Skip to content
އެސްފިޔަ

ރޭޝަމް (2)

“އަހަރެން ގައިގަ އަތްނުލާތި!” ޒައިކް ސިހުނުވަރުން ފަހަތަށް ޖެހުނެވެ. ރޭޝަމް ރުޅި އައިސް ރަތްވެފައިހުރެ، ވަރަށް އުނދަގުލުން ގޮނޑީގައި އިށީނެވެ. ޒައިކް ދުވެފައި ބޭރަށް ނުކުތެވެ. އެނބުރި އައިއިރު އައީ އައިސް ކިއުބްތަށްޓަކާއި ބޭސްފުޅިއެއް ހިފައިގެންނެވެ. މިކަމުންވެސް އޭނާ ރޭޝަމްއަށް ބަހައްޓާ އޯގާތެރިކަން ހާމަވެގެންދިޔައެވެ.

“ރޭޝަމް! މި ކިއުބްތަކުން ބޮނޑިތާން ކޮށްލާފަ މި ބޭސް އުނގުޅާލާ. އޭރުން ވަރަށް އަވަހަށް ރަނގަޅުވެދާނެ.” ރޭޝަމް އެހެން އިންދާ ޒައިކް ދިއްކޮށްލި އައިސް ކިއުބް ތައްޓާއި ބޭސްފުޅި ފެނިފައި އޭނާގެ ރުޅި އިތުރުވިއެވެ.

“މާ ހެޔޮއެދިގެން އުޅޭނެކަމެއް ނެތް. ކިތަންމެ ހެޔޮކަމަށް ދެއްކިގެން އުޅުނަސް އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. ތިވާނީ ހަމަ ތިއަށް. ޒައިކް ހީނުކުރާތި އަހަރެން ޒައިކަށް މަޢާފްކުރާނެޔޭ. އަހަރެން ދުވަހަކުވެސް ޒައިކަކަށް މަޢާފެއް ނުކުރާނަން. ތީ އަނިޔާވެރިއެއް.” ރޭޝަމްއަށް ރޮވޭގޮތްވިއެވެ. އެ މާޒީގެ ހިތި ހަނދާންތައް އާވުމުން، އެހިތުގައި ލެވިފައިވާ ޒަޚަމްތައް އިތުރަށް ތާޒާވިއެވެ. ފައިގައި އަޅާ ވޭނަށްވުރެ އެހިތުގައި އަޅާ ވޭން މާބޮޑެވެ. އައިސްފައިހުރި ގަދަ ރުޅީގެ ސަބަބުން ރޭޝަމްއަށް އެއީ އޭނާގެ ސާހިބު މީހާކަންވެސް ހަނދާންނެތުނެވެ.

ރޭޝަމްގެ އެ ވިހަގަދަ ބަސްތަށް ތީރުތަކެއް ފަދައިން ޒައިކްގެ ހިތަށް ހެރިގެން ދިޔައެވެ. ލޮލަށް ޖަމާވި ކަރުނަތައް ރޭޝަމްއަށް ފެނުމުގެ ކުރިން އޭނާ އަނެއް ފަރާތަށް އެނބުރުނެވެ. އެގޮތުގައި ހިމޭން ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. ރޭޝަމްގެ މަޑުމަޑު ގިސްލުމުގެ އަޑު އެކޮޓަރީގައި ހިފާލާފައި ހުރިއިރު، ޒައިކްގެ ހިތުގެ ރުއިމުގެ އަޑު ވަނީ އެތެރެހަށީގައި ގުގުމާލާފައެވެ. ކިތަންމެ ބޭނުންވިޔަސް ރޭޝަމް އެއަޑެއް ނާހާނެކަން ޒައިކަށް ޔަޤީންވިއެވެ.

ޒައިކް އިރުކޮޅަކު ހިމޭނުން ހުރެފައި އެނބުރި ބަލާލިއިރު ރޭޝަމް ފައިގައި ހިފަހައްޓައިގެން އިންގޮތުން، އޭނާގެ ފަޔަށް ވަރަށް ތަދުވެއްޖެކަން ޒައިކަށް އިހުސާސްވިއެވެ. ރޭޝަމްގެ ހަށިގަނޑުގައި ކިތަންމެ ކުޑަ ނަމަވެސް ވޭނެއް އަޅާނަމަ އެވޭނެއް ޒައިކަށް އިހުސާސްވެއެވެ. އެއީ ރޭޝަމްއަށްޓަކައި އެހިތުގައިވާ މަތިވެރި ލޯބީގެ ބާރެވެ. ޒައިކް މަޑު ފިޔަވަޅުތަކެއްގައި ރޭޝަމްގެ ގާތަށްގޮސް އެއްފައި މައްޗަށް އިށީނެވެ. އޭރު އެހިތުގައި މަޑުމަޑު ތެޅުމެއްވިއެވެ.

“ބުނެފީމެއްނު އަތްނުލާށޭ! ޒައިކަކަށް އަޑެއް ނީވޭތަ؟” ޒައިކަށް ރޭޝަމް ކިޔާ އެއްޗެއް އަޑުއިވޭ ކަމަށްވެސް ހަދާނުލާ، ރޭޝަމްގެ ތަދުވެފައިވާ ފައި އޭނާގެ ފައިމަތީ ރީތިކޮށް ބާއްވާލިއެވެ.

“އާހް! ތަދުވެޔޭ.” ރޭޝަމް ހަޅޭއްލަވައިގަތެވެ.

“އިރުކޮޅަކުން ތަދު ކެނޑޭނެ.” ރޭޝަމްގެ ދެލޮލަށް ބަލަން އިނދެ ލޯތްބާއެކު ޒައިކް ބުނެލިއެވެ.

“އަހަރެން ނޫޅެން ޒައިކް ލައްވާ ތަދު ކަނޑުވާކަށް. އެހެންނޫނަސް ޒައިކްގެ ތި އަނިޔާވެރި ދެއަތުން ދީފައިވާ ތަދާ ވޭން އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުފިލާނެ. އެހެންވީމަ އަހަރެން އަހަރެންގެ އަމިއްލަ ހާލައިގެން އުޅުނަދީ.” ރޭޝަމް ކުއްލިއަކަށް ފައި ނަގަން އުޅުމުން ޒައިކް އެފައިގައި ހިފެހެއްޓިއެވެ.

