Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ނުވަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
March 19, 2017 4 Mins Read
14 Comments

 

ފަރްހީންއަށް ނިޒާމްގެ އަނިޔާ ވެރިކަމާ ބެހޭ ގޮތުން އެއްތައް ވާހަކަތަކެއް އަޑު އިވިފައި ވީއިރު މިއީ އޭނާގެ ފަހަރޭ ހިތަށް އެރިއެވެ. ދެން ސަލާމަތެއް ނުވެވޭނޭ ފަރްހީންގެ ހިތްބުނެލި ހިނދު އަނެއްކާވެސް ފަރްހީންއަށް ރޮއެގަނެވުނެވެ. ނަމަވެސް ނިޒާމްގެ ހިތަކށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ މަޑުމަޑުން ފަރްހީން އާ ގާތްވަމުން ދިޔައެވެ.ފަރްހީން ރޮމުން އާދޭސް ކުރަމުން ގެންދިޔއައީ އޭނާއަށް އެހެން ނުހެދުމަށެވެ. ނިޒާމްއަށް އެއިން އެއްވެސް އެއްޗެއް އަޑު އިވޭހެނެއް ހިޔެއްނުވެއެވެ. ހިނދެއް ހިނދަކަށް ގާތްވަމުން ގޮސް އެންމެ ފަހުން ހެމުގައި ހިފައިފިއެވެ. އޭރު ފަރްހީން ބިރުން ތުރުތުރު އަޅައެވެ.

ފަރްހީން ސަލާމަތްވީ ނިޒާމްއަށް ފޯނު ކޯލެއް އައުމުންނެވެ. “ޔާ…ޝީ މީނީ..ސޮރީ..ޝީ ހިޔާ..އައި ޓޭކް ހާ..ޓުޔޫ..ޓުމޯރޯ..މަނީ..ޔާ..ޔާ” ހިތަންމެ އިނގިރޭސި ހަމަނުޖެހުނަސް އެކީ އެއްޗެއް ފަރްހީންއަށް އިނގުނެވެ.އަނެއްކާވެސް ފަރްހީންއަށް ރޮވެންފެށުނެވެ. އެވަގުތު ނިޒާމް އަނެއްކާވެސް ފަރްހީންއަށް ބަލާލިއެވެ.”ކަލޭ ދޯ. ބުނަންތަ..އެޕާރޓްމަންޓް 4ބީ އިން ކަލޭ ފެނުންދުވަހުއްސެރެ އަހަރެން ކަލެޔަށް ފާރަލީން..އިނގުނު ގޮތުގައި ކަލޭ އައީ އެކަނި އުޅެމުން..އެކަމު އަބަދުވެސް ކޮންމެސް ފިރިހެނެއް ކަލޭ ފަހަތުން އުޅޭވަރުންވެސް ކަމެއް ވަނީކީނޫން. އެދުވަހު ކަލޭ ހީކުރީ މަށަށް ކަލޭ ނުފެންނަ ކަމަށްތަ؟؟ ފެނުނޭ އިނގޭ..އަދި އެންމެ ރުޅިއައި އެ ޝަމްހާ ސަލާމަތް ކުރީ ކަލޭކަން އިނގުނީމަ.. މަ ބުނާނަން ކަލެޔަށް ހޭ އަރުވާލާށޭ.. ކުޅި ދައްކާލާނަން.”

ފަރްހީންއިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަދި ހިތުގައި އޮތް ބިރުވެރިކަން އިންތިހާއަށް އިތުރު ވެގެން ދިޔައެވެ. ވާންމިއުޅޭ ގޮތެއް އަނދާޒާވެސް ކޮށްލަން ނޭންގޭއިރު އިހިތް ނެގި ނެގި ފައި ޖެހެނީއެވެ. ނަމަވެސް ފަރްހީން ވަރަށް ހިތްވަރު ކޮށްފައި އޭނާއަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު ކޮށްލިއެވެ. “ކަލޭ ދޯ…ތިހާ ކަންކަމަށް މޮޅުއިރު އަހަރެން ހިތަށް އަރަނީ ކޮބާ ބާއޭ ޝަމްހާގެ އާއިލާ؟” އެއާއެކު ނިޒާމް ވަގުތުން ހުއްޓުން އެރިއެވެ.”އަހަރެން އެ އެންމެން ވެސް މަރާލީ..ކަލޭވެސް އަނގަގަދަ ކުރަންޏާ ހަމަ ކޮށާލާނީ..”

