ސާޔާ.. (ފަހުބައި)
އަތުގައި އޮތް ކުޑަ ކެމެރާ އޮފް ކޮށްލަމުން ތެދުވެގެން ދުއްވައިގަތެވެ. ސާޔާވެސް މާ ބޮޑު ކަމަކަށް ނަހަދައި ގެއާއި ވީ ދިމާލަށް ދުއްވައިގަތެވެ. ރާއިޝްގެ ކިބައިން ސަލާމަށް ވުމަށެވެ. ގެއަށް ވަދެވުމާއިއެކު ފެން ތައްޓެއް ބޯން އަވަސްވެގަތެވެ. މޫނުމަތީގައި ވާ ހާސް ކަމާއި އެހެން ހުރިހާ އަސަރުތައް ފިލުވައިލުމަށްފަހު ބަދިގެއިން ނިކުތެވެ. “ސާޔާ ކަނބުލޯ އެއްޗެއް ބޭޏުންތޯ؟..” އައިސާއްތަ ސުވާލުކޮށްލިއެވެ. “ނޫން އައިސާއްތަ.. ފެން ފޮދެއްބޯލީއޭ..ކޮބާ އާޝް؟ ފޮނުވަބާ ކިޔަވަން..” ސާޔާ ކޮޓަރިއާއި ދިމާލަށް ދަމުންބުނެލިއެވެ. އާޝާ އަކީ އައިސާއްތަގެ ހުރި އެންމެ ކުއްޖާއެވެ. އާޝާ އަކީ އުމުރުން ސޯޅަ އަހަރުގެ އަންހެން ކުއްޖެކެވެ. ސާޔާގެ ބައްޕަގެ އެދުމުގެމަތިން އައިސާއްތަ އަދި އާޝާ އުޅެނީ އެގޭގައެވެ.
ސާޔާ ކޮޓަރިއަށް ވަނުމަށްފަހު ފޯނު ނަގައިގެން ޒޫހާ އަށް ގުޅައިލިއެވެ. “ޒޫ.. މިގެއަށް އާދެވިދާނެތަ؟” ސާޔާ ކުރަކިވެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. “ކިހިނެތްވީ ސާޔޫ؟ މިގަޑީގައި މި އުޅެނީ އަނާން އާއި އެކު ބޭރުގަ.. އެބަ އަންނަން މިރޭ..” ޒޫހާ ބުނެލިއެވެ. “އާންން.. އޯކޭ” ސާޔާ ފޯނު ބޭއްވިއެވެ. ދޮރުގައި މީހަކު ޓަކި ޖަހައިލިއެވެ. “ކަމްއިން” ސާޔާ ބުނެލިއެވެ. އާޝާ މަޑުމަޑުން އެތެރެއަށް ދެމިގަތެވެ. “ހާއި އާޝް.. ކިހިނެތް؟ ފިލާވަޅުތައް ނިންމިންތަ؟” ސާޔާ ހިތުގައިވާ އުދާސްތައް ފޮރުވައިލުމަށްފަހު ވާހަކަ ދެއްކިއެވެ. “އާޝް ރަނގަޅު.. ސާޔޫ ދައްތު ކިހިނެތް؟ ލައްބަ ފިލާވަޅުތއް ނިންމިން.. ނޭނގޭ އެއްޗެއް އަނެހެން ނެތް..” އާޝާ ބުނެލިއެވެ. “އެހެންތަ.. ސާޔޫ ދައްތު މިއުޅެނީ ކުޑަކޮށް ބޮލުގައި ރިއްސާތީ.. އެހެންމަ މިއަދު އާޝް އަށް ޗުއްޓީ..” ސާޔާ ބުނެލިއެވެ. އާޝާ ތެންކިއު އޭ ބުނެލުމަށްފަހު ނިކުމެގެން ދިޔައެވެ.
އާޝާ ނިކުތުމާއިއެކު މީޝާ ދުވެފައިގޮސް ތަޅުލިއެވެ. އަދި ސެޓަށް އޭނަގެ ލެޕްޓޮޕް ގުޅައިލުމަށްފަހު ‘އެވްރިލް ލެވީޖިންގެ ވެންޔޫ އާރ ގޯން’ ޖަހައިލިއެވެ. ލަވައިގެ ކަޑިތައް އިވެމުން ދިޔަހެން ސާޔާގެ ހޫނު ކަރުނަތައް އިތުރުވަމުންދިޔައެވެ. ގިސްލަ ގިސްލާފައި ސާޔާ ރޯންފެށިއެވެ. އެ ވޭނީ ރުއިމުގެ އަޑު އިވުނުއެހެންމީހަކުވެސް ރޮވޭނެތާއެވެ. ފޯނު ނެގުމަށްފަހު ސާޔާ ރުޔާންގެ ފޮޓޯއެއް ޖެއްސިއެވެ. އެއީ ޕްރިފެކްޓް ނައިޓްގައި ލަވަ ކި އިރު ޒޫހާ ނެގި ފޮޓޯއެކެވެ. “ރުޔާން.. ރުޔާން އަށް ހަގީގަތް އެނގުނުނަމަ.. ރާއިޝްގެ ނުލަފާ ރޭވުންތައް އެނގުނު ނަމަ..” ސާޔާ އަށް އަނެއްކާވެސް ރޮވުނެވެ. ސާޔާ ނިދުނުއިރެއްވެސް ނޭނގުނެވެ.
