޮޅުވާނީ.. ތިއްތިކޮން އިރަކު ތިހާ މޮޅަށް އެކްޓް ކުރަން ދަސްކުރީ” ޔާޝާ ބުނެލިއަޑު އިވުނެވެ.

” އާ… މި ޔާއްކޮ އާ ހެދި މީހަކަށް ސަމާސާއެއްވެސް ނުކޮށްލެވޭނެ” ހައިކަލް ހުރީ ޔާޝާއަށް އަޑު އިވުމުން ކުޑަކޮށް ލަދުގެންފަކަން އޭނަގެ އަޑުން ދޭހަވެއެވެ.

” ޔަލް ހިނގާ ސައިބޯންދާން.. މަންމަ އެބަހުރި ހެދިކާ ހަދާފަ…” ޔާޝާ އެހެން ބުނުމުން އޭނާއައީ އަހަރެން ބަލާ ސައިބޯންދާންކަން އިނގުނެވެ.

” ޔަލް ލޮލަށް ބޭސް އަޅައިގެން ދާންވާނީ” ހައިކަލް އެހެން ބުނުމުން އަވަހަަށް އަންނާށޭ ކިޔާފަ ޔާޝާ ނިކުމެގެން ދިޔައެވެ.

ހައިކަލް އޯގާތެރި ކަމާއެކު އަހަރެންގެ ލޮލަށް ބޭސް އަޅާދިނެވެ. އެ ގާތް ކަމުން އަހަރެންގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ.

” ފައިވް ވަރަކަށް މިނެޓްސް މަޑުކޮށްލާފަ ދޯ ދާނީ.. އޭރުންނެއްނު ބޭހުގެ އަސަރެއްވެސް ކުރާނީ” ހައިކަލް ބޭސް އަޅާ ނިންމާލާފަ ބުނެލިއެވެ. ދެން ތަނަށް ވެރިވީ ހަމަ ހިމޭނަް ކަމެވެ. އެ ހަމަ ހިމޭންކަމުން އަހަރެންގެ ހިތަށް އުނދަގޫވިނަމަވެސް އަމިއްލައަށް އިސްނަގައިގެން ވާހަކަ ދައްކާކަށް ނުކެރުނެވެ.

” ދަރިފުޅާ ހިނގާ  ޔަލް ގޮވައިގެން ސައިބޯންދާން.. ނައީމާއްތަ މިހާރު ސައި ހަދާފަ ޔާޝާވެސް ފޮނުވައިފިން ދަރިފުޅުމެން ބަލާ” ނައީމާއްތަ އެއައީ މިހާރު ހައިކަލް ސައިބޯން ނުގޮސް ލަސް ވެގެންނެވެ. ނާއީމާއްތަ މުޅިންވެސް ހައިކަލްއާ މުހާތަބު ކުރަނީ ދަރިފުޅާއޭ ކިޔާފައެވެ. ހީވަނީ ނައީމާއްތަގެ އަމިއްލަ ދަރިއެއްހެންނެވެ.

” އާން ދެންމެ ޔާއްކޮ އައޭ.. އެކަމް ޔަލް ލޮލަށް ބޭސް ނާޅާ ހުރީމަ ބޭސް އަޅަން ވެގެން މަޑުކޮށްލީ” ކަން ވީގޮތް ހައިކަލް ނައީމާއްތައަށް ކިޔާދިނެވެ.

ހައިކަލްްއާއެކު ސައިބޯން ދިޔައިރު ޔާނުއާ ޔާޝާ ވެސް ކޮންމެސް ވާހަކައެއް ދައްކަން ތިއްބެވެ. ނައީމާއްތަވެސް ސައި ގެނެސްދީފަ އަހަރުމެންނާއެކު ސައިބޯން ބައިވެރިވިއެވެ.

” ނައީމާއްތަ އަހްމަދުބެ ކޮބާ.. އަދި އައިފަހުން ނުވެސް ދެކެން ވިއްޔާ” ހައިކަލް ކާން އިނދެފަ ނައީމާއްތަ ކައިރީ އަހާލިއެވެ.

