Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (06)‎

ithoo Level 4100 Comments10 Stories500 Comments100 Login
March 26, 2017 7 Mins Read
73 Comments

އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ޔުއާންގެ ބައްޕައެވެ. ހިތުގައި އުފެދި ގެން ދިޔައީ ސުވާލުތަކެކެވެ. ޔުއާންގެ ބައްޕައަކީ އަސްލު ކާާކުބާއެވެ؟ ކޮން މަގާމެއްގެ ނުވަތަ ކޮންތަނެއްގެ އިސްމީހެއްބާއެވެ؟ ދިމްރާގެ ނަޒަރު ޔުއާން އާއި ސީދާވެފައި ހުރިކަން އެނގި ހުރެވެސް ޔުއާންހުރީ ނޭނގޭކަމަށް ހަދާލައިގެންނެވެ. މާކުރިންވެސް ދިމްރާއަށް ވާނީ އެފަދަ ގޮތެއްކަން ޔުއާންއަށް ވަނީ ލަފާކޮށްލެވިފައެވެ.

ފުރަތަމަ ތައާރަފެއްދެމުން ވާހަކަ ދެއްކީ ސުކޫލްގެ ޕްރިންސިޕަލެވެ. އަލަށް ވަތް ކުދިންނަށާއި ބާރައިގެ ކުދިންނަށްވެސް ޕްރިންސިޕަލް މަރުހަބާކިއެވެ. އެއައްފަހު ސުކޫލްގެ އާންމު މައުލޫމާތުގެ އިތުރުން އުއްމީދު ކުރާ ކަންތަކާއި ، މި އަލަށް ފެށުނު އަހަރު ކޮށްދޭނެ ކަންތައްތަކުގެ ވާހަކަވެސް ދެއްކިއެވެ. ޕްރިންސިޕަލްގެ ވާހަކަ ކުރުކޮށްލީ ދުވަހުގެ މެހެމާނަށް ފުރުސަތުދެމުންނެވެ. އަދި މިއަދުގެ މެހެމާނަކީ ތަނުގެ އިސްވެރިޔާކަމަށްވެސް ބުނެދިނެވެ.

ޔުއާންގެ ބައްޕަ ނާސިރުވެސް ފުރަތަމަވެސް ކީ ހުރިހާ ކުދިންނަށް ހޫނު މަރުހަބާއެކެވެ. އަދި ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުދިންނަށް ހިތްވަރުދީ ވާހަކަ ދެއްކިއެވެ. އަދި ބޭނުންވާ ކަމެއް އޮތިއްޔާ ނުވަތަ މައްސަލައެއްގެ ވާހަކަ ބުނެލަން އޮތިއްޔާ ކައިރިއަށް އައިސްގެންވެސް ބުނުމުގެ ހުއްދަ އެބައޮތްކަމަށް ބުނެލީ ހިނިތުންވެފައެވެ.

“އޭ ކޮން ހިޔާލެއްގަ” ދިމްރާ ހުރިގޮތުން އުޝާއަށް އަހާލެވުނެވެ. ދިމްރާ އެއްޗެއް ބުނަން އުޅެފައިވެސް މަޑުޖެހިލީ ވަގުތުގެ ގޮތުންނެވެ. އަދި ދެފަރާތަށް ބޯ ހޫރާލީ ފަހުން ބުނުމުގެ ނިޔަތުގައެވެ.

“މި ގްރައުންޑް ފުލޯގަ ހުންނާނެ ކޮންމެ ކުއްޖަކަށްވެސް ކުޑަ ކަބަޑެއް..ފޮތްތައް ފަދަ އެއްޗެހި ބަހައްޓަން ފަސޭހައަކަށް..އޭރުން ކޮންމެ ދުވަހަކު ބަރު ދަބަހެއް އުފުލާކަށް ނުޖެހޭނޭނުން ދޯ..އަޅުގަނޑުގެ ދަރިންވެސް ވަރަށް ޝަކުވާ ކުރާކަމެއް އެއީ” ނާސިރު އެހެންބުނުމަށްފަހު ހިނިގަނޑެއް ޖަހާލުމުން ގިނަ ކުދިންތަކެއްގެ ހެއުމުގެ އަޑުވެސް އިވިގެން ދިޔައެވެ. ދިމްރާާވެސް ފުޅާ ހިނިތުންވުމަކާއިއެކު ޔުއާންއާއި ދިމާލަށް ބަލައިލިއެވެ. ހީކުރީ ޔުއާންގެ މޫނުމަތިން ފެންނާނީ ރުޅިވެރިކަން ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އަސަރެއް އެމޫނު މައްޗަކުން ފާޅެއް ނުވެއެވެ. ގިނަކުދިންނަށް އެއީ ޔުއާންގެ ބައްޕަކަން ނޭނގޭނެތީ ހަމަޖެހިލައިގެން ހުރީކަމަށްވެސް ވެދާނެއެވެ.

“މިހާރު މާ ވާހަކަ ގިނަވެއްޖެ ދޯ..ހުރިހާ ކުދިން ފައި ވާޅުވާއިރުވެސް ވާހަކައަކަށް ނިމުމެއް ނާންނާނެ ދޯ ދެން އިތުރަކަށް ފަށައިފިއްޔަކާ..އެހެންވީމަ ދެން ނިންމާލަމާ..ހުރިހާ ކުދިންނަށްވެސް ބާއްޖަވެރި ދުވަސްތަކަކަށް އެދެން..ހުރިހާ ކުދިންނަށް ކިޔެވުމުގައި ބަރަކާތް ލައްވާށި..އާމީން..” ނާސިރު މިހެންބުނެ ވާހަކަކޮޅު ނިންމާލިއެވެ. އެއާއެކު އިވިގެން ދިޔައީ ހޫނު އަތްތިލަބަޑީގެ އަޑެވެ.

އެދުވަހަކީ ސުކޫލް ފުރަތަމަ ދުވަސް ކަމުން އަނެއްހެންނެއް ކިޔެވުމެއް ނެތެވެ. ކުލާހުގައިވެސް މަޑުކުރަން ޖެހުނީ ދެތިން ގަޑިއިރަށެވެ. އެއީވެސް އެކަކު އަނެކަކު ދަސްކުރުމުގެ ނަމުގައެވެ. ކުލާސް ޓީޗަރުންވެސް ވާހަކަ ދައްކާހެދީ ހިތްވަރާއިއެކު މަސައްކަތް ކުރުމަށާއި ، ކަންކަމުގައި އިސްނެގުމުގެ މުހިންމު ކަމާއި ، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ ވާހަކަތަކެވެ.

