Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(07)

އުޝާ އައިސް އެގޭ ދޮރުމައްޗަށް އެރިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.ނަމަވެސް ދޮރު ހުރީ ހުޅުވާފައެވެ.ވަންނަން ނުވަންނަން ހުރެފައި ކަހަލަ ގޮތކަށް އެތެރެއަށް ވަންނަން ހިނގައިގަތްއިރު މީހާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.މަޑުމަޑުން ސިޑިން އަރައިގެން ގޮސް އޭނާ ހުއްޓުނީ އެންމެ ފުރަތަމައަށް ޖެހުނު ކޮޓަރި ކައިރީގައެވެ.އަދި މަޑުމަޑުން ދިމްރާއަށް ގޮވާލަމުން ދޮރުގައި ޓަކި ޖަހާލިއެވެ.ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.އުޝާ ދެހިޔާލެއްގައި ހުރެފައި ތަޅުނުލާހުރި ދޮރު ތަޅުގައި ހިފާ އަނބުރާލަމުން އެތެރެއަށް ވަނީ ދިމްރާ ހުންނާނީ ފެންވަރަން ފާހާނާގައި ކަމަށް ނިންމާފައެވެ.އެހެންނޫންނަމަ އޭނާ ކައިރީ އެތެރެއަށް ވަންނަން ބުނާނެތާއެވެ.

އުޝާ އެތެރެއަށްވަދެ ކޮޓަރިއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ.ކޮޓަރީގެ ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަންހުރީ ނޫކުލައެވެ.ފަރުނީޗަރު ތަކުން ފެށިގެން ކުޑަދޮރު ފޮތި ތަކުގައިވެސް ހުރީ އެކުލައެވެ. ޝައުގުވެރިކަމާއިއެކު އެކި ކޮޅުކޮޅަށް ނަޒަރު ހިންގަން ހުއްޓާ އެއްލިކަޅިއަކުން ސައިޑްޓޭބަލްމަތީ ހުރި ފޮޓޯ ފްރޭމު އުޝާގެ ލޮލުގައި އަޅައިގަތެވެ.ވަގުތުން މިއީ ދިޔާންގެ ކޮޓަރިކަން އޭނާއަށް ނަގައިގަނެވުނެވެ.އެ ފުރޭމްގައި ހުރި ދިޔާންގެ ފޮޓޯ އެވަގުތު ކިތަންމެ ބަލައިލަން ބޭނުންވެގެން ދިޔަކަމުގައިވިޔަސް އެކަން ނުކޮށް އޭނާ އަވަސް އަވަހަށް އެނބުރި ނުކުންނަން ހިނގައިގަތީ ކޮންމެފަދަ ވަގުތަކުވެސް ދިޔާން އައިސް ވަދެދާނެތީއެވެ.އޭނާ އެތާ ހުއްޓާ ދިޔާންއަށް ފެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ނަމަވެސް ނުކުންނަން އެނބުރިލި އުޝާއަށް ކުރިމަތިން ފެނިގެން ދިޔައީ ފާހާނާއިން ނުކުތް ދިޔާންއެވެ.އޭރު އަދި ދިޔާންއަކަށް ކޮޓަރީގައި މީހަކު ހުރިކަމެއް ނޭނގެއެވެ. ކޮޓަރީގައި ހުރި އުޝާ ދިޔާންގެ ލޮލުގައި އަޅައިގަތީ ކޮޓަރިތެރެއަށް ދެތިން ފިޔަވަޅު އަޅާލި ފަހުންނެވެ.ދިޔާން ދިޔައީީވެސް ސިއްސައިގެންނެވެ.

އޭރު އުޝާ އެހުރިގޮތަށް ހުރި ފިޔަވަޅުމަތީ ދެލޯ ބޮޑުކޮށްލައިގެން ހުއްޓެވެ.ދިޔާން މި ފަދަ ގޮތަކަށް ހުއްޓާ ހުވަފެނަކުންވެސް ފެނިދާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ތުވާއްޔެއް އުނުގައި އަނދެގެންހުރި ދިޔާންފެނި އުޝާހުރީ ކުޅުދިރުވާލަންވެސް ނުކެރިފައެވެ. އޭރުވެސް ދިޔާންގެ ބޮލުން ފެންތިކި ތަޅަމުން ދިޔައިރު ދިޔާން އެ ނުކުތީ ފެންވަރާލައިގެންކަން ހާމަކޮށްދެއެވެ. ހުއްޓުން އަރާފައިހުރި އުޝާއަށް ހަމަހޭވެރިކަންވީވެސް ދިޔާން އަތުން، ބޮލު އިސްތަށިގަނޑުގައި ހަރުލާފައިހުރި ފެންތައް އުޝާއާއި ދިމާލަށް ފޮޅާލުމުންނެވެ.އުޝާއަށްވެފައި ހުރިގޮތްފެނި ދިޔާންގެ ގާތަށް އައީ ހިންޏެވެ. ލުއި ހިނިތުންވުމަކާއިއެކު ދިޔާން އައިސް އުޝާގެ ކައިރިއަށް ހުއްޓިލުމުން އުޝާ އަވަހަށް ލޯމަތީ އަތްއެޅިއެވެ. އުޝާގެ މި އަމަލުން ދިޔާންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

“މި ސޮރީ..އަހަރެން..އަހަރެން ހީކުރީ ދިމް ކޮޓަރިކަމަށް” އުޝާ ވާހަކަ ދެއްކީވެސް އެހުރިގޮތަށް ހުރެއެވެ.އޭރުވެސް ލޯ މަތިން އުޝާ އަތެއް ނުނަގައެވެ.

އުޝާގެ މި މައުސޫމުކަންފެނި ދިޔާންގެ ހިތް ހައްތަހާ ލޯބިން ފުރިގެން ދިޔައެވެ.ދުނިޔޭގެ އެންމެންގެ ލޯތަކުން އެކުއްޖާ މުޅިއުމުރަށް ފޮރުވާލަން ބޭނުންވިއެވެ.ވާނެކަމެއްނޫންކަންވެސް އެނގޭމެއެވެ.ނަމަވެސް އެ މޭގައި އުޝާ ފޮރުވާލަން އިންތިހާއަށް ދިޔާން އެވަގުތު ބޭނުންވިއެވެ.

އުޝާ އަތްނަގާ ބަަލައިލީ ދިޔާންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުންނެވެ.ހައިރާން ކަމެއް ލިބިގެން ދިޔައީ އެހާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތުވާލީގެ ބަދަލުގައި ޖިންސެއް ލައިގެން ދިޔާން ލޯގަނޑު ކުރިމަތީ ހުއްޓާ ފެނުމުންނެވެ.އުޝާއަށް ވީ ގޮތް ލޯގަނޑުން އުޝާއަށް ބަލަންހުރި ދިޔާންއަށް ފެނުނެވެ.އެވަގުތު ދިޔާންގެ ތުންފަތްމަތިން ފެނިގެން ދިޔައީ އަނެއްކާވެސް ހިނިތުންވުމެކެވެ.

“ކިހިނެއްވީ ޖިންސް ލީމަ ކަމުނުދިޔައީތަ..ތުވާއްޔަށް ބަދަލު ކޮށްލަން ވީދޯ..” ލަދުގަނެފައި ހުރި އުޝާ، ދިޔާން ބޭނުންވީ އިތުރަށް ލަދުގަންނަވާލާށެވެ.ދިޔާން އެހެންބުނުމާއިއެކު އަވަސް އަވަހަށް އުޝާ ދެފަރާތަށް ބޯ ހޫރާލިއެވެ.އޭރުވެސް އެ މޫނު މަތިން ލަދުވެތިކަން އިންތިހާއަށް ފެންނަން ހުއްޓެވެ.