“އާހް! ބުނެފީމެއްނު ޒައިކް އަތްލީމަ އިތުރަށް ތަދޭ ވަނީ. ކީއްވެތަ އަޑު ނީވިގެން ތިއުޅެނީ؟” ޒައިކް ހިފަހައްޓާފައި ހުރިގޮތުން ރޭޝަމްއަށް އޭނާގެ ފައި ދަމައެއް ނުގަނެވުނެވެ. އެގޮތަށް ގަދަ ދެއްކުމުން ހުޅަށް އިތުރަށް ތަދުވާގޮތްވިއެވެ. ރިއްސައިގަތީ ކެތްނުވާވަރަށެވެ.

ޒައިކް، ރޭޝަމްގެ ފައިގައި ހިފަހައްޓައިގެން އިންގޮތަށް އިނދެ އައިސް ކިއުބުން ބޮނޑިތާންކުރަން ފެށިއެވެ. ޒައިކަށް ރޭޝަމްގެ ރުޅީގެ ހަޤީޤަތް އެނގޭތީ އެއީ މާބޮޑު ކަމަކަށް ނުހެދިނަމަވެސް، ރޭޝަމް ބުނި ކޮންމެ ޖުމްލައެއް ތޫނު ޚަންޖަރެއްފަދައިން އެހިތަށް ހެރިގެންދިޔައެވެ.

“ރޭޝަމް! އަދިވެސް ހިމޭނުން އިންނާކަށް ދަހެއްނުވޭ ދޯ؟ އަހަރެން ހީކުރީ މިހާ ދުވަސްވީމަ ރޭޝަމް މިހާރު ހުންނާނީ ވަރަށް ބަދަލުވެފަ ކަމަށް. އެކަމަކު ތީ ހަމަ ކުރީގެ ރޭޝަމް. ހިޔެއްނުވޭ ދުވަހަކުވެސް ބަދަލުވާނެހެނެއް. އެހެންނޫނަސް އަހަންނަށް ރޭޝަމް ބޮޑަށް ކަމުދަނީވެސް ތިހެން އަނގަތެޅި ވަރެއް.” ޒައިކް އެހެން ބުނިއިރު ބަލަން އިނީ ސީދާ ރޭޝަމްގެ ދެލޮލަށެވެ. އެދެލޮލުން ފެންނަންހުރި ނުރުހުމުންވެސް އޭނާއަށް ފެންނަނީ ލޯތްބާއި އޯގާތެރިކަމެވެ. އެހެން ކިއުބެއް ނަގާ ހުޅުގައި ޖައްސަން އުޅެނިކޮށް، ރޭޝަމް އޭނާގެ އަތުގައިޖަހާ ކިއުބް ވިއްސާލިއެވެ.

“އަހަރެން ބޭނުމެއްނޫން އެންމެ މިނެޓަކުވެސް މިތާ ހުންނާކަށް. ޒައިކް ކިތަންމެ ވަރަކަށް އޯގާތެރިކަން ދައްކަން އުޅުނަސް ތީ ދައްކާ ދަޅައެއްކަން އަހަންނަށް އެނގޭ. ދެން ހީނުކުރާތި މި ރޭޝަމް ހައްލާލެވިދާނެޔޭ. އެއްފަހަރު ލަނޑު ދެވޭނީ.” ރޭޝަމް ކުއްލިއަކަށް ފައި އަޅާ ކޮއްޕާލުމުން ޒައިކް އަރިއަޅާލިއެވެ. ޒައިކްގެ ހުޝިޔާރުކަމުން ކައިރީގައި ހުރި ގޮނޑީގައި ހިފެހެއްޓުމުން ނުވެއްޓި ސަލާމަތްވިއެވެ.

ޒައިކް ސިހުނުވަރުން ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ. ކުއްލިއަކަށް ރޭޝަމް މިފަދަ ގޮތަކަށް ޢަމަލުކޮށްފާނެ ކަމަކަށް އެއްގޮތަކަށްވެސް އޭނާއަށް ހީކުރެވިފައެއްނެތެވެ. ރޭޝަމްގެ އެ ޢަމަލުން ޒައިކް ވަރަށް ލަދުގަނެ ހިތުގައި ޖެހުނެވެ. ލޮލަށް ޖަމާވި ކަރުނަތައް ސިއްރުކުރުމަށްޓަކައި އިސްޖަހާލިއެވެ. އެހިތަށް ރޭޝަމް އެދެނީ ކިހާ ބޮޑު އަނިޔާއެއްކަން ރޭޝަމްއަށް ނޭނގެނީ ކީއްވެ ހެއްޔެވެ؟ އޭނާ ނުކުރާ ކުށެއްގެ އަދަބު އޭނާއަށް މިލިބެނީ ކީއްވެ ހެއްޔެވެ؟

ރޭޝަމް ތެދުވެ މޭޒުގައި ހިފަހައްޓައިގެން ފައި އަޅަން އުޅެއުޅެ އެއްގޮތަކަށްވެސް ފައި އަޅާ ބާރުކޮށްލާކަށް ނުކެރުނެވެ. އައިސްފައިހުރި ރުޅިން ނެތް ހިތްވަރުލާފައި އެއްފައި އަޅާފައި އަނެއްފައި ނެގިއިރަށް އަރިއަޅާލިއެވެ. އެވަގުތު ޒައިކް ހުޝިޔާރުކަމާއެކު ރޭޝަމް ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އެއްލިގަނެގެންދިޔަ ރޭޝަމްއަށް އެވަގުތު ހިފުނީ ޒައިކްގެ އަތު މުލައްދަނޑީގައެވެ. ދެމީހުންނަށްވެސް ބަލާލެވުނީ އެއްފަހަރާއެވެ. ރޭޝަމްއަށް ޒައިކްގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން ހިތް ތެޅިގަތެވެ.

“ރޭޝަމް! ރޭޝަމްއަށް ކީއްވެތަ އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރެވެނީ؟ ކީއްވެތަ އަހަންނަށް އިތުބާރު ނުކުރެވެނީ؟ ކީއްވެތަ ތިހިތުގަ އަހަންނާ ދޭތެރޭ އެއްވެސް ޔަޤީންކަމެއް ނެތީ؟ މިހިތް ރޯވަރު ރޭޝަމްއަށް އެނގޭތަ؟ މިހިތުގަ އަޅާ ވޭނެއް އިހުސާސެއް ނުކުރެވޭތަ؟ ރޭޝަމް! އަހަންނަށް ތިހާވަރަށް ނަފުރަތު ނުކުރޭ. ތި ނަފުރަތުން މިޖިސްމު އަނދާ އަޅިއަށްވެދާނެ.” ރޭޝަމްގެ ދެލޮލަށް ބަލަންހުރެ ބޭއިޚްތިޔާރުގައި ޒައިކަށް ހިތާހިތާ ޝަކުވާކޮށްލެވުނެވެ. އެޝަކުވާތައް ރޭޝަމްގެ ކުރިމައްޗަށް ބަންޑުންކޮށްލަން ކިތަންމެ ބޭނުންވިޔަސް، އެވަރުގެ ހިތްވަރެއް ޒައިކްގެ ކިބަޔަކު ނެތެވެ. އެއީ އޭނާ ކިތަންމެ އާދޭހެއް ކުރިނަމަވެސް ރޭޝަމް އެއަޑު ނާހާނެކަން ޔަޤީންވާތީއެވެ.