ޓައިމްޓޭބަލް ލިބުމުން މާދަމާގެ ކުލާސްތަކަށް ގެންނަންޖެހޭ ފޮތްތައް ލާން ހުރިހާ ކުދިންވެސް ދިޔައީ ގްރައުންޑް ފުލޯގައި ހުރި ކަބަޑުތައް ކައިރިއަށެވެ. އެކުއްޖަކަށްވީ ކަބަޑުގައި އެކުއްޖެއްގެ ނަން ޖަހާާލާފައި ހުއްޓެވެ. ތަޅުދަނޑިފައްޗެއްވެސް ތަޅަށް ޖަހާފައި ހުއްޓެވެ. ކަބަޑު ތެރެއަށް ފޮތްތައްލުމަށްފަހު ކޮންމެ ކުއްޖެއްވެސް އެނބުރި ދިޔައީ ތަޅުދަނޑިފަތި ހިފައިގެންނެވެ.

ދިމްރާމެން ތިންމީހުން ސުކޫލް ހޯލްތެރެއަށް ނުކުތްއިރު އަންހެންކުދިންތަކެއް އެތިންފިރިހެން ކުދިން ކައިރީ ތިއްބާ ފެނުނެވެ. ހަތްވަރަކަށް ކުދިންތިބި އެ ގުރޫޕުގައި ރާޝާވެސް ހުއްޓެވެ. ރާޝާހުރީ ޝާރިމް އާއި ވާހަކަ ދައްކާށެވެ. ކައިރީ ހުރި ދިޔާންވެސް އެވެރިންނާ ވާހަކަ ދައްކަމުން ދިޔައިރު އެ މޫނުމަތިން ހިތްހެޔޮކަން ފެންނަމުން ދިޔައެވެ. ދިޔާން އަންހެން ކުދިންނާ ވާހަކަ ދައްކަން ހުރިތަން ފެނުމުން ހިތް ޝަކުވާއިން ފުރުމުގެ ބަދަލުގައި ދިޔާންގެ އެ ހިތްހެޔޮވަންތަ ހިނިތުންވުންފެނި އުޝާގެ މޫނު މައްޗަށްވެސް ވެރިވީ ހިނިތުންވުމެކެވެ.

އޭގެ ބަދަލުގައި ރާޝާ ދިއްކޮށްލި އަތުގައި ޝާރިމްވެސް ހިނިތުންވެލާފައި ވައުދެއް ވާ ފަދައިން އަތް ޖަހާލިތަން ފެނުމުން ރީމްގެ ހިތަށް ދިޔައީ ނުބައި ގޮތެއް ވެގެންނެވެ. އޭނާގެ ހިތަށް ބުނަން ނޭނގޭ ތަދެއް އިހްސާސްވެގެން ދިޔައެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކަންވެގެން ރީމް މޫނު ޖަހާލީ އިސްދަށަށެވެ. ދިމްރާއަށް އެކަން ވިސްނުނު ފަދައެވެ.

“ޔާން…..ހިނގާ ދާން” ދިމްރާ ދިޔާންއަށް ގޮވާލި އަޑަށް އެތާ ތިބި އަންހެންވެރިންވެސް އެނބުރި ބަލައިލައިފިއެވެ. ކަންފަތުގައި ހެޑްސެޓް ޖަހާލައިގެންހުރި ޔުއާންވެސް ދިމްރާ ގޮވާލި އަޑަށް ބަލައިލިއެވެ. ރާޝާއަށް އެއީ ކޮންބައެއްކަން އެނގުނަސް ދެންތިބި ކުދިންގެ މޫނުމަތިން ފާޅުވެގެން ދިޔައީ ކޮންބައެއްކަން ދެނެގަންނަން މަސައްކަތް ކުރާފަދަ އަސަރެކެވެ. ރާާޝާގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ.ދިމްރާ ގޮވާލުމުން އެތިންމީހުންވެސް އިތުރަށް މަޑުކުރަން ނުހަދާ ދަނީކަމަށްބުނެ ދިމްރާމެނާ ދިމާލަށް މިސްރާބުޖެހިއެވެ.

“ކޮންބައެއްތަ އެއީ؟” އެތަނުން އެއްކުއްޖަކު އަހާލިއެވެ.

“ނޭނގެ..އަހަރެން އަދި އަލަށް މިދެކުނީ..އެކަމު ޔާންއަށް ގޮވާލީވެސް ވަރަށް ގާތްކޮން..ޔާން އޭ ކިޔާފަ”

“އެތަނުން އެންމެ ދިގުކޮށް އެހުރީ އަހަރެމެންގެ ގޭގަ އުޅެ މީހާގަނޑެއް..ދެންތިބި ދެމީހުންނެއް އަހަރެންނަކަށްވެސް މާ ބޮޑަކަށް ނޭނގެ..މިއަހަރު އަލަށް އޭ ލެވެލްއަށް ޖޮއިން ކޮށްގެން އެއުޅެނީ”

“އެކަމު އަހަރެމެން ތިއްބަ އެމީހުންނާ ގަޔާވާން އެއީ ކޮންބައެއްތަ..އަހަރެމެން އަތުން ބޮނޑިއެއް ނުލިބުނިއްޔާ ރަނގަޅު” ރާޝާގެ ޖަވާބުން އެންމެ ފުރަތަމަ ވާހަކަ ދެއްކި ކުއްޖާ ބުނެލިއެވެ.

“އެހެންނެއް ގާތްވާކަށް ނުކެރޭނެ..ރީތީގެ ގޮތުން ބެލިޔަސް އަހަރެމެން އުޅޭނީ މާ ކުރީގަ..އެހެންނޫނަސް އެއްކުލާހެއްގަ އުޅޭ ބަޔަކަށް ދޯ ފުރުސަތު ބޮޑުވާނީވެސް..އަދި ވަރަށް ޔާންވެފަ ގޮވާލައިފިއޭނުން..ހުނ..” އެތަނުން، އިތުރު އެހެން ކުއްޖަކު ބުނެލިއެވެ. އެއާއެކު އިވިގެން ދިޔައީ އެ އެންމެންގެ ހުނުމުގެ އަޑެވެ. އޭރުވެސް ރާޝާގެ ދެލޯ އަމާޒުވެފައި ހުރީ ގޭޓުން ނުކުންނަންދިޔަ ހަމީހުންނަށެވެ. ބޮލުގައި ރިއްސާލީ ޝާރިމް ، ރީމްއާއި މާ ކައިރީގައި ހުރީމައެވެ. ރާޝާގެ ދިރިއުޅުމަށް ވިހަލާން އާއި ހަރުފައެއް ގޮތުގައި ރާޝާއަށް ރީމް ސިފަކުރެވިގެން ދިޔައެވެ. ނޫނެކެވެ. އޭނާއަކީ މާ ނުފޫޒުގަދަ މީހެކެވެ. ނިކަމެތި ރީމް އޭނާގެ ކުރިމަތީގައި އެކައްޗަކަށްވެސް ނުވާނެއެވެ. ޝާރިމްއަކީ އޭނާގެ މީހެކެވެ. ދެންތިބި ދެމީހުންވެސް ބީވެގެން ދިޔަކަ ނުދޭނެއެވެ.

