Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (3)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
March 27, 2017 8 Mins Read
60 Comments

“ކީއްވީ؟” ރޭޝަމް ކާރުން ނުފައިބާ އިނުމުން ޒައިކް ސުވާލުކޮށްލިއެވެ. ޒައިކްގެ އަޑަށް ސިހިފައި ބަލާލުމަށްފަހު އަވަސްއަވަހަށް ކާރުން ފޭބިއެވެ. އޭރުވެސް އޭނާގެ ހިތުގައި ހިނގަމުންދިޔައީ ކުރިންވެސް ހިނގަމުންދިޔަ ޚިޔާލުތަކެވެ. އެއްވެސް ބަހެއް ނުބުނިތާނގައި އިސްޖަހާލިގޮތަށް ރޭޝަމް ގޮސް ތޮށިގަނޑުމައްޗަށް އެރިއެވެ. ރޭޝަމް ބަލާލިއިރު ޒައިކް ހުރީ ލޯންޗުގެ ކުރީގައި އަތް ދިއްކޮށްލައިގެންނެވެ. އެއަތުގައި ހިފަމުން ރޭޝަމް އިސްޖަހާލިއެވެ. އަވި އައިނު އަޅާލައިގެން ރިއިރު މިއަދު ޒައިކް ފެންނަނީ އެހެން ދުވަސް ދުވަހާއި ޚިލާފަށް މާ ތާޒާކޮށެވެ. އެމޫނުމަތިން ފެންނަމުންދިޔައީ އުއްމީދުން ފުރިގެންވީ ހިނިތުންވުމެކެވެ.

ލޯންޗު ފަޅުން ނުކުމެ އޭގެ ހަލުވި ދުވެލީގައި ދަތުރުކުރަމުން ދިޔައެވެ. ރޭޝަމް އިނީ މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެން އިންއިރު އެމޫނުމަތިން ފެންނަންހުރި މޮޅިވެރިކަމުން އެމޫނުގެ އުޖާލާކަން ވަނީ ގެއްލިފައެވެ. އެހިތުގެ ހާލު ބަލާލި ކޮންމެ މީހަކަށްވެސް ސާފުކޮށް ފެނިގެންދާނެއެވެ. ރޭޝަމްގެ މޫނަށް ކަޅިޖަހާނުލާ ބަލަން އިން ޒައިކްގެ ހިތަށް ތަދުކުރަމުން ދިޔައެވެ. ލޯންޗު މާފުށްޓަށް ލެފުނުއިރުވެސް ޒައިކް އިނީ ރޭޝަމްއަށް ކަޅިޖަހާނުލާ ބަލާށެވެ.

“ކިހާ ހިސާބެއްގަ ހުރި ގެއެއް؟” ޒައިކް އަހާލިއެވެ.

“ތަންކޮޅެއް ދުރުގަ ހުންނާނީ.” ރޭޝަމް ޖަވާބުދިނީ ދުރު ބަލަން ހުރެއެވެ. މިއަދު އޭނާ ހުރީ ޒައިކްއަށް ނުބަލަން ވަޢުދުވެގެންނެވެ. އެތޫނު ނަޒަރުން އެހިތުގެ ޢަޒުމް ފުނޑުފުނޑުވެދާނެތީ އޭނާ ޖެހިލުންވަނީއެވެ. އޭނާ ހިނގަމުންދިޔަ މަގުތަކުންނާއި ހަނި ގޯޅިތަކުން ގޮސް ތަންކޮޅެއް ދުރުގައިހުރި ގެއެއްގެ ކުރިމައްޗަށް ޒައިކް ހުއްޓުނެވެ.

“މިއީ އެގެއަކީ. ހަސަނު ބުނީ އޭނައަށް އާދެވޭނީ އިރުކޮޅަކުންނޯ.” ރޭޝަމް މިހެން ބުނުމުން ޒައިކް ހިނގައިގަތެވެ. ގޭގެ ވަށައިގެން ހިނގާލުމަށްފަހު އައިސް ކުރިން ހުރިތަނަށް ހުއްޓުނެވެ.

“ކޮބާ ޑިޒައިން؟ ތިބުނާ ހަސަނެއް އަންނަންވާއިރަށް އެތެރެއަށް ވަދެ ބަލާލަމާ.” ޒައިކް އެހެން ބުނުމުން ރޭޝަމް ތަޅުދަނޑި ނަގާ ދޮރު ހުޅުވާލިއެވެ. އެއަށްފަހު ޑިޒައިން ކުރަހާފައިވާ ގަނޑު ނަގާ ޒައިކްއަށް ދިއްކޮށްލިއެވެ. ގޭގެ އެކި ތަންތަން ބަލަމުން ގޮސް ޒައިކް ސިޑިން މައްޗަށް އެރިއެވެ. އެގެއަކީ ދެބުރިއަށް ހަދާފައިވާ ގެއެކެވެ.

“ކޮން ކޮޓަރިއަކުތަ މައްސަލަ ދިމާވީ؟” ޒައިކް އަހާލިއެވެ.

“މިކޮޓަރިި.” ރޭޝަމް އިޝާރާތްކުރީ ކުރިމަތިން ފެންނަންހުރި ކޮޓަރިއަކަށެވެ.

“ކީއްވެ ކޮޓަރިތައް ތަޅުނުލާ މިހުރީ؟” ދޮރު ހުޅުވާލަމުން ޒައިކް އަހާލިއެވެ. ހުރިހާ ކޮޓަރިވެސް ހުރީ ތަޅުނުލާކަން އޭނާއަށް ފާހަގަކުރެވުނީއެވެ.

“އެއީ މިގޭ މައިދޮރު ތަޅުލާފަ ހުންނައިރު އެތެރެއަކަށް މީހަކަށް ނުވަދެވޭނެ. އެހެންވެ.” ރޭޝަމް ދޮރު ތަޅުނުލާ ސަބަބު ބުނެދިންއިރު އޭނާ ހުރީ ފޯނާއި ކުޅޭށެވެ. ހީވާގޮތުން އޭނާ މީހަކާ މެސެޖް ކުރަނީއެވެ.

“މަސައްކަތު ގަޑީގަ ފޯނާ ކުޅެންޏާ ރަނގަޅަކަށް މަސައްކަތެއް ނުކުރެވޭނެ.” ޒައިކް ލޯ ހަނިކޮށްލާފައި ބުންޏެވެ. އެއަޑުގައި ކުރިން ހުންނަ ހަރުކަށިކަން ކެނޑި އުފާވެރިކަން ހުއްޓެވެ.

ޒައިކްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީ ރޭޝަމް މަޑުމަޑުން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އެވަގުތު ޖެހުނު ބާރު ވައިރޯޅިން ކުއްލިއަކަށް ރޭޝަމް ދޮރު ލައްޕާލިއެވެ. ކުއްލިއަކަށް ވައިގަދަވެ މޫސުން ގޯސްވުމުން ރޭޝަމްގެ ހިތުގައި ބިރުވެރި ރާޅެއް ހިނގާލިއެވެ. އޭނާއަށް ބަލާލެވުނީ ޒައިކް ކޮބައިތޯއެވެ. ފަހަތަށް އެނބުރިލި ވަގުތު ޖެހޭ ނުޖެހޭހާ ހިސާބުގައިހުރި ޒައިކް ފެނިފައި ތޫލި އަޑަކުން ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ.

“ކިހިނެއްވީ؟ ހާދަ ބިރެއް ތި ގަތީ.” ޒައިކް އެހެން ބުނެލުމުން ރޭޝަމް މެޔާ ދެއަތް ގާތްކޮށްލީ ބިރުން ހިތް ތެޅޭވަރުންނެވެ. ރޭޝަމް ހުރިގޮތް ފެނިފައި ޒައިކް ކުޑަދޮރު ހުޅުވާލިއެވެ. ވާރޭގެ ބޮޑެތި ތިކިތައް ޒައިކްގެ މޫނަށް ހަމަލާ ދިނީ އެވަގުތުއެވެ. ޒައިކް ބޭރަށް އަތް ދިއްކޮށްލީ މާޒީގެ ތެރެއަށް ގެއްލެމުންނެވެ. އެއީ ކިހާ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ އެކުވެރިންނާއި އެކުގައި ފެންގަނޑުތަކުގައި ބައިސްކަލު ދުއްވާލާއިރު ހާދަ މަޖަލެވެ. އެދުވަސްތައް އެނބުރި އަންނާނެނަމަ ހާދަހާ ރަނގަޅޭ ޒައިކްގެ ހިތަށްއެރިއެވެ. ޒައިކްއަށް ޚިޔާލުތަކުން ބޭރަށް ނުކުމެވުނީ ރޭޝަމް ފޯނުން ވާހަކަދައްކާ އަޑަށެވެ.

ރޭޝަމް ފޯނުން ވާހަކަދައްކާ ނިންމާލުމަށްފަހު އެނބުރިލިއިރު ޒައިކް ފޯނެއްގައި ހުރުމުން މަޑުމަޑުން ގޮސް ކުޑަދޮރާއި ކައިރިވެލިއެވެ. ޖެހެމުންދާ ގަދަ ވަޔާއި ވިއްސާރައިގެ ގަދަ ޠޫފާން ފެނި ރޭޝަމްގެ ހިތް ނުތަނަވަސްވިއެވެ.

“ދެން ކިހިނެއް މާލެ ދާނީ؟” ހާސްވެފައިވާ އަޑަކުން ރޭޝަމް އަހާލިއެވެ.

“މިއަދު މިކޮޅުގަ މަޑުކުރަން މި ޖެހުނީ. މިކޮޅުގަ ތިބެން ތަނެއްވެސް ހޯދަން ޖެހޭނެއެއްނު. ކޮބައިތަ އެ އަންނަން ބުނި ހަސަނު؟” ޒައިކް ފޯނަށް ބަލަމުން ވާހަކަދައްކަމުން ކުޑަދޮރު ކައިރިއަށް ދިޔައިރު ރޭޝަމް ހާސްވެފައި ބަލަން ހުރިގޮތުން ވީ ކީއްތޯ އަހައިލާފަދަ ގޮތަކަށް ޒައިކް ބުމަ އަރުވާލިއެވެ. އެސުވާލުގެ ޖަވާބުދޭކަށް ރޭޝަމް ބޭނުމެއްނުވިއެވެ.

“ދެންމެ ހަސަނު ގުޅާފަ އެބުނީ ވާރޭ ވެހޭވަރުން ނާދެވިގެންނޯ މިއުޅެނީ. މިއަދު އަވަހަށް ވާރޭ ހުއްޓާނެހެނެއްވެސް ހިއެއްނުވެޔޯ.” ރޭޝަމް ބުނެލިއެވެ.

“މޫސުމުގެ ގޮތް ކިޔާކަށް ނޭނގޭނެ. އައިއިރު ހިއެއްނުވޭ ދުނިޔޭގެ ތަނަކަށް ވިއްސާރައިގެ ކުލަވެސް ފެންނަން ހުރިހެނެއް. އެކަމަކު ދުނިޔެ އެއްކޮށް ކަޅު ވިލާތަކުން ބައްދާލިލެއް އަވަސްކަން ދެކިބަލަ.” ޒައިކް އެހެން ބުނެ ރޭޝަމްއަށް ބަލާލިއެވެ. ހިމޭނުން ހުރި ރޭޝަމްއަށް މީހަކު އެއްޗެކޭ ކިޔައޭވެސް ހިއެއްނުވެއެވެ. އޭނާ ފުން ވިސްނުމަކަށް ގެއްލިފައި ހުރިތަން ފެނުމުން ޒައިކް އިތުރަށް ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ.

ޒައިކްވެސް ކުޑަދޮރުގެ އަނެއްފަޅީގައި ހުރެ ބޭރު ބަލާލިއެވެ. މުޅި ދުނިޔެ ބައްދަމުންދާ ކަޅު ވިލާތަކާއިއެކު ޖެހެމުންދާ ގަދަ ވައިގެ ސަބަބުން ޒައިކްއަށް އޭނާގެ ޙަޔާތް އެފުށްމިފުށަށް ޖެހިގެންދިޔަ ރޭގެ މަތިން ހަނދާންވެ ހިތް ތެޅިގަތެވެ. ޒައިކްއަށް ބަލާލެވުނީ ރޭޝަމްގެ މޫނަށެވެ. އެމޫނުގައިވާ އަސަރުތަކުން އޭނާއަކަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. ހިމޭންކަމާއިއެކު ބޭރުން ފެންނަ މަންޒަރަށް ގެއްލިފައި ހުރިއިރު ރޭޝަމްގެ ހިތުގައިވެސް ހިނގަމުން ދިޔައީ އެ ހިތި މާޒީގެ ކުލަ ފަނޑު ތަސްވީރުތަކެވެ.

**********

“ތިއްތާ ޕްލީޒް! ދެން ގުޅާބަލަ. މިހާރު ފޯނު ނަގާނެ.” ރައިޝާ ބުންޏެވެ.