“ސާޔޫ” ސާޔާއަށް ހޭވެރިކަމެއްވީ ބޭރުންމީހަކު އޭނައަށް ގޮވައިލި އަޑުއިވުނެވެ. ދޮރުގައި ޓަކި ޖަހާ އަޑުވެސް އިވެއެވެ.”ކާކު؟” ސާޔާ ލަވައިގެ އަޑު މަޑުކޮށްލިއެވެ. “ޕްރިންސެސް.. އާދޭ ކާން..” ޒަރީރު ބުނެލިއެވެ. “އެބަ އަންނަން ޑޭޑް.. މަޑުކުރޭ..” ސާޔާ ޖަވާބުދިނެވެ. ސާޔާ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އޭނަގެ ލޯ ހީވަނީ ރަތް ލޭކޮޅެއްހެނެވެ. ފާހާނައަށްވަނދެ މޫނު ދޮވެލުމަށްފަހު ނިކުތެވެ. ސާޔާ ލަސްވެގެން އާޝާ އަނެއްކާ ސާޔާ ބަލާއައެވެ. “ސާޔޫ ދައްތު.. އަންނާށޯ ޒަރީރްބެ ބުނީ..” އާޝާ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ބުނެލިއެވެ. އިރުކޮޅަކުން ސާޔާ ދޮރުހުޅުވައިލިއެވެ. އަދި ނިކުތެވެ. “ސާޔޫ ދައްތު ލޮލަށް ކިހިނެތްވީ؟ ލޯ ވަރަށް ރަތް..” އާޝާ އަހައިލިއެވެ.
“ނޭންގެ.. ވެދާނެ ބޮލުގައި އެހާވަރަށް ރިއްސާތީކަމަށް..” ސާޔާ ބުނެލިއެވެ. “އޯވްހް..” އާޝާބުނެލިއެވެ. ދެކުދިން އެކުގައި ގޮސް ކާމޭޒުދޮށުގައި އިށީނެވެ. ކަންދިމާކުރީ ސާޔާ ހީކުރިގޮތަށެވެ. ޒަރީރުގެ ސުވާލްތައް ސާޔާ އަށް އަމާޒުވިއެވެ. “ޕްރިންސެސް.. ކިހިނެތްވީ ލޮލަށް؟” ޒަރީރު ކަންބޮޑުވިއެވެ. “ޑޭޑް މިއުޅެނީ ބޮލުގައި ވަރަށް ގަދަޔަށް ރިއްސާތީ އެހެންވެ ނިދުނީ..ދެން ޑޭޑް އަށް އިގެއެއްނު ސާޔޫ ބޮލުގައި ރިއްސައިގެން ނިދުނީމަ ލޯ ރަތްވާކަން..” ސާޔާބުނެލިއެވެ. “އެހެންތަ.. ބޭސް ކާތި ކައި ނިމިގެން..” ޒަރީރުބުނެލިއެވެ. އަދި ކިޔަން އިން ނޫސް ކިޔަންފެށިއެވެ.
ޒަރީރު އަށް ފޯނެއްއައުމުން އެއްފަރާތަކަށްޖެހިލިއެވެ. ސާޔާ ކުޑަ ފްރައިޑްރަސް ކޮޅެއް އަޅައިލުމަށްފަހު އަވަސް އަވަހަށް ކާންފެށިއެވެ. އާޝާއިނީ މި މަންޒަރުބަން އިނީ ހެވިފައެވެ. “ސާޔޫ ދައްތު.. ހާދަ މަދުން ތިކަނީ..” އާޝާ ވައި އަޑަކުން ބުނެލިއެވެ. “ޝްޝްޝްޝް..” ސާޔާ އެއްލޯމަރައިލިއެވެ. ސާޔާ މިހާރު ހީވަނީ ވަރަށް އުފާވެރި ކުއްޖެއްހެނެވެ. އެތެރެއިން ކިތަންމެ ހިތާމައެއްކުރިއަސް ބޭރަކުން ނުދައްކައެވެ. ޒަރީރު ކާމޭޒުދޮށަށް އައިއިރު ސާޔާ ކައި ނިމެނީއެވެ. “ސާޔޫ ހާދަ އަވަހަކަށް.. މާދަންރޭ ލިލީވިލާގައި އޮތް ޕާޓީއަކަށް ދާން ދައުވަތު ލިބިއްޖެ.. ސާޔޫ ދާނަންތަ؟ އާޝާވެސް ގޮވައިގެންދާނީ..އެހެންމަ ދެކުދިން މާދަން ރޭ އަށްގަޑި ބަޔަށް ތައްޔާރު ވާތި..” ޒަރީރުބުނެލިއެވެ. ސާޔާ ބޯޖަހައިލުމަށްފަހު ދުއްވައިގަތެވެ. ޕާޓީ އޮތީ ރުޔާންމެންގެ ގޭގައި ކަމުން ތައްޔާރުވާން ހެދުން ހޯދަންޖެހެއެވެ.