“ދެން އާއި ފަހަރު އަހަރެންނަށް ގަމީހެން ޗޫޒް ކޮށްދޭންވީނުން.. އޭރުން އަހަރެން ވަރަށް އުފާވާނެ” ދިޔާން ލޯގަނޑުކުރިމަތީ ރީތިވާން ހުރެގެން ވާހަކަ ދެއްކިއެވެ. ދިޔާން އެހެންބުނުމުން އުޝާ މަޑުމަޑުން ގޮސް އެކޮޓަރީ ހުރި އަލަމާރި ހުޅުވާލިއެވެ. އަދި ގަމީސްތަކަށާއި ޓީޝާޓް ތަކަށް ނަޒަރު ހިންގާލިއެވެ.އުޝާ ވަރަށް ވިސްނަން ހުރެފައި ނެގީ ކަޅުކުލައިގެ ގަމީހެކެވެ.ގަމީސް ނަގާ ދޮރު ލައްޕާލުމަށްފަހު އެނބުރިލީ ދިޔާންއަށް އެ ގަމީސް ދައްކާލުމުގެ ނިޔަތުގައެވެ.އެވަގުތު ކައިރީ އައިސް ޖައްސާފައި ހުރި ދިޔާންފެނި އުޝާ ދިޔައީ ސިއްސައިގެންނެވެ.އޭނާއާއި، ދިޔާން ކައިރިވެލަން ހެދުމުން އުޝާ ކުރިކަމަކީ އެދެމެދަށް ގަމީސް ހުރަސްކޮށްލީއެވެ.

“މި ގަމީސް އޯކޭ ދޯ” އުޝާ މިހެންބުނެ ގަމީސް ދިޔާންގެ އަތަށް ލައިދިނުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތީ އަވަސް ފިޔަވަޅު ތަކެއްގައެވެ.އޭރު ހިތްތެޅޭލެން ބާރުކަމުން މީހާގެ ހިތް ބޭރަށް ނުކުމެދާނެހެންވެސް އުޝާއަށް ހީވިއެވެ. ނުކުންނަން ހިނގައިގަތް އުޝާއަށް ދިޔާންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.އެއާއެކު އުޝާގެ ތުންފަތްމައްޗަށްވެސް ލަދުވެތި ކަމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ދިޔާންގެ ކޮޓަރި ދޮރުގައި ކަންފަތް ޖަހައިގެން ހުރި ދިމްރާއަށް ދުރަށް ޖެހިލެވުނީ އުޝާ ދޮރާ ދިމާލަށް އަންނަކަން އެނގުމުންނެވެ. އަވަހަށް ދުއްވައި ގަންނަން ހަދައިގެން މީހާ ނުވެއްޓުނީވެސް ކިރިޔާއެވެ.ތިރިއަށް ފައިބެވެން އިން ސިޑިންވެސް ދިމްރާއަށް ފައިބެވުން ގޮތްވެސް ނޭނގުނެވެ.ތިރިއަށް ފައިބަމުން ދިޔައިރުވެސް ދިމްރާގެ ނަޒަރު ހުރީ ދިޔާންގެ ކޮޓަރި ދޮރާ ދިމާލާށެވެ.ކޮންމެ ގޮތެއް ހަދައިގެންވެސް އޭނާ އެތާ ހުރިކަން އަންގާކަށް ދިމްރާ ބޭނުމެއްނޫނެވެ.

އަވަސް ފިޔަވަޅުތަކެއްގައި ތިރިއަށް ފައިބަމުން ދިޔަ ދިމްރާއަށް ކުރިއަށް ބަލައިލެވުނީ ބާކީ ދެތިން ހަރުފަތަށް ވެފައި ހުއްޓައެވެ.އެވަގުތު ފޯނަށް ބަލަމުން ސިޑިން އަރަން އާއި ޔުއާންފެނި ދިމްރާ ދިޔައީ ސިއްސައިގެންނެވެ.ލައިގެން ހުރި ތިރިއަށް އެރުނީވެސް މީހާ ކޮންޓްރޯލްވާން ހަދައިގެންނެވެ.

ޔުއާންއަށްވެސް ސިހިފައި މައްޗަށް ބަލައިލެވުނީ ދިމްރާގެ އަޑު އިވުމުންނެވެ.އޭނާއާއި ދިމާލަށް ވެއްޓެން އާއި ދިމްރާފެނި ޔުއާންގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ.ރެކެން ވިސްނާލިއިރު ހުރީ މާ ލަސްވެފައެވެ.ދިމްރާ އައިސް ގައިގައި ޖެހުމުން ޔުއާން ތަށިމުށިތައް މައްޗަށް ވެއްޓުނުއިރު ދިމްރާ އޮތީ ޔުއާންގެ ގައިމަތީގައެވެ.އެވަގުތު ޔުއާންއަށް ވީ ތަދު ބުނެދެންވެސް ނޭނގެއެވެ.

ދިޔާން އާއި އުޝާއަށްވެސް ކޮޓަރިން ނުކުތްއިރު ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑަށް ސިޑި ތިރިއަށް ބަލައިލެވުނެވެ.އެވަގުތު ވެއްޓިފައި އޮތް ޔުއާން އާއި ދިމްރާއާއި އެދެމީހުންގެ ލޮލުގައި އަޅައިގަތެވެ.ނުހޭން ކިތަންމެ ހިތްވަރެއްކުރިނަމަވެސް ފެނުނު މަންޒަރުން ދެމީހުންގެވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ދިޔާންއާއި އުޝާގެ ހުނުމުގެ އަޑަށް ދިމްރާ އަވަސް އަވަހަށް ތެދުވަން މަސައްކަތް ކުރިއެވެ.ނަމަވެސް ބޯ ހިއްލައިލެވުނީ ތަންކޮޅަކަށެވެ. ވިސްނާލިއިރު ޔުއާންގެ ގަމީހުގެ ގޮށުގައި އޮތީ ދިމްރާގެ އިސްތަށިގަނޑު އަޅައިގެންފައެވެ.ހާސްވެފައި ދިމްރާއަށް ބަލައިލެވުނީ ޔުއާންއަށެވެ.ދިމްރާ ބަލައިލުމާއެކު ޔުއާން ދިމްރާގެ ދެކޮނޑުގައި ހިފާ ނަގަން މަސައްކަތް ކުރިއެވެ.އެވަގުތު އިސްތަށިގަނޑަށް ވާންވުމުން ދިމްރާގެ އަނގައިން މަޑު އާހެއްގެ އަޑު އިވިގެން ދިޔައެވެ.އެއާއެކު ޔުއާންއަށްވެސް އަވަސް އަވަހަށް އަތްދުރުކޮށްލެވުނެވެ.

ދިމްރާ ދެން މަސައްކަތް ކުރަން ފެށީ އިސްތަށިގަނޑު ނައްޓާށެވެ.ލޮލަށް ނުފެންނާތީ ނައްޓާކަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ.މަޑުމަޑުން ނައްޓަން މަސައްކަތް ކޮށްކޮށްވެސް ކާމިޔާބު ނުވުމުން ބާރަށް އިސްތަށިގަނޑަށް ދަމައިގަތީ ތަދުވިޔަސް ހެޔޮ ކަމަށެވެ.ހީކުރިގޮތާ ހިލާފަށް އިސްތަށިގަނޑަކަށް އެއްވެސް ތަދެއް ނުވިއެވެ.އޭގެ ބަދަލުގައި ފެނުނީ ތަށިމުށިތައް މައްޗަށް ޔުއާންގެ ގަމީހުގެ ގޮއް ވިއްސައިގެން ގޮސް ވެއްޓުނުތަނެވެ.