ރޭޝަމްއަށް ޒައިކްގެ ދެލޮލުން ތެދު ހާމަވެ ސާފުކޮށް ފެންނަން ހުއްޓެވެ. ހަމަ އެވަގުތު ފުލުހުން ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ރޭޝަމް ސިހިފައި ދުރަށް ދާން އުޅުނު ވަގުތު ޒައިކް އޭނާގެ އުނަގަނޑުގައި ހިފާ އިތުރަށް ގަޔާލާ ފިއްތާލިއެވެ. ރޭޝަމްގެ ނޭވާ އެތެރެހަށީގައި ތާށިވެ ދެލޯ ބޮޑުކޮށްލެވުނެވެ. ރޭޝަމް ދެލޯ ބޮޑުކޮށްލުމުން ޒައިކް ރޭޝަމްއާ އިތުރަށް ގާތްވެލިއެވެ.

“ޒައިކް!” ރޭޝަމް އެއްޗެއް ބުނަން އުޅުނު ހިނދު ޒައިކް ކޮށްލި ކުޑަ ހަރަކާތަކާއިއެކު އޭނާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ދެން ކުރިއަށް ހިނގައިގަތެވެ.

“މިވަގުތު ހިމޭނުން އޮތިއްޔާ ރަނގަޅުވާނީ. ކިޔަން ހުރި އެއްޗެހި ފަހަށް ބެހެއްޓީމަ ދޯ އަނެއްކާވެސް ކިޔާލެވޭނީ. އެހެންނޫނަސް މީ ލާސްޓެއް ނޫނެއްނު. އަދިވެސް ދިމާވާނެ.” ޒައިކް ބަލާލިގޮތުން މިފަހަރު ރޭޝަމްއަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެއީ ކީއްވެކަމެއް ޚުދު ރޭޝަމްއަކަށްވެސް ނުވިސްނުނެވެ. ޒައިކްއާ އެހާ ގާތްވެވުމުން އޭނާގެ ރުޅިވެރިކަން ފިލާ ދިޔައީކަން ޔަޤީނެވެ. ޒައިކްގެ ގައިން ދުވަމުންދިޔަ މީރުވަހުން ރޭޝަމްގެ ހިއްސުތަކަށް ތާޒާކަން ގެނުވިއެވެ. ހިއްސުތަކަށް ކުރުވަމުންދިޔަ މަސްތުކަމެއްގެ ސަބަބުން ދެލޯ މަރާލެވުނީ އަބަދަށް އެގޮތުގައި ޒައިކްގެ އަތުތެރޭގައި ވުމަށް އެދެމުންނެވެ.

“ޒައިކް! ޒައިކް ކީއްވެ އެކަންކުރީ؟ އެހެން ނޫންނަމަ މިއަދު އަހަރެމެން އުޅުނީހީ ކިހާ އުފަލެއްގަ. އަބަދަށް މިގޮތުގަ އެކަކު އަނެކެއްގެ އަތުތެރޭ…” ރޭޝަމްގެ ހިތަށް އަރާ ފައިބަމުންދިޔަ ޚިޔާލުތަކުން ހިތަށް ތަދުވާން ފެށިއެވެ. ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތެވެ. ރޭޝަމް ބޭނުންވީ އެގޮތުގައި ޒައިކްގެ މޭގައި އޮވެގެން ރޯލާށެވެ. އެހިތުގެ ޝަކުވާތައް ބަންޑުންކޮށްލާށެވެ.

ޒައިކް ހިނގަމުން ދިޔައިރު އޭނާއަށްވެސް ދިޔައީ ތަފާތު އެތައް އަސަރެއް ކުރަމުންނެވެ. ހިތުގައި ހިނގަމުންދިޔަ ޖަޒުބާތުތައް ކޮންޓްރޯލްކުރަން ޒައިކް މަސައްކަތްކުރަމުން ދިޔައެވެ. އޮފީހުގެ ދޮރާއި ހަމަވެފައި ހުއްޓާ ރޭޝަމް ރޯކަން އޭނާއަށް އެނގުނެވެ. ދެލޮލުން އޮހެމުންދިޔަ ހޫނު ކަރުނައިން އޭނާގެ މޭމަތި ތެންމަމުން ދިޔައެވެ. ރޭޝަމްއަށް ކިޔުނު އެއްޗެހީގެ ގިނަކަމުން ހިތުގައި ޖެހުނީކަން ޒައިކްއަށް ވިސްނުނެވެ. އެއީ ރޭޝަމްގެ އާދައެވެ. ކިޔާނެ އެއްޗެއް ކިޔާފައި ފަހުން އެކަމާ ދެރަވެގެން އުޅޭނެއެވެ.

ޒައިކް ދެރަވިޔަސް އަޅާނުލާ ދިޔަގޮތަށް ގޮސް ކާރު ކައިރީ މަޑުކޮށްލިއެވެ. މަޑުމަޑުން ރޭޝަމް ތިރިކުރަން ހިފި ވަގުތު ރޭޝަމް ސިހިފައި ބަލާލިއެވެ. ކަރުނައިން ފޯވެފައިވާ އެސްފިޔަތައް ދުރުކޮށްލާފައި ބަލާލިގޮތުން ޒައިކްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ހިމޭނުން އެދެލޮލަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. އެހެނަސް އަނގައިން ބަހެއް ނުބުނެވުނެވެ. ބުނަން ބޭނުން ކިތަންމެ އެއްޗެއް ހުރިނަމަވެސް އެހިތްވަރެއް ނުލިބުނެވެ.