އާދުވަހެއްގެ އިރު އެރިއިރު ލިލީވިލާގެ ހޯލް ރީތިކުރެވެމުން ދިޔައެވެ. ރުޔާން ކަންނެތް ހިނގުމެއްގައި ސިޑިންފައިބަމުން އައެވެ. ރުޔާން ސިއްސައިގެން ދިޔައީ ކަންފަތުގެ ކައިރިން އިވުނު ތޫނު އަޑަކުނެވެ. އަނެއްފަރާތަށް އެނބުރިލިއިރު ފެނުނީ ޒަހީން ލާނެއްފާޑަކަށް ހެވިފައި އިންތަނެވެ. “ޒަހީން..” ރުޔާން ހަޅޭއްލަވައިގަތެވެ. ހޯލް ތައްޔާރުކުރުމަށް ތިބި ހުރިހާ ނޯކަރުންގެ ސަމާލުކަން އެ ދެމީހުނަށް އައެވެ. “ކިހިނެތްވީ ރުޔާން؟” ރުޔާންގެ މަންމަ ނިސާ އެތަނަށް އައެވެ. “މޯމް.. މި ޒަހީން އެ އުޅެނީ މޮޔަ ގޮވައިގެން.. ކަންފަތް ކައިރީގައި ފާޑު ފާޑުގެ ތޫނު އަޑު ލައްވަނީ.. ދެންމެ ހޭލައިގެން މި އުޅެނީ.. ހާރޓްއެޓޭކެއް ޖެހުނު ނަމަ..” ރުޔާން ޝަކުވާ އޮއްސައިލިއެވެ. އުމުރުން އަށާރަ އަހަރުނަމަވެސް ޝަކުވާ ކުރަނީ ޅަކުއްޖެއްހެނެވެ.
ނިސާ ހިނިގަނޑު ހިފަހައްޓައިލިއެވެ. “ޒަހީން.. ކިހިނެތްވެގެން ތި އުޅެނީ.. ތުއްތު އަށް އުނދަގޫނުކުރާތި.. ދޭ ކޮޓަރިއަށް..” ނިސާ ބުނެލިއެވެ. އަދި ހޯލުގެ ކަންތައްބަލަން ދިޔައެވެ. ރުޔާން އާދައިގެމަތިންބޭރަށް ނިކުމެލީ ކޮފީ ތަށިހިފައިގެނެވެ. ފޯނު ނަގައިގެން ސާޔާގެ ފޮޓޯއަކަށް ބަލައިލިއެވެ. ކިހާ ފުރިހަމަ ސޫރައެއްހެއްޔެވެ؟ ނަމަވެސް މިއަދު ރުޔާން އަށް ކެހިދީފައި އެ ރާއިޝް އާއި ކި.. ހިތަށް އެބަސް ގެންނާކަށްވެސް ރުޔާން ބޭނުމެއްނުވިއެވެ.
ލިލީވިލާގެ ހޯލު ތެރެއަށް ސާޔާ އަދި އާޝާވަނީ އެކީކަހަލަގޮތަކަށް ޒަރީރުގެ ފަހަތުނެވެ. ސާޔާ މިރޭ އިނީ މަޑުފިޔާތޮށި ގައުންއެއްލައިގެނެވެ. ފައިގެ ކަށިމައްޗާއިހަމަޔަށް އޮތް އެ ގައުންގައި ސާޔާފެންނަލެއް ވަރަށް ފުރިހަމައެވެ. މަތީގައި އިން ރުޔާން ސާޔާ ނޫން އެހެންމީހަކަށް ނުބަލައެވެ. ކަން ދިމާކުރިގޮތުން އޭނަމިރޭ އަޅައިގެން ހުރީ މަޑު ފިޔާތޮށި ޓައިއެކެވެ. ރުޔާން އާއި ޒަހީން އެކަކު އަނެކަކުގެ މޫނަށްބަލައިލުމަށްފަހު އެކީގައި ސިޑިންފައިބަމުން އައެވެ. ހުރިހާ މެހުމާނުންގެ ސަމާލުކަން އެދެމީހުނަށް ހުއްޓުނެވެ. ސާޔާވެސް އެދިމާލަށްބަލައިލިއެވެ. ރުޔާންގެ ކައިރީގައި ހުއްޓިގެން އެއަންނަނީ އެދުވަހު ސާޔާއާއި އެކު ވެއްޓުނު ކުއްޖާއެވެ. “އާޝް އެ ކުއްޖާ ދަންނަމުތަ؟” ސާޔާ ވައި އަޑަކުންބުނެލިއެވެ. “އާން.. އެއީ ޒަހީން.. އާޝްގެ ކްލާސްމޭޓެއް” އާޝާގެ ކޯތާފަތް ރަތްވިއެވެ. “ވަޓް؟ކްލާސްމޭޓް އެކޭ.. އާޝް ނުވެސް ބުނަން، ވަރަށް ގޯސް އިނގޭ، އިހަށް ފަހުން އެވާހަކަ ދައްކާނީ..” ސާޔާ ވައި އަޑަކުންބުނެލިއެވެ. ޒަހީން އާއި ރުޔާން ވަރަށް ވައްތަރެވެ. އެހެންމަ އެއީ ރުޔާންގެ ކޮއްކޮ ތާއެވެ.
