Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މައިޝާ (6)

X-girl
March 27, 2017
4 Mins Read
52 Views
11 Comments

ހަމްދާނަށް ހުރެވުނީ މައިޝާގެ އެ ޖުމްލަތައް ޤަބޫލުނުކުރެވިފައެވެ. މިއީ ހުވަފެނަކަށްވާނެނަމައޭ ހިތާހިތުން ދުޢާ ކުރެވުނު އަދަދެއްވެސް ނޭގެއެވެ. “ދާން. ނޭގެ ކިޔާދޭކަށްވެސް. މައި ހަމަ ދެރަވަނީ. ހިތަށް އަރާ މައި މީ މިހާރު ދުނިޔޭގަ ހުރިމީހަކަށް ނުވިނަމައޭ.” ބަލި އަޑަކުން މައިޝާ ވާހަކަ ދެއްކިއިރު އެހިތުގެ ރިހުމާއި ވޭން ހަމްދާނަށް އިގޭ ކަހަލައެވެ. “މައި ތިހެން ބުނާކަށްވެސް ނުވާނެ. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް”. މައިޝާ ހިތްހަމަ ޖައްސާލުމުގެ ގޮތުން ހަމްދާން ބުނެލިއެވެ. ލޯމަރާލައިގެން އޮތް މައިޝާ އަށް ބަލަހައްޓައިގެން ހަމްދާނަށް އިދެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. ބަލާ ފޫހި ނުވާނެ ފަދަ ރީތި ކަމެކެވެ. “އައި ލަވް ހާ. އެންޑް ޝީ ލަވްސް ސަމްވަން އެލްސް އެންޑް އައި ވިޝް އައި ވޯޒް ދެޓް ސަމްވަން.” އެ ހިތުގައިވާ ލޯބި މައިޝާ އަށް އިގޭނެނަމައޭ ހަމްދާންގެ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ.

“އަހަ..ހަމްދާން ދޯ މަލާ ކައިރި ތިއިނީ..މި ބޭސް ނަގަން ދާން ޖެހުނީމަ ލަސްވީ.”މިރާންގެ އަޑަށް ޚިޔާލް ތަކަށް ގެއްލިފައި އިން ހަމްދާނަށް ހޭވެރިކަން ވިއެވެ. މިރާން ގާތުގައި ކުޑައިރުކޮޅަކަށް ވާހަކަ ދައްކަން ހުރުމަށްފަހު މަންޒިލެއް ނެތް މުސާފިރެއްފަދައިން ހަމްދާން ނުކުތީ ހިތް ހަލާކުވެފައިވާ ހާލުގައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މައިޝާގެ ބަލި ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ. ސައީދާ އާއި މިރާން ބޭނުންވީ މައިޝާ ގާތުގައި މާލޭގައި ހުރުމަށެވެ. މިފްޒާލްގެ ކިޔެވުން މާލެއަށް ބަދަލުކޮށް މިރާން މާލޭ ބްރާންޗަށް ވަޒީފާ ބަދަލުކުރީ މާޖިދުގެ ލަފާގެ މަތިންނެވެ. މާޖިދު ބޭނުންވީ އޭނާ ރަށަށްގޮސް ހުރިހާ ކަމެއް ހަމައަކަށް އެޅެންދެން މަޑުކޮށްލުމަށެވެ. މައިޝާގެ އާއިލާގެ އަޅާލުމާއި ލޯބީގެ ސަބަބުން އޭނަގެ ޒަޚަމްވެފައިވާ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުން ލިބެއެވެ. ހޮސްޕިޓަލްގައި އެއް ހަފްތާއަށްވުރެ ގިނަ ދުވަހު އެޑްމިޓްކޮށްފައި އޮތްއިރުވެސް ނަޖާހު މައިޝާގެ ހާލު ބަލާލަން ނުދެއެވެ. ނަޖާހު އެއްގޮތަކަށްވެސް އަޅާނުލާކަން މައިޝާއަށް ޔަޤީންވިއެވެ. ކިތަންމެ ދެރަވިޔަސް އެކަން މޫނުމަތިން ނުދައްކާ ވޭތޯ މައިޝާ ބެލިއެވެ.

