ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (03)
“އުޝާ މީ ދިޔާން..އެކަމު އަހަރެން ލޯބިން ކިޔަނީ ޔާން..އުޝާވެސް ބޭނުމިއްޔާ ލޯބިން ހަމަ ޔާން ކިޔަންވީ އިނގޭ” ދިމްރާ އެހެން އެބުނީ ދިޔާންއަށް ވީ ގޮތް ފެނިގެންކަން ދިޔާންއަށް އެނގުނެވެ. ދިމްރާ އެހެން ބުނުމުން އުޝާ ގާތަށް އައީ ހިންޏެވެ.
“ދެން! ދިޔާން މީ އުޝާ. މައި ބެސްޓީ..އެންޑް ޔާން އެއީ ކާކުކަން އުޝްއަށް އިނގޭނުން.. މިއީ އަހަރެން ދޮންބެގެ ހުރި ފޮނި ފިރިހެން ދަރި” ދިމްރާ އެހެންބުނުމުން ، ފެނުނީ ދިޔާން ހިނިތުންވެލާފައި އިސްޖަހާލިތަނެވެ.
“ކޮބާތަ އެ ރީ؟ ބުނި ކޮންމެސް ދައްތައަކާއިއެކު މަގުމަތީގައޭ. ދައްތަ ބުންޏޯ މިގެއަށް ލައިދޭނަމޭ “ ދިމްރާ އުޝާ އާއި ސުވާލު ކޮއްލަމުން ރީމްއާއި ދެމީހުން ފޯނުން ދެކެވުނު ވާހަކަވެސް ބުނެލިއެވެ. އެވަގުތު ދޮރުގައި ޓަކިދިން އަޑުވެސް އިވިގެން ދިޔައެވެ.
“އެއައީ ކަންނޭނގެ” އުޝާ މިހެންބުނެ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ ރީމް އެވެ.
“ރީ ލަސްވެގެން އެވާހަކަ އެ ދައްކަނީ ދިމް މިހާރުވެސް..އަވަހަށް ވަދޭ” އުޝާ މިހެންބުނެ ހިނިތުންވެލާފައި ރީމްގެ އަތުގައި ހިފައިގެން ދިމްރާމެން ކައިރިއަށް ދިޔައެވެ.
“އާދެވިއްޖެ ދޯ ރީ އަށް..ޔާން މީ އަހަރެންގެ އަނެއް ބެސްޓީ..ނަމަކީ ރީމް..ދެން ރީ މިއީ….”
“އަހަރެންނަށް އެނގިއްޖެ ކަންނޭނގެ “ ދިމްރާގެ އަނގައިގައި އެއްބައި އޮއްވާ ރީމް ބުނެލިއެވެ. އެއައްފަހު ވަރަށް ވިސްނާލާފައި ދިޔާންގެ މޫނަށް އޭނާ ބަލައިލިއެވެ.
“ޔާން!…ޔާން ދޯ”
“ހާހާ.. ހޫމް އެކަމު އެއީ އަހަރެން ލޯބިން ކިޔާ ނަން.ދޯ ޔާން “
“އެބަ އެނގޭ އަހަރެންގެ މަސް ވަރަށް ކާލާފަ ހުރިކަން “ ދިިޔާން އެހެން ބުނުމުން ތިންކުދިން އެއްފަހަރާ ހޭންފެށިއެވެ.
“އޯކޭ.. ދެން ދަނީ އިނގޭ..ދިމްގެ ފުރެންޑުންނާވެސް ދިމާވެއްޖޭނުން” ދިޔާން ، އުޝާއަށް މައުނަވީ ބެލުމަކުން ބަަލައިލަމުން ބުނެލިއެވެ. އެއައްފަހު އެގެއިން ނުކުތުމަށް ދިޔާން ހިނގައިގަތެވެ.
ތިންކުދިން ކޯކު ތައްޓެއް ހިފައިގެން އައިސް ވާހަކަ ދައްކަން ތިބީ ގޭ ސިޓިންރޫމްގައެވެ. ދައްކަންވެފައި އެތައް ބައިވަރު ވާހަކައެއް ހުއްޓެވެ. ތިންކުދިންގެ ދިރިއުޅުމުގައި ދިމާވި އެކި ވާހަކަތައް ކިޔައިދިނީ ހީ ސަމާސާ ކުރަމުންނެވެ.އަދި ހަމަ އެހެންމެ ތިންކުދިންނަށްވެސް އެއް ކުލާހަކުން ކިޔަވަން ލިބުންކަން އެނގުމުން އެކަމާވެސް ތިންކުދިން އިންތިހާއަށް އުފާ ކުރިއެވެ.
“ދިމް! ދެން އަހަރެމެންނަށް ތިގެއެއް ނުދައްކާނަންތަ..އުޝާވެސް ހީވޭ އެ އިނީ ވަރަށް ބަލައިލަން ދާ ހިތުންހެން..މިބުނީ ގޭ ވާހަކަ އިނގޭ” ރީމް އެބުނި އެއްޗެއް ދިމްރާއާއި އުޝާއަށްވެސް ނަގައިގަނެވުނެވެ. އުޝާ ރީމްގެ ގައިގައި މަޑުމަޑުން ޖަހާލިއިރު ދިމްރާ އާއި ރީމް ފެށީ ހޭށެވެ.