“ނޫން. ދެން މަށެއް އެ ޒައިކްއަކަށް ނުގުޅާނަން. ގުޅަންޏާ ކޮއްކޮ ގުޅާ.” ރޭޝަމް ބުނެލިއެވެ.

“ޕްލީޒް! ޕްލީޒް! އަދި ހަމަ އެންމެ ފަހަރަކު.” ރައިޝާ އާދޭސްކުރަމުން ރޭޝަމްގެ ފަހަތުން ދިޔައެވެ.

“ފޯނު ނަގާނެނަމަ މިހާރު ނަގައިފީސް. މިހާރު ދިހަ ފަހަރު ގުޅިއްޖެ. ދެން ޒައިކް ގުޅިޔަސް މަވެސް ފޯނެއް ނުނަގާނަން. އޭރުން އެނގިދާނެއެއްނު.” ރޭޝަމް ރުޅިއައިސްފައި ހުރިވަރުން އެދިޔަގޮތަށް ގޮސް އެނދުމައްޗަށް ވެއްޓި ބާލީހުން މޫނު ފޮރުވާލިއެވެ.

“ތިއްތާ! ތިއްތަ ނުގުޅަންޏާ ރައި މި ގުޅަނީ. ރައި ގުޅައިގެން އައިސްފިއްޔާ ތިއްތައަކަށް ނުދެވޭނެ.” އެހެން ބުނެފައި ރައިޝާ އެކޮޓަރިން ނުކުތެވެ. ރޭޝަމްވެސް އައިސްފައިހުރި ރުޅިން “އޯކޭ”އޭ ބުނެލަމުން ހަމަޖެހިލީ އޭނާ ގުޅުމުން ޒައިކް ފޯނު ނުނަގަންޏާ ރައިޝާ ގުޅިޔަސް ނުނަގާނެކަން ޔަޤީންވާތީއެވެ. ނަމަވެސް ޒައިކް އޭނާގެ އެ ޔަޤީންކަން ވެއްޔަށް ހަދާލީ އޭނާގެ ހިތް ބިމާއިލާ ޗިސްޗިސްކޮށްލަމުންނެވެ.

**********

ރޭޝަމްއަށް އެ ހިތި މާޒީގެ ހަނދާންވުމުން ލޮލަށް ގިނަވި ކަރުނަތައް އޮހިގަތެވެ.

“ރޭޝަމް! ކީއްވެ ތިރޮނީ؟” ޒައިކްއަށް ޚިޔާލުތަކުން ނުކުމެވުނީ ކަންފަތުގައި ޖެހުނު ވޭނީ އަޑަކުންނެވެ. އެވަގުތު ފެނުނު މަންޒަރުން އެތައް ސުވާލެއް ހިތުގައި އުފެދިގެން ދިޔައެވެ. ރޭޝަމް ފެނުނީއްސުރެ އެހިތަށް އުނދަގޫކުރަމުންދިޔަ ސުވާލުތަކާއިއެކު މިވަގުތު ރޭޝަމް ރޯ ސަބަބެއްވެސް ހޯދަން ޒައިކް ބޭނުންވިއެވެ. ޒައިކް ކުރިއަށް ޖެހިލީ އެސުވާލުތައް ކުރަން މިއަށްވުރެ ރަނގަޅު ވަގުތެއް ދެން ނާންނާނެކަން އެނގޭތީއެވެ. ނަމަވެސް ރޭޝަމް ރޯތަން ފެނުމުން އެހިތުގައި ގިނަވެފައިހުރި ސުވާލުތައް ދުމަށްވެގެން ދިޔަ ނުދިޔަ ތަނެއް ނޭނގުނެވެ. ރޭޝަމް ރޯތަން ފެނި ޒައިކްގެ ބުއްދި ފިލާދިޔަ ކަހަލައެވެ.

ރޭޝަމްގެ ކޮނޑުގައި ހިފާ ޒައިކްއާއި ދިމާއަށް އަނބުރާލަން އުޅުނު ވަގުތު އެއަތް ފޮޅުވާލުމަށްފަހު ރޭޝަމް ދާން ހިނގައިގަތެވެ. އެވަގުތު ޒައިކް އެއަތުގައި ހިފާ ހުއްޓުވަން އުޅުމުން ރޭޝަމްއަށް ބަލާލެވުނީ ސީދާ ޒައިކްގެ ދެލޮލަށެވެ. ހީވީ އެދެލޮލުން ތިމަރަގަނޑެއްހެން ޒައިކް ވިރުވާލިހެންނެވެ. އެހާވެސް ތޫނުކަމާއިއެކު އެދެލޮލުގައި ހުރީ ނަފުރަތުގެ ގިނި އަލިފާނެވެ. ޒައިކްއަށް ކުއްލިއަކަށް ރޭޝަމްގެ އަތުން ދޫކޮށްލެވުނެވެ.

“ސޮރީ!” ޒައިކްއަށް ބުނެލެވުނީ ކުރެވުނު ލަދުވެތި އިހުސާސަކުންނެވެ.

“ސޮރީއޭ!! މިހިތަކުން ދުވަހަކުވެސް ނުފިލާނެ އެ ޒަޚަމްތަކެއް. އެހެންކަމަށްވާނަމަ ދުވަހަކުވެސް ޒައިކްއަކަށް މަޢާފެއް ނުކުރާނަން.” ރޭޝަމް އެހެން ބުނެފައި ދާން އުޅުމުން ޒައިކް ނެތް ހިތްވަރުލާފައި ރޭޝަމްއާ ކުރިމަތިލާން ނިންމިއެވެ.

“ކީއްވެ؟ ރޭޝަމްއަކަށް ނޭނގޭތަ އަހަރެންގެ މައްޗަށް ކުށް ސާބިތުނުވިކަމެއް.” ޒައިކްގެ އަޑުގައި ކޮންމެވެސް ވަރަކަށް ނުރުހުން އެކުލެވިގެންވެއެވެ.

