“އާނ. އަހަރެމެންގެ ނެތް ބޭބީއެއް. އަދި ކާންދީ ބަލަހައްޓާނެ ފިރިއެއްވެސް. ދޯ ދިމޫ.” ދިމްނާއަށް ދޯ ދެމުން ލާރާ ރޭޝަމްއާ ދިމާކޮށްލިއެވެ.
“ފިރިއެކޭ!؟ އެއީ ކާކު؟ މިހާރު އަހަރެންނަށް ނޭނގި އަހަރެންނަށް ފިރިއެއްވެސް ދިނީތަ؟” ރޭޝަމް ހިތުގެ ހާލު ފޮރުވަމުން ލާރާގެ ސަމާސާގައި ބައިވެރިވިއެވެ.
“އާނ. ފިރިއެއް. އަހަރެމެން ކިޔާނީ އެހެން. ޝިފާންއަކީ ދެން ކާކުތަ؟ ފިރިއެއް ނޫނީ ލޯބިވެރިޔާއޭ ދޯ ކިޔަންވީ؟ އެހެން ނޫނަސް މިޒަމާނުގަ ބީއެފްއަށް ފިރިން ޖީއެފްއަށް އަނބިންނޭ ކިއްޔާ ރަނގަޅުވާނީ. އުޅެނީ އެހެންވިއްޔަ. މިސާލަކަށް ޝިފާން. ޝިފާން ކަނީ ތިގެއިން. ނިދަނީ ތިގޭގަ. އުޅެނީ ތިގޭގަ. ދެން ކިޔޭނީ ފިރިއެކޭ ނޫންތަ؟” ލާރާ ޖޯޝުން ފުރިގެންވާ ގޮތަކަށް ވާހަކަދައްކަމުން ދިޔައިރު ދިމްނާވެސް ދިޔައީ އެވާހަކައިގައި ބައިވެރިވަމުންނެވެ.
ވާހަކައިގައި ތިބެގެން މަގަށް ނުކުމެވުނުއިރުވެސް ނޭނގުނެވެ. ލާރާއާއި ރޭޝަމްއާ ސަލާމްކޮށްލުމަށްފަހު ޒުހައިރުގެ ސައިކަލު ފަހަތަށް އަރަމުން ދިމްނާ “ބާއި” ކިޔާލިއެވެ. ދިމްނާ ދިއުމުން ރޭޝަމްއާއި ލާރާ ޓެކްސީއެއްގައި ގެއަށް ދިއުމަށް ދަތުރު ފެށިއެވެ. ކާރުގައި އިންއިރުވެސް ލާރާ ހުއްޓާނުލާ އެއްވަރަކަށް އަނގަތަޅަމުން ދިޔައެވެ. މިކަމުން ރޭޝަމްއަށް ކިތަންމެ އުނދަގޫވިޔަސް ކެތްކޮށްލައިގެން އިނީ ލާރާގެ އެ އަނގަތެޅުމުން ބައެއްފަހަރު އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދާތީއެވެ. ނަމަވެސް މިވަގުތު އޭނާ އިނީ ޒައިކްގެ ހާލު ހުރިގޮތް ނޭނގޭތީ ހާސްވެ ކަންބޮޑުވެފައެވެ. އެހެންކަމުން އޭނާ އިނީ ގެއަށް ދެވުން ލަސްވެފައެވެ.
ރޭޝަމްއަށް ގެއަށް ދެވުމާއެކު ބޭނުންވީ އެކަނިވެލާށެވެ. އެހިތް ޒައިކްގެ ހާލާއިމެދު ރޮމުންދާއިރު އެދެލޮލުން ކަރުނަ އޮހިގަންނަން ތައްޔާރުވެފައިވެއެވެ.
“ރޭޝަމް! ކޮން ދުނިޔެއެއްގަ؟ ގޮވަގޮވާ ހުއްޓާ ތި އައިސް ކޮޓަރިއަށް ވަނީ.” ޖެހި ބުދެއްހެން އެނދުގައި އިން ރޭޝަމް ސިހުނީ ޝިފާން އޭނާގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމުންނެވެ.
“ކިހިނެއްވީ؟ މީހަކު އެއްޗެކޭ ކީތަ؟” ރޭޝަމް އިންގޮތް ފެނި ހާސްވިވަރުން ޝިފާންއަށް ރޭޝަމް ގާތުގައި އިށީނދެވުނެވެ. މީގެ ކުރިން ރޭޝަމް އެހާ ހާސްވެ ދެރަވެފައި އިންދާ ޝިފާންއަކަށް ފެނިފައެއް ނުވެއެވެ. ރޭޝަމްގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމާއި އެދެލޮލުން ފެންނަންހުރި ކަރުނައިގެ ތެތްކަމުން ދޭހަކޮށްދެނީ އެހިތަށް ކެތްނުވާވަރުގެ ވޭނެއް ލިބެމުންދާކަމެވެ.
“ޒައިކް!” އެއްވެސް އިޚްތިޔާރަކާނުލާ ރޭޝަމްއަށް ބުނެވުނެވެ. ޝިފާންއަށް ތެޅިގަނެވުނެވެ. ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ. މުޅި މީހާގެ ޠަބީއަތު ޚަރާބުވިއެވެ. ހީވީ އަވިދޭ ރީތި ދުވަހެއްގައި ކަޅު ވިލާތަކުން އުޑުމަތި ބަނަކޮށްލިހެންނެވެ. އެހާވެސް ކިލަނބުކަން އެމޫނުމަތިން ފެނިގެން ދިޔައެވެ.
“ޒައިކްއޭ!! ޒައިކް ކިހިނެއް ހެދީ؟ މިހާރު އޭނަ ރޭޝަމްއާވެސް ދިމާކުރަން ފެށީތަ؟ އަދިވެސް އޭނަގެ ހިތް ނުފުރެނީތަ ކޮއްކޮ ކާލާފަ މިހާރު އެ ރޭޝަމްއާ އަޅައިގަތީ؟” ޝިފާންގެ އަޑު ތަންކޮޅެއް ބާރުވިއެވެ. ރޭޝަމްއަށް އޭނާގެ އަމިއްލަ ދުނިޔެއިން ބޭރުވެވުނީ ދެނެވެ.
“ކީކޭ؟ ޝިފާން؟” ހުވަފެނަކުން ހޭލެވުނު މީހެއްހެން ވާނުވާ ނޭނގި އިނދެ ރޭޝަމް އަހާލިއެވެ. އެވަގުތު ޝިފާން އިންގޮތް ފެނިފައި އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ޝިފާން ދެވަނަ ފަހަރަށްވެސް އޭނާ ބުނި އެއްޗެހި ތަކުރާރުކޮށްލީ ރޭޝަމްއަށް އޭނާ ބުނި އެއްޗެއް ފަހުމުނުވީކަން އެނގިގެންނެވެ.