“އަހަރެން ނޫޅެން ދާހިތަކުންނެއް..އޭ ތިޔެއްނޫނޭ..ދިމް އައީ ދިމްގެ ދޮންބެދައްތަ ކައިރީ ނުބުނެއޭނުން..ދެން ކިހިނެއް ރަޖިސްޓްރީ ކުރީ” އުޝާ އެއްކުލާހަކަށް ތިން ކުދިން ދިޔަކަން އެނގުނީއްސުރެން ހިތުގައި އުފެދިފައިވާ ސުވާލު ކޮށްލިއެވެ.
“ދޮންބެ ލައްވާ ކުރީ..ޔުނީފޯމް ފަހަން މިންވެސް ފޮނުވިން. އަހަރެންނަށް ހީވަނީ ދޮންބެގެ ކަމެއްހެން މީ ތިން މީހުންވެސް އެއްކުލާހަކަށް މި ހޮވުނީ”
“އޯކޭ! ދެން ހިނގާބަ އަހަރެމެން ގެއަށް ދާންދޯ..އުޝްއަށް އެނގޭނެތަ އެ ހިސާބަށް ދާން..ނޫނީ ޔާންއަށް ގުޅަންވީތަ؟”
“ނޫނޭ! އަހަރެންނަށް އެނގިދާނެ އެ ހިސާބަށް ދާން. އެކަމު ސީދާ ގެއެއް ނޭނގޭނޭނުން” އުޝާ ދެމީހުންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“ތިހެންޏާ ތިވީ. އެހިސާބަށް ދެވުނީމަ އަހަރެންނަށް އެނގޭނެ ގޭ ވަކިކުރަން” އެއާއިއެކު ތިން މީހުންވެސް އަވަސްވެގަތީ އެގޭތެރެ ހަމަޔަކަށް އަޅުވާލާފައި ދިމްރާމެން ގެއަށް ދާށެވެ.
“އެ އިނގޭތަ! މިއަދު ބުނީމޭނުން ދައްތައަކާ އެކުއޭ ދޯ..އެގަޑީ ދިޔައީ ޔުނީފޯމް ނިމިފަ އޮތީމަ އެ ބަލާ..އުޝްމެން ގޭ ނަން ބުނީމަ ބުނީ ރީ މެން މިއުޅޭ ގެއާ ވަރަށް ކައިރިއޯ އެއީ ، ހިނގާލާފަ ދަންޏާ” ރީމް އުފާވެލާފައި ބުނެލިއެވެ.
“އޭރުން ސުކޫލަށް ދާން ރީ އަށް އާދެވޭނޭނުން އުޝާ ކައިރިއަށް ދޯ..ބައިދަވޭ ގޭ މީހުން ރަނގަޅު ދޯ ރީ އަށް” ދިމްރާ ކަންބޮޑުވެފައި އަހާލިއެވެ.
“ބޮޑުދައިތަ ވަރަށް ރަނގަޅު..ބޮޑުދައިތަ ދަރި ރާޝާ ކިޔާ ކުއްޖަ އެކަމު ހުންނަނީ ވަރަށް ފާޑަކަށް. ވަރަށް ރޫޑް ސްޓައިލެއް ގެންގުޅެނީވެސް. ހީވަނީ އަހަރެން ދިޔައީމަ ހިތްހަމަނުޖެހިފަ ހުންނަހެން.އެކަމު ދެން ތިބި ގޭގަ އުޅޭ އެންމެންވެސް ވަރަށް ރަނގަޅު..އަދި ހާާއްސަކޮށް ރީހާންބެގެ އަންހެނުން ވަރަށް ރަނގަޅު.އޭނަ ހުރީމަ ފޫއްސެއްވެސް ނުވޭ. އެހާ މަޖާވިއްޔަ..އަނެއްކާ އެހާ އަނގަގަދަ” ރީމް ހިނިތުންވެލާފައި ބުނެލިއެވެ.
“ތި ވާނީ ތި ރާޝާ ރީ ރީތިކަމުން ހަސަދަވީ ކަމަށް” ދިމްރާ އެހެންބުނެ ހޭން ފެށުމުން ރީމްއާއި އުޝާވެސް އެއްބައިވެ ހޭންފެށިއެވެ.
މާކަ ގިނައިރެއް ނުވެ، ތިންމީހުންނަށް ދިމްރާމެން ގެއާއި ހިސާބަށް އާދެވުނެވެ. ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ނަސީބަކުން ދެތިންފަހަރަކު ބެލްޖަހާލި އިރަށް ދިޔާން އައިސް ދޮރު ހުޅުވައިފިއެވެ.
“ކީއްވެ ތިއައީ.ގުޅާލިނަމަ ބަލާ ދިޔައީމުއްސޭ..އެކަނި ތިހެން އައުން ރަނގަޅެއް ނުވާނެ” ދިޔާން ކަންބޮޑުވުން ފާޅުކުރިއެވެ.