“ކުށް ސާބިތުވިޔަސް ނުވިޔަސް ހަޤީޤަތް ބަދަލެއް ނުވާނެ. ކިތަންމެ ވަރަކަށްވެސް ދުނިޔެއަށް އޮޅުވާލެވިދާނެ. އެކަމް އެނގޭނެ ފަރާތެއް ވާނެ. ޒައިކް ހީކުރީ ޝަރީއަތުން ޒައިކް މިނިވަންވީމަ އަހަރެން ޒައިކްއަށް މަޢާފްކުރާނެ ކަމަށްތަ؟ ދުވަހަކުވެސް ނުކުރާނަން. ތެދުތެދަށް ބުނަންޏާ އަހަރެން ބޭނުމެއްނުވޭ ޒައިކް ފެންނަ ހިސާބަށްވެސް އަންނާކަށް.” ރޭޝަމް ހިތު ހުރިހާ އެއްޗެއް ގޮވާލީ އައިސްފައިހުރި ރުޅީގައެވެ. ޒައިކްއަކީ މިނިކާ ހައިވާނަކަށް ދާންދެން ގޮވާލިއިރު އެއްފަހަރުވެސް އެކަމުން ޒައިކްއަށް ކުރާނެ އަސަރެއް ރޭޝަމްއަކަށް ނުވިސްނުނެވެ. ވިސްނާނީވެސް ކިހިނެއް ހެއްޔެވެ؟ އެވަގުތު ރޭޝަމް އެހުރީ އެއްޗެއް ވިސްނޭފަދަ ހާލަތެއްގައެއް ނޫނެވެ. ރޭޝަމްގެ ވާހަކަތައް މިހާ ހިސާބަށް ދިއުމުން ޒައިކްގެ ގާތަށްވެސް ރުޅިއަންނަ ގޮތްވިއެވެ.

“ކީކޭ؟ ރޭޝަމްއަށް އެނގޭތަ ރޭޝަމްއަށް ތިކިޔޭ އެއްޗެއް؟ އަހަރެން މިނިކާ ހައިވާނަކާ ހަމަހަމަކޮށްލިއިރު އެއްފަހަރުވެސް ވިސްނާލިނަމަ. ކުޑައިރުން ފެށިގެން އެކުގަ ކައިބޮއި ހެދި ހަނދާނެއް ރޭޝަމް ނުވޭތަ؟ އޭރު މިނިކާ ހައިވާނަކަށް ނުވިއިރު އެރޭ އަހަރެން މިނިކާ ހައިވާނަކަށްވީއޭ ބުނަން ރޭޝަމްއަށް ކެރުނީތީ އަހަރެން ހަމަ ހައިރާންވެއްޖެ. އަދި އެވެސް އަހަރެންގެ ކޮއްކޮއެއްގެ ގޮތުގަ ދެކެމުން އައި ކުއްޖަކާ އަޅުވާ.” ޒައިކްވެސް މިއަދު ދޫކުރާކަށް ބޭނުމެއްނުވިއެވެ. ރޭޝަމް އޭނާ އެވަރުގެ ދަށު ދަރަޖައަކަށް ވައްޓާލުމުން އޭނާވެސް އޭނާގެ ދިފާޢުގައި ތެދުވަން ޖެހޭނެއެވެ.

“ދެރައީ އޭރު އަހަރެންނަށް ނުވިސްނުނީތީ. ޒައިކްގެ ނަޒަރުގައިވަނީ އަހަރެން ނޫންކަން އަހަރެންނަށް ނޭނގުނީ. ޒައިކްގެ ތި ވިހަގަދަ ނަޒަރު އަމާޒުވެފައިވަނީ ރައިޝާއަށްކަން ކުރިން އެނގުނުނަމަ އެރޭ ރައިޝާ ޒައިކްއަށް ގުޅައިގެން ގެނަޔަކަ ނުދިނީމުސް. އެރޭ އަހަރެންގެ ކޮއްކޮ އުޅޭނެ ހާލު.. ތި ނުލަފާ މިނިކާވަގުގެ ކިބައިން ސަލާމަތްވާން ތެޅިފޮޅޭނެވަރު.. އަޅެ އެއްފަހަރުވެސް ޒައިކްގެ ހިތަށް ރަހުމެއް ނުވަދޭތަ؟ އެކުއްޖާ ހާދަ ވަރަކަށް ހަޅޭއްލަވާނެއޭ.” ރޭޝަމްވެސް މިއަދު ބޭނުންވަނީ ޒައިކްގެ ކުށް ޒައިކްއަށް އަންގައިދޭށެވެ. ކުރިން އެހިތުގައި ޒައިކްއަށްޓަކައި ފެވެމުން އައި ލޯބީގެ ބަދަލުގައި މިހާރު އެހިތް ފުރި ބާރުވެފައިވަނީ ނަފުރަތުންނެވެ. ރޭޝަމްގެ ވާހަކަތަކުން ޒައިކްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ރޭޝަމް ތިބުނާ ރޭ އަހަރެންނަކަށް ރައިޝާ ނުގުޅާ. އެހެންނޫނަސް އެރޭ އަހަރެން ފޯނެއް ނުގެންދަން. އަހަރެން އެރޭ ރޭޝަމްއަށް ގުޅާފަ ފޯނު ޗާޖަށް ޖަހާފަ ފެންވަރަން ވަނީ. ނިކުމެފަ ފޯނު މަތިން ހަނދާންނެތި ފޯނު ނުލާ މެޗް ބަލަން ދެވުނީ. މިއީ ހަޤީޤަތަކީ. އަހަރެންނަކަށް ނޭނގެ އެރޭ އަހަރެންގެ ފޯނާއި ވޮލެޓް އެތަނަށް ދިޔައީ ކިހިނެއްކަމެއް. ޕްލީޒް ރޭޝަމް! އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ ޤަބޫލުކޮށްބަލަ. އަހަރެން މި ކިޔައިދިނީ އެރޭ ކަންތައް ވީގޮތް.” ރޭޝަމްއަށް ވިސްނައިދިނުމުގެ ގޮތުން ޒައިކް އެރޭގެ ވާހަކަތައް ކިޔައިދިނެވެ.

“ޒައިކް ކިތަންމެ ރީތި ވާހަކައެއް ދެއްކިޔަސް އަހަރެން ޤަބޫލުކުރާނެއޭ ހީނުކުރާތި! ފޯނަށް އަމިއްލައަކަށް އެތަނަކަށް ނުދެވޭނެ. އެހެންނޫނަސް ޒައިކްއަކީ ދުވަހަކުވެސް ފޯނު ގޭގަ ބާއްވާފަ ދާ މީހެއް ނޫން. އެހެންވީއިރު ހަމަ އެރޭ ޒައިކް ފޯނު ގޭގަ ބާއްވާފަ ދާނެތަ؟ އަހަރެން ޒައިކް ދަންނަން. ޒައިކް ނުދަންނަ މީހުންނަށް އޮޅުވާލިޔަސް މި ރޭޝަމްއަކަށް އޮޅުވައެއް ނުލެވޭނެ.” ރޭޝަމް އެހެން ބުނެލީ ދަތްތަކަށް ބާރުލަމުންނެވެ. މިހާރު ޒައިކްއަށް ގޮތް ހުސްވާގޮތް ވެއްޖެއެވެ.