ރުޔާން ސާޔާގެ ކައިރިންދަމުން މޫނު ކުނިކޮށްލިއެވެ. ނަމަވެސް ޒަހީން ސާޔާމެނަށް ލާނެއްހިނިތުންވުމެއް އަރުވައިލިއެވެ. ސާޔާ ހައިރާންވިއެވެ. ދުރުން ރާއިޝް އަންނަތަންފެނުމުނެވެ. ސާޔާ ބަލައިލިއިރު ޒަރީރުހުރީ މާދުރުގައެވެ. “އާޝް.. މިއަންނަ ކުއްޖާކައިރިން ސަލާމަތްކޮށްދީބަލަ،” ސާޔާ ތެޅިގަތްކަހަލައެވެ. “ހާއިބޭބް.. މިރޭ ކާކު ގޮވައިގެން ތިއުޅެނީ؟ ކޮއްކޮތަ؟” ރާއިޝް ސާޔާގެ މޫނުގައި ފިރުމައިލިއެވެ. “ޑޯންޓް ޓަޗް މީ..” ސާޔާ ރުޅިގަނޑުކެކުނުކަހަލައެވެ. “އައިމް އެފަރެއިޑް އައިހޭވް ޓު..” ރާއިޝް ސާޔާގެ އަތުގައި ހިފައިގެން ހޯލުންނިކުމެގެން ދާންހިނގައިގަތެވެ. ތަނުގައިމީހުން ގިނަކަމުން އެކަކަށްވެސް ނޭނގޭ ކަހަލައެވެ. އާޝާތެޅިގަތެވެ. އަދި ދުވެފައި ޒަހީންއާއި ހަމަޔަށްދިޔައެވެ. ޒަހީން އާއި ރުޔާން ނަސީބަކުން ތިބީ އެއްކޮށެވެ. “ޒަހީން.. ސާޔޫ ދައްތު ގޮވައިގެން ކޮންމެވެސް ކުއްޖެއް ހިނގައްޖެ ހޯލުންނިކުމެގެން.. ޕްލީޒްހެލްޕް ހާރ..” އާޝާ ފެންކަޅިވިއެވެ. “ވަޓް؟” ރުޔާން ފަޅިސިކުންތެއްގެ ތެރޭގައި ގެއްލުނެވެ. ޒަހީން އާއި އާޝާވެސް އެކީގައިނިކުތެވެ.
ރުޔާން ސާޔާ ހޯދުމުގެމަސައްކަތްފެށިއެވެ. “ރާއިޝް.. ޑޯންޓް ޔޫ ޑެއާރ އެންޑް ޓަޗްމީ..” ސާޔާގެ ރުއިމުގެއަޑު ރުޔާންގެ ކަންފަތުގައި ޖެހުނެވެ. އިރުކޮޅެއްނުވަނީސް އޭނާއިނީ ރާއިޝްގެ ކުރިމަތީގައެވެ. “ރާއިޝް.. ހައު ޑެއާރ ޔޫ..” ކަންފަތް މައްޗަށްއެރި ހޫނު ބޮނޑިންރާއިޝްގެ މޫނުމަތި އެއްކޮށް ރަތްވިކަހަލައެވެ. ސާޔާ ރުޔާންގެ ބުރިކަށީގައި ބައްދާލިއެވެ. ހިމާޔަތަށްއެދިއެވެ. ސާޔާގެ ހޫނުކަރުނަތަށް ރުޔާންގެ ހުދު ގަމީސް ތެންމަމުންދެއެވެ. “ދެވަނަ ދުވަހަކު މި ސާޔާގެ ގައިގާ އިނގިލިކުރިވެސް ޖެއްސިކަން އިނގުނުނަމަ ތިހާބޮޑުވަރު ވާނެ.. ހަނދާނުން ހަނދާންކުރާތި..” ރުޔާން ލޯ ހަނިކޮށްލިއެވެ. އާޝާ އަދި ޒާހީން އަށް އެތަނަށް އާދެވުނީ މާލަހުންނެވެ. ޒަހީން ފޯނު ނަގައި ފުލުހުންނަށް ގުޅިއެވެ. މާލަސްނުވެ އެތަނަށް ޕޮލިސް އައެވެ. ޒަހީން އެތަނުގައި ހިނގައިދިޔަ ހާދިސާ ފުލުހުންނަށް ކިޔައިދިނެވެ. އަދި އޭނާ ރިކޯރޑްކުރި ވީޑިއޯވެސް ދިނެވެ. އެއީ ރާއިޝް ސާޔާ އަށް ދިން އިންޒާރުތައް ހިމެނޭ ވީޑިއޯއެކެވެ. ފުލުހުން ރާއިޝްގެންދިޔައެވެ.
