Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (4)

Psenhi Level 410 Stories100 Comments100 Login
May 2, 2017 3 Mins Read
33 Comments

ކަކުލާއި ހަމައަށް އަންނަ ކުކުޅުބިސް ކުލައިގެ ހެދުމާއިއެކު އަހަރެންލީ އައިސްބްލޫކުލައިގެ ޖިންސެކެވެ. އެހެދުމާއި ގުޅުވައިގެން ރީތި ރަތްކުލައިގެ ޝޯލްއެއް އަޅާ ބޮލާއި މޭމަތި ފޮރުވާލީމެވެ. މޫނުގައި ޖަހާފައިހުރި ކެލީ ފުށުގެ ސަބަބުން މޫނުގެ ކުލަ އިތުރަށް އަލިވެފާ އޮމާންކަމަށް ދައްކައެވެ. ވަރަށް ގިނަ ދުވަހަށްފަހު މިރޭ އެސްފިޔަތަކުގާ މަސްކަރަ ޖައްސާލާ ލޮލުގައި ގަދަ ފިޔާތޮށިކުލައިގެ އައިޝެޑޯއެއް ޖައްސާލުމަށްފަހު ކޮލުގައި މޭކަޕްކޮށް ފުރިހަމަކޮށްލުމުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ތުންފަތުގައި ޖައްސާނެ ކުލައެއް ކަނޑައެޅުނީ ލިޕްސްޓިކް ތަކާއި ދިމާއަށް ބަލަހައްޓައިގެން ހުންނަތާ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ހުދާ ބްރޭންޑްގެ ހާޓްބްރޭކަރ ރެޑް ކުލައިގެ ލިޕްސްޓިކް ތުންފަތުގައި ޖައްސާލުމުން ތުންފަތް ހުރީ ލޭކުލައިގައެވެ.

ރީތިވެ ނިމުމުން ކޮޓަރިން ނިކުތުމުގެ ކުރިން އެންމެ ފަހުފަހަރަށް ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިލީމެވެ. “ޕާރފެކްޓް.” އަހަރެން އަމިއްލައަށް ބުނެލެވުނެވެ. ފޯނުން ގަޑި ބަލާލިއިރު ފަސްމިނެޓަށް ވެއްޖެއެވެ. ޚަލަފް އިންތިޒާރުގައި ހުންނާނެކަން ހަނދާންވުމުން އަތްމަތި އަވަސްކޮށްލީމެވެ. އަހރެންގެ ފޭވަރިޓް ފެސްޓިވް ސެންޓުފުޅިން ސެންޓުކޮޅެއް ޖެހުމަށްފަހު ހޭންޑް ބޭގާއި ބޫޓު އަތުން ހިފައިގެން ކޮޓަރި ތަޅަށް ފިއްތާލުމަށްފަހު ބޭރަށް ނިކުތީމެވެ. އޭރު ސިޓިންރޫމްގައި އަހަރެންގެ އިންތިޒާރުގައި ޚަލަފް ހުއްޓެވެ.

އަހަރެން ފެނުމާއިއެކު ޚަލަފް ފުޅާ ހިނިތުންވުމެއް ރައްދުކޮށްފިއެވެ. ވަގުތުން އަހަރެން ފިނިވެ ހިތް އަވަސްވިއެވެ.