“ޝިފާންއަށް ތި ހީވީ މުޅިން ރަނގަޅަކަށް ނޫން. އެތައް ދުވަހަކަށްފަހު މިއަދު އެނަން އަޑުއިވިފަ މާޒީ ހަނދާންވީ. މާބޮޑަށް ޚިޔާލުތަކަށް ގެއްލިފަ އިންދާ ގޮވާލީމަ ކުއްލިއަކަށް ދުލުން އެނަން ބޭރުވީ.” ރޭޝަމް އަވަސްއަވަހަށް ބުނެލިއެވެ. ޝިފާންއަށް ހަޤީޤަތް ފޮރުވަން މިއަދު އޭނާއަށްވަނީ މަޖުބޫރުވެފައެވެ.
“ނޭނގޭނެއެއްނު. އެހާދިސާއަށް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު ރޭޝަމްގެ ދުލުން ފުރަތަމަ ފަހަރަށް އެނަން އަޑުއިވުނީމަ އަހަރެންނަށްވެސް ވާނީ މިހެންނެއްނު. އަހަރެން ހުއްޓާ މީހަކަށް ރޭޝަމްއާ ދިމާއަށް އެފަދަ ގޮތަކަށް ބަލާލަންވެސް ނުކެރޭނެ.” އެހެން ބުނެލަމުން ޝިފާން ރޭޝަމްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އެއާއެކު ވީހާވެސް ބޮޑަށް ރޭޝަމްއާ ގާތްވެލިއެވެ. މިއިން ކަމަކަށް ޚިޔާލު ފޯރުމަށްވުރެ ބޮޑަށް ޒައިކް ވަނީ އޭނާގެ ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްފައެވެ.
ރޭޝަމްގެ މަންމަ އެތެރެއަށް ވަތްއިރު ފެނުނު މަންޒަރުން ކުޑަކޮށް ކަރުކެހިލިއެވެ. ރޭޝަމްއާއި ޝިފާން އެހާ ގާތްކޮށް ތިއްބާ ފެނުމުން ހައްވަގެ ހިތުގައި އުފާވެރިކަމުގެ ރަނގަބީލު ޖެހެން ފެށިއެވެ.
“ދަރިފުޅުމެން ކާން ނައިސް ލަސްވެގެން މަންމަ މިއައީ. ހިނގާ ދެކުދިން ކާން.” ރޭޝަމްއަށް ހައްވަގެ އަޑު އިވުމުން ސިހުނެވެ. ދެލޯ ބޮޑުކޮށްލުމާއެކު އިންތަނުން ފުންމައިގެން ތެދުވިއެވެ. ޝިފާން އޭނާއާ އެހާ ގާތުގައި އިންކަން އެނގުމުން ހާސްވިއެވެ. ހިތްހަމަވެސް ނުޖެހުނެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވީ ހައްވަ ހުރުމުންނެވެ. އޭނާ އަވަސްއަވަހަށް ގޮސް ކާގެއަށް ވަނެވެ.
ރޭޝަމް ނިދަން ތައްޔާރުވެގެން އައިސް އެނދުގައި ޖައްސާލީ ސިކުނޑިއަށް ލިބެމުންދާ ބުރަކަމުން ސަލާމަތްވެ ނިދާލުމުގެ ބޭނުމުގައެވެ.
“ދަރިފުޅާ! މަންމަ ވާހަކައެއް ދައްކާލަން ބޭނުން.” ރޭޝަމް އޮތް އެނދުގެ މަގަތުގައި އިށީންނަމުން ހައްވަ ބުނެލިއެވެ. ހައްވަ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ރޭޝަމްއަށް ވަގުތުން އެނގުނެވެ. ނަމަވެސް ހައްވައާ ދެކޮޅަށް އެއްޗެއް ބުނަން ބޭނުންނުވާތީ އޭނާ ބޯޖަހާލިއެވެ.
“މަންމަ މިއަދު ވަރަށް އުފާވި ދަރިފުޅު މަޑުމަޑުން ޝިފާންއާ ގަޔާވާކަން އެނގުނީމަ. މަންމަ ވަރަށް ދެކެން ބޭނުންވާ ދުވަހެއް އެއީ ދަރިފުޅުވެސް ކައިވެންޏެއް ކޮށްގެން އުފަލުގަ އުޅޭ ދުވަސް. ދަރިފުޅާ! ޝިފާންއަކީ ވަރަށް ރަނގަޅު ކުއްޖެއް. އަދި ދަރިފުޅުދެކެ ވަރަށް ލޯބިވެސްވާ ކުއްޖެއް…”
“މަންމާ! މަންމައަށް ތި ހީވެގެން އުޅެނީ ރަނގަޅަކަށް ނޫން. އަހަރެން ޝިފާންއާ ދޭތެރޭ ތިފަދަ ނަޒަރަކުން ނުދެކެން.” ރޭޝަމް އަވަސްއަވަހަށް ތެދުވެ އެނދުގައި އިށީނެވެ. ރޭޝަމްއަށް މާކުރިންވެސް ހައްވަގެ އެދުން އެނގެއެވެ. ނަމަވެސް އެކަމަކީ އޭނާއަށް ކޮށްދެވޭނެ ކަމެއް ނޫނެވެ.
“މަންމައަށް ވަރަށް ގިނަފަހަރު ދަރިފުޅާ މިވާހަކަ ދެއްކިއްޖެ. މަންމަ ބުނަން އޮތް އެންމެ ފަހު ވާހަކައަކީ ޝިފާންވެސް އަބަދަކު އެގޮތަކަށް ނުހުންނާނެޔޭ. ދަރިފުޅަށްޓަކާ އޭނަ ނުކޮށްދެނީ ކޮންކަމެއް؟ މިއަދު އަހަރެމެންނަށް މިހާލުގަވެސް މި އުޅެވެނީ އޭނަގެ ހެޔޮކަމުން. މަންމައަށް ފެންނަނީ ދަރިފުޅު އަދިވެސް ރަނގަޅަށް ވިސްނާލަން. ނަސީބު އައިސް އަތުގަ ހިފީމަ މޫނު އަނބުރާނުލާ ދަރިފުޅާ. މިއަދު ދަރިފުޅުގެ ބޮލުގަ އެތައް ޒިންމާއެއް އެބަވޭ. މަންމައާ ކުޑަކުޑަ ރިމްޝާ އެކަނިމާއެކަނި ބެލުމަކީ ފަސޭހަކަމެއް ނޫން.” ހައްވަ މަސައްކަތްކުރަމުން ދިޔައީ ރޭޝަމްއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް ޖަވާބެއް ނުލިބޭނެކަންވެސް އޭނާއަށް އެނގެއެވެ. އޭނާ ގޮސް އޭނާގެ އެނދުގައި އޮށޯވެ ވިސްނާލީ ރޭޝަމްއަށް ވިސްނައިދޭނެ އިތުރު ގޮތެއް އޮތްތޯއެވެ.
