Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ

Aisha Level 2100 Comments10 Stories100 Login
May 3, 2017 3 Mins Read
26 Comments

ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީއެއް ތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް އެތަނުގައި ހުރިއިރު މުޅިތަނުގައި ވަނީ މާމެލާމެލީގެ މީރުވަސް ހިފާލާފައެވެ. ކޮފީމަގު ބަހައްޓާފައި އަފްރީން ފެންހޮޅިނެގީ ގަސްތަކަށް ފެންދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ފެންހޮޅިން ދޫކޮއްލި ފެންތައް ދިޔައީ އަފްރީން ސިއްސުވާލަން ފަހަތުން އައި އަފްހަމްގެ ގަޔަށެވެ. އަފްރީން ހުރީ އަފްހަމް ގަޔަށް ފެން ދިޔުމުން ހޭންފެށިގޮތަށް ހުއްޓާލަންވެސް ނޭނގިފައެވެ. އަފްހަމް އަފޫއޭ ކިޔާ ހަޅޭއްލަވައިގެންފައި އަފްރީންގެ ފަހަތުން ދުއްވައިގަތުމުން އަފްރީންވެސް އަފްހަމްގެ އަތުގަނުޖެހެންވެގެން ދުއްވައިގަތެވެ. ދެމީހުން މުޅި ބަގީޗާގައި ދުވެ ދުވެ ފައި އެންމެފަހުން އަފްރީން ގޮސް ވެންނީ ގެޔަށެވެ. އެވަގުތު ސިޑިންފައިބައިގެން އައި މިޝާ އާއި އަފްރާހް އަށް ސޯފާގެ ވަށައި ދުވަމުން ދިޔަ އަފްރީން އާއި އަފްހަމް ފެނި އެދެމަފިރިންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “އިރު ނާރައިގެން ދޯ ތިބީ” މިޝާ ދެއުކުޅުގައި އަތް ވިއްދާލަމުން ސުވާލުކުރިއެވެ. “އަފޫ ފެންޖެހީ” އަފްހަމުން އަފްރީން އަތުޖެހޭތޯ ދުވަމުން ދިންޖަވާބުން އަފްރާހްއަށް ހިނިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ. “އެހެންވާނީ އަދިވެސްއުޅޭތި އަފޫ ސިއްސުވަން” އަފްހަމް އަތުޖެހެން އުޅޭހެން ހީވުމުން އަފްރީން ގޮސް މިޝާގެ ފުރަގަހަށްވަދެ ހުރެ އަފްހަމަށް ރައްދުދެމުން ދޫވެސް ނެރެލިއެވެ. “އަޅެ ތީ ކުޑަކުދިންތަ؟ އަފްހަމްދޭ ފެންވަރަން އަފޫ ވެސްދޭ ފެންވަރަށް ތިހުރީ ދާހިއްލާ ފޯވެފައެއްނު” މިޝާ އެހެންބުނެފައި ވަނީ ބަދިގެޔަށެވެ. “ދޮންބޭ” މޫނުމަޗަށް މައުސޫމް ގޮތެއް ހަދާލަމުން އަފްރީން އެހެންބުނެލި އިރު ވަރަށް ލޯއެއްބެވެ. “ކޮންކަމެއް ބޭނުންވީ؟” އަފްހަމް ބުމައަރުވާލަމުން އެހެން އަހާލީ ކަމެއް ބޭނުންވެގެން ނޫނީ އަފްރީން އެހެން ގޮވާނުލާނެކަން އެނގޭތީއެވެ. “އަފޫ ގޮވައިގެން މިއަދު ރައިޑަކަށް ހިގާބަލަ ޕްލީސް ޕްލީސް” ” އޯކޭ ހަވީރު ރެޑީވެގެން ހުރޭ ” އަފްރީން ކުޑަކޮށް އަފްހަމްގެ ގައިގައި ބައްދާލާފައި ތެންކިޔޫއޭ ބުނެލިއެވެ. އަފްހަމް އަފްރީންގެ ނޭފަތުގައި ހިފާލަމުން އަފްރީންގެ ކޮޑަށް އަތްވައްޓާލައިގެން މައްޗަށް އަރަށް ހިނގައިގަތެވެ. ސޯފާގައި ނޫސް ކިޔަން އިން އަފްރާހްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާގެ ދެދަރިން ދެމެދުގައިވާ ލޯތްބާއި އަޅާލުންފެނިފައެވެ.