” އަހްމަދުބެ ވީ އޮފީސް ފަރާތުން ލަންްކާގަ އޮތް ހަފްތާއެއް ދުވަހުގެ ޓްރެއިނިންގް ޕޮރޮގުރާމްއަކަށް ގޮސް.. އަންނާނެ ކަންނޭންގެ މިހަފްތާ ތެރޭގަ” ނައީމާއްތަ ހައިކަލްކޮއްލި ސުވާލުގެ ޖަވާބުދިނެވެ.

” ދަރިފުޅާ ޔާނު.. ކިހިނެތްވެފަ ތި އިންނަނީ.. އަނެއްކާ ބަލީތަ”  ނައީމާއްތައަށް ޔާނުއަށް ކޮންމެސް ބަދަލެއް އައިސްފަވާހެން ހީވެގެން ސުވާލްކޮށްލިއެވެ.

” އެބުނާހެން ދޮންބެއަށް ކަމެއް ވީތަ.. ޔާއްކޮއަށްވެސް ފާހަގަ ކުރެވޭ މިހާރު ދޮންބެ މާ މަޑުން ހުންނަކަން” ޔާޝާއަށް ވެސް ޔާނުގެ އެ ބަސްމަދުކަން ފާހަގަ ކުރެވުނެވެ. އަނެއްކާ ޔާނުގެ މިޒާޖަށް އެހާ ބޮޑު ބަދަލެއް އެއައީ އަހަރެންގެ ސަބަބުން ހެއްޔެވެ. މިގޭގަ ހުރީމަ އޭނަ ހިތްހަމަ ނުޖެހެނީ ކަންނޭންގެއެވެ. ގައިމުވެސް އޭނައަށް އަހަރެންދެކެ ރުޅިއެރުމުގެ އެއްވެސް ހައްޤެއް ނޯންނާނެއެވެ.

” ނޫން.. އެއީ ހަމަ ހީވާގޮތް..” ޔާނު އެކަން ސިއްރުކުރަން މަސައްކަތް ކުރިއެވެ.

އެރޭ ކައިގެން ޔާޝާއާއެކު އަހަރެންވެސްކޮޓަރިއަށް ދިޔައީ ނިދަން ކަމަށެވެެ. ކޮންމެ ދެގަޑި އިރުން ޔާޝާ ބޭސް އަޅަން ގޮވާތީ އެރޭ ރަނގަޅަށްނުވެސް ނިދުނެވެ.

އާދުވަހަކަށް އިރު އެރީ އަހަރެންގެ ހަޔާތަށްވެސް އާ އުންމީދުތަކެއް ގެނެސްދެމުންނެވެ. ހެދުނު ސައިބޮއެގެން ހައިކަލް ދިޔައީ އަހަރެން ގޮވައިގެން ހޮސްޕިޓަލަށެވެ. ނައީމާއްތަވެސް މިއަދު އަހަރުންނާއެކު އައީ އޮޕްރޭޝަން ކުރާތީއެވެ. ޔާނު ނައިކަންއެއީ ނަސީބެކެވެެ. އަހަރެން ބޭނުން ވަނީ ވީހާވެސް ބޮޑަށް ޔާނުއާ ދުރުން އުޅޭށެވެ. ނަމަވެސް ތަޤުދީރުގެ ރޭވުންވެސް އަހަރެންނަށް ކެހި ދިނީއެވެ. ޔާނުގެ ހަނދާންތަކާ ކިތަންމެ ދުރަށް ދާން ބޭނުންވިޔަށް އެ އަޑު އިވޭ ކޮންމެ ފަހަރަކުވެސް އެ ހަނދާންތަށް އާ ކުރުވައެވެ. ޔާނު ކޮންމެ ގޮތަކަށް އަހަރެންނާމެދު ކަންކޮއްފަ އޮތް ނަމަވެސް ޔާނު މަންމަ އަހަރެންނަށް ނުލާހިކު ރަނގަޅެވެ. ހައިކަލްއާ ނައީމާއްތަ ހެޔޮ ކަމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ހައިކަލް ނެތް ނަމަ މިއަދު އަހަރެން އުޅޭނެ ހާލެއްވެސް ނޭންގެއެވެ.