“އަހަރެން އެކަންޏެއް ނޫނޭ މި އައީ..އުޝް އާ ރީ ވެސް އައޭ.އެދެ މީހުން މިގެ ބަލާލަންށޯ” ދިމްރާ އެތެރެއަށް ވަންނަމުން ބުނެލިއެވެ. ދިމްރާ އެހެން ބުނުމާއިއެކު ދިޔާން އަވަސް އަވަހަށް ބޮޑަށް ދޮރު ހުޅުވާ ބަލައިލިއެވެ. އުޝާ އާއި ރީމް ދޮރުމަތީ ހުރިތަން ފެނުމުން ދިޔާން ހިނިތުންވެލާފައި އެދެމީހުންނަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.
“ޔާން!! ސޮރީ ބުނަން އަތުން އިޝާރަތް ކުރަނީ ކިހިނެއްތަ” ދިޔާން ދޮރު ތަޅުލާފައި އެނބުރި ބަލައިލިއިރު ދިމްރާ ހުރީ ޔުއާން ކުރިމަތީގައެވެ.އަތުން އޭރުވެސް ކޮންމެސް ވައްތަރުތަކެއް ޖައްސަަމުން ދިޔައެވެ.އުޝާ އާއި ރީމްވެސް ވާނުވާ ނޭނގިފައި ބަލަހައްޓައިގެން ތިއްބެވެ. އެހެނަސް ދިޔާންއަށް ނިއްކުރިމަތީ އަތުން ޖަހާލެވުނީ ވާނުވާ އޭނާއަށް ވިސްނުމުންނެވެ.
“ސޮރީ “ ދިމްރާ ދެއަތުން ދެ ކަންފަތުގައި ހިފާލަމުން ބުންޏެވެ.
“ވާހަކަ ނުދެއްކުނަސް އަހަރެން ދައްކާ ވާހަކަ އަޑުއިވޭނުން ދޯ. ސޮރީއޭ ބުނީމަ ބޯ ޖަހާލަބަ..އޭރުން އަހަރެންނަށް އެނގޭނެ މާފު ކުރީކަން. އަދި ކިރިޔާ އަހަރެންނަށް މި އިނގުނީ ތީ ވާހަކަ ނުދެއްކޭ ކުއްޖެއްކަން” ދިމްރާ އޭރުވެސް ހުރީ ޔުއާންގެ ކުރިމަތީގައެވެ. ކުރިއެކޭ އެއްގޮތަށް ކަންފަތުގައި ހިފާލައިގެންނެވެ.
ދިމްރާ ބުނި އެއްޗަކުން ޔުއާންއަށް ލޯ ބޮޑު ކޮށްލާފައި ބަލައިލެވުނީ ދިޔާންއާއި ދިމާލަށެވެ. އޭރު ދިޔާން އަނގަމަތީ އަތް އަޅާލައިގެން ހުރީ ހިނިގަނޑު ބޭރުވެދާނޭތީއެވެ.
“ވަޓް ދަ ހެލް! ކާކު ބުނީ އަހަރެން މީ ވާހަކަ ނުދެއްކޭ މީހެކޭ” ޔުއާން ފުންނޭވާއެއް ދޫ ކޮށްލަމުން ބުނެލިއެވެ. ޔުއާން އެހެންބުނުމުން ދިމްރާ ބަލައިލީ ދިޔާން އާއި ދިމާލަށެވެ.
“އަހަރެންނެއް ނުބުނަން އެހެންނެތް.. ދިމް އަމިއްލައަށް އެހެންބުނީ” ދިޔާން އެހެން ބުނުމުން ދިމްރާ ބޮލުގައި އަތުން ޖަހާލާފައި ދެލޯ މަރައިލިއެވެ. އަދި ލަސްލަހުން މަޑުމަޑުން ދެލޯ ހުޅުވާލީ ޔުއާން އިތުރަށް ކުރިމަތީ ނުހުރުމަށް އެދި ދުއާ ކޮށްލަމުންނެވެ.ނަމަވެސް ދެލޯ ހުޅުވާލިއިރު ޔުއާން ހަމަ އެ ހުރި ގޮތަށް ދިމްރާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
“އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާތި ، ދިމްރާ އަހުމަދު.. އަހަރެން މީ ވާހަކަ ދެއްކޭ މީހަކަށްވިޔަސް އަދި ނުދެއްކޭ މީހަކަށްވިޔަސް އެއީ ދިމްރާ އަހުމަދާ ބެހޭ ކަމެއްނޫން. އަދި އަހަރެންނާ މާ ގާތްވާން މަސައްކަތް ނުކުރާތި..އަހަރެން ކުޑަކޮންވެސް އިންޓްރެސްޓެއް ނެތް. މިގޮތަށް ރީއްޗަށް މި ވާހަކަ މި ބުނެދިނީވެސް ތީ ދިޔާންގެ ކޮއްކޮއެއް ވީމަ..އަދި ރަނގަކަށް ބުނެދެން..އަންހެންކުދިން އުޅޭގޮތަށް އުޅެބަލަ..އަންހެންކުއްޖެއްގެ ގައިގައި ހުންނަން ޖެހޭ އެއްވެސް ސިފައެއް ނެތެއްނު”
މިހެންބުނެ ޔުއާން އެއްކަނުން ހީލީ ދިމްރާއަށް މަލާމާތުގެ ހިނިތުންވުމެއް ދިނުމަށްޓަކައެވެ. އަދި އެނބުރި އައިކޮޅަށް ހިނގައިގަތީ ފަތަހައިގެ ހިނިތުންވުމެއް ވެރިކުރުވަމުންނެވެ.ނަމަވެސް ޔުއާން އެނބުރުންހެން ހީނުވެ ދިމްރާ ޔުއާންގެ އަތު މުލައްދަނޑީގައި ހިފައި ދިމްރާއާއި ވީ ފަރާތަށް އަނބުރާލިއެވެ.