“ރީ ހާދަ މޫޑު އޮފްވެފަ” ޝާރިމް އެހެންބުނީ އެއޮތް މަޖާވާހަކަ ކީމަވެސް، އެންމެންގެ މޫނުމަތިންވެސް ހިނިތުންވުން ފެނިގެން ދިޔައިރު ރީމްގެ މޫނުމަތިން އެކަހަލަ އަސަރެއް ނުފެނުމުންނެވެ.

“ނޫނޭ! މިއަދު ވަރަށް ޓަޔަޑް..މޫޑް އޮފްއީއެއް ނޫން” ރީމް ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އިތުރަށް ހިތަށް ތަދުވީ ޝާރިމް ފެންނަ ކޮންމެ ކުއްޖަކަށް ހައި ޖަހާލާ ހިނިތުންވެލާތަން ފެނުނީމައެވެ. ދިޔާންވެސް ހައި ޖަހާލާ ކުއްޖަކަށް ހައި ޖަހާލާ ހިނިތުންވެލާތަން ފެނުނެވެ. ނަމަވެސް އެއީ ހިތްހެޔޮކަމުގެ އަމަލެއްކަން އެ މޫނުމަތިން ހެކިދެއެވެ. އެހެނަސް ޝާރިމްގެ އަދާތަކުން ހިތްހެޔޮކަމުގެ އިތުރުން ފްލާޓީ ގޮތްގަނޑެއްވެސް ފެންނަމުން ދިޔުމުން އެހިތަށް ތަދުވިއެވެ. ޝާރިމްއަށް މިއިން ކަމެއް ރޭކާ ނުލައެވެ. ނުވަތަ ސާރިމްއަށް އާދައިގެ ކަމަކަށް ވެފައި ވަނީއެވެ.

ނަމަވެސް ރީމް ރުޅި އަންނަންވީ ސަބަބެއް އެތާކު ނެތްކަން އެވަގުތު އޭނާގެ ހިތަށް އަރައިގެން ދިޔައެވެ. އެހެންކުދިންނެކޭ އެއްފަދައިން ރީމްއަކީވެސް ޝާރިމްގެ ރައްޓެއްސެކެވެ. އިތުރު ގުޅުމަކަށް ޝާރިމް އެދިފައިވެސް ވަނީއެއް ނޫނެވެ. ވީމާ އޭނާއަށް ރުޅިއައުމުގެ އެއްވެސް ހައްގެއް ލިބިފައެއް ނެތެވެ. ހިތްކިތަންމެ ޝަކުވާއިން ފުރުނަސް އެ ޝަކުވާތައް ޝާރިމްއާއި ކުރުމުގެ ހައްގެއްވެސް އޭނާއަކަށް ލިބިފައެއްނެތެވެ. މިހުރިހާ ކަމެއް ހަނދާންވުމުން އޭނާ ހަމަޔަކަށްއެޅި ކުރިން ހުރި ގޮތުގައި ހުންނަން މަސައްކަތް ކުރިއެވެ.

ރީމް ، ގެއަށް ލާފައި އުޝާވެސް ގެއަށް ލައިދިނުމަށްފަހު އެ ހަތަރު މީހުންވެސް މިސްރާބުޖެހީ ގެއާއި ދިމާލަށެވެ. ވަކިވުމުގެ ކުރިން ހަމީހުންވެސް ހަވީރު ހިނގާލަން ދާގޮތަށް އެއްބަސްވެ ހަމަޖެހުނެވެ.

ގެއަށް އައިސް ފެންވަރައިލައިގެން ދިމްރާ ފުރަތަމަވެސް އުޝާއަށާއި ރީމްއަށް ގުޅީ ކޮންފަރެސް ކޯލަކަށެވެ.

“އުޝާ ވާހަކައެއް ބުނަންވެފަ އޮތް ވާހަކަ ބުނީމަ ނުހުރެވިގެން މިގުޅީ” ދިމްރާ ފުރަތަމަވެސް ގުޅި މަޤްސަދު ބުނެލިއެވެ. ރީމްއަށް އުޝާ ބުނަން އުޅޭ ވާހަކަ އެނގުނަސް އެއްޗެކޭ ނުބުނެ މަޑުކުރީ އުޝާ އަމިއްލައަށް އެވާހަކަ ބުނުމުގެ ފުރުސަތު ދޭންވެގެންނެވެ.

“މީ…ދިމް…މި..”
“އުޝާ ކޮން މި މި އެއްތަ؟ ދެން އަހަރެން ނުތަޅުވާ އަވަހަށް ބުނެބަލަ”
“ހީ ޕްރޮޕޯޒްޑް މީީ” އުޝާ އެއްނެވާއިން ބުނެލީ ލަދުގެންފައި ހުރިވަރުންނެވެ. ރަހުމަތްތެރިން ކައިރީވެސް އެވާހަކަ ބުނަން އޭނާ ލަދުގަތެވެ.

“ވަޓް…ކީކޭ؟”ދިމްރާ އެހެން އަހާލީ އުޝާ ބުނި އެއްޗެއް ރަނގަޅަށް ފަހުމް ނުވުމުންނެވެ.

“ޔާން އަހަރެން ކައިރީ ރައްޓެހިވާން އަހައިފިއޭ” މިފަހަރު އުޝާ އެހެންބުނެލީ ކޮންމެ ބަހެއްވެސް ލަސްލަހުން މަޑުމަޑުންނެވެ.

“އާރ ޔޫ ސީރިއަސް..އަޅެ.އައި ކާންޓް ބިލީވް ދިސް”މިހެންބުނެ ދެން އިވެންފެށީ ދިމްރާ ހަޅޭއްލަވަމުން އެނދުމަތީ ފުއްމަންފެށި އަޑެވެ.

“އަޅެ އުޝް އާންސް ދީފިންތަ ދެން” ކުރަން އެންމެ ބޭނުންވެފައިވާ ސުވާލު ރީމް ކޮށްލިއެވެ.

