Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވެވުމުން……9

Noor💙 Level 710 Stories100 Comments100 Login500 Comments
May 3, 2017 5 Mins Read
51 Comments

އެންމެ ފަހުން ޝަނާޔާއަށް ކެތްނުކުރެވިގެން އޭނާގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ކޮށްލިއެވެ.ޖިއާން އިންތިޒާރު ކުރަމުން އެދަނީވެސް ޝަނާޔާ އެސުވާލު ކުރާނެ ވަގުތަކަށެވެ.އެވަގުތު ވަރަށް ލޯބިން ޝަނާޔާގެ ގައިގައި ބައްދާލުމަށްފަހު އެއީ ރޭގެ ޚާއްސަކަމުން ކަމަށް ބުންޏެވެ.އާނ އެކެވެ.ރެއަކީ ޝަނާޔާގެ ދިރުއުޅުމަށް މިހާތަނަށް އައި އެންމެ ޚާއްސަރެއެވެ.މުޅި އުމުރަށް ޖިއާންގެ ޙައްޤަކަށް ވުމުގެ ދަޢުވަތު ލިބުނުރެއެވެ.ޖިއާންގެ އަނބިމީހާއަށް ވެވޭ ދުވަހަކީ ޝަނާޔާ އެންމެ އުފާވާނެ އެއްދުވަހެވެ.ނަމަވެސް މަންމައަށް އޮޅުވާލައިގެން އެކަން ކުރަން ޖެހޭތީ ޝަނާޔާ ފަސް ޖެހެނީއެވެ.އެހެންވެ ދެމީހުންވެސް ބޭނުންވީ ހަމަޖެހިލައިގެން އެ ހިސާބަށް ދާށެވެ.ޝަނާޔާގެ މަޢުސޫމް ހިތް ހަމައަކަށް އެޅުވުމުގައި ޖިއާން ކާމިޔާބު ވިއެވެ.

ނަމަވެސް ރޭގަ ޝަނާޔާއަށް އެ ދިމާވީ އަޅާނުލާ ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ.ޖިއާންއަށް ޝައްކުވީ އެހާ ކުއްލިކޮށް ޝަނާޔާ ހުން އައުމުންނެވެ.އެކަމަކު ޝަނާޔާގެ ވާހަކަ އަޑުއިވުމުން މިހާރު އޭނާގެ ޝައްކު އެވަނީ ޔަޤީނަށް ބަދަލުވެފައެވެ.ޝަނާޔާގެ އިނގިލީގައި އެ އަނގޮޓި އިންހާ ހިނދަކު ދެން އެކަހަލަ އެއްވެސް މަޚްލޫޤަކަށް ޝަނާޔާއާއި ގާތެއް ނުވެވޭނެއެވެ.ޖިއާން ހުރިހާ ހިނދަކު ވައިރޯޅިއެއްވެސް ނުގޮތަކަށް ޝަނާޔާގެ ގައިގަ ބީހުނަކަ ނުދޭނެއެވެ.ދެ ލޯބިވެރިން ދުވަސްތައް ހޭދަ ކުރަމުން ދަނީ ނުހަނު ލޯބިންނެވެ.ހުސްނާވެސް ހަމަޖެހިލައިގެން އެއްވެސް ފިކުރެއް ނެތި އުޅެމުން އެދަނީ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން މިސްރާބު ޖަހާފައިވާ ދިމާލެއް ނޭނގޭތީކަން ގައިމެވެ.

\”މަންމާ މިއަދަކު ނެތް ސައިބޯން މަޑުކުރެވޭކަށް.މިހާރުވެސް މާ ލަސްވެއްޖެ.މިއަދަކީ މީ ބޮސްގެ ދަރިފުޅު އޮފީހާއި ހަވާލުވާ ފުރަތަމަ ދުވަސް.އެހެންވެ ނިޢުމާ ބުނި ހެނދުނު ބޮސް ހުރިހާ މުވައްޒަފުންނާއި ބައްދަލް ކުރާނެހެން ހީވެޔޯ.\”.ކާކޮޓަރީގައި އިން ހުސްނާއަށް ދަރިފުޅުގެ އަޑުއިވުމުން ކޮށަން އިން މަސްތަށި ބަހައްޓާފައި ސިޓިންގ ރޫމަށް ނިކުންނަމުން ވާހަކަ ދެއްކިއެވެ.\”އެންމެ ރަނގަޅު.އެކަމަކު ހަނދާންކޮށް ކެންޓީނުން ނަމަވެސް އެެއްޗެއް ކައިގެން ހުންނާތި އިނގޭ ދަރިފުޅާ.\”.