“މަލާ..މިހާރު އޯކޭތަ.؟ މާދަމާ ކޮލެޖަށް ދާންޖެހޭދޯ.؟ މަލާގެ ފްރެންޑް ނިޝްޔާ ވެސް ދެޔޭ ދޯ..ވާއު ކޮލެޖް ލައިފް ވަރަށް އެކްސައިޓް ވާނެ ދޯ..ޒީކް ވެސް ވަރަށް ދާހިތްވޭ ކޮލެޖަށް.” ހުއްޓުމެއްނެތި ޒީކް ވާހަކަ ދައްކަމުން ދިޔައެވެ. “މަލާ އަށްވެސް ހީވަނީ އެކްސައިޓް ވާނެހެން..އާނ..ނިޝީވެސް ދާ ވާހަކަ ދެއްކި.”މައިޝާ ބުނެލިއެވެ.

މައިޝާއާއި ނިޝްޔާ ދެމީހުން އިންތިޒާރު ކުރަމުން ދިޔައީ އެމީހުންގެ ލެކްޗަރަރ ކުލާހަށް އަންނާނެ އިރަކަށެވެ. މިއަދަކީ މައިޝާމެންގެ ކޮލެޖް ލައިފްގެ ފުރަތަމަ ދުވަސް ކަމުން ދެމީހުންވެސް ތިބީ ނުތަނަވަސްވެފައެވެ. މުޅިން އާ މާހައުލެއް ކަމުން އެދެމީހުން ތިބީ އާވެފައެވެ. ފަންސުރުން ފޮތުގައި ކުރަހަން އިން މައިޝާ ސިއަސައިގެން ދިޔައީ ވަރަށް ދަންނަ އަޑެއް އިވުމުންނެވެ. ” ގުޑް މޯނިންގ ސްޓޫޑެންޓްސް”. އެއީ ހަމަ އެއަޑެވެ. މައިޝާ އިސްއުފުލާ ބަލައިލިއިރު ކުރިމަތީގައި ހުރި ނަޖާހު ފެނި މައިޝާ ލާންއުޅުނު ނޭވާވެސް ކަރުތެރޭގައި ތާށިވިކަހަލައެވެ. މައިޝާ އަށް ވަމުންދާ ގޮތް ފެނިފައި ނިޝްޔާ ހިތުގައި ސުވާލު އުފެދުނެވެ. ” ޔޫ އޯކޭ.” ނިޝްޔާ ސިއްރު ސިއްރުން އަހާލިއެވެ. މައިޝާގެ ޖަވާބުގައި ލޭޓަރ އޭ ބުނެލީ އެވާހަކަ އެގަޑީގައި ނުދެއްކޭނެތީއެވެ. އެކަމަކު މައިޝާ އަށް ނޭގުނީ އޭނަ އެވާހަކަތައް ދައްކަން އުޅެނީ އޭނަގެ ހަޔާތަށް ކިހާ ނުރައްކާތެރިި މިީހަކާއި ކަމެވެ.

ނަޖާހު ފިލާވަޅު ނަގަމުންދިޔައިރު ޒުވާން އަންހެން ކުދިންގެ ނަޒަރު އޭނާއަށް ހުއްޓިފައިވުމުން އޭނާ އަށް ކުރެވެނީ އުފާވެރި އިހްސާސްތަކެކެވެ. ދޭތެރެއަކުން ބައެއް ކުދިންނާއި ސަމާސާ ކޮށްލަން އެއްޗެކޭ ބުނެލައެވެ. މައިޝާ އިނީ ފޫހި ވެފައެވެ. މި ބޮޑު ކްލާސް ރޫމްގެ އެންމެ ކުރީގައި އޭނާ އިންއިރު ނަޖާހަށް އޭނާ ހަމަ ނުފެންނަނީ ހެއްޔެވެ. ފޮނި ފިރިހެނެކެވެ. “ސަރ.. ސަރގެ ސްމައިލް ހާދަ ރީއްޗޭ..” މައިޝާގެ ކައިރީގައި އިން ނިޝްޔާ އެއްވެސް ޖެހިލުމެއްނެތި އެހެން ބުނުމުން ހުރިހާ ލަދެއް ގަތީ މައިޝާ އެވެ. ނަޖާހު މައިޝާ މެންނަށް ބަލާލީ ވަރަށް ސީރިއަސް ވެ ހުރެއެވެ. ނިޝްޔާވެސް ލަދުން މަރުނުވީ ކިރިއާއެވެ. ނިޝްޔާ ހީކުރީ ނަޖާހުގެ ވާހަކަތަކުން އޭނާ ވަރަށް ފްލާޓީ ވާނެކަމަށެވެ.

