ދުރުގައިވިޔަސް… (18 ވަނަ ބައި)
އެކަކު އަނެކެއްގެ އަތުތެރޭ ނިދާފައި ތިބީ ކުރިއަށް އަންނަށް އޮތީ ކިހާ ބޮޑު ތޫފާނެއްކަން ނޭނގޭ ހާލުގައެވެ. މާޔާއާއި އެކީ މިއަދު އުފާވެރި ދިރިއުޅުމަކަށް އެޅި ފުރަތަމަ ފިޔަވަޅަކީ މިގޮތަށް ދެމި އޮންނާނެ އެއްޗެއް ނޫންކަން އެނގޭނެ ނަމަ މިރޭ ނިމިގެން ދިޔައީ ހީ ހިތާމަކުރުގައިކަން ގައިމެއެވެ.
……………………………………………………………………………….
ދުވަސްތަށް މާޒީއާއި އެކުވަމުން ދިޔައީ އެތަށް ބަޔަކަށް އެކި ކުލަތަށް ދައްކަމުންނެވެ. ބައެއް މީހުންގެ ހިތުގައި އުއްމީދުތަށް އާލަވެ ކުލަގަދަ ހުވަފެންތަށް ދެކެމުން ދިޔައިރު އަނެއް ބައި މީހުންގެ ހުވަފެންތަށް ފުޑުފުޑުކުރަމުންނެވެ. ހަސަދަވެރީންގެ ހިތްތަކުގައި ހަސަދައިގެ އޮތްތަކުން ގަސްފަޅައި ކުރިފަޅަމުންނެވެ. ދުނިޔެ ދައުރުކުރާނީ މިފަދައިންނެވެ. އެއްވެސް ހާލަތީ އަަބަދު އެއްގޮތަކަށް ދެމި އޮންނާނެ ހާލަތެއް ނޫނެވެ.
ނަކީލް އާއި މާޔާގެ ގުޅުން ކުރިއަށް ވުރެ ރަގަޅުވަމުންދާކަމުގެ މަލަމަތި ގޭގައި އުޅޭ އުޅުމުންވެސް ފާހަަގަވަމުންދިޔައެވެ. އަލުން ނަކީލްގެ ހިނިތުންވުން އިއާދަވިފަދައެވެ. މިތަންފެނި މެލިސާ މަންމައަކަށް ވީތީ އުފާކުރުމުގެ ބަދަލުގައި އެހިތުގައި ރޯ ވަނީ ހަސަދަވެރިކަމުގެ ހުޅުގަނޑެކެވެ. އެހެނީ ނަކީލްގެ ހިނިތުންވުމުގެ ފަހަތުގައިވާ ސިއްރަކީ މާޔާއަށް ވީތީއެވެ.
މާޔާ ނަކީލްގެ ހަޔާތުން ދުރުކޮށްލާނެ ގޮތަކާއިމެދު މެލިސާއަށް އަބަދުވެސް ވިސްނެމުންދިޔައެވެ. ހަސަބާއި ނަސަބުގެ ގޮތުން މާޔާ އެއްފެންވަރެެއް ނުވާކަމަށް ޤަބޫލުކުރެވޭތީކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އެމީހެއްގެ ރޭވުމާއި ހުވަފެންތަކުގައި ދުވަސްތަށް ވޭތުކުރަމުން ދިޔައިރު އެ އަމާޒުވާ ފަރާތަކީ މަދު ދުވަސްކޮޅެއްގެ މެހެމާނެއްކަން އެނގޭނަމަ ހާލަތު ކޮންމެވެސް ވަރަކަށް ބަދަލުވުމުގެ ކުޑަ ނަމަވެސް ފުރުސަތެއް އޮތީސް ކަންނޭނގެއެވެ.