ޓެކްސީއެއް ލިބޭތޯ މަސައްކަތް ކޮށްކޮށް ބަލިވީއިރުވެސް ޓެކްސީއެއް ނުލިބުމުން އިތުރަށް މަޑުކުރާނެ ވަގުތުވެސް ނެތުމުން ޝަނާޔާ ފައިމަގުގައި ހަލުވި ހިނގުމެއްގައި އޮފީހަށް ދިޔުމަށް ހިނގައިގަތެވެ.ނަމަވެސް މިއަދު ކޮންމެ ގޮތެއްވިޔަސް ގަޑި ނުޖެހި އޮފީހަށް ނުދެވޭނެކަން ކަށަވަރުވާތީ ޝަނާޔާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ތެޅެމުން ފޮޅެމުންގޮސް އޮފީހަށް ވަދެވުނުއިރު ޝަނާޔާއަށް މާނޭވާ ލެވެއެވެ.މީހާހުރީ ހިސާބަކަށް ހޫނުވެސް އަރައިފައެވެ.އޭރު ގަޑިން އަށެއް ޖަހާ ދެމިނެޓް ހިނގައިފިއެވެ.ގޮސް ކައުންޓަރާއި އަރައި ހަމަވެވުނުތަނާ ކޮންފަރެންސް ރޫމްގެ ދޮރުހުޅުވާލުމަށްފަހު ބޭރުބަލައިލި އަފާފްއަށް ޝަނާޔާ ފެނުމުން އަވަހަށް އައުމަށް އަތުން ޢިޝާރާތް ކުރަމުން އޭނާވެސް އެތެރެއަށް ވަނެވެ.ޝަނާޔާވެސް އަވަސްވެގަތީ ކޮންފަރެންސް ރޫމަށް ދިއުމަށެވެ.ގޮސް މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަތްއިރު އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރުމުން ކުޑަކޮށް ޖެހިލުންވެ، މީހާ ފިނިވާގޮތްވިއެވެ.ޝާހިދުވެސް ޝަނާޔާއަށް ބަލައިލީ ޤަބޫލުކުރަން ދަތިވެފައި ހުންނަ ގޮތަކަށެވެ.ވާނީވެސް އެހެންތާއެވެ.ވަޒީފާއަށް ދެއަހަރު ވުމާއި ގާތްވެފައި ވާއިރު މީ ޝަނާޔާ އޮފީހަށް ގަޑިޖެހިގެން އާދެވުނު ފުރަތަމަ ފަހަރެވެ.ޝާހިދު އަތުގެ އިޝާރާތުން ގޮނޑީގައި އިށީނުމަށް ބުނުމުން މަޑު ހިނގުމެއްގައި ގޮސް ނިޢުމާ ކައިރީގައި އިން ގޮނޑީގައި އިށީނެވެ.ނަމަވެސް މިއަދު އޭނާ ވަނީ ވަރަށް ދެރަވެ ލަދުވެސް ގަނެފައެވެ.އެހެންވެ ހަމަ އަނގައިންވެސް ނުބުނެ ގޮނޑީގައި އިސްޖަހާލައިގެން އިނީއެވެ.