“ނޫން އަދި ނުދެން”
“ދެން ކީކޭ އުޝް ބުނާނީ..އައި މީން ކޮން އާންސްއެއް ދޭންހޭ ތިވިސްނަނީ”
“ތި މީހުންގެ ހިޔާލެއް ހޯދަން އެވަރަކުން ވާހަކައެއް އެބައޮތޭ ބުނީވެސް”
“އުޝް..އަހަރެމެން މިހެން މިއަހަނީވެސް އުޝްގެ ހިތް އޮތްގޮތް އެނގެން ބޭނުންވާތީވެ. އަހަރެމެން ބޭނުމެއް ނޫން އުޝް ލައިކުނުވެ އަހަރެމެން ބުނީތީއްޔޭ ކިޔާފަ ދާކަށް..އަދި ހާއްސަކޮށް ޔާން އަކީ އަހަރެންގެ ބޭބެއަކަށް ވީތީއޭ ކިޔާފަ އުޝް ނުޖެހޭނެ އާއެކޭ ބުނާކަށް. އުޝް ނޫނެކޭ ބުންޏަސް އަހަރެމެންގެ މިގުޅުމަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެ..އަސްލު އެކަމު އަހަރެންނަށްވެސް ހީވެ އުޝް ލައިކު ވާހެންވެސް..ސޯ ބުނެބަ ލައިކު ވޭތަ؟” ދިމްރާ ސީރިއަސްކަމާއިއެކު ބުނެލިއެވެ. އެއާއެކު ދެން އިވިގެން ދިޔައީ ރީމްގެ އަޑެވެ.

“އުޝް!! އަހަރެންނަށްވެސް ވަރަށް ކަމުދެ ޔާން..އަނެއްކާ އެހާ ހިތްހެޔޮ..އޭނަ ހިއެއްނުވޭ އުޝްއަށް ދެރަގޮތެއް ހަދާނެ ހެންނެއް..ސޯ ދެން ބުނެބަލަ..ޑޫ ޔޫ ލަވް ހިމް” ރީމްގެ އެސުވާލަށް ޖަވާބު ނައިސް ދެތިން މިނެޓެއް ވޭތުވެގެން ދިޔައެވެ.

“ޔާންއަށް ޔެސް ބުނެދޭން ކިހިނެއް ހަދަންވީ” އުޝާގެ މިބަސްތަކުން ދިމްރާއާއި ރީމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“އަހަރެންނަށް ފެންނަނީ ކުޑަދުވަސް ކޮޅަކަށް މަޑުކޮށްލަން..ޔާންގެ ހިތްތަޅުވާލަންވެސް ވާނޭނުން ދޯ..އުޝް ބޭބީއަކީ އަހަރެމެން ނުލާހިކު ލޯބިން ގެންގުޅޭ ކުއްޖެއްވިިއްޔަ..އަހަރެމެން އެހާ ލޯބިން ގެންގުޅޭ ކުއްޖެއް އެހާ ފަސޭހަލަކަށް ޔާންއާ ހަވާލެއް ނުކުރެވޭނޭނުން ދޯ” ދިމްރާ މަޖާވެލާފައި އެހެންބުނެ ހިނިގަނޑެއް ޖަހާލިއެވެ. ދިމްރާގެ ބަހަށް ރީމްވެސް ތާއީދު ކުރިއެވެ. ވަގުތުން ދިޔާންއަށް ޖަވާބު ދޭން ކިތަންމެ ބޭނުންވިޔަސް އުޝާއަށް އެކަމަށް ޖެހުނީ އެއްބަސް ވާށެވެ. ހަގީގަތުގައި ދިޔާންގެ އަމަލުތައް ހުންނާނެ ގޮތް އުޝާވެސް ބަލައިލާ ހިތްވިއެވެ.

“ހޫމް! ދެން ރީ ބުނެބަ..ރެން ދެކެ ލައިކު ވޭތަ” ދިމްރާގެ މި ސުވާލުން ރީމްއަށް ހުއްޓުމެއް އައެވެ. ނަމަވެސް އޭނާގެ ފަރާތުން ކޮންމެވެސް އެއް ޖަވާބެއް ނުލިބެނީސް އެމީހުން ސުވާލުކުރުން ނުހުއްޓާނެކަންވެސް އޭނާއަށް އެނގެއެވެ

“ދިމް..އަހަރެންނަކަށް ސީދާ ނޭނގެ ތިޔައްދޭނެ ޖަވާބެއްވެސް..އަދި ޔަޤީނެއްނޫން ލައިކް ވާ ކަމެއްވެސް ، ނުވާ ކަމެއްވެސް..” ރީމް އެވަގުތު ހިތަށް އާއިގޮތަށް ޖަވާބު ބުނެދިނެވެ. އެއާއެކު ތިންމީހުންނަށްވެސް ވެރިވެގެން ދިޔައީ ހިމޭން ކަމެކެވެ. ނަމަވެސް އެންމެން ހަމަހިމޭންވުމުން އެގޮތެއް އުޝާއަކަށް ކަމަކު ނުދިޔައެވެ

“އެހެމްމް..މިއަދު އަދި ޔުއާންއަކާ ފައިޓެއް ނުހިންގާލަން ދޯ” އުޝާ އެހެންބުނުމާއިއެކު ރީމްގެ ހިނިގަނޑުގެ އަޑު އިވިގެން ދިޔައެވެ

“އަހަރެންތަ އަޅެ އޭނައާ ފައިޓް ކުރަނީ..އޭނަ އޭ ފުރަތަމަ ފަށަނީ..އެ އަންނަ ރުޅިއަކުން ވާހާ ކަންތަކޭ..ހީވަނީ އަހަރެން ދިރުވާލަން އުޅޭހެންވިއްޔަ” ދިމްރާގެ އެވާހަކަ ތަކުން އަނެއްކާވެސް ކޯލުގެ ފޯރި ގަދަވެގެން ދިޔައެވެ.

“ހޫމް! ދިމްއެއްވެސް ވަކި އޭނާއަކަށް ދުލެއް ނުކުރަމެއްނު..ޔާން ބުނާހެން ތިދެމީހުން ހީވަނީ ހަމަ ޓޮމް އެން ޖެރީހެން”
“އޭ އަހަރެންނާ އޭނައަކާ އެއް ކާޓޫނައެއް ކީއްކުރަން އެއް ކޮޓަރިއަކަށްވެސް ނުވައްނާނަން..އޭނަ އަހަރެން ދަންޖައްސާ މަރާވެސް ލާފާނެ..ބައެއްފަހަރު އަހަރެންނަށް އޭނަ ސިފަ ކުރެވެ އިންސާނުން ކާ މީހެއް ގޮތުގަވެސް” ދިމްރާ އެހެން ބުނެލިގޮތުން އުޝާއާއި ރީމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެދެމީހުން ދިމްރާ ރަކި ވާ ވަރަށް ހެއުނެވެ. ދިމްރާގެ ހަމަނުޖެހޭ ވާހަކަތަކަކީ އެތިންކުދިންގެ މަޖަލުގެ އެއްބައެވެ. އުޝާއާއި ރީމް ހެއްވާލަން ދިމްރާއަށް މާ އުނދަގޫ ކަމަކަށް ނުވެއެވެ.