ލިބުން ހާސްކަމުގައި ދިމްރާއަށް ކުޅުދިރުވާލަންވެސް ނުކެރުނެވެ.އަތަކަށް ގުޑިލަންވެސް ނުކެރުނެވެ.ފެނުނު މަންޒަރުން އުޝާއާއި ދިޔާންގެ ހުނުން ބާރުވުން ނޫންކަމެއް ނުވިއެވެ. ދިމްރާމެނަށް ނޭނގި އޭރު ދިޔާން ދިޔައީވެސް އެމަންޒަރުތައް މޫވީ ކުރަމުންނެވެ.ދިމްރާ ޔުއާންއަށް ބަލައިލިއިރު އެދެލޮލުން މިފަހަރުވެސް ފެނުނީ ރުޅިވެރި ކަމެވެ.ޔުއާން ދިމްރާގެ ދެކޮނޑުގައި ހިފަން އަތް ދިމާ ކޮށްލުމާއިއެކު ދިމްރާ ފުންމައިގެން ކޮޅަށް ތެދުވިއެވެ.ޔުއާންވެސް ވަގުތުން ތެދުވެ ހުރީ ކޮޅަށެވެ.އޭރު އުޝާއާއި ދިޔާންވެސް އެދެމީހުންކައިރިއަށް އަތުވެއްޖެއެވެ.

“ވަޓް ދަ ހެލް!! ހައު ޑޭރ ޔޫ..ކިތައްފަހަރު އަހަރެން ބުނާނީ އަހަރެންނާ ދުރުގަ ހުންނާށޭ..ދިމްރާ ކައިރިވެއްޖެއްޔާ އަހަރެންނަށް ކޮންމެސް ކަމަކާ ކުރިމަތިނުލާ ސަލާމަތްނުވެވޭ..އަހަރެން ގަމީހު ގޮށޭ ތިއުފުރާލީ”

ޔުއާން ގަމީހު މޭ މައްޗަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.އަދި އެއައްފަހު ދެއަތުން ބޮލުގައި ހިފަހައްޓާލީ ރުޅި މައިތިރިކޮށްލަން ކަމަށްވެސް ވެދާނެއެވެ.ޔުއާން އެހެން ބުނުމުން ދިމްރާއަށްވެސް ޔުއާންގެ ގަމީސް މޭ މައްޗަށް ބަލައިލެވުނެވެ.އަދި ތަށިމުށިތައް މަތީ އޮތް ގޮށަށްވެސް އޭނާއަށް ބަލައިލެވުނެވެ.

“ހޭ ރިލޭކްސް މޭން..އެ ދިމް ގަސްތުގަ ކުރިކަމެއްވެސް ނޫނޭނުން..ދިމްއަށް އެނގޭނެއޭ ތި ގޮއް ހަރުކޮށްލަ ދޭން..ތި ހަމަޖެހިބަލަ..ދޭ ދިމްއާއެކު ގޮއް ހަރުކޮށްލަން” ދިޔާން އެހެންބުނުމުންވެސް ޔުއާން ހުރިފިޔަވަޅުމަތީ ފުރަތަމަ ހުރީއެވެ. ކުރިއަށް ހިނގައިގަތީ ދިޔާން ޔުއާންގެ ކޮނޑުގައި މަޑުމަޑުން އަތްއަޅާ ކޮއްޕާލުމުންނެވެ.ޔުއާން ދިޔަ ދިމާލަށް ތިންމީހުންވެސް ބަލަހައްޓައިގެން ތިބިއިރު ޔުއާން އެއްފަހަރުވެސް ފަސްއެނބުރި ބަލައެއް ނުލައެވެ.ދިޔަގޮތަށްގޮސް ފެނުނީ ދިޔާންގެ ކޮޓަރިއަށްވަދެ ދޮރުޖެހިތަނެވެ.

“އަދި އަހަރެންތަ ދާންވީ..އޭނާ އަހަރެން ކުޑަދޮރުން ބޭރަށްވެސް ކޮއްޕާލަފާނެ” އަނގައަށް އިނގިލި ލައިގެން ހުރި ދިމްރާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ.

“ނޯ މޯ އެސްކިއުޒް ދިމް..ދިމްގެ ސަބަބުން އެކަންވީވެސް..ސޯ އެކަން ރަނގަޅު ކުރަންވެސް ޖެހޭނީ ދިމްއަށް..ދޯ އުޝް” ދިޔާން ދޯ ދިނުމާއިއެކު އުޝާވެސް ވަގުތުން ބޯ ޖަހައިލައިފިއެވެ.

“އުޝާވެސްތަ” ދިމްރާއަށް އެހެން ބުނެލެވުނީ އުޝާވެސް ދިޔާންއާއި އެއްބައިވުމުންނެވެ. ދެން އެކަމުން އޭނާއަށް ރެކެވޭނެ ގޮތެއްވެސް ނޯންނާނެއެވެ.ހިތާ ދެކޮޅަށް އެއްޗެހި ބަހައްޓާ ރެކު މަތިން ތިނޯހާއި ބަރަނި ހުރި ކުޑަކުޑަ ފޮށި އަދި ގޮއް ހިފައިގެން ދިޔާންގެ ކޮޓަރިއާއި ދިމާލަށް ދިމްރާ ހިނގައިގަތެވެ.ދިޔަމަގުމަތީގައިވެސް އިރުއިރުކޮޅާ ފަހަތަށް އެނބުރި ދިޔާންއާއި އުޝާއާއި ދިމާލަށް ބަލައިލައެވެ.އެދެމީހުންގެ ހިޔާލު ބަދަލުވޭތޯ ކަމަށްވެސް ވެދާނެއެވެ. އޭގެ ބަދަލުގައި ދިމްރާ ބަލައިލާ ކޮންމެ ފަހަރަކު އެދެމީހުން އިޝާރާތް ކޮއްލަނީ އަވަހަށް ދިއުމަށެވެ.ދިޔާންގެ ކޮޓަރި ދޮރާ ހިިސާބަށް އަރާފާއި ދިމްރާ ފުންކޮން ދެތިން ނޭވާއެއްލީ މީހާ ހަމަޖެހިލުމަށްޓަކައެވެ.މަޑުމަޑުން ދޮރު ހުޅުވާލީ އެފަރާތަށް ވަކީލު ކޮށްލަމުންނެވެ.ބޯ ދިއްކޮށް ބަލައިލިއިރު ޔުއާން އެނދުގައި އިށީންދެލައިގެން އިންތަން ފެނުނެވެ.

ދިމްރާއަށް އެތެރެއަށް ވަދެ ދޮރު ލައްޕައިލެވުނީ ޔުއާން އިސްއުފުލާ ބަލައިލުމުންނެވެ.ކިތަންމެ ބާރަށް ހިތް ތެޅެމުން ދިޔަޔަސް ދިމްރާ ބިރުގެންފައި ހުރިކަން ޔުއާންއަށް ދައްކާކަށް ބޭނުމެއް ނުވެއެވެ. ނޫނީ ޔުއާން އެކަމުން ފައިދާ ނަގާފާނެއެވެ.ދިމްރާ އައިސް ކައިރިވުމާއިއެކު ޔުއާން ކޮޅަށް ތެދުވިއެވެ.އަދި ގަމީސް ބާލަން ދިމާ ކުރިއެވެ.

“ނޫން” ޔުއާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ދިމްރާ އަޑަށް ބާރުލާފައި ނޫން ގޮވާލުމުންނެވެ.ޔުއާންއަށް އަވަހަށް އައިސް ދިމްރާގެ އަނގަމަތީ އަތް އަޅާލެވުނީ ބޭރުގައި ދިޔާންމެން އަޑުއަހަން ތިބެއްޖެނަމަ ގޯސް މާނައެއް ނަގާފާނެތީއެވެ.

“އައްޗީ” ޔުއާންއަށް ދިމްރާގެ އަނގަމަތީ އަތް އެޅިހެން ހީނުވެ އަތް ދުރުކޮށްލެވުނީ ދިމްރާ ޔުއާންގެ އަތުގައި ދޫ ކައްތާލުމުންނެވެ.