ދުވަސްތަށް ވޭތުވަމުން ދާވަރަކަށް މާޔާއަށް އެކިއެކި އުދަނގޫ ތަކާއި ކުރިމަތިވަމުންދިޔައެވެ. ބޮލުގެ ރިހުން ބައެއްފަހަރު ގަދަވާން ފެށުމުން އެއްފަހަރާ ތެދިން ގުޅަ އަފަމޯލް ކާލައިގެން ހިތްވަރުކުރަނީ އޭނގެއިން އެއްވެސް ކަމެއް ނަކީލްއަށް އެނގުނަ ނުދިނުމަށެވެ. ނަމަވެސް މާޔާއަށް އަންނަމުން ދިޔަ ބަަދަލުތަށް ނަކީލްއަށް ވަކި ސިއްރެެއް ނުވެއެވެ. ނަތީޤްއާއި އެކީ ސަކަރާތްޖަހާ ހެދި ކަމުގައިވިޔަސް އަބަދުވެސް ނެގި މަޑުވެފައި އިންނަ ކަން ފާހަގަވެއެވެ. ހާއްސަ ކޮށް މާޔާ އެކަނި ވެއްޖިއްޔާ އިންނަނީ ކޮންމެވެސް ވިސްނުމަކަށް ގެއްލިފައެވެ. ނަކީލް ސުވާލުކުރުމުންވެސް އެއްވެސް ކަމެއް ނުވާކަމަކަށް ބުނެ ހަމަޖައްސާލަނީ އަދި ނަކީލްއަށް އެ ސިއްރު ހާމަކުރަމުން ބޭނުން ނުވާތީ ކަމައްވެސް ވެދާނެއެވެ.
ގޭތެރޭގައި ނިކުމެ އުޅުމުގެ ތެރޭގައި މާޔާ ޖެނީއާއިވެސް ވާހަކަ ދައްކާ ގުޅުން ބަދަހިކުރެވޭތޯ މަސައްކަތްކުރެއެވެ. އެހެންނަމަވެސް އެކަމަށް ޖެނީގެ ފަރާތުން އެދެވޭ އިޝާރާތެއް ފެނިފައި ނުވާތީ މާޔާގެ ހިތް ކިތަންމެ މާޔޫސްވިޔަސް ބަލިޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ. ޖެނީ އާއި ނަތީޤްގެ ކަންތައްވެސް ވީވަރަކުން ހަވާލުކުރެވޭތޯ ބަލަމުން ގެންދިޔައީ މެލިސާއަށްވެސް ނޭނގޭނެ ހެން މެލިސާ މެދުވެރިކޮށެވެ. މީގެ ސަބަބުން ޖެނީއަށް ނަތީޤްއާއި މެދު ކުރެވެމުން އަންނަ ނަފްރަތު އިރުވުން ނޫނީ ކަމެއްނުވެއެވެ. ކޮންމެވެސް ގޮތަކުން އެކުއްޖާ އެމީހުންނާ ދުރުކޮށްލާނެ ގޮތެއް ރާވަމުން ގެންދާތާ ދުވަސް ކޮޅެއް ވެދާނެއެވެ. ނަތީޤް އެކަނި ހުއްޓާ ފެނިއްޖިއްސާ ކޮއްޕާ ވައްޓާވެސް ލާނެއެވެ. އަދި މީހަކު އައިސްފިނަމަ މާ ހެޔޮއެދިގެެން ހުއްޓުވަން އުޅޭހެން މަސައްކަތް ކޮށް ހަދާނެއެވެ.