ސައިކަލްގެ ފަހަތަށް އަރާ ރިންރިރުވެސް އަހަރެންގެ ހިތް ހީވަނީ މޭ ފަޅާފައި ނިކުންނަން އުޅޭހެންނެވެ. ޚަލަފްއާއި އެހާ ގާތުގައި ނީންނަތާ ގިނަދުވަސް ވުމުގެ ސަބަބުންހެން ހީވެއެވެ. ނަމަވެސް އަހަރެންގެ ހިތަށް ފިނިކަމެއް ލިބެމުންދާކަން އިހްސާސްވެއެވެ. ކާން ދިއުމުގެ ކުރިން ފިނިބުރެއް ޖަހާލުމަށް ކަމަށް ބުނެ ބޮޑުތަކުރުފާނު މަގުން ޚަލަފް ދުއްވަމުން ގެންދިޔައެވެ. ދުއްވަނީ ފުދޭވަރަކަށް ބާރަށް ކަމުން ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ ފިނިކަން އިތުރުވެފާވާހެން ހީވެއެވެ. އަހަންނަން ޚަލަފްއާއި އިތުރަށް ކައިރިވެ އެ ފިރިހެންވަންތަ ހަށިގަނޑުގެ ވަށައިގެން ދެއަތް ގެންގޮސް އެތަނަވަސް މޭމަތީ ހިފަހައްޓާލީމެވެ. އަހަރެންނަށް ޚަލަފްގެ ގައިގާ ބާރަށް ބައްދާލެވުނެވެ. އަދި އަހަރެންގެ ދަތްދޮޅި ޚަލަފްގެ ކޮނޑުގައި އަޅުވާލީމެވެ. އެވަގުތު ޚަލަފްގެ މޫނު މައްޗަށް ވެރިވި ލުއި ހިނިތުންވުންފެނި އަހަރެންގެ މޫނު އިތުރަށް ޚަލަފްގެ މޫނާއި ކައިރިކޮށްލެވުނެވެ. ޚަލަފްގެ ގައިން ދުވަމުންދިޔައީ ޕްލޭބޯއީ ސެންޓުގެ މީރުވަހެވެ.

އާރޓިފިޝަލް ބީޗް ސަރަހައްދުގައި ސައިކަލް ޕާކް ކޮށްލުމަށްފަހު ޚަލަފް އަހަރެންގެ އަތުގާ ހިފައިގެން ބްރެކް ވޯޓަރ އާއި ދިމާއަށް މިސްރާބުޖެހިއެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. މިއީ ހުވަފެނެއްބާއޭ ހިތައް އެރުމުން ކަނާތުގެ ޝަހާދަތް އިނގިލީގައި ދަތް އަޅާލީމެވެ.

މިއީ ހަޤީޤަތެކެވެ. އެމީހަކާއިއެކު ހުރިހާ ވަގުތެއް ހޭދަކޮށްލުމަށް އިރެއްގާ އަހަރެންގެ ހިތް އެދުނު މީހާއާއި އެކު، ދެމީހުން އެކަނި އެއްމޭޒެއް ދޮށުގައި މިކަހަލަ ތަނަކަށް އާދެވުނީމި އަހަރުތަކެއް ފަހުންނެވެ. އެހެންކަމުން އެރީތި ސޫރައަށް ބަލަހައްޓައިގެން އަހަރެން އިންއިރު ވަށައިގެން ހުރި މޭޒުތަކުގައި މީހުން ތިބިކަންވެސް ހަނދާނެއްނެތެވެ.

ހުދުކުލައިގެ އަތްދިގު ޓާޓްލް ނެކް ޓީޝާޓް އެ ކަސްރަތީ ހަށިގަނޑުގައި ތަތްލާފާވެއެވެ. އަތްކުރިވަނީ އޮޅާލެވިފައެވެ. ތިރިން ކަޅު ޖިންސެއް ލާފާވުމުން ޓީޝާޓާ ވަރަށް ގުޅެއެވެ. އަޅައިގެން އިން ނަންބަރު އައިނުގެ ތެރެއިން އެހިމަ ދިގު ދެލޮލުގެ ތޫނުކަން ފޮރުވިފައެއް ނުވެއެވެ. ފަން އިސްތަށިކޮޅު މޫނުމައްޗަށް ވައްޓާލާފައިވުމުން އަންހެންކުދިން ހިތްކިޔާކަހަލަ ސްޓައިލްއެއް ހުއްޓެވެ. ވަށައިގެން ދިގުކޮށް ހުރި ތުނބުޅިއާއި މަތިމަސްވަނީ ރީތިވަރަކަށް ކޮށާ އެއްވަރުކުރެވިފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.