އޮޕަރޭޝަން ތިއޭޓަރއަށް ވައްދަންދެން ހައިކަލްއާ ނައީމާއްތަ އަހަރެން ކައިރީ އެތަށް ވާހަކައެއް ދައްކަން ތިއްބެވެ. އެމީހުން މަސައްކަތް ކުރީ އަހަރެން ހިތްހަމަޖައްސަދެވޭތޯއެވެ. ނަމަވެސް އަހަރެންގެ ހިތްވަނީ ނުތަނަވަސް ވެފައެވެ.

” ޔަލް ދެން ތިހާ ބިރުގަންނަ ވަރު ކަމެއް ނޫނޭއެއީ.. އެމީހުން އިންޖެކަޝަންއެއް ޖެހީމަ ޔަލް އަކަށް ނޭންގޭނެ ވާނުވާއެއް.. ދެން ޑޮކްޓަރވެސް އޮތީ ވަރަށް ޔަގީންކަން ދީފައެއްނު ފެންނާނެކަމަށް.. ސޯ ތިވަރަށް ނުވިސްނާ ހަމަ ޖެހިލައިގެން އިނދެބަ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ހައިކަލް އަހަރެންގެ އަތުގަ ހިފައިގެން އިނދެ އަހަރެންނަށް ވިސްނަދެމުން ދިޔައެވެ.

” އެކަމް ޔަލް އަދިއަލަށްވެސް އޮޕްރޭޝަންއެއް ނުކުރަމޭ.. އެހެންވެ ބިރު ގަންނަނީ..” އަހަރެން ބިރުގަންނަ ސަބަބު ހައިކަލް ކައިރީ ބުނީމެވެ.

” ޔަލް ކޮންމެ ކަމަކަށްވެސް ފުރަތަމަ ފަހަރެއް އަންނާނޭ..ދިރިއުޅުމުގެ އިމްތިހާންތަކާ ކުރިމަތިލެވޭނީ ވަރަށް ހިތްވަރުގަދަ ކުއްޖަކަށް ވެގެން” ހައިކަލް އެބުނީ ތެދު ވާހަކައެކެވެ. ދިރި އުޅުމުގެ ކަންތަކާ ކުރިމަތިލެވޭނީ ހިތްވަރު ގަދަ ކުއްޖަކަށް ވެގެންނެވެ. މިއަދު މަންމަ އާ ބައްޕަ ނެތަސް އެމީހުން ފަހުރުވެރިވާ ފަދަ ދަރިއަކަށް ވާން އަހަރެން ބޭނުމެވެ. ނަމަވެސް އެކަންވާން އަންނަނީ ލޮލުގެ ފެނުން ލިބި މޮޅަށް ކިޔަވައިގެންނެވެ. މާތް ﷲ އެއްވެސް އިންސާނަކަށް ނޫފުއްލެވޭވަރުގެ ބުރައެއް ނުޖައްސާނެއެވެ. އިރާދަ ކުރެއްވިއްޔާ އަހަރެންގެ ލޮލުގެ ފެނުން ލިބުނު ދުވަހަކުން އަހަރެން ކިޔަވާ މޮޅުކުއްޖަކަށް ވާނަމެވެ. ބައްޕަ ބޭނުންވާފަދަ މޮޅު ޑޮކްޓަރަަކަށް ވާނަމެވެ. އަހަރެންގެ ހިތަށް ވިސްނަދެމުން ދިޔައީމެވެ.

 

ހައިކަލް ބުނިގޮތަށް އޮޕެރޭޝަން ތިއޭޓަރ އަށް ވެއްދުމަށްފަހު އެމީހުން އިންޖެކްޝަންއެއް ޖެހިފަހުން އަހަރެންނަށް ވީގޮތެއް ނޭންގުނެވެ. ހޭލެވުނު އިރު މީހަކު އަހަރެންގެ ބޮލުގަ ފިރުމާލަ ފިރުމާލަ އިނެވެ.

” ހައިކް” އަހަރެން މަޑު މަޑުން ހައިކަލްއަށް ގޮވާލީމެވެ.

” ހައިކަލް ނަމާދުކޮށްލަން ދިޔައީ.. މިހާރު އަންނަން އުޅޭނެ..” ނައީމާއްތަ ބުނެލިއެވެ.

