Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެއީ ކީއްވެ….؟ 10 ވަނަ ބައި

Rozy
March 20, 2017
3 Mins Read
34 Views
6 Comments

“ދަރިފުޅާ ތިޔަ ހިމޭންކަމުގެ ސިއްރަކީ ކޮބާ؟ ހިތުގައި ގިލަންވެރިކަމެއް ވާނަމަ މިދައްތަޔާ ވާހަކަ ދައްކާލާ މާބޮޑު ކަމެއް ނުކޮށްދެވުނަސް ޔަގީނުންވެސް ހެޔޮދުޢާ ކޮށްދޭނަން. މި ކޮނޑު ހުންނާނީ ދަރިފުޅުގެ ހައްގުގާ. މީގައި ބޯ ބާއްވާލާފަ ހިތްހަމަ ޖެހޭވަރަށް ރޯލާ. ދަރިފުޅުގެ ބޮޑުދައިތަގެ ރަނގަޅު ކަން ދަރިފުޅަށް އެހީވުމަށް ދުންޔާ މިގޭގައި ބެހެއްޓުން.މިހާރު ފުރިހަމަ 9 މަސްވީ ދެން ކޮއްކޮ އެގޭގެ ކަންތަައްވެސް ކުރަންޖެހޭނެ އަބަދަކު ހިލޭގެއެއްގަވެސް ނުހުރެވޭނެނެނު.ބޮޑުދައިތަވެސް އެގޭގައި އެއުޅެނީ އެކަނިވިއްޔަ. މިހާރު ބޭބީގެ ކަންތައް ދަރިފުޅަށްވެސް ކުރެވޭނެ. ގެތޭރެގެ މަސަައްކަތުގައި އަހަރެން ދަރިފުޅާއެކު ވާނަން.”

“ބޮޑުދައިތަ ކިއްވެ ދުންޔާ ފޮނުވާލަން ތިޔަބުނަނީ..؟ އަަހަރެން ނަށް އެނގޭ ބޮޑުދައިތަ ހިންހަމަ ނުޖެހޭ ކަންތަށް މިގޭގެތެރޭ އެބަ ހިނގާކަން އެކަމަކު ބޮޑުދައިތަ ބޭނުމެއްނުވޭ އަހަރެންނަށް ކިޔާދޭކަށް ތިޔަހެން މާދުރުން ދުރުން ދެއްކިޔަސް އަހަރެންގެ ސިކުނޑިޔަކަށް ނުވިސްނޭނެ.”

“އަހަރެންގެ ބޮލުގައި ޖަހާފައިމިހިރަ ނުރަޔަކީ މީހަކު އުކާލި ވެއްޔެއްނޫން އެކޮއި މިއީ ދައިތަވެސް މުސްކުޅިވެގެން ހަމަ ތަޖުރިބާގެ އަލީގައި ޖަހާފައިވާ މުސްކުޅި ނުރަ. އަލިފާން ތިބޭތަނެއްގައި ޕެޓްރޯލް ގެންގުޅޭކަށް ނުވާނެ އެހެންނޫނަސް ދުންޔާ އެއީ ޒުވާން އަންހެންކުއްޖެއް ވަރަށް ގިނަ ޒުވާންކަމުގެ މަރުހަލާ ކަޑައްތު ކުރާނެ އެހެންނޫނަސް އޭނާ މިހާރު އެހެރީ ފިރިފުރާވަރަށް އަރާފަ މީހަކާ އިންނަންބޭނުންވާ ހިސާބައްގޮސްފަ ވިމާ އޭނާގެ  މަންމަ އޭނާއަށްޓަކާ ކުއްޖަކު ހޯދާ ވާހަކަވެސް ދައްކާނީ އެގެޔަށް އޭނާ ދިޔަމަކާ ނޫންތަ”

“ސާބަސް ބޮޑުދައިތާ ދޭބަލަ މަށަށް ކިރުތައްޓެއް ގެނެސްދޭން.”