“ނާން!” ޚަލަފް ގޮވާލުމުން އަހަންނަށް ހޭވެރިކަންވިއެވެ. އެހުރިހާއިރު ވީއިރު ޚަލަފްއާއި ދިމާއަށް ބަލަން އިނދެވުނުކަން ރޭކާލީ އަދިކިރިޔާއެވެ. “ބަލާބަ އެއޮށްކަމެއް!”ޚަލަފް ލޮލުގެ ޢިޝާރާތުން ތަންކޮޅެއް ދުރުން ފެންނަ މަންޒަރެއް ދެއްކިއެވެ. ބަލާބެލުމަށް އެއީ ޓީންއޭޖްގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މޫދާއި ކައިރީގައި ހުރި ގޮނޑާއެއްގާ ދެކުދިން ތިބީ އައިސްކްރީމް ބޯށެވެ. ދެކުދިން އެއް އައިސްކްރީމް ބޮމުން ގެންދިޔައިރު ހީ ސަކަރާތްޖަހާ މަންޒަރާއި ދެމީހުން ގައިގޯޅިވާ މަންޒަރު ފެނެއެވެ. އަހަރެންގެ ހަނދާނަށް އަންނަމުންދިޔައީ ހަމަ މިކަހަލަ ރެއެކެވެ.

…

އަހަރެން މެގްނަމް ބޯހިތުން އުޅޭތީ ޚަލަފް އަހަރެން ގޮވައިގެން ފިހާރައަކަށް ވަދެ މެގްނަމް ގަތެވެ. ދެމީހުންވެސް ބޭނުންވީ ތަންކޮޅެއް ހަމަޖެހިލައިގެން މެގްނަމް ބޯށެވެ. އެހެންކަމުން ޚަލަފްގެ ޚިޔާލާ އެއްގޮތައް ސައިކަލްގާ ދެމީހުން އައިސް މަޑުކުރީ އާރޓިފިޝަލް ބީޗްގައެވެ. ގޮނޑީގެ ބަދަލުގައި ދެމީހުންވެސް ޚިޔާރުކުރީ މޫދާއި މާދުރުނޫން ހިސާބެއްގާ ބިންމަތީ އިށީނދެލާށެވެ.

މެގްނަމް ކެނޑުމަށްފަހު އަނގައާއި ކައިރި ކޮށްލިތަނާ ހަދާލެވުން ގޮތަކުން މެގްނަމް އޮތީ ބިންމަތީގައެވެ. ދެރަވާކަން މޫނުމަތިން ދައްކާލުމުން ޚަލަފްގެ އަތުގައިއޮތް މެގްނަމް އަހަރެންނާއި ދިމާއަށް ދިއްކޮށްލިއެވެ. އަހަރެން އޭގައި ހިފުމަށްފަހު ފުރަތަމަ ބައިޓް ޚަލަފް ނެގުމަށް ބުނީމެވެ. ދެން ދެމީހުން އެއް މެގްނަމް ބޮމުން ގެންދިޔައީމެވެ. އަހަންނަށް އެވަގުތުވެސް ކުރެވުނީ އުފާވެރި އިހްސާސެކެވެ. އެލޮލަށް ބަލަހައްޓައިގެން އެތައް އިރަކު އިނދެވުނެވެ. އެ އަޅާލުމާއި ލޯބި އަބަދަށް ލިބުމަށް ހިތް އެދެވުނެވެ.

…

އަހަރެން އެނބުރި ޚަލަފްއާއި ދިމާއަށް ބަލާލެވުނެވެ. އޭރު ޚަލަފް އިނީ އަހަެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެރޭގެ ހަނދާންތައް އެމޫނުމަތިން އަހަންނަށް ސިފަކުރެވުނެވެ. އަހަރެންގެ ހިތުގައި މިހިނގާފަދަ އިހްސާސެއް އެހިތުގައިވެސް ހިނގަނީ ހެއްޔެވެ؟ ދެމީހުންގެ ހަތަރުކަޅި ބައްދަލުވިވަގުތު ޚަލަފްގެ ލޮލުން ވޭނެއް ފެންނަންހުރިކަން އަހަންނަށް އިހްސާސްކުރެވުނެވެ.