“ތިވަރަށް ޒައިކް އެނގެންޏާ ރޭޝަމްއަށް އެނގެންވާނެ އަހަރެން ދުވަހަކުވެސް ރޭޝަމްއަށް ދޮގެއް ހަދާ އޮޅުވާލާފަ ނުވާނެކަން. އަހަރެން މި ކިޔައިދިނީ އެރޭ ކަންތައްވީގޮތް. އެއްގޮތަކަށްވެސް އެރޭ އަހަރެން ފޯނު މަތިން ހަނދާނެއްނުވި…”

“ދެން ހުއްޓާލާ! އަހަރެން ބޭނުމެއްނޫން އިތުރަށް ތިވާހަކަ ދައްކާކަށް. އެހެންނޫނަސް ތީ ހަމައެކަނި އަހަރެންގެ ބޮސް. ވެރިމީހާއާ އޮފީހުގެ ސްޓާފުންނާ ދެމެދު އަމިއްލަ ވާހަކަ ދެއްކުމެއް ނޯންނާނެ. އަދި މިދެމެދުގަ އިތުރު ގުޅުމެއް ނޫނީ އިތުރު ގާތްކަމެއް ނުބޭއްވިއްޔާ ޒައިކްއަށްވެސް އަދި އަހަރެންނަށްވެސް އެންމެ ރަނގަޅުވާނީ.” ޒައިކް ދައްކަދައްކާ ހުރި ވާހަކަ ހުއްޓުވާލަމުން ރޭޝަމް އެހެން ބުނެފައި ދާން އުޅުނެވެ. ނަމަވެސް އެވަގުތު ޒައިކް އޭނާގެ އަތުގައި ހިފާ ކުއްލިއަކަށް އެއަތުގެ ތެރެއަށްލާ ހައްޔަރުކޮށްލިއެވެ. އޭރު އެދެލޮލުން ރޭޝަމްއަށް ފެނުނީ އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމެވެ. ރޭޝަމްއަށް ތެޅިގަނެވުނެވެ. ޒައިކްގެ އަތުތެރެއިން ސަލާމަތްވާން ތެޅިފޮޅެމުންދިޔަ ރޭޝަމް ހިމޭންވީ ޒައިކް އޭނާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލުމުންނެވެ. އެވަގުތު އެތަނަށް ވެރިވި ހިމޭންކަމާއިއެކު ދެޖިސްމުގައި ދައުރުވަމުންދިޔަ ލޭވެސް ހިމޭންވި ކަހަލައެވެ.

“ސޮރީ! ވަރަށް ބޮޑަށް ސޮރީ! ރޭޝަމްއަށް ތި ލިބެމުންދާ ހިތްދަތިކަމާއި ވޭން އަހަރެންގެ ހިތަށްވެސް ލިބޭ. ރޭޝަމްގެ ކޮއްކޮއަކަސް އެއީ ހަމަ އަހަރެންގެވެސް ކޮއްކޮއެއް. މިކަން ރޭޝަމް ޤަބޫލުކުރާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން. އެއީ މުޅި އުމުރަށްވިޔަސް އެއްވެސް ފަރުވާލެއް ނެތް.” ޒައިކްގެ ހިތް ވިރެމުންދާއިރު އެދެލޮލުން ލޭކަރުނަ އޮހިގަންނަން ތައްޔާރަށް ހުއްޓެވެ. އެ ކަރުނަތަކުން ރޭޝަމްއަށް އެއްވެސް އަސަރެއް ނުކުރާނެކަން ޒައިކްއަށް އެނގެއެވެ. އެއަށްވުރެ ބޮޑަށް ރޭޝަމް އެހުރީ ޒައިކްދެކެ ރުޅިއައިސްފައެވެ. އެހިތް އެވަނީ ޒައިކްއަށްޓަކައި ނަފުރަތުން ކަޅިވެފައެވެ.

ޒައިކް އިރުކޮޅަކު އެގޮތަށް ރޭޝަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އެދެލޮލުން ފެންނަންހުރި ރިހުމުން އެތައް މާނައެއް ދޭހަވިއެވެ. އެހެނަސް ޒައިކް ހޯދަން ބޭނުންވެގެން އެއުޅޭ ސުވާލުގެ ޖަވާބެއް ނުލިބުނެވެ.

ޒައިކްގެ ބެލުންތަކަށް ކެތްނުވެގެން އެހިތުގައި ފޮރުވިފައިވާ ލޯބި ހާމަވެދާނެތީ ރޭޝަމް ބިރުގަތެވެ. ޒައިކްގެ އެ ލޯބިވެތި ބީހިލުމަށް އޭނާގެ ހިތް އެދެމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ކޮއްކޮގެ ޤާތިލްގެ އަތުތެރޭ އޮވެ ރުއިމަށްވުރެ އަނގުރު އަލިފާންގަނޑެއްގެ ތެރޭ އޮތަސް މާރަނގަޅުވާނެއޭ ރޭޝަމްގެ ހިތް ބުނަމުން ދިޔައެވެ.

“ޒައިކް! އަހަރެން ދޫކޮށްލާ.” ރޭޝަމްގެ އަޑުގައިވީ މަޑު ތުރުތުރެކެވެ. މި ފިނިފިނި ތޫފާނުގައި ވާން މިއުޅެނީ ކީއްބާއޭ ހިތަށް އަރާވަރުން ބިރުން، އޭރު ރޭޝަމްގެ ހިތްވެސް އެތެރެހަށީގައި އޮވެގެން ބާރުބާރަށް ތެޅެމުން ދިޔައެވެ. ރޭޝަމް އެހެން ބުނެލުމާއެކު ޒައިކް ރޭޝަމްގެ ގައިން ދޫކޮށްލިއެވެ. އެއަށްފަހުވެސް އިރުކޮޅަކު ބަލަން ހުއްޓެވެ. ރޭޝަމްއަށްވެސް ޒައިކްއަށް ބަލަން ހުރެވުނީއެވެ. ޒައިކް ދާން ހިނގައިގަނެފައިވެސް ހުއްޓުނެވެ. ރޭޝަމްއަށް ފުރަގަސްދެމުން ހުއްޓުނުއިރު އެދެލޮލުން ފޭބި ކަރުނަތިކި ރޮނގެއްގެ ސިފައިގައި ކޯތާފަތްމަތިން ދެމިގެން ދިޔައެވެ. ޒައިކްގެ ހިތް ބާރުބާރަށް ރޮމުން ދިޔައެވެ.