“އޭ މިސްޓަރ! އަދި އަހަރެން ބުނަން ޖެހޭ ވާހަކަ އަޑު ނާހާ ތި ދަނީ..މިސްޓަރ އިންޓްރެސްޓެއް ނެތޭ ބުންޏަސް ގަބޫލެއް ނުކުރެވޭ. އޭގެ ބަދަލުގަ އަހަރެންގެ ވަރަށް މައުލޫމާތު ހޯދާހެން ހީވަނީ..އެހެން ނޫންނަމަ އަހަރެންނަށް ކިޔަނީ ދިމްރާ އަހުމަދު ކަމެއް ތިހާ ފަސޭހަލަކަށް ނޭނގުނީސް.. އަދި ބުނަން އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް ތި ޔުއާންއަކާ އެއީ ބެހޭކަމެއް ނޫން.. ޔުއާން ކީއްކުރަން ، އެހެން ފިރިހެނެއް ބުންޏަސް އަހަރެންގެ މި ސްޓައިލެއް ބަދަލެއް ނުކުރާނަން..އެ ހެޔޮ އަންހެންކުދިންގެ ގައިގައި ހުންނަންޖެހޭ އެއްވެސް ސިފައެއް ނެތަސް..ގޮޓް އިޓް”
ދިމްރާގެ އެ ބަސްތަކުން ، ޔުއާން ދިމްރާއަށް ރުޅިވެރި ނަޒަރެއް ދިނުމަށްފަހު ފެނުނީ ހަރުކޮށް ހިނގާލާފައި ގޮސް ދިޔާންގެ ކޮޓަރިއަށްވަދެ ދޮރު ޖަހާލިތަނެވެ. އެ ދިމާލަށް ބަލަންހުރި ދިމްރާ އެނބުރި ތިންމީހުންނަށް ބަލައިލިއިރު އެތިންމީހުން ތިބީ ހިނިއައިސްގެން ހަލާކުވާވަރުވެފައެވެ. ދިމްރާ ބަލައިލުމާއެކު ތިންމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ހޭންފެށިއެވެ. ދިމްރާވެސް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ފެނުނީ ހިނިތުންވެލިތަނެވެ.
“ވޯ! ސަޅި ސީން އެއް މިފެނުނީ”
“ސަޅި ސީންއެކޭ ކިޔަން..ޔާން ގެންގުޅޭ ފްރެންޑުން ދޯ..ދެން އުޅޭ ފްރެންޑުންގެ އަދި ހާލެއް ނޭނގެ..އަހަރެން ދެކެ އޭނަ އެ އަންނަނީ އާދަޔާ ހިލާފު ރުޅިއެއްވިއްޔަ. އެކަމު މިތާންގަ އަސްލު ރުޅިއަންނަން ޖެހޭނެ މީހަކީ އަހަރެންނޭނުން..އޭނަވިއްޔަ މިއަދު ފުރަތަމަ އަހަރެން ވައްޓާލީ.. އަދި ޔާން ކީއްވެއޯ އޭނަ ނުހުއްޓުވީ”
“ނުހުއްޓުވާނޭނުން..އަދި ކިރިޔާ އަހަރެންގެ ލައިފް މިހާ އިންޓްރެސްޓިން މިވީ..ތި ދެމީހުންގެ ފައިޓްތައް ބަލައިލީމަ އަހަރެންގެ މުޅި ދުވަސް އުފާވެރިވާނެ.. އާއްޗާ.. އަބަދު ތި ދެމީހުން ގޮވައިގެން ދެން އަހަރެން އުޅޭނީ” ދިޔާން ދިމްރާގެ ކޮނޑަށް އަތް ވައްޓާލަމުން މަޖާވެފައިހުރެ ބުނެލިއެވެ.
“ތި މީހުންނަށް ފެނޭތަ ކޮއްކޮއެއްދެކެ ލޯބިވާ ބޭބެއެއް “ ދިމްރާ، އުޝާއާއި ރީމްއާއި ދިމާލަށް ބުނެލިއެވެ.އެއާއިއެކު ރީމް އަތުގެ އިޝާރާތުން އަންގާލީ ބަރާބަރު ކަމަށެވެ.
“ތީ އެކަމު އަހަރެންގެ ކުޑަ ދައިތައޭނުން”
“ޔާ!!! އާރގްގް؟ ބަޓް އަހަރެން ޔާންއަށްވުރެ އޭޖުން ކުޑައޭނުން..ސޯ ކޮއްކޮ ބޭބެ ކިޔޭނޭނުން” ދިމްރާ ތުން ދަމާލާފައި ބުނެލި ގޮތުން އެންމެންގެ ގާތަށް ހިނި އާއިކަން ގައިމެވެ.