ފަރްހީންގެ އަނގަ ވަގުތުން ބަންދުވިއެވެ. އަދި ހަމަ އެޔާއެކު ޝަމްހާގެ މަތިން ހަނދާން ވުމާއެކު އޭނާގެ ހިތް ފަޅިފަޅި ވިއެވެ. ކޮންމެ ގޮތެއްވިޔަސް ފަރްހީން ޝަމްހާ ގާތު އެވާހަކަތައް ބުނަންބޭނުންވިއެވެ. ވަގުތު ފާއިތުވާފަހުން އިނގިއްޖެޔާ ވާނެ ގޮތެއްވެސް ނޭންގެއެވެ. ނަމަވެސް ފަރްހީން އަށް މިއަދު ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އެހެންކަމުން ނިޒާމް އާދިމާލަށް ފަރްހީން ލޯއަޅާލިއެވެ.

“އޭ..ކޮން ލޮލެއް އަޅާކަށް….ތި ލޯ ނަގާފާނަން މާ ކަންތައް ފަލަވަންޏާ..” ފަރްހީން ގެ އިސްތަށި ގަނޑު އަތަށް އޮޅާލަމުން ނިޒާމް އިންޒާރު ދިނުމަށްފަހު އެތަނުން ނިކުމެގެން ގޮއްސިއެވެ. ފަރްހީންއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

“ސާރ..މިތަން. މީ ފަރް ކިޑްނެޕް ކުރި ސްޕޮޓަކީ..ޕްލީޒް ހެލްޕް ހާ” ޝަމްހާންއަށް ވަނީ ރޮވިފައެވެ. އޭނަ ފަރްހީންދެކެ ހާދަ ލޮއެއްބެވެއެވެ. އެ ހިތް މިހާރު ވަނީ ފަޅިފަޅި ވެފައެވެ. ޝަމްހާން އުޅޭ ގޮތުން ޒިޔާންވެސް ހުރީ ނުހަނު ހާސްވެފައެވެ. ނަމަވެސް ކުއްލިއަކަށް ހިތަށް އެރިއެއްޗަކުން ފުލުހުންނަށް ވަގުތުދެމުން ޝަމްހާން ގޮވައިން ޒިޔާން މިސްރާބު ޖެހީ ފަރްހީންމެންގެ ގެއާ ދިމާލަށެވެ.”ކޮންތާކަށް؟” ޝަމްހާންއަށް ވާނުވާ ނޭންގުމުން ބުނެލިއެވެ. ނަމަވެސް ޒިޔާން ބަހެއްވެސް ނުބުނެ ގޮސް ފަރްހީންގެ ގެއަށްގޮސް ބެލްޖެހިއެވެ. ޝަމްހާ ދުވަމުން ދުމަވުން އައިސް ދޮރުހުޅުވުމާއެކު ޒިޔާން އެއްނޭވާ މަތިން ހުރިހާއެއްޗެއް ކިޔާދިނެވެ.އޭރުވެސް ޝަމްހާން ހުރީ ހަމަ ވާނުވާގައެވެ. ނަމަވެސް ޝަމްހާއަށް ހުރިހާކަމެއް ރޭކާލައިފިއެވެ. މީ ހުސް ނިޒާމްގެ ރޭވުން ކަން އިނގުން ވި ހިނދު އޭނާ ސަމާވެސް ގޮވައި އައުމަށްފަހު އެދުނީ އޭނާގޮވައި ވަގުތުން ޕޮލިސްޓޭޝަނަށް ދާންށެވެ.