” އައި ކާންޓް ސީ އެނީތިންގް ނައީމާއްތާ” އަހަރެންނަށް އަދިވެސް ފެންނަނީ ކަޅު އަނދިރި ކަމެވެ. ނަމަވެސް ލޮލެއް ނުހުޅުވެއެވެ. ލޯ މަތީގަ އެއްޗެއް އަޅާފައިންހެން ހީވެގެން އަތް ޖަހާލިއިރު ހުރީ ބޭސް އަޅާފައެވެ.

” ޔަލް އަދި އޮޕްރޭޝަން ކޮށްގެން ނިކުންނަ ބޮނޑިން ނުފެންނާނެ އެއްނު.. ވީކް އެއް ފަހުން ތި ބޭސް ގަނޑު ނަގަން ޖަހެނީ.. ޑޮކްޓަރ ބުނީ ބެޭސް ގަނޑު ނެގީމައޭ އިނގޭނީ ލޮލަށް ފެންނަކަން ނޫނީ ނުފެންނަކަން” ހައިކަލްގެ އެ ބަސް ތަކުން އަހަރެންގެ ނުތަނަވަސްކަން އިތުރުވިއެވެ. އެހެންވީމަ ޑޮކްޓަރަށްވެސް އޮޕްރޭޝަން ކާމިޔާބު ވި ކަމާދޭތެރޭ އެއްވެސް ޔަގީން ކަމެއްނެތީތާއެވެ.

“އިން ޝާ ﷲ ފެންނާނެ… މާތް ރަސްކަލާންގެ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރަށްވާނެ” ނައީމައްތަވެސް އަހަރެންގެ ބޮލުގަ ފިރުމާލަމުން ހިތްވަރު ދިނެވެ.

” ޔަލް މާ ބޮޑަށް ވިސްނާފަ ނުރޮށްޗޭ.. ޔަލް ރޯތަން ނުފެނުނަސް ލޮލަށް އޭގެ އަސަރު ކުރާނެ” ހައިކަލް އެހެން އެ ބުނީ އަހަރެން ވިސްނާނެކަން އިނގޭތީއެވެ. މި ކުޑަ ދުވަސްކޮޅު ތެރޭ ހައިކަލް ހާދަ ބޮޑަށް އަހަރެން ދަސްކޮށްލައިފިއެވެ. ކަމަކާ ދެރަވެފަ ނޫނީ ކަމަކާ ވިސްނަން އިނަސް އޭނައަށް އެކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އަހަރެންގެ ހިތުގެ ބިރުވެރިކަން އުފެދިފައިވަނީ ހައިކަލްގެ އެ ގާތް ކަމަށް ބަދަލެއް އައިސްދާނެތީއެވެ. އަހަރެންގެ ލޮލުގެ ފެނުން ލިބުމަށްފަހު ހައިކަލްގެ އެ އޯގާތެރިކަމާ އަޅާލުން ނުލިބިދާނެކަމަށް ހިތް ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟ މިހާރު އަހަރެންނަށް އެވަރަށް ހައިކަލް އާ މެދު މި ވިސްނެނީ ކީއްވެ ހެއްޔެވެ؟ އަބަދު ހައިކަލްއަށް އިންތިޒާރު ކުރެވެންވި ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އެ ފިރިހެންވަންތަ އަޑު އެހުމަށް އަހަރެންގެ ހިތްވަނީ ބޭޤަރާރުވެފައެވެ. ނޫނެކެވެ. އަަހަރެންނަށް މިވެވެނީ ލޮއެއްބެއް ނޫނެވެ. އަހަރެން ލޯބިވާކަށް ބޭނުމެއްނޫނެވެ. ލޮލެއްބަކީ ކެހިވެރިންގެ އަޅުވެތި ކަމުގަ ވާއެއްޗެކެވެ. އަލުން އެ ކެހިވަރު ކުޅިގަނޑުތެރަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

” ސުބްހާނަﷲ … ދަރިފުޅު  އަތުގަ މިހިރީ ކިހިނެތްވެފަ” ނައީމާއްތަ އަހަރެން އަތު ހުރި ލަކުނުތަށް ފެނިގެން ސުވާލްކޮށްލިއެވެ.