“ލިއުޝާ ދަރިފުޅާ” ލީނާ ކޮޓަރި ސާފުކުރަން އުޅުނު ލިއުޝާއަށް ގޮވާލީ ކާން އަންނާށޭ ބުނަންވެގެންނެވެ. ލީނާ ގޮސް ލިއުޝާގެ ކޮޓަރި ދޮރުމައްޗަށް އެރިއިރު އެނާ ހުރީ ކޮޓަރީގައި މޮޕް ލާށެޗެ. “ދަރިފުޅާ މިހާރު ދެވަނަ ފަހަރަށް މިގޮވާލީ އަދިވެސް ނުނިމެނީތަ؟” “ނޫން މަންމާ މިދެން ނިމުނީއޭ.. މަންމަ ކައިފިންތަ؟” ލިއުޝާ އެސުވާލުގެ ޖަވާބު އެނގިހުރެވެސް ލީން ކުރެން އެއްސެވެ. “ދަރިފުޅާ އެއްކޮށް ކާން މަޑުކޮއްގެން މިހުރީ” ލިއުޝާ އަވަސް އަވަހަށް އޭނާ ކުރަންހުރި މަސައްކަތް ނިންމާލައިފައި ކާގެޔަށް ވަނީ ލީނާ އޭނާޔާއެކު ނޫނީ ނުކާނެކަން އެނގޭތީއެވެ. އޭރު އޭނާ ހުރީ ބަނޑުހައިވެގެންގޮސް ހާންތިވާން ކައިރިވެފައެވެ. ލީނާއާއި ލިއުޝާ ކާންތިއްބައި ކާގެޔަށް އައިސް ވަތް ޒުވާނާ ފެނުމުން ލިއުޝާ ދުވެފައި ގޮސް އެ ޒުވާނާ ގައިގައި ބައްދައިގަތެވެ. “މާންIބޭ ކޮންއިރަކު ރަށަށް އައީ” ލިއުޝާ އަމާން އާއި ދުރަށް ޖެހިލަމުން ބުންޏެވެ. ”ހެނދުނުއައީ ވާޅުވެފަ ހުރިވަރުން އެދުގަ ޖައްސާލެވުނު އިރަށް ނިދުނީ.. ކޯޗެއް ތިކަނީ؟” ”އާދޭކާން މިހިރީ ކުޅިމަސްވެސް” ލީނާ ބަތްކާތައްޓަކާ ފެންތަޓެއް ބަހަށްޓަމުން އަމާން ކައިރީ ކާން އިށީންނަށް ބުންޏެވެ. އަމާންވެސް އަވަހަށް އިށީނދެ ކާން ފެށީ     ބަނޑުހައިވެފަ ހުރިވަރުންނެވެ.

ލޯގަނޑު ކުރިމަތީ ރީތިވާން ހުރި އަފްރީން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. އަމިއްލަ އަތުން ބޮލުގައި ޖަހާލަމުން ފޯނުނަގާ ބަލާލިއިރު ސްކުރީނަށް އަރާއިން އުޝްގެ ނަން ފެނުމުން ހިނިތުންވެލަމުން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. “އުޝް ހޭއި ބަޑީ ވަޓްސް އަޕް؟” “އޯ އަފޫ އައި އޭމް ސޯ ހެޕީ އިނގޭތަ މާން ބުރޯވެސް މިއަދު ރަށަށް އައިސްފި ރައިޑަކަށް ދާންވެގެން ރެޑީވެގެން މިހިރީ” “އަސްލުތަ އަފޫވެސް ރެޑީ ވެޔޭ މިއުޅެނީ ދޮންބެޔާ އެއްކޮއް ރައިޑަކަށް ދާންވެގެން”  ”އަސްލުތަ މާރަނގަޅަކަށެއްނު މިދިމާވީ ހިނގާދޯ ބީޗުން އެންމެން ދިމާވަން” އޯކޭ އަފޫމެންވެސް އާދޭ އެތަނަށް އެހެންވީމަ އަހަރުމެންވެސް މިދަނީ އެތަނަށް” ފޯނުކަޑާލުމަށްފަހު ލިއުޝާ ފޯނުމޭގާ ޖައްސާ ބާރުކޮއްލިއިރު ނޭވާވަނީ އަވަސްވެފައެވެ. އަފްހަމް ދަވާހަކަ ބުނުމުން އެނާޔަށް އެވަރު ވީއިރު އަދި ކުރިމައްޗަށް އެރުނީމަ ކިހާ ވަރެއްވާނެބާއޭ އޭނާގެ ހިތައް އެރިއެވެ. ހިތައް އެރިއެއްޗެއްގެ ސަބަބުން އޭނާގެ މޫނުކޮޅު ރަތްވެގެން ދިޔައެވެ. ”އޯމައިގޯޑް ޔޫ އާރު ބުލަޝިން” ކޮޓަރިތެރެއަށް ވަތް އަމާންއަށް ލިއުޝާ ފެނުމުން އަކުރުތަކަށް ދަމާލައިފައި ބުންޏެވެ. ލިއުޝާ އަމާން ގައިގައި ބޮޑިއެއް އަޅުވާލައިފައި އަމާންގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެ ދެޒުވާނުން މިސްރާބްޖެހީ ރަށުގެ އުތުރު ފަރާތު އޮންނަ އަތިރިއާ ދިމާލަށެވެ. މަގުމަތިން ހިނގަމުން ދިޔަ ޒުވާން އުމުރުފުރައިގެ ކުދިންގެ ނަޒަރު އަމާން އާއި ލިއުޝާއަށް ހުއްޓެމުން ދިޔައެވެ. ވާނީވެސް އެހެންތާއޭ ރީތީކަން ހުސްކޮއްލައިގެން ތިބި ދެ ޒުވާންނުން ފެނުމުން ނުބަލާ ހުރެވޭނީ ކާކަށް ހެއްޔެވެ؟ އެންމެންގެ ލޯތަށް އެމީހުނަށް އަމާޒުވެފައި ވާތަންފެނި އަމާން ކުދިކިޔައިގަތެވެ. ފިރިހެނެއް ވިޔަސް ލަދުގަންނާނެނޫންހެއްޔެވެ؟ ލިއުޝާ ކައިރީ ބާރަށް ހިފަހައްޓާށޭބުނެ ސައިކަލުގެ ސްޕީޑު ބާރުކޮއްލީވެސް އެހެންވެއެވެ. އަމާން އާއި ލިއުޝާ ގޮސް މަޑުކޮއްލީ އަތިރިމައްޗަށް ފައިބަން އޮންނަ މަގުގައެވެ. ކުއްލިއަކަށް އަމާންގެ ސަމާލުކަން އަތުލައިގަތީ ހެމުން ހެމުން އަތިރިމަތީގައި ދުވަމުން އައި އަންހެންކުއްޖަކަށެވެ.