ޖެނީގެ ފަރާތުން ލިބެމުން ދާ ކުދިކުދި ގޯނާތަކުގެ ސަބަނުންް ނަތީޤްގެ މިޒާޖަށްވެސް ވަނީކޮންމެވެސް ވަރަކަށް ބަދަލުއައިސްފައެވެ. ޖެނީ ފެނިއްޖެނަމަ ނަތީޤް ބިރުން އުޅޭހެން މާޔާއަށް ފާހަޤަވާ ފަހަރުމަދެއް ނޫނެވެ. ޖެނީ ކައިރީގައި ހުރެއްޖިއްޔާ ނަތީޤްއިންނާނީ އަބަދުވެސް ކޮންމެވެސް ކަމަކާއި ސިހިސިހިއެވެ. އެހެންނަމަވެސް ވަގުތާއި އެކީ ހުރިހާކަމެއްވެސް ރަގަޅުވާނެ ކަމަށް ނިންމައި ހިތްހަމަ ޖައްސަމުންދިޔައީ އިތުރަށްކުރެވޭނެ ވަކި ކަމެއްވެސް ނެތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް ޖެނީ އަކީ ނަތީޤްގެ މަންމަގެ މަޤާމަށް އަންނަން ހުރި މީހެކެވެ. މާޔާ ކިތަންމެ ބޭނުން ވިޔަސް ނަތީޤްއާއި އެކީ ދެން އުޅެވެން މާކަ ގިނަދުވަސްތަކެއްނެތެވެ.
……………………………………………………………………………….
އާދައިގެ މަތިން ރޭގަނޑުގެ ކެއުމަށް އެންމެން އެއްސުފުރާއަކުން އިންސާފުކޮށް ނިންމާލުމަށް ފަހު މާޔާވެސް ނަކީލްއާއި އެކު ކޮޓަރިއަށް ވަނީ ނަތީޤްވެސް ނިހާލްއާއި އެކީ ކޮޓަރިއަށް ވަނުމުންނެވެ. ނިހާލް އާއި ނަތީޤްއާއި އެކީ އެ ހޭދަކޮށްލެވޭ ވަގުތުކޮޅަކީ މިހާރު ކޮންމެ ދުވަހެއްގެވެސް އާދައެވެ. އާދައިގެ މަތިން މަސައްކަތުގައި ބުރަކޮށްއުޅެފައި ވެސް ކާފަދަރިފުޅަށް ވަގުތު ދިނުމަކީ ނިހާލް ގަވާއިދުން ކުރަމުންއަންނަ ކަމެކެވެ.
ނަކީލް ފާހަނައިން ނިކުތްއިރު އެނދުގައި މާޔާ އިށީންދެގެން އިނީ އާދައިގެ މަތިން އެހެން ދުނިޔެއަކަށް ގެއްލިފައެވެ. މާޔާއަށް ކުއްލިއަކަށް މިއައި ބަދަލާއި އެދުވަހުގެ ހޮސްޕިޓަލްގައި ވީކަމަކާއި ގުޅުން އެބަހުއްޓޭ ނަކީލްގެ ސިކުނޑި ބުނާތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަކީލް ގޮސް މާޔާގެ ކުރިމައްޗަށް ވާގޮތަށް އިށީންދެ މާޔާގެ އަތްތިލައިގައި ހިފައިލީ ނަކީލް އިންކަން އަންގާށެވެ. ނަކީލް އިންކަމެއްވެސް މާޔާއަށް ނޭނގުމުންނެވެ. ނަކީލް އަތުގައި ހިފުމުން މާޔާ ނަކީލްއަށް ބަލާލައި ގަދަކަމުން ކަހަލަގޮތަކަށް ހިނިތުންވެލިއެވެ. އެރެއަށްފަހު މާޔާގެ އެރީތި ހިނިތުންވުން ނަކީލްއަށް މުޅިންހެން ގެއްލުނުފަދައެވެ.
“މައި…ވާހަކައެއް އަހާލަންތަ..މިހާރު ހާދަ ހީވެއޭ މައި ކަމަކާ ފިކުރު ކުރާހެން…އަނެއްކާ މައި ހިތްހަމަނުޖެހޭގޮތަށް އަހަންނަށް ކަމެއްކުރެވެނީތަ..” ނަކީލް މާޔަގެ މޫނުގައި ފިރުމާލަމުން ބުނެލީ ލޯތްބާއި އެކީގައެވެ. މާޔާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމަށްފަހު ފަޑު ހިނިތުންވުމަކުން ފުއްދައިލިއެވެ. އަނެއްކާ ނަކީލްކައިރީ މިވާހަކަ ދައްކަން ވީބާވައެވެ. މިހާރު މިހެން އުޅޭތާ ދެމަސްވަނީއެވެ.