\”ވާވް..ހީ އިޒް ސޯ ސްމާރޓް\”ނިޢުމާގެ އަޑު އިވުމުން ޝަނާޔާއަށްވެސް އިސް އުފުލާ ބަލައިލެވުނެވެ.އަދި އެހެން މުވައްޒަފުންނެކޭވެސް އެއްފަދައިން ޝަނާޔާވެސް ކޮޅަށް ތެދުވިއެވެ.އެތެރެއަށް ވަދެގެން އެ އަންނަނީ ހަމުގެ ކުލައަލި،ފަން އިސްތަށިގަޑެއް ލިބިފައިވާ، އިސްކޮޅުން ދިގު ރީތި ޒުވާނެކެވެ.\”އަޅެ ރީއްޗެއް ނޫންތަ؟\”ނިޢުމާ އަނެއްކާވެސް ޝަނާޔާގެ ގައިގައި ކޮށްޓާލައިފައި ބުންޏެވެ.ޝަނާޔާއަށްވެސް އެވަގުތު ހިތުގެ އަޑިން އެ ޒުވާނާގެ ރީތިކަމަށް ތަޢުރީފު ކޮށްލެވުނެވެ.އެ ޒުވާނާ އައިސް ޝާހިދުގެ ގާތަށް ހުއްޓުމާއިއެކު،ފުރަގަހުން އަތް ގެންގޮސް އެޒުވާނާގެ ކޮނޑުގައި އަޅުވާލަމުން ޝާހިދު ވާހަކަ ދެއްކިއިރު އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ.

\”މީ އަޅުގަނޑުގެ ދަރިފުޅު ޔާނިޢު..ކިޔެވުން ނިންމާލާފަ އަދި މިދިޔަ ހަފްތާގަ ރާއްޖެ އެ އައީ.މިއަދުން ފެށިގެން އޮފީހުގެ ކަންތައްތަކުގަ އެންމެ އިސްކޮށް ހުންނާނީ ޔާނިޢު.އުއްމީދުކުރަން އަޅުގަނޑަށް ދެމުން ތިދާ އެއްބާރުލުން ޔާނިޢު އަށްވެސް ލިބިގެން ދާނެކަމަށް.ދެން ކޮންމެ މުވައްޒަފަކުވެސް ތަޢާރަފް ވެލާފައި އިށީންނަން ވީނު\”ހުރިހާ މުވައްޒަފުން ތަޢާރަފްވެ ނިމުނުއިރުވެސް ޔާނިޢު ހުރީ ފޯނާއި ކުޅެލަ ކުޅެލައެވެ.ހީވަނީ މަޖުބޫރު ކޮށްގެން ގެނެސްފައި ހުރި މީހެއް ހެންނެވެ.ކުރިއަށް އޮތް ތަނުގައި އޮފީހުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ރާވާފައި ހުރިގޮތް ކުޑަގޮތަކަށް ޚުލާސާ ކޮށްލުމަށްފަހު ޝާހިދުގެ ވާހަކަ ނިންމާލަމުން ޔާނިޢުއަށް ފުރުސަތު ދިނެވެ.ނަމަވެސް ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލުމުން އަނެއްކާވެސް ޝާހިދު ވާހަކަ ދެއްކިއެވެ.\”އެހެންވީމަ މިހާ ހިސާބުން ބައްދަލްވުން މި ނިމުނީ…ދެން އެންމެ ރަނގަޅު ދިޔަޔަސް،\”.

ހުރިހާ މުވައްޒަފުންވެސް، ޚާއްސަކޮށް އަންހެން މުވައްޒަފުން ތިބީ ޔާނިޢުގެ އަޑު އަހާލާހިތުން ކެތްމަދުވެފައެވެ.ނަމަވެސް ބަހެއް ބުނެނުލިތާ ރަނގަޅަށް ހަތަރުކަޅި ހަމަކޮށްލާ މުވައްޒަފުންނަށް ބަލާވެސް ނުލިއެވެ.މީހާ ކިތަންމެ ރީތިވި ކަމުގައިވިޔަސް މީޓިންގ ނިމިގެންދިޔައިރު ނިޢުމާގެ ދުލުގައިވެސް ވީ ހަމަ އެއްވާހަކައެވެ.\”މަ ނުދެކެން އަދި އެވަރު ފޮނި މީހެއް\”.ޝަނާޔާވެސް ނިޢުމާއާއި ބައިވެރި ވެލަމުން \”އާނ ދޯ\” އޭ ބުނެލިއެވެ.\”ޝާހިދަކީ ކިތަންމެ ހިތްހެޔޮ އެކުވެރި މިޒާޖެއްގެ މީހަކަށްވިޔަސް އޭނާގެ ދަރިފުޅު މިވީ ވަރަށް ބޮޑާ މީހަކަށް ދޯ\”ނިޢުމާ ހަމަ ފަށަފަށައިގެން ކެބިންއަށް ދެވެންދެންވެސް ދައްކަމުން ދިޔައީ ޔާނިޢުގެ ފޮނި ވާހަކައެވެ.