ނަސީބު ރަނގަޅުކަމުން އެވަގުތު ޑިއުޓީގައި ހުރީ އެރޭ ޝަމްހާ ސަލާމަތް ކޮށްދިން ފުލުސްމީހާއެވެ. ޝަމްހާ އެމީހާއާ ވަކިން ބައްދަލު ކުރުމަށްފަހު ވެގެން އުޅޭގޮތް ވަރަށްތަފްސީލު ކޮށް ކިޔާދިނެވެ. ޝަމްހާ އިނީ ނުލާހިކު ބިރުންނެވެ. ބޭރުގައި އިންޒިޔާން ޝަމަހާންއަށް ވެގެން އުޅޭގޮތް ކިޔާދިނެވެ. އަދި އެއީ އައިޝާ ކަމާ އެއީ ފަރްހީންއަށް ދައްތައެއްކަހަލަ ކުއްޖެއްކަން ބުނެދިނެވެ. ޝަމްހާންވެސް ދެން އިތުރަށް އޮޅުންފިލުވާކަށް ނޫޅުނެވެ.

އިރުކޮޅެއްގެ ތެރޭގައި ޝަމްހާގެ އިތުރުން ފަސް ފުލުހަކު ނިކުތެވެ. އަދި ދާންވީތަން ހޯދިއްޖެކަމަށް ބުނަމުން ޖިޕަށް އެންމެން އެރުވިއެވެ. ހަގީގަތަކީ އެދާން އުޅޭތަނަކީ ޝަމްހާ ލަފާދިން ތަނެއްކަމެވެ. އަދި އެއީ އޭނާ އެންމެ ފުރަތަމަ ބައިދާފައިވާ ގުދަންކަމެވެ. ނަމަވެސް އެންމެނަށް މިކަން ފޮރުވަމުން ބާރު ސްޕީޑުގައި އެތަނަށް މިސްރާބު ޖަހައިފިއެވެ. ފަސްވަރަކށް މިނެޓު ހޯދިފަހުން އެތަންފެނުނެވެ. އޭރު އުޑު މަތި ދިޔައީ ބަނަ ކުރަމުންނެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އެންމެން ވެގެން ގުދަން ފަޅާލުމަށްފަހު އެތަނަށް ވަނެވެ. ޝަމްހާ އެވަރަށް އެތަނަށް ބަލަމުން ދިޔައީ އެތަން ބަދަލުވެފައި ހުރި ވަރުންނެވެ. އެއީ ކާރު އެއްޗެހި މަރާމާތު ކުރާތަނެކެވެ.

އެންމެނަށްވެސް މިއާދެވުނީ ރަނގަޅުތަނަކަށްކަން އިނގުނީ އެތާއިން ގޮނޑިއާ މޮހެފައި ހުރި ވާތަށް ފެނުމުންނެވެ. ޝަމްހާންއަކަށް ކެތެއް ނުކުރެވުނެވެ. ހަޅޭއްލަވަމުން އެންމެފަހުން ވާރޭގަނޑޫ މެދަށް ނިކުމެ ހުރެ ފަރްހީން އަށް ގޮވަންފެށީއެވެ. ހިތްދަތި ވެފައި އެންމެނަށްވެސް ބަލަންތިބެވުނީއެވެ. ވާނީ ވެސް އެހެންތާއެވެ. ތިމާއެންމެ ލޯބިވާ ފަރާތ ވީނުވީ އެއްނޭންގި ގެއްލުމުން ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެ ނޫންހެއްޔެވެ. ނަމަވެސް ކުރާނޭ އިތުރު ކަމެއް ނެތުމާއެކު އެންމެންވެސް އަނެއްކާވެސް ދިޔައީ ޕޮލިސްޓޭޝަނަށެވެ. ޝަމްހާން ފިޔަވައެވެ. އޭނާ ދިޔައީ ގެއަށެވެ.