“ތީ ޑޯގެއްތަ..ދޫލަން..އަހަރެން ދިމްރާގެ އަނގަމަތީ އަތްއެޅީ ހަޅޭއްލެވީމަ..ޔާންމެން ބޭރުގަ އަޑުއަހަން ތިބިއްޔާ ގޯސް މާނައެއް ނަގާފާނެތީ”

“ހޫމް! ތިހެންޏާ ތި ގަމީސް ނުބޭލިއަސް އަހަރެންނަށް މިި ގޮއް ހަރުކުރެވިދާނެ”

“އަހަރެންނަކަށް ނެތް ޔަގީންކަމެއް.. ދިމްރާ ތި ތިނޯސްވެސް އަހަރެން ގަޔަށް ހަރާނުލާނެކަމެއް”

“އަހަރެން މީ ގަސްތުގަ މީހުންނަށް އަނިޔާ ކުރާ މީހެކޭތަ ތިބުނަނީ.ތިހާ ބިރުގަންނަންޏާ އަހަރެން މިދަނީ” ދިމްރާ މިހެންބުނެ އެނބުރި ހިނގައިގަންނަން އުޅުނެވެ.ނަމަވެސް ޔުއާން އޭގެކުރިން ދިމްރާގެ އަތުގައި ހިފަހައްޓައިފިއެވެ.އަދި ރީއްޗަށް މަޑުން ދިމްރާގެ ކުރިމަތީ ހުއްޓިލިއެވެ.ޔުއާންގެ މިއަމަލުން ދިމްރާއަށް ގޮއް ހަރުކުރަން ދިނީކަން އެނގުނެވެ.ދިމްރާ ބަރަނިކޮޅެއް ލައްވާފައި އޮތް ތިނޯހެއް ނަގައިގެން ގޮއް ހަރުކުރަން ފެށިއެވެ.

ގޮއް ހަރުކޮއްގެން ރޮދިފައް ކަނޑާލަން ބެލިއިރު އެ ފޮއްޓަކު ކަތުރެއް ނެތެވެ.ދެން އިތުރުގޮތެއް ނެތިގެން ދިމްރާ މަސައްކަތްކުރީ ދަތުން ރޮދިފައް ކަނޑާލާށެވެ.ނަމަވެސް ދިމްރާއަށްވުރެ ޔުއާން ދިގުކަމުން ދިމްރާއަކަށް އެ ރޮދިފައް ކަނޑާލެވުނު ކަމަކަށް ނުވިއެވެ.ދުރު ބަލަހައްޓައިގެން ހުރި ޔުއާންއަށް މިކަން އެނގުނީ ކަންނޭނގެއެވެ.ޔުއާން ދާދި ކައިރީގައި ހުރި އެނދުގައި އިށީންދެލިއެވެ.ޔުއާންގެ މަޤުސަދު އެނގުމުން ދިމްރާވެސް ޔުއާންއާއި ގާތްވެލުމަށްފަހު ރޮދިފައް ކަނޑާލިއެވެ.އެވަގުތު ދެމީހުންވެސް ސިއްސައިގެން ދިޔައީ ފޯނެއްގެ ފްލެޝްކެނޑޭ އަޑު އިވިގެން ދިޔުމުންނެވެ.ދެމީހުން އެތިބި ގޮތަށް ތިބެ ދޮރާ ދިމާލަށް ބަލައިލިއިރު ދިޔާން އާއި އުޝާގެ އިތުރުން ޝާރިމް އާއި ރީމްވެސް ދޮރުމަތީ ހުއްޓެވެ.

“އަހަރެންނަށް އެނގޭ ޔާން ތިރީގާ ވީ ހުރިހާ ކަމެއްގެ މަންޒަރު މޫވީ ކުރިކަން.އަދި އެވަރުންވެސް ހިތް ނުފުރިގެން ދޯ ފޮޓޯ ތިނަގަނީ..ރީއްޗަށް ފޮޓޮއެއް ދޭށޭ ބުނެލައިގެން އުޅުނީމަ ދޯ އަހަރެމެންނަށްވެސް އެނގޭނީ ރެޑީވެލަން”ޔުއާން މިހެންބުނެ ދިމްރާގެ އުނަގަނޑުގައި ހިފާ ގެނެސް ޔުއާންގެ ފައިމަތީ ބައިންދާލިއެވެ. ޔުއާން މިކުރި ކަމަކުން ދިމްރާ ދެލޯ ބޮޑުކޮށްލައިގެން ޔުއާންގެ މޫނަށް ބަލަން އިންއިރު ޔުއާން އިނީ ފޯނާ ދިމާލަށް ބަލަހައްޓައިގެންނެވެ.ދިމްރާގެ މޫނުން ފެނުނު ހައިރާންކަމުން ޔުއާން އެއްމިޔަކަނުން ހިނިތުންވެލިއިރު އެ މޫނުގައި ވަނީ ލާނެއްކަމެވެ. ދޮރުމަތީ ތިބި ހަތަރު މީހުންވެސް ތިބީ ހައިރާން ވެފައެވެ.ދިޔާން ފޮޓޯ ނެގުމުންވެސް ކައިރީ ތިބި ތިންމީހުންނަށް ފޮޓޮއަށްވެސް ބަލައިލެވުނީ އެއީ ހަޤީގަތެއްތޯ ޔަގީން ކޮށްލާށެވެ.

ޔުއާންއަށް ސިހުންލިބި ދިމްރާ ދުރުކޮށްލެވުނީ ފަޔަށް ވީ ކުއްލި ތަދަކުންނެވެ.ރަނގަޅަށް ވިސްނާލިއިރު ދިމްރާ އަތުގައި އޮތް ތިނޯސް ހަރާލީއެވެ.ހީވީ ނޭނގި އިންދާ މަދިރިއެއް ކަށިޖެހި ހެންނެވެ.ޔުއާން ދިމްރާގެ މޫނަށް ބަލައިލުމާއެކު ދިމްރާ ދޫ ނެރެލުމަށްފަހު ވައްތަރު ޖައްސާލިއެވެ.އަދި އަވަހަށް އެއައްފަހު ދޮރާ ދިމާލަށް ދުއްވައިގަތެވެ. ޔުއާން އާއި ރުޅީގައި އެތާ އެނދުމަތިން ބާލީހެއް ނަގާ ދިމްރާއާއި ދިމާލަށް އެއްލިއެވެ.ނަމަވެސް ދިމްރާ ބޭރަށް ނުކުތުމުން އެ ބާލީސް އައިސް ޖެހުނީ ރީމްގެ މޫނުމަތީގައެވެ.ޔުއާންއަށް ކަޑަވެގެން ބޯ ކަހައިލެވުނީ ހީނުކުރާ މީހެއްގެ މޫނުމަތީގައި ޖެހުމުންނެވެ.

ހަވީރު ހިނގާލަން ނިކުމެވުނުއިރު ހުރީ ފަހެއްޖަހާ ބޮޑުވެފައެވެ.އެހެންވެ ހަމީހުންވެސް މާ ދުރަކަށް ދާކަށް ހިޔާލެއް ނުކުރެއެވެ.ހަމީހުން ސަކަރާތް ޖަހަމުން ނުކުތީ ބޭރުމަގަށެވެ.ގާޑިޔާ ކައިރިއަށް ކުރުބާ ބޯންވެގެންނެވެ.ކުރުބާ ހިފައިގެން ހަމީހުންވެސް އިށީންދެލީ މޫދާާ ވީ ފަރާތަށް މޫނު ލައިގެން ތޮށިގަނޑު މަތީއެވެެ.ދިޔާންމެން އޭރުވެސް ސަކަރާތްޖަހާ ހީ ހަދަމުން ދިޔައީ މިއަދުގެ ކަންތަކުގެ ވާހަކަ ކިޔަކިޔާފައެވެ.އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.ހަމީހުންވެސް ގެއަށް ދިޔައީ މަޣުރިބު ނަމާދު ވަގުތު ގާތްވީމައެވެ.