ރުޔާން ސާޔާގެ އަތްވީއްލުވިއެވެ. އަދި ކަޅި އަޅައިލުމަށްފަހު ދާންހިނގައިގަތެވެ. ސާޔާއަށް ގިސްލަ ގިސްލާފައި ރޮވެންފެށުނެވެ. “ތުއްތު މަޑުކޮށްބާ..” ރުޔާން ދާން ހިނގައިގަތުމުން ޒަހީން ބުނެލިއެވެ. “ވަޓް؟” ރުޔާން އެއްބުމަ އަރުވައިލިއެވެ. “މި ކުއްޖާގެ ވީޑިއޯއެއް ފަހުންދުވަހު ކުރިން.. ދެންމެ އެދިޔަ ފިރިހެންކުއްޖާއާއި އެކު..” ޒަހީން ބުނެލިއެވެ. “ކޮންކަހަލަ؟” ރުޔާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ސާޔާ ގަނޑުވިކަހަލައެވެ. “ނޭނގެ ހިނގާބަ ދައްކާނަން..” ޒަހީންބުނެލިއެވެ. އާޝާ އަދި ސާޔާއަށް އައުމަށް އިޝާރާތްކޮށްލަމުނެވެ. ގޭގެ ވަލުދޮރާށިންވަނދެގެން ހަތަރު ކުދިން މައްޗަށްއެރިއެވެ. އަދި ޒަހީންގެ ކޮޓަރިއަށް ދިޔައެވެ. ޒަހީން ރުޔާން އަށް ވީޑިއޯ ޕްލޭ ކޮށްދިނެވެ. އޭގައިވަނީ ރާއިޝްގެ އިންޒާރުތަކެވެ. ސާޔާގެ އާދޭސްތަކެވެ. ސާޔާ އިތުރަށް ރޮވުނެވެ. ރުޔާން ސާޔާ އަށްބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. ރުޔާން ޒަހީންއަށް ލޮލުގެ އިޝާރާތުން ނިކުންނަން އެންގިއެވެ. އާޝާ އަދި ޒަހީން އެކީ އެ ކޮޓަރިން ނިކުތެވެ. އެ ދެމީހުންނަށް ވަގުތުދޭށެވެ. ރުޔާން ސާޔާގެ ގައިގާ ބައްދާލިއެވެ. ދުވަހަކުވެސް ދޫކުރަންބޭނުން ނުވާފަދަ ގޮތަކަށެވެ. “އައިމް ސޯ ސޮރީ..” ރުޔާން މާފަށްއެދުނެވެ. ސާޔާ އަނެއްކާވެސް ރޯންފެށިއެވެ. “ކިހިނެތްވީ؟” ރުޔާން އަހައިލިއެވެ. ސާޔާގެ ނިތަށް ބޮސްދެމުންނެވެ. “ނޭނގެ.. ބިރު ގަންނަނީ.. ރާއިޝް ވަރަށް އިންޒާރު ދިން.. ވަރަށް ބިރުގަނޭ..” ސާޔާ ރުޔާންގެ ގައިގާ ބައްދައިލިއެވެ.
“ޑޯންޓްވޮރީ..އޭނައަށް އެއްވެސްކަމެއް ނުކުރެވޭނެ..” ރުޔާން ހައްތާބާރުކޮށްލިއެވެ. އެދެމެދަށް ވައިރޯޅިއެއްވެސް ވަންނަންބޭނުން ނުވާފަދައެވެ. “ސާޔޫ؟..” ރުޔާން ސާޔާ ދުރުކޮށްލިއެވެ. އަދި ޖީބުން އަނގޮޓިއެއްނެގިއެވެ. “ވިލް ޔޫ ބީ މައިން؟” ރުޔާން އެއްބުމަ އަރުވައިލިއެވެ. ސާޔާ ބޯޖަހައިލިއެވެ. ރުޔާން އަނގޮޓި އަޅުވައިދިނެވެ. “ވެއިޓް އައި އޯލްސޯ ހޭވް ސަމްތިންގް..” ސާޔާ އޭނާގެ ދަބަހުން އަނގޮޓިއެއްނެގިއެވެ. އަދި ރުޔާންގެ އަތުގައި އަޅުވައިދިނެވެ.