ނިޝާ ބޮޑުދައިތަ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑުވާލިއެވެ. ފަރީދާވެސް ހިމޭންކަމާއެކު ބަދިގެފަރާތަށް ދިޔައިއެވެ ވިސްނުމެއްގެ ތެރެއަށް ގެއްލިގެންދިޔައީ ނިޝާ އެވެ. ބޮޑުދައިތަ އެދެއްކީ ކޮންފަދަ ވާހަކައެއްބާވައެވެ. އަހަރެންގެ ހިތާ ސިކުނޑިގެ މިއަރާރުމުގެ ޙަބަރު ބޮޑުދައިތަޔަށް ލިބިފައިވަނީ ކިހިނަކުން ބާވައެވެ. އަހަރެންގެ އަމިއްލަ މަންމަ އެއްނެތެވެ. އެކަމަކު މަންމަގެ ހުރިހާ ކަމެއް ބޮޑުދައިތަގެ ފަރާތުން އަހަރެންނަށް އިހްސާސް ކުރެވެއެވެ. މިއީ އިއްތިފާގެއްބާވައެވެ. އަހަރެން ބޮޑުދައިތަ އެބުނިހެން ދުންޔާ ފޮނުވާލާނީއެވެ. އޭނާއަށްވެސް ރަނގަޅުވާނީ އެގޮތެވެ.

ދުންޔާ ފޮށިހިފައިގެން މަޑުހިގުމެއްގައި ގެއިން ނިކުންނަނިކޮށް ދޮރާށި ހުޅުވާލާފަ ވަނީ ޝާހިދު އެވެ. ޝާހިދު ހުއްޓުން އަރާފަ އި ބޭރަށް ފޮށި ހިފައިގެން ނިކުތް ދުންޔާއަށް ބަލާލާފަ ވީކީއްތޯ ސުވާލު ކޮށްލިއެވެ. އޭނާ އިޝާރާތްކޮށްލީ ގެޔާދިމާލަށެވެ.

“ތީނަގެ ލޯބިވާ ކަމަނާ ފާނު ބުނީ މިގެއިންނިކުންނާށޯ..”

“އެޔޯ .. އަނެއްކާ އޭނާއަށް ކަމެއް ފެނުނީތަ؟”

“ކަމެއް ފެނިގެނެއްނޫން މިގޭގަ އެއުޅޭ މުސްކުޅިމީހާ އޭނާގެ ބޮަލަށް ސަވާރުވެގެން މިއުޅެނީ”

“ދުންޔާ އެއްވެސް ތާކަށް ދާނެ ކަމެއްނެތް.. މަޑުކުރޭ މަ ވާހަކަ ދައްކާނަން”

ޝާހިދު ދިޔައީ ނިޝާ ކޮޓަރީގައި ހުއްޓާ އޭނާ ކާރިޔަށެވެ. ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ނިޝާ އެނބުރި ދޮރުން ވަދެގެން އައިމީހާއާއި ދިމާލަށް ބަލާލިއެވެ.

“ބުނިންތަ ދުންޔާ ކާރީ މިގެންއިން ދާން..”

“އާނ ބުނިން ކޮބާތޯ އޭގެ މައްސަލަޔަކީ”

“މައްސަލަ އޮތްވާހަކަ އެއްނޫން މަބުނީ އެކަމަކު އަދި ވިހާ ގަދަނުވަނީސް އޭނާ ފޮނުވާލުން ރަނގަޅު ނުވާނެތީ..”

“އެޔަކު މައްސަލައެއްނެތް ބޮޑު ދައިތަވެސް އުޅެނީ އެކަނި އެހެންނޫނަސް ފަރީދާ ދައްތަ އަހަރެންގެ ކަންތައް ކުރާނެ”

ނިޝާ ޝާހިދުގެ ވާހަކަ މެދު ކަނޑާލާފަ ބުނެލިއެވެ.

“ތިޔައީ ހެއްވާ މައްސަލައެއް ހަމަ ފަރީދާ ދައްތަ ހުއްޓާތާ ދުންޔާ މިގޭގައި ބެހެއްޓުވީވެސް މިހާރު ކޮބާ މައްސަލަޔަކީ އަމިއްލަޔަށް ބުނެބަލަ.. ބުނަންތަ މިގޭގެ ވެރިޔަކީ އަހަރެން މިގޭގައި ތިބެވޭނެ އަހަރެން ބުނާ އެންމެނަށް އަޑު އިވިއްޖެތަ”

ޝާހިދުގެ އެންމެ ފަހުގެ ނިމުން ނިންމި ކަހަލަ އެވެ.