“އައިސް މައިލޯ! އައިސް ކޮފީ!” ވެއިޓަރގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

ގެއަށް ވަދެވުނުއިރު އަހަރެންގެ ބޮލަށް ބަރުވެފަވެއެވެ. އަހަރެންގެ މާޒީ އަހަންނަށް އުނދަގޫ ކުރަނީއެވެ. ކުރަން ބޭނުންނޫން އެތަށް ކަމެއް ކުރުމަށް އަހަރެންގެ ހިތް ގޮވަމުންދަނީއެވެ. އަހަރެންގެ އަމިއްލަނަފްސް ކޮންޓްރޯލް ކުރަން ދަތިވެއްޖެއެވެ. މިއޮއްހުރިހާ ދުވަހު ނިދާފައިވާ އަހަރެންގެ އިހްސާސްތައް ހޭލައިފިއެވެ. އަހެރެން ބިރުގަންނަ ދަރަޖައަށެވެ.

ކޮޓަރީގެ ތަޅު ހުޅުވާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގާ ހިނގައިގަން ނަމަވެސް އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ބާރުގަދަ އަތަކުން އަހަރެންގެ އަތުގާ ހިފާލުމުންނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޭނާރުތަކުގެ ތެރެއިން ކަރަންޓް ދައުރުވިހެން ހީވިއެވެ. އަހަރެން ފަސް އެނބުރިބަލާލީމެވެ.

މަސްތުން ފުރިގެންވާ ދެލޯ އަމާޒުވެފައިވީ އަހަރެންގެ މޫނަށެވެ. އަހަންނަށް ހީވީ ނޭވާ ތާށިވީހެންނެވެ. ގުޑިލަންވެސް ނޭނގިފާ އެދެލޮލަށް ބަލަހައްޓައިގެން ހުރީމެވެ. ކުއްލިއަކަށް ޚަލަފްގެ އަތްދަނޑި މައްޗަށް އަހަރެން ނަގާ އުފުލާލައިގެން ގެންގޮސް އެނދުމަތީ ބޭންދިއެވެ. އަދި ޚަލަފްވެސް އަހަރެންގެ ކައިރީގައި އިށީނެވެ.

އިސްޖަހާލައިގެން ޚަލަފް އިނީ ކުއްވެރިއެއް ފަދައިންނެވެ. އެމޫނަށް ބަލަހައްޓައިގެން އަހަރެން އިނީ ޚަލަފްގެ ހިތުގައިވާ އެއްޗެއް މޫނުމަތިން ސާފުވޭތޯއެވެ.

“އަމް ސޮރީ ނާން!” ދުލުން ބޭރުކޮށްލި ޖުމްލައާއިއެކު ފެނުނީ ޚަލަފްގެ ލޮލުން ކަރުނަ ބޮތްކެއް ވެއްޓުނުތަނެވެ. އަހަރެން ދެލޯ ބޮޑުކޮށްލަމުން ޚަލަފްގެ މޫނު އަހަންނަށް ފެންނާނެހެން އަނބުރާލީމެވެ. ފެންކަޅިވެފައިވާ ދެލޮލުގައިވާ ރިހުން ފެނި އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ.