” ކީލް…ކީލް ކީއްވެ ޖެނީ އަށް ވަގުތު ނުދެނީ… އެއީ ވެސް ކީލް ގެ އަތްބެއްނު…” މާޔާ ބެލީ ދުރުދުރުން ވާހަކަ ފެށޭތޯއެވެ.
” ހެހެހެހެ…ކާކު ބުނީ މައި ކައިރީ ކީލް ޖެނީއަށް ވަގުތު ނުދެމޭ… ވީ އާރ ފްރެންޑްސް.. އިތުރު އެހެން އެއްވެސް ގުޅުމެއް ނީންނާނެ ދެމީހުންގެ މެދުގައެއް… އަހަރުމެން ކައިވެނީ ކުރީ ބައްފަމެން އެކަމަށް އެދޭވަރުން…. ޑޯންޓް ވޮރީ… ޝީ ނޯސް ދެޓް އައި ލަވް ޔޫ..” ނަކީލްއަށް ވިސްނުނީ މާޔާ ފިކުރުކުރަނީ ޖެނީއާއި އެދެމެދުގައި އޮތް ގުޅުން ރަގަޅުނޫންހެން ހީވީތީއެވެ. މާޔާ އެހެން މީހުނާއި މެދު ވިސްނާވަރު ހިތަށް އެރުމުން ނަކީލް ހިތާއިހިތުން މާޔާއަށް ތައުރީފްކުރިއެވެ.
މިފަދަ ކުއްޖަކު އޭގެ ހަޑިމުޑުދާރު އަމަލެއްކޮށްފާނެހޭ ހިތަށް އެރުމުން ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ކުރިން މާޔާއަށް އިތުބާރެއް ނުކުރި ނަމަވެސް ނަކީލްވެސް ނިންމީ މިކަމުގައި މާޔާއަށް އެއް ފުރުސަތު ދިނުމަށެވެ. އެހެން ކަމުން މާޔާއަށް މާފުކޮށް އެކަންތައް މަތިން ހަދާން ނެއްތޭތޯ ނަކީލް މަސައްކަތް ކުރަމުން ދިޔައެވެ.
” އޯހް… އެކަމު މައި އަށް ހީވަނީ ޖެނީ ކީލް ދެކެ ލޯބިވާހެން… ކީލް ވާނެ އެއްނު ޖެނީ އަށް ވެސް ހައްޤު މަޤާމު ދޭން…” މާޔާ އަށް ޖެނީގެ ހަރަކާތްތަކުން ދެނެގަނެވުނުގޮތަށް ވިސްނުނު އެއްޗެއް ނަކީލްއާއި ހިއްސާކޮށްލިއެވެ.
” ވަޓް… ނޯ އައި ޑޯންޓް ތިންކް ސޯ..” ނަކީލް އެކަމަށް އިންކާރުކުރީ އެހިތަކީ ހަމައެކަނި މާޔާގެ މިލްކަކަށް ވީތީއެވެ. މާޔާ ކިތަންމެ ބޭނުމެއް ވިޔަސް އެހެން އެކަން ވާނީ ކިހިނެތް ހެއްޔެވެ. ޖެނީ ލޯބިވިޔަސް އެލޯބި ޤަބޫލުކޮށް މާޔާއަށް ދީފައިވާ މަޤާމު ދޭން ނަކީލް ބޭނުމެއް ނުވެއެވެ. އަދި ހަަމައެހެންމެ ޖެނީގެ އުޅުން ހުންނަގޮތުން ނަކީލްވަނީ ޖެނީމަތިން ފޫހިވެފައެވެ.