ފެރީގައި އިންފަރްހީން އިނީ ވާރޭވެހެމުން ދިޔަތަން ބަލާށެވެ. މީހަކަށް ނުފެންނާނެހެން ފައިގައި އިލެކްޓްރިކް ޝޮކްދޭ ބްރޭސްލެޓެއް އަޅުވާފައިވީއިރު އެމީހުން ދަތުރު ކުރަމުން ދިޔައީ ހުޅުލެއަށް ދިޔުމަށެވެ. މޫނު ބުރުގާ އަޅުވާފައިން އިން ފަރްހީން ގެ ލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަށް ކަޝްފުވެފައި ވީއިރު އެ ދެލޯވަނީ ދުޅަވެފައެވެ. އެ ހިތްވަނީ ވަރުބަލި ވެފައެވެ. ފެރީ ލެފުމާއެކު ފަރްހީންގެ އަތުގައި ނިޒާމް ބާރަށް ހިފާލަމުން ފެރީއިން ފޭބިއެވެ. ގަދަހެދޭނެ ޖާގައެއް ނެތުމުން ފަރްހީންވެސް ފޭބިއެވެ. އޭރު މުޅި އެއާޕޯޓުތެރެ ވަނީ ފުރި ބާރުވެފައެވެ. ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މާހައުލު ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ. ނަމަވެސް މިއަދު އެ ހިތްގައިމު މާހަލުން އެއްވެސް އުފަލެއް ފަރްހީންއަކަށް ނުލިބެއެވެ. ވާރޭގެ ކޮންމެ ތިއްކެއް ހަނދާން އާކޮށްދެމުން. އެގޮތުން ހަނދާނަށް އައީ ފަރްހީންގެ މަންމަ ނިޔޔާވި ދުވަހެވެ. އެއީވެސް މިފަދަ ވިއްސާރަ ދުވަހެވެ. އެންމެންވެސް ތިބީ ހަމަ މި އެއާޕޯޓު ތެރޭގައެވެ.

***

“ދަރިފުޅާ…މަންމަ ދިޔަސް ބަސްއަހާތި..ޝަމް.. މަންމަގެ ފަރް ރަނގަޅަށް ބަލާތި އިނގޭ..” ފަރްހީންގެ މަންމަ ހަނީފާ ލަންކާއަށް ފުރުމަށް ތައްޔާރުވަމުން ދިޔައެވެ. ހަނީފާއާއެކު  ގާތް ރަހުމަތްތެރިއަކު ދާން ހަމަޖެހިފައިވީއިރު ހަނީފާ ދިޔައީ ކިޑްނީ ޓްރާންސްޕަލާން ހެދުމަށެވެ. އިސާހިތަކު ބޯޓު ފުރައިފިއެވެ. ފަރްހީންވެސް ޝަމްހާން އާއެކު ފެރީގެ ޓިކެޓުނަގަން މިސްރާބުޖެހިއެވެ. ކުއްލިއަކަށް މުޅި ތަން ހަލަބޮލި ވެގެންދިޔައެވެ. އެމާޖެންސީކޮށް ދެންމެ ފުރި ބޯޓު ޖެއްސީކަމަށް ހުރިހާތާކުން ގޮވަމުން ދިޔައިރު ފަރްހީންމެންވެސް އެދިމާއަށް ދުއްވައިގަތެވެ. އޭރު ފަރްހީންގެ މަންމަގެ އެކުވެރިޔާ ރޮނީއެވެ. ކާރީގައި ހުދުފޮތިގަނޑަކުން ނިވާކޮށްފައިއޮތް މީހަކު އޮތެވެ.

“ދަރިފުޅާ މަންމަ…..” އެމީހާ ފަރްހީންގެ މަންމަ އަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ފަރްހީން ވަގުތުން ހުއްޓުނެވެ. ފަރްހީން އޭނާގެ މަންމަ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެއިން ގޮތަށް އިނެވެ. އެލޮލަކުން އެއްވެސް އަސަރެން ނުފެނެއެވެ. ޑޮކްޓަރުންވެސް ހަނީފާ އެވަނީ މަރުވެފައިކަމަށް ބުނުމުން ފަރްހީން އަކަށް އަޑެއްވެސް ނީވުނެވެ. ޝަމްހާން ރޮއެރޮއެފައި ހިނެވުމާއި ވަޅުލުމުގެ އެންމެހާ ކަންކަން ކުރިއެވެ. ނމާދަށް ފަހު އެންމެންތަށް ދިޔައީ ގެއަށެވެ. ޝަމްހާންއާ ފަރްހީން ފިޔަވައެވެ. އޭރުވެސް ވާރޭ ވެހުމެއް ނުހުއްޓެއެވެ.