ދެބަފައިން ތިބީ ޝާހިދުގެ ކެބިންގައެވެ.ޝާހިދު ދިޔައީ އޮފީހުގެ ކަންތައްތައް ގޮސްފައި ހުރި ހިސާބު ޔާނިޢުއަށް ކިޔައި ދެމުންނެވެ.ޔާނިޢުއަކީ މިޒާޖުގައި ކިތަންމެ ފޮނިގޮތެއް ހުުއްޓަސް، ކުރާ މަސައްކަތްތަކަށް ފަރުވާތެރި ، ޒިންމާދާރު ޒުވާނެކެވެ.އެހެންކަމުން އޭނާ ޝާހިދުގެ ވާހަކަ އަޑުއަހަމުން ދިޔައީ ފަރުވާތެރި ކަމާއި އެކުގައެވެ.

\”ނާޔާ މިއަދު ގެއަށްވެސް ނުދާ ދުވަހަކީތަ؟\”އަފާފް މެންގެ އަޑުއިވުމުން ޝަނާޔާވެސް ލޮގް ކުރަން އިން ލިޔުންތައް ފައިލްތެރެއަށް ލުމަށްފަހު ދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އެމީހުންނާއެކު އޮފީހުން ނިކުތުމަށް ހިނގައިގަތެވެ.އެވަގުތު ޝާހިދުގެ ކެބިން އިން ނިކުމެގެން ފޯނާއި ކުޅެމުން ހަލުވި ހިނގުމެއްގައި ނިކުތް ޔާނިޢު ގޮސް ލައިގަތީ ޝަނާޔާގެ ގައިގައެވެ.ފަހަތުން މިހަކު އައި ކަމެއް ނޭނގިހުއްޓައި އެހާބާރަށް އައިސް ޖެހުމުން އޭނާގެ ހަށިގަނޑު ބެލެންސް ނުކުރެވިގެން ވެއްޓެން
ދިޔަ ޝަނާޔާގެ އަތުގައި ހިފާ ޔާނިޢުއާއި ދިމާލަށް ދަމައިގަތެވެ.ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެޝަނާޔާގެ ރީތިކަމުގެ ޖާދޫގައި ޔާނިޢު ހަމަ ރަނގަޅަށްވެސް ޖެހިއްހެއެވެ.އެހާ ގާތުގައި ހުރި ޝަނާޔާއަށް ކަޅިޖަހާވެސް ނުލާ ބަލަމުން އެދަނީ އާވާރާއަކު ފަދައިންނެވެ.ޝަނާޔާއަށްވެސް ހުރެވުނީ ޔާނިޢުގެ މިޒާޖެއް ނޭނގޭތީ ހަރަކާތެއްވެސް ގެންނަން ނުކެރިފައެވެ.ނިޢުމާމެންވެސް ތިބީ ލިބުނު ހައިރާން ކަމުގައި އަނގަ ހާވެފައެވެ.

\”ދަރިފުޅާ ބައްޕަ ބުނީ…………………\”ޔާނިޢުގެ އަތުތެރޭގައި ޝަނާޔާ ހައްޔަރުވެފައި ހުރި ތަން ކެބިން އިން ނިކުމެގެން އައި ޝާހިދުއަށް ފެނުމުން އޭނާގެ ދުލުގައި އޮތް ބަސްވެސް ހުއްޓުނެވެ.ޔާނިޢުއަށް ބައްޕަގެ އަޑު އިވުމުން ސިހިފައި ޝަނާޔާގެ އަތް ދޫކޮށްލެވުނެވެ.އަދި ގަނެފައި ހުރި ލަދުން ޝާހިދު ދައްކަން އުޅޭ ވާހަކަ އަކަށްވެސް ބަލާލުމެއް ނެތި އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާގެ ޕްރައިވެޓް ކާރަށް އަރައި ދުއްވާލިއެވެ.ޝަނާޔާގެ ޙާލަކީތޯއެވެ_؟އެފަކީރު ހުރީ ލަދުންގޮސް ހަލާކުވެފައެވެ.މިއަދު އޮފީހަށް އައިސް ވަނީއްސުރެ މި ލައިގަންނަނީ އެެއްވަރުގެ ކަންތަކާއެވެ.ޝަނާޔާ ހިތާހިތުން ކުދި ކިޔާލިއެވެ.އަދި ގަނެފައި ހުރި ލަދުން ގޮސް އަވަހަށް އޮފީހުން ނިކުމެގެން ގެއަށްދާން ހިނގައިގަތެވެ.