“އައި ލަވްޔޫ ނާން! އެން ޔޫ ވަރ އޯލްވޭސް ދަ ލަވް އޮފް މައި ލައިފް.” ޚަލަފްގެ ދުލުން ބޭރުވި ޖުމްލައަކީ އަހަރެން އަހަރުތަކެއް ކުރިއްސުރެ އަޑުއަހަން ކެތުމަދުވެފައިވާ ޖުމްލައެކެވެ. އެކަމަށްޓަކާ ރޭގަނޑުގެ ނިދިނަގާލީ ކިތައްރޭކަމެއްވެސް ނޭނގެއެވެ. އެދުވަހަކުން އުފާވާނީ ކިހާވަރަކަށް ބާއޭ ދެން ވާނީ ކިހިނެތް ބާއޭ އަމިއްލަ ނަފްސާއި ސުވާލުކުރެވުނީ ކިތަށް ދުވަހު ހެއްޔެވެ؟ އެދުވަސް މިއޮތީ އައިސްފައެވެ. ނަމަވެސް އަހަރެންގެ މޫނުމަތިން އުފާވެރިކަން ނުފެނުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކޯތާފަތް ކަރުނުން ތެމެމުން މިދަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހިތް ކުދިކުދިވެގެން ފައިބަން އުޅޭހެން ހީވަނީ ކީއްވެހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ފުން އިހުސާސެކޭ 9

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (26)

Next
May 2, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (26)

Previews
May 2, 2017

ފުން އިހުސާސެކޭ 9

33 Comments!

  1. Some One says:
    May 2, 2017 at 7:10 am

    What .. Haadha kurey.. Pls miahvure dhigukoh liyeba.. Ehnnoony foohivedhaane..

  2. cenhi says:
    May 2, 2017 at 3:00 pm

    Sorry ol readers. Asl dhimavi technical errow eh. Episode liye nunimenis uploadvy. Dhn mi partves kamudhane kamah heekuran

  3. Maree says:
    May 2, 2017 at 3:04 pm

    vvvvvv reethi

  4. Maree says:
    May 2, 2017 at 3:07 pm

    Ey dho v gothakee

    1. Cenhi says:
      May 2, 2017 at 4:02 pm

      Hmm. Thnkx

  5. SomeOne says:
    May 2, 2017 at 3:51 pm

    Alhe marry kohgen ulhey dhemeehun ehn ulhunyma v ehn kahala feel eh vany..

    1. Cenhi says:
      May 2, 2017 at 4:03 pm

      Ya dhw. Ehen readers kykey bunany. Vahakaige misraab badhalkohlanvytha?

    2. Bleu says:
      May 2, 2017 at 5:58 pm

      Yes… badhalukurey
      Varah kada ?

    3. Kiara says:
      May 2, 2017 at 9:51 pm

      Ebunaahen v ehn kahala e dhemeehun ulhey goih..
      Dhemeehun vs marry kohgen adhi..

      Aslu naan dhemeehun dheke loabi vany..?
      Ehn kihineh vaany?..?

      Dhn adhi neynge thaa naan r halaf ge past eh..
      Kihineh kameh naan n shammu marry kury eh ehvs..
      Ekm shammu v lwbivey naan dheke..
      N naan ah ekan egey..
      Ekmvs hama halaf fenna irah firimeeha hadhaan nethey..
      Kihaa hadi dhn ehn ulhunyma..

      Hehehe..
      Dhn let’s see dhw..

  6. xim says:
    May 2, 2017 at 4:25 pm

    ehmmm ehmmmm ???

  7. xim says:
    May 2, 2017 at 4:28 pm

    fahareh ga kurinn lobi vevifa hureema ehnn vedhaane dhww…..? vaahakaige misraab badhalu kuraane mameh neh….? nd story obinxx to the max?..keep going sis?..

  8. Umaa says:
    May 2, 2017 at 4:48 pm

    Because too late

  9. Cenhi says:
    May 2, 2017 at 6:05 pm

    He he aan dhw

  10. Shaa says:
    May 2, 2017 at 6:57 pm

    V salhi ..haha

  11. Zee says:
    May 2, 2017 at 8:03 pm

    V salhi

  12. Azu says:
    May 2, 2017 at 8:39 pm

    Aslu vedhaane gotheh eyee…..ekudhin eh geyehga eulhenee keehve kan ingen beynun vanee…..khalaf n shammu is frnds tha?? Vaahaka vv reethi….waiting for the next part…❤????