ކުއްލިއަކަށް ފަރްހީން ދުވެފައި ގޮސް އޭނާގެ މަންމަ ވަޅުލައިފައި އޮތްތަނުގައި ކުޑަކަކޫ ޖެހުމަށް ފަހު އިށީނެވެ. ޝަމްހާންވެސް ފަރްހީން ފަހަތުން އައެވެ. ނަމަވެސް ހުއްޓުވާކަށް ނޫޅެއެވެ. ފަރްހީން ހަޅޭއްލަވަން ފެށިއެވެ. “ނޫން މަންމާ!!!! ދެން މަންމާ…ތިހެން ނުހަދާ…..ފަރް މަރުވެދާނެ… މަންމާ!!” ފަހީންގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. އެ ވޭނީ ހަޅޭކުން ހިތްތަށް ރޮއްވާލަމުންނެވެ.

***

މާޒީގެ ތެރެން ނިކުމެވުން އިރު ފަރްހީން މެން ތިބީ ޗެކިން ހަދަން ދާން ތައްޔާރުވެގެންނެވެ. އަޅެ އެއްފަހަރުވެސް ފަރްހީން ހޯދުމަށް ބަޔަކު އަންނާނެ ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އެއީ ވުމަށް ވުރެ ނުވުން ގާތްކަމެއް ކަން އިގުމުން އެހިތް މާޔޫސް ވިއެވެ. އަބަދުވެސް ދެރަ ލިބެނީ ކީއްވެތޯ ސުވާލު ކުރެވި ހިތާހިތުން ޝަކުވާކުރެވުނެވެ. ޕާސްޕޯޓު ޗެކު ކުރާތަނުން ފަރްހީންމެންގެ އެއްވެސް އެއްޗެއް ނުބަލައެވެ. މުޅިންވެސް ނިޒާމްގެ މީހުންނެވެ. އެވަގުތު ނިޒާމް މިކުރާކަމެއް ކުރަނީ ކޮންމެސް މަތީ ފަރާތަކާ ގުޅިގެން ކަންވެސް ފަރްހީންއަށް އިނގުނެވެ. ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތުމުން ބޯޓަށް އެރުމަށް ދިޔައެވެ.

“އަހަރެމެންނަށް ހީވާ ހުރިހާ ތަނެއް ބެލިއްޖެ. އޭނަ އުޅުނުކަމަށް ބުނާ ތަންވެސް. އެއްގޮތަކީ މުޅިން ފޭކު އައިޑެންޓިޓީ އެއް ގެނގުޅުން..އަނެއްގޮތަކީ ރާއްޖެ ދޫކޮށް…އާހް އެހެންވެސްޖެ ނަމަ އެއްވެސް ޔަގީންކަމެއް ދެން ނެތް..” ފުލުހުން ވެސް އުއްމީދު ކުޑަގޮތަކަށް ބުންޏެވެ. ޝަމްހާން މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.

“ފަރް މަންމަ ބުނި..ފަރް ޕްރޮޓެކްޓް..އައި ފެއިލްޑެ…ވައި؟..” ޝަމްހާން އަށް އަނެއްކާވެސް ރޮވުނެވެ. ކިތަންމެ ހިތްވަރު ގަދަ މީހަކަށް ވެސް އެހެން ވެދާނެއެވެ. ކުއްލިއަކަށް މީހަކު ދުވަމުން އައިސް ނިޒާމްގެ ނަމުގައި މީހަކު ޗެކިންވެފައި އިންކަމަށް ބުނުމުން ވަގުތުން އެންމެން ވެސް އަވަސްވެގަތީ ހުޅުލެއަށް ދިއުމަށެވެ. ނިވެމުން ދިޔަ ފާނޫޒަކަށް ތެޔޮއެޅުމުން ވާގޮތަށް ޝަމްހާން މެންގެ އުއްމީދު ވެސް އާލާވެގެން ދިޔައެވެ. ލޯޗުގައި އިންއިރުވެސް ޝަމްހާން ދުއާކުރަމުން ގެންދިޔައީ ފަރްހީން އަށް ދެރަގޮތެއް ނުވުމަށެވެ.