ޝަނާޔާއަށް އައިސް ގެއަށް ވަދެވުނު އިރު ހުސްނާ އިނީ ހެދުމެއް ފަހާށެވެ.ދަރިފުޅު ފެނުމާއިއެކު ލޯބިން ފުރިގެންވި ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ.ޝަނާޔާވެސް ގޮސް ސޯފާއަށް ވެެއްޓިގަތީ ވަރުބަލިވެފައި ހުރި ވަރުން ހަށިގަނޑަށް ރެސްޓެއް ދިނުމަށް އިރުކޮޅަކު އެތަނުގައި އޮވެލާށެވެ.

ބާރު ސްޕީޑުގައި ކާރު ދުއްވަމުން ދިޔަ ޔާނިޢުގެ ހިތާއި ސިކުނޑި ހިޞާރު ކޮށްފައިވަނީ ޝަނާޔާގެ އެ ރީތި ދޮން ދޮން މޫނެވެ.އޭނާގެ އުމުރުން 27 އަހަރު ހޭދަ ކޮށްފައިވަނީ ކިޔެވުމާއިގެން ފޮތްތަކުގެ ތެރޭގައެވެ.އޮސްޓްރޭލިއާގައި ކިޔަވަން ހުރިއިރުަ އެތައް އަންހެން ކުދިންނެއްގެ ހިތްތައް ފިދާ ވެފައިވާ ޔާނިޢު، އެ އެއްވެސް ކުއްޖަކަށް ރުހުމުގެ ނަޒަރުން ބަލާވެސް ނުލައެވެ.އެކުދިން ރީތި ނޫނީކީ ނޫނެވެ.ނަމަވެސް އޭގެން ކުއްޖަކަށް އޭނާގެ ހިތް ކިޔާފައި ނުވާތީއެވެ.އެކަމަކު ޝަނާޔާ ފެނުނީންސުރެ އޭނާގެ ހިތުގެ ވިންދު އަވަސްވެ، ބުނަން ނޭނގޭފަދަ އިޙްސާސްތަކެއް ކުރެވެނީއެވެ.

ރޭގަނޑުގެ ވަގުތެވެ.ޝަނާޔާ އޮތީ ޖިއާންގެ އިންތިޒާރުަގައި ލޮލަށް ނިދި ނައިސްފައެވެ.މިހާރު އެއޮއްގެން މެންދަމު އެކެއް ޖަހަން ދަނީއެވެ.އާންމުކޮށް 12 ޖަހާއިރު އަންނަ ޖިއާން މިރޭ މާލަސްވުމުން ޝަނާޔާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ.އަނެއްކާ ޖިއާންއަށް ކަމެއް ވީ ހެެއްޔެވެ؟ހިތަށް އެރި އެއްޗަކުން ޝަނާޔާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ.ޖިއާންއަށް ކަމެއް ވެއްޖިއްޔާ އޭނާ ދުނިޔޭގަ އުޅޭނީ ކިހިނެތް ހެއްޔެވެ؟ޖިއާންގެ ލޯބިން ފުރިފައިއެވާ އޭނާގެ ހިތަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟ހަމަ ޔަޤީނުންވެސް އެދުވަހަކުން އެ ހިތުގެ ވިންދުވެސް ހުއްޓޭނެއެވެ.