“ނިޝީ، ކިހިނެއްތަ ތިއުޅެނީ. އެއީ ނިޝީގެ ސަރ އޭ. ރެސްޕެކްޓް ކުރަން ޖެހޭނެއްނު. އޭނާ ހިތައް އަރާނީ ކީކޭ. އަހަރެން ލަދުން ހަލާކުނުވީ ކިރިޔާ.” މައިޝާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މައިޝާމެން ތިބީ ކެންޓީންގައި ކަމުން، މައިޝާ ވާހަކަ ދެއްކީ ތަންކޮޅެއް މަޑުންނެވެ. “މައި އަށް ކީއްވެ ތިހާވަރު ވަނީ. ކްލާހުގަ އެހެން ކުދިންވެސް ތިބި. ސަރ ކަމެއް ނޭނގެ މުޅި މީހާ ގަޑުވެފަހުރި އިރު. ދެން އޯކޭ. އަހަރެން މާދަން ސަރ ކައިރީ މާފަށް އެދޭނަން. ހެޕީ. އެންޑް ކޮބާ ބުނަންއުޅުނު ވާހަކަ.” ޕަނީނޯ އެއްކަމުން ނިޝްޔާ ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. މައިޝާ އެއްޗެކޭ ނުބުނެ ގިނައިރުވުމުން ނިޝްޔާ އަށް ނުހުރެވިގެން އެ ސުވާލު ތަކުރާރު ކޮށްލިއެވެ. ” ނިޝީ. މައި އެންޑް ނަޖާހު އަކީ ކުޑައިރު ބެސްޓް ފްރެންޑްސް. ބަޓް ނައު އެހާ އެހާ ފްރެންޑެއް ނޫން..ދެން ނާނު..އައި މީން ނަޖާހު ކުއްލިއަކަށް މައި މެންގެ ސަރ އެއްގެ ގޮތަށް ފެނުނީމަ ސަޕްރައިސް ވީ. ނަތިންގެ މޯ. އެބަ އަންނަން ފާޚާނަޔަށް ގޮސްލާފަ.” މައިޝާ އެތަނުން ދިޔައީ ނިޝްޔާ އިތުރު ސުވާލެއް ކޮށްފާނެތީ ބިރުންނެވެ.  މައިޝާ ލަސްވާން ފެށުމުން ނިޝްޔާ މައިޝާ ގެންގުޅޭ ނޯޓް ފޮތް ނެގީ ހިތުގައި އެއްވެސް އެއްޗެއް އޮވެގެނެއް ނޫނެވެ. އެ ފޮތުގެ ގަނޑުތައް އުކަމުން ދިޔައިރު ނިޝްޔާގެ ލޮލުގައި އަޅައިގަތީ ފޮޓޯއެއްގެ ފަހަތުގައި ލިޔެފައިވާ ވަރަާށ އަސަރުގަދަ އިބާރާތް ކޮޅެކެވެ. ” އައި މިސް ޔޫ އަލޮޓް މޯ ދެން އައި ރިއަލައިޒްޑް. ތިންގްސް ކީޕް ހެޕެނިންގް އެންޑް އައި އޯލްވޭސް ފައިންޑް މައި ސެލްފް ވިޝިންގ އައި ކުޑް ޓެލް ޔޫ އެބައުޓް ދެމް.” ނިޝްޔާ މަޑުމަޑުން އެ އިބާރާތް ކޮޅު ލިޔާލުމަށްފަހު އެ ފޮޓޯގެ އަނެއް ފަރާތް ބަލާލިއެވެ. ނިޝްޔާގެ ލޮލުގައި އަޅައިގަތީ ސްކޫލު ޔުނިފޯމްގައި މައިޝާ އާއި ވަރަށް ގާތުގައި ހުރި ނަޖާހުއެވެ. ފޮޓޯގެ ދަށުގައިވާ މޭއި އެންޑް ނާނު ފޯއެވަރ ޖަހާފައި އިނުމުން ނިޝްޔާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.  އަގައަށް ގޮތެއް ހެދުމަށްފަހު ނަތިންގ މޯ އޭ ނިޝްޔާ ބުނެލީ އަވަހަށް މައިޝާ އައުމުގެ ކުރިން އެ ފޮޓޯ އޭނަގެ ދަބަހައްލާ ފޮރުވާލަމުންނެވެ.