ރޭޝަމް ކާރަށް އަރަންވެސް ޒައިކްގެ އެހީތެރިކަން ބޭނުންވިއެވެ. އެގާތްކަމާއި އެބީހުންތަކުން ދެހިތުގައިވެސް ޖަޒުބާތީ އޮއިވަރެއް ދަތުރުކޮށްލިއެވެ. ކެތްކުރަން އުނދަގޫ އެ ޖަޒުބާތުގައި ދެހިތް އޮޔާ ދާންފެށިއެވެ. ޒައިކް އޭނާގެ ހިތުގެ މައްޗަށް ބާރުފޯރުވައި ފުން ނޭވާއެއް ދޫކޮށްލަމުން ތެދުވެ ހަމަޖެހިލަން މަސައްކަތްކުރިއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އަނެއްފަރާތަށް ގޮސް ކާރަށް އަރާ ސްޓާޓްކޮށްލިއެވެ.

“އެޑްރެސް؟” ތުރުތުރުލާ އަޑަކުން ޒައިކް އަހާލިއެވެ. ރޭޝަމް ބުނި އެޑްރެހަށް ކުޑަ އިރުކޮޅަކުން ކާރު ގޮސް ގާތްކޮށްލިއެވެ. މިދަތުރު ދިގުދެމިގެން ދިއުމަށް ދެހިތްވެސް އެދެމުން ދިޔައެވެ. ނަމަވެސް ކޮންމެ ދަތުރެއްގެވެސް ނިމުން އަންނަ އުސޫލުން އެދަތުރުވެސް ނިމުނީއެވެ. ޒައިކް ދޮރު ހުޅުވަން ދިއުމުގެ ކުރިން ރޭޝަމް ދޮރު ހުޅުވާފައި ނުކުތެވެ.

“އަހަރެން އެކަނި ގޮސްދާނަން.” ރޭޝަމްއަށް އެކަނި ނުދެވޭނެކަން އެނގިހުރެވެސް ޒައިކްއާއެކު ދާކަށް ބޭނުމެއްނުވިއެވެ. އޭނާ ކަންބޮޑުވީ މަންމައަށް ފެނިގެން ޒައިކްއާ ދިމާއަށް އެއްޗެއް ބުނެފާނެތީއެވެ. އޭނާ ޒައިކްއާ ދިމާއަށް ކޮންމެ އެއްޗެއް ކިޔަސް އެހެންމީހުން ޒައިކްއާ ދިމާއަށް އެއްޗެއް ބުނާ އަޑުއަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ހާސްނުވޭ. އަހަރެން އެތެރެއަކަށް ނުވަންނާނަން. މާދަމާ އޮފީހަށް ނަޔަސް އެންމެ ރަނގަޅު އިނގޭ.” ޒައިކް ގާތްވެލުމުން ރޭޝަމް ނުދާންވެގެން ފައި ވިއްދާލިއެވެ.

“ޕްލީޒް! ރޭޝަމްއަށް އަމިއްލައަށް ނުދެވޭނެކަން އެނގެއެއްނު.” ޒައިކް އެބުނީ ތެދެކެވެ. އޭނާއަށް މިއަދު އަމިއްލަ ހާލައިގެން ގެއަށް ވަދެވޭނީއެއް ނޫނެވެ. ކިތަންމެ ބޭނުންނުވިޔަސް ޒައިކް އެ ދިއްކޮށްލި އަތުގައި ހިފުން ނޫންގޮތެއް ނެތެވެ.

ޒައިކްގެ އަތްދަނޑިމަތީ ގެއަށް ވަންނަން ދިޔައިރު ރޭޝަމް އޮތީ ހިމޭނުން ބަހެއްވެސް ނުބުނެއެވެ. ޒައިކްގެ މޫނަށް ބަލަންވެސް އޭނާ ލަދުގަންނަގޮތްވިއެވެ. އެހާ އެއްޗެހި އޭނާ ކިޔުމުންވެސް ޒައިކް އޭނާއަށް އެހީވުމަށް އަތް ދިއްކޮށްލީއެވެ. އެއީ ކިހާ މާތް އިންސާނެއް ހެއްޔެވެ؟ އެހާވަރަށް އޭނާއަށް އޯގާތެރިވާ މީހަކު އެފަދަ މުޑުދާރު ޢަމަލެއް ހިންގަފާނެބާއޭ ރޭޝަމްގެ ހިތަށްއެރިއެވެ.

ރޭޝަމް އުޅެނީ ފަސްވަނަ ފްލޯރގައެވެ. ލިފްޓު ހުރުމުން ޒައިކްއަށް ނުހަނު ފަސޭހަވިއެވެ. ނޫންނަމަ އޭނާ އަރަން ޖެހުނީހީ ސިޑިންނެވެ. ރޭޝަމް ގޮވައިގެން ސިޑިން އަރާކަށް ގައިމުވެސް ފަސޭހައެއް ނުވާނެއެވެ. ރޭޝަމް އުޅޭ ފްލޯރއަށް އާދެވުމުން ދޮރު ކައިރީގައި ރޭޝަމް ބެހެއްޓިއެވެ.

“ރަނގަޅަށް ފައި ބޮނޑިތާންކޮށްފަ ބޭސް އުނގުޅާތި. މާބޮޑަށް ތަދުވަންޏާ ޑޮކްޓަރަށް ދައްކާތި. ރޭޝަމް އަވަހަށް ރަނގަޅުވެގެން އައިއްޔާ އޮފީހުގެ މަސައްކަތަށް ފަސޭހަވާނީ.” ޒައިކް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ލުއި ހިނިތުންވުމެއް ރޭޝަމްއަށް ހަދިޔާކޮށްލާފައި ދާން ހިނގައިގަތެވެ. ރޭޝަމް ބަލަން ހުއްޓާ ޒައިކް ގޮސް ލިފްޓަށް އެރިއެވެ. ލިފްޓުގެ ގޮޅީގައި ޒައިކް ހުރިއިރު އެނަޒަރު ވަނީ ރޭޝަމްއަށް ހުއްޓިފައެވެ. ދާހިތްނުވިޔަސް ދާން ޖެހޭތީ އެމޫނުމަތިން ފެނިގެންދިޔަ މާޔޫސްކަން ރޭޝަމް ދެނެގަތެވެ. ޒައިކް ދިއުމުން ރޭޝަމް ބެލް އަޅާލިއެވެ. އިރުކޮޅަކުން ރޭޝަމްގެ މަންމަ ހައްވަ އައިސް ދޮރުހުޅުވާލިއެވެ.

“ކީއްވެ ލަސްވީ؟ މިހާރު އެއޮއް ބާރަ ޖަހަނީ.” ރޭޝަމް އެތެރެއަށް ވަންނަން ފައި އަޅަން އުޅެއުޅެ ނޭޅުމުން ކޮރަމުންގޮސް ކާމޭޒު ކައިރީ ހުރި ގޮނޑިއެއްގައި އިށީނެވެ.