“ރޭޝަމް އަހަރެންނަށް އިތުބާރު ނުކުރީތީ އަހަރެން ވަރަށް ދެރަވެއްޖެ. ރޭޝަމްއަށް އެނގޭތަ ޕޮލިހުން އަހަރެން ގެންދިޔަ ވަގުތުވެސް މިހިތް ބުނެލީ ކީކޭކަން؟ މުޅި ދުނިޔެ އަހަރެން ކުށްވެރިކުރިޔަސް ރޭޝަމް އެކަން ޤަބޫލެއް ނުކުރާނެއޭ. އެކަމް ކަންވީ އެހެނެއްނޫން. ރޭޝަމްއަށް އަހަރެންނަކަށް އިތުބާރެއް ނުކުރެވުނު. މިދެމެދުގައިވީ ދުވަސްވީ އެކުވެރިކަމާއި ޔަޤީންކަން އެންމެ މިނެޓެއްގެ ތެރޭ ގެއްލި ދިޔައީ. މިހާރު އަހަރެންނަށް އެނގިއްޖެ ކިތަންމެ ވަރަކަށް އަޑަށް ބާރުލާފަ ކަރު ފަޅައިގެން ދާވަރަށް ހަޤީޤަތް ކިޔައިދިނަސް ރޭޝަމް ޤަބޫލު ނުކުރާނެކަން.” ޒައިކް އެހެން ބުނެލުމަށްފަހު ދުރުދުރުގައި ފިޔަވަޅުތައް އަޅަމުން ގޮސް ކޮޓަރިން ނުކުމެގެން ދިޔައީ ދޮރުވެސް ލައްޕާނުލައެވެ. ޒައިކް ނުކުމެގެން ދިޔައިރު ރޭޝަމް ބަލަން ހުރީ މާޔޫސީ ނަޒަރަކުންނެވެ. އެދެލޮލުގައި ގިނަވެ އޮހިގަންނަން ތައްޔާރަށް ހުރި ކަރުނަތަކުގެ ތެރެއިން ޒައިކް ފެނުނީ ފުސްކޮށެވެ.

“ޒައިކްއަކަށް ނޭނގޭނެ އެދުވަހު އަހަރެން އުޅުނު ހާލެއް. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އަހަރެން ޒައިކްއަށް އިތުބާރުކުރިން. ޔަޤީންކުރިން. އެކަމަކު އެ ޔަޤީންކަމާ އެ އިތުބާރު ގެއްލުވާލީ ހަމަ ޒައިކް. އަހަރެންގެ ދެލޮލަށް ފެނުނު ހަޤީޤަތް އެއީ ދޮގެކޭ ބުނެވޭނީ ކިހިނެއް؟ އެހަޤީޤަތް ފެނުނު ވަގުތު މިހިތް ކުދިކުދިވެ އެކި އެތިކޮޅު އެކިތަނަށް ބުރަބުރައިގެން ދިޔަ. ޒައިކް! އަހަރެންނަށް ދުވަހަކުވެސް ޒައިކްއަކަށް މަޢާފެއް ނުކުރެވޭނެ.” ރޭޝަމް ހުރިތަނަށް ވެއްޓިގަތެވެ. އެހިތަށް ކެތްނުކުރެވޭވަރުގެ ވޭނެއް ލިބެމުން ދަނީއެވެ. އެހެން ވާނެތާއެވެ. ރޭޝަމް ފުރާނަ ފަދައިން ލޯބިވި ލޯބިވެރިޔާ އޭނާގެ ހުރި ހަމައެކަނި ކޮއްކޮގެ ދިރިއުޅުން ބަރުބާދުކޮށްލާ އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލީއެވެ. އެވަރު މީހަކަށް މަޢާފުކުރެވޭނެ ހެއްޔެވެ؟ ލޯބީގެ ގޮތުން ނުގުޅޭތާ އެކުވެރިކަން ބާއްވަންވެސް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.

ރޮއިރޮއި ވަރުބަލިވެގެން ރޭޝަމްއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. އެތައް ރެއެއްގެ އަރާމު ނިދިން މަޙުރޫމުވެފައިވާ ރޭޝަމްއަށް ނިދުނީ ދޮރުވެސް ލައްޕާނުލައެވެ. އޭނާއަށް ލޯ ހުޅުވާލެވުނީ ފިނިވެގެން ތުރުތުރުލާން ފެށުމުންނެވެ. އޭރު މުޅިތަނަށް ފެތުރިފައިވަނީ އަނދިރިކަމެވެ. ރޭޝަމްއަށް ބިރުން ފުންމައިގެން ތެދުވެވުނެވެ. ރޭގަނޑުވެ އަނދިރިވީއިރުވެސް އޭނާއަށް މި އޮވެވުނީ ނިދާފައިކަން އެނގުމުން ހައިރާންވިއެވެ. ކުޑަދޮރުން އެތެރެއަށް އެޅިފައިހުރި ފަނޑު އަލިކަން ފެނި ރޭޝަމް ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ. އޭރުވެސް ހިމަފޮދުވާރޭ ވެހެމުން ދިޔައެވެ. މެންދުރު، ޒައިކް ރުޅިއައިސްގެން ދިޔަގޮތަށް އަދިވެސް ނާންނަކަން އެނގުމުން ރޭޝަމް ކަންބޮޑުވިއެވެ. ޒައިކް ވީ ކޮންތާކުބާއޭ ހިތަށްއެރިއެވެ. އޭނާ މި ފަޅުގެއަށް ދޫކޮށްލާފައި ޒައިކްއަށް ދާން ކެރުނީތީ ހައިރާންވެސްވިއެވެ. ރޭޝަމް އެހެން ވިސްނަން ހުއްޓާ ލައިޓެއްގެ އަލިކަން ވީހެން ހީވެގެން ފަސްއެނބުރި ބަލާލުމާއެކު ބައްތިއެއްގެ އަލި އޭނާގެ މޫނަށް އެޅުނެވެ.

“ކާކު؟ ކާކުހޭ؟” ރޭޝަމްއަށް ބިރުން ފަހަތަށް ޖެހި ފާރުގައި ލައްވެވުނެވެ.

“އަހަރެން. ޒައިކް.” ޒައިކް މަޑުމަޑުން އެހެން ބުނެލަމުން ކުރިއަށް އައެވެ.