“ސޮރީ..މައި ވަރަށް ލަސްވެއްޖެ ދޯ..އަސްލު ޓޮއިލެޓްގަ ކުދިން ގިނަ ވީމަ މައި ކުޑަކޮށް ބޭރުގަ މަޑުކޮށްލީ..” މައިޝާ ހަމަޖެހިފައި ވާހަކަ ދެއްކިއެވެ. “އިޓްސް އޯކޭ. މައި އާ އެއްކޮށް ކްލާހަށް ދާންވެގެން މީނީ.” ނިޝްޔާ ކުޑަ ހިނިތުންވުމަކާއެކު ބުނެލިއެވެ. ނިޝްޔާ އަށް އެއްވެސް އެއްޗެއް ނޭގެ ކަމަށް ހެދިގެން ކްލާހުގައި އިންއިރު ހިތާހިތުން ރާވަމުން ދިޔައީ މައިޝާގެ ދިރިއުޅުމާ ކުޅެލެވޭނެ ގޮތްތަކެވެ.

ކްލާސް ނިންމާލުމަށްފަހު ނިޝްޔާ ދިޔައީ މައިޝާއާއެކު މައިޝާމެންގެ ގެއަށް އޭނަގެ ޕެންޑްރައިވް ހޯދާށެވެ. ނިޝްޔާ ސިޓިންރޫމްގައި ބައިންދާފައި މައިޝާ ދިޔައީ ކޮޓަރިއަށެވެ. އެވަގުތު ސޯފާގައި ޓީވީ ބަލަން އިން މިރާން އިނީ ނިޝްޔާއަށް ބަލަހައްޓައިގެންނެވެ. ނިޝްޔާއަށްވެސް މިރާނަށް ބަލާލެވުނު ވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ނިޝްޔާ ލަދުން އިސްޖަހާލީ މިރާން އެހާ ވަރަށް ބަލަން ފެށުމުންނެވެ. އެވަގުތު ނިޝްޔާގެ ސިކުޑިއަށް އައި މޮޅު ޚިޔާލަކުން އަމިއްލަ ނަފްސާމެދު ފަޚްރުވެރި ވިއެވެ. ނިޝްޔާ ކައިރިއަށް އައިސް މައިޝާ ހުއްޓުމާއެކު ނިޝްޔާ އެކަނި ގެއަށް ދާން ޖެހޭ ކަމަށްބުނެ ޝަކުވާ ކޮށްލިއެވެ. ” ދޮންބެ ގޮސްދާނަން. އަދި ޖެހޭ ފިހާރައަކަށްވެސް ވަދެލަން.” ނިޝްޔާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައި މިރާްން އޭނާގެ ކޮއްކޮ އަށް ދޮގެއް ހަދާލިއެވެ. އެވަގުތު ނިޝްޔާގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ ހިނިތުްވުމެކެވެ.

“ނިޝްޔާގެ ގެ ހުންނަނީ ކިހާ ހިސާބަކު.؟” ސައިކަލަށް އަރާ ސްޓަރޓް ކުރަމުން މިރާން ވާހަކަ ދެއްކިއެވެ. “ކަސްޓަމްސް ކުރިމަތީގައި.” ނިޝްޔާ ވަރަށް ފަރިވެފައި ތުއިކޮށް ބުނެލިއެވެ. ނިޝްޔާ މެންގެ ގެޔަށް ދެވެންދެން މިރާން ނިޝްޔާ އާއި ހުއްޓުމެއްނެތި ވާހަކަ ދައްކަމުން ދިޔައެވެ. އެ ހިތްވަރު އޭނާއަށް ލިބުނީތީ ޚުދު އޭނާ ވެސް ހުރީ ހައިރާންވެފައެވެ. ގޭގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ގެއަށް ވަންނަން ދިޔަ ނިޝްޔާއަށް މިރާން ގޮވާލިއެވެ. ” ކޭން ވީ ބީ ފްރެންޑްސް.؟” މިރާންގެ ސުވާލަށް ނިޝްޔަާ އާއެކޭ ބުނުމަށްފަހު އެތެރެއަށް ވަންނަން ދުއްވައިގަތެވެ. ނިޝްޔާއާއި އެހާ ގާތް ކޮށް ވާހަކަ ދެއްކުމުން މިރާން ހުރީ އުފަލުން ފޮޅިފައެވެ.