ހައްވަގެ ވާހަކަތަކުން ރޭޝަމްގެ ހިތަށް ވަރަށް ތަދުވިއެވެ. އޭނާގެ ހިތި މާޒީ އޭނާގެ ކުރިމަތިން ސިފަވެގެން ދިޔައެވެ. އޭނާ އެންމެ ހާލުގައި ޖެހި ބިކަވި ވަގުތު ޝިފާން ދިއްކޮށްލި އަތުގައި އޭނާ ހިފީ ހަމައެކަނި ރަޙުމަތްތެރިއެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް މިއަދު ޝިފާން އެ އެދެނީ އޭނާއަށް ދުވަހަކުވެސް ކޮށްދެވޭނެ ކަމަކަށް ނޫނެވެ. އޭނާގެ ހިތަކީ ހަމައެކަނި ޒައިކްގެ މިލްކެކެވެ. މުޅި އުމުރަށްވެސް ޒައިކްއަށް އޭނާ އިންތިޒާރުކުރަން ބޭނުމެވެ. ހަޤީޤަތް އެނގިހުރެވެސް އެހިތުން ޒައިކްއަށް ދެވިފައިވާ މަޤާމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
ފަސްދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު ގެއަށް ދޫކޮށްލުމުންވެސް ޒައިކް އޮފީހަށް ނުކުތުން ފަސްކޮށްލިއެވެ. އޭނާ ބޭނުންވަނީ ކުޑަ ދުވަސްކޮޅަކު ގޭގައި މަޑުކޮށްލާށެވެ. ރޭޝަމް ދެކިލާހިތުން ކެތްމަދުވެފައިވާއިރުވެސް ޒައިކް ކެތްކުރިއެވެ. ރޭޝަމް އޭނާގެ ހާލު ބަލާލަން ނައުމުންވެސް އޭނާގެ ހިތަށް އެތައް ވޭނަކާއި އަނިޔާއެއް ލިބިގެން ދިޔައެވެ. އޮފީހަށް ގޮސް ރޭޝަމްއާ ކުރިމަތިލައިގެން އެހިތް އިތުރަށް ޒަޚަމްވުން ނޫންކަމެއް ނުވާނެކަން އޭނާއަށް އެނގެއެވެ.
ޒައިކް ގޭގައި އޮވެއޮވެ ފޫހިވެގެން ބޭރަށް ނުކުމެލީ އޭނާގެ ބޭޤަރާރު ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. މާލޭގެ މަގުތަކުގައި ކާރު ދުއްވަމުންދިޔަ ޒައިކްއަށް ކުއްލިއަކަށް ސިހުންވީ މަގު ހުރަސްކޮށްލި ރޭޝަމް ފެނިފައެވެ. އޭނާގެ އަތުގައި ހިފާލައިގެން ހުރި ކުޑަކުއްޖާއާ އެކުގައި ޝިފާން ފެނުމުން ޒައިކްގެ ހިތް ތެޅިގަތެވެ. އެއާއެކު ކުއްލިއަކަށް ހިތަށް ވެރިވި ޚިޔާލަކުން އަވަސްއަވަހަށް ކާރު ޕާކުކޮށްލުމަށްފަހު ކާރުން ފޭބިއެވެ. ރޭޝަމްއާއި ޝިފާން ގޮސް ވަނީ މަޖީދީމަގުގައި ހުރި ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައަކަށެވެ.
“ރީމް ކޯއްޗެއް ނަގާނީ؟ ކޮއްކޮ ބޭނުން އެއްޗެއް ނަގަންވީ.” ޝިފާން ހިނިތުންވެލަމުން ލޯތްބާއެކު ރިމްޝާއާ އެއްވަރަށް ގުދުވެލަމުން ކުޅޭ އެއްޗެހިތައް ދައްކަމުން ދިޔައެވެ. އެމަންޒަރު ބަލަންހުރި ރޭޝަމްގެ މޫނުމަތިން ފެންނަންހުރީ ބަޔާންކުރަން ނޭނގޭފަދަ އުފާވެރިކަމެކެވެ.
“ޑޭޑް! ކޮއްކޮ ބޭނުމީ މި.” ރިމްޝާ ނަގައިގެން ހުރި ބާބީ ސެޓް ދައްކާލަމުން ހީލިއެވެ. ރޭޝަމްއާއި ޝިފާންގެ އަތުގައި ހިފައިގެން ރިމްޝާ ނުކުމެގެން ދިޔައިރު އުފާވެފައި ހުރިވަރުން އަނގަތަޅަމުން ހެމުން ދިޔައެވެ. މިމަންޒަރު ބަލަން ފިހާރައިގައި ހުރި ޒައިކްއަށް ހީވީ އޭނާގެ ވަށައިގެންވާ ދުނިޔެ އެނބުރެމުން ދާހެންނެވެ. ވަށައިގެންވާ މީހުންތަކުގައި ޖެހެމުން އެއްލެމުން ޒައިކްއަށް ނުކުމެވުނުއިރު ރޭޝަމްމެން ފެންނާކަށް ނެތެވެ. ކާރަށް އަރައި ގެއަށް ދާން ދުއްވާލިއިރު އޭނާގެ މުޅި ހަޔާތް އެފުށްމިފުށަށް ޖެހިއްޖެކަމުގެ އިހުސާސް ކުރެވުނެވެ. ގެއަށް ވަދެވުމާއެކު ޒައިކް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ.
“ރޭޝަމް! ކީއްވެ؟ ކީއްވެ؟ އަހަރެންގެ އިހުސާސްތަކާ ތިގޮތަށް ކުޅުމުގެ ޙައްޤެއް ރޭޝަމްއަކަށްވެސް ނޯންނާނެ. އަހަރެން ރޭޝަމް އެހެންމީހެއްގެ ޙައްޤަކަށް ވިޔަކަ ނުދޭނަން. ތީ ހަމައެކަނި އަހަރެންގެ ޙައްޤެއް. އަޑުއިވިއްޖެތަ؟” ޒައިކް މޮޔައެއްފަދައިން ކޮޓަރި އަލަމާރީގައި ހުރި އިސްކޮޅުވަރުގެ ލޯގަނޑުގެ ކުރިމަތީގައިހުރެ ހަޅޭއްލަވަމުން ދިޔައެވެ. މިއަޑަށް ޒައިކްގެ މަންމައާއި ފަހަރި އައިސް ދޮރުގައި ތަޅަމުން ޒައިކްއަށް ގޮވަމުން ދިޔައެވެ.