****************************************************
ސާޔާއާއި ރުޔާން އެކީގައި ސިޑިންފޭބިއެވެ.އަތުގުޅާލައިގެނެވެ. ހޯލުގައި ތިބި އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނީ ލައިޓް އެދިމާލަށް އެޅުމުނެވެ. ޒަރީރު އަދި އިބްރާހިމް އެކަކު އަނެކަކަށް ބަލައިލިއެވެ. ހައިރާންވާ ހާލުގައެވެ. ނިސާ ހިނިތުންވެލިއެވެ. “ޒަރީރު މިހާރު ރަށްޓެހިކަން އާއިލާއަށް ބަދަލު ވީނު..” ނިސާ ހެމުންބުނެލިއެވެ. “ރުޔާން ދަރިފުޅާ.. އަސްލުވެސްތަ؟” ނިސާ ރުޔާން އާއި ބައްދައިލިއެވެ. އަދި ސާޔާ އާއިވެސް ބައްދައިލިއެވެ.
އުފާވެރިމާހައުލެކެވެ. ރުޔާންއާއި ސާޔާ ވެސް ތިބީހެވިފައެވެ. “ރުޔާން.. ދެން ކޮންދުވަހަކު ތި މަންޖެ މިގެއަށް ގެންނާނީ؟” ރުޔާންގެ ބައްޕަ ދިމާކޮށްލިއެވެ. ރުޔާން ކޮނޑުއަރުވައިލިއެވެ. “ބައްޕަ ބުނާގޮތަށް ހަދަންވީނު.. ދެކުދިންނަށް މަހެއްދޭނަން.. އެ އެއްމަހުގެ ތެރޭގައި ދެކުދިން އެކަކު އަނެކަކުދަސް ކުރޭ.. އޭރުން އޭގެ އަނެއްމަހުގައި ކައިވެނިކުރުން ބައްޕައަށް ފެންނަނީ.. އެހާ ގިނަދުވަސްވަންދެން ރަށްޓެހިވެގެން އުޅުމަކީ އެހާ ރަނގަޅުކަމެއްނޫން.. ދެން މާދަންއިން ފެށިގެން ރުޔާން ކޮމްޕެނީއަށް ޖޮއިންކުރާތި..” އިބްރާހިމް ބުނެލިއެވެ. ޒަރީރުވެސް އެއްބަސްވިއެވެ.
ރުޔާން ސާޔާއަށް ބަލައިލިއެވެ. އަދި އެއްބުމަހިއްލައިލިއެވެ. ސާޔާ އިސްޖަހައިލީ ކިޔާނެއެއްޗެއް ނޭނގި ލަދުގަތުމުނެވެ. ރުޔާން އާނއެކޭބުނުމުން ސާޔާ އުފަލުންގޮސް ފޮޅުނުކަހަލައެވެ.
ޕާޓީ ނިމުމުން ޒަރީރު، ސާޔާ އަދި އާޝާ ގެއާއިދިމާލަށް މިސްރާބުޖެހިއެވެ. “ޕްރިންސެސް.. ބައްޕަ ކައިރީގައިވެސް ނުބެނޭ.. އެން ކޮންގްރާ..” ޒަރީރު ބުނެލިއެވެ. ޒަރީރު އަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ މީހެކެވެ. އަބަދުވެސް ހުންނަނީ ހެވިފައެވެ. “ދެން ޑޭޑް..” ސާޔާ ގެއަށްއާދެވުމާއިއެކު ކާރުންފުންމައިލުމަށްފަހު ދުއްވައިގަތެވެ. ކޮޓަރިއަށް ވަނދެވުމާއިއެކު ހެއްދެވިފަރާތަށް ޝުކުރުއަދާކޮށްލިއެވެ. އަދި ހެދުންބަދަލުކޮށްލުމަށް ފަހު ނިދަންއެރިއެވެ. “ޒޫ..” ޒޫހާއަށް ގުޅައިލުމަށްފަހު ސާޔާ ހުރިހާވާހަކައެއް ކިޔައިދިނެވެ. ޒޫހާ ވެސް ސާޔާއަށް ‘ކޮންގްރާ’ އޭ ކިޔައިލިއެވެ. ދެކުދިން ފޯނު ބޭއްވީ ވަރަށް ގިނައިރުފަހުނެވެ. ސާޔާ ނިދެމުން ދަނިކޮށްހޭއެރީ ފޯނު ރިންގުވުމުނެވެ.
“ހާއި ބޭބް..” ރުޔާން ވާހަކަދެއްކިއެވެ.
“ކީކޭ..” ސާޔާ ނިދި އަޑަކުންބުނެލިއެވެ.
“އަހަ ނިދަނީތަ؟.. ސޮރީ އިނގޭ.. ގުޑްނައިޓް ޑާރލިން..” ރުޔާން ބުނެލިއެވެ.
“ހްމްމް.. ނައިޓްސް..” ސާޔާ ނިދިއައިސްހުރިވަރުން ބޭނުންވީ އަވަހަށްފޯނު ބޭއްވުމަށެވެ.