“ކިހިނެއްވީ ފަޔަށް؟ ކީއްވެ އަނގައިން ނުބުނެ ތިއިނީ؟ އަނެއްކާ ބަޔަކު ގޮތެއް ހެދީތަ މަގޭ ދަރިފުޅަށް؟” ހައްވަ ރޮއިގަންނަމުން ރޭޝަމްގެ އަތުގައި ހިފާލިއެވެ.

“މަންމާ! މީހަކު ގޮތެއް ނުހަދައޭ. މި ވީގޮތަކީ އޮފީހުން ނުކުންނަން އުޅެނިކޮށް ގޮނޑީގަ އަޅައިގަތީ. އައިސް ކިއުބެއް ނެތްތަ؟” ރޭޝަމް އެހެން ބުނެލުމުން ހައްވަ ގޮސް އައިސް ކިއުބް ތަށްޓަކާއި ކުޑަ ތުވާލިކޮޅެއް ހިފައިގެން އައިސް ފައި ބޮނޑިތާންކުރަން ފެށިއެވެ. ބޮނޑިތާންކޮށް ނިންމާލާފައި ބޭސް އުނގުޅާލަދިނެވެ. އެއަށްފަހު އަވަހަށް ނިދަން ބުނެ ރޭޝަމް ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ. ރޭޝަމް ހެދުންވެސް ބަދަލުނުކޮށް އެނދުގައި ހަމަޖެހިލުމުން ހައްވަވެސް ގޮސް އޮށޯތެވެ. އަރާމު ނިދީގެ ތެރެއަށް ހައްވަ ގެނބިގެން ދިޔައިރު ހިމޭންކަމާއިއެކު ރޭޝަމް އޮތެވެ. އެނބުރެމުންދިޔަ ފަންކާއަށް ބަލަން އޮތްއިރު އޭނާގެ ސިކުނޑީގައިވެސް އެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ.

ޒައިކް ހުރީ ގޭ ބެލްކަނީ ރެއިލިންގގައި ހިފަހައްޓާލައިގެންނެވެ. ދަގަނޑުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ހީވަނީ އެ ދަގަނޑުތައް މުށުތެރޭ ފުނޑުފުނޑުކޮށްލަން އުޅޭހެންނެވެ. އައިސްފައިހުރި ރުޅިއާއި ހިތަށް ލިބެމުންދާ ވޭނުގެ ސަބަބުން ޒައިކްގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. ކިތަންމެ ކެތްކުރަން އުޅުނަސް އެކަން ވާގޮތެއް ނުވިއެވެ. މިއަދު ޒައިކްގެ ހިތުގައި ރޭޝަމް އެ ލައްވާލި ޒަޚަމްތައް ދުވަހަކު ފޮހެވިގެން ދާނެހެނެއް ހިއެއްނުވެއެވެ. ރޭޝަމްގެ އެ ރުޅިވެރި ބަސްތައް ކަންފަތުގައި ގުގުމާލަ ގުގުމާލާ ހުރިއިރު އެދެލޮލުން ފެންނަމުންދިޔަ ބޭޤަރާރުކަން ޒައިކްގެ ހިތުގައި އެތައް ސުވާލުތަކެއް އުފައްދަމުން ދިޔައެވެ.

ޒައިކްގެ ހިތުގައިވާ ރިހުން ކިތަންމެ ބޮޑަސް އެހިތުގައި އުފާވެރި އިހުސާސެއްވިއެވެ. އެތައް ދުވަހަކަށްފަހު ރޭޝަމްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމުން އެހިތަށް އުފާވެރިކަން ލިއްބައިދިނެވެ. އެ ރުޅިވެރި ވިހަ ބަސްތަކުން ހިތް ޒަޚަމްކޮށްލިއިރު އެ ބީހިލުމުން ހިތުގައި މީރުކަމެއް އުފައްދާލިއެވެ. އެ އިހުސާސްތަކުގެ ތެރޭ ޒައިކް ދެލޯ މަރާލިއެވެ. ދެވަނަ ފަހަރަށް އެމަންޒަރުތައް ހިތުގެ ލޯގަނޑުން ބަލާލުމަށެވެ.

ޒައިކް އެގޮތުގައި ވިސްނަން ހުއްޓާ ކުއްލިއަކަށް ކަމެއް ހަނދާންވިއެވެ. ރޭޝަމް މާލޭގައި އެހުންނަ އެޕާޓްމެންޓަކީ ޝައިލްގެ ދެމަފިރިން އުޅުނު އެޕާޓްމެންޓެވެ. ރޭޝަމް އެގޭގައި އުޅެންޏާ ޝައިލްމެން ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. ޝައިލްއަކީ ރޭޝަމްގެ ކޮއްކޮ ރައިޝާގެ އެންމެ ގާތް އެކުވެރިޔާ، ޒަހާގެ ފިރިމީހާއެވެ. އެދެމަފިރިންނާ އެކުގައި ރޭޝަމް އުޅެނީ އެކަނި ހެއްޔެވެ؟ ނޫނީ އޭނާގެ އާއިލާ އެއްކޮށް ހެއްޔެވެ؟ މިރޭ އެގެއަށް ވަދެވުނުނަމަ އެ ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބުނީހެވެ. ނަމަވެސް އެހާ ހިތްވަރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ޒަހާއަށް އޭނާ ފެނިއްޖެއްޔާ ލަޓިބުރިން ތަޅާ ބޭރުކުރާނެކަން ޔަޤީނެވެ. ޒައިކް މާޔޫސްވިއެވެ. ގޮތް ހުސްވެފައިވާ ހާލު ޒައިކް ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. އޭރު ފަތިސްވާން ކައިރިވެއްޖެއެވެ. ކުރީ ރޭ ނުނިދުމާއެކު މިރޭވެސް ނިދި ގެއްލި ދިޔައީއެވެ.

ރޭޝަމް އެނދުގައި ފުރޮޅި ފުރޮޅި އޮތީ ފަޔަށްވާ ތަދުން ނުނިދިފައެވެ. ފަޔަށްވާ ތަދާއިއެކު އެހިތުގައިވެސް އެބަ ރިހެއެވެ. ޒައިކްއާ ދިމާއަށް އޭނާއަށް ގޮވުނު އެއްޗެހި ހިތަށްއެރުމުން އެހިތަށް ލިބޭ ވޭން އިތުރުވިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި އޮހެމުންދިޔަ ކަރުނަތައް ބާލީހަށް އޮބެމުން ދިޔައެވެ.