Share Article

Follow Me Written By

Aisha

Level 2100 Comments10 Stories100 Login

Other Articles

Previous

ލޯބި ވެވުމުން……9

Next

މާހާ 2

Next
May 3, 2017

މާހާ 2

Previews
May 3, 2017

ލޯބި ވެވުމުން……9

26 Comments!

  1. Aisha says:
    May 3, 2017 at 10:47 am

    Hi guys here is the first part…. sorry igey aslu ihya ulhe ulhe upload eh nuvi… mi yadhuge part thankolheh avah genesdheveytho balaanan… umeedhu kuran mikiyunterinah mi episord kamu dhaanekamah

  2. Kiara says:
    May 3, 2017 at 12:19 pm

    Reethi vaane kamah mi balanee mi vaahaka..

    1. Aisha says:
      May 3, 2017 at 12:40 pm

      Insha Allah… Thanks kiara

  3. shafu says:
    May 3, 2017 at 1:16 pm

    reethi vaanehen hyvany mi part kyma ves ingey reethikan…. waiting for next part………..

    1. Aisha says:
      May 3, 2017 at 3:54 pm

      Thanks shafu ?

  4. Any says:
    May 3, 2017 at 1:51 pm

    Reethi vaahakaeh kamah mibalany

    1. Aisha says:
      May 3, 2017 at 8:43 pm

      Thank u any ?

  5. Maree says:
    May 3, 2017 at 3:38 pm

    reethi vaanehen heevanee

    1. Aisha says:
      May 3, 2017 at 4:44 pm

      Thank u dear

  6. ? says:
    May 3, 2017 at 4:24 pm

    Doctors family noonas thy e story thah liyunu Aisha dhw

    1. Aisha says:
      May 3, 2017 at 4:45 pm

      Noney mi adhi e Aisha eh noon

    2. ? says:
      May 4, 2017 at 12:55 pm

      Ehnve dhw mihaa fake vy
      Ekaccheh up koh koh thi hunnany
      Varah visnaifymei aish mihaa fake nuvaane kan

  7. Cherry says:
    May 3, 2017 at 4:30 pm

    Rythi ?

    1. Aisha says:
      May 3, 2017 at 4:46 pm

      Thankx cherry ?

  8. hajja hadhy says:
    May 3, 2017 at 7:23 pm

    Mi part v v reethi.. Dhn kuri aa aoi part thavx hama aehaa reethi vaane kamah unmeedhu kuran.. Waiting for the next part…

  9. Aisha says:
    May 3, 2017 at 8:34 pm

    Thank you hajja hadhy ?

  10. Aliya says:
    May 3, 2017 at 10:18 pm

    V reethi nxt prt whn

    1. Aisha says:
      May 4, 2017 at 12:48 pm

      Thankx u aliya.. Insha Allah miadhu genesdheynan

  11. lucky girl says:
    May 3, 2017 at 10:26 pm

    Loveeee itttttttttttttt

    1. Aisha says:
      May 4, 2017 at 12:49 pm

      Ow thank u darling ?

  12. maaha says:
    May 3, 2017 at 10:27 pm

    Loveeee itttttttttttttt

  13. sick says:
    May 3, 2017 at 10:28 pm

    Loveeee itttttttttttttt

  14. Noor says:
    May 4, 2017 at 8:07 am

    Varah salhi..???

    1. Aisha says:
      May 4, 2017 at 9:57 am

      Thank u so much noor ?

  15. Natha says:
    May 8, 2017 at 7:40 pm

    V salhi mi vaahaka…?? Keep it up aisha. God bless you.??

  16. Rozy says:
    September 21, 2017 at 12:20 am

    Nice Story

Comments are closed.


All Right Reserved!