“އެހެންތޯ އަޅުގަނޑު ހީކުރީ މިގޭގެ ވެރިޔަކީ އަޅުގަނޑޭ އަދި ކަންތައް ނިންމަނީ އަޅުގަނޑުވެސް އެންމެ އެދޭގޮތަށޭ.. ”

ނިޝާގެ ވާހަކައަށް ޖަވާބެއްނުދީ ޝާހިދު އެކޮޓަރިން ނިކުމެގެން ދިޔައީއެވެ.

ޝާހިދުގެ އޮފީސް މިހުން ކުޑަ ހަފްލާއެއް ތައްޔާރު ކުރިއެވެ. އެއޮފިހުގެ އެންމެ ސީނިއަރ އަދި އެންމެ ގިނަ ދުވަސްވީ މީހާގެ އުފަންދުވަހެވެ. އެވެސް އަންހެނެއްކަމުން އޭނާ ބޭނުންވި ހުރިހާ މުވައްޒަފުންގެ އަނބިންވެސް އެހަފްލާއަަަށް އައުމެވެ.މިކަމާ މުވައްޒަފުންގެ އަނބިންގެ އެކުވެރިކަމުގެ ހަފްލާއެއް ހަމަޖައްސާލީއެވެ.

މިހަފްލާއަށް ޝާހިދު އައީ ނިޝާގެ ބަދަލުގައި ދުންޔާ ގޮވައިގެންނެވެ. މިކަމާ ހަފްލާއަށް ދެންއައިސްތިބި އަންހެންވެރިން ހަޖޫ ކިޔާ ޗުކްޗުކް ލައްވަންފެށިއެވެ. މިމަންޒަރު ރަމްޒީއަށް ފެނުނެވެ

“އެކުވެރިޔާ އާދެބަލަ އެއްފަރާތަކަށް އަހަރެން ވަރަށް މުހިންމު ވާހަކައެއްދައްކަން ބޭނުން” މިހެން ބުނެލާފަ ރަމްޒީ ޝާހިދު ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.

“އެކުވެރިޔާ ބުނަންތަ ބުއްދިވެރި ވާހަކައެއް.. ކަލޭގެ އެނދު ފަޅުފިލުވަން އަމިއްލަ ކޮޓަރީގައި ދުވާލަކު ގައުމެއްގެ، ރަށެއްގެ  އަދި ޖިންސެއްގެ މީހެއްވައްދާ މަޖާކުރިޔަށް މައްސަލައެއްނެތް..ހުތުރެއް ނުވާނެ ފެންނާނެ ލޮލެއްވެސް ނުވާނެ  އެކަމަކު މިކަހަލަ އެއްވުންތަކަށް އެއްހާސް ލޯހުންނާނެ ވާހަކަޔާ ބަސްގިނަ އަންހެން ވެރިން އަންނާނެ. ކޮންމެ މީހަކު ލާފަ ހުންނަ ހެދުމުން ހީވާނީ މިއީ އެންމެ މާތް އިންސާނާ ހެން ވިމާ ޙާއްސަ ކުރާތި ހަލާލު އަނބިމީހާ  މިކަހަލަ އެއްވުންތަކަށް އަންނަން މިކަމުން ތިމާގެ ގަދަރާ އިއްޒަތް އުފުލިގެން ވާނީ ރަންޑިން ރަގަޅުވާނީ ވަގުތީ ބޭނުމަށް”

ރަމްޒީ، ޝާހިދު ކާރީ ދެއްކި ވާހަކަ ދުންޔާ އަށް އަޑުއިވުނެވެ. މިކަމާ އޭނާ ހިތްހަމަ ނުޖެހުނީތީ ހަފްލާދޫކޮއްލަން ޝާހިދު މެންނަށް ޖެހުނެވެ.