” ތީ ޔަލްއަށް ނުވިސްނޭ އިރު ކުރެވުނު ގޯސް ކަމެއް ދޯ ޔަލް” ހައިކަލް  އަހަރެންގެ ދިފާއުގަ ވާހަކަ ދެއްކިއެވެ.

” ދެން އެކަހަލަ ކަމެއް ނުކުރަށްޗޭ.. މި ރީތި އަތުގަ މިހެން ލަކުނު ހުރީމަ ކިހާ ހަޑި..” ނައީމާއްތަ އެެހެން ބުނުމުގެ މާކުރިންވެސް އަހަރެންވަނީ ނަފްސަށް ގެއްލުން ދިނުން ހުއްޓާލާފައެވެ. އެކަމަށް މަގުފަހި ވީވެސް އެދުވަސްކޮޅު އީމާންތެރިކަން ކުޑަވީމައެވެ. ބައްޕައަށް އަހަރެން އަތް ފެންނަ ދުވަހު ހާދަ ދެރަވާނެއެވެ. ބައްޕަގެ ދަރިފުޅު މި ދުނިޔޭގެ އިމްތިހާން ތަކާ ކުރިމަތި ލާނެހިތްވަރު ނެތިގެން އަމިއްލައަށް މަރުވަން އުޅުނުކަން އިނގިއްޖިއްޔާ ބައްޕަގެ ހިތް ކުދި ކުދި ވާނެކަން ޔަގީނެވެ.

 

ދެދުވަހު އެޑްމިޓް ކޮއްފަ ބޭއްވުމަށްފަހު ޑޮކްޓަރު ގެޔަށް ދިޔުމުގެ ހުއްދަ ދިން ނަމަވެސް ހައިކަލް ބޭނުންވީ ހޮސްޕިޓަލްގަ މަޑުކުރާށެވެ. ޑޮކްޓަރާ ވާހަކަ ދައްކައިގެން ލޮލުގެ ބޭސްގަނޑު ނެގެންދެން ހޮސްޕިޓަލްގަ މަޑުކުރާގޮތް ހަމަޖެއްސިއެވެ. ނާރީވެސް ދޭތެރެ ދޭތެރެއިން ހައިކަލްއަށް ގުޅާފަ އަަހަރެންގެ ހާލު ބަލާ ހަދައެވެ.

ހޮސްޕިޓަލް އޮންނަތާ ތިން ދުވަސް ވީ އިރު ހީވަނީ ތިން މަސް ވީހެންނެވެ. ދުވަސް ހިނގާލެއް ހަމަ އެހާ ލަހީ ހެއްޔެވެ.

” ޔަލް ދީބަ ފޯން ޔާނުއަށް ގުޅާލަން.. އަހަރެން ފޯން ބާއްވާފަ އާދެވުނީ ގޭގަ.. އޭނަ ޔާއްކޮ ގޮވައިގެން އަންނައިރު ގެނެސް ދެވޭނެއެއްނު އޭރުން” ހައިކަލް ބުނެލިއެވެ.

” ޔަލް ފޯންއިން ނުގުޅޭނެއްނު.. ރޯމިން ނުހަދައޭ އިނީ” އަަހަރެން ބުނީމެވެ.

” ސާބަސް ޔަލްއަށް.. މި ހޮސްޕިޓަލްއަށް ވައިފައި ލިބެއޭ” ހައިކަލް އެހެން ބުނުމުން އަހަރެން މާ ބޮޑު ވިސްނުމެއް ނެތި ފޯން ދިނީމެވެ.

“އޯ މައި ގޯޑް ޔަލް.. ސޯ މެނީ ނޯޓިފިކޭޝަންސް…” ހައިކަލް ވައިފައި އޮން ކުރުމުން ނޯޓިފިކޭޝަން އަންނަވަރުން ބުނެލިއެވެ.

” ހެހެ.. ކިހާ ދުވަހެއް މިވަނީ ޔަލް އޮންލައިން ނުވާތާ.. ދެން އެހެނެއްނު ވާނީ..” އަަހަރެން ވީގޮތް ބުނީމެވެ.