“މިތާ ލައިޓެއް ނުހުރޭތަ؟” ޒައިކް އެހެން އަހާލުމުން ރޭޝަމް ސުވިޗް ހުރިތަން ބުނެދިނެވެ. ސުވިޗް ޖައްސާލުމާއެކު މުޅިތަން އަލިވެގެން ދިޔައެވެ. ބިރުން ހުރި ރޭޝަމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭރުވެސް އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ޖެހި ބުދެއްހެން ޒައިކްއަށް ބަލަންހުރި ރޭޝަމްއަށް ފެނުނީ ޒައިކް އަތުގައި އޮތް ބޮޑު ކޮތަޅެކެވެ. ރޭޝަމް ހިމޭނުން ހުރީ ޒައިކް ކަންތައް ކުރާގޮތް ބަލާށެވެ.

މެންދުރު ޒައިކް ދިޔަގޮތަށް އެއައީ ކާނެ އެއްޗެހި ހިފައިގެންނެވެ. ރޭޝަމް ހުންނާނީ ވަރަށް ބަނޑުހައިވެފައިކަން އޭނާއަށް އެނގެއެވެ.

“އާދޭ ކާން. މިރޭ ތިބެން ޖެހޭނީ މިކޮޅުގަ. ވަރަށް ބެލިން ރޫމެއް ލިބޭތޯ. ރޫމެއް ނުލިބުނީމަ މިއައީ ދެ ރަޖާ ގަނެގެން.” ޒައިކް އެހެން ބުނެ ތަށިތައް މުށިތަކުމަތީ އަތުރާލިއެވެ. އެއަށްފަހު އަނެއް ކޮތަޅުގައި އޮތް ރަޖާ ހިފައިގެން ދާން ހިނގައިގަތެވެ.

“ޒައިކް ކައިފިންތަ؟” ރޭޝަމް ހިމޭން އަޑަކުން އެހެން އަހާލިއިރު މިއަދު ވީ ކަންތައް އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. ޒައިކް ބަލާވެސްނުލާ އިރުކޮޅަކު ހިމޭނުން ހުއްޓެވެ.

“ރޭޝަމް ކައިގެން ނިދާލާ. މިއޮތީ ތަޅުދަނޑިފަތި. ދޮރު ތަޅުލައިގެން އޮންނާތި.” ޒައިކް އެހެން ބުނެފައި ހިނގައިގަތުމުން ރޭޝަމްއަށް ތެޅިގަނެވުނެވެ.

“ޒައިކް! އަހަރެން އެކަނި އޮންނަން ބިރުގަނޭ. އަހަރެންނާއެކު މިކޮޓަރީގަ މަޑެއް ނުކުރެވޭނެތަ؟” ރޭޝަމް އެހެން ބުނުމުން ޒައިކްއަށް ކުއްލި ސިހުމެއް ލިބުނެވެ. މެންދުރު ވީ ކަންތައް ރޭޝަމް ހަނދާން ނެތުނީ ހެއްޔެވެ؟ ނޫނީ އަދިވެސް ރޭޝަމް އޭނާއަށް އިތުބާރުކުރަނީ ހެއްޔެވެ؟ ރޭޝަމްއަށް ބަލާލަމުން ޒައިކް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. މަޑުމަޑުން ގޮސް ރޭޝަމްގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އޭރުވެސް ޒައިކް ބަލަމުން ދިޔައީ ރޭޝަމްގެ ދެލޮލަށެވެ.

“ބިރެއް ނުގަނޭތަ؟ މި ފަޅުގޭގަ. އެކަނިމާއެކަނި. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވާ ހިސާބެއްގަ. ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އިވޭނެ މީހަކު ނުހުންނާނެ.” ޒައިކް އެހެން ބުނެލުމުން ރޭޝަމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ އެހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނީތީ އޭނާ ހައިރާންވިއެވެ.

“ޒައިކް!”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (06)‎

Next

މިލަހަނދުވަރު 3

Next
March 27, 2017

މިލަހަނދުވަރު 3

Previews
March 26, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (06)‎

60 Comments!

  1. Saandy says:
    March 27, 2017 at 7:02 am

    Assalaam A’laikum!! Miothy “REYSHAM” ge 3 vana bai… Ummeedu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves baajjaveri dhuvahakah edhen… Love u all 🙂

    1. Kiyaa Meehaa says:
      March 27, 2017 at 8:19 am

      Saandy ahves

  2. Ju says:
    March 27, 2017 at 7:04 am

    Me first dhw.
    Varah rythi ???

    1. Saandy says:
      March 27, 2017 at 8:05 am

      ThanQ Ju… Aan thy first ey… 🙂

  3. Appy says:
    March 27, 2017 at 7:18 am

    Konme dhuvahaku hendhunu mivaahaka kiyaalevunyma v hiyyhamajehey dhuvas fashany saandy ge vaahaka in hehe …..v salhi mi part vx

    1. Saandy says:
      March 27, 2017 at 8:08 am

      ThanQ Appy… V ufaavey hiyyhamajehey kameh kohdheveythy 🙂

  4. Athoo says:
    March 27, 2017 at 7:40 am

    V salhi ? ?

    1. Saandy says:
      March 27, 2017 at 8:09 am

      ThanQ Athoo 🙂

  5. Ana says:
    March 27, 2017 at 7:53 am

    Beautiful

    1. Saandy says:
      March 27, 2017 at 8:10 am

      ThanQ Ana 🙂

  6. Eanal says:
    March 27, 2017 at 7:57 am

    Wow..? Awesome..❤
    E Liyuntheriaehge Hurihaa Wahaka eh Kiii Hama Ekeni Liyuntheriyaa Thie..??
    I Love Alll Yur Stories..?❤ keep It Up Saandyy..?? Yuh Are One Of My Favourite Writers.. ???

    1. Saandy says:
      March 27, 2017 at 8:12 am

      ThanQ Eanal… V ufaavejje thi comment fenuneema 🙂

  7. imagination says:
    March 27, 2017 at 8:20 am

    haha..omg! zaik ge attitude.. v salhi..can’t wait for tomorrow <3

    1. Saandy says:
      March 27, 2017 at 8:43 am

      ThanQ Imagination 🙂

  8. Kiyaa Meehaa says:
    March 27, 2017 at 8:32 am

    WOW! V salhi.. Saandy thy hama one of the best.. Saandy genesdhey huriha story ehves hama kiyala hithun kiyalevey.. enme alhaiganna kamaky English bai madhuvun Saandyge story thakuga.. Adhi v bodah shukuru adhakohlan beynun Nain ah miha rythi story genesdheyn Saandy ah huhdha dhinyma.. Waiting for the next part.. Keep it up dear ??