މިވަގުތު ޒައިކް ހުރީ ހަމަހެއަކު ނޫނެވެ. ބޭރުން ގޮވާއަޑުވެސް އޭނާއަކަށް ނީވެއެވެ. އިރުކޮޅަކުން ފެނުނީ މުޅި ކޮޓަރި އެފުށްމިފުށަށް ޖެހިފައި އޮތްތަނެވެ. ރީތިވާ އެއްޗެހިތައް ހުރީ ބިންމަތީގައެވެ. ސެންޓުފުޅިތައް ތެޅި އެނދުގައި އޮތް ބެޑްޝީޓާއި ބާލީސްތައްވެސް ހުރީ ބިންމަތީގައެވެ.
ހުސްނާއަށް ކޮޓަރީގެ ތެރެއިން އިވެމުންދާ އަޑުފަށްގަނޑުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެވަރަށް ގޮވުމުންވެސް ޒައިކް ދޮރު ނުހުޅުވުމުން ޒައިކްގެ ބައްޕަ އާލިމްއަށް ގުޅާފައި އަވަހަށް ގެއަށް އައުމަށް ބުންޏެވެ.
“ޒައިކް! ދޮރު ހުޅުވަބަލަ. މީ ބައްޕައޭ.” އާލިމް ދޮރުގައި ތަޅަމުން ގޮވިއެވެ.
“ޒައިކް! ޒައިކް! ދޮރު ހުޅުވަބަލަ.” ހުސްނާވެސް ހާސްވެފައި ގޮވިއެވެ. ޒައިކްގެ އަޑުމަޑުވެ ކޮޓަރި ހިމޭންވީތާ އެތައްއިރެއް ވީއިރުވެސް ދޮރު ނުހުޅުވުމުން އެންމެންގެ ހާސްކަން އިތުރުވިއެވެ.
“ޒައިކް! އާލިމް! އަހަރެމެންގެ ދަރިފުޅަށް ކަމެއް ވެއްޖެއްޔާ އަހަރެން މަރުވެދާނެ.” ހުސްނާ ރޮމުން ބިންމައްޗަށް ތިރިވިއެވެ. އެއާއެކު އެންމެންގެ ލޮލުން ފެން އަންނަ ގޮތްވިއެވެ. އެންމެންވެސް ހާސްވެ ހަދާނެގޮތް ހުސްވިއެވެ. ހުސްނާގެ ހާލު ހުރިގޮތް ފެނި އެންމެންގެ ހިތްވެސް އިތުރަށް ނުތަނަވަސްވެގެން ދިޔައެވެ.
“މަންމާ! ތިވަރަށް ހާސްނުވެބަލަ. މަންމައަށްވެސް އެނގެއެއްނު ކޮއްކޮގެ ގޮތް. ކަމަކާ ހިތްހަމަނުޖެހިއްޖެއްޔާ ހުރިހާ ވަރެއް ބާލާނީ ކޮޓަރީގަ ހުރި އެއްޗިއްސަށް. ކޮއްކޮއަކަށް އެއްވެސް ކަމެއް ނުވާނެ. އެއަށްވުރެ ކޮއްކޮ މާ ހިތްވަރުގަދަވާނެ. ފަތިސްވާއިރަށް ކޮއްކޮ ހުންނާނީ ހަމައަކަށް އެޅިފަ. ބައްޕާ! އަޅުގަނޑަށް ފެންނަނީ މަންމަ ގޮވައިގެން ބައްޕަ ކޮޓަރިއަށް ދުރުވަން. އަޅުގަނޑު މިތަނުގަ މަޑުކޮށްލާނަން.” ޝާން އެވަރަށް އާދޭސްކުރުމުންވެސް ހުސްނާ އިންތަނުން ހިރިނުލިއެވެ. އޭނާގެ ދަރިފުޅު ފެނިނުލަނީސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހިގެން ދިޔައިރުވެސް އެއްވެސް މީހަކަށް ނޭނގުނެވެ. އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ ޒައިކް ނުކުންނާނެ އިރަކަށެވެ.
“މަންމާ! ބައްޕާ! މިހާރު އެއޮއް ދިހައެއް ޖެހީ. ކާން އުޅެންވީ ނޫންތޯ؟ އަޅުގަނޑު ކާން ހަދަންތޯ؟” އަސްނާ ޖެހިލުންވެފައިހުރެ ބުނެލިއެވެ. އެއްވެސް މީހަކު ކާހިތެއް ނެތެވެ. ބަނޑުހައި ހޫނުކަން އިހުސާސްވާއިރުވެސް އެތަންމިތަނުގައި ޖެހިފައި އެންމެން ތިއްބެވެ. އޭރުވެސް ހުސްނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ.
ކޮޓަރީގެ ބޭރުގައި ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް ޒައިކްއަކަށް ނުވެއެވެ. ކޮޓަރީގެ އެއްކަނެއްގައި އިނދެ ރޮމުން ދިޔައިރު ހީވަނީ އޭނާގެ އަތުގައި އޮތް އަގުބޮޑު ޖަވާހިރެއް ގެއްލިގެން އުޅޭހެންނެވެ.
“އަހަރެން މިވަރަށް ރޯންވީ ކީއްވެ؟ ކިތަންމެ ވަރަކަށް ރުޔަސް ދެން އަހަރެންނަކަށް ރޭޝަމްއެއް ނުލިބޭނެ. އެއީ މީހެއްގެ އަނތްބެއް. ތުއްތު ކުއްޖެއްގެ މަންމައެއް. ރޭޝަމް އަހަރެންނަށް ނަފުރަތުކުރޭ. އޭނަ ބުނީ ތެދެއް. އޭނައާ އަހަރެންނާ ދެމެދު އެއްވެސް ގުޅުމެއް ނެތް. ރޭޝަމް! އަހަރެންނަށް ރޭޝަމްއާނުލާ ދިރިއެއް ނޫޅެވޭނެ. އެކަމަކު ކީއްކުރާނީ؟ ތީ މީހެއްގެ ޙައްޤެއް. އެކަމަކުވެސް އަހަރެން އިންތިޒާރުކުރާނަން. ކެތްކުރާނަން. މުޅި އުމުރަށްވިޔަސް އެންމެ ރަނގަޅު.” ޒައިކް މުޅި ރޭ ހޭދަކުރީ ރުއިމާއި ކަރުނަ އޮހޮރުމުގައެވެ. އިރުގެ ދޯދިތަކުން މުޅި ދުނިޔެއަށް އަލިކަން ގެނެސްދިންއިރު ޒައިކް ހުރީ އޭނާގެ ކޮޓަރީ ކުޑަދޮރުން އެ ހިތްގައިމު މަންޒަރު ބަލާށެވެ. އޭނާގެ ހިތުގައި އާ ޢަޒުމަކާއި އާ ހިތްވަރެއް އާލާކުރުވަމުން މަޑު ފިޔަވަޅުތަކެއްގައި ގޮސް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. ޒައިކް ކޮޓަރިން ނުކުތްއިރު ސިޓިންގރޫމް ސޯފާގައި އެންމެން ތިބިތަން ފެނުމުން މަޑުކޮށްލިއެވެ.