ހުޅުލެއަށް ދެވުމާއެކު އެކޮޅުގައި ހަރަކާތް ތެރި ވާފުލުހުން އައިސް ހެޑް އިނސްޕެކްޓާރ ޔާ ބައްދަލުކުރިއެވެ. “ހީވަނީ މަތީ ބޭފުޅެއްގެ ކަމެއްހެން ދިޔަ ގައުމު ފުހެފަ ހުރީ.. ނޯ ޑޭޓާ….އެއްކަލަ މައްސަލައިގަ ވެސް ޝައްކުކުރެވުން މިނިސްޓާރ ހެން ހީވަނީ…” އެމީހާ އެހެން ބުނެލުމާއެކު ޝަމްހާން މެންނަށް އަނެއްކާވެސް އިސް ޖަހާލެވުނެވެ. ޝަމްހާވެސް ޝަމްހާން ގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އެވަގުތު ޝަމްހާންގެ ހިތުގައި ހިނގާލީ މުޅިން ތަފާތު ޝުއޫރެކެވެ. ނަމަވެސް އެ ހިންދުކޮޅު ދެމިގެން ދިޔައީ މަދު ސިކުންތު ކޮޅަކަށެވެ. ބާޜު އަޑު ފައްގަނޑަކާއެކު ޕްލޭން ނައްޓާލި އަޑު އިވިގެން ދިޔައެވެ. އެ ހިނދު ޝަމްހާން މަޑުމަޑުން ފަރްހީންގެ ނަން ކިޔާލިއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އާވާ ހަނދާން (ފެށުން1) 1

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (03)

Next
March 19, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (03)

Previews
March 19, 2017

އާވާ ހަނދާން (ފެށުން1) 1

14 Comments!

  1. Maree says:
    March 19, 2017 at 10:52 pm

    vv reethi

    1. imagination says:
      March 19, 2017 at 11:07 pm

      thanks mary :*

  2. Mary says:
    March 19, 2017 at 11:07 pm

    Alhey kihneh mi vy? Bt its awesome.

  3. Mary says:
    March 19, 2017 at 11:08 pm

    Mi stry ga kithah episode indhey tha?

  4. princess says:
    March 19, 2017 at 11:33 pm

    Wow what a story.nimunuiruves neygunu waiting for the next

  5. Samha says:
    March 20, 2017 at 2:02 am

    Nice story eh. Hope mi story eh koh up kuraaneh kama.

  6. ithoo says:
    March 20, 2017 at 7:21 am

    Nice story dear.. Keep it up.. ☺

  7. aysh says:
    March 20, 2017 at 8:51 am

    alhe vrh lwbi mi part ves…

  8. Nuha says:
    March 20, 2017 at 9:31 am

    Nice Story

  9. rose says:
    March 20, 2017 at 10:55 am

    v v v v v v reethi story eh, love it,….

  10. muggy says:
    March 20, 2017 at 11:12 am

    waau…assu ess hama v salhi…:)

  11. imagination says:
    March 20, 2017 at 1:12 pm

    thankx all <3

  12. shuzy says:
    March 20, 2017 at 7:02 pm

    V v reethi
    MashaaAllah

  13. Smile says:
    March 21, 2017 at 11:54 am

    next episode koniraku genesdheny

Comments are closed.

Next Episodeއެޕާރޓްމަންޓް 4ބީ (ދިހަވަނަބައި)←


All Right Reserved!