“ހޫމް! ތިހާ ކޮއްކޮ އަކަށް ވާ ހިތުން އުޅެންޏާ ކޮއްކޮއެއް ބޭބެއަކަށް ކޮއްދޭނެ ކަމެއް ކޮށްދީބަލަ..އަސްލު އަހަރެން ކޮފީ ގިރަން ނުކުތްތަނާ ބެލްޖެހި އަޑު އިވުނީ..ސޯ ތިން ކޮފީ ރެޑީ ކޮށްދީބަލަ..މިތިބީ އެފަރާތު ބޭރު ޖަނބުރޯލް ގަސްދަށުގަ” ދިޔާން މިހެންބުނެ އެދިމާލަށް އެނބުރި ހިނގައިގަތެވެ.
ކޮފީ ގިރައިދިނީ އުޝާ އެވެ. އުޝާ ގިރާ ކޮފީ ދިމްރާ އާއި ރީމްއަށްވެސް ވަރަށް މީރުވެއެވެ. އެހެންވެ މިފަހަރުވެސް ކޮފީ ގިރައިދިނުމަށް ދިމްރާ އުޝާގެ ކައިރީ އެދުނީީއެވެ.
ކޮފީ ގިރައިގެން ތަބަކަކަށް އެތިން ތަށި ލައިގެން ތިންމީހުންވެސް ގޭ ފުރަގަސް ފަރާތު ދޮރުން ބޭރަށް ނުކުތެވެ. ޖަނބުރޯލް ގަސްދަށުގައި ހުރި ހަޓް ދަށުގައި ދިޔާންއާއިއެކު އޭރު ޔުއާންވެސް އިނެވެ. އަދި އިތުރު އެހެން ކުއްޖެއްވެސް އެތާ ދިމްރާ މެނާ ފުރަގަސް ވާ ގޮތަށް އިނެވެ.
ދިމްރާ ގޮސް ކޮފީ ތަބައް ބެހެއްޓުމުން ފުރަގަސް ދީގެން އިށީންދެ އިން ކުއްޖާވެސް އެނބުރި ފަހަތަށް ބަލައިލިއެވެ. ބަލައިލިހެން ހީނުވެ ފެނުނީ ހައިރާން ކަމާއިއެކު ކޮޅަށް ތެދުވިތަނެވެ. ފެނުނު މަންޒަރު ޔަޤީން ކޮށްލާށެވެ. މަންޒަރު ބަދަލެއް ނުވިއެވެ. އެދެކުދިންގެ ފަހަތުގައި ހުއްޓިލައިގެން ހުރީ ރޭގައި ޝާރިމް އެ ކުއްޖެއްގެ ވާހަކަ ދެއްކި ކުއްޖައެވެ.
ޝާރިމްއަށް ވީ ގޮތުން ރީމްއަށް ކުރެވުނުހާވެސް ކަމަކީ ލަދުން އިސްދަށަށް ޖަހާލުމެވެ. ވާނީވެސް އެހެންތާއެވެ. ރޭގަ ރީމް އަށް ގެއިން ފެނުން ކުއްޖާ މިހުރީ ކުރިމަތީގައެވެ. ރީމް ކަހާލައިގެން ވެއްޓުނީ އޭނާގެ ފައިބުޑަށެވެ. އެކަން ހިތަށް އެރުމުންވެސް ރީމް ލަދުން ހަލާކުވާ ވަރުވިއެވެ.
“މީ ޝާރިމް އެނގޭ..މީ އަހަރެންގެ އެންމެ ގާތް ދެއެކުވެރިންނަކީ” ދިޔާން އަވަހަށް ޝާރިމްގެ ކޮނޑުގައި ހިފައި ބައިންދުވަމުން ބުނެލިއެވެ.
“ދެން ނުތިބެ ތި ތިން މީހުންވެސް އިށީންދެބެލަ” ދިޔާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އެއާއިއެކު ދިޔާންގެ އެދުމަށް އެތިން މީހުންވެސް އެތާ އިށީނެވެ.
“ދެން ބުނެބަލަ. ޝާރިމް ރީ ދަންނަނީ ކިހިނެއް؟ އަހަރެންނަށް ޔަޤީން ތި ބަލައިލި ގޮތުންވެސް ޝާރިމްއަށް ރީ އެނގޭކަން” ދިމްރާ އަނގަ ގަދަ ކޮށްލާފައި އަވަސް އަވަހަށް އަހައިލިއެވެ. ދިމްރާ އެހެން އެހުމުން ރޭގެ އިރުއޮއްސި ހަތެއް ޖަހާކަށްހާއިރު ޅިޔަންބެމެން ގޭގައި ކަންތައް ވީގޮތް ޝާރިމް އެމީހުންނަށް ކިޔައިދިނެވެ. ރީމްވެސް އެއްޗެކޭ ނުބުނެ އަޑު އަހަން ހީލަ ހީލަ އިނެވެ.
“މޮޅު ތަންކޮޅަކީ ވެއްޓުނުހެން ހީނުވެ، ދެން ނެތް މީހާ ޖެހުންތާ ލަކުނުވެސް ފެންނަން” ޝާރިމް އެހެންބުނުމުނު ޔުއާން ނޫން އެއްމެންވެސް ހޭން ފެށިއެވެ. ޔުއާން ނުހެއުން ކަމުގައިވިޔަސް އެ މޫނު މަތިންވެސް ޝައުގުވެރިކަން ފެންނަން ހުއްޓެވެ.ޝާރިމްގެ މަޖާ މިޒާޖު އެ ތިން މީހުންނަށްވެސް ވަރަށް ކަމުދިޔައެވެ. އަދިހަމަ އެހެންމެ އެ އެންމެންނާވެސް ޔުއާން ހާސްބާއި ތަފާތުކަން އެވަގުތު އެ ތިން މީހުންނަށްވެސް ފާހަގަ ކުރެވުނެވެ.