މީހާ ހާސްވީވަރުން އެނދުން ތެދުވެ ކޮޓަރިތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝަނާޔާ ހުއްޓުން އެރީ އޭނާގެ ފަހަތުން އައި އަތަކުން ވަރަށް ލޯބިންގައިގަ ބައްދާލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލުމުންނެވެ.އެވަގުތު ނުބައި ޚިޔާލުތަކުން ހާސްވެފައިވާ ޝަނާޔާގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.އަދި ޖިއާންއާއި ކުރިމަތި ލަމުން މިރޭ މާ ލަސްވީ ކީއްވެތޯ ސުވާލު ކޮށްލިއެވެ.ޖިއާންވެސް މިރޭކުޑަ ކަމެއް ދިމާވީ ކަމަށް ބުނެ ކުރު ޖަވާބަކުން ނިންމާލިއެވެ.ދެމީހުން ނުހަނު ލޯބިން އެކަކު އަނެކެއްގެ އަތުތެރޭގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު ޖިއާން ދާން އުޅުމުން ޝަނާޔާ ހުއްޓުވިއެވެ.ޝަނާޔާގެ އެދުމަކަށް ފުރަގަސްްދޭނެހާ ހިތްވަރެއް ޖިއާންގެ ހިތަކަށް ލިބިގެން ނުވެއެވެ.ޚުދު އޭނާވެސް ބޭނުމީ އަބަދުވެސް ޝަނާޔާގެ ގާތުގައި ވުމަށެވެ.ޖިއާންގެ އަތުތެރޭގައި ނިދާފައިއޮތް ޝަނާޔާގެ މޫނުމަތީވަނީ އުޖާލާކަމެވެ.އެ މޫނުގައިވާ ހިތްގައިމު ކަމުން ކިތަންމެ އިރަކު ބެލިޔަސް ހިތެއް ނުފުރެއެވެ.ޖިއާން އެގޮތުގައި ކިތަންމެ އިރަކު އޮތުމަށްފަހު ދިޔައީ ފަތިސްވުމުންނެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅެލި އިރުވެސް ޔާނިޢު އޮތީ ލޮލަށް ނިދި ނައިސްފައެވެ.ރޭހަތަރުދަމު ނުނިދާ އޮތުމުން އެ ރީތި މޫނުމަތީގެ އުޖާލާކަން ވަނީ ގެއްލިފައެވެ.އެދުގައި ފުރޮޅި ފުރޮޅި އޮތުމަށްފަހު 7 ޖެހުމުން ތެދުވެ ފެން ވަރައިގެން އައިސް އޮފީހަށްދާން ތައްޔާރުވާން ހުއްޓައި، ފިރާޝާ އައިސް ކޮޓަރި ދޮރު ހުޅުވާލީ ދަރިފުޅަށް އޮފީހަށްދާން ގޮވުމަށެވެ.ނަމަވެސް ޓައީ އަޅަންހުރި ޔާނިޢު ފެނިފައި ފިރާޝާއަށް ހުރެވުނީ ލޮލަށް ފެންނަ މަންޒަރު ޔަޤީން ނުކުރެވިފައެވެ.އެހެންޏާ ގޮވާގޮވާ އަނގައިގަ ރަހަ ލާއިރުވެސް ނުތެދުވާ ދަރި އެހުރީ ފެންވަރައިގެން، ގާތްގަނޑަކަށް ތައްޔާރުވެވެސް ނިމިފައެވެ.ފިރާޝާ އެތެރެއަށް ވަދެގެން އައިސް ދަރިފުޅުގެ ނިތްކުރީގައި އަތްޖައްސާލީ ދަރިފުޅު ބަލީތޯ ބަލާށެވެ.ނަމަވެސް ބަލާ ބެލުމަށް ބައްޔެއްގެ އަލާމާތެއްވެސް ފެންނާކަށް ނެތެވެ.\”މޯމް ކިހިނެތްތަ ވީ\”މަންމަ އުޅޭ ގޮތުން ޔާނިޢު ސުވާލު ކޮށްލިއެވެ.\”ތި ސުވާލު ކުރަންވީ މަންމަ އެއްނު.އެހެންޏާ ކިތަންމެ ވަރަކަށް ގޮވިޔަސް ނުހޭލާ ކުއްޖާ މިއަދު ތިހުރީ ގަޑި ޖެހުމުގެ 30 މިނެޓް ކުރިއަށް ތައްޔާރުވެފަ ވިއްޔަ\”ފިރާޝާގެ ވާހަކަ އަޑުއަހަން ހުރި ޔާނިޢުގެ މޫނުމައްޗަށް ވެރިވި ލަދުރަކިކަން ފެނުފައި އޭނާ ވާހަކަ ބަދަލު ކޮށްލިއެވެ.