ޒައިކްގެ އެ އޯގާތެރިކަން ފެނިފައި ރޭޝަމްގެ ހިތް އުފަލުން ފުރުނެވެ. މުޅި ދުނިޔެ ޒައިކް ކުށްވެރިކުރިޔަސް އޭނާގެ އެހިތް ބުނަމުންދަނީ ޒައިކްގެ އެއްވެސް ކުށެއް ނެތްކަމުގައެވެ. ބަޔަކު މީހުން އޭނާ އެކަމުގައި ބައްދާލީއެވެ. ޒައިކްގެ ދެލޮލުން ފެންނަން އެހުންނަ ހަޤީޤަތް އޭނާއަށް ޤަބޫލުކުރެވެއެވެ. ހެއްކާއިއެކު ޒައިކް ހައްޔަރުކުރި ދުވަހުވެސް ޒައިކްގެ ދެލޮލުން ރޭޝަމްއަށް ފެނުނީ މިރޭވެސް އެ ފެނުނުފަދަ އަސަރުތަކެކެވެ. އޭނާއަށް ޒައިކްގެ ތެދުވެރިކަން އެދެލޮލުން ސާފުކޮށް ފެންނައިރު އެހެންމީހުންނަށް ނުފެންނަނީ ކީއްވެބާއޭ ރޭޝަމްގެ ހިތަށްއެރިއެވެ.

އިރު އަރަންދެން ފައިގައި ބޭސް އުނގުޅާލަ އުނގުޅާލާ ރޭޝަމް އޮތެވެ. އޭނާގެ ލޮލާއި ނިދި ވަނީ ރުޅިވެފައެވެ. މުޅި ކާއިނާތު އޭނާގެ ހިތާމައިގައި ބައިވެރިވިޔަސް އޭނާގެ ހިތުގެ ހާލު އޭނާގެ މަންމައަށް އަންގާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެހިތް ކުރިއެކޭ އެއްގޮތަށް މިއަދުވެސް އެދެނީ ޒައިކްއަށެވެ. އެންމެ ތުއްތު ދުވަހުން ފެށިގެން އެކުގައި އުޅުނު ބައިވެރިޔާއަށެވެ. އޭނާގެ އެންމެ ލޯބި ރަޙުމަތްތެރިޔާއަށެވެ.

ތިންދުވަސް ވީއިރުވެސް ރޭޝަމް އޮފީހަކަށް ނާދެއެވެ. ރޭޝަމް ފެނިނުލާ މިހާދުވަސްވީއިރު ޒައިކް މޮޔަވާވަރުވިއެވެ. ރޭޝަމްގެ ހާލު އޮޅުންފިލުވާވެސް ނުލެވޭތީ އޭނާގެ އަމިއްލަ ނަފްސުދެކެވެސް ޒައިކްއަށް ރުޅިއާދެވުނެވެ. އެންމެ މިނެޓެއްވެސް ރޭޝަމް ނުފެނި ކެތްކުރަން މިހާރު ޒައިކްއަށް ވަނީ ވޭނަކަށް ވެފައެވެ. މަސައްކަތެއް ކުރާހިތް ނުވާތާނގައި ކާހިތެއް، ނިދާހިތެއްވެސް ނުވެއެވެ. މުޅި ޙަޔާތް ފަޅު ސަހަރާއަކަށް ވެފައިވާއިރު އޭނާއަށް ލިބިދޭ ހަމައެކަނި ހިތްހަމަޖެހުމަކީ ރޭޝަމް ފެނިލުމުން އެ ލިބޭ ހިތްހަމަޖެހުމެވެ. ތެދަށް ބުނާނަމަ މިހާރު ޒައިކް ދިރިހުރުމަށް ލިބޭ ހަމައެކަނި ފަރުވާއަކީ ރޭޝަމްއެވެ.

ހަތަރު ދުވަސްފަހުން ރޭޝަމް އޮފީހަށް ނުކުތުމުން މުޅި އޮފީސްތެރެ ހަލަބޮލިވެގެން ދިޔައެވެ. އެކި މީހުން އެކި އަޑުން ހާލު އަހަމުން ދިޔައިރު ރޭޝަމް ނެތުމުން އޮފީސްވެސް ފަޅު ސަހަރާއެކޭ އެއްގޮތްކަމުގައި ގިނަ ކުދިން ބުނަމުން ދިޔައެވެ.

“އަސްލުވެސް ރޭޝަމް ނެތީމަ ވަރަށް ފޫހި. އޮފީހަށް އަންނަ ހިތެއްވެސް ނުވޭ.” ލާރާ އައިސް ރޭޝަމްގެ ކޮނޑުގައި އެލިގަތެވެ.

“އާހް! ލާރާ ތިއުޅެނީ އަނެއްކާވެސް އޮފީހަށް ނާދެވޭގޮތް ހަދަންތަ؟” ރޭޝަމް މިހެން ބުނެލުމުން ދިމްނާ އައިސް ރޭޝަމް ގޮނޑީގައި ބޭންދިއެވެ.

“ރޭޝަމް! ދެންވެސް ބަލައިގެން އުޅޭތި. މިކުދިންނަށް ރޭޝަމް ނަޔަސް އުނދަގުލެއް ނުވާނެ. ރޭޝަމް ގޭގަ ހުރީމަ ހުރިހާ ބުރައެއް ވަނީ އަހަރެންނަށް ވިއްޔަ.” ޒުހުރީ އައިސް ރޭޝަމްއަށް މަރުޙަބާ ކިޔެވެ. އެންމެން އުފާވެފައި ތިބިވަރު ފެނިފައި ރޭޝަމްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

ކެބިންގެ ގޮނޑީގައި ޒައިކް އިނީ ދެލޯ މަރާލައިގެންނެވެ. އާދައިގެމަތިން މިއަދުވެސް މަސައްކަތްތައް ފުނިޖެހިފައި ހުރިއިރުވެސް މަސައްކަތް ކުރާހިތް ނުވެފައި ޒައިކް އިނެވެ.

“ގުޑް މޯރނިންގ ސަރ.” ކުއްލިއަކަށް ޒައިކްގެ ކަންފަތުގައި ޖެހުނު އަޑުން ސިހިފައި ދެލޯ ހުޅުވާލިއެވެ. އެ މިއުޒިކީ އަޑަކީ އެއަޑެއް އެހުމަށް އޭނާގެ ކަންފަތް ބޭޤަރާރުވެފައިވާ އަޑެވެ.