“އޫމް! ހާާދަ މީރޭ މި ކޮފީ ގިރާފަ ހުރިލެން..ކާކު ގިރީ” ދިޔާން ތިން މީހުންގެ މޫނަށް ވަކިވަކިން ބަލައިލަމުން އަހާލިއެވެ. ދިމްރާ އެވަގުތު ލޮލުގެ އިޝާރާތުން ރީމްއަށް އެއްބަސްވުމަށް އަންގާލިއެވެ.
“އަހަރެން ގިރީ”
“އަހަރެންނަށް އޭރުވެސް ހީވެއްޖެއޭ ރީމްހެން މި ގިރާނީ.. ސީރިއަސްކޮން ވަރަށް މީރު..ދޯ އާން..މީރު ދޯ”
“ހޫމް..” ޔުއާން ރީމްގެ މޫނަށް ބަލައިލާ ޝާރިމްގެ ބަހާ އެއްބަސް ވަމުން ބޯ ޖަހައިލިއެވެ. ޝާރިމްގެ ބަހާ ޔުއާން އެއްބައިވީ ހަޤީގަތުގައިވެސް ކޮފީ މީރުވީމައެވެ.
“އެކަމު އަސްލު އަހަރެން ކޮފީ ގިރީ” ދިމްރާއަށް ރީއްޗަށް ބުނަން އުޅުނު އެތި ނުބުނެވެނީހެން ފެނުނީ ޔުއާން އަނގައިގައި ހުރި ކޮފީ ފޮދު ބުރުވާލިތަނެވެ. ހީވެސް ނުކުރާވަރު އެއްޗެއް ބުނުމުން ޔުއާންއަށް ވީ ވަރެވެ. ޔުއާންއަށް ވީ ގޮތުން ދިމްރާ ފެށީ ހޭށެވެ.
“އައްދެ! އަހަރެންދެކެ ހާދަ ރުޅިއެކޭ ދޯ ތި އަންނަނީ..ތިހާ ނަފްރަތު ކުރަނިކޮން އަހަރެންނާ ކަންނޭނގެ އިންނަންވެސް ޖެހޭނީ” މިހެންބުނެ ދިމްރާ އަނެއްކާވެސް ހޭންފެށިއެވެ. ޔުއާން އިނީ ރަނގަޅަށްވެސް ރަކިވެފައެވެ. ދެންތިބި ހަތަރު މީހުންނަށްވެސް އޭރު ތިބީ މަޖާވެފައެވެ.
“ޔުއާންއަށް ކަމުނުދިޔައީމަ ދެން ޖެހޭނީ ތެދަށް ބުނަންތާ ދޯ..ސޯ މިފަހަރު މި ބުނަނީ ހަމަ ތެދަށް.. ތި މީހުންގެ ތި ތައުރީފު ހައްގުވާފަރާތަކީ އުޝް..އުޝް ވަރަށް މޮޅުވާނެ ކޮފީ ގިރަން”
“އެހެންތަ! ތިވީގޮތުން ތިޖެހުނީ ކޮފީ ގިރައިދޭން އުޝާ ގެންނާށޭނުން އަބަދުވެސް” ދިޔާން އުޝާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“އަހަރެންނަށް ހީވަނީ އެއްކޮން މިގެއަށް ގެނައްޔާ މާ ފަސޭހަވާނެހެން..އޭރުން އުޝާއަކަށް އަބަދު ދެގޭ ދޭތެރޭ ހިނގާލަ ހިނގާލަ ހުންނާކަށް ނުޖެހޭނޭނުން ދޯ” ރީމް އެހެން ބުނުމާއިއެކު ފެނިގެން ދިޔައީ އުޝާ ރީމްގެ ފައިގައި ވިކައިގަތްތަނެވެ.
“އައުޗް “ ރީމްއަށް ވީގޮތުން އުޝާގެ ކަމެއްކަން އެންމެންނަށްވެސް އެނގުނެވެ. އެންމެން އެކަމާ ހޭން ފެށުމުން އުޝާ ލަދުވެސްގަތެވެ. އެދުވަހު އެ އެންމެން ވާހަކަ ދައްކާ ސަކަރާތްޖަހާ އުޅުން ގޮތުން އަލަށް ދިމާވި ބައެއް ހެންނެއްވެސް ހިއެއް ނުވެއެވެ. ހީވަނީ އެތައް ދުވަހެއްގެ ރަހުމަތްތެރިންތަކެއް ހެންނެވެ.
ދުވަސްތައް މަޖަލާ ސަކަރާތުގައި ވޭތުވަމުން ދިޔައެވެ. މާދަމާއަކީ މުޅި މާލެއަށްވެސް ހާާއްސަ ދުވަހެކެވެ. ސުކޫލްތަށް ހުޅުވޭ ދުވަހެވެ. އެ ހަމީހުންވެސް މިހާރު ވަނީ ސުކޫލްގެ ހުރިހާ ކަމެއްކޮށް އެކަމަށް ތައްޔާރުވެފައެވެ.