ދިމްރާ ކޮޓަރިން ނުކުމެ ސިޓިންރޫމްގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލިއެވެ. ގަޑިން ހެނދުނު ދިހަގަޑި ބައިވަނީއެވެ. އޭރު ސިޓިންރޫމްގައި ސޯފާގައި ދިޔާން ދިފްލާ ގޮވައިގެން އޮށޯވެލައިގެން އޮތެވެ. ބަދިގޭގައި ސިނާވެސް އޭރު ކޮންމެވެސް މަސައްކަތެއްގައި އުޅެއެވެ.

ދިމްރާ މަޑުމަޑުން ގޮސް ޕޮއް ގޮއްވާލުމުން ސޯފާގައި ތިބި ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިޔަ ދިފްލާވެސް ދިމްރާ ފެނި މަޖާވެފައި އަތް ޖަހާލިއެވެ. އެއާއެކު ވަގުތުން ދިމްރާ ދިފްލާ އުރާލައިގެން އެނބުރިގަތެވެ. އެވަގުތު މުޅި ސިޓިންރޫމްގައި ގުގުމައިގެން ދިޔައީ ދިފްލާގެ ހުނުމުގެ އަޑެވެ. ދެން ފެށިގެން ދިޔައީ ދިޔާންއާއި ، ދިފްލާއާއި އަދި ދިމްރާގެ ސަކަރާތްޖެހުންތަކެވެ. ސަކަރާތްޖަހާ ހީ ހަދަމުން ދިޔައިރު ދިޔާންއާއި ދިމްރާވެސް ހީވަނީ ދިފްލާއާއި އެއްއުމުރުގެ ކުދިން ތަކެއް ހެންނެވެ

އޮފީސް ބްރޭކަށް ގެއަށް އައިސް ވަތް ދާާނިޝްއަށް މި މަންޒަރުފެނި ކުރުވީ އާދަޔާ ހިލާފު އިހުސާސެކެވެ. މި އުފާވެރި ކަންމަތީ މި އާއިލާ ލެއްވުމަށް އެދި ދާނިޝްއަށް ހިތާހިތުން ދުއާ ކޮށްލެވުނެވެ.

އޭރު ބަދިގެ ދޮރުމަތީ ސިނާވެސް އެތިންކުދިންގެ ސަކަރާތްތައް ބަލަން ހުރީ މަޖާވެފައެވެ. ދާނިޝް ގޮސް ސިނާގެ ކޮނޑުގައި ހިފާ އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ. ސިނާ ދާާނިޝްގެ މޫނަށް ބަލައިލާފަ ހިނިތުންވެލާފައި އަނެއްކާވެސް އެނބުރި ދިޔާންމެނާ ދިމާލަށް ބަލައިލިއެވެ.

“އަބަދުވެސް ދެކެން ބޭނުންވާ މަންޒަރަކީ މީ..ދިމްކޮ އައީމަ ހީވެ ކުރިއަށްވުރެވެސް މި އާއިލާ އުފާވެރިވެއްޖެހެން..ހިއެއް ނުވޭތަ؟”
“އެހެންނޭނުން ވާނީ މި އާއިލާގެ ލާނެއްގަނޑުވިއްޔަ އައިސްގެން އެއުޅެނީ..އެފަކީރު ދާ ކޮންމެ ތަނަކީ އުފާވެރި މާހައުލަކަށް ބަދަލުވެގެންދާ ތަނެއް..ގިނަފަހަރަށް ނޭނގެ ގެންގުޅޭ އުކުޅަކީީ ކޮބާކަމެއްވެސް” ދާނިޝް މިހެންބުނެ ހޭންފަށަމުން ސިނާގެ ބޮލުގައި މަޑުމަޑުން ދާނިޝްގެ ބޯވެސް ޖައްސާލިއެވެ.

“ދަރިފުޅާ ރީމް..އާދޭ ކާން” ލެޕްޓޮޕުން ފޭސްބުކަށް ވަދެގެން އިން ރީމް އިސް އުފުލާ ބަލައިލީ ބޮޑުދައިތަގެ އަޑަށެވެ. އެއައްފަހު ދެން ބަލައިލީ ގަޑިއަށެވެ. މެންދުރު އެކެއް ޖެހީއެވެ. މިދަނީކަމަށްބުނެ ރީމް ގޮސް ވަނީ ފާހާނާއަށެވެ

މެންދުރު ނަމާދު ކޮށްލައިގެން ރީމް ނުކުތްއިރު ބޮޑުދައިތަ ބަދިގޭގައި އުޅޭއަޑު އިވުނެވެ. ބަދިގެއާއި ދިމާލަށް މިސްރާބު ޖެހި ރީމްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ދޮރުން ވަދެގެން އާއި ޝާރިމް ފެނިފައެވެ. ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުރިއިރު ބަލައިލަން ވަރަށް ފުރިހަމައެވެ

“ތި ވަރަށް ނުބެލިޔަސް އަހަރެންނަށް އެނގިއްޖެއޭ އަހަރެން މިއަދު ވަރަށް ރީތިކަން” ޝާރިމް ކައިރިއަށް އައިސް ހުއްޓި، ބުނެލި އެއްޗަކުން ރީމް ލަދުން ހަލާކުވާ ވަރުވިއެވެ. ހީވީ ވައްކަން ކުރަން އުޅެނިކޮން ވަގު ހިފުނީހެނެވެ. އޭނާއަށް ހަމަ ޝާރިމްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ހެއްޔެވެ؟ ޝާރިމްގެ ވާހަކައަށް ދިފާއުގާ އެއްޗެއް ބުނަން އަނގަ ހުޅުވާލީ ރީމްއަށް މެޑުޖެހިލެވުނީ ރާޝާގެ އަޑަށެވެ.

“އަނހާ!! ތި އައީދޯ؟” ރާޝާ އައިސް ހުއްޓިލީ ރީމް އާއި ޝާރިމްގެ މެދަށެވެ. އެދެމީހުން އެކަކު އަނެކަކާ އެހާ ކައިރީގައި ތިއްބާ ރާޝާ އައިސް އެދެމެދަށް ވަނުމުން ، ރާޝާ ހުރީ ފާޑަކަށް ޝާރިމްގެ ގައިގައި ޖެހިފައެވެ

“ހޫމް! މިހުރީ އާދެވިފަ” ޝާރިމް ހިނިތުންވެލާފައި ބުނެލިއެވެ.
“ހިނގާ ދާން ކޮޓަރިއަށް ދާން..އޯކޭ ރީމް.ދަނީ އިނގޭ” ރާޝާ މިހެންބުނެ ޝާރިމްގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފެނުނު މަންޒަރުން ހަރާބުވެގެން ދިޔައީ ރީމްގެ މޫޑެވެ. ވަގުތުން މީހާ ކާހިތްވެސް ކެނޑުނެވެ. ޝާރިމް ރާޝާއަށް ހަދިޔާކުރި ހިނިތުންވުންފެނި ރަނގަޅަށްވެސް އޭނާގެ ހިތަށް ތަދުވެއްޖެއެވެ. އަނެއްކާ ރާޝާ ، ޝާރިމް ކޮޓަރިއަށް ވައްދަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ކޮންކަމެއް ކުރަން ހެއްޔެވެ؟ ރާޝާގެ ވާހަކައިން ޝާރިމް އެއައީ ރާޝާ ބުނެގެންކަން ދޭހަވެއެވެ.ލިބުނު މާޔޫސީގައި ރީމް އެނބުރި އަނެއްކަވެސް ގޮސް ވަނީ ކޮޓަރިއަށެވެ. ބޮޑުދައިތަ ދެވަނަ ފަހަރަށް އައިސް ކާން ގޮވުމުން އޭނާ ކާހިތް ނުވާ ކަމަށް ބުންޏެވެ.