ހަމްދާން މުޅި ކޮޓަރި އަދިރި ކޮށްގެން އޮތްއިރު އޭނާގެ ލޮލޮން ހިފެހެއްޓުމެއްނެތި ކަރުނަ އާދެއެވެ. ފިރިހެނަކަށްވިޔަސް ހިތެއް އޮންނާނެތާއެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވަދެގެން އައި މީހާ އަށް ހަމްދާންގެ މޫނު ނުފެންނާނެހެން ބާލީސް މޫނުގައި އަޅާ ބާރު ކޮށްލިއެވެ. “ތިއްތިގެ ކުޑޭ މިއޮތީ ކިހިނެއްވެފަ..” ބޮކި ޖައްސާލަމުން ނަޖާހު އެހެން ބުނުމަށްފަހު ހަމްދާންގެ މޫނުމަތީގައިވާ ބާލީސް ދަމައިގަތެވެ. އެވަގުތު ހަމްދާނުގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި ނަޖާހުގެ ހިތުގައި ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ނަޖާހުއަށް ވިސްނުނެވެ. ހަމްދާން އަކީ ކުދި ކުދި ކަންތަކާ ރޮއެ އުޅޭ މީހެއް ނޫނެވެ. ” ކުޑޭ ކިހިނެތް ވެފަ؟” ވަރަށް ލޯތްބާއެކު ނަޖާހު އަހާލިއެވެ. ނަޖާހުގެ ސުވާލަށް ޖަވާބު ދޭން އަނގަ ހުޅުވާލިތަނާ ފޯނު ރިންގް ވާން ފެށުމުން އެބަ އަންނަމޭ ބުނެފައި ނަޖާހު ނުކުތީ ބެލްކަންޏަށެވެ.

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

X-girl

Other Articles

Previous

އެއީ ކީއްވެ..؟ 11 ވަނަ ބައި

Next

ރޭޝަމް (4)

Next
March 27, 2017

ރޭޝަމް (4)

Previews
March 27, 2017

އެއީ ކީއްވެ..؟ 11 ވަނަ ބައި

11 Comments

  1. Rapunzel says:
    March 27, 2017 at 12:49 pm

    Omg story is so nice ?? x girl when next part.?? Waiting !!

  2. imagination says:
    March 27, 2017 at 12:52 pm

    nishyaa gandu ulheyy faadeh!!!!

  3. shafu says:
    March 27, 2017 at 1:02 pm

    v salhi……. kn irakun next part up kurany??

  4. Azu says:
    March 27, 2017 at 1:19 pm

    Nishyaaa….????

  5. Kitty says:
    March 27, 2017 at 2:45 pm

    Oh I’m really feel bad for dhaan? and i hate that nishyaa?? x girl u are the best

  6. ria says:
    March 27, 2017 at 2:54 pm

    Nishyaa is so bad I hate you? nishyaa and mai ah dhera gothey nahadhah chey???

  7. ria says:
    March 27, 2017 at 2:55 pm

    Nishyaa is so bad I hate you nishyaa and mai ah dhera gothey nahadhah chey???

  8. nikko12 says:
    March 27, 2017 at 3:35 pm

    Salhi Vr??
    But nishya??

  9. X grl fan says:
    March 27, 2017 at 4:07 pm

    Wow v reethi

  10. haaa says:
    March 27, 2017 at 5:31 pm

    V v v reethi mivaahaka

  11. Bella says:
    March 27, 2017 at 6:47 pm

    So beautiful .. alhe dhaan ah ehn nahadhaa

Comments are closed.

All Right Reserved!