” ޔާނު ނަމްބަރވެސް ނޭންގެ ހަނދާން ހުރި ކަމެއް.. އާން ޔެސް އޭނަ ރާއްޖޭ ނަމްބާރއޭ ވައިބާގަ އިންނަނީ” ހައިކަލް އެހެން ބުނުމުން އަަހަރެން ކަންބޮޑުވިއެވެ. ޔާނު ނަމްބަރ ބަދަލު ކުރި ފަހުންވެސް އަހަރެން އޭނައަށް މެސެޖެއް ކުރީމެވެ. އެ މެސެޖް ޑިލިޓް ކުރި ހަނދާނެއް އަަހަރެންނެއް ނެެތެވެ.  އަނެއްކާ އޭނަ މިހާރު އެ ނަމްބަރ ގެންގުޅެންޔާ ހައިކަލްއަށް އެ މެސެޖް ފެންނާނެއެވެ.

” ޔާނު ކީއްވެތަ؟ ކީއްވެތަ ތިހެން ތި ކަންކުރީ..؟ ވަޓް ޑިޑް އައި ޑޫ ރޯންގްް؟ އައިލް ޑޫ އެނީތިންގް ފޯ ޔޫ. ޖަސްޓް ޑޯންޓް ލީވް މީ” ހައިކަލް އަހަރެން ޔާނުއަށް ފޮނުވާފަ އިން މެސެޖް ތަންކޮޅެއް ބާރަށް ކިޔާލިއެވެ. ހީވީ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ.

 ނުނިމޭ 

63
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

ޢަޞްރު (އެކާޅީސްވަނަ ބައި)

Next

ކަލާޔާނުލާ ދިރުމެއްނެތެވެ. (16)

Next
February 9, 2017

ކަލާޔާނުލާ ދިރުމެއްނެތެވެ. (16)

Previews
February 8, 2017

ޢަޞްރު (އެކާޅީސްވަނަ ބައި)

46 Comments

  1. jee says:
    February 9, 2017 at 12:16 pm

    yes finally. Thankx pretty miadhu ekam adhi ehbai kiyaalan libeyne kamah unmeedhu kuran

    1. pretty says:
      February 10, 2017 at 12:20 am

      Thanks Jee. maadhan upkohdheynan ingey In Sha Allah ^-^

  2. Aff says:
    February 9, 2017 at 12:18 pm

    Omg!!! Haadha reehchey mi story. Thankolheh avahah up kohdhybala next part pleeeeeeeeeeeeèeeeexxxxxx

    1. pretty says:
      February 10, 2017 at 12:21 am

      Thanks Aff ^-^ In Sha Allah maadhan upkohdheynan ingey

  3. Almaa says:
    February 9, 2017 at 12:39 pm

    V v nice

    1. pretty says:
      February 10, 2017 at 12:22 am

      Thanks Almaa ^-^

  4. lara says:
    February 9, 2017 at 1:00 pm

    thankolheh avahah up kurevidhaanetha v salhi

    1. pretty says:
      February 10, 2017 at 12:23 am

      Thanks Lara ^-^ Yah maadhan upkoh dheynan ingey

  5. 44 says:
    February 9, 2017 at 1:56 pm

    Hama nujehey thankolheh ebain..kury parteh ga buny yal yaanu ah kiyanee Yamin Kaman…ekam smg liyefa in yaan ge namuga

    1. pretty says:
      February 10, 2017 at 12:25 am

      Yah dhw. Alhe mistake akun ehn liyevifa e iny. next partga ebai rangalhukohla dheynan ingey

  6. ham says:
    February 9, 2017 at 2:05 pm

    Alhey haadha reechey dhw……

    1. pretty says:
      February 10, 2017 at 12:28 am

      Thankx ham ^-^

  7. Shammu says:
    February 9, 2017 at 3:13 pm

    mi partves varah reethi. waiting

    1. pretty says:
      February 10, 2017 at 12:29 am

      Thankx Shammu ^-^

  8. koohtha says:
    February 9, 2017 at 3:18 pm

    Dhen avahah yalvee ah haik fenna goi hadhaaba mihaaru ebayah inthizaaru kurevenee

    1. pretty says:
      February 10, 2017 at 12:32 am

      Adhi fennaane ey. kuda inthixaareh kohlan jeheyni ^-^

  9. Its Me says:
    February 9, 2017 at 4:01 pm

    Varah unique story eh. aneh bai varah kiyaahiyvefa mihiry. miadhu upkohdhehchey ingey pretty