“ޒައިކް! ދަރިފުޅު ރަނގަޅުތަ؟” ހުސްނާއަށް ޒައިކް ފެނުމާއެކު ފުންމައިގެން ތެދުވުމާއެކު ގޮސް ޒައިކްގެ ގައިގައި ހިފަހައްޓާލިއެވެ.
“މަންމާ! ބައްޕާ! އަޅުގަނޑަށް މަޢާފްކޮށްދީ. ދެން އެހެނެއް ނުވާނެ.” ޒައިކް ދެރަވެފައިހުރެ މަޢާފަށް އެދުނެވެ.
“ދަރިފުޅާ! ބައްޕަ ވަރަށް ހާސްވި. ތިގޮތަށް ދޮރު ތަޅުލުމަކުން އެއްވެސް ކަމެއްގެ ހައްލެއް ނުފެންނާނެ. ބައްޕަ ދެކޭގޮތުގަ ދަރިފުޅަށް ބައްޕައާ ނުދެއްކޭނެ ވާހަކައެއް ނޯންނާނެ.” ޒައިކް ހިނިތުންވުމަކާއެކު ބޯޖަހާލީ އޭނާގެ އާއިލާ އޭނާދެކެ ވާލޯބި ފެނި ހިތަށް ލިބުނު އުފަލަކުންނެވެ.
“މަންމާ! ކޮޓަރި ވަރަށް ހަޑިވާނެ. ސާފުކުރާއިރު ބަލާތި. ބިއްލޫރިވެސް ހުންނާނެ.” ޒައިކް މަންމަގެ އަތުގައި ހިފާލަމުން ކުރެވުނު ކަންތަކާ މޮޔަހީވެހުރެ ބުނެލިއެވެ. ހުސްނާ ހީލަމުން ބޯޖަހާލީ އެކަމާ ދަރިފުޅު ކަންބޮޑުނުވާށޭ ބުނާފަދަ ގޮތަކަށެވެ.
“ދަރިފުޅު އޮފީހަށް ދާންވާނީ ސައިބޮއިގެން. އަސްނާ…”
“ނޫން މަންމާ. އަޅުގަނޑު މިއަދު އޮފީހަށް ގޮއްސަ ސައިބޯނީ. އެހެންނޫނަސް ވަރަށް ދުވަސްވެއްޖެއެއްނު އޮފީހަށް ނުދާތާ. ބައިވަރު މަސައްކަތްވެސް ކުރަން ހުންނާނެ.” ޒައިކް އޭނާގެ މަންމަގެ ވާހަކަ މެދުކަނޑާލަމުން އޭނާ އޮފީހަށް ދިއުން ވަރަށް މުހިންމުކަން އަންގައިދިނެވެ. ޒައިކް ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަށް އެންމެންވެސް ބޭނުންވިއެވެ. ޒައިކް އިތުރަށް ހިތްހަމަނުޖެހިފައި ހުންނަން ބޭނުންނުވާތީއެވެ.
“ހެލޯ ޒައިކް. ކިހިނެއްތަ ހާލުކޮޅު؟” ޒައިކް ކެބިންގައި ފައިލްތަކެއް ބަލަން އިންދާ ޤާދިރު ވަނެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.
“ރަނގަޅު. ޤާދިރު އަންނަންދެން މިއިނީ ސައިވެސް ނުބޮއި. ހިނގާ ސައިބޯން ބޭރަށް ދާން. އެބައޮތް ވާހަކައެއްވެސް ދައްކާލަންވެފަ.” ޒައިކް ގޮނޑިން ތެދުވަމުން ބުނެލިއެވެ. ޒައިކްއާއި ޤާދިރު ވާޖައިގައި ތިބެ އޮފީހުން ނުކުންނަން ދިޔަ ވަގުތާއި ރޭޝަމް އޮފީހަށް ވަންނަން ދިމާކުރި ވަގުތުވީ އެއްވަގުތަކަށެވެ.
“ޒައިކް!” ރޭޝަމްއަށް އެއްވެސް އިޚްތިޔާރަކާނުލާ ގޮވާލެވުނެވެ. ޒައިކް ފެނިލުމުން އެހިތުގައި ޖަޒުބާތީ އޮއިވަރެއް ހިނގާލިއެވެ. ޒައިކްއާއި ދިމާއަށް ދާން ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުންއެރީ ޤާދިރުގެ ހައިރާންކަމުން ފުރިގެންވީ ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން އެނގުމުންނެވެ. ރޭޝަމް އަވަސްއަވަހަށް ހެނދުނުގެ ސަލާމްކޮށްލާފައި އޮފީހުގެ ތެރެއަށް ދެމިގަތެވެ. ފަސްދުވަސް ފަހުން ރޭޝަމްގެ އަޑު އިވުމުން ޒައިކްގެ ހިތަށް ލޮޅުމެއް އެރިނަމަވެސް އެއަށްވުރެ އަވަހަށް އޭނާ ހިތުގެ މައްޗަށް ބާރުފޯރުވަމުން ހިނގައިގަތެވެ.
“ޒައިކް! އެނގޭ ޒައިކްގެ ޒާތީ ކަންތައްތަކާ ބެހުން ރަނގަޅުނުވާނެކަން. އެކަމު ހަމަ ސުވާލު އުފެދުނީ ރޭޝަމް ގޮވާލިގޮތުން. އަނެއްކާ އަހަރެންނަށް މި ހީވީ ރަނގަޅަށްތަ؟ ރޭޝަމްއަކީ ގޯސް ކުއްޖެއް ނޫން. ރޭޝަމްއަކީ ވަރަށް އުޅުންހުރި ރަނގަޅު ކުއްޖެއް. ރީތިވެސް ކުއްޖެއް. މިޒަމާނުގެ ގިނަ އަންހެންކުދިންގެ އެހުންނަފަދަ ދެއްކުންތެރިކަމެއް އޭނަގެ ކިބައަކުން ނުފެނޭ. އަހަރެން ބުނާނީ ޒައިކް ވިސްނާފަ ތިކުރީ ވަރަށް ރަނގަޅު ކަމެކޭ.” ޤާދިރުއަށް ހީވި ހީވުމުގެ މައްޗަށް ވާހަކަދައްކަމުން ދިޔައިރު ޒައިކް ކުރިއަށް ދިޔައީ ބަހެއްވެސް ނުބުނެއެވެ. ހޮޓަލަށް ވަދެ ގޮނޑީގައި ހަމަޖެހިލަމުން ޒައިކް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޤާދިރުއަށް ތި ހީވީ މުޅިން ރަނގަޅަކަށް ނޫން. ރޭޝަމްއަކީ މީހެއްގެ އަނތްބެއް. ކުއްޖަކުވެސް ހުރޭ.” ޒައިކް އޭނާއަށް ހީވެފައި އޮތް ހީގެ މައްޗަށް ބުރަވެ ބުނެލިއެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް މިހާރު އޭނާއަށް ރޭޝަމް ލިބެން ނެތްކަން އިހުސާސްވެ ދެލޯ ތެމިގެން ދިޔައެވެ.