” ކީއްވެ އެހެން ނުވާންވީ … ހަމަ ވެދާނެ އެއްނު… ކީލް ވީނު އަހާލަން ޖެނީ ކައިރިން… އިޓްސް ސޯ އޮބްވިޔަސް ދެޓް ޝީ ވޯންޓްސް ޔޫ… އެހެން ނޫނަސް ނަތީޤްއަށް އަހަރެން ނެތް ދުނިޔެއެއްގައިވެސް މަންމައެއްގެ ލޯބިދޭންވެސް ހުރީ ހަމަ ޖެނީނު…އަހަރެންވެސް އަބަދަކު ނުހުންނާނަމެއްނު ކީލް އާއި ބޭބީ ކައިރިއަކު… އަަހަރެން ނެތީސްވެސް އުޅެން ދަސްކުރަންވާނެއެއްނު…އަހަރެން މަރުވެސް ވެދާނެއެއްނު ” މާޔާ ހިތްވަރުކޮށްފައި އެވާހަކަތަށް ދައްކަމުން ދިޔައީ މިއީ ކޮންމެހެން ދައްކަންޖެހިފައި ހުރި ވާހަކައަކަށް ވުމުންނެވެ. އަމިއްލަ ނަފްސާއި ހަޤުރާމަކުރަމުން ގެންދިޔައީ ނަކީލްގެ ކުރިމަތީ ބަލިވިޔަ ނުދިނުމަށެވެ. އަޑަށް އަންނަ ކުޑަބަދަލެއްވެސް ނަކީލްއަށް ދެނެގަންނަށް އެނގޭނެކަން މާޔާއަށް އެނގެއެވެ.
“މައި ހަމަތަމަ… ތިކިޔޭ އެއްޗެއް އެބަ އެނގޭތަ… އޭން…ދެން ދުވަހަކު ވެސް ތިކަހަލަ ވާހަކައެއް ނުދައްކައްޗޭ” މިހުރިހާ އިރު ހިފަހައްޓައިގެން އިން މާޔާގެ އަތް ދުރައްޖައްސާލައި އެދުން ތެދުވީ އައި ރުޅިންނެވެ. މާޔާ މިރޭ މޮޔަވީބާވައޭ ހިތަށް އަރަމުން ގެންދިޔައެވެ. ނަކީލް ހިތްހަމަ ނުޖެހުނު ކަން އެނގުމުން މާޔާ ދެރަވި ނަމަވެސް މިއީ ކުރިންވެސް މިކަމުން ނިކުންނާނެ ނަތީޖާކަން މާޔާއަށް އެނގެއެވެ.
ނަކީލް އެއްޗެސް ބުނަން އަނގަ ހުޅުވާލިތަނާ ފެނުނީ ކުޑަކުޑަ ނަތީޤް ދުވެފައިއައިސް މާޔާކައިރިއަށް އެދަށް އެރިތަނެވެ. އަދި ހަމަ އެބާރުމިނުގައި މާާޔާގެ ގައިގައި ބައްދައިގެން އޮވެ ގިސްލަގިސްލާފައި ރޮމުން ދިޔަގޮތުން މާޔާގެ ހިތަށް ހީވީ ކަށިތަކެއް ހެރުނުހެންނެވެ. އަދި ދުވަހަކުވެސް ނަތީޤް މިގޮތަށް ދެރަވެގެން ރޯތަނެއް މާޔާއަކަށް ނުފެނެއެވެ.ނަކީލްއަށް ވެސް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. ދަރިފުޅު އެވަރަށް ރޯން ޖެހުނު ސަބަބަކާއި މެދު ނުވިސްނިފައެވެ. މާޔާއާއި ދިމާލަށް ނިތް އަރުވާލީ ވީގޮތެެއް ނޭނގުމުންނެވެ.