ނަމާދު ކޮށްލައިގެން ދިމްރާ ނުކުތްއިރު ދާނިޝްއާއި ސިނާ ކުޑަކުޑަ ދިފްލާއަށް ކާން ދިނުމަށް އުޅެއެވެ.

“ކޮބާ ޔާން”

“ވެއްޖެ ގޭ ފުރަގަސް ފަރާތުގަ” ދިމްރާ ކުރި ސުވާލަށް ޖަވާބު ލިބުމުން ދިމްރާ ގޮސް ވަނީ ބަދިގެއަށެވެ.ބަދިގެއަށް ވަދެ ދެ ކޮފީތަށި ގިރައިގެން ދިމްރާވެސް ނުކުތީ އެ ފަރާތަށެވެ.އޭރު ޖޯލިފަތީގައި ދިޔާން އިށީންދެލައިގެން އިނެވެ.

“ހާދަ ބޮޑު ވިސްނުމެއްގަ” ދިމްރާ ދިޔާންއަށް ކޮފީތަށި ދިއްކޮއްލަމުން ބުނެލިއެވެ.

“އާނ! ދެން ވިސްނަންޖެހޭ ކަންކަންވެސް ހުންނާނެ ދޯ” ދިޔާންވެސް ކޮފީތަށީގައި ހިފަމުން ބުނެލިއެވެ.

“ދެން ކޮންކަމަކާއޯ ތި ވިސްނަނީ” ދިމްރާވެސް ދިޔާންއާއި ޖެހިގެން އިން ޖޯލީގައި އިށީންދެ ހަމަޖެހިލިއެވެ.

“އެއީ ސިއްރެއް..މިހާރު ބުނެފިއްޔަކާ ކަމަކު ނުދާނެ..އެދުވަހެއް އައިސް ޖެހުމުން ބުނާނަން”

“ޔާންއަށް އެނގޭނެ އަހަރެންމީ ކަންތައްތައް ހޯދުމަށް ވަރަށް ކިއުރިޔަސްވާ މީހެއްކަން.އެނގިހުރެ ކީއްކުރަންތަ ތިހެން ތިބުނީ..ނުބުނި ނަމައޭނުން” ދިމްރާ މޫނު ކުނިކޮށްލަމުން ބުނެލި ގޮތުން ދިޔާންގެ ގާތަށް ވަރަށް ހިނިއައެވެ.

“ކެތްތެރިވާން ދަސްކޮށްބަލަ..އެހެންނޫނަސް އަހަރެންނަށް ކިހިނެއް އެނގޭނީ ތީ އަދިވެސްް ކުޑައިރުގެ ދިމް ކަމެއް..އަހަރެން ހީކުރީ އޭރަށްވުރެ ބޮޑުވެފަ ކަމަށް ހުންނާނީ..އެކަމު މިހާރު އެނގިއްޖެ ތީ ހަމަ އެ ދިމްކަން..އަދިވެސް ބޮޑެއް ނުވާކަން..ދެން އަވަހަށް ބޭބީއެއް ގޮތުގަ ނުހުރެ ބޮޑުވާން އުޅޭ” ދިޔާން މިހެން ބުނުމުން ދިމްރާ ދިޔާންގެ ގައިގައި ދެތިން ބޮޑިއެއް އަޅާލިއެވެ.އެއާއެކު އިވިގެން ދިޔައީ ދިޔާންގެ ހުނުމުގެ އަޑެވެ.އާއި ރުޅީގައި ދިމްރާ ޖޯލިފަތި ކައިރީ ހުރި ފިނިފެންމާ ގަހުން މަލެއް ބިނދެލާފައި ދިޔާންގެ އަނގައަށް އެ ކޮއްޕާލީ ދިޔާން ނުވެސް ވިސްނާ އިންދައެވެ.

ދިފްލާއަށް ކާންދޭން އިން ސިނާއާއި ދާނިޝްއަށް ސިހުން ލިބުނީ ހަޅޭއްލަވަމުން ދިމްރާ އަންނަތަން ފެނުނީމައެވެ.ދިމްރާގެ ފަހަތުން ދިޔާންވެސް ދުވަމުންއައެވެ.ދިމްރާ އައިސް ސޯފާގެ އެއްފަޅީގައި ހުއްޓުނުއިރު ދިޔާން އައިސް ހުއްޓުނީ ސޯފާގެ އަނެއްފަރާތުގައެވެ. ދިމްރާއާއި ދިޔާންގެ މި އަމަލުތަކުން ދިމްރާ އުޅެނީ ދިޔާންއަށް އަތު ނުވާންކަން ހާމަ ކޮށްދެއެވެ.ދިޔާން ސޯފާ ވަށާ ދުވާ ވަރަކަށް ދިމްރާވެސް ސޯފާ ވަށާ ދުވަމުން ދިޔައެވެ.ދިމްރާ އަތުނުވުމުން ދިޔާން އެތާ މޭޒުމަތީހުރި ކުދިކުދި މެންޑްރިންތަކެއް ނަގާ ދިމްރާއާއި ދިމާލަށް އުކަން ފެށިއެވެ. މެންޑްރިން ތަކުން ގައިގައި ތެޅެން ފެށުމުން ދިމްރާ އަވަހަށް ދުވެފައި ގޮސް އިށީންނީ ދާނިޝްއާއި ސިނާގެެ މެދުގައި އިން ދިފްލާ އުރާލަމުން އެދެމީހުންގެ މެދުގައެވެ.އޭރު ދިޔާންވެސް އައިސް އެމީހުންގެ ކުރިމަތީ ހުއްޓެނީއެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ” ދާނިޝް ކޮޅަށްތެދުވެ ދިޔާންގެ ގައިގައި ހިފަހައްޓާލަމުން އަހާލިއެވެ.

“ޑޭޑް ދިމްއޭ ފުރަތަމަ ފެށީ”

“އެހެންނުވާނެ..ޔާން ފުރަތަމަ ފެށީ”

“އަހަރެން ކީ އެއްޗެއް ކީ އަނގައިންނޭ..އެކަމު ދިމް ފުރަތަމަ އަހަރެން އަނގަޔަށް ފިނިފެންމާ ކޮއްޕާލީ”

“އެއީ ޔާން އަހަރެންނަށް މަލާމަތް ކުރީމައޭ ދޮންބޭ” އޭރުވެސް ދިޔާން މަސައްކަތް ކުރަމުން ދިޔައީ ދިމްރާ އާއި ދިމާލަށް ދާށެވެ.ނަމަވެސް ދާނިޝް ހިފަހައްޓާފައި ހުރުމުން އެކަން ފަސޭހަ ކަމަކަށް ނުވިއެވެ.

“ތީ އަޅެ ކުޑަކުދިންތަ..ކުޑަކުދިންވެސް އެންމެ ދެރަވެގެން ނޫޅޭނެ ތިހެންނެއް..ދިފްވެސް ތި ދެމީހުންނަށްވުރެ ހޭ ޖެހޭނެހެން ހީވަނީ” ދާނިޝް އެހެންބުނުމުން ދެމީހުން އަވަހަށް މޫނު އިސްދަށަށް ޖަހައިލިއެވެ.