“އޯހ ސޮރީ. ނޭނގޭނެއެއްނު. ހިއެއްނުވޭ ވިއްޔަ.” ޤާދިރުއަށް ލިބުނު ހައިރާންކަމުގައި ބުނެލެވުނެވެ.
“ޤާދިރު! އަހަރެން ބޭނުންވަނީ މި އަހަރީ ޖަލްސާގެ ކަންތައްތައް ނިމެންދެން ޤާދިރު މަޑުކޮށްލަން. ޤާދިރުއަށްވެސް އެނގެއެއްނު މަސައްކަތްތައް ހުރިވަރު.” މޭޒުމަތީގައި ހުރި ހެދިކާ ތަށިން ގުޅައެއް ނަގާ ހަފާލަމުން ޒައިކް ބުނެލިއެވެ.
“ޒައިކް ތިބުނީ ތެދެއް. ވަރަށް މަސައްކަތް އެބައޮތް. ދެން ޒައިކް އެދުނު ކަމަކަށް ނޫނެކޭ ނުބުނެވޭނެތާ ދޯ.” ޤާދިރު ހިނިތުންވެލަމުން ސައި ޖޯޑުން އެތިފޮދެއް ބޯލިއެވެ.
**********
ރޭޝަމް ގޮނޑީގައި ހަމަޖެހިލައިގެން އިންއިރު އިނީ ދެންމެގައި ކުރެވުނު ކަންތަކާ މޮޔަހީވެފައެވެ.
“އަހަރެންނަށް މިކުރެވުނީ ކީއް؟ ޤާދިރު ސަރއަށް ޝައްކުވެއްޖެއްޔާޔޯ؟ އަހަރެންނަށް ވިސްނާނުލާ އެގޮތަށް ކަންތައް ކުރެވިގެން ނުވާނެ. އެކަމަކު ކީއްކުރާނީ؟ ޒައިކް ނުފެނި ދުވަސްކޮޅެއްވެފަ ފެނުނީމަ ވާނީވެސް މިހެން.” ރޭޝަމް އަތުގައި އޮތް އޭނާގެ ފޯނުން ނިތްމަތީ މަޑުމަޑުން ތަޅަމުން ދިޔައެވެ.
“މާވަރަކަށް ބޮލުގަ ތި ތަޅަނީޔޯ!؟ އަނެއްކާ ކަމެއް ގޯސްވީތަ؟” ދިމްނާއާއި ލާރާ އައިސް ހުއްޓެމުން ހައިރާންވެފައި އަހާލިއެވެ.
“ނޫން. އެއްވެސް ކަމެއްނުވޭ. މަސައްކަތްތައް ގިނަކަމުން ވާގޮތް. ސައި ބޮއިފިންތަ؟ ހިނގާ ސައިބޯން ދަމާ.” ރޭޝަމްއަށް ދިމްނާމެން ފެނުމާއެކު މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ތިންމީހުން އެކީގައި ސައިބޯން ދިޔަ މަގުމަތީ ރޭޝަމް، ޒައިކް އޮފީހަށް އައި ވާހަކަ ބުންޏެވެ. އެއާއެކު ލާރާ އުފަލުން ފުމެލިއެވެ. ޒައިކް ދެކޭހިތުން ކެތްމަދުވެފައިވާވަރު އެކުވެރިންނަށް ކިޔައިދެމުން ދިޔައެވެ.
**********
ޒައިކް އޮފީހަށް ވަދެގެން އައިސް ވަތް ވަގުތު ހުރިހާ މުވައްޒަފުން މަރުޙަބާ ކިޔެވެ. ދުރުގައި ހިނިތުންވެލައިގެން ރޭޝަމް ހުއްޓެވެ. ޒައިކް ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރުމަށްފަހު ގޮސް ކެބިންއަށް ވަނެވެ.
“ޤާދިރު! އަޅުގަނޑަށް ފެންނަނީ ރޭގަނޑުވެސް މުވައްޒަފުން ނެރެން. އެހެންނޫނީ މި ހުރިހާ ކަމެއް ނިންމައެއް ނުލެވޭނެ. އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ކަމެއް އަތްދަށުން ބީވެގެން ދާކަށް.” ޤާދިރުވެސް އެޚިޔާލަށް ތާއީދުކޮށް އިތުރު ގަޑީގައި މަސައްކަތްކުރާގޮތަށް ނިންމާ ގުރޫޕުތަކަކަށް ބަހާލިއެވެ.
މެންދުރުގެ ބްރޭކް ގަޑީގައި ލާރާ އައިސް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލަމުން ރޭޝަމް ގާތުގައި އިށީނެވެ.
“ހާދަ ވަރަކަށް ހެވިފަ. ނުބުންޏަސް އެނގޭވަރު ކޮށްލައިގެން ދޯ ތިހުރީ.” ރޭޝަމް ދިމާކޮށްލިއެވެ.
“ރޭޝަމް ތިބުނީ ރަނގަޅަށް. ޒައިކް ސަރގެ ޓީމަށް ދެވުނީމަ އެކަން އަހަރެމެންނަށް އަންގާލަން އެއައީ.” ދިމްނާ އައިސް އެމީހުން ގާތަށް ހުއްޓެމުން ބުނެލިއެވެ.
“އުފާވާނެއެއްނު ދޯ؟” ލާރާ އޭނާގެ އުފާވެރިކަން އެންމެންނަށް ހާމަކުރަމުން ދިޔައިރު ރޭޝަމް ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. އޭނާއަށް ދެން ޒައިކްއާ ދިމާވެސް ނުވާނެއެވެ. ދިމާވިޔަސް އެކަހެރިވެ ވާހަކަ ދެއްކޭފަދަ ފުރުސަތެއް ނުލިބޭނެއެވެ.
ޒައިކް އޭނާގެ މުޅި ދިރިއުޅުން މުޅިން ބަދަލުކޮށްލިއެވެ. ފަތިސް ނަމާދަށްފަހު ދުވަން ދިއުމާއި ކަސްރަތުކުރުމުގެ އިތުރުން ގިނަ ވަގުތު އޮފީހުގެ މަސައްކަތްތަކުގައި ހޭދަކުރަން ފެށިއެވެ. ރޭޝަމްގެ ޚިޔާލުތަކާ ދުރުވެވޭތޯ އޭނާއަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ.