ސާޔާ އަށް ހޭލެވުނީ ފޯނު އެލާރމްއެޅުމުނެވެ. އެއީ ސްކޫލަށް ދާގަޑީގެ އެލާރމެވެ. ސާޔާ އަށް ހެވުނެވެ. އަދި ދެރަވެސް ވިއެވެ. ސްކޫލްގެ ހަޔާތްނިމުމުނެވެ. ދުވަސް ކޮޅެއްފަހުން އޭނާ އެންމެ ލޯބިވާމީހާގެ އަންބަށް ވާނެތާއެވެ. ސާޔާ އެލާރމް ނިއްވައިލިއެވެ.އަދި އަތުގައި އޮތް އަނގޮޓި އަށް ނަޒަރު ހިންގައިލިއެވުނެވެ. ރޭގައި ހިނގި ކަންތައް ވީޑިއޯއެއްހެން އޭނާގެ ލޮލަށް ފެންނަމުންދިޔަކަހަލައެވެ. ސާޔާ ލަދުގަތެވެ. ރުޔާންގެ ބައްޕަ ބުނިވާހަކަ ހަނދާންވުމުނެވެ.
“ގުޑްމޯރނިންގް ބޭބް..” ރުޔާން މެސެޖްއެއްކޮށްލިއެވެ.
“މޯރނިން ލަވް..” ސާޔާ ޖަވާބުދިނެވެ.
ދެމީހުން އެކި ވާހަކަތައް ދެއްކުމަށްފަހު ރުޔާން ‘ދަނީ’ އޭ ބުނެލީ އޮފީހަށް ދާން ތައްޔާރުވުމަށެވެ.
ދުވަސްތައް ފާއިތުވީ ވަރަށްއަވަހަށެވެ. މިއަދަކީ ސާޔާގެ ހިތުން ދުވަހަކުވެސް ފިލާނެދުވަހެއް ނޫނެވެ. މުޅި އުމުރަށް ރުޔާންގެ މީހަކަށް އޭނާވާނެދުވަހެވެ. ޕާޓީގެ ކަންތައްތަކުގައި އާއިލާގެ ހުރިހާމެމްބަރުން މަޝްއޫލުވެގެން އުޅެއެވެ. ޒޫހާ އާއި އާޝާ ސާޔާ ތައްޔާރުކުރަމުންދެއެވެ. ހުދުކުލައިގެ އެއްކޮށް އޮތް ވެޑިން ޑްރެސްގެ ތިރީގައި ދަނބުކުލައިގެ ބައެއް ހުރުމުން ހެދުން އިތުރަށް ފުރިހަމައެވެ. ޒޫހާ ސާޔާ މޭކަޕްކުރިއެވެ. މިއަދު އެ މައުސޫމް މޫނު ހީވަނީ ކުޑަ ބުދެއްހެނެވެ. އެހާވެސް ޗާލެވެ. ދަނބު އަދި ހުދުކުލައިގެ މާބޮނޑި އަތަށްލިއެވެ. އަދި ޒަރީރު އަންނަންދެން މަޑުކޮށްގެން އިނެވެ. ޒަރީރު އޭނާގެ ފިނިފެންމަލެއްފަދަ ދަރިފުޅުފެނުމުން ފެންކަޅިވިއެވެ. އެއީ އެ ދަރިފުޅައްޓަކައި އޭނާ ގުރުބާންވި އޭޏާގެ ދެލޮލުގެ ނޫރު ސާޔާ އެވެ. އިހަށް ދުވަހު އުފަންވި ކުއްޖާ މިއަދު އެދަނީ މީހަކާ އިންނާށެވެ. “ޑޭޑް..” ސާޔާ އޭނާގެ ބައްޕަގެ ގައިގާ ބައްދައިލިއެވެ. “މައި ޕްރިންސެސް.. މޭ ގޯޑް ބްލެސް ޔޫ..” ޒަރީރު ސާޔާގެ ބޮލުގައި ފިރުމައިލިއެވެ. “ލެޓްސް ގޯ” ޒޫހާ ބުނެލިއެވެ. ޒޫހާ އަދި އާޝާ ދާދި ފަހަތުން ހިނގާފައި ދިޔައިރު ސާޔާގެ އަތްވަނީ ޒަރީރުގެ އަތްތެރެއަށް ލެވިފައެވެ. މިއީ ޒަރީރުގެ ހަނދާނުން ފިލައިގެން ނުދާނެފަދަ ކައިވެންޏެކެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހުރި އެންމެ ދަރިފުޅުގެ ކައިވެނިކުރެވޭތީއެވެ. ގޭގެ ހޯލްތެރެއަށް ދިޔައިރު އެންމެންވެސް ތިބީ ތައްޔާރުވެގެންނެވެ. ރުޔާން އޭރުއިނީ އޭނާއަށް ހަމަޖެހިފައިއިން ގޮނޑީގައެވެ.