“ހެލޯ!! ދިމް ބިޒީތަ” އުޝާގެ ކޯލެއް ދިމްރާއަށް އައީ ހަވީރަށް ހިނގާލަން ދާން ތައްޔާރުވުމަށްޓަކައި ލާނެ ހެދުމެއް ހޯދަން ހުއްޓައެވެ.

“ކިހިނެއްވީ އަނެއްކާ؟..ބިޒީއެއް ނޫން..ހަވީރަށް ލާނެ ހެދުމެއް ހޯދަނީ”
“އެހެންތަ..އަހަރެން ތިގެއަށް ދާ ވާހަކަ ބުނެލަންވެގެން..އަސްލު މަންމަ، މަންމަގެ ރައްޓެއްސެއް ކައިރިއަށް ދާން ވެގެން..ބައްޕަވެސް ނެތް ރަށަކު..އަނެއްކާ ތިގެއާ ވަރަށް ކައިރި ގެއަކަށް ދާތީ އަހަރެން މިބުނީ މަންމަ ކައިރީ ތިގެއަށް ލައިދީފަ ދާާށޭ..އޯކޭ ދޯ” އުޝާ، ހިނގާލަން ދާން ބުނި ގަޑިއަށްވުރެ ކުރިން އެގެއަށް ދާން ވިސްނި ސަބަބު ދިމްރާއަށް ބުނެދިނެވެ.

“އަޅެ އުޝް ދައްކާ ވާހަކަ..މިގެއަށް ވަންނަން އުޝް ނުޖެހޭނެ ވަކި ހާއްސަ ހުއްދައެއް ހޯދާކަށް..މިގޭ ދޮރު އުޝްއަށް އަބަދުވެސް ހުންނާނީ ހުޅުވިފަކަން އެނގޭނުން.. އަނެއްކާ އަނެއްކޮޅުން މުސްތަގުބަލުގަ އަންނަން ހުރި ގެ ވިއްޔަ. ސޯ މަނައެއް ނުވާނޭނުން” ދިމްރާގެ އަޑުގައިވީ ދިމާކުރުމުގެ ރާގެކެވެ. އެ އަޑުގައިވީ ލާނެއްކަން އުޝާއަކަށް ސިއްރެއް ނުވެއެވެ.

“ދެން ދިމްގަނޑާ” އުޝާ އަކުރުތަކަށް ދަމާލާފައި ބުނެލި ގޮތުން ދިމްރާގެ ޖަހާލީ ހިނިގަނޑެކެވެ. އަދި އުޝާ ކައިރީ އައުމަށް ބުންޏެވެ.

“އަހަރެންނަކަށް ނޭނގެޔޭ އަސްލު ދިމްގެ ކޮޓަރިއެއްވެސް..ދިޔަ ދުވަހުވެސް ކޮޓަރިއެއް ނުދައްކަމޭނުން”
“އައިސް އަމިއްލައަށް ހޯދާ” ދިމްރާ އެހެންބުނެ ފެނުނީ އިތުރަށް އުޝާއަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލިތަނެވެ.

Share Article

Follow Me Written By

ithoo

Level 4100 Comments10 Stories500 Comments100 Login

Other Articles

Previous

މިލަހަނދުވަރު 2

Next

ރޭޝަމް (3)

Next
March 27, 2017

ރޭޝަމް (3)

Previews
March 26, 2017

މިލަހަނދުވަރު 2

73 Comments!

  1. Green handi says:
    March 26, 2017 at 4:47 pm

    Yay me first

    1. ithoo says:
      March 26, 2017 at 5:07 pm

      Dww.. kury part ga vx green handi frst hoadhee dww..dearr..☺

  2. luhan says:
    March 26, 2017 at 4:55 pm

    V reethi..Next part kon irakun?luv this story..

    1. ithoo says:
      March 26, 2017 at 5:08 pm

      Thanxx dearr.. Maadhen noon aneh dhuhun in sha allah.. ☺

  3. Naxy says:
    March 26, 2017 at 5:03 pm

    Vvvv reethi…kon irakun next part… than kolheh avahah up kohliyya varah rangalhu…Varah molhu

    1. ithoo says:
      March 26, 2017 at 5:10 pm

      thanxx dearr.. In sha allah maadhen noon aneh dhuhun up kohlaanan..evaru las tha..once again thanxx dearr..☺

  4. Eanal says:
    March 26, 2017 at 5:12 pm

    Wow.. Salhi.. ?
    Aneh Part Warah Awahah Up Kwhdhehcheyy Plxx Plxx.. Curious To Read The Next Part.. ??❤

    1. ithoo says:
      March 26, 2017 at 5:29 pm

      Awwhh..thanxx Eanal…thigothah abadhu vx nimendhen kiyaane kamah ummeedhu kuran..☺

  5. YammYoon says:
    March 26, 2017 at 5:35 pm

    Wow❣salhi kan…. hama habeys ingey… next knirakun…?