“ދިމް މިރޭ ހިނގާބަ އެއްޗެއް ކައްކަން..މާދަމާ ސުކޫލަށް ދިޔުމުގެ ކުރިން ވާނޭނުން ކޮންމެސް ކަމެއް ކޮއްލަން” ދިޔާން ދިމްރާގެ ކޮޓަރިއަށް ބޯ ދިއްކޮއްލިއިރު ދިމްރާ ހުރީ ޔުނީފޯމް އިސްތިރިކުރާށެވެ. އޭނާ ދިމްރާއާއި ވާހަކަ ދެއްކީ ކޮޓަރިއަށްވަދެ ދިމްރާގެ އެނދުމައްޗަށް ޖެހިގަންނަމުންނެވެ.
“ޔާ ސަޅި އައިޑިއާއެއް ތީ.. ޔާން އެދެމީހުން ކައިރީ ބުނޭ..އަހަރެން އުޝް އާ ރީ އޯކޭ ކުރާނަން “
“ރެންމެން ކައިރީ އަހައިފިން.. އެދެެމީހުންވެސް ބުނީ އޯކޭ އޯ..އެންޑް ރެން ބުނި ބޭނުމިއްޔާ އެގޭގަ ކެއްކި ދާނެޔޯ..އެގޭ މިރޭ ހުސްކޮށްނޯ އޮތީ “
“އެހެންތަ..ވެއިޓް..އަހަރެން އެބަ އަހާލަން އެދެމީހުން ކައިރީ” ދިމްރާާ މިހެންބުނެ އެދެމީހުންނަށް ގުޅާ އޯކޭ ކުރިއެވެ. ތައްޔާރުވެގެން ތިބެންވީ ގަޑި ބުނެދީފައި އޭނާ ފޯނު ބޭއްވިއިރު ދިޔާން އެނދުގައި މައްޗަށް ނަޒަރު ހުއްޓާލައިގެން ، ހިނިތުންވެލައިގެން އޮތެވެ.
“އޭ އޭ ކޮން ދުނިޔެއެއްގަ..އުޝާގެ ދުނިޔޭގަ ދޯ”
“ހައް! އަހަރެން ކީއްކުރަން އުޝާގެ ދުނިޔެ ބަލަންވީ” ދިޔާން އަވަސް އަވަހަށް ނުވާކަމަށް ހަދާފައި ތެދުވެ އިށީނެވެ. އޭރު ދިމްރާވެސް ކޮނޑުގައި އެއްޗެހި އަޅުވާލާފައި އައިސް ދިޔާންގެ ކައިރީ އިށީންނަނީއެވެ.
“މޫނުމަތީގަ އެހާ ސާފުކޮން ލިޔެވިފައި ހުރިއިރުވެސް ތިއުޅެނީ ފޮރުވަންވެގެންތަ”
“އައިނ! އަހަރެން މޫނުމަތީ ކޯއްޗެއް ލިޔެވިފަ ހުރީ؟” ދިޔާން މޫނުމަތި އަތުން ފުހެލަމުން އަހާލިއެވެ. ދިޔާންއަށް ވީގޮތްފެނި ދިމްރާގެ ގާތަށް އައީ ހިންޏެެވެ.
“މިހާރު އަހަރެން މޮޔަ ހައްދާާށޭ އެ އުޅެނީ” މިހެންބުނެ ދިޔާން އަވަސް އަވަހަށް ހިނގާލާފައި ގޮސް އެކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ދިމްރާ ބާރު ބާރަށް ހޭ އަޑު އިވެއެވެ.ފަހަތަށް އެނބުރި ބަލައިލުމެއްނެތި ދިޔާން ބަން ލާފައި ދޮރު ޖަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.





Wow, mi parts v salhi. Ekamu thankolheh kiruhen heevay. Thanx c thoo.
*kuruhen
Thanxx…sanu.. Dhen liyaa iru thi thankolhah visnaanan..☺
Nice. Keep it up dear
Thanxxx fathun ☺
Wow
Thanxxx dearr☺
Wow… mi part v salhi… dhn dhiyaan dhimraa ge dhuniye dhw abadhu balaany.. hehe.. v salhi mi vaahaka.. keep it up dear.. adhi mi vaahaka nimendhen genesdheyne kamah heekuran… gud luck ithoo…??
Thanxx shy girl..☺… A kyhve o dhiyaan dhimraage dhuniye balaanee..hehehe..in sha allah nimendhen gehnaanan..n mivaahaka nimendhen kiyaane kamah heekuran..☺
Awwn its a cute love story ??
Dhimra and yuaan ?
Usha and dhiyaan ?
Reem and shaarim ?
Hehehe dww.. ???. Thanxx dearr..
Wow.. mi part v reethi.. i liked it.. keep it up dear
Awwwhh.. Thanxx dearr.. N happy to hear that..☺
V salhi… yuaan r dhimraa r ehaa nugulhey dhw ulhey gothakun… bt heevany edhemeehun hen enme fahun gulhen jeheyny.. hehe.. v salhi mi part vx.. v cute mi story… gud luck n keep it up ithoo…??