” ބޭބީ … ކީއްވެ މަންމިގެ ލޯބިގަނޑު ތި ރޮނީ… ހުއްޓާލާ އަވަސްކޮށް…” މާޔާ ނަކީލްގެ ބުރަކަށީގަޔާއި ބޮލުގައި ފިރުމަމުން ހުރެ ހިމާޔަތް ދެމުން ގެންދިޔައިރު މާޔާއަށް ނަތީޤްގެ ހިތްނެގިނެގިފައި ޖެހެމުންދާ އަނޑު އިވެމުންދިޔައެވެ.
” މަންމީ… ކޮއްކީ…މަންމީ ކޮއްކީ ބޭނުމެއް ނޫން އެހެން މަންމިއެއް… ޖެނީ އާންޓީ ވަރަށް ގޯސް… ކޮއްކޮ ބިރުގަނެ… މަންމީ…” ނަކީލް ރޯވަރުން ކިޔާއެއްޗެއްވެސް ސާފުވަނީ ހަމަކިރިއަކިރިއާއެވެ. ނަކީލްގެ ނިތަށް ރޫ ގިނަވެގެންދިޔައީ ނަތީޤް ޖެނީ އޭ ކިޔައިގެން އެހެން ބުނުމުންނެވެ. އަދި އަތް މުއްކަވާލެވުނީ ރުޅިންނެވެ. އެއްވެސް މީހަކަށް ނަކީލްގެ ދަރިއަކަށް އިހާނަތިކޮށް ހިތުމުގެ ހައްޤެއް ނޯންނާނެއެވެ. ކިތަންމެ ވަރަކަށް ޖެނީ ދެކެ ފޫހިނުވާން މަސައްކަތް ކުރި ނަމަވެސް އެކަމެއް ކާމިޔާބު ވާގޮތެއް ނުވަނީ މިކަހަލަ ސަބަބުތަކާއި ހުރެއެވެ.
“ޖެނީ އާންޓީ ކީއްތަކުރީ ބައްޕިގެ ޕްރިންސްއަށް…” ނަކީީލްވެސް އައިސް ނަތީޤްކައިރީ އިށީންނަމުން ބޮލުގައި ފިރުމައިލިއެވެ.
” މަންމީ… ޖެނީ އާންޓީ ކޮއްކީ އަތުގަ ހިފާފަ… ހިފާފަ އުޅުނީ ސިޑިން ވައްޓާލަން… މާމާ އައީމަ… މަންމީ… ކޮއްކީ ވަރަށް ބިރުގަނޭ… މަންމީވެސް އުޅެނީ ކޮއްކޮ ޖެނީ އާންޓީ މަންމައަށް ހަދަންތަ..ކޮއްކީ ބޭނުމީ ހަމައެކަނި ތިމަންމަ… އެއީ ގޯސް ކުއްޖެއް… ތިއީ ކޮއްކީ މަންމީ އަކީ… ދޯ މަންމީ..ކޮއްކީ ދޫކޮށްފަ ނުދާނަށްދޯ އެއްވެސް ތާކަށް މަންމީ.. ދޯ…” ނަތީޤް ގިސްލަގިސްލާފައި ރޮމުން ދައްކަމުން ދިޔަ ވާހަކަތަށް އަޑުއިވިފައި މާޔާއާއި ނަކީލް ތިބީ ބަސްހުއްޓިފައެވެ. ޖެނީ ހަމަ އެހާ ދަށުދަރަޖައިގެ އަަމަލެއް ކޮއްފާނެހެއްޔެވެ.. ނަތީޤްގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުތަކަކީ މިކަމަށް ހުރި ހެއްކެއްކަމަށް ފުދެއެވެ. އަދި އެއާއި ވިދިގެން ނަތީޤްދެއްކި ވާހަކަތަކުން މާޔާއި ނަކީލްއާއި ދެމެދުގައި ދެކެވުނު ވާހަކަތަށް ނަތީޤްއަށް އަޑުއިވުނުކަން ހާމަވެއެވެ.