ކައިވެނި ކުރުވަން ހަމަޖެހިފައިވާ ގާޒީ އާއި ހެކިވެރިން ތިބީ ތައްޔާރަށެވެ. ރުޔާން ސާޔާ އަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ސާޔާ އައިސް އޭނާއަށް ހަމަޖެހިފައިވާ ގޮނޑީގައި އިޝީނުމުން ގާޒީ ފެށިއެވެ. ގާޒީ ކިޔަމުން ދިޔަ ހުރިހާ އެއްޗެއް ސާޔާ ހިތުގައި ހަރުލަމުން ދިޔައެވެ. އޭނާ އަޒުމްކަނޑައެޅީ އުމުރުދުވަހު ރުޔާންގެ ހިދުމަތުގައި ހުރުމަށާއި ރަނގަޅު އަންބެއްގެ ގޮތުގައި ދެމިހުރުމަށާއި އަބަދުމެ އަބަދަށް ރުޔާން އުފަލުގައި ބެހެއްޓުމަށެވެ.
“އަނބިގަބޫލުކޮށްފިން” ރުޔާންއެހެން ބުނެލުމާއެކު ސާޔާ އަށް ރުޔާންގެ މޫނަށް ބަލައިލެވުނެވެ. ބޭއިޚުތިޔާރުގައި މޭޒުމަތީގައި އޮތް އޭނާގެ އަތުގައި އަތް އަޅާލެވުނެވެ. ރުޔާން އެއްލޯމަރައިލީ ސާޔާ އަށް ބަލައިލަމުންނެވެ. އޭނާ އެތަށް ދުވަހެއްވަންދެން އެ ކުއްޖަކާހެދި އެތަކެއް ގުރުބާނީ އެއްވި ސާޔާ މިއަދު އޭނާގެ މިލްކަކަށްވީއެވެ. އެންމެ ފުރަތަމެސް މާތްﷲ އަށް ހަމްދު ކޮށްލިއެވެ. ނިސާ އާއި އިބްރާހިމް އައިސް ރުޔާންގެ ގައިގާ ބައްދައިލިއެވެ. ޒަރީރު އައިސް ސާޔާގެ ގައިގާ ބައްދާލިއެވެ. ޕާޓީގެ މާހައުލު ވަރަށް ކުލަގަދައެވެ. ސާޔާ އަދި ރުޔާން މެހެމާނުންނަށް މަރުހަބާކިޔުމުގައި މަޝްއޫލުވިއެވެ. ދޭތެރެ ދޭތެރެއިން ރުޔާން ސާޔާގެ ކަންފަތްކައިރީ ލާނެތްބަސްތައް އަމާޒުކުރެއެވެ. ލަދުން އިން ސާޔާ އިނީ ހަދާނެގޮތެއްނޭނގިފައެވެ. އުފާވެރި މާހައުލެއްގެތެރޭގައި ރުޔާން އޭނާގެ ލޯބި ‘ސާޔާ’އަށް ގޯނާކުރަމުން ދިޔައެވެ. ދެމީހުންގެ މޫނުމަތިންފެންނަނީ އިންތިހާއަށް ލޯބި އާއި އަޅާލުމެވެ. ސާޔާ އަށް އޭނަގެ ލޯބި ލިބުނީއެވެ. ޑައިރީގައި ލިޔުނު އެ ބޭޑް ލައިފްއަށް ބަހާރު މޫސުން އައީއެވެ. ރުޔާން އޭނައަށް ލިބުނީއެވެ. ސާޔާ މާތްﷲ އަށް ހަމްދުކުރަމުން ދިޔައެވެ. އަދި ހިތުންއެތަކެއް ވަޢުދުވަމުންދިޔައެވެ.
(ނިމުނީ)
10 Comments
Comments are closed.
Hi.. guess its the last part.. hope you like it.. pls leave some cmmnts.. 🙂
Ohh wow masha allah v rythi?? aashaa n zaheenves gulhuvaalinama ennu?? hehe stry v habeys but haadha avahakah thi nimmaaly nw stry eh read.kollan libeyny kihaathaakubaa will miss u n ur stries gud nyt ly??❤❤❤?????????
oww. this is it. S.J.K ge story aee dhw. hehehe. vv salhi mi partvx
ahdhe mi nimunydhw. aslu aee meega ulhey song joong ki korean series akah dhaan jehigen avahah vaahaka nimmaaly yey dhw twitty 😉 😉 🙂
Varah salhi story eh..you are the best twitty
ninmaaleetha..haadha avahakah…anyways mi part ves varah salhi..twitty ge ehen stry akah inthizaaru kuran??
Alhey nimuneetha? haadha awahakah.. v rythi vaahaka eh .. dhen when ehen vaahaka eh kiyaalan libeyny?
Nice ninmi goiy dhen v rythi
ninmaaleetha.. pis.. alhey.. when aa vrhaka eh kiyaalan libeynee? anyways story hama habeys.. raaish ah hama rangalhah e v.. nujeheyne dhw saayaa aai behen.. good luck twitty for all other stories you write..
Miha fake story eh nukiyan adhi ?