    1. Cenhi says:
      May 2, 2017 at 8:51 pm

      V avaha engeyne

  13. silver mist says:
    May 2, 2017 at 8:53 pm

    Story vrh vrh salhi… Cenhi beynun gathkah story kuriah gendhiaiiima ok vaane

  14. silver mist says:
    May 2, 2017 at 8:55 pm

    Gothakah*

  15. cenhi says:
    May 2, 2017 at 8:56 pm

    He he. Thank you ol for da comments. Adhi conclusion akah ehves kujjak nudhahchey. Story GE v muhinmu hagygaithakeh kuriah huri episode thakun engeyne. Insha Allah

  16. me says:
    May 2, 2017 at 9:34 pm

    Karuna “boki” ves hureytha..? 😀

    1. Chum handi says:
      May 2, 2017 at 10:56 pm

      Haha ? vedhaane… chum ves alah engunee karuna boki hunna kan….and cenhi mee serious koh alah adu ehee… and aslu cenhi tha log out vegen reply koh fa ehuree….. ekam ves story salhi,but baeh kudhin bunaahenn marry koh genn ulhey bayaku ehen bayakaa ulhuneema kudakoh awkward…. gdnyt…❤

    2. cenhi says:
      May 3, 2017 at 5:40 am

      Ehen kiya adu ivey me ah vs kiyey he he. Asl ekm aanmukoh beynun nukura baheh dhw. Eyves hama cenhi. Comment reply liyefa balair log out Vefa innany. Real life ga v ginain vagotheh kannenge ey. Dhn let’s c dhw

  17. Vafiyya says:
    May 2, 2017 at 10:01 pm

    Kukulhubis kulayaky kn kulaeh … kukulhu bis hurey white kulaiga vx dark peach vahtharu kula ehga vx … plx bunedhyfanan tha knmes kuhjaku kukulhu bis kula… ??????

  18. Shaayan says:
    May 2, 2017 at 11:15 pm

    Aee dark peach kula..??

    1. cenhi says:
      May 3, 2017 at 5:41 am

      Thnkx shaayan

  19. Shaayan says:
    May 2, 2017 at 11:18 pm

    Aslu thigothah gen dhiyaee ma vx v salhi.. Kuriah gen dhey… Hama loabi vedhaane dhw when myhakaa marry kohgen ulhunass… Aslu e vaagothaky . halaf dheke hagygy loabi vanii dhen shammu rangalhu kamun firimyhaa v ma vaa loabi Aee shammy dheke e vaniii.. Hama hyvanii aharenge frndeh Ge life kiyaadhey hen…???

  20. Sheryn says:
    May 2, 2017 at 11:22 pm

    Inthixaareh manukuraana key bunnas.. Ma inthixaaru ebakurann mi story Ge anei part nikunnan dhekah..?????????

    1. cenhi says:
      May 3, 2017 at 5:43 am

      Thnkx sheryn.

  21. me says:
    May 3, 2017 at 3:19 pm

    yuh! it happens in real life…so kyvve vaahakaiga nuliyenvy….stry hama obi…kyp going cenhi…dnt change ur ideas…v wnt to read smthng different…so i hope this is it…luv ur stories..

    1. cenhi says:
      May 3, 2017 at 6:24 pm

      Thank u me. Yes I’ll try my best 2 write something different

  22. Star says:
    May 3, 2017 at 8:05 pm

    Mi story vv salhi.. Adhi mi kiyaly fashigen.. Cenhi decide kuri gothakah kuriah gendhey story ge plot.. When next part?

    1. Cenhi says:
      May 3, 2017 at 9:33 pm

      Think you. Tomorrow Insha Allah

Comments are closed.

Next Episodeއިންތިޒާރެއް މަ ނުކުރާނަމޭ (5)←


All Right Reserved!