“ދެން ދިމް! ދިމް ކައިރީ ބުނަމޭނުން ސަކަރާތްވެސް ޖަހަންވާނީ ވަކި ހައްދެއް ބާވައިގެންނޭ..ދިމްވެސް މިހާރު ތީ ބޮޑު ކުއްޖެކޭ” ދާނިޝް ދިމްރާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.ދާނިޝް އެހެންބުނުމުން ދިމްރާ އިސްއުފުލާ ބަލައިލިއިރު ދިޔާންގެ މޫނުމަތީގައިވަނީ ފަތަހައިގެ ހިނިތުންވުމެކެވެ.ދިމްރާ ދިޔާންއާއި ދިމާލަށް ލޯ އަޅާލުމަށްފަހު އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަނެއްކާވެސް ދާނިޝްގެ އަޑު އިވިގެން ދިޔައެވެ.

“ޔާންވެސް މާ ހެވިފަ ހުންނާނެ ކަމެއް ނެތް.އެއީ އަންހެން ކުއްޖެއްވިޔަސް ތީ ފިރިހެންކުއްޖެކޭ..ތީ ފިރިހެން ކުދިން އުޅޭ ގޮތެއް ނޫނޭނުން..ދިމްއަށްވުރެ ޔާން އޭނުން ބޮޑީވެސް..ޔާން ނުވާނޭނުން ތިކަހަލަ ސަކަރާތް ފަށައިގެންނެއް” ދާނިޝް މިފަހަރު ވާހަކަ ދެއްކީ ދިޔާންއާއެވެ ދާނިޝް އެހެން ބުނުމުން ދިމްރާ ދިޔާންއަށް ބަލައިލަމުން ދޫ ނެރެލާ ވައްތަރު ޖައްސާލިއެވެ. އަދި ދާނިޝް ބަލައިލުމާއެކު އަވަހަށް ނޫންކަމަށް ހެދިއެވެ.

“ހޫމް! ދެން ދެމީހުންވެސް ދޭ ނަމާދަށް..އިޝާ ނަމާދު ވަގުތުވެއްޖެ” މީގެ ކުރިން އެއްޗެކޭ ނުބުނެ އިން ސިނާ ވާހަކަދެއްކިއެވެ.ސިނާ އެހެންބުނުމާއިއެކު ދެމީހުންވެސް އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ.ދިޔަ މަގުމަތީވެސް ދެމީހުން ދިޔައީ އެކަކު އަނެކަކު ކޮއްޕަމުންނެވެ.ދާނިޝް ދެންމެ ކީ އެކައްޗެއްވެސް އެދެމީހުން ބޮލަށް ވަތްހެނެއް ހިއެއް ނުވެއެވެ.މި މަންޒަރު ފެނުނު ދާނިޝްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.ކައިރީ އިން ސިނާވެސް ހެވިފައި އެ މަންޒަރު ބަލަންއިނެވެ.

“އަޅެ އަހަރެންނަށް ވާހަކަ ދެއްކުނީ މި ހަަތަރު ފާރާތަ” ދާނިޝް އެހެންބުނުމުން ސިނާ ފެށީ ހޭށެވެ.

“ހޭ ބިއުޓިފުލް.ކޮން ވިސްނުމެއްގަ” ބޭރު ކުންނާރު ގަސްދޮށުގައި ހުރި ޖޯލިފަތީ އިން ރީމް ސިއްސައިގެން ދިޔައީ ކައިރިން މީހަކު ވާހަކަ ދެއްކި އަޑަށެވެ. އިސްނަގާ ބަލައިލިއިރު ކައިރީ ހުރީ ޝާރިމްއެވެ.ހަމައެވަގުތު ޝާރިމްގެ ފަހަތުގައި ހުރި އަންހެންކުއްޖެއްވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. ބާރު ސްކިނީ ޖިންސަކާއި ގަޔަށް ހިފާފައިހުރި ޓޮޕްކޮޅެއްއްގައި ހުރި އަންހެންކުއްޖާ ފެނުމުން ރީމްގެ ބޮލަށް އުނދަގޫވިއެވެ.ޝާރިމް މިފަހަރު “ބިއުޓިފުލް” އޭ ކިޔާ ގޮވާލުމުންވެސް ރީމް އުފާވުމުގެ ބަދަލުގައި އައީ ރުޅިއެވެ.އެއީ ހަމައެކަނި ޝާރިމް އޭނާއަށް އެކަނި މުހާތަބް ކުރާނެ ބަހެއް ނޫންކަން ރީމްއަށް އެނގެއެވެ.ދުވާލަކު ކިތައް އަންހެންކުދިންނާ ދިމާލަށް ޝާރިމް އެހެން ބުނާނެ ބާއެވެ؟

“ކަމަކާ ނުވިސްނަން..މިތާ ދެން ހަމަ އިނީ” ރީމް،  ޝާރިމްއަށް އޭނާގެ ރުޅިވެރިކަން ދައްކަން ބޭނުންނުވާތީ ޝާރިމް ކުރި ސުވާލަށް ޖަވާބު ދިނީ ހިނިތުންވެލަމުންނެވެ.

“އެހެންތަ! ކޮބާ ރާޝާ..ރާާޝާ ކައިރިއަށް މިއައީ..ދޯ އިފާ” ޝާރިމް ކައިރީ ހުރި އަންހެންކުއްޖާއަށް ދޯ ދެމުން ބުނެލިއެވެ.އެކުއްޖާވެސް ހިނިތުންވެލާފައި ޖަވާބުގައި ބޯ ޖަހައިލިއެވެ.

“ކޮޓަރީގަވީ..ދޭބަލަ ކޮޓަރިއަށް” ރީމްގެ ބަހުގައިވާާ މަލާމާތެއް ޝާރިމްއަކަށް ފަހުމް ވީ ހެންނެއް ހިއެއް ނުވެއެވެ.ހީލާފައި ޝާރިމް އިފާ ގޮވައިގެން ވަނީ ގޭތެރެއަށެވެ.އެމީހުން ވަތްތާ ދެތިންމިނެޓު ކޮށްލާފައި ރީމްވެސް އެތެރެއަށް ވަނެވެ.އެ ވަތްގޮތަށް އޭނާ މިސްރާބުޖެހީ އިޝްރާމެން ކޮޓަރިއާއި ދިމާލަށެވެ.އިޝްރާގެ ދަރި އަކުރަމް އުރާލުމުގެ ނިޔަތުގައެވެ.ދޮރުގައި ޓަކި ޖަހާލާފައި ރީމް އެތެރެއަށްވަނީ އިޝްރާ ވަންނާށޭ ބުނި އަޑު އިވުނީމައެވެ.އެތެރެއަށް ވަނުމާއިއެކު ރީމްއަށް ސިހުން ލިބުނީ އަކުރަމްއާއި ސަކަރާތްޖަހަން ތިބި ޝާރިމްއާއި އިފާ ފެނިފައެވެ.

“ރީ އަހަރެންނަށް ފާރަލަނީ ދޯ”

“އަހަރެންނެއް ފާރައެއް ނުލަން..ޝާރިމްއޭނުން ބުނީވެސް ރާޝާ ކައިރިއަށޭ މި އައީީ..އެހެންވީމަ ޝާރިމް މިތަނަށް ވަންނާނެ ކަމަކަށް ހިއެއް ނުކުރާނޭނުން”

“މިތާ ތިއްތަ އިނީމަތަ ރެން ނުކިޔާ އަހަރެންގެ ފުރިހަމަ ނަމުން ތިކިޔަނީ” ޝާރިމް ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެލުމާއިއެކު  އޭނާގެ ފަހަތުން އިފާއާއި އިޝްރާގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ.