    1. ithoo says:
      March 26, 2017 at 5:48 pm

      Thanxx dearr yammyoon.. Maadhen noon aneh dhuhun in sha allah ☺

    2. ithoo says:
      March 26, 2017 at 5:50 pm

      Thanxx saandy..yaa falhu dww..in sha allah next part ga ahnaane a dhe kudhinge momenteh..☺

  6. Saandy says:
    March 26, 2017 at 5:36 pm

    V salhi mibaives… Ekam mi baiga Dhimraa aa Yuaange fighteh nethyma v falhukoh fennany… Adhi kuriah oiythaa Raashaa aa Reemge fight gan’dehves annaane kamah mi balany… Next partah eba v inthizaaru kurevey… Keep it up dear 🙂

    1. ithoo says:
      March 26, 2017 at 5:51 pm

      Thanxx saandy..yaa falhu dww..in sha allah next part ga ahnaane a dhe kudhinge momenteh..☺

    2. ithoo says:
      March 26, 2017 at 5:53 pm

      Hehe..saandy ah fonuvi rply nubaai thanakah dhiyaee.. Thanxx once again saandy ☺

  7. purplish says:
    March 26, 2017 at 6:21 pm

    dhuvaalaku episode eh kiyaalan libeyne nama dhw
    varah thithi mi vaahaka purplish ah

    1. ithoo says:
      March 26, 2017 at 6:38 pm

      Awwh..thanxx purplish.. Dhe dhuhun eh dhuhu mi genes dheny aslu varah manage kohgen..cox duty ah dhaan jeheythy kuda kon bxy kameh aadhey.. Ekamu vx thanxx mi stry kiyaathy ☺

  8. sharu says:
    March 26, 2017 at 6:33 pm

    alhey haadha kurey… bt story adhi v salhi hama.. now this is one of my favrt story.. thankx dear mihaa lwbi story eh kiyaalan dhinyma 🙂 sharu ah hyvany reem ah raasha ge vareh dhahkaalaanehn… n yeah yuan n dhim ge fyt vv miss vehje..
    n hope next part avahah kiyaalan libeyne kamah eves kudakoh dhigukoh 🙂 luv u

    1. ithoo says:
      March 26, 2017 at 6:42 pm

      Awwhh..thanx sharu.. Yaa nxt part ga ahnaane dhim n yuaan ge momenteh..n stry ga main kon fahun ohnaanee a dhe kudhin ge stry.. Sryy kuruvi kamah takaa..bt aslu vaki limiteh ihnanee stry episode liyeven.. Ehenve baeh faharah kuruvaa goih vany..hope u understand sharu..n once again thanxx dearr ☺

  9. Sunoo says:
    March 26, 2017 at 6:42 pm

    V nice…next part avahah up oohladhehchey…v kiyaalaa hithun mi huree
    ..nd keep it up dear

    1. ithoo says:
      March 28, 2017 at 2:07 pm

      Thanxx dearr ☺

  10. Mal says:
    March 26, 2017 at 6:43 pm

    Wow?.. Next prt ga Dhrimra nd Yuaan ge fight aai Reem aai Shaarim aai Raasha ge prts ves lahcheyy..
    Luvv U ithoo<3..??

    1. ithoo says:
      March 26, 2017 at 6:50 pm

      Thanxx mal.. Hmm laanan ingey.. Reem n shaarim ge baai nais dhaane dear..bt fahun ahnaane e dhe kudhinge moment vx..hehe..luv u too mal.. Thanxx always for supportin me dearr ☺

  11. Cherry says:
    March 26, 2017 at 6:58 pm

    Vaahaka salhi
    Up kuraaleh kada ee
    Ehaa lahun kuraa iruves ehaa kuru

    1. ithoo says:
      March 26, 2017 at 7:03 pm

      Srry dear..balaanan thikan rangalhu kurrveythw..really sry..n thanx stry kiyaa kamah takaa..☺

    2. Cherry says:
      March 27, 2017 at 9:41 am

      Alhe my comment sounds v rude dhw
      Aslu ehn bunevuny
      Sowie
      Dhn up koddheynan dhw dhigukoh
      Vaahaka aslu salhi
      Can’t wait hama

    3. ithoo says:
      March 27, 2017 at 9:45 am

      Itx ok dearr..:-) aslu rangalhu kohlan v kanthah hama bunumuge furusathu ohnaane ingey..n balaanan hama ranaglhu kureveythw..aslu vaa gothaky vaki limiteh indhey site ga stry liyeven..ehenve ehen a v..ekamu hama miah vure rangalhu kureveythw balaanan ingey dear..thanxx..n dont be sorry ingey ☺

    4. Cherry says:
      March 27, 2017 at 2:29 pm

      Oiks bbe
      Tvgc and keep it up ??

    5. ithoo says:
      March 27, 2017 at 3:16 pm

      ?

    6. LOL says:
      March 27, 2017 at 6:52 pm

      Haadha majaa vaahaka eh ithoo thibuny. Minoon vaahaka ves esfiyaiga hurey publish koffa miyah vure hatharu guna dhigukoh ves. Ekam ithoo thibuny vaki limit eh onnaathy ey. Vaki limit eh ovedhaane. Ekam em sure elimit aa kairiyah ves mivaahaka up koffa nei kan. ? men thibey gaboolu koggen fithifa. Ekam kiyun therinna gulhigen ulhey liyuntheriaku kiyuntherinnah dhogu hadha olhuvaalyma kada

    7. ithoo says:
      March 27, 2017 at 8:04 pm

      Aharen dhogeh nuhadhan dear..aharen buny limiteh ove ey.. Alah stry liyaathy adhi kan kan maa bodah aharehnah nengi gen miulheny..ekamu hama konmes ehcheh vx try kuramun midhany..seedhaa limiteh neynge me akah vx..amihla ah bunin dww gaboolu kuramey kurukan…n sryy dear for that..heekuran maafu kuraane kamah..in sha allah dhen liyaa baai balaanan dhigu veythw..once again sry for that..

  12. Jazz says:
    March 26, 2017 at 7:14 pm

    Hahaha. .jazz hithah vx eriyey school ge veriya ashey yuan bappa vaany.. next part ga yuan n dhim ge bai bodah gennah chey igey. .story habeyyys keep it up????????

    1. ithoo says:
      March 26, 2017 at 7:19 pm

      Hahaha…thanxx dearr..hmm..next part ga ahnaane a dhe kudhinge moment..really really thanxx dearr jazz for supportin me ?

  13. Sweetie says:
    March 26, 2017 at 7:25 pm

    Varah reethi. Dhimraage saka mizaaju genesdhey iru ekujjaa kurimathin fenna fadha. Varah furihama. Hama inthixaarugai.

    1. ithoo says:
      March 26, 2017 at 10:21 pm

      Awwhh..happy to hear that..varah bodu vareh thaa dww kurimathin fenna varu koh dhevunihyaa..hehe thanx dearr..☺

  14. Red handi says:
    March 26, 2017 at 7:35 pm

    Story varah reethi maa sha allah. I love it. And dhiyaan and ushaa ge thankolheh genesdhehchey. And reem aa rashaa ge fight akaa dhimraa aa yuaan ge fight eh please genesdhehchey. Hope to c the story soon i love u ♡

    1. ithoo says:
      March 28, 2017 at 2:04 pm

      Thanxx dearr ☺

  15. Ell says:
    March 26, 2017 at 8:00 pm

    Me 25th few. Vrh reethi mi vaahaka. Kiyaairu heevanee dream engagement ulheveyhen. Keep it up medhunukandaa kuriah avahah Ithoo! !!!!!!