ދަރިފުޅުގެ އެ އެދުމުން މާޔާގެ ހިތް ފިސްފިސް ވިކަހަލައެވެ. ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށުމުން މާޔާވެސް ނަތީޤް ގަޔާލައި ބޮޑި ކޮށްލީ ހިތަށް ކެތްނުވުމުންނެވެ. ބުނާކަހަލައެވެ… މަންމައަށް މާފުކުރާށެވެ. މި މަންމަ ކިތަންމެ ދަރިފުޅާއި އެކީ ވުމަށް ބޭނުންވިޔަސް އެކަމަށް މިއަދު މިވަނީ ނުކުޅެދިފައެވެ. މަންމަވެސް ދަރިފުޅު ކުރިމަތީހުރެގެން އަހްލާޤް ރަގަޅުކުއްޖެއްގެ ގޮތުގައި ބޮޑުވާތަން ދެކެން ބޭނުމެވެ. ބައްޕަފަދަ ހަރުދަނާ ޒިންމާދާރު މީހަކަށް ވާތަަން ދެކެން ބޭނުމެވެ. ދަރިފުޅާއެވެ. މަންމައަށް މާފުކުރާށެވެ.މަންމައަށް މިއަދު މަޖްބޫރެވެ.
” މަންމީ.. ބުނެބަ ކޮއްކީ ކައިރީ ހުންނާނަމެ…ތީ ކޮއްކީގެ އެންމެ ބެސްޓް މަންމިއެއްނު..” ނަތީޤް މާޔާއަތުން ވީއްލިގަންނަމުން މާޔާގެ ލޮލަށް ބަލަންހުރެފައި ބުނެލިގޮތުން ކޮންމެ ހިތަކަށްވެސް އަސަރުކުރާނެކަންނޭނގެއެވެ. އެމައުސޫމު ދެލޮލުގައި ކަރުނުން ފުރި ބާރުވެފައި ހުރި އިރު އަޑުގައިވަނީ ނަތީޤް މަންމައަށް އެދޭވަރެވެ.
” ލައްބަ ދޫނީ… ތީ މަންމީގެ ޕްރިންސް އެއްނު….ސޮރީ ބެބީ… ލަވް ޔޫ… ” ނަތީޤް އަނެއްކާވެސް ގަޔާ ކައިރިކޮށްލަމުން މާޔާ ބުނެލީ ޔަޤީންކަން ދޭހާލުގައެވެ.އެހެންނަމަވެސް ދަރިފުޅަށް ދޮގު ހަދަންޖެހެމުން އެހިތް ޒަަހަމްވަމުން ދާކަން އެހެން މީހާކަށް އެނގޭނެނަމައެވެ.
“ޕްރޮމިސް ތަ ” ނަތީޤް ރުއިން ހުއްޓާލައި އެހެން ބުނެލި އިރު އެއަޑުގައި ދިރުންވިއެވެ.
” ޕްރޮމިސް..” މާޔާވެސް ނަތީޤްގެެ އިސްތަށިގަނޑާއި ކުޅެލައި އެހެންބުނެލީ ކަރުނަތަށް އަނެއްއަތުން ފޮހެމުންނެވެ.
ނަކީލްވެސް ނަތީޤްއާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލީ އެކުޑަކުޑަ ފުރާނަ ހިތްހަމަ ޖައްސައިދެމުންނެވެ. ނަތީޤް ދެއްކި ވާހަކަތަށް ނަކީލް ޤަބޫލުކުރީ އެހާ ކުޑަކުއްޖެއް ދޮގުނަހަދާނެކަން އެނގޭތީއެވެ.އެހެން ނޫނަސް އެވަރުވާނީ ވެސް ކޮންމެވެސް ކަހަލަ ގޯނާއެއް މީހަކު ކުރީމައެވެ.އެހެން ކަމުން މިރޭ ޖެނީގެ ކަންތައް ކޮންމެވެސް ކޮޅެއްގައި ޖައްސަން ނަކީލް އަޒުމް ކަނޑައެޅިއެވެ. މާޔާވެސް މިރޭ ދެއްކިވާހަކައިގެ ސަބަބުން ހުރީ މާޔާދެކެވެސް ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އެމައުލޫއަށް އިތުރަށް އެއްޗެއް ދެން ބުނަން ނުޖެހޭނެކަން އެގޭތީ ހަމަޖެހިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.