“އޭ… ޔޫ؟ އަހަރެންނަށް މި ހީވީ ރަނގަޅަށް ދޯ؟…”
(ނުނިމޭ)
1482 Comments
Comments are closed.
Saandy
March 28, 2017 at 7:07 amAssalaam A’laikum!! Miothy “REYSHAM” vahakaige 5 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves varah baajjaveri dhuvahakah edhen… Love u all 🙂
vaahaka foshi
March 28, 2017 at 7:17 amވަރަށް ރީތި ވާހަކައެއް.މިވާހަކަ ކިޔާހިތުން ހުރެވެނީ އަބަދުވެސް ބަލަބަލާ! ސާންޑީ! ވަރެއް ހަމަ ނެތޭ ބުނެވޭނީ. ޝުކުރިއްޔާ!
Saandy
March 28, 2017 at 8:16 amThanQ Vaahaka foshi… Mi vaahakaige hurihaa credit eh Nain ah… V ufaavejje vaahaka fottah ehaa kamudhaa vaahakaeh Saandy medhuverivegen genesdhevuneema 🙂
Any
March 28, 2017 at 7:18 amMe hadharythi vaahakaekey I love your storys
Saandy
March 28, 2017 at 8:17 amThanQ Any… Mi vaahakaige hurihaa crediteh Nain ah 🙂
summer
March 28, 2017 at 7:19 amV nice
Saandy
March 28, 2017 at 8:18 amThanQ Summer 🙂
Thu
March 28, 2017 at 7:26 amV salhi.. Aneh bai koh irak
Saandy
March 28, 2017 at 8:18 amThanQ Thu… Maadhamaa hen’dhunu 6 vana bai up vaany 🙂
Jeen
March 28, 2017 at 7:49 amNys…..next part kn irakun…v curious to read
Saandy
March 28, 2017 at 8:19 amThanQ Jeen… Maadhamaa hen’dhunu 🙂
Khajja
March 28, 2017 at 8:01 amMasha allah v rythi saandy u r the best writer kon irakun anebbai genesdheny v kiyaahithun kiyaa vaahaka eh my dhuvaalaku 2 part up kohdheveynetha n zaik ah adhi reysham libeyne dhw thanks luv u 2
Saandy
March 28, 2017 at 8:22 amThanQ Khajja thiya kurevvi thaureefah… Ekam mivaahakaige credit othy Nain ah in’gey… Maadhamaa hen’dhunu 6 vana bai kiyaalan libeyny… Dhuvaalaku dhebai genesdhey varahvure mivaahaka kuru… V dhigu vaahakaehnama yaqeenunves 2 bai genesdheynan konme dhuvahaku 🙂
Maa
March 28, 2017 at 8:21 amNice…… plz one more part miadhuves saandy
Saandy
March 28, 2017 at 8:26 amThanQ Maa… Sorry!! Miadhu 2 bai genesnudheveyne… Miadhu 9 in feshigen Saandy amilla kamehga v v bixy vaane… Dhen kuriah oiy 3 bai schedule kohfa othymayaaves eku… Konme dhuvahaku schedule badhalu kurunves nuvaane ehnu faseyha kamakah dho… Ehenve in’gey… Ummeedhu kuran understand vaane kamah 🙂
Maa
March 28, 2017 at 2:44 pmOk?????????… maadhamaage bai dhigukohla dheythi ingey saandy
maree
March 28, 2017 at 8:31 amvvv reethi
Saandy
March 28, 2017 at 1:44 pmThanQ Maree 🙂
addu koyya
March 28, 2017 at 8:47 amReethi..waiting for the next ????
Saandy
March 28, 2017 at 1:45 pmThanQ Addu koyya 🙂
Appy
March 28, 2017 at 8:54 amWow mi part vx v rythi ……
Saandy
March 28, 2017 at 1:45 pmThanQ Appy 🙂
Marsha
March 28, 2017 at 8:58 amVv rythi story eh my.. comment konnulaa dhookoh nulevigen hama comment kolly… adhi saandy ge huvafen nukiyan.. but time hoadhaalaigen kiyaalaanan.. riyaasha ves v salhi… inthizaaring for tomorrow…
Saandy
March 28, 2017 at 1:46 pmThanQ Marsha! V ufaavejje Marsha ge commenteh fenuneema 🙂
naz nax
March 28, 2017 at 2:31 pmMarsha ge vaahaka eh kiyaalan libeynetha?
naz nax
March 28, 2017 at 2:36 pmdhen inthizaareh nukuteveyne…. pls saandy adhi eh part. asluves Nainge story thakakee reethi story thakeh. reethi haadhisaa thekeh hunna story thah reethi vaanee.
Marsha
March 28, 2017 at 9:09 pmTrying naz nax… readers will see a new story from me hopefully soon… InshaAllah…
mysterious girl
March 28, 2017 at 9:26 amv nice
Saandy
March 28, 2017 at 1:47 pmThanQ Mysterious girl 🙂
saamy
March 28, 2017 at 10:03 amWow.. i luv it saandy.. waitin waitin…..
Saandy
March 28, 2017 at 1:48 pmThanQ Saamy 🙂
firu
March 28, 2017 at 10:36 amvaahaka v reethi. migothah badbuves baraabarah upload kuramun gengosdhehchey ❤
Saandy
March 28, 2017 at 1:48 pmThanQ Firu… Kameh dhimaa nuvanyaa konme dhuvahaku baeh up kohdheynan… Insha Allah!! 🙂
??????
March 28, 2017 at 10:52 ammi vaahaaka kurin konmeves saitakun ky hadhaaneh abavey… akamaku kon saitakun kameh handhaaneh neh….vaahakaaga ulhey myhunge nun thah ves ahama aggoih…
Saandy
March 28, 2017 at 1:50 pmYes… Mee kurin facebook groupehga Nain genesdheefa oiy vaahakaeh… Saandy kurinves bunelaafa onnaane mee Nain hadhiyaa kohfa oiy vaahakaekey… Ummeedhu kuran suvaalu ufedhunu kujjaayah javaabu libijje kamah 🙂
Azu
March 28, 2017 at 10:54 amAslu…shifan hen heevanee raisha yah ehen hedhee…..vaahaka vv reethi…..maadhan hendhunu avhahah vaa nama dho?
Saandy
March 28, 2017 at 1:51 pmThanQ Azu 😉
Rish
March 28, 2017 at 11:09 amVarah reethi
Saandy
March 28, 2017 at 1:51 pmThanQ Rish 🙂
silver mist
March 28, 2017 at 11:53 amVara varah reethi.. Can’t wait for the next episode
Saandy
March 28, 2017 at 1:52 pmThanQ Silver mist… Dhen ekamves maadhamaa hen’dhunah inthizaaru kollaa in’gey 😉
Lynne
March 28, 2017 at 12:45 pmWow… varah rythi
Adhi miadhu eh part upkohdheveynetha??