“ރޭޝަމް!” ޒައިކްއަށް ގޮނޑިން ތެދުވެވުނެވެ. ހިތް އެދުނީ ރޭޝަމް ގާތަށް ދާށެވެ. ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުން އެރީ ރޭޝަމްގެ އެ ވިހަގަދަ ބަސްތައް ހަނދާންވުމުންނެވެ.

“ސަރ! މިއޮތީ މި ކޮމްޕެނީގެ ދަށުން މަސައްކަތްކުރާ ގުރޫޕެއްގެ މެމްބަރުންތަކެއް މުސާރަ ބޮޑުކުރަން އެދި ފޮނުވާފަ އޮތް ލިޔުމެއް. ކުރިންވެސް ހަމަ މިމީހުން ވަނީ މުސާރަ ބޮޑުނުކޮށްގެން ހަޅުތާލުކޮށްފަ.” ރޭޝަމް އޭނާ އަތުގައި އޮތް ގަނޑު ޒައިކްއަށް ދިއްކޮށްލިއެވެ. ޒައިކް އޭގައި ހިފަމުން އެގަނޑަށް ރަނގަޅަށް ބަލާލިއެވެ. ގަނޑު މޭޒުމަތީ ބާއްވަމުން ރޭޝަމް ގާތު އިށީންނަން އެދުނީ ޖެހިގެން އުޅޭ މައްސަލަ ހައްލުކުރާނެ ގޮތަކާއިމެދު މަޝްވަރާކުރުމަށެވެ.

ޒައިކް އޮފީހުގެ އެންމެން އެއްކުރިއެވެ. އޮފީހުގައި ފުނި ޖެހިފައި ނުނިމި ހުރި މަސައްކަތްތައް ކުރިއަށް އޮތް ހަފުތާގައި ނިންމަން ޒައިކް އެންމެންނަށް އެންގިއެވެ.

“މަސައްކަތްތައް ނިންމާލަން މިޖެހެނީ، ކުރިއަށް މިއޮތީ މި ކޮމްޕެނީގެ އަހަރީ ޖަލްސާ. ޖަލްސާއަށް ތައްޔާރުވާން ހުރިހާ އެންމެންވެސް ވަރަށް ބުރަކޮށް އުޅެން ޖެހޭނީ. ފަހަރެއްގަ ވާގޮތަކުން ނުނިދާވެސް އުޅެން ޖެހިދާނެ. އިތުރަށް ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ދެވޭނެ. އަޅުގަނޑު އެދެނީ އެންމެން އެކަތިގަނޑަކަށް ވެގެން މި ކޮމްޕެނީ ކުރިއަރުވަން.” ޒައިކްގެ ވާހަކަ އެންމެނަށްވެސް ވަރަށް ކަމުދިޔައެވެ. ޒައިކްގެ ހުންނަ ސީރިއަސްކަމާއި އެއްވަރަށް އޭނާގެ ދީލަތިކަން އެންމެންނަށްވެސް ފާހަގަކުރެވުނެވެ. ޒައިކް އެންމެންގެ ހިތުން މަޤާމެއް ހާސިލްކުރުމުން ރޭޝަމްވެސް އިނީ އުފާވެފައެވެ.

ޖެހިގެން އައި ދުވަހު ރޭޝަމް އޮފީހަށް ދިއުމާއެކު ޒައިކް ގޮވާލާފައި ބުނީ މާފުށީގައި ހަދާ ނިންމި އިމާރާތުގެ މައްސަލަ ހައްލުކުރަން އެރަށަށް ދިއުމަށެވެ.

“މިހާރު ފުރަން މި ނިންމީ. ރޭގަނޑު އެކޮޅުގަ މަޑުނުކޮށް އަންނަގޮތަށް ވިސްނާފަ. ރޭޝަމް އޭނައަށް ގުޅާފަ އަހަރެމެން ދާ ވާހަކަ ބުނޭ.” ރޭޝަމް ކެބިންއިން ބޭރަށް ނުކުތްއިރު ހިތް ތެޅިލަ ތެޅިލާ އޮތީ ވާން މިއުޅެނީ ކީއްބާއޭ ހިތަށް އެރުމުންނެވެ. ޒައިކްއާއެކު އެކަނިމާއެކަނި މިދަތުރު ދިއުން ރަނގަޅުވާނެބާއޭ އޭނާގެ ހިތަށްއެރިއެވެ. ނުގޮސް ވާކަށްވެސް ނެތެވެ. ރޭޝަމް ވިސްނަން އިންދާ ޒައިކް ގޮވާލިއެވެ.

ރޭޝަމް ސިހިފައި ތެދުވިއެވެ. ޒައިކްއާއެކު މަޑު ފިޔަވަޅުތަކެއްގައި ކުރިއަށް ދިޔައިރު އެދެމެދުގައިވަނީ ހިމޭންކަމެވެ. އޮފީހުން ނުކުމެގެން ގޮސް ކާރަށް އެރިއިރުވެސް ދެމީހުންކުރެ އެކަކުވެސް އަނގައަކުން ނުބުނެއެވެ. ހީވީ ދެ ބީރައްޓެހިންހެންނެވެ. ކާރު ގޮސް ލޯންޗު އޮތް ދިމާއިން ތޮށިގަނޑާއި ގާތްކޮށްލުމަށްފަހު ޒައިކް ކާރުން ފޭބިއެވެ. ރޭޝަމް އިނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ.

“ކީއްވީ؟” ރޭޝަމް ކާރުން ނުފައިބާ އިނުމުން ޒައިކް ސުވާލުކޮށްލިއެވެ. ޒައިކްގެ އަޑަށް ސިހިފައި ބަލާލުމަށްފަހު އަވަސްއަވަހަށް ކާރުން ފޭބިއެވެ. އޭރުވެސް އޭނާގެ ހިތުގައި ހިނގަމުންދިޔައީ ކުރިންވެސް ހިނގަމުންދިޔަ ޚިޔާލުތަކެވެ. އެއްވެސް ބަހެއް ނުބުނިތާނގައި އިސްޖަހާލިގޮތަށް ރޭޝަމް ގޮސް ތޮށިގަނޑުމައްޗަށް އެރިއެވެ. ރޭޝަމް ބަލާލިއިރު ޒައިކް ހުރީ ލޯންޗުގެ ކުރީގައި އަތް ދިއްކޮށްލައިގެންނެވެ. އެއަތުގައި ހިފަމުން ރޭޝަމް އިސްޖަހާލިއެވެ. އަވި އައިނުގައި ހުރިއިރު މިއަދު ޒައިކް ފެންނަނީ އެހެން ދުވަސް ދުވަހާއި ޚިލާފަށް މާ ތާޒާކޮށެވެ. އެމޫނުމަތިން ފެންނަމުންދިޔައީ އުއްމީދުން ފުރިގެންވީ ހިނިތުންވުމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (60)

  1. Saandy

    Assalaam A’laikum!! Hurihaa kudhinnahves varah baajjaveri dhuvahakah edhen… Miothy “REYSHAM” ge 2 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… 3 vana bai maadhamaa hen’dhunu up vaane… Insha Allah!!