“އޯކޭ! އަހަރެން ފަހުން އަންނާނަން..ބޮޑުދައިތަ ބުނިކަމެއް ނުކޮށް ހަނދާން ނެތިގެން މިހުންނަނީ” ރީމް މިހެންބުނެ އިތުރު މީހެއްގެ ބަހަކަށް އިންތިޒާރު ކުރުމެއްނެތި އެކޮޓަރިން ބޭރަށް ނިކުތެވެ.އަދި އަވަހަށް ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

މިއަދުވެސް ދިމްރާ ޔުނީފޯމްލާއި ތައްޔާރުވެގެން ނުކުތްއިރު ދިޔާންއާއި ޔުއާން ތިބީ ބޭރު ދޮރުމަތީގައެވެ.އިތުރަށް ވަގުތު ބޭކާރު ކުރަން ނުހަދާ ތިންމީހުންވެސް މިސްރާބުޖެހީ އުޝާމެން ގެއާއި ދިމާލަށެވެ.އުޝާއާއި ރީމްއާއި ގޮވައިގެން ސުކޫލާ ދިމާލަށް މިސްރާބުޖެހީ ޝާރިމްމެން ގޭ މަގުން ލާފައި ދެވޭ ގޮތަށެވެ.އެމީހުން އެހިސާބަށް އެރިއިރު ޝާރިމްވެސް ގެއިން ނުކުއްނަނީއެވެ.

މިއަދުވެސް އެތެރެއަށް ވަދެގެން ދިޔައިރު ގިނަ ކުދިންތަކެއްގެ ލޯ އެމީހުންނަށް އަމާޒުވެގެން ދިޔައެވެ.އެ ނަޒަރުތަކުން މިއަދުވެސް އުޝާއާއި ރީމްއަށް އުނދަގޫ ވެގެން ދިޔައިރު ދެންތިބި ހަތަރު މީހުންގެ މޫނުމައްޗަކުން ހާސްކަމެއް ނުފެނެއެވެ.އެއީ އެކަންވާވެސް ގޮތެވެ.ދިމްރާއަކީ ވަރަށް އަވަހަށް އެދާ ތަނަކަށް ހޭނޭ ކުއްޖެކެވެ.

“ދެން އޯކޭ ވާނެ ދިޔަޔަސް ތިމީހުން..ދޯ ދިމް” ރީމް އެހެންބުނުމުން ދިމްރާވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“އާން..ފޯނު ނަންބަރ ދެވިދާނެތަ..ކެން ޔޫ؟”

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (87)

  1. Zyth

    Heii me first

    1. ithoo
      Zyth

      Dwww…☺

  2. Shahu

    Wow. When is the next part dear? ? mi story ge main character akee kn baeh tha?Is that yuan and dhimra?

    1. ithoo
      Shahu

      Yaa..u r right shahu.. Yuaan n dhim aky main character dhekudhin naky..n thanxx dearr shahu ☺

  3. mnnm

    v salhi ingey.. waiting for next part..

    1. ithoo
      mnnm

      Awwwhhh…thanxx dearr ☺

  4. saamy

    ?dhimra n yuaan…..V reethi mi part… waiting 4 next part.

    1. ithoo
      saamy

      Hehe..thanxx saamy ☺

  5. ReeXa

    Awesome… knirakun next part up kuraanee..

    1. ithoo
      ReeXa

      Hehe..thanxx ReeXa☺..maybe tmrw vx up vedhaane..bt tmrw noonihyaa aneh dhuhun up kuraanan in sha allah☺

  6. Sanu

    Wow! C thooo mi part adhi maa loabi. Ingay tha mihaaru iru irukolhaa esfiya belay c thioo vaahaka up kohfithw. Hehehehe. Vvvv reething keep it up. Luv i????

    1. ithoo
      Sanu

      Alhe thanxx thanxx sanoo.. Thivarun stry kiyaathy v v v happy vehje..luv u too dearr ☺

  7. Sharu

    Omg omg omg… i can imagine dhim n yuan’s romantic scenes… hehehe lolx…
    This story is awesome..

    1. ithoo
      Sharu

      Hehehe… Dhiyaan vx thikahala ehcheh bunaane..imagine nukurevey vaahaka yuaan relation akah dhiyaama ulheyne goih..lol..hehe..thanxx sharu..?

  8. Saandy

    Great!! Mi Dhimraa mee haadha laaneiy manje ekey dhw… Hehehe… Yuaan aa Dhimraa dhw meege main characters aky… Ithoo! Ekam Saandy ah faahaga kurevunu v odd thankolheh buneladhey hiyyvey… Gey furagas faraathugaey buneema v odd… Gey biydhoshugaey buninama maa kiyaalan faseyhavees… Next part avas kolladhehchey…

    1. ithoo
      Saandy

      Awwh..thanxx saandy..thithankolhu dhn liyaa iru ranaglhu kohlaanan..hmm laaneh kamuga hahdheh neih manje eh..hehe..yaa edhekudhinnaky main character aky..n thanxx thanxx saandy ☺

  9. Sanu

    Wow! Dhim n yooaan dhw. Loabi dhekudhin. Vvvvvv reethi c thooge sifa kohdhinun. Hama heevanee lokurimathin fehnnahen. Mi vaahaka kiyaalaa iru heevanee draamaa eh balaalevayhen. Keep it up c thoo, luv u????????

    1. ithoo
      Sanu

      Thanxxx sanooo..happy to hear that..seriously v happy vehje..thanx thanx a lot..so dream balailahchey nimendhen ekamu..heheh.luv u too☺

  10. Sunoo

    V avahah up vaan beynun vany vaahaka…asluves v reethi vaahaka…ummeedhu kurany nextpart ves mihaa reethi vaane kamah.

    1. ithoo
      Sunoo

      Awwwhh.. Thanxx dearr..balaanan in sha allah maadhama up kohdhevey thw..☺

  11. Afy

    V v v v v v v v v v v v salhi

    1. ithoo
      Afy

      Thanxxxxx afy ☺

  12. Joo

    wow v salhi ingey… waiting for the next part ingey

    1. ithoo
      Joo

      Awwhhh..thanxx joo..☺

  13. Munni

    esfiya refresh konla konla mi inany meege part eh up veythoa whn is the next part….

    1. ithoo
      Munni

      Hehehe.. In sha allah maadhamaa ah up kureveythw mi balanyy☺

  14. Eanal

    wow I was waiting for this part and its just mind blowing.. Please miadh or maadhan ehn episord eh up kwhladheeba busy nooniyyaa.. please.. im really v curious to read the other parts.. insha allah yuh will be a successful writer ithoo.. love yah..

    1. ithoo
      Eanal

      Awwhh..happy to hear that dearr…thanx thigothah abadhu vx support dheythy..in sha allah maadhamaa up kuraanan.. ☺..thanxx dearr Eanal

  15. shafu

    wow. this part also nice. keep it up ithoo…..

    1. ithoo
      shafu

      Awwh..thanxx shafu ☺

  16. Jeen

    Alhe please ithoo tomorrow up kohdhehchey I can’t wait to read new episode ….vvv salhi you are the best of the best

    1. ithoo
      Jeen

      Awwhh..thanxx dearr..v ufaa vejje thi gothah me balai gathyma..thanx a lot..in sha allah maadhen up kuraanan..☺

  17. Jazz

    Alheeyyyy .haadha reehchey mi story ? ? ?next part avahah up koh dhyba plssss?????

    1. ithoo
      Jazz

      Awwhh..thanxx dearr.. In sha allah maadhamaa kureveythw balaanan..

  18. Jilaa

    Omg omg omg ithoooo adhi nukiyan mi haa beautiful story eh dhuvahak vx your the best writer I have seen..aslu vx ithoo varah varah molhu Hama speechless omg y are you soooo gooooood ….all the best…

    1. ithoo
      Jilaa

      Seriousllyy… Alhey haadha ufaa vejje ey jilaa ah mi stry ehme best stry ah v ma..jilaa maayoos viya nudhy veythw balaanan ingey..thanxx my dearr..thanq so much.. ☺

  19. Sweetie

    Vaahakaeh kiyumun libeyne hiy hajehun mivaahaka kiyumun libey. Hama thedheh manzaru filmeh hen kurimathin feney. Ekani indheves hevey.