Saandy
March 28, 2017 at 1:54 pmThanQ Lynne… Sorry in’gey… Miadhu ithuru baeh genesdheveykah neiy… Maadhamaa hen’dhunah inthizaaru kollaa in’gey… Sorry again 🙂
Jeenaa
March 28, 2017 at 12:58 pmFurathama kamahh saandy mi comment ah reply dhinun adhen…..oh yes mi story v salhi… Saandy ge story thah vx salhi Hama varah.. ekamu mi story reethi vaa sababakah vey story ga ulhey faraai thakuge nan thah zamaany vefa reethi v ma..alhugadah story thah kiyaa hiy Vani nan thah reethi vi varakah ahn ve mi story v kamudhey … ekamu saandy ge story thah kamunudhaa onnany Hama ehme mahsala eh aee story ah beynun kohffa hunna nan thah old mahsala reethi vx noon nan thr…haadhisaaa aa sifa kurun thakah bune veyne saandy vareh nethey..so mihaar thi liyemun dhaa vaahaka Gai reethi v n
Saandy
March 28, 2017 at 1:55 pmThanQ Jeenaa… 🙂
Jeen
March 28, 2017 at 1:02 pmReethi xamaany nan thakeh beynun kuraane kamahh hope kuran ….haassa Koh boy ah saandy dhey Name v hadi Hama …. good luck for your coming story.. you can do it inshallah
Saandy
March 28, 2017 at 1:58 pmThanQ Jeen… Saandy dhen liyaa vaahakathakuga thikamaa visnaanan in’gey 🙂
imagination
March 28, 2017 at 1:59 pmeyh u ?!1.. hahah anehkaa kaaku?.. can’t wait <3
Saandy
March 28, 2017 at 2:02 pmThanQ Imagination… Eyy u?? Emeehaku en’geyne next partga… Hehehe… Maadhamaa hen’dhunah inthizaaru kollaa in’gey 🙂
afaa
March 28, 2017 at 2:16 pmSpeechless?
Saandy
March 29, 2017 at 2:00 amThanQ Afaa 🙂
yo brw
March 28, 2017 at 3:03 pmmi vhk iga innany kitah part tha
dhen dhuvaalaku 2 part genesdheebala
Saandy
March 29, 2017 at 2:03 amThanQ Yo brw.. Adhi neynge seedhaa adhadhu bunaakah… Ekam heevany jumla 10-15 parts hen innaany… Aslu mee ehaa ehaa dhigu vaahakaeh noon veema dhuvaalaku 2 bai genesdhineema mivaahaka nimeyne maa avahah… Ehenve dhuvaalaku baeh mi genesdheny 🙂
ithoo
March 28, 2017 at 3:12 pmWowww… Shifaan hen hyvany aslu nubaai vaany..hehehe…mirey noahnaaetha suprise part eh..hehe..v salhi hama..☺
Saandy
March 29, 2017 at 2:04 amThanQ Ithoo… Hehehe… Konme reyaku surprise dheyn vejjeyyaa ehaa excite eh nuvaane ehnu… Hehehe 🙂
??????
March 28, 2017 at 3:16 pmmivaahaka ahkon kyn kurin…. varah rythi vaahaka ah mee…
Saandy
March 29, 2017 at 2:07 amDhw?? V reethi vaahakaeh mee… ThanQ dear 🙂
Niyer
March 28, 2017 at 3:20 pmSalhi ?
Saandy
March 29, 2017 at 2:07 amThanQ Niyer 🙂
pinkyyy
March 28, 2017 at 3:46 pmVr reethi mi story
Saandy
March 29, 2017 at 2:08 amThanQ Pinkyyy 🙂
Een
March 28, 2017 at 3:59 pmVarah reethi mi vaahaka??
Saandy
March 29, 2017 at 2:09 amThanQ Eem 🙂
MiXu
March 28, 2017 at 7:31 pmSpeechless ?❤
Thankx PrincessNain for the lovely story ?
It will take alot of time nd hard work to rewrite the story in Dhivehi. So thank you so much for bringing up such lovely story saandy. ? we appreciate your hard work ?
Waiting for the next part ?
NAIN
March 28, 2017 at 9:17 pmThanks Mixu!!!
Saandy!! I also appreciate your hard work. It will take a lot of time nd hardwork to rewrite the story in dhivehi. Thanks saandy
Saandy
March 29, 2017 at 2:12 amThanQ MiXu & Nain for appreciating my work… Yeah… It takes a lot of time to rewrite it in Dhivehi… Special thanks for Nain for giving me a chance to bring this lovely story to the readers of Esfiya 🙂
MiXu
March 29, 2017 at 2:43 amMost welcome ❤
Keep up the good work saandy ?
NAIN
March 29, 2017 at 8:30 amWelcome saandy!!
gary
March 28, 2017 at 10:23 pmMi vaahaka v salhi ehy hama obi nowvey????
Saandy
March 29, 2017 at 2:10 amThanQ Gary 🙂
Maai
March 28, 2017 at 11:26 pmV reethi vaahaka eh. V ufaavey avahah vaahaka up kohdheythee.
Saandy
March 29, 2017 at 2:10 amThanQ Maai 🙂
Rapunzel
March 29, 2017 at 6:45 amV nice mi part vx
Saandy
March 29, 2017 at 6:55 amThanQ Rapunzel 🙂
who am i?
March 29, 2017 at 3:44 pmsaandy!! fahun upl kuri part ah kihinaii e vy??? e bai kiyaalan ulhey irah. alun e part up kohdhyba plx..?
Saandy
March 29, 2017 at 4:31 pmWait in’gey kuda irukolhakah… E partah kuda massalaeh dhimaavegen remove kolly… Alun mi up kollany kuda irukolhakun
Yax
March 29, 2017 at 3:51 pmSaandy kobaa reesham part 6!!!
Ehbai kiyaafa baavaafa aneh bai kiyn balaaliraku neh!!
Plz up koh dhiybala ASAP
Saandy
March 29, 2017 at 4:33 pmKuda irukolhakun eba up kollan… Miadhu hama baraabaru gadiyah up kurin… Ekam mistake akun v bodu baeh nulaa liyevifa inyma delete kolly… Alun mi up kollany kudakuda irukolhakun
Y
March 29, 2017 at 4:12 pmSaaaaaaannnnnnndddddyyyyyy!!!!!!
Saandy
March 29, 2017 at 4:33 pmLabba Y… Kuda irukolhakun mi up kollany
aree
March 29, 2017 at 4:38 pmHow many parts are there in this story Saandy??
Saandy
March 29, 2017 at 5:24 pmAree! Adhi ekkoh nunimey… Ehenve seedhaa adhadhu bunan dhathi… Ekam heevany 10-15 parts hen innaany 🙂