here it is episode 18… adhi exams nunimey ekan hithah ery hama liyelan… anyways hope u enjoy reading this part.. have a nice day… 🙂
Maayaa maraanulachey dhoonee v nice
Hehe… maaya dhw… maaya ah vaagotheh ves balamaa dhw
Thanksss
Keep reading
maaya doctor akah ve hure kyhvebaa amilla meehaa ah treat nukuran ulheny. maya beli doc ves bunyehnu 1st stage ga ey treat kohfiyya rangalhu vumuge chance oi vaahaka. dhen maaya dharifulhu n husband a vakivedhaanethy kon dhera eh vaakah. amilla careless kamun dho ehen eulheny. if im maya aharen ge dharifulhah takaa ves treat kuraanan 5% chance inas. cox I dnt want my child to grow without a mother. kanthahthah sirru kohhen huregen amilla dharifulhu and husband ge hiy thi halaaku kuranee mayaa. get ve ba mi kiyaa ehcheh mayaa. tell nakeel the truth n fight your illness for your child n husband.
Dhw jj… e vedhaane kulliyakah eyge habareh libunyma v gotheh kamah ves… depress vegen gos… higaa dhw maaya mihen kanthakah mikuraa sababeh balaanan…
Maa Sha Allah. Mee Adhi 1st time comment kuraathee. Ekamu hama hurihaa parts ves kiyan.. vvvv.reethi mivaahaka.. love this story. Mee story ga vaagothaa v.ekkahala gotheh dhimaavi alhugadu ge close friend akah..
Maaya maraanulahchey please ..
Ehentha… i ll try my best to maintian this intereset…thank you…
v reethi mi vaahaka …. haadha rangalhey vaahaka up kohla dhineema??
Thanks AkI
Maaya maria nulahchey mibaivess v salhi. thann kolheh dhigukoh liyeba
Lets see whats happen to maaya… aslu dhigukoh liyaane tyme eh nuwany… i ll try
Maya maranulahchey ingey. Vaahaka v v salhi. Komme dhuvahaku ethahfaharaku up veytho balan. Jeny divorce kolla. Maa kanthah boduvani mihaaru
Lets see dhw what happens to maya and jeny…thank u keep reading to find more
Vaahakaige kuri maraanulaa.. plxxx.. its a nice stryy.. nd thii kn ehcheh kiyavaa kujje.. curious to knw..
Thank you…. hope i can maintain this interest of readers… hehe… dhivhi gothun bunaa nama doctaree kan kiyavany… ehnve ehaa busy vany…
Adhi kithah part thr story nys
Thieh neyge bunaakah…adhi 10varakah
Wow beautiful❤❤
Thank you
Mi vaahaka ves vvv reethi
Thank you
Alhe mayaa maraa nulahchey plxxxxx… ???
Lets see…keep reading
vv reethi
Thank you
Plx plx maayaa maraa nulahchehy ingey
Lets see dhw maaya ah vaa gotheh
Mashaa Allah v reethi mi part ves,keep it up dear, next part soon plx
Thank you… sorry ekam next part dhn kureveyny next week ge wednesday hisaabuga..
thii boy eh thr grl eh thrr
Koba? Kn irakun upkurany?
Konn irakunn tha anehbaii nerenii avassss plx
koba tha next part avahah up kohla dheebaa pls pls..???
Anekka vx gelluny thr writer aharemennah
Nooney adhi kiriya mi exams in salamai v eves mulhi akun noon… dhn varah avahah genesdheynan dhe thin dhuwas therey…sorry to keep u waiting .. i ll try to make it up for u all
Ok v ufa vejje..
writer thankolhe dhigukoh up kohla dheebaa pls pls …. visney thiulheele busy kan…