ފަރީދާ އާއި ނިޝާ ބޭބީ ގޮވައިގެން ކޮޓަރިއާއި ދިމާލަށް ދިޔައެވެ. މިކޮޓަރިއަކީ ނިޝާ ބަލިވެ އިނީއްސުރެ ނިޝާއަށް ވަނުން މަނާ ކޮޓަރިއެވެ. ފުރަތަމަ ބަލިވެއިނުމުން ސިޑިން މައްޗަށް އަރަން ޖެހޭތީ ކަންތައް ބޮޑުވަނީއެވެ. މިހާރު ވިހެއީމާ ދަރިފުޅު ރޯވަރުން ޝާހިދުއަށް އުނދަގޫވެދާނެތީ ނިޝާއަދިވެސް އޮންނަންޖެހުނީ ގޭގެ ފުރަތަމަ ފުލޯގައި ބޭބީއާއި އެކު އެކަންޏެވެ. ފަރީދާ ދައްތަ ނިދަނީ ސިޓިންރޫމްގައި ގޮދަޑި އަޅާލައިގެންނެވެ. ދުންޔާ ނިދަނީ މަތީބައިގައި ހުންނަ ޝާހިދު ކޮޓަރިއާއި ޖެހިގެން ހުންނަ ކޮޓަރީގައި އެފުލޯގައެވެ.  އެކަމަކު މިއަދު ނިޝާ ބޭނުންވީ އެކަންތައް ބަދަލު ކުރާށެވެ. ނިޝާ ބޭބީއާއި އެކު ނިދަންޖެހޭނީ ޝާހިދު އާއި އެއްކޮޓަރީގައެވެ. ބޭބީގެ ރުއިމުން ނިޝާއަށް އަސަރު ކުރާވަރަށް ބޭބީގެ ބައްޕައަށްވެސް އަސަރު ކުރަން ޖެހޭނެއެވެ. ދިރިއުޅުމުގެ ފަލްސަފާއަކީ މިއީއެވެ.

އެކޮޓަރީގެ ދޮރު ހުޅުވާލާފައި ފަރީދާ ދައްތަ އާއި ބޭބީގެ ފަހަތުން ނިޝާ ކޮޓަރިއަށް ވަނެވެ. ނިޝާއަށް ހަޅޭއްލަވައިގަނެވުނެވެ. މުޅި ކޮޓަރި ޒީނަތްތެރި ކޮށްފައިވަނީ ދުންޔާގެ ތަފާތު ވައްތަރަށް ނަގާފައި ހުރި ފޮޓޯތަކުންނެވެ. ނިޝާގެ އެއްވެސް ހިލަމެއް މިކޮޓަރީގައި ނެތެވެ.

ނިޝާ ހުރިހާފޮޓޯތަށް ނަގާ ބިންމައްޗަށް އުކަމުން ދިޔައެވެ. އެވަގުތަކީ ބޭރުގައި ތިބެފަ އި ދުންޔާ އާއި ޝާހިދުއަށްވެސް ގެޔަށް އައިސް އެކުއެކީގައި ވަދެވުނު ވަގުތެވެ.

ފޮޓޯތައްޖެހުނީ ކޮޓަރިއަށް ވަން ދުންޔާގެ ފައިގައެވެ. ޝާހިދު އާއި ދުންޔާ އެކަކު އަނެކަކަށް ބަލާލިއެވެ. ކަންތައް ގޯހުން ގޯސްވެއްޖެ ކަން އެމީހުންނަށް އެނގުނެވެ.

ނުނިމޭ

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އިންތިޒާރުގައި ހުރިން 18

Next

ވޭނީ ލޯބި(2)

Next
March 20, 2017

ވޭނީ ލޯބި(2)

Previews
March 20, 2017

އިންތިޒާރުގައި ހުރިން 18

6 Comments

  1. rain says:
    March 20, 2017 at 4:43 pm

    V salhi.. digukohdyba

  2. Huh? says:
    March 20, 2017 at 6:25 pm

    Haadha kurey ehaa lahun upload vaairuves ?

  3. Maree says:
    March 20, 2017 at 6:54 pm

    V inthizaarukuran vaahakaeh mee v reethi

  4. Erzi says:
    March 20, 2017 at 7:21 pm

    salhi ..

  5. Eyna says:
    March 20, 2017 at 11:04 pm

    Rozy vaahaka liyun huttaalan feney. Thy writers ah huthuru aruvaa faraatheh. Kameh dhimaavias bunelaanama readers hiyhama jeheyne hen heevany. Kuriah oithaa kiyuntherin edheygothah kanthah kuraanekamah ummeedhukuran.

    1. Rozy says:
      March 22, 2017 at 10:45 am

      Eyna
      Bunelan benun vani dhevi commenta shukuriyya e… kiyan benun nethiya nukiyas ok ye…
      Thank you

Comments are closed.

All Right Reserved!