  10. Its Me says:
    February 9, 2017 at 4:03 pm

    varah unique story eh pretty

    1. pretty says:
      February 10, 2017 at 12:33 am

      Adhi fennaane ey. kuda inthixaareh kohlan jeheyni ^-^

  11. AYAA says:
    February 9, 2017 at 4:13 pm

    v reethi….. meehama no 1… vaahaka kiyamun dhaairu v reehchah vaahakaige thereah vadhevey.. v reethi ingey…. good luck

    1. pretty says:
      February 10, 2017 at 12:35 am

      Thank you so much ayaa for always supporting me ^-^

  12. shifna says:
    February 9, 2017 at 4:18 pm

    Hai pretty
    adhi miadhu mi sory kiyan mifeshy.. varah salhi story eh

    1. pretty says:
      February 10, 2017 at 12:45 am

      Thankx Shif ^-^

  13. Yalvee ^-^ says:
    February 9, 2017 at 4:26 pm

    One of the my fvrt story from esfiya. ekam maa lahun upload kurany

    1. pretty says:
      February 10, 2017 at 12:51 am

      Thankx Yal.. Sorry guys varah try kuran time ah upkuran.. ekam bxykamun hama nukureveny midhuvaskolhu ^-^

  14. rimOO says:
    February 9, 2017 at 4:37 pm

    yalveege lolah fennaanetha? yalvee ah ehaa dheragoi nuhadhahhcey pretty

    1. pretty says:
      February 10, 2017 at 12:53 am

      Rim Storyge dhen huri baithah kiyaalyma ingeyne thi suvaaluthakuge javaabu ^-^

  15. Hykal says:
    February 9, 2017 at 4:44 pm

    Nice

    1. pretty says:
      February 10, 2017 at 12:54 am

      Thankx Hykal ^-^

  16. Anu says:
    February 9, 2017 at 5:00 pm

    WoW???

    1. pretty says:
      February 10, 2017 at 12:55 am

      Thankx Anu ^-^

  17. jee says:
    February 9, 2017 at 5:06 pm

    Pretty alhe miadhu kihaairaku ane bai upkohdheyni

    1. pretty says:
      February 10, 2017 at 12:57 am

      In Sha Allah maadhan ^-^

  18. Afoo says:
    February 9, 2017 at 5:14 pm

    pretty ehaa lahun genes dhin iruves thankolheh dhigukoh genesdhinnama. pretty kairy abadhu jeheny kuruvegen shakuvaa kuran

    1. pretty says:
      February 10, 2017 at 1:00 am

      Really sorry Afoo ^-^

  19. Me says:
    February 9, 2017 at 8:01 pm

    Alhe haadha kurey mi baivx… waiting for nxt part.. thankolheh avahah up kohdhehchey pretty

    1. pretty says:
      February 9, 2017 at 8:34 pm

      Thankx ❤
      In sha allah maadhan adhi eh part upload kohdheynan ?

  20. Faathee says:
    February 9, 2017 at 9:16 pm

    Alhey haik yal aa dhuru vaane baa.. no no ehen viya nudhechey

    1. pretty says:
      February 10, 2017 at 1:19 am

      In Sha Allah dheragotheh nuvaane ^-^

  21. Me says:
    February 9, 2017 at 9:41 pm

    Pretty dear. . Is this real story?

    1. pretty says:
      February 10, 2017 at 1:21 am

      Yah based on a true story ^-^

  22. Rozaina says:
    February 9, 2017 at 9:57 pm

    V v v reethi igay mivaahaka adhives thankolheh dhigukoh liyedheebala plx

    1. pretty says:
      February 10, 2017 at 1:26 am

      Thankx Roz ^-^

  23. Reehan says:
    February 10, 2017 at 12:39 am

    Pretty kobr new episode. V salhi. Kiyaalaa hithun keimadhuvefa

    1. pretty says:
      February 10, 2017 at 1:26 am

      Thanks Reehan. In Sha Allah maadhan upkohdheynan ingey ^-^

  24. Reehan says:
    February 10, 2017 at 7:51 pm

    Pretty

Comments are closed.

All Right Reserved!