އޮފީހަށް ވަދެވުނީއްސުރެ ޔާނިޢުގެ ނަޒަރު ހޯދަމުންދަނީ ޝަނާޔައެވެ.ނަމަވެސް މެންދުރުގެ ބްރޭކް ގަޑި ޖެހުނު އިރުވެސް ހަމަ އެންމެ ފަހަރަކުވެސް ޝަނާޔާ ފެންނަ ގޮތެއްނުވެއެވެ.އޭނާގެ ކެތްމަދުވެފައިވާ ހިތް ހަމަޔަކަށް އެޅުވޭނެ ގޮތަކާއި ދޭތެރޭ ޔާނިޢު ވިސްނަމުންދިޔައެވެ.އެވަގުތު ކުއްލިއަކަށް މޮޅު ޚިޔާލެެއް އޭނާގެ ހުށިޔާރު ސިކުނޑިއަށް އައެވެ.ކުޑައިރުއްސުރެ ބޭނުންވި ހުރިހާކަމެއް ދުލުން ބޭރުކުރުމަކާުއި ނުލާ ފުދިފައިވި ޔާނިޢުއަށް އޭނާގެ ހިތުގެ އެދުން އަދި އަމުދުން ދޫކޮށްލެވޭނެ ހެއްޔެވެ؟ފުރަތަމަ ބީހިލުމުން އެ ހިތާއި ކުޅެލި އަންހެން ކުއްޖާ ޙާސިލް ކުރުމަށް އޭނާ ކޮންމެފަދަ ކަމެއްވެސް ކުރާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އިއުނާސް (2)

Next

ލޯބި އަހަރެން ވާނަމޭ

Next
May 3, 2017

ލޯބި އަހަރެން ވާނަމޭ

Previews
May 3, 2017

އިއުނާސް (2)

51 Comments!

  1. summer says:
    May 3, 2017 at 10:57 am

    Woooow, nice☺?

    1. Noor says:
      May 3, 2017 at 11:24 am

      Thanx

  2. ssss? says:
    May 3, 2017 at 11:12 am

    Wow… Varah varah rythi…. When is next part

    1. Noor says:
      May 3, 2017 at 11:25 am

      Thanx.hopefully tomorrow night.

  3. Shaa says:
    May 3, 2017 at 11:18 am

    Salhi

    1. Noor says:
      May 3, 2017 at 11:25 am

      Thanx.

  4. princess says:
    May 3, 2017 at 11:39 am

    It ‘s amazing….. want read next part so . .. waiting……?

    1. Noor says:
      May 3, 2017 at 12:51 pm

      Thanx

  5. sheni says:
    May 3, 2017 at 12:11 pm

    V varah reethi… next part up kolhachey?
    nice story Noor… ???

    1. Noor says:
      May 3, 2017 at 12:52 pm

      Thanx sheni

  6. Zee says:
    May 3, 2017 at 12:20 pm

    Alhe haadha salhi ey .. V v salhi.. Avahah up kohdhehchey plx

    1. Noor says:
      May 3, 2017 at 12:52 pm

      Thanx Zee

  7. YammYoon says:
    May 3, 2017 at 12:34 pm

    Obiness to the maxxxx… kihinehbaa vaany…

    1. Noor says:
      May 3, 2017 at 12:54 pm

      Thanx YammYoon…

  8. i sher says:
    May 3, 2017 at 1:21 pm

    Varah reethi….❤❤❤

    1. Noor says:
      May 3, 2017 at 1:25 pm

      Thanx dear.

  9. Fary says:
    May 3, 2017 at 1:30 pm

    Nice ? new twist ??

    1. Noor says:
      May 3, 2017 at 1:51 pm

      Thanx Fary..