    1. Saandy says:
      March 27, 2017 at 8:44 am

      ThanQ Kiyaa Meehaa… Maadhamaa hen’dhunu 4 vana bai up vaane… Insha Allah!! 🙂

  9. Vaahaka foshi says:
    March 27, 2017 at 8:36 am

    Wow

    1. Saandy says:
      March 27, 2017 at 8:45 am

      ThanQ Vaahaka foshi 🙂

  10. addu koyya says:
    March 27, 2017 at 8:38 am

    Varah reethi ????

    1. Saandy says:
      March 27, 2017 at 8:48 am

      ThanQ Addu koyya 🙂

  11. Any says:
    March 27, 2017 at 8:57 am

    V.v.v reethi

    1. base says:
      March 27, 2017 at 9:16 am

      Vrh asaru gadha.. Oh..vrh salhi.. ??

    2. Saandy says:
      March 27, 2017 at 1:29 pm

      ThanQ Any 🙂

    3. Saandy says:
      March 27, 2017 at 1:30 pm

      ThanQ Base 🙂

  12. Maree says:
    March 27, 2017 at 8:59 am

    vv reethi

    1. Saandy says:
      March 27, 2017 at 1:31 pm

      ThanQ Maree 🙂

  13. aysh says:
    March 27, 2017 at 9:06 am

    vrh rythi…

    1. Saandy says:
      March 27, 2017 at 1:34 pm

      ThanQ Aysh 🙂

  14. ithoo says:
    March 27, 2017 at 9:13 am

    Woww.. Kon hisaabakah saandy thi nihmaalee.. Adhi ithurah eh paragraph liyelaafa beyndhi nama..hehe..v v v reethi hama.. ☺

    1. Saandy says:
      March 27, 2017 at 1:37 pm

      ThanQ Ithoo… Saandy ves hithah eri adhi 1 paragraph liyelaanamey… Ekamves mihaa hisaabun ninmaaly kudakoh thalhuvaalan… Hehehe 🙂

  15. Alex says:
    March 27, 2017 at 9:14 am

    Vrh asaru gadha.. Oh..vrh salhi.. ??

    1. Saandy says:
      March 27, 2017 at 1:37 pm

      ThanQ Alex 🙂

  16. Anonymous says:
    March 27, 2017 at 9:27 am

    V salhi

    1. Saandy says:
      March 27, 2017 at 1:41 pm

      ThanQ Anonymous 🙂

  17. mai says:
    March 27, 2017 at 9:42 am

    Wow nice story saandy :):*

    1. Saandy says:
      March 27, 2017 at 1:42 pm

      ThanQ Mai 🙂

  18. Anonymous says:
    March 27, 2017 at 9:58 am

    When nest part…. plz up fast

    1. Saandy says:
      March 27, 2017 at 1:45 pm

      ThanQ Anonymous… Insha Allah!! V avahah 🙂

  19. Azu says:
    March 27, 2017 at 11:44 am

    Ma sha allah….vaahaka haadha reehchey…hithah araa miadhu hurihaa baeh kiyaaleveyne namaey?

    1. Saandy says:
      March 27, 2017 at 1:46 pm

      ThanQ Azu… Hehehe 🙂

  20. ReeXa says:
    March 27, 2017 at 12:57 pm

    Awesome. . Thankolheh dhigukoh next part genes dheeba plxxxxx

    1. Saandy says:
      March 27, 2017 at 1:48 pm

      ThanQ ReeXa… Adhives kurutha?? V dhigukoh mi genesdheneeves… Adhives dhigu kolleveythoa masakkaiy kollaanan ingey… 🙂

  21. jookool says:
    March 27, 2017 at 12:59 pm

    Saandy miadhu adhi ehpart upkohla dheeba.. Heyonuvaane. Alhe surprise akah upkohla dheeba. haadha kiyaahithunney mihiry

    1. Saandy says:
      March 27, 2017 at 1:49 pm

      ThanQ Jookool 🙂

  22. Bleu says:
    March 27, 2017 at 1:34 pm

    Wow varah rythi… emme fahun evy gotheh neyngun… Adhi miadhu eh part up kohdhevidhaanetha????

    1. Saandy says:
      March 27, 2017 at 1:53 pm

      ThanQ Bleu… Masakkaiy kollaanan… Yaqeen kameh nudheveyne in’gey 🙂

  23. Jeen says:
    March 27, 2017 at 3:36 pm

    Comment nukuriyas I read every part..v. V v v rythi mivaahaka..plxx adhi miadhu e part up kohdhybala…can’t wait..

    1. Saandy says:
      March 27, 2017 at 4:26 pm

      ThanQ Jeen… I’ll try 🙂

  24. Maa says:
    March 27, 2017 at 3:59 pm

    Hurihaa part eh ves kiyan comment nukuriyas… vvvv nice story.. good job saandy…. adhi one more part pls

    1. Saandy says:
      March 27, 2017 at 4:28 pm

      ThanQ Maa… Mi vaahaka reethivumun eyge hurihaa thaureefeh haqquvaa faraathaky hama vaahakaige liyuntheriyaa… V ufaavey mihaa reethi story eh thiya kiyuntherinnah genesdhevuneethy… 🙂

    2. Maa says:
      March 27, 2017 at 10:58 pm

      Saandy eh noontha writer akeee

    3. Saandy says:
      March 28, 2017 at 5:40 am

      Yes Maa… Nain ey bunefa onnaane trailergaves 🙂

  25. Abbe says:
    March 27, 2017 at 7:13 pm

    Varah salhi . ☝☝✌??

    1. Saandy says:
      March 27, 2017 at 7:24 pm

      ThanQ Abbe 🙂

  26. ❤️ Mimmi ❤️ says:
    March 27, 2017 at 11:47 pm

    KOnme dhuavahku mng ga kiyan ingey mi story ekam bxy kamun commnt nukureveny kiyaa gadyga. Varah reethi mi part ves.

    1. Saandy says:
      March 28, 2017 at 5:41 am

      ThanQ Mimmi 🙂

  27. Inko says:
    March 27, 2017 at 11:53 pm

    Saandy mi vaahaka ehkoh nimunyma kiyan fahtan mihunnany. Ekam vx mi comment kohly hama. Mi story ge dhigumun bunedheyn engeyne? Like around how many parts?

    ❤❤❤

    1. Saandy says:
      March 28, 2017 at 5:42 am

      Inko! Adhi neynge seedhaa kithah part kameh bunaakah… Ekam heevany 10-15 hen innaany…

  28. YammYoon says:
    March 30, 2017 at 5:50 pm

    Nic…

    1. Saandy says:
      April 1, 2017 at 2:35 pm

      ThanQ YammYoon 🙂

Comments are closed.

Next Episodeރޭޝަމް (4)←


All Right Reserved!