    1. ithoo
      Sweetie

      Really..happy to hear that dear…a ey beynumaky vx thi kudhihnah manxaru sifa kohdhinumeyy..hehe..n sweetie men hehvaaleveythy v ufaavey..thanxx dearr..☺

  20. Ithoo's Fan

    Finaly Hywany furathama faharah yuaan ah grl eh dheke lwbi wewijje hen! Ehn grl akaa dhimaa ah balai wes nulaa myhaa dhim genes ungahlain photo wes negy.. warah rythi mi prt wes.. thi ehmn ekkoh ulhey iru ehme majalyh! And Skul ah dhaa iru ehn kudhin nah waa goii warah majaa.. Hama imgn kure wenyh mi stry.. its superb! And nxt prt ah waaiitiiinnggg!!

    1. ithoo
      Ithoo's Fan

      Haha..dwww…thanxxx my dearr.. ☺..n aslu vx ithooge fan eh tha..hehe..thanx once again dearr ☺

    2. Ithoo's Fan
      Ithoo's Fan

      Mee ithoo ge fan ekey! Welcum ithoo

    3. ithoo
      Ithoo's Fan

      Sryy dearr..olhigen aharehnah report ah click kohlevuny..really sryy ?

  21. imagination

    heehee halaaaku.. seriously.. dhimraamen uhley moya vahthareh dhww… <3 <3 hehe.. luv this

    1. ithoo
      imagination

      Dwww…hehehe…thanxx imagination ☺

  22. Kiara

    Hey Ithoo.. its a nice story. but ehthankolhu wrh alhaigaih. dn take this nagetive. “kulhudhiruwaalan nukerun” mihen inumahwure kiyaalan faseyha waane “hindhiruwaalan nukerun” iniiyya.. Hope yuh would take it positive and yuh are the best ithoo..

    1. ithoo
      Kiara

      Thanxx dearr..thigothah faahaga vaa thankolhu bunela dheyn hurihaa kudhin kairy vx mibunany..☺..eyrun thaa dww rangalhu kohlan ingeynee vx..thanxx dearr..dnt wry..me nungaanan negative kohneh..hama faahaga vaa thankolheh vihyaa bunela dheyn v ingey dear..thanx a lot☺

  23. Cherry

    Salhi salhi salhi
    Like like like like ???

    1. ithoo
      Cherry

      Awwhh..thanxx thanx thanx dearr ☺..hehehe..

  24. Any

    Mivaahaka v rythi

    1. ithoo
      Any

      Thanxxx Any ☺

  25. NotARandomGirl

    Wowwwww..Yuan and Dhimra???..Mi prt ves v rythi..The best story I’ve ever read??

    1. ithoo
      NotARandomGirl

      Aslu vx tha..hama best stry tha..hehe..v ufaavejje ingey konme akas..thanxx thanxx my dearr ☺

  26. sonumm

    Alhey story hama habeyse……feshigen mi kiyalee 7 parts….adhives v v kiyaala hithun meenee…

    1. ithoo
      sonumm

      Seriouslyy..kuriah oihthaa vx kiyaane kamah ummeedhu kuran.. In sha allah maadhamaa up kohdheveythw balaanan ☺

  27. Hello

    Alhe haadha avahashey enimunee
    Mi story uh varah inthizaaru kurevey
    ❤❤
    Next part miahvure dhigukollahchey

    1. ithoo
      Hello

      A vedhaaneynun maa kiyaa hithun indhevuny kamah vx dww..hehe..hmm..dhigu kureveythw balaanan ingey..n thanxx dear stry kiyaali kamah takaa ☺

  28. Shaa

    Woah its amazing. Oh my god I love this story. Please update soon. This is one of my favorite story. And I am eagerly waiting for next chapter. Ithooo you are the best

    1. ithoo
      Shaa

      Thanxx dearr… Glad to hear that dearr..thanxx shaa ☺

  29. Azu

    ????ekani indheves hevenee vaahaka kiyaafa…..aslu manzaru sifa kohdhevifa hunna leh furihama veema ehen evanee…vvvv reethi mi vaahaka…..waiting for next part….?

    1. ithoo
      Azu

      Awwhh..thanxx my dearr Azu..happy vey manxaru sifa kohdheveythy..aee aslu vx beynumaky vx..thanx a lot dearr ☺

  30. Samee

    Wow its a really funny stwryy… N v nycc… Samee ge hobby eh vaahaka kiumaa vaahaka liumakee… Mi stwry aky mihaaru mi site ga samee ah ehnme kamudhaa stwry… Keep it up.. Ithoo ge thi masahkathu gai allah kaamiyaabu dhehvaan dheyve… Ameen..

    1. ithoo
      Samee

      Alheyy..thanxx samee..samee ge hobby aky thy kamuga vanyaa dear vx hingaaba kuriah dhamaa…samee ge huri hunaru vz balailaa hih vejje thihen bunyma..n thanxx a lot dearr.. ☺in sha allah samee vx future ga kaamiyaabu kujjakah vaane dear ☺

  31. mishele

    Nice story ithoo? when is the next part ?

    1. ithoo
      mishele

      Thanxxx dearr..in sha allah uxureh dhimaa nuvehjehyaa miadhu up kuraanan…☺

  32. Ardhii

    Alhe kobaatha miadhuge part ??
    Waiting….

    1. ithoo
      Ardhii

      Srryy dear..admin ah fonuvaafa v .up vaane ireh neynge bt..sry dear..

  33. Sifaa

    Alhe avahah up kohladheeba Ithoo…
    Mivaahaka kiyaa hiyvaa varu hureveneekee ves nun…
    Waiting…

    1. ithoo
      Sifaa

      Hehehe..adhi kuda kon inthixaaru kohlamaa dww

  34. Afy

    Sithoooooo hihthelhenee hama obinovey waiting

    1. ithoo
      Afy

      Hehehe…☺

  35. Ardhii

    Ithoo ??

    1. ithoo
      Ardhii

      Lahbaa..sry dear las vaa kamah takaa..

  36. mishele

    Ithoo vaahaka up kohladheeba avahah plx plx ithooooo ????

    1. ithoo
      mishele

      Sryy dearr las vaa kamah takaa..stry admin ah fonuvaafa v..

  37. Shau

    Alhey..Kobaa tha miadhuge bai..V kiyaa hithun mihury..Pls zvas kohladhyba ithoo..

    1. ithoo
      Shau

      Sryy shau..admin ah fonuvaafa v..bt up vaane ireh neynge

  38. shaa

    This story is so awesome.. Just love it

    1. ithoo
      shaa

      Thanxxx dearr ☺

  39. mishele

    Alhey ithoo kobaatha vaahaka avas kohladhybala ithoo?

    1. ithoo
      mishele

      Dearr…admin ah stry fonuvaafa v…so up vaane ireh seedhaa bunaakah neynge..

  40. Dhimra x Yuan shipper

    Alhey..Koba tha prt 8?ithoo avas koh dheybw..

    1. ithoo
      Dhimra x Yuan shipper

      ☺

  41. Mimmi

    Alhey varah reethi mi vaahaka. My favorite story yet. Kon irakun tha next part? please avahah up koh dheeba. Can’t wait………….

    1. ithoo
      Mimmi

      Awwhh..thanxx mimmi..happy to hear that dear..

  42. Hau

    Wow ithoo… this story is amazin.. v v v v lwbi story eh mee… always waitin for the nxt part… sorry thakolheh lahun comment kurevuny thy… bt 9 aa hisaabah kiyaafa hama nuhurevigen mi comment kohly… thanx sithoo for the lovely story n keep it up… ???

    1. ithoo
      Hau

      Hehe..itx ok dearr…n really really thanx hau ☺

  43. uzim

    varah reethi story eh.. but goh kiyaa iru innanee shaviyani sukuneh noontha? <3

Comments are closed.