Thanxx dearr…hmm dhemeehun thibeny fenunas kaalan beynun vefa…v ufaavehje ingey btw .hehe..
Wow sithu.. mi part v salhi.. keep up the gud work.. next part ge inthixaaruga…??
Thanxxx my dearr.. Hehe..
Salhi. Ma sha Allah.
Thanxx dearr ☺
Kiyan v undhagoo gotheh hurey ibaaraiy kurumuga
Thanxx dearr bunela dhineema.. ☺
hahaha…heehee halaaku
Hehehe..dww.. ☺
Ohhh v v salhi… next up kollahchey thankolheh avahah… Inthixaaru kolhun laifi ithoooo….
Thanxx thanxx dearr.. Hmm i’ll try my best..ingey.. In sha allah maadhan noon aneh dhuhun up kureveythw balaanan..☺
V rythi vaahakaeh mee. Ummedhu kuran baraabarah genesdheyne kamah.
In sha allah.. Genes dheynan..n thanxx dearr.. ☺
Dhen maa dialogue bai bodee mi vaahakaiga. Sifakurun ves himanan jeheyne. Abadhu hee sakaraaiy jehun
Yaa.. Dialogue thah gina vaane fudhey Varakah.. Ekamu stry ge kanthah thah hama akah elhileema sifa kurun thah fudhey varakah huhnaane kamah balamaa dww.. N aslu liyaa hihvany hama fun kon..bt fahun ehaa majaa koh ulhunas sad baithah vx ahnaane..
Dialogue bai gina vyma eh noon tha majaly… sifa kurun ebahuri mi story ga… unmeedhu kuran ithoo sifa kurun ithuru kuraane kamah… bt dialogue madhu nukuraathi ingey… dialogue madhu vyma ehaa reehcheh nuvaane… adhi story feshey kolhu majaa vx vedhaanu… neynge ehnu dhn vaan ulhey gotheh aashoo akah vx… so lets wait n see dhw… v reethi aslu mivaahaka.. maybe dialogue gina kamun kanneynge.. keep it up.. gud luck ithoo..
Thanxxx hau.. ☺
N aashoo.. Thi buni kanthah rangalhu kureveythw balaanan ingey.. ☺
Salhi masha Allah
Thanxx dearr ☺
Wow.. Mi v nyc stwryy eh.. N vry intresting… V ufaa vaane mi stwryy gavaidhun genesdhenyaa.. N mi stwryy up kuranee kon dhuvas thakaku kan bunela dheyn vy nuh… Gud luck ithoo… Keep it up..
Dhedhuhun ehdhuhu dear..bt jahsa jahsaigen vx up kurevifa indhe dhaane baeh faharu.. Bt ehme las vegen vx uxureh nethihyaa dhe dhuhun ehdhuhu up kohlaanan..☺
So konme reaku balailun buhdhiveri..hehe..n thanxx my dearr.. V happy vehje samee ah mi stry kamu dhiyaeema..thanx a lot ☺
Varah Salhi Mi story…ithoo aky alhah Mi site ga story liyaa kudhinge therein emme reethikoh vaahaka genesdhey author eh alhugandu faahaga kuranyyyy…keep it up my dear…????
Thanxx my dearr… V ufaavehje thivaru sharafeh dhineema… Seriously thank u dear.. ☺
Varah salhi mi vaahaka kuriah dhaagoi.. varah ufave thiha bxy koh ulhemun ves up koh dheythy v..
Hahaha.. Thanxx neysha.. ?
Ithoo thee R.Innamaadhoo kujjehtha
Mihen mi ahaal vaahaka liyaairu basthah beynunkoffa hunna gothun
Anyway nice story
Love the idea
Hehehe… Noon dear.. H.dh atoll…n Thanxx dearr ☺
It’s a great story
Thanxx dearr.. ☺..fahun fahun adhi maa interest vaane in sha allah.. ☺
Nyc story… i just love it
Thanxx my dearr joo ☺
Wow ithoo… m not a stwry lover.. but mivaahaka kiyaafa mihaaru ithoo ge fan akah vehje… thnx mi story esfiya site ah up kuraathy… unmeedhu kuran mi stwry nimendhen ves mi stwry up kuraane kamah… gud luck..??
Awwhh.. Thanxx dearr.. V happy vehje fan eh libunyma.. Ehme bodah aguvaxan kuryma adhi vakin happy..thanxx dear..in sha allah nimendhen gehnaanan.. ☺
OMG. Unbelievable.. kohlaa molhethi kanthah.. n u r d best :-* vaahaka v habeys.. keep it up 😉 bt nxt part thankolheh dhigukohlahchey nge…
Hmmmm..Hehehe..thannxx my dearr sharu… ☺
Furagas faraathu dhoru??
hahahahaaaa!!! Varah majaa…. ithoo aky varah molhu writer eh…. Keep it up!!!!
To be frank, this story is nicely written. Descriptions are nice.
Bas koshaar ves rangalhu.
Ekam negative thankolhakah innany maa gina characters eh scene akah laathee ve, ba eh faharu udhagoo ve keep up kuran. adhi aslu ehaa bodah nuhure vaki character akah focus kohfa ves. Rangalhah eythi organize kohfiyya kiyan faseyha vaane.
Aneh heh varah reethi. Personalities ves kon me meeheh ge ves thafaathu. So keep it up. Good effort