  16. Ell says:
    March 26, 2017 at 8:00 pm

    Me 25th dhww . Vrh reethi mi vaahaka. Kiyaairu heevanee dream engagement ulheveyhen. Keep it up medhunukandaa kuriah avahah Ithoo! !!!!!!

  17. Ell says:
    March 26, 2017 at 8:01 pm

    Me 25th dhww . Vrh reethi mi vaahaka. Kiyaairu heevanee dream ehga ulheveyhen. Keep it up medhunukandaa kuriah avahah Ithoo! !!!!!!

    1. ithoo says:
      March 27, 2017 at 12:10 am

      Awwhh..ehen tha.. Thanxx dearr ☺

  18. ReeXa says:
    March 26, 2017 at 8:36 pm

    Varah Reethi mi part vx..

    1. ithoo says:
      March 27, 2017 at 12:12 am

      Awwhh..Thanxx dearr Reexa☺

  19. Samee says:
    March 26, 2017 at 8:45 pm

    V intresting.. Nxt prt v majaa vaane hen heevey.. N ithoo.. Adhives heevey thankolhe kuruhen mi prt… Vedhaane samee maa bodah kiyaa hithun huree ma kamah ves.. Waiting 4 nxt prt.. Gud luck..

    1. ithoo says:
      March 27, 2017 at 12:16 am

      Vedhaane kuda kon kuru kamah vx dww..yaa nxt prt majaa vaane..samee baraabarah cmnt kuraa n stry kiyaa kujjeh kan sithu faahaga kuran..n thanxx for that..thank u my dearr?

  20. Anonymous says:
    March 26, 2017 at 8:48 pm

    I love this story ??
    Mi story ga kithah part himenayne ??!

    1. ithoo says:
      March 27, 2017 at 12:20 am

      Thanxx dearr… Seedhaa bunaakah neynge.. Bt v long long stry eh mee.. ☺

  21. Joo says:
    March 26, 2017 at 8:55 pm

    v salhi ingey… keep it up dear… dhn avahan next part update kondhechey ingey

    1. ithoo says:
      March 27, 2017 at 12:22 am

      Thanxxx joooo… Hmmm..hehe?

  22. Munni says:
    March 26, 2017 at 8:56 pm

    lyf eh ge hurihaa colours eh himeney v furihama story eh.. waiting for next part

    1. ithoo says:
      March 27, 2017 at 12:24 am

      Awwhh.. Thanxx munnii..hehe.. ?

  23. Azu says:
    March 26, 2017 at 9:04 pm

    Yeyyyy….dhimaa vee yo…hama yooaan ge bappa yah vee dho….???vaahaka vv reethi….yooaan n dhim ge fight eh anna part ga himanaalan vaane ingey….???

    1. ithoo says:
      March 27, 2017 at 12:27 am

      Hehe..dww..Azu hama molhy eyy..hehe..hmm a dhe kudhinge baeh ohnaane next part ga.. ?

  24. imagination says:
    March 26, 2017 at 11:09 pm

    aahchaa.. mee v loabi story eh <3 <3

    1. ithoo says:
      March 27, 2017 at 12:28 am

      Awwhh..thanxx my dearr imagination ☺

  25. Shahu says:
    March 27, 2017 at 12:34 am

    Me heekuri gothah e vee. Yuan ge family meehakah dho.? Awesome story.
    I love it. ❤?

    1. ithoo says:
      March 27, 2017 at 12:36 am

      Hehehe…dww..glad to hear that..thanxx my dearr shahu☺

  26. Aki says:
    March 27, 2017 at 10:01 am

    v reethi mi vaahaka.. avahah up kohla dheebaa

    1. ithoo says:
      March 27, 2017 at 10:51 am

      Thanxx dearr..in sha allah maadhamaa up kohdheynan.. ☺

  27. shafu says:
    March 27, 2017 at 1:16 pm

    v salhi … i love this story…

    1. ithoo says:
      March 27, 2017 at 1:26 pm

      Awwhh..thanxx shafu ☺

  28. Rapunzel says:
    March 27, 2017 at 2:13 pm

    V reethi story eh ❤

    1. ithoo says:
      March 27, 2017 at 2:37 pm

      Thanxx repunzel ☺

  29. Lovelove says:
    March 27, 2017 at 6:59 pm

    Maa kuruvun noon ehen hurihaa kameh best story eh

    1. ithoo says:
      March 27, 2017 at 7:59 pm

      Awwhh.. Thanxx dearr …ekan rangalhu kohleveythw balaanan..n sry for that..

  30. Ithoo's Fan says:
    March 27, 2017 at 8:39 pm

    Ithoo bunymehnu stry othy liye nimifa eyh? Stry ga ihnany kithah part kan bune dhyba?

    1. ithoo says:
      March 27, 2017 at 8:48 pm

      Alhe dearr nimifa othy..bt neynge ahnaanee kithah part ah kameh bunaakah.. Note book thakehga liyefa huhnaanee..sryy dearr.. Faharehga thankolheh fahun bunedheyn ingi dhaane..adhi alah liyaathy neynge note book akun aslu liyevenee kithah part kameh vx..?

    2. Ithoo's Fan says:
      March 28, 2017 at 2:04 am

      Its Ok.. Keep goin Ithoo! We are with you!

  31. Sanu says:
    March 27, 2017 at 10:36 pm

    Wow!c thoo u r the best.? keep it up dear. Luv u

    1. ithoo says:
      March 27, 2017 at 10:44 pm

      Thanxxx sanoo..luv u too ?

  32. Afy says:
    March 28, 2017 at 1:47 pm

    V v v v v v v v v v v salhi mi story all the best

    1. ithoo says:
      March 28, 2017 at 2:03 pm

      Thanxx Afy ☺

  33. Hau says:
    March 28, 2017 at 6:34 pm

    Wow… v salhi mi part… yuaan ge dad ah dhw hama vy… bt v dhera vehje lol buni vaahaka akun… hau ah vz heevany limit eh onna hen… mi story kiyaa hithun thibi kiyun therinnah ithoo olhivaalaane heneh vz hiyeh nuvey… limit onna kan gabul nukurevenyaa 7997991 ah gulhan vynu… eyrun aharemen kiyuntherinnah trust kureveyne ithoo ah… kiyuntheriyaa vaahaka kiyaa iru vz liyun theriyaa akah trust eh nukurevey thi bunany… this is really v funny… btw, thnx mi story thankolheh avahah up kohla dheythy…. n keep it up ingey…??

  34. HandiGnduvaruDhonkamana says:
    June 2, 2017 at 3:51 pm

    pis pis…. mioh ulhey faadehge RAASHAA eh dheke haadha foohiveyey….
    Mi part vx varah lwbi…. Keep it up ithoo!!

Comments are closed.


All Right Reserved!