  10. lily says:
    May 3, 2017 at 2:53 pm

    V v v reethi story….

    1. Noor says:
      May 3, 2017 at 3:18 pm

      ?

  11. Maree says:
    May 3, 2017 at 3:28 pm

    vvv reethi next part ge inthizaaruga

    1. Noor says:
      May 3, 2017 at 3:30 pm

      Thanx Maree

  12. hajja hadhy says:
    May 3, 2017 at 4:05 pm

    Wow… V v shalhi Mashaa Allah.. Waiting for the next part…

    1. Noor says:
      May 3, 2017 at 4:13 pm

      Thanx dear

  13. Nau says:
    May 3, 2017 at 4:11 pm

    Mi story ge 8 vana part nukiye

    1. Noor says:
      May 3, 2017 at 4:14 pm

      Ohh..

  14. Faree says:
    May 3, 2017 at 6:12 pm

    Wow v v reethi ❤❤❤

    1. Noor says:
      May 3, 2017 at 6:22 pm

      Thanx Faree

  15. writer says:
    May 3, 2017 at 7:10 pm

    i love this story and an interesting twist… i think jinni rulhi anaany kaneyge dhw

    1. Noor says:
      May 3, 2017 at 7:36 pm

      Thanx writer…??

  16. Shaaa says:
    May 3, 2017 at 10:07 pm

    Wow. Vv.interesting. waiting for the next part

    1. Noor says:
      May 3, 2017 at 10:11 pm

      Thanx shaaa

  17. rym says:
    May 4, 2017 at 12:27 am

    v salhi… :3 i guess eyna fanditha hadhaany kanneinge dhw eya libeythw… heheheh

    1. Noor says:
      May 4, 2017 at 6:09 am

      Thanx..hehe

  18. Aisha says:
    May 4, 2017 at 10:00 am

    Alhey yaanu dhw shanaaya ulhen jeheyne haalaku.. Varah salhi mi part ves waiting 4 the next part ?

  19. Noor says:
    May 4, 2017 at 2:07 pm

    Thanx..

  20. Adam says:
    May 4, 2017 at 5:46 pm

    Knirakun next part annany

    1. Noor says:
      May 5, 2017 at 12:38 am

      Now im typing …thanx

  21. Princess Yaa says:
    May 4, 2017 at 11:17 pm

    Varah reethi. Waiting for the next part.

    1. Noor says:
      May 5, 2017 at 12:36 am

      Thanx dear

  22. Jiaan says:
    May 5, 2017 at 5:28 pm

    Alhe naseebehnu aharen yaaniu maraanulikan. Aharen hykry noor ge vahaka kiyamun gos jiaan lasviyye othyma yaaniu maralan diyaaee kamah. But mi part ves salhi

    1. Noor says:
      May 5, 2017 at 5:37 pm

      Hehe…ekamu egoiy ves goaheh noonennu

    2. Jiaan says:
      May 5, 2017 at 5:43 pm

      Aan. Ey ekm aslu shanayaa aa e yaaniu hithah araa echihi ingeye mashah. Ehnve noor kairy bunelee mi . Hehe 🙂

    3. Noor says:
      May 6, 2017 at 7:54 am

      Ehenvyma next part thakugaves angaala dheythi ingey?

    4. Jiaan says:
      May 6, 2017 at 6:30 pm

      Aharen mitha noor ge vaahaka kiyan mitha ulhenya angaala dheynan.. hama yageen

  23. Shaaa says:
    May 5, 2017 at 5:51 pm

    Wow.v.interesting . Love it. Waiting 4 the next part.

    1. Noor says:
      May 6, 2017 at 7:56 am

      Thanx dear

  24. samko says:
    May 9, 2017 at 9:34 am

    I love it… Vvv nice.. Writing 4 next part…

    1. Noor says:
      May 17, 2017 at 4:35 pm

      ❤❤❤

  25. " " says:
    May 12, 2017 at 11:03 pm

    Jinni vs handi vs human??

    1. Noor says:
      May 17, 2017 at 4:40 pm

      ❤❤❤

Comments are closed.

Next Episodeލޯބިވެވުމުން………10←


All Right Reserved!