  2. Aabhy

    vvv reethi. waiting for next part…

    1. Saandy
      Aabhy

      ThanQ Aabhy 🙂

  3. Ekkala kujja

    Chaaaaa. Varah salhi. Inthizaaruga… coool

    1. Saandy
      Ekkala kujja

      ThanQ Ekkala Kujja 🙂

  4. Shiff

    wow. v reethi. saandy ge nama kee kobaatha?

    1. Saandy
      Shiff

      ThanQ Shiff 🙂

    2. Saandy
      Shiff

      Shiff! Saandy keema hunnaany ran’galhah… Hehehe 🙂

  5. Aashoo

    V v reethi mi story.. Gud luck saandy

    1. Saandy
      Aashoo

      ThanQ Aashoo 🙂

  6. Ammi

    Oh my god!! Its an amazing story..i cant wait to read the next part..

    1. Saandy
      Ammi

      ThanQ Ammi… Ekam hama maadhamaa hen’dhunah kuda kuda inthizaareh kollaashey jeheyny… 🙂

  7. Naxy

    Vvvvv reethi

    1. Saandy
      Naxy

      ThanQ Naxy 🙂

  8. Maree

    VVVVV reethi

    1. Saandy
      Maree

      ThanQ Maree 🙂

  9. Appy

    Wow …v rythi mi vaahaka.
    ….

    1. Saandy
      Appy

      ThanQ Appy 🙂

  10. faimini kamana

    Saandy baeh thanthaaga reycham jehifa ebahuri reyshamge badhalugai.. Ethan ethan ranglhakohlahchey.. Varah salhi story

    1. Saandy
      faimini kamana

      ThanQ Faimini Kamana! Aan… E-ee liyumuge kusheh… Ehen liyeveykan en’geythy schedule kurumuge kurin v belin feneythoaves… Ekamves alhainugaiy thanthankolhu e-ee… ThanQ in’gey buneladhineema… 🙂

  11. sooo

    V v v reethi mi vaahaka..

    1. Saandy
      sooo

      ThanQ Sooo 🙂

  12. YammYoon

    Wow…! Nic nic ingey… Oh Zaik men annany vx maafuttah shw… Salhi ingey…

    1. Saandy
      YammYoon

      ThanQ YammYoon… Hmm… Hama Maafuttashey dhany… Hehehe… 🙂

  13. Alex

    Alah vaahaka kiyan feshi meehakah balaafa vrh gayaa vejje.. Vaahaka hama vrh chill..

    1. Saandy
      Alex

      ThanQ Alex 🙂

  14. imagination

    yeyyy.. v reethi <3 <3

    1. Saandy
      imagination

      ThanQ Imagination 🙂

  15. ithoo

    Woww..v v reethi..mi stry liyun kujja konmes akah v molhu hama..n thanxx saandy mi stry kiyaalevey varu kohdhineema.. ☺

    1. Saandy
      ithoo

      ThanQ Ithoo… 🙂

  16. shuzy

    MaashaaAllah v v reethi

    1. Saandy
      shuzy

      ThanQ Shuzy 🙂

  17. Shaya

    Speechless❤

    1. Saandy
      Shaya

      ThanQ Shaya 🙂

  18. jookool

    saandy keehvetha nain esfiya ah story nuliyany. Nain kairy bunedhyba nain Ragister vegen esfiya ah story liyan v nun hey. Nainge reply bunedhehchey. Esfiyaigaves nainge fans eba thibi viyya.

    1. Saandy
      jookool

      Jookool! Saandy akah neynge keeve kameh… Ahaalaanan… 🙂

    2. NAIN
      jookool

      Jookool! Nain ah evarakah time ehnulibe.
      Nainge hurihaa fan ah shukuriyyaa ey bunelaanee.

    3. Saandy
      jookool

      ThanQ Nain for giving a reply to Jookool & ur fans 🙂

    4. NAIN
      jookool

      Maruhaba saandy!!

    5. Saandy
      jookool

      🙂

  19. addu koyya

    Wow varah kiyaa hiy vaa stry eh????

    1. Saandy
      addu koyya

      ThanQ Addu Koyya 🙂

  20. Reen

    mi partves v teethi waiting for next part

    1. Saandy
      Reen

      ThanQ Reen… Hen’dhunu up vaane 🙂

  21. Shahoo

    Maasha allah haadha salhi ey mi story..???. Can’t wait

    1. Saandy
      Shahoo

      ThanQ Shahoo… Ekamves hen’dhunah inthizaaru kollaa… Hehehe 🙂

  22. Almaa

    V nice

    1. Saandy
      Almaa

      ThanQ Almaa 🙂

  23. afaa

    Superb<3

    1. Saandy
      afaa

      ThanQ Afaa 🙂

  24. Abbey

    Varah furihama thi vaahaka aslu vx.. ??

    1. Saandy
      Abbey

      ThanQ Abbey 🙂

  25. Mary

    Saandy your story is Amazing

    1. Saandy
      Mary

      Mary! This is Nain’s story… Not mine… Anyway, ThanQ 🙂

  26. Aish

    V salhi

    1. Saandy
      Aish

      ThanQ Aish 🙂

  27. Kiyaa Meehaa

    WOW! Saandyge story akah nuviyas Saandy abadhuves genesdheyny mikahala rythi stories.. Waiting for the next part dear ❤❤

    1. Saandy
      Kiyaa Meehaa

      ThanQ Kiyaa Meehaa… Miadhu hen’dhunu up vaane… Insha Allah!! 🙂

  28. ❤️ Mimmi ❤️

    saandy
    Mi partves varah reethi <3
    waiting waiting waiting ?

    1. Saandy
      ❤️ Mimmi ❤️

      ThanQ Mimmi… Miadhu hen’dhunu up vaane… Insha Allah